
ތިޙިޔާލުގާ 9
އެތައްސުވާލެއް ސިކިޑިތެރޭގައި ދައުރުވަމުންދާއިރު އެއްވެސް ސުވާލެއްގެ ޖަވާބު ޒާރާ އަށް ނޭގެއެވެ.ގިސްލާ ރޮމުންދިޔަ ޔުއާންގެ ކުރިމައްޗައް ޒާރާ ތިރިވިއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ޒާރާގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. އެދުވަހަކަށް ޒާރާ އިންތިޒާރުކުރަމުން ދިޔަ ދުވަސް އައިސް ޖެހުމުން ޒާރާއައް ކަންތައް ކުަރަންވީ ގޮތެއް ނުވިސްނުނެވެ. ޔުއާންދެކެ ރުޅިއެވެސް ނާދެވުނެވެ. މަޑުމަޑުން ޔުއާންގެ މޫނުގައި އަތް ޖައްސާލަމުން ޔުއާންގެ ކަރުނަތައް ޒާރާ ފޮހެލަދިނެވެ. ކުަރަން ބޭނުން އެތައް ސުވާލެއް ހުރިކަމަކު ފަށަންވީ ދިމާލެއްވެސް ޒާރާއައް ނޭގުނެވެ.
“ޒާ އުޅެނީ މިގޭގަތަ؟؟؟” އިރުކޮޅަކު އިނުމައްފަހު ޔުއާން އަހާލިއެވެ. ރުއިމުގެ ސަބަބުން ޔުއާންގެ އަޑުވެސް ވަނީ ބަރުވެފައެވެ. ލޯ ފޮހެލަމުން ޒާރާ ބޯޖަހާލިއެވެ.
“ޔާން މިތާގަ؟؟” ކަމެއް ޝައްކުވެފައިހުރެ އަހާލާ ގޮތައް ޒާރާ އަހާލިއެވެ.
“އާން…. ޔާން…. ޔުއާން…” ކަރުނައިގެ ތެރެއިން ހީލަމުން ޔުއާން ބުނެލިއެވެ. ޒާރާއައް އިތުރައް ދައްކާނެވާހަކައެވެ ނޭގުނެވެ.
“ކޮބާ ……. މީ…. ޒިވާ….” ޔުއާން އަށް ވާހަކަދައްކަން ވެސް އުދަގޫވިއެވެ. ޒާރާއައް ކުއްލިއަކައް ޔުއާން އާއި ދުރައް ޖެހިލެވުނެވެ. ހަގީގަތް އެގުމުން ޔުއާން ޒާރާ މަތިން ފޫހިވާނެކަން ޒާރާ އައް އެގެއެވެ. ކުއްލިއަކައް ތެދުވަމުން ޒާރާ ސިޑިއާއި ދިމާލައް ދުއްވައިގަތެވެ. ފަހަތުން ޔުއާންވެސް އައެވެ. ދެވަނަފަހަރައް ޒާރާ ގެއްލެން ޔުއާން ބޭނުމެއް ނޫނެވެ.
ޔުއާން އައް ދުވެފައި ގޮސް ދޮރުގައި ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. އަތް ފިތުމުން އަގައިން މަޑުމަޑޫ އާހެއްގެ އަޑުވެސް ބޭރުވިއެވެ. އެއާއެކު ޒާރާއަށް ދޮރުން އަތް ދޫކޮއްލެވުނެވެ.
“ކީއްވެ ޒާ އަހަންނަށް ފިލަނީ ތި؟” ހިތައްކޮއްފައިވާ އަސަރެއްގެ ބޮޑުަމުން ޔުއާން އަށް ރަނގަޅައް ވާހަަކަވެސް ނުދެއްކުނެވެ.
“ޔާން … ޕްލީޒް… އަހަރެންގެ ނެތް މިހުރިހާކަމަކާ އަލުން ކުރިމަތިލާނެ ހިތްވަރެއް … އަހަރެން ވަަރަށް މަސައްކަތުން … މިކަންތަކުން ނުކުމެވިފައި މި ހުރީ… ޕްލީޒް ޔާން…”ގިސްލާ ރޮމުން މުށިގަޑުމަތީގައި އިށީނެވެ. ޒިވާއަށް ހޭލެވިގެން ރޯންފެށީވެސް އެވަގުތުއެވެ. ނަމަވެސް ޒާރާ އަށް ގުޑިލަންވެސް ނޭގިފައި އިދެވުނީއެވެ.
ޔުއާން އަވަސްއަވަހަށް ޒިވާ ނަގާ މަސަލަސް ކުރަން ފެށިއެވެ. ޒިވާވެސް ޔުއާން އުރާލާ ކުޑަކޮއް ގުޑުވާލުމާއެކު ހުއްޓާލިއެވެ. ޔުއާންގެ މޫނައް ނަޒަރު ހުއްޓާލައިގެން ޒިވާ އޮތްއިރު ޔުއާންގެ ހިތް އެތުއްތު ކުއްޖާއައްޓަކާ ލޯބިން ފުރިގެން ދިޔައެވެ.
ރޮއިރޮއި އިން ޒާރާގެ ކުރިމައްޗައް ވާގޮތައް ޔުއާން އިށީނެވެ. އެއްވެސް އެއްޗެއް ބުނުމަކާނުލާ ޒާރާ އާއި ދިމާލައް އަތް ދިއްކޮއްލިއެވެ. ކަރުނަ ފޮހެލަމުން ޒާރާ ބަލާލުމުން ޔުއާން ލޯމަރާލަމުން ބޯޖަހާލީ ޔުއާން އަށް އިތުބާރު ކުރުމައް އެދިއެވެ. ޒާރާ ޔުއާންގެ އަތުގައި ހިފާލަމުން ތެދުވިއެވެ. މަޑުމަޑުން ގޮސް ޒާރާ ހުއްޓުނީ އަލަމާރި ކައިރިއަށެވެ. އަލަމާރި ހުޅުވާލމުން އެއިން ފޮތެއް ނަގާ ޔުއާން އަތައް ދިއްކޮއްލިއެވެ.
“މި ފޮތް ކިޔާފަ ނޫނީ ޔުއާން އެއްވެސް ކަމެއް ނިންމަން އަހަރެން ބޭނުމެއް ނޫން…. “ގިސްލަމުން ޒާރާ ބުނެލިއެވެ. ޔުއާންގެ އަތުގައި އޮތް ޒިވާ ނަގާ ޒާރާ ޔުއާން އަށް ފުރަގަސް ދިނެވެ. ޔުއާން އަތުގައި އޮތް ފޮތައް ބަލާލަމުން މަޑުމަޑުން ފަހަތައް ފިޔަވަޅު އަޅަމުންގޮސް ކޮޓަރިން ނުކުތެވެ.
ކޮޓަރިއަށް ގޮސް ހަމަޖެހިލަމުން ޔުއާން އަތުގައި އޮތް ފޮތް ހުޅުވާލިއެވެ. މަޑުމަޑުން ފޮތުގައިވާ ލިޔުމުގައި ޔުއާން ފިރުމާލިއެވެ.
“ހިތް ކުދިކުދިވެއްޖެ… އެއްވެސް ސަބަބައެއް ނެތި ބޭވަފާތެރިބުން މިވަނީ އާންމުކަމަކަށް ވެފައި… އެކަމަކު ކަލާ އަހަންނަށް ބޭވަފާތެރިވެދާނެޔޭ އަހަރެންހިތެއް ނުބުނޭ…..ދުވަހަކުވެސް ކަލާއާއި ވަކިވާން ޖެހިދާނެ ކަމަކަށް ހީނުކުރަން…. ކަލާގެ ލޮލުން އަހަރެން ލޯބި ދެކުނިން … ނޫނީ އެއީ އަހަންނައް ހީވި ކުން ހީއެއްބާ…. ތިޙިޔާލުގައި އަހަރެންގެ މުޅިދުވަސް ވޭތުވެގެން މިދަނީ… އެބުރި އަންނާނެކަމުގެ އެއްވެސް ޔަގީންކަމެއް މެތިވެސް އިންތިޒާރުގައި ހުރިން……” ފޮތުގެ ފުރަތަމަ ގަޑުގައި ޒާރާ ލިޔެފައިވާ ލިޔުންކޮޅު ޔުއާން ކިޔާލިއެވެ.
ފަހަރަކު ގަޑަކުން ގަޑަކުން ކިޔަމުންގޮސް ފޮތް ކިޔާނިމުނު އިރު ޔުއާންއަށް އަމިއްލަ ނަފުސުދެކެ ރުޅިއާދެވުނެވެ. އެރޭގައި ޒާރާ ކައިރިއަށް ނުދެވުމުން އަމިއްލަ ނަފުސު ކުއްވެރި ކުރެވުނެވެ. އެކަނި ޒާރާ އުފުލި ހުރިހާ ހިތާމައައްޓަކާ ހިތް ރޮމުން ދިޔައެވެ. ޒާރާ އެކަނިވެފައިވާނެ ވަރު ހިތައް އެރުމާއެކު ވަގުތުން ޒާރާ ކައިރިއަށް ދާން ބޭނުންވިއެވެ. ދެއަތުގެ ހިމާޔަތް ޒާރާ އަށްދޭން ބޭނުންވިއެވެ. ދުވަހަކުވެސް ދެން ޒާރާ އެކަނި ނުވާނެކަމުގެ ޔަގީންކަން ދޭން ބޭނުންވިއެވެ. މިހާރުވެސް މާ ލަސްވެއްޖެކަމާއި އިތުރައް އެއްމެވަގުތު ކޮޅެއްވެސް ބޭކާރުކުރަން ޔުއާން ބޭނުމެއް ނުވިއެވެ.
ޒާރާގެ ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ޔުއާން އެތެރެއަށް ދެމިގަތެވެ. އެދުކައިރީގައި ކޮޅައްހުރި ޒާރާގެ ފުރަގަހުން ޒާރާގެ ގައިގާ ބައްދަލަމުން އެތައް ފަހަރަކު މާފައް އެދުނެވެ.
“އަހަންނައް އެގޭ ކިތައްމެވަރަކަށް މާފައް އެދުނަސް ގެއްލިގެން ދިޔަ ދުވަސްތައް އަބުރާ ޒާރާއަށް ހޯދައި ނުދެވޭނެކަން…. ބަޓް ޕްލީޒް … އެއްމެ ފުރުސަތެއް އަހަންނައް ދީ…. ވީރާނާވެފައިވާ ޒާގެ ހަޔާތް އަހަރެން އުފަލުން ފުރާލަދޭނަން…. އެންމެ ދުވަހެއްވެސް ދެން ޒާއާއި ވަކިން އުޅެން އަހަރެން ބޭނުމެއް ނޫން…. އައި ލަވް ޔޫ ޒާ…. އައި ލްވް ޔޫ އަ ލޮޓް…..”ޒާރާގެ ކޮޑުމަތީގައި ބޯ އަޅާލަމުން ޔުއާން ބުނެލިއެވެ. އޭރު މަޑުމަޑުން ޒާރާގެ ގިސްލުމުގެ އަޑުވެސް އިވެމުން ދިޔައެވެ.
ޔުއާން ޒާރާގެ ކޮޑުގައި ހިފާ ޔުއާންގެ ކުރިމައްޗައް ވާގޮތައް އަބުރާލަމުން ޒާރާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.
“ދެން އިތުރު އެންމެ ކަރުނަ ތިއްކެއްވެސް މި ލޮލުން އޮހޮރޭތަން ބަލަން އަހަރެން ބޭނުމެއް ނޫން….. މާޒީގެ ފޮތް ހުޅުވަންވެސް އަހަރެން ބޭނުމެއް ނޫން.. އެކަމަކުން ޒާ އަށް ތަކުލީފޮ ލިބޭ އެއްވެސް ކަމެއް އަހަރެން ދެނަ ތަކުރާރު ނުކުރާނަން… އެކަމަކު އަހަރެން އެއްކަމެއްގެ ޔަގީންކަން ޒާ އައް ދެން … އަހަރެން ދުވަހަކުވެސް ޒާއަށް ބޭވަފާތެރިއެއްނުވަން…. ޒާއައް ދިމާވިކަންތައް އަހަންނައް ކުރިންވެސް އެގިފައި އޮތީ… އެކަމަކު އަމިއްލަ މީހާ ކުއްވެރި ކުރެވުނު ވަރުން ޒާގެ ކުރިމައްޗައް އަރާނެ ހިއްވަރު ނުލިބުނީ،…. ދެން ދުވަހަކުވެސް ނުދާނަން ޒާ ދޫކޮއްފައެއް…” މަޑުމަޑުން ޒާރާގެ ކުރިމަތީގައި އެއްކަކޫ މައްޗައް ޔުއާން ތިރިވިއެވެ.
“އައިޝަތް ޒާރާ…. ވިލް ޔޫ ބީ މައިން….. ފޯރް އެވާ… ” ޒާރާއާއި ދިމާލައް އަތް ދިއްކޮއްލަމުން ޔުއާން އަހާލިއެވެ. ލޮލުގެ ތެރެއައް ޖަމާވެފައިވާ ކަރުމަތައް ހިންދަން އޭރުވެސް ޔުއާން ދިޔައީ މަސައްކަތް ކުރަމުންނެވެ. ޔުއާންގެ އަތުގައި ހިފާލަމުން ޒާރާ ބޯޖަހާލިއެވެ. އެތައް ދުވަހަކު ހުވަފެނުން ފެނުނު މަންޒަރުގައި ހަގީގީ ކުލަ ޖެހުނީއެވެ.
އެކަކު އަނެކަކުގެ ލޮލުގެ ތެރެއައް ގެއްލިފައި ތިބި ދެމީހުންނައް ހަމަ ހޭވެރިކަމެއްވީ ޔާނީގެ ތޫލި ހަޅޭކުގެ އަޑުންނެވެ.
“ޒާ… ޕިންޗް މީ… “ޒާރާ އާއި ދިމާލައް އަތް ދިއްކޮއްލަމުން ޔާނީ ބުނެލިއެވެ. ޔުއާން ޔާނީގެ އަތުގައި ވިކާލުމުން އަނެއްކާވެސް ޔާނީ ހަޅޭލަވައިގަތެވެ.
“މީ އަސްލު ދޯ ހަމަ…. ބަޓް …. މީ ޒާ ގެ ލޯބި… ” ލިބިފައިވާ ހައިރާން ކަމުން އަދިވެސް ޔާނީ އަށް ނުނިކުމެވެ.
“ކަމަކު ނުދޭތަ… “ޔުއާން އަހާލިއެވެ. ޔާނީ އަވަސް އަވަހައް ދެފަރާތައް ބޯހޫރާލިއެވެ. އެއްއަތުން ޒާރާގެ އަތުގައި އަނެއްއަތުން ޔުއާންގެ އަތުގައި ހިފާލިއިރު އުފަލުން ޔާނީއަށްވެސް ވަނީ ރޮވިފައެވެ. (ނުނިމޭ)