އޯ..ގަޑެއްގައިނީމަ ނީވުނީ..އަހަރެންމީ ދޯ..އޯކޭ އަހަރެންމީ… ކާކުހެން ހީވަނީ
ހައުވުޑް އައިނޯ؟ތީކަކުކަމެއް..ނޭގޭތީއެއްނު މިއެހީ އެހެން ނޫންނަމަ ބޭކާރުގޮތުގައި އަހާނީ ކާކު..ހަމަގައިމު ތިކާކުކަން އިގޭނަމަ އަހަނެއްނާހާނަން ދޯ..އަހަރެންވެސް އަހަރެންގެ ގޮތުގައި ބުނީމެވެ..
ހުމް..އަހަރެން ކަހަލަ މަންޖެއެއްދޯ..ހެހެ..އަދިވެސް ކަކުކަމެއް ބުނާކަށް ނޫޅެއެވެ.ކޮންކަހަލަ މީހެއްހެއްޔެވެ؟އަހަރެން ރުޅިއައިސް އަނެއްކޮޅަށް މޫނު އަބުރާލިމެވެ.
އަހަ.މަންޖެ ރުޅި އައީތަ..އޯކޭ މިބުނަނީ އަހަރެންމީ ކާކުކަން..އައިއޭމް ޔައިޝް ހަސަން.. ބައްޕައަށް ކިޔަނީ އަހުމަދު ހަސަން…މަންމައަށްކިޔަނީ އާމިނަތް ޔަސްމާ…ރެޑްހައުސް..އޭޖް 16… އުފަންދުވަހަކީ 13 އޮގަސްޓް 2004…އައި..
ވެއިޓް ވެއިޓް..13 އޮގަސްޓް..ޔޫނޯވަޓް..އެއީ ޖަޔަމިންގެ ބާތްޑޭ…ވާއު..
އޭން ކޮން ޖަޔަމިންއެއް..އޯކޭ ޔަގީން ތީ މިއުޅޭ ކޮރެޔަމީހެއްދޯ…އެނީވޭސް މަޑުކުރޭ އަހަރެން އިންޓޮރޮޑަކްޝަންދީ ނިމެނެދެން..ސޯ އަހަރެންގެ އައިޑީކާޑް ނަމްބަރ އަކީ ….377އޭ…ކިޔަވަނީ ސައިންސް ޓޯރީމް..މާޝީއަލް ސްޓޭޓަސް އަކީ ސިންގަލް..ރިލޭޝަންސް އަޕްޓޫނައު 2..ސޯ އިތުރު މައިލޫމާތެއް ބެނުން..ނަމުން ފެށިގެން އައިޑިކާޑު ނަމްބަރއަށް ދާންދެން ކިޔައިދިނެވެ.ހިވަނީ އިންޓަވިއުއަކަށް ގޮސް މައުލޫނާތު ދިންހެނެވެ.އެހެންޏާ އަހަރެން އެހީ ހަމއެކަނި ނަމެވެ.
އެކަމަކު ކީއްވެ އަހަރެން މިތާއޮންނަންޖެހުނީ؟ކީއްވެ ތިމީހަކު އައިމީން.. ޔައިޝް މިތާ އަހަރެން ކައިރީތިއިނީ..ކާކު ބުނީ މިތާ އިންނަން… އެންޑް ދޮންތަމެން ކޮބާ؟ އަހަރެން މިސުވާލު ކުރުމާއެކު އޭނަގެ މޫނުމަތީގައި ހުރި ލާނެއްކަން ފިލައިގެން ދިޔައެވެ.އަދި މުޅި މޫނުމަތިން ފެންނަނީ ހިތާމަވެރިކަމެވެ.އެކަމަކު ކީއްވެހެއްޔެވެ؟މިކުރެވުނީ ކުރަންނުވާ ސުވާލެއްހެއްޔެވެ؟
އަމް..ބަލިވީމައެއްނު..އަހަރެން މިތާ މިއިނީ ދޮންބެ އެންޑް ދޮންތަ ބުނެގެން…
ހޫއިޒް ޔުއާ ދޮންބެ އެންޑް ދޮންތަ؟އެން ހޫއާދޭ ޓުމީ…ހުރެބަހައްޓާފަ ދޮންބެ އާއި ދޮންތަ ބުނެގެނޭ ބުންޏަކަސް ޔައިޝްގެ ދޮންބެ އާއި ދޮންތަ އަކީ ކާކު ކަމެއް އަހަންނަށް އިގޭނީ ކިހިނެއް ހެއްޔެވެ؟
އިޓް އިޒް ޔުއާ ދޮންތަ އެންޑް ދޮންތަބެ….
އޯކޭ..ތީ ދޮންތަބެގެ ކާކު؟
ހެހެ..ހިޒް ވަން އެން އޮންލީ ކަޒިން…ފަހުރުވެރިވާ ކަހަލަ ގޮތަކަށް ބުނެލަމުން އަހަންނާދިމަލަށް އެއްބުމަ އަރުވާލިއެވެ.
ހޫން ފޮނިވާތި އެކަމަކުވެސް ދޮންތަބެ އެންމެ ލޯބިވާނީ އަހަރެންދެކެ ނޮޓްޔޫ..އަހަރެން ހިތާ ހިތުން ބުނެލީމެވެ.އެވަގުތު އެތާގައި ޒުވާބެއް ނުކުރަން ވެގެންނެވެ.
ބަޓް ކޮބާތަ ދޮންތަމެން ނުވެސްފެނޭ…އަދި ބުނީމެއްނު 3 ގަޑި އިރު މިތާ އިދެފިމޭ ސޯ އެހާއިރުވީއިރު..ކޮބާ ދޮންތަމެން ނުވެސް އާދޭތަ މިތަނަށް…އަހަރެން އެހީމެވެ.
އަނެއް އެބައަންނަން ބޭރަށް ގޮސްސަ…ތެދުނުވާތި…އަހަރެން އަންނަންދެން ބަސް އަހއިގެން މިތާ އޮންނާތި..އޯކް..މާޔޫސްވެފައިވާ އަޑަކުން ބުނުމަށް ފަހު ފޯނާ ކުޅެމުން ބޭރަށް ދިޔައެވެ.ދިޔަތާ އިރުކޮޅެއް ވިތަނާ ގަޑުތަކެއް ހިފައިގެން އައިސް ވަނެވެ.ފަހަތުން ނަރުހަކުވެސް ވަނެވެ.އަހަރެން ފާޑަކަށަ ޔައިޝްގެ އަތަށް ބަލާލީމެވެ،އެއީ ކޮންގަޑުތަކެއްތޯ އަހާ ފަދަ ގޮތަކަށެވެ.ޔައިޝް އަހަންނަށް ގަޑު ދައްކާލިއެވެ.އެއީ އަހަރެންގެ ބޭސް ސިޓިއައި ޑީސްޗާޖް ފޯމުކަން އިގުމުން މަޑުމަޑުން ބޮޖަހާލީމެވެ.
ޔައިޝް ފަހަތުން އައިސް ވަން ނަރުސް ކުއްޖާ އަހަރެން ކައިރިޔަށް އައިސް އައިވީނިއްވުމަށްފަހު އަހަރެންގެ އަތުން ކެނިއުލާ ނެއްޓިއެވެ.އަދި އައިވީފުޅިޔާއި އެއްޗެސް ނެގުމަށްފަހު ދިޔައެވެ.
ހިގާދާން….ޔައިޝް ބުނެލިއެވެ.އޭރުވެސް މޫނުމަތީގައި ވަނީ ހިތާމައާއި ހަމްދަރުދީއެވެ.ކީއްވެ ހެއްޔެވެ؟އަނެއްކާ ދޮންތަމެންނަށް ކަމެއްވީ ހެއްޔެވެ؟
އޯކޭ..ހިތުތެރޭގައި ކިތަންމެ ސުވާލިތައް ގިނަ ސްވާލުތައް ހުއްޓަސް އެވަގުތު ނުކުރަން ނިންމީމެވެ.ގެޔަށް ދިޔުމުން އިގޭނެތާއެވެ.
******************************
ހޮސްޕިޓަލުން ނުކުއްއިރުން ސުރެން ދެމީހުން ކުރެ އެކަކުވެސް އަގައިން ނުބުނަމެވެ.އަހަރެން އިސްވެ ވަހަކަ ނުދެއްކީ ލަދުނެވެ.ހަމެހެންމެ ޔައިޝްގެ މޫނު މައްޗަށް ބެލުމަށްފަހު މިވަގުތު ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށް ފެނާތީއެވެ.މަގުމަޓިން ދިޔައިރު ވަރަށް ގިނަ މީހުން އަހަންނާ ދިމާލަށް ބެލިއެވެ.ކޮންމެ މީހެއްގެވެސް ލޮލުން ފެންނަނީ ހަމަދަރުދިއެވެ.އެކަމަކު އެންމެނެ އަހަންނާ ދިމަލަށް ހަމްދަރުދިގެ ލޮލަކުން ބަލަން ވީ ކީއްވެ ހެއްޔެވެ؟ގޭ މަގަށް އެޅިއިރު ގެ ކުރިމަތި ވަރަށް ގިނަ މީހުން ހަރަކާތް ތެރިވަމުން ދިޔއެވެ.އެންމެންގެ މޫނުތައްވަނީ މިލައި މޯޅިވެފައެވެ.އަހަރެންގެ ހިތް އަވަސް ވާން ފެށިއެވް.ވެގެން އުޅޭ ގޮތް ބެލުމައް އަހަރެން ހިގުން އަވަސް ކޮށްލީމެވެ.ގޭތެރެޔަށް ވަދެވުނުއިރު ދުވީ ކާފޫރުވަހެވެ.ކުރިޔަށް ވުރެން ހިގުން ބާރުކޮށްލީމެވެ.އަހަންނަށް ދޮރާހަމަޔަށް ދެވުމާއެކު އެތެރެބަލާލީ މެވެ. އާއެކެވެ.ތިހީ ކުރަނީ ރަނގަޅަށެވެ.އެތާ ހުރިމޭޒުމަތީގްއި އޮތީ އަހަރެންގެ ބައްޕަގެ ފުރާނަ ނެތް މަސް ގަނޑެވެ.ބްއްޕަ ކައިރީގައި އިސްޖަހައިގެ ރޮއެލަ ރޮއެލާ އިއިނީ އަހަރެންގެ ދޮންތއެވެ.އާއެކެވެ.އަހަރެން އެޑްމިޓްވެސް ކުރެވުނީ ބައްޕަގެ މަރުގެހަބަރު ލިބުމުންނެވެ.އެކަމަކުވެސް އަހަރެން އެކަން މަތިނަ ހަދާން ނެތުނީއެވެ.މިޔަދުވި އެއްވެސް ކަމެއް އަހަރެންގެ ހަދާނުގައި އެވަގުތު ނެތީއެވެ.ހޮސްޕިޓަލް ތެރެން ޔައިޝް ގާތު ދޮންތަމެނެ ކޮބާހޭ ބުނުމުން ހުއްޓުން އެރީ މިހެންވެ ތާ އެވެ.މަގުމަތިނަ އައި އިރު އެންމެން ހަމަދަރުދީގެ ނަޒަރަކުން އަހަންނަށް ބެލީ މިހެންވެތާއެވެ.
އަހަރެން ހުރިހާ ކަމެއް ހަދާން ވުމުން އަހަރެންގެ ބަޑި ދިޔައީ ފަޅައިގެނެވެ.ބަލާކަށް ނުހުރެ ބައްޕްގެ ފުރާނަނެއް މަސްގަނޑުގައި އޮޅުލައިގަތިމެވެ.
ނޫން..ނޫން … އަހަރެން ދޫކުސްފަ ނުދޭ…ޑޭޑް ނޫން..ޕްލީޒް..އަހަރެން އެކަނިކޮށްފަނުދޭ..ޑޭޑް އާ ނުލާ އަހަރެން އުޅޭޏީ ކިހިނެއް؟ޑޭޑް ނެތިވެ އަހަރެން ސަކޫލަށް ގެންދާނީ ކާކު؟އަހަރެންގެ ބާތްޑޭގަ ސަޕްރައިޒެސް ދެނީ ކާކު؟ޑޭޑް ނެތިވެ ޗުއްޓީތަކުގައި ރިސޯޓަށް ގޮސް ސަކަރާތް ޖަހާނީ ކާކާ އެއްކޮށް..ހޯމްވޯކްސް ތަކުގައި އަހަންނަށް އެހީވަނީ ކާކު؟އަހަރެންގެ އެންމެ ބޮޑު ޑޮރީމް ސަކްސެސް ކުރަން ހިއްވަރުދޭނީ ކާކު؟ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ ނަސޭހަތް ދޭން ހުންނާނީ ކާކު؟ބުނެބަ ޑޭޑް ބުނެބެ..ތެދުވެފަ ބުނެބަ ޑޭޑް މަރެއް ނުވެޔޭ ޕޮލީޒް…ޕްލީ……އަހަރެން ހިތުގެ ހުރިހާ ޝަކުވާއެއް ފުރާނަނެތް އަހަރެންގެ ބައްޕަގެ ކުރި މައްޗަށް ބަނަޑޫން ކޮށް ލީމެވެ.އެކަމަކުވެސް ކީއްހެއްޔެވެ؟ބައްޕަޔަކަށް ޖަވާބެއް ނުދެވޭނެ އެއްނޫން ހެއްޔެވެ؟މަރުވެފަ އޮތް މީހަކު ޖަވާބު ދެނީ ކިހިނެއް ހެއްޔެވެ؟ހުރިހާޝަކުވާއެއްކުރުމައްފަހުވެސް ބައްޕަގެ ފުރާނަނެތް މަސްގަޑުގައި ހިފައިގެން އޮވޭ ރުއިމެވެ.ބައްޕަ ކައިރީ ގޮޑީގައި އިން ދޮންތަވެސް ގިސްލަ ގިސްލާފައި ރުޔެވެ.ފިރިހެނަކަށް ވުމުން ހިއްވަރު ކޮށްގެން ނުރާން ހުރި ދޮންތަބެއަށް ވެސް ރޮވުނެވެ.އެތާބަލަން ތިބިހާ މީހުން ވެސްތިބީ ފެން ކަޅިވެފައެވެ.ބައްޕަ މަރުވި އިރުންސުރެން އަހަރެން އޮތީ ހޮސްޕިޓަލުގައި ކަމުން އަހަންނަށް އާދެވުނީ ބައްޕަގެ މޫނު އަޅަން 5 މިނުޓަށް ވެފައި އޮތްވައެވެ.އެކްސިޑެންޓުވެފައި ބޮޑެތި އަނިޔާތައް ލިބިފައި ވުމުންނާއި އޮޕަރޭޝަން އެއްކުރުމުގެ ސަބަބުން ބައްޕަ ގިނަވަގުތު ވަޅުނުލާ ބޭޢްވެން ނެތިއެވެ.އެހެންކަމުން އަހަރެން ރޯން އޮއްވާ ކޮންމެވެސް މީހަކު އަހަރެން ދުރުކުރިއެވެ. މޫނު އަޅާ ވަގުތު ޖެހުމެންނެވެ.އަހަރެން ދުރުކުރުމެންވެސް ބައްޕަޔާ ދިމާލަށް އަތް ދިއްކޮށް ގެން ހުރީމެވެ.ދޫކޮށް ނުދާށޭބުނާފަދަޔަކުންނެވެ.މޫނުއަޅަން ވެގެން އަހަރެން އެތަނުން ނެރެން އުޅުނެވެ.އެކަމަކުވެސް އަހަރެން ދެކޮޅުހެދުމުން ގަދަކަމުން ނުނެރުނީއެވެ.ކޮންމިޔަކަސް ބައްޕަގެ މޫނު އެންމެ ފަހު ފަހަރަށް ބަލާލުމުގެ ހައްޤު އަހަންނަށް އޮންނާނެތާއެވެ.ބަލަހައްޓާއިގެން ހުއްޓާ ބައްޕަގެ މޫނު ކަފަގަނޑަކުން ފޮރުވިއެވެ.އަބަދުމެ އަބަދަށެވެ.ދެންދުވަހަކުވެސް އެމޫންއެއް ނުފެއްނާނެއެވެ.ފޮޓޯ އަކުން ނޫންނިއްޔާނުއެވެ..ބައްޕަގެ މޫނު އަޅާތަން ބަލަން އަހަންނަށް ކެއްވީ އެހިސާބަށެވެ.އެއްއަތުން އަގަމަތީގއި އަތް އެޅުމަށްފަހު އެންމެ ކައިރީގައި ހުރި މީހެއްގެ އަތުގެ މުލައްދަނޑިން މޫނު ފޮރުވާލީމެވެ.އެތާ ހުރި މީހަކު ސިހުނުކަން އިނގުނެވެ.ނަމަވެސް ދެވަނަ ސިކުންތުގައި މަޑުމަޑުން އަހަރެންގެ ބޮލުގައި އަތްޖެއްސިއެވެ..އަދި މަޑުމަޑުން އެމިހެއްގެ އަތް ނެގުނަށް ފަހު އަހަރެންގެ ކޮޑުމަތީބޭއްވިއެވެ.ހިއްވަރު ކުރާށޭ ބުނާބީދައިންނެވެ.އޭރުވެސް ހުއްޓާނުލާ ރޮވޭތީވެ އެމީހެއްގެ މޭގައި މޫނުފޮރުވާލީމެވެ.އިހުތިޔާރުން ބޭރުގައެވެ.އެވަގުތު އަހަރެން ހުރީ ކޮންމެވެސް މީހެއްގެ އަޅާލުން ބޭނުން ވެފައިކަމުން އޭއި ކާކުތޯވެސް ބަލާ ނުލަމެވެ.
ޔައިޝް ދޭބަ ހުދާއްކޮ ގޮވައިގެން ބޭރަށް…އިވުނީ ދޮންތަގެ ކުރަކިވެފައިވާ އަޑެވެ.ދޮންތަ މިހެން ބުނުމުން ބައްދައިގެން ހުރެވުނީ ޔައިޝްގެ ގައިގައި ކަމުން ލަދުވެސް ގަތެވެ.ވަގުތުގެ ނާޒުކުކަމުން ޔައިޝް ގައިން ދޫކޮށްލުމަށްފަހު އަމިއްލަ ނަފްސައް ހުނަނާނެހާ ހިއްވަރެއް ނުލުބުނެވެ.
ހުދާ…ހިގާބޭރަށް މިތާހުރީމަ މާބޮޑަށް ރޮވޭނެ..ލެޓެސްގޯ…ދޮންތަ އަހރެން ގޮވައިން ދާނަ ބުނުމުން ޔައިޝް އަހަރެން ކުރެން އަހާލިއެވެ.އަހަރެން ބޭރަށް ނުދާން ގަދަ ހަދާފާނެތީއެވެ.ނަމަވެސް އެވަގުތުގަދަ ހަދާނެހާ ހިއްވަރެއް ނުލިބުނެވެ.އަދި މަޑުމަޑުން ޔައިޝް އާއެކު ބޭރަށް ނުކުތީމެވެ.އެހެނަސް ޔައިޝް މޭމަތިން މޫނެއް ނޫނަގަމެވެ.ބަލަން ތިބިމީހުން ވިސްނާނެ އެއްޗަކަށްވެސް ނުވިސްނަމެވެ.ޔައިޝްވެސް އަހަރެން ދުރުކުރާކަށް ނޫޅެއެވެ.އަހަރެންގެ ހާލަތި ޔައިޝް އަށް ވިސްނެނީއެވެ.އިރުކޮޅަކުން ބައިވަރުމީހުން ހިގާ އަޑު އިވުނެވެ.ދޮންތަގެ ގޮސްލުމުގެ އަޑުވެސް އިވުނެވެ.ވަގުތުން އެއީ ބައްޕަ ނެރެނީކަން އިގުނެވެ.ދެމިއޮތުމުގެ އާލަމަށް ދިޔުމުގެ ކުރިން ބައްޕަ ހިމަނައިގެން ކުރާނެ އެންމެ ފަހުގެ ނަމާދުކުރުމަށް މިސްކިތައް ގެންދިޔުނަށެވެ.އާއެކެވެ.ކޮންމެ މުސްލިމެއްގެވެސް އެންމެ ފަހުނަމާދުކަމުގައިވާ ކަށުނަމާދު ކުރުމަށެވެ.ބޭރައް ނެރުމަށްފަހު ބައްޕަގެ ސަންދޯކު އެންބިއުލަންސްއަށް ލިއެވެ.މިސްކިތައް ގެންދިޔިމަށެވެ.
ހިގާދާން މިސްކިތާ ދިމާލަށް…ޔައިޝް އަހަރެން އޭނަގެ ގަޔާދުރުކުރުމަށްފަހު ބުނެލިއެވެ.އަހަރެން ރުއިން ހުއްޓުމަށްފަހު ޔައިޝްއާއެކުދާން ހިގައިގަތީމެވެ.ގަޔާ ދުރުކުރިއެއްކަމަކު އަހަރެންގެ އަތުން ޔައިޝް ދުލެއްނުކުރެއެވެ.ހިވާރުކުރާށޭބުނާކަހަލަގޮތަކަށް އިރުއިރުކޮޅާ އަހރެންގެ އަތަށް ފިތާލައެވެ.މިސްކިތާހަމަޔަށް ގޮސް ޔައިޝް އަހރެންގެ އަތުން ދޫކޮލުމަށްފަހު ދޮންތެގެ އަތާގުޅުވިއެވެ.
ނުރޯތި އިންގޭ…ހިއްވަރުކުރަން ވާނެ …ޔައިޝް ބުނެލިއެވެ.
އެތެދެއް ދެކުދިން ނުރޯތި … ހިއްވަރު ކުރަންވާނެ …. އަހަރެމެން މިދަނީ ނަމާދަށް އޯކޭ.. ދޮންތަބެ މިހެބުނެ ދޮންތަ އާއި އަހަރެންގެ ބޮލުގައި ފިރުމަލުމަށް ފަހު ދިޔައެވެ.ކަށުނަމާދު ނިމުމުން ބައްޕަގެ ސަންދޮކު ސަހަރާއަށް ގެންގެވުނެވެ.އެއައްފަހު ވަޅުލުމުގެ ކަންކަން ކުރިޔަށް ދިޔައެވެ.އަހަރެން ހުރި ދޮންތަ ކައިރީގައެވެ.ނުރޯން މަސައްކަތް ކުރިނަމަވެސް ގިސްލެވެނީއެވެ.ހުއްޓުމެއްނެތި ކަރުނަތައް ފައިބަނީއެވެ.ދޮންތގެ ހަލަކީވެސް އެއެވެ.ބައްޕަގެ ކަށުކަމާކަންކަން އެރޭ އިރުއޮއްސި 6 ގަޑި ބައިވިހާކަށް ހާއިރުއެވެ.ގޭގެ ގޯތިން ވަދެވުމާއެކު ސިފަވެގެން ދިޔައީ ބްއްޕައާއެކު ހޭދަވި އުފާވެރިވަގުތު ތަކެވެ.ޖެހިސަކަރާތެވެ.ވަގުތުން ހުއްދަހޯދުމަކާނުލާ ކަރުނަތަށް އޭގެ މަގާން ދޫކޮށް އަހަރެންގެ ކޯތަފަތް މައްޗަށް ފައިބައިގަތެވެ.ނަމަވެސް ހިއްވަރުކޮއްލަފައި ހުއްޓާލީމެވެ.ދޮންތަ ރޮތީވެ ދޮންތަބެ ދޮންތަ މަސަލަސް ކުރަންޖެހޭތީވެ ދޮންތަބެއަށް އިތުރު ބުރައެއްދޭން ބޭނުން ނުވާތީއެވެ.އެހެންކަމުން ދުވެފައިގޮސް ކޮޓރިޔަސް ވަނީމެވެ.ވަދެވުނުގޮތަށް އެދުމައްޗަސް ވެއްޓިގަންނަމުން ރޯންފެށީމެވެ.އަޑުބޭރުވެދާނެތީ މޫނުމަތީ ބަލީހެއްއެޅީމެވެ.އެހެނަސް އޭގެއިންވީކަމެއްނެތެވެ.މަޑުމަޑޫން ބަލީސް ނަގާ ލީމެވެ.އެވަގުތު ސިފަވީ ކުރިން އަހަރެން ބޮޑާހާކާފައި ރޯންފެށުމުން އަހަރެން ހަމަޖައްސަން ބައްޕަ އަންންމަޒަރެވެ.އެކަމަކު މިއަދުފެންނަނީ އެހެން މަންޒަރެކެވެ.ބައްޕަ އަހަރެން އެންމެ ބޭނުންވި ވަގުތު އަހަރެން ކައިރިޔަކުނެތެވެ.ކިތަންމެ ރުޔަކަސް ދެން ބައްޕައެއް މި ހުދާ ރޯތީވެ ހުއްޓުވާކަށް ނާންނާނެއެވެ.މިހެނަ ރޮއެރޮއެ އޮއްވާ އަހަންނަށް ނިދުނެވެ.
*****************************
ހުދާއްކޮ….ހުދާއްކޮ…ތެދުވެބަކޮންމެވެސް އެއްޗެއްކާން..
މޫނުމަތީހުރި އިސްތަށިތައް އެއްފަރާތް ކުރަމުން ތެދުވީމެވެ.ތެދުވިތަނާފެނުނީ ޔައިޝްވެސް ދޮންތަބެ އާއެއްކޮށްއައިސް އިންތަނެވެ.ވަގުތު އެދުމަތީގައި އޮތް ރަޖާގަޑުނަގާ ބޮލުގައި އޮޅާލީމެވެ.އަހަރެން ޖެއްސިވަތަރުން ފާޑަކަށް ދޮންތަބެއާއި ޔައިޝްގެ ގާތައް ހިނިއައެވެ.އަޅާނުލަމެވެ.އެވަގުތު ހެވޭނެހާ ހިއްވަރެއް އަހަރެންގަޔަކުނެތެވެ.
ތިހާވަރު ނުވިއަސް އޮކޭ އޭ މިހާރު ފެނަނަންޏާ ފެނިފަމިހުރީ މަންޖެގެ…އެހެންބުނެވުނުތަމާ އަހރެން މޫނު ކުނިކޮށްލީމެވެ.ދޮންތަބެ އިނީ ވާނުވާ ނޭގިފައެވެ.އެހެންޏާމީހަކު ރުޅިއަރާވަރު އެއްޗެއްވެސް ނުބުނޭތައެވެ.އަނެއްކޮޅުން އަހަރެން މީދެން މާ ރުޅިގަދަ މީހަކަށްވެސް ނުވުމުން ނެވެ.
އުޕްސް…ސޮރީ އައިމީން ހުދާ..ހުދާ ބުރުގާ ނާޅާ އޮއްވާ ފެނިއްޖޭ ވަރަށް ރީތިކޮށް..ދެން ކޮންމެހެން ފޮރުވިއަކަސް ވާނެކަމެއް ނޯންނާނެ…ދޯ…ދޮންބޭ…ބަލާބަ މިހާރު ޖަހަނީ ބެއާއްވައްތަރު މުޅި ބޮލުގަ ބުރުގާއެއްހެން ރަޖާ އަޅާފަ ހުރީމަ..ހެހެ..މިލާނެތްގަޑި މިވަގުތުގަވެށް އުޅުނީ އަހަރެން ހެއްވެތޯއެވެ.އަހަރެން ކުޑާކޮށް ހިނިތުން ވެލުން ނޫން ކަމެއް ނުކުރަމެވެ.
ތެދެއް އެބުނީ …. ދޮންތަބެމެން މިތަ ތިބޭތާ އިރުކޮޅެއްވެއްޖެ…
ދޮންތަބެ ކީއްވެ މީނަ ގޮވައިގެން ތިއައީ….އިގެއެއްނު ހުދާއްކޮ އޮންނާނީ ބުރުގާ ނާޅާކަން….އަހަރެން ޝަކުވާކޮށްލީމެވެ.
ސޮރި…މައި ވަން އެންޑް އޮންލީ ހުދާއްކޮގަޑު…ދޮންތަބެ މިހެން ބުނެލުމުން ޔައިޝް މޫނުކުނި ކޮށްލިއެވެ.ޖޭވެސް ވާން އިގޭ މީހެއްތާއެވެ.
ދެން އަހަންނޯ ދޮންބެ މިހާރު އަހަރެން އެއްލާލީތަ މީންދަ …. އެންގްރީ ބާޑް އައްޓަކާ…
ނޫނޭ…ތި ދެކުދިންނަކި ދޮންބެގެ ހުރިހާވެސް ކަމަކީ…. މައި ހުދާއްކޮ އެން ޔައިޝްކޮ …. ދެން ދޮންބެއަށް ހީވަނީ ދެން މިގޭތެރެގަ އޮންނާނީ ހުސް ތިދެމީހުން ދޮންތައާއި ދޮންބެއާ ދެމީހުންނާ ހެދި ހިންގަ ހަގުރާމަތައް ކަންނޭގެ..
އޭ އެހެން ބުނީމަ ހަދާން މިވީ ދޮންތަ އެބައިނޭ ބަދިގޭގަ….ހިގާ އަވަހަށް ދާން …. ދޮންތަބެ ބުނެލިއެވެ.
އެބަ އަންނަން މޫނުދޮވެގެން..ދޮންތަބެމެން ދޭ…
އޯކްސ..އަވަހަށް އަންނައްޗޭ…
ހުމް..އަހަރެން ހުމް އެއް އަޅުވާލީމެވެ.އަދި ފާހަނަޔަށް ވަނީމެވެ.ވަނީ މޫނުދޮވެ ހަދާލާށެވެ.އެކަމަކުވެސް ފާހަނަޔަށް ވަނުމުން ފެންވަރާ ހިތްވިއެވެ.ހެދުނުން ފެށިގެން ފެނަ ނުވަރާ ހުރުމުންނެވެ.ދޮންތަބެމެން އަވަސް ކުރަން ބުނެފައި ވުމުން އަވަސްއަވަހަށް ބޯ ދޮވެގެންފެންވެރީމެވެ. ފެނަވަރައިގެން އަހަރެން ނުކުތީ އަތްކެޑި ޓީޝާޓެއްލައިގެން ފުޅާ ހިސާބުން ތުވަލިއަދެގެންނެވެ.ތެމިފައިވާއިސްތަށިގަނޑުގއި ދޫކޮށް ފުޅިއެއް ޖަހާލުމަށްފަހު ކޮޓަރިއަށް ބަލާލީމެވެ.އަދި ދެވަނަ ސިކުންތުގައި ގައި ހަލޭއްލަވައިގަތީމެވެ.ލެވުނުހާ އެންމެ ބަރަށެވެ.މިފަދަހާލަތެއްގައި މިހެން ހަޅޭއްލެވުމުން ދޮންތމެނެ ގަނާނެ ބިރަކަށްވެސް ވިސްނާލުމެއްވެސް ނެތިއެވެ. ވާނީވެސް އެހެން ތާއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Yehhhh shyn 1 ???…v.reethi mi part vx????whn nxt????curiously waiting for the nxt prt ????????????lve u ?????????
Where are from Ayaa. Don’t mind ok. I also know Aminath Ayaa Iqbal kiyaa kujjeh. Ehenve doubt clear kollan ahaalee. Ayaa ge rashakee kobaikan yageen vumun bunaanan miee kaakutho. I am mandaa. If you are really the ayaa iqbal who I know you will immediately know who I am. But please ekakukairee ga ves nubunaathi.
Hiii aaayooooo…. Kobaa tha aneh part…. Vrh reethi ingey mi vaahaka….. Vrh salhi….
thankx rau. inshaa allah maadhamaa hudhaakko vaahakaige aabaeh kiyaalan libeyne