އެ ދުވަހަުގެ ކިޔެވުން ނިންމާލުމަށްފަހު ނަދުހާއަށް ގެޔަށް އާދެވުނު އިރު 2 ބައި ވަނީއެވެ. ގެޔަށް ވަދެ އަވަހަށް ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހީ މަންމަ އަށް ފެނިދާނެތީއެވެ. ބިރުން މަޑު މަޑުން ސިޑީގެ ހަރުފަތަކުގެ މައްޗައް ފިޔަވަޅެއް އަޅަމުން ދިޔާއީ މަޑު މަޑުންނެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް ހާލެވެ. ނަދުހާ އުފަން ވުމުގެ އަސްލު ކަމުގައިވާ މައިންބަފައިން ދެކެ ނަދުހާ އިންތިހާ އަށް ބިރު ގަނެއެވެ. އެއީ ފެންނަ ކޮންމެ ފަހަރަކު ނަދުހާ އާ ދިމާލަށް އެ މީހުން އެއްޗެއްހި ގޮވާތީއެވެ.ހީވަނީ ދެންމެ ދެންމެ ގެއިން ނެރެލަފާނެ ހެންނެވެ.
އެއްވެސް އުނދަގުލަކާ ނުލާ ކޮޓަރިއާ ހަމައަށް ފޯރުމުން ނަދުހާގެ ހިތަށް ހަމަޖެހުން ލިބުނެވެ.ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާ ވެލައިގެން މެންދުރު ނަމާދު ނަދުހާ އަށް ކުރެވުނީ ހަމަ ކިރިޔާއެވެ.
ނަމާދު ކޮށް ނިމުނުތަނާ އަޞުރަށް ގޮވައިފިއެވެ. އަޞުރު ނަމާދު ކޮށްލައިގެން ނަދުހާ ކާގެއަށް މިސްރާބު ޖެހީ ކެއުމުގެ ނިޔަތުގައެވެ.
****
“ކޮންމެ ވަގުތަކު ވެސް ވިސްނެނީ ރާޔާ އާ މެދު. އެކަމް ކޮންމެ ހިނދަކު ވެސް ނަދުހާގެ މަތިން މިސްވޭ….! ކޮން ކަހަލަ ލައިފް އެއް.. ހެހެހ….”
ނިހާން ކޮޓަރީ އެކަނި ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.
“އޯހްހހހް.. ގޯޑް…!! އަސްލު ނަދޫ ވަރަށް ކަޑަ ވާނެ.. އެކަމް ވެސް އޭނަ ހުންނަނީ ދިގަށް ނަގާފަ ހުންނަ ދަނޑި ގަނޑެއްހެން ކަޅު ކޮށް. ލޮލް….. ވޯރލްޑް ފުލް ވިތު ފޭކް ޕީޕަލްސް… ނަދޫ އެހާ ހަޑި ވިޔަސް އޭނަ އަސްލު ވަރަށް ސަޅި…. އެކަމް އޭނއަށް ވުރެ 100 ޕަސެންޓް ސަޅި ރާޔާ… ހެހެހ….”
ނިހާން އަކީ ބޮޑު މޮޔަ އެއް ކަހަލަ މީހެކެވެ.
“އޯ.. ވާވާ… ދޮންބެ މިހާރު އެކަނި ހުރެ ވާހަކަ ވެސް ދައްކަނީ ދޯ…”
ނިހާންގެ ކޮއްކޮ ނައިރާ ބުނެލިއެވެ.
“އޯ ނޯ… ކޮއްކޮ އަށް އަޑު އިވުންތަ…؟”
ނިހާން ލަދުން ހުރެ އަހާލިއެވެ.
“ދޮންބެތީ ނައި ކައިރީ ހުރިހާ ކަމެއް ވެސް ޝެއާރ ކުރާ މީހެއްނު ސޯ.. ނައި އަށް އަޑު އިވުނަސް އޯކޭ ވާނޭ… ނައި އަށް ދޮންބެ ޓްރަސްޓް ކުރަމެއްނެ…!؟”
ނިހާންއަށް ނައިރާގެ ހުރިހާ ބަސަތަކެއް އަޑު އިވުމުން ހިނި ވެސް އައެވެ. ނަމަވެސް ނިހާން ހުރީ ވަރަށް ވެސް އުފާ ވެފައވެ.
ނައިރާ ކަހަލަ ކޮއްކޮ އެއް ލިބުމީ ނިހާންގެ ނަސީބެވެ.
**
1 މަސް ފަސް.

ކަލާފާނު ސްކޫލުން ނިކުތަ ނައިރާ އާއި ރާޔާގެ ތުންފަތް މަތީ ވަނީ ހިނިތުން ވުމެކެވެ. ނައިރާ އާއި ރާޔާ އަކީ ވަރަށް ގާތް ދެ ރަހުމަ ތް ތެރިންނެވެ. އިތުރުން ނައިރާގެ މުސްތަޤުބަލުގައި ނައިރާގެ ދޮންބެ ދައްތަ ވެސް މެއެވެ. މާލޭގެ ހަލަބޮލި މަގުތަކުގައި ހިނގާފައި ދިޔަ ނައިރާ އާއި ރާޔާގެ ފަހަތުން ނިހާން އައިސް އެ ދެ މީހުން ސިއްސުވާލިއެވެ.
“ޕޮއް.”
“ހޫން… ހޫން. ދޮންބެ ގަނޑު ފެށުނީ.”
ނައިރާ ނުރުހުން ވެފައި ބުނޏެވެ.
“ރާޔާ ބަލާ.. އެހެރީ ނައިރާ މަގޭ ދެކެ ރުޅި އައިސް. ވަރަށް ފޫހި ވޭ… ހުއް.” ނިހާން އަންހެން ކުއްޖެއް ފަދައިން ތުއި ދައްކާލިއެވެ.
“ތެދޭ ނައި.. ތިހާ އަވަހަށް ރުޅި އަންނަންޏާ މުސްކުޅި ވެދާނޭ….. ރަށުގަ އުޅޭއިރު ވެސް މީނަ ހަމަ މިހާ ވަރަށް ރުޅި އާދޭތަ ނިހާން
” ރާޔާ މަޖަލަކަށް ހަދާފައި ބުންޔެވެ.
“ރަށުގައޭ… ތި ވާހަކަ ނުދެއްކިއްޔާ ރަނގަޅު ވާނީ.. ހެހެ… އަބަދު ހުންނަނީ ރުޅި އައިސް.. މަންމަ ވެސް އެއްޗެހި ގޮވާނެ. އެކަމް ލާނެތް ވާން ވެއްޖާ މީނަ ވަރެން ނެތް. ދެން ހެޔޮ ވާން ވެއްޖާ ވަރަށް ހެޔޮ ވާނެ… ތެދުވެރި ވާން ވެޖާ…….. ދެން ކިޔާނެ ކަމެއް ނެތް…”
ނިހާން ބުނެލިއެވެ.
***
“ތެދޭ އެލީ. މިއަހަރު ނިންމާފަ މާލެ ދަނިއްޔޭ.؟” ކުޅުދޫފުށީ ސިޓީ ޖަލާލުއްދީން ސްކޫލްގައި ހުރި ބެންޗެއްގައި އިން ނަދުހާ އެލީޝާ ކައިރީ އަހާލިއެވެ.
“އާން… އެލީ މިކަމުގަ ކީއްތަ ކުރާނީ..! މަންމަ ކައިރީ ބުނިން ރަށުން ކިޔެވެން އޮއްވާ ކީއްކުރަންހޭ މާލެ ދަނީ..! އެކަމް މަންމަ ބޭނުންވަނީ އެލީ މާލެ ފޮނުވަން… އެކަމް ނަދޫ ނުހުންނައްޔާ އެލީ ވަރަށް ވަރަށް ފޫހި ވާނެ….” ދެރަ ވެލާފައި އެލީޝާ ބުނެލިއެވެ.
“އެލީ ދިޔާމަ އަހަރެން ވަރަށް އެކަނި ވާނެ. ބަޓް އެލީ ކިޔަވާގެން މޮޅު ވެގެން ރަށަށް އަންނަ ދުވަހަކުން އަހަރެން ވަރަށް ހެޕީ ވާނެ. ” ނަދުހާ ބުނެލިއެވެ.
“ނަދޫ.. އެލީ އަށް ހީވަނީ ނެކްސްޓް އިޔާރ ބެސްޓް އޯލް ރައުންޑު ލިބޭނީ ނަދޫ އަށް ހެން… އެލީ ވަރަށް ގިން ދުވަހު ދެކެމުން އައި ހުވަފެނެއް އެ. ނަދޫ ބެސްޓް އޯލް ރައުންޑަށް އަރާ ދުވަސް. އިންޝާ ﷲ.. ނަދޫ ކުރިޔަށް ދާން ބޭނުންވާ ކެރިއަރ އިން ނަދޫ އަށް ކުރިއަށް ދެވޭނެ. ”
އެލީޝާ ހެވިލާފައި ވާހަކަ ދެއްކިެވެ.
“އެލީ. އަހަންނާ އެންމެ ގުޅެނީ ކޮން ކެރިއަރ އެއްތަ؟” ވަރަށް ސީރިއަސް ވެލާފައި ނަދުހާ އަހާލިއެވެ.
“ލެބް ޓެކްނީޝަން. ދެން ޓީޗަރ.” އެލީޝާ ބުނެލިއެވެ.ނަދުހާ އަށް ވިސްނާލެވުނެވެ. ލުޑަ އިރުންސުރެ އެންމެ ވާން ބޭނުންވީ ލެބް ޓެކްނީޝަން އަކަށެވެ. ނަމަވެސް ކިޔެވުމުގެ ފުރުސަތު ލިބުނީ އޭ ލެވެލް އާ ހަމަ އަށެވެ. ލެބް ޓެކްނީޝަން ޔުނީފޯމް ގައި ހުރެ ރައްޔިތުންނަށް ހިދުމަތް ކުރާތަން ހުވަފެނުން ނަދުހާ ކޮންމެ ދުވަހަކު ދެކެއެވެ.
މަންމަ އާއި ބައްޕަ އަށް އަށް ވެސް ނަދުހާގެ އެ ހުވަފެން ފެނިފައި ވެެއެވެ. ނަމަވެސް އެއީ ގޮތް ދޫ ކުރަނެ ބައެއް ނޫނެވެ. މަންމަ ދެކޭ ގޮތުގައި 18 އަހަރު ފުރުމުން ނަދުހާށް ޖެހެނީ މީހަކާ އިންނާށެވެ.

ވާނީވެސް އެހެން ނޫން ހެއްުެވެ؟ ނަދުހާއަށް ހަމަ އެކަނި ލޯބި ލިބެނީ 2 ފަރާތަކުންނެވެ. އެއީ އެންމެ ގާތް އެކުބެރިޔާ އާއި ދޮންބެގެ ލޯތްބެވެ. އެ ލޯބި ނުލިބޭ ނަމަ ނަދުހާ މިހާރު ދުނިޔޭން މޮޔަ ވާނެއް ނޫންހެއްޔެވެ؟
ކިޔެވުމާއި އެއްވަރަށް ގޭތެރޭގެ މަސައްކަތުގައި އަވަދި ނެތި އުޅެން ނަދުހާ އަށް ވާނީ މަޖުބުރު ކުރުވާފައެވެ. އޭލެވެލް ޓެސްޓް ހެދި އިރު ދޮންބެދައްތަގެ އެހީ ނަދުހާ އަށް ފޯރިއެވެ. ގޭތެެރޭގެ މަސައް ކަތުގައި ނޫޅެ ކިޔެވުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ބުނިއެވެ އަދި ނަދުހާގެ ރޯލު އަދާކުރިއެވެ.
“އޯ މައި ޑްރީމީ ގާރލް. ކޮން ފިކުރެއްގައި. ” އެލީޝާ މަޖަލަކަށް ހަދައި ބުނެލިއެވެ.
“ވަރަށް ލަސް ވެއްޖެއްނު ހިނގާ ގެޔަށް ދާން.” ނަދުހާ އެހެން ބުނުމުން ފޮތްތައް ހިފާގެން އެ ދެމީހުން ސްކޫލުން ނިކުމެގެން ހިނގައްޖެވެ.
ސްކޫލުގެ ފަހު ދުވަސް ކަމުން ދެމީހުން ވެސް މަގު މަތީ ދެއްކީ އެވާހަކައެވެ. އިތުރަށް ސްކޫލަށް އަންނަން ނުޖެހޭނެ ކަމަށް ބުނެ ދެރަ ވެސް ފާހަގަ ކުރިއެވެ.
**
“މިހާރު ނަދުހާގެ ކިޔެވުން ވެސް ނިމުނީ.. ސަލީމާ ވިސްނަނީ ކިހިނެއް.؟ އެ މަންޖެ މާލެ ފޮނުވަން ވީނު؟ ކާމިލް ބުނި ނަދުހާ ރަން ވަނަ އެއް މުޅި ގައުމުން ވެސް ހޯދާނެ ހެން ހީވެޔޯ”
ނަދުހަގެ ދޮން ބައްޕަ ކަމުގައިވާ ހާޝިން ބުނެލިއެވެ.
“ހެހެ. ހީވެޔޯ. އޭގެ މާނަ އަކީ ޔަޤީނޭތަ.؟ އެކަމް ވެސް މަށަށް ވަރަށް ބުރަވާނެ އޭނަ މާލެ ދިޔާމަ.”
ސަލީމާ ބުނެލިއެވެ.
“އަހަރެން ދެކޭ ގޮތުގައި ނަދުހާ އެކުރި ބުރަ މަސައްކަތުގެ ނަތީޖާ ފޮނި ވާން ޖެހޭނެ. ސަލީމާ ދުވަހަކުވެސް އޭނަ އަށް ދަރިފުޅާ އޭ ކިޔާފަ ގޮވާލިންތަ.؟ ދޮން ބައްޕަ އެއް ކަމަކު އަހަރެން މިހެން ބުނާނަން…” ހާޝިން އަނެއްކާވެސް ބުނެލިއެވެ.
“ގާދިރު ފިހާރައަށް ސޭޓެއް ލާން އެޔޮތީ އިޢުލާން ކޮށްފަ. އެތަނަށް ނަދުހާ ވައްދަން ވީނު. ދެން އޭނަ އަމިއްލަ އަށް ފައިސާ އެއްކޮށް ގެން ކިޔަވާނެއްނު. ނޫނީ މީހަކާ އިނދެފާނެއްނު.”
ސަލީމާ ބުނެލިއެވެ.
“އެކަމުވާ. އެމީހަކު ދަރިއެއް ބަލާނީ އެމީހެއް އެއްޗެކޭ ބުނާކަށް ނެތިން.” ހާޝިން މާޔޫސް ވެފައި ބުންޏެވެ.
ނަދުހާގެ ބައްޕަ ވަނީ ނަދުހާއަށް އެންމެ ފަސް އަހަރުގައި ނިޔާވެފައެވެ.
***
މެންދުރުގެ ހޫނު ވަގުތެވެ. ނަދުހާ ހުރީ ސިޓިން ރޫމްގައި ހުރި އިސތިރި ކުރާ މޭޒް ކައިރީ އިސްތިރި ކުރާށެވެ.
“ދަރިފުޅާ ޝެލީ. ޝެލީ އަވަސް ކޮށްބަލަ” އެއީ ނަދުހާގެ މަންމަ އެވެ.
އެ ގޮވަނީ ނަދުހާގެ ހިތުން އޭނަގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަށެވެ. ނަމަވެސް ނޭނގެނީ އެއީ ނަދުހާގެ އެއްބަނޑު ކުއްޖެއަ ކަމެވެ.
ޝެލީ އައުމުން މަންމަ ޝެލީ އުރާލިތަން ފެނި ނަދުހާގެ ހިތުގައި ޖެހުނެވެ. އެ މަންމަ ދުވަހަކުވެސް ނަދުހާއާ ދިމާލަށް ދަރިފުޅާ އޭ ކިޔާފައި ނުގޮވާލައެވެ.”ނަދުހާ. އިސްތިރި ކޮށް ނިންމާފަ އާދެބަލަ ކޮޓަރިއަށް ” މަންމަގެ އެ އަމުރު ވެރި ޖުމުލަތަކަށް ނަދުހާ ބުނެލީ ތިން އަކުރުގެ ލަފުޒެކެވެ. ލައްބައެވެ. ހިތތަށް އަރަމުން ދަނީ ވާން މި އުޅެނީ ކިހިނެއް ބާއެވެ.

ނުނިމޭ.

ސޮރީ ފޯ ބީން ލޭޓް.

67