Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޙިޔާލުގާ 8

Nym Level 110 Stories
December 31, 2020 2 Mins Read
0 Comments

“އަހަރެންވެސް މިހާރު މިހުންނަނީ އާން ދެކިލާހިތުން ކެއްމަދުވެފައި” ހީލަމުން ޒާރާ ބުނެލިއެވެ.

އަދިވެސް އެއްފަހަރު ޒިވާއުރާލުމައްފަހު އަވަސްއަވަހައް ދަބަސް އަޅުވައިގެން ޔާނީ ގެއިންނުކުތެވެ. އެއާޕޯޓުގައި ނުކުނަމީހުން ނާއި ދިމާއައް ބަލަހައްޓައިގެން ހުރެ ޔާނީ އާން އައް ހޯދަމުން ދިއައެވެ. އިރުކޮޅަކު އެހެން ހުރުމައްފަހު ޔާނީ ފޫހިވެގެން ކުސްތަޅާލިއެވެ.

“އަދިވެސް ތިގޮތް ކެޑޭކައް ނޫޅޭތަ… ކުޑަކުއްޖެއްހެން ތި ބޮޑާ ހާކަނީ…” ފަހަތުން އައިސް މީހަކު ޔާނީގެ ކޮޑައް އަތް ވައްޓަލަމުން ސަމާސާ ރާގަކައް ބުނެލިއެވެ.

“ދޮންބޭ…..”ޔާނީ ބާރައް ގޮވާލަމުން އާންގެ ގައިގާ އޮޅުލައިގަތެވެ. އާންވެސް ހެވިފައިހުރެ ޔާނީ ގައިގާ ބައްދާލިއެވެ.

“ނާންނާށޭ ބުނީމަވެސް އައީ ދޯ….. ކޮބާ ބައްޕަ؟؟” ޔާނީގެ ކޮލުގަ ހިފާލަމުން އާން އަހާލިއެވެ.

“އެހެން އަދި ބުންޔަސް އަހަރެން ނައިސް ހުންނާނެތަ؟ ” ކޮލުގަ ފިރުމާލަމުން ހެވިލާފައި ޔާނީ ބުނެލިއެވެ.

އެކިވާހަކައިގައި ތިބެ ގެއައް އައިސް ވަތް ދެމީހުން ފެނިފައި ސިޓިންރޫމްގައި އިން އާމިރު އައް ކޮޅައް ތެދުވެވުނެވެ. ހައިރާންވެފައި ބަލަން ހުރެވުނީ ލޮލައް ފެންނަ މަންޒަރު ގަބޫލު ނުކުރެވިފައެވެ. ދުވަހަކުވެސް އެދަރިފުޅު ހެވިފައި ހުއްޓާ ނުފެންނާނެކަމައް އާމިރުއައް ހީކުރެވުނު ދަރިފުޅު އެހުރީ ހެވިފަ އާމިރުގެ ކުރިމަތީގައެވެ. އަވަސްއަވަހައް އައިސް އާމިރު އާންގެ ގައިގާ އޮޅުލައި ގަތެވެ.

އިރުކޮޅެއް ވަންދެން ދެމީހުންނައް ބަލަން ހުރުމައްފަހު ޔާނީ ސިޑިއާއި ދިމާލައް ހިގައިގަތީ ޒާރާ ބަލައެވެ. ނަމަވެސް ކޮޓަރީގެ ދޮރުހުޅުވާލިއިރު ޒާރާގެ އެއްވެސް ހަބަރެއް ކޮޓަރިން ފެންނަން ނެތެވެ.

“ޒާ…. ފާހާނައިގައި ޒާރާ އުޅެދާނެކަމައް ޔާނީ ގޮވާލިއެވެ. ނަމަވެސް ޒާރާގެ އެއްވެސް ހަބަރެއް ނުވިއެވެ.

“ބައްޕާ….. ޒާ؟ “ސިޑިން ތިރިއައް ފައިބަމުން ޔާނީ އާމިރުއައް ގޮވާލަމުން އަހާލިއެވެ.

“ބައްޕައައް ގުޅިއިރުކޮޅެއް ކުރިން…. ނުޒުހާ ކައިރީގައޯ ހުރީ… ތަންކޮޅެއް ލަސްވާނެޔޭ ބުނި…. ” ހިނިތުން ވެލަމުން އާމިރު ޖަވާބުދިނެވެ.

” ދޮންބެ ސައި ހަދަންތަ؟؟؟ ޒާ އެބަހުރި ވަރައް މީރުކޮއް ހެދިކާ ހަދާފަ…” އާންގެ ކުރިމަތީގަ ހުއްޓިލަމުން ޔާނީ އަހާލިއެވެ.

“މިގަޑިއަކު ނޫން…. އައި ނީޑްއަ ރެސްޓް….” ދަބަސް ހިފައިގެން ސިޑިއާއި ދިމާލައް އާން ހިގައިގަތެވެ. ފެންވަރާލައިގެން އައިސް އެދުގަ ޖެހުމާއެކު އާންގެ ލޮލައް ނިދި ސަވާރު ވެއްޖެއެވެ. ހުވެފެނީދުނިޔެއަށް ގެބިގެންދިއުމާއެކު ހިނިތުންވެފައިވާ އަނަްހެންކުއްޖެއްގެ ސޫރަ ލޯކުރިމަތީގައި ކުރެހިގެން ދިޔައެވެ. ސިއްސައިގެންގޮސް އާންއަށް ހޭލެވުނު އިރު މުޅިމީހާވަނީ ދަލުން ފެންވެރިފައެވެ. ހުވެފެނުގައި ފެނުނު އެއްޗެއް ސިފަކުުރަންއުޅެ އެކަންކާމިޔާބުނުވުމުން އާންއަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. އެއީ މިވީ ހަމަސްދުވަސްތެރޭގައި އެތައްރެއެއް އާން ހޭދަކޮއްފައިވާ ގޮތެވެ. ކައިރީގައި އޮތް ފޯނުނަގާ ގަޑި ބަލާލިއިރު ގަޑިން ދަންވަރު ދެގަޑި ބައިވަނީއެވެ. ބައްޕައާއި ޔާނީގެ މިސްކޯލްތައް ވެސް ހުއްޓެވެ. ނަމަވެސް މިގަޑިގައި އެންމެން ތިބޭނީ ނިދާފަކަން ޔަގީންވާތީ އެއްވެސް މީހަކައް ގުޅާކައް އާން ނޫޅުނެވެ. ބަޑުހައިހޫނުކަން އިހުސާސް ވުމުން އާން ތެދުވީ ބަދިގެއައް ދިއުމަށެވެ.

ހުސްވެފައިވާ ފެންފުޅިހިފައިގެން ޒާރާ ބަދިގެއައް ވަދެގެން ދިޔައީ ޒިވާއައް ބުއްފުޅިގިރަން ފެންބަލައެވެ. އާންމުކޮއް ނިދަންލާ ޓީޝާޓާއި ހަރުވާޅުގައި ހުރިއިރުވެސް ޒާރާގެ ރީތިކަން ފާހަގަވެއެވެ. އިސްތަށިގަޑު ވަަަޔައް ދޫކޮއްލާފައިވާއިރު ބަލާ ފޫހިނުވާހާ ފުރިހަމައެވެ.

ފުޅިއައް ފެންއަޅާ ނިންމާލައިގެން ބަދިގެއިން ނުކުންނަން ހިގައިގަތް ޒާރާގެ ފިޔަވަޅު ހީވީ ބިންމަތީގައި ތަތްވިހެންނެވެ. ކުރިއައް އެންމެ ފިޔަވަޅެވެސް ނުނެގުނެވެ. ހުރިހާ ހިއްސެއް ގަޑުވިކަހަލައެވެ. “ޒާ….”އެއީ ހަމަ އެއަޑެވެ. ކިތަންމެ ދުވަހެއްވިޔަސް ޒާރާއައް އެއަޑު ނޯޅޭނެއެވެ. އުދަގޫ ގޮތަކައް ހިންދިރުވާލަމުން ޒާރާ ލޯމަރާލިއެވެ. ހުވަފެނެއް ކަމައް ވެދާނެކަމައް ހީކޮށެވެ.

“ޒާ….. ޒާ…” ނަމަވެސް އެއަޑެއް ނުކެޑުނެވެ. ހިދެއްހިދަކަށް އަޑު ދިޔައީ ކައިރިވަމުންނެވެ. ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު ހީވަނީ މޭފަޅާފައި ނުކުންނަން އުޅޭ ހެންނެވެ.

ހައިރާންވެފައި ހުރެ ޔުއާން އައިސް ޒާރާގެ ފަހަތުގައު ހުއްޓުނެވެ. ތުރުތުރު އަޅަމުން ދިޔަ އަތްނަގާ ޒާރާގެ ކޮޑުގައި ހިފާލަމުން ޔުއާންއާވީ ފަރާތައް އަބުރާލިއެވެ. އޭރުވެސް ޒާރާހުރީ ލޯމަރާ ބާރުކޮއްގެންނެވެ. ދެލޯ ނުހުޅުވަން ވައުދުވެގެން ހުރިފަދައެވެ. ޒާރާގެ ގައިގާ އޮޅުލައިގަންނަމުން ޔުއާން ކުޑަކުއްޖެއްހެން ރޯން ފެށިއެވެ. އެތައްފަހަރަކު ޒާރާގެ ކިބައިން މާފައް އެދުނެވެ. ނަމަވެސް ޒާރާއައް ހުރީ ގުޑިލަންވެސް ނޭގިފައެވެ. ދުލުގައިވެސް ތަޅެއްލެވިފައި ވާފަދައެވެ. ސިޑުކިތެރޭގައި އެތައް ސުވާލެއް ދައުރުވަމުން ދާއިރު އެއްވެސް ސުވާލެއްގެ ޖަވާބު ޒާރާއައް ނޭގެއެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nym

Level 110 Stories

I LOVE READING AND WRITING STORY...

Other Articles

love is sour n sweet
Previous

ހުދާއްކޮ 13

Next

އަންނަންދެން ހުންނާނަން ލޯބިން 15

Next
December 31, 2020

އަންނަންދެން ހުންނާނަން ލޯބިން 15

Previews
December 31, 2020

ހުދާއްކޮ 13

love is sour n sweet


All Right Reserved!