އާޒީން 6
*”ހަހަަހަ…. ކިތަންމެ ވަރަކަށް ހަޅޭލެވިއަސް އާޒީން ސަލާމަތް ކުރާކަށް މީހަކު ނާންނާނެ.” ރާހިލް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. “އަހަރެން ބޭނުމީ އާޒީންގެ މި ފަށް.” ރާހިލް އާޒީންގެ ފަށުގައި ހިފައިލަމުން މަކަރުވެރި ހިނިތުންވުމަކާއި އެކު އާޒީންއަށް ބަލައިލިއެވެ. އެއިރު އާޒީން ހުރީ ރުޅިއައިސްގެން ގޮސް ރަތްވެފައެވެ. ކުއްލިއަކަށް ފަށް ދިއްލެން ފެށިއެވެ. ރާހިލް ސިހުނުވަރުން އާޒީންގެ އަތުން ދޫކޮށްލެވުނީ ކުއްލިއަކަށެވެ. މި ދަނޑިވަޅު ބަލައިފައި އާޒީން ކޮޓަރިން ބޭރަށް ނިކުތެވެ. ހަމަ ނިކުތުމާއިއެކު މީހަކުގެ ގައިގައި ޖެހިފައި އާޒީން ހުރި ތަނަށް ވެއްޓުނެވެ.*
“ކޮންތާކަށް ދާން ހިތާ ތިއުޅެނީ.” ރާހިލް ވަރަށް ރުޅިއައިސް ހުރެ ވާހަަކަ ދެއްކިއެވެ. އާޒީން ތެދުވުމަށްފަހު ބޭރު ދޮރާއްޓާއި ދިމާއަށް ދުއްވައިގަތެވެ. މިފަހަރުވެސް ރާހިލް ހުށިޔާރުކަމާއި އެކު އާޒީންގެ މުލަށްދަޑީގައި ހިފެހެއްޓިއެވެ. އާޒީން ހަޅޭލަވައިގަތެވެ. ބޭރުގައި ރައްޓެއްސަކާއި ވާހަކަ ދައްކަންހުރި ޢާއިޝާއަށް އެއަޑު އިވުނެވެ. “އާޒް! މަގޭ ދަރިފުޅު.” ޢާއިޝާ ވަރަށް ހާސްވެގެން ދޮރުގައި ތަޅަންފެށިއެވެ. “އާޒް…. ދަރިފުޅާ! މި ދޮރު ހުޅުވަބަލަ.” ޢާއިޝާ ވަރަށް ބާރަށް ގޮވަން ފެއްޓެވެ. މިތަން ފެނުނީ މިސްކިތުން ގެއަށް އައި އާލިކްއަށެވެ.
“މަންމާ! ކިހިނެތްތަ ވީ؟” އާލިކްއަށް ކަމެއް ގޯސްވެއްޖެކަން އެނގުމުން ސުވާލުކުރިއެވެ. ޢާއިޝާ ވީ ހުރިހާ ކަމެއް ކިޔައިދިނުމުން އޭނާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. އާލިކްގެ ފައިން ވަރަށް ބާރަށް ދޮރުގައި ފައިންއަޅައި ކޮއްޕައިލިއެވެ. ފައިން އެ ދޮރުގައި ޖެހިލެއް ބާރުކަމުން އެ ދޮރު ހަލާކުވިއެވެ. “އާލް! ކީތް ތި ކުރީ؟” ގެއާއި ހިސާބަށް އައިސް ނުރުހުންވެ ހުރެ ބުންޏެވެ. “މަންމަ ކުޑާއްތައަށް ހުރިހާ ވާހަކައެއް ކިޔާދީބަލަ. އަހަރެން އެބަ އަންނަން އާޒް ކޮބާތޯ ބަލައިފަ.” އާލިކް އެތެރެއަށް ވަންނަމުން ބުންޏެވެ.
އާލިކް އެތެރެއަށް ވަތްއިރު އާޒީން ފެންނާކަށް ނެތެވެ. “އާޒް؟” އާލިކް ހާސްވާން ފެއްޓެވެ. އާލިކް މިފަހަރު ކޮޓަރިއާއި ދިމާއަށް ދިޔައެވެ. ކޮޓަރި ދޮރު ތަޅުލައިފައި ހުުރުމުން އާލިކްއަކަށް ނުވަދެވުނެވެ. މިފަހަރުވެސް އާލިކް އެތެރެއަށް ވަންނަން ޖެހުނީ ދޮރު ހަލާކުކޮށްލައިގެންނެވެ. “އާޒް؟” އާޒީން އެނދު މަތީގައި ދެލޯ މަރައިގެން އޮތް ތަން ފެނުމުން އާލިކް އާޒީންއަށް ގޮވައިލިއެވެ. އާޒީން އަކީ ނިދިގަދަ ކުއްޖެއް ނޫނެވެ. ނަަމަވެސް އާޒީން ހޭނެތުނުކަން އެނގުނީ ކިތަންމެ ފަހަރަކު ގޮވުމުންވެސް ނުހޭލުމުންނެވެ.
“ދަރިފުޅާ! އާލް؟” ކުއްލިއަކަށް އިވުނީ ޢާއިޝާ އާލިކްއަށް ގޮވާ އަޑެވެ. “ލައްބަ މަންމާ…. އާޒް އޮތީ ނިދާފައި.” ޢާއިިޝާ ސުވާލުކުރުމުގެ ކުރިން އާލިކް ޖަވާބުދިނެވެ. “ދެން ކީތްވެ….” “އާޒްއަށް ބިރުވެރި ހުވަފެނެއް ފެނުނީމަ.” ޢާއިޝާގެ ސުވާލު ނުނިމެނީސް އާލިކް އެ ސުވާލަށް ޖަވާބުދިނެވެ. “އާޒްއަށް ގޮވައިފައި ބުނެބަލަ ސައި ބޯން އަންނާށޭ…. މަންމަ އެބަ އަންނަން ނަމާދުކޮށްގެން” ޢާއިޝާގެ ކޮޓަރިއަށް ވަންނަމުން ބުންޏެވެ. “ލައްބަ މަންމާ!” އާލިކް މިހެން ބުނުމަށްފަހު އާޒީން އާއި އާލިކްގެ ކޮޓަރިއަށް ވަނެވެ. އެއިރު އާޒީން އިނީ އެނދު މަތީގައި އިށީނދެ ކަމަކާއި ވިސްނާށެވެ. “ދޮންބޭ!” އާލިކް ހަމަ ކޮޓަރިއަށް ވަނުމާއިއެކު އާޒީން އައިސް އާލިކް ގައިގައި ބައްދައިގަންނަމުން ރޮއެގަތެވެ.
އާޒް….. ކިހިނެތްވީ؟” އާލިކް އާޒީން ދުރުކޮށްލަމުން ބުންޏެވެ. އާޒީން ދިމާވި ހުރިހާ ކަމެއް އަކުރުން އަކުރަށް ކިޔައިދިނެވެ. “ދެން އަޅައިނުލާ! އިނާމެން އަންނާންނުން؟” އާލިކް ހަމަޖެހޭކަމަށް ދައްކަމުން އަތުގައި އަޅައިފައި އޮތް ގަޑިއަށް ބަލައިލުމްށްފަހު ބުންޏެވެ.
އާލިކް ބޭރަށް ނުކުތުމުން އާޒީން ނިޝާގެ ކޮޓަރިއަށް ވަދެ ފެންވަރައިލައިގެން ނުކުތެވެ. އަދި އިސްތަށިގަނޑުން ފެން ހިއްކައިލުމަށް ފަހު ގަދަ ރަތް ކުލައިގެ ޓޮޕްކޮޅަކާއިއެކު ކަކުލާއި ހަމައަށް އަންނަވަރުގެ ރީތި ކަޅު ސްކާޓެއްލިއެވެ. ދެން އޭނާގެ ތުންފަތުގައި މަޑު ރަތްކުލައެއް ޖައްސައިލުމަށްފަހު އޭނާގެ އިސްތަށިގަނޑު ހުރި ގޮތަށް ފަހަތަށް ދޫކޮށްލިއެވެ. އާޒީން ކޮޓަރިން ނުކުތްއިރު ނަދީމާގެ ފަރާތުން އެނގުނީ އާލިކްވެސް ރީތިވެލަން ނާދީމާގެ ކޮޓަރިއަށް ވަތްކަމެވެ.
އާޒީންގެ ފޯނު ހިފައިގެން ސޯފައިގައި އިށީނދެލީ އާލިކް އަންނަންދެނެވެ. ނަދީމާގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އާޒީން އެދިމާއަށް ބަލައިލި އިރު އާލިކް ނިކުމެގެން އަންނަތަން ފެނުނެވެ. އާލިކް ލައިގެން ހުރީ މަޑު ރަތް ކުލައިގެ ޓީޝާޓަކާއި އޭގެ މަތިން ރީނދޫ ކުލައިގެ ޖެކެޓެކެވެ. އަދި އޭނާގެ މުށި ކުލައިގެ އިސްތަށިގަނޑު ޖެލް ލައިގެން ސްޓައިލް ކޮށްފައި ހުރި އިރު ލައިފައި ހުރި އައިސް ބްލޫ ޖިންސުން އޭނާ އިތުރަށް ފުރިހަމަކަމަށް ދައްކައެވެ.
ނުނިމޭ
7 ވަނަ ބަޔަށް އިންޒާރު ކުރައްވާ…….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

