އާޒީން 4
*”ތުއްތާ! އާދޭ ކާން. އާޒް އާ ދޮންބެ ވެސް.” ނިޝާ ގޮވައިލިއެވެ. “ނިޝޫ…..” އާޒީންއަށް ބުނެވުނެވެ. “ޕިސް. ދެން ތިހެން ނުހުރެ ކާން އާދެބަލަ.” ނިޝާ ބުންޏެވެ. ހުރިހާ އެންމެން ކައި ނިމިގެން ދިޔައީ ކޮޓަރިއަށެވެ. “މަންމާ އެބަ އަންނަން އަތިރިމައްޗަށް ގޮސްލާފަ އިނގޭ.” އާޒީން ބުންޏެވެ. ޢާއިޝާގެ ހުއްދަ ލިބުމާއެކު އާޒީން ވަރަށް ފަރިތަކަމާއިއެކު އަތިރިމައްޗަށް ދިޔައެވެ. “ކައިލާ.” މީހަކު އާޒީންގެ ކޮނޑުމަތީގައި އަތް ބޭއްވިހެން ހީވުމާއެކު އޭނާ ފަހަތަށް އެނބުރުނެވެ. “ހެއި. އަމް…. ތީ ކާކު؟” އާޒީން ހައިރާންކަމާއިއެކު އެއްސެވެ.*
“އޭތް! ޔުސްރާ. ޕިސް ޕިސް…. ސާބަހޭ. އަނެއްކާ ވެސް ނުބައި މީހަކު ކައިރިއަށް ގޮސް ކައިލާ އޯ.” ކައިލާ އެހެން ދިމާއަކުން އައިސް ބުންޏެވެ.
“އޯހ …ހެހެހެ… ސޮރީ.. އަހަރެން ހީކުރީ ކައިލާ ކަމަށް. އަޅެ ކޮން ނަމެއްތަ ކިޔަނީ؟” ޔުސްރާ ބުންޏެވެ. “އާޒީން.” އާޒީން ލަދު ރަކި ހިނިތުންވުމަކާއިއެކު ބުންޏެވެ. “ނައިސް ޓު މީޓް ޔޫ އާޒީން.” ޔުސްރާ އަށާއި ކައިލާ އަށް އެއްފަހަރާ ބުނެވުނެވެ. “ކުރުކޮށް ކިޔާތަ ނަމެއް؟” ކައިލާ އެއްސެވެ. “ޔާހް… ކުރުކޮށް ކިޔަނީ…..” މި ހިސާބަށް ބުނެވުނު ތަނާ “އާޒް” އޭ ކިޔައިފައި މީހަކު ގޮވައިލާ އަޑު އިވުނެވެ. އެ އަޑަށް ޔުސްރާ އާއި ކައިލާ ސިއްސައިގެން ދިޔައެވެ. “ސާބަހޭ…. އެއީ އަހަރެންގެ ދޮންބެ.” އެ ދެކުދިންނަށް ވީގޮތް ފެނިފައި އާޒީންއަށް ހެވުނެވެ. “އާޒް. ކީއްވެ ތި ހެނީ؟ އެންޑް މީ ކޮން ބައެއް؟” އާލިކް އެހިސާބަށް އާދެވުމާއިއެކު ޔުސްރާއަށާއި ކައިލާއަށް އިޝާރާތް ކުރަމުން ބުންޏެވެ.
“އެއީ ދެންމެ ދިމާވި ބައެއް. ދޮންބޭ! މިއީ ޔުސްރާ. ދެން މިއީ ކައިލާ. ކައިލާ! ޔުސްރާ! މިއީ އަހަރެންގެ ދޮންބެ އާލިކް.” އާޒީން ބުންޏެވެ. “ނައިސް ޓު މީޓް ޔޫ ޓޫ އާލިކް.” ޔުސްރާ އަދި ކައިލާ އެއްފަހަރާ ބުންޏެވެ. “ޔުސް… ކައި….. މިހާރު ކިތަންމެ އިރެއް ހޯދާތާ.” ރިފާން ވަރަށް ދުރުން ދުވެފައި އައިސް ބުންޏެވެ. ރިފާން އާއިއެކު ލާއިން ވެސް އައެވެ. ޔުސްރާ އެ ދެ ކުދިންނަށް އާޒީން އާއި އާލިކް ތައާރަފު ކޮށްދިނެވެ. ކުއްލިއަކަށް އާޒީން ލައިގެން ހުރި ނޫ ކުލައިގެ ހުޑީގެ ބޯ ވެއްޓުނެވެ. އާލިކް ފިޔަވައި އެހެން ކުދިން އާޝޯހު ވެފައި އާޒީންއާއި ދިމާއަށް ބަލަން ހުރެވުނެވެ. “ތިއީ ބޭރު ގައުމުގެ ކުއްޖެއްތަ؟!؟” އެންމެންގެ ސުވާލު އަމާޒުވީ އާޒީންއަށެވެ.
އެ ހަތަރު މީހުން ބަލާގޮތުން އާޒީންއަށާއި އާލިކްއަށް ހެވުނެވެ. “ހަހަަހަ…. ދެޓް އިޒް ނެޗްރަލް… ހަހަހަ…” އާލިކް ހެމުން ހެމުން ބުންޏެވެ. “ނޯވޭ…. ޔޫ އާރ ލައިންގް…..” ލާއިން ޤަބޫލުނުކުރެވިގެން ބުންޏެވެ.
ނުނިމޭ
5️⃣ ވަނަ ބަޔަށް އިންޒާރު ކުރައްވާ…….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Ooooooooooh,, mibaives vvvvvvvvvvvvvvvvvvvv reethi???????????… But thankolheh kuru… Dhen faharakun Dhigu kolladhehchey ingey.. ????????????…… All the best…??? Tc..
Thankolheh dhigukoh story up kohdhehchey afsheen sis .. curiously waiting for the next part… ???
Stay safe dear ?