ލޯބިން އެކުގާ (15)
ލަވައެއްގެ ރާގުއަޅުވައިލައިގެން ފާހަނައިން ނިކުތް އައިނާއަށް ހުށްޓެވުނީ އެނދުގައިއޮތް ޒަޔާންފެނުމުންނެވެ. ގަބޫލުނުކުރެވިފައި ދެފަރާތައް ބޯހޫރާލީ ހިޔާލެކޭ ހީވުމުންނެވެ. މަޑުނޫކުލައިގެ ޓީޝާޓަކާއި ހުދުކުލައިގެ ސޯޓެއްލައިގެން ޒަޔާޏް އޮތްއިރު ވަރަށް ހިތްގައިމެވެ. ޒަޔާން ދެލޯމަރައިގެން އޮތުމުން އައިނާ ހިތްފުރެންދެން ޒަޔާންއަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ތުންފަތުގައި މައުނަވީ ހިނިތުންވުމެއް ދަތުރުކޮށްލިއެވެ. ޒަޔާންއައީ ކޮންއިރަކު ބާވައެވެ. ހަމަގައިމުވެސް ކުރިން ފެނުނު އިރަށްވުރެ މިހާރު ޒަޔާން ރީތިވެފައި އެޓްރެކްޓިވްއެވެ. އައިނާ ޒަޔާންއާ ކުޑަކޮށް ކައިރިވެލީ ހިޔާލަކަސް ޒަޔާންއާ އެކުގައިވުމަށް އެދޭތީއެވެ. އެނދާކުޑަކޮށް ކައިރިވެލިތަނާ ޒަޔާން ދެލޯ ހުޅުވާލުމުން އައިނާއަށް ފަހަތައް ފިޔަވަޅެއް އަޅައިލެވުނެވެ. ހުރިތަނަށް ގަނޑުވީ އެއްވެސް ވަރަކަށް ޒަޔާން އަންނާނެ ކަމަށް އޭނާ އުންމީދުނުކުރާތީއެވެ.
ޒަޔާޏް ލޯމަރައިގެން އޮތުމަށްފަހު ލޯހުޅުވާލީ މީހެއްގެ ހިލަމެއް ވުމުންނެވެ. އޭރު އައިނާ އޭނާގެ ކައިރީގައި ހުރިތަން ފެނުނެވެ. އައިނާ ފަހަތައް ފިޔަވަޅެއް އަޅާލުމުން ޒަޔާން ނުރުހުންވިއެވެ. އައިނާ އޭނާއާ ދުރަށްދާން ބޭނުންވަނީ ކީއްވެހެއްޔެވެ. މިހުރިހާ ދުވަހު އޭނާ އައިނާ މަތިން ވަރަށް މިސްވިއެވެ. ޒަޔާން އައިނާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. އައިނާވަރަށް ހިތްގައިމެވެ. ކުރިއަށްވުރެ ހިކިކަމަށް ދެއްކިއަސް އައިނާގެ ރީތިކަމަކަށް ބަދަލެއް ނާދެއެވެ. އައިނާއާ ގުޅޭގޮތައް ކޮށްފައިވާ މޭކްއަޕް ވެސް އޭނާއާ ވަރަށް ގުޅެއެވެ. ޒަޔާން އައިނާއަށް ބަލައިގެން އިނދެވުނީ ކިހާއިރަކުކަމެއްވެސް ނޭންގެއެވެ. ޒަޔާންއަށް ހޭވެރިކަންވީ ދޮރުގައި މީހަކު ޓަކިޖެހުމުންނެވެ. އައިނާ ހަލުވިފިޔަވަޅު ތަކެއްގައިގޮސް ދޮރު ހުޅުވިއެވެ. ދޮރުކައިރީގައި ހުދުކުލައިގެ ގަމީހަކާއި އަޅިކުލައިގެ ފަޓުލޫނެއް ހިފައިގެން ރައުފިއްޔާ ހުށްޓެވެ. އައިނާދޮރު ހުޅުވުމުން އައިނާއަށް އެދިއްކޮށްލިއެވެ. ޒަޔާޏް އެނދުގައި އޮށޯވެގެން އޮތުމުން ރައުފިއްޔާ ވާހަކަ ދެއްކިއެވެ. “އަވަސް ކޮށްލާ ދަރިފުޅު.. މިހާރު ހެކިވެރިންނާ ގާޒީވެސް އަންނާނެ.. ގަޑިއަށް ރެޑީވައްޗޭ..” ޒަޔާން ރައުފިއްޔާއަށް ހަނާއަޅާލީ އެންމެ ރަނގަޅޭ ބުނާފަދަ ގޮތަކަށެވެ. “އަވަސްކޮށްލަށްޗޭ..” ރައުފިއްޔާ ހަލުވިފިޔަވަޅު ތަކެއްގައި ދޮރުލައްޕާފައި ދިއުމުން އައިނާއަށް ހުރެވުނީއެވެ. ޒަޔާން އަންނާނެ ކަމަށް ރާދުހުރީ ކުރީބައިގައި ރެޑީވެގެންނެވެ. ޒަޔާން އަށް ބޭނުންވާނެ ހުރިހާއެއްޗެއް ރެޑީކޮށްފައި ބެހެއްޓީ ޒަޔާން އަންނާނެކަން އޭނާއަށް އެނގޭތީއެވެ. ރާދުގެ އެހާ ހާއްސަ ކަމަކު ޒަޔާން ނައިސް ނުހުންނާނެކަން މީ ރޭގަނޑު ފަދައިން ރާދުއަށް އެނގެއެވެ.
……
އެކިކުލަކުލައިގެ ބޮކިފަތިން ގޯތިތެރެ ޒީނަތްކުރެވިފައިވީއިރު މެހެމާނުން އައސް ތިބެން ގޮނޑީއާ މޭޒުވެސް ވަނީ ޖަހާފައެވެ. ޕާޓީ ޒީނަތްތެރިކުރުމުގައި އޭރުވެސް އެކަމާ ހަވާލުވެގެން ތިބި މީހުންއުޅެމުން ދިޔައެވެ. އަދި މެހެމާނުން އަންނަން ނުފަށާތީ އެތާގައިއެވަގުތު ތިބީ ދެފަރާތުގެ އާއިލާގެ މީހުންނާއި ގާތް ރަހުމަތްތެރިންނެވެ. ފަރީދާއަކީ ހުރިހާ އެންމެނާގުޅޭ އަނގަގަދަ މީހަކަށްވުމުން މިޝާގެ އާއިލާގެ މީހުން ފޫހިވާނެ ފުރުސަތެއް ނުދެއެވެ. އެކިއެކި ވާހަކަ ދައްކަމުން ދިޔައިރު ފެނުނުމީހަކަށް ހީވާނީ ވަރާށް ދުވަސްވީ އެކުވެރިންހެނެވެ. މިޝާގެ އާއިލާއިން އޭނާ ރާދުއާ ގުޅުމުން އެންމެ ހިތަހަމަ ޖެހެނީ އެމީހުންނަކީ ހިތްހެޔޮ ބަޔަކަށް ވުމުންނެވެ. އެމީހުންގެ ވާހަކަތަކުގައި ބައިވެރިވަމުންދިޔަ ރާދު ހުށްޓުން އެރީ ސިޑިން ފައިބައިގެން އަންނަ މިޝާ ފެނިފައެވެ. ލަމްޝާގެ އަތުގައި ހިފައިގެމން ފައިބަމުންދިޔަ މިޝާއަށް ރާދުފެނުމުން ހިނިތުންވެފައި އިސްޖަހާލެވުނެވެ. ކައިވެނިކުރުމަށް ގަޑި ކައިރިވަމުންދާތީ މިޝާހުރީ ވަރަށް ހާސްވެފައެވެ. އޭނާ ރާދުއއށް އިތުބާރުކުރިކަމުގައި ވިޔަސް މައިންބަފައިންނާ ވަކިން އުޅެން ޖެހުމުން ކަންބޮޑުވަނީއެވެ. އެހެންކަމުން އޭނާގެ މޫނުމަތިންވެސް އެހާސްކަން ފެންނަމުން ދިޔައެވެ. ރާދު ދުވެފައި މިޝާކައިރިއަށް އައީ ތުންއޫކޮށްލަމުންނެވެ. “ވައި އާޔޫ ސުޓީލިންގް މައި ވައިފް..” ރާދު މިޝާގެ އަތުގައި ހިފާލަމުން އެހެންބުނުމުން ލަމްޝާ ހަށިފުރާ ނޭވާއެއް ލިއެވެ. ދެފަރާތައް ބޯހޫރާލުމަށްފަހު ރާދުއަށް ލަމްޝާ ބަލައިލީ މީހަމަ ކުޑަކުއްޖެއް ބާއޭ ހިތައް އެރުމުންނެވެ. “”ހަމައެކަނި އަތުގަހިފައިގެން ގެނައީ ވިއްޔަ.. އައިމް ދަ ވިކްޓަމް ހިއާ..”” ހިތާހިތުން ލަމްޝާ ކިޔައިލިއެވެ. ރާދުއާ ލަމްޝާގެ މޫނަށް ބަލާލަމުން މިޝާއަށް ހިނިއައެވެ. ރާދު ކައިރީ ހުންނައިރު އޭނާއަކަށް ނުހީއެއް ނުހުރެވެއެވެ. އޭނާއަށް ރާދު އެންމެ ކަމުދިޔައީވެސް އެހެންވެގެންނެވެ. ރާދުއަށް މިޝާގެ ހިނިތުންވުން ފެނުމުން ހިނިތުންވެލެވުނެވެ. މިޝާގެ އަތުގައި ހިފައިގެން ރާދު އޭނާގެ މަންމަމެން ތިބި މޭޒުކައިރިއަށް ދިޔައިރު ލަމްޝާވެސް ފަހަތުން އާދެއެވެ.
…
ޒަޔާންގެ ތޫނު ނަޒަރު އައިނާއަށް ހުއްޓިފައި ހުރުމުން އައިނާހުރީ ފިނިވެފައެވެ. ޒަޔާންއާ ވާހަކަ ދައްކަން އަނގަހުޅުވާލުމާއެކު އައިނާގެ ލިޔާލަށް އައީ ރިސޯޓުގައި ޒަޔާން އައިނާއަށް ކީ އެއްޗެހި މަތިންނެވެ. އައިނާއަށް ވާހަކަ ދައްކާނެ ފުރުސަތު ޒަޔާން ނުދޭނެކަން އައިނާއަށް ވިސްނުނެވެ. ޒަޔާން ތެދުވެގެން އައިނާއާ ދިމާއަށް އަންނަން ފެށުމުން އައިނާހުރީ ނޭވާ ހިފަހަށްޓައިލައިގެންނެވެ. ޒަޔާން ކުއްލިއަކަށް ޒަޔާން ޓީށާޓު ބާލަންފެށުމުން އައިނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އައިނާ ތުންފަތް ހަފާލަމުން އިސްޖަހާލިއެވެ. ޒަޔާން އައިގޮތައް އައިސް ހުއްޓިލީ އައިނާގެ ކުރިމަތީގައެވެ. އައިނާގެ އަތުގައި އޮތް ގަމީސް ނެގުމަށްފަހު ގަޔަށް ހެޔޮވަރު ކޮށްލަމުން ހިނގައިގަތީ ފަޓުލޫނުވެސް ހިފައިގެނެވެ. ޒަޔާން އައިނާއަށް ބަލައިވެސްނުލާ ބަހެއް ނުބުނެ ދިއުމުން ޒަޔާން އައިނާދެކެ ފޫހިވެފައިވާ ވަރު އައިނާއަށް ފަހުމުވިއެވެ. އެވަގުތު އިމާދުގެ ވާހަކަތައް އައިނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. “ޒަޔާން އައިނާއާއެކު އުޅެން ބޭނުމެއް ނުވާނެ.. ހީވިލް ހޭޓް ޔޫ..” އައިނާގެ މުޅި ދުނިޔެ އެނބުރި ގަތް ފަދައެވެ. ޒަޔާންއާދިމާއަށް ބަލައިލުމަށްފަހު ހިތުގައި ބޮނޑިވެފައިވާ އިހުސާސްތައް ފޮރުވާލަމުން ނުކުމެގެންދިޔައީ ޒަޔާންއަށް އުނދަގޫކުރަން ބޭނުންނުވާތީއެވެ.
އައިނާނިކުމެގެން ދިއުމުން ޒަޔާން އަތްގޮށްމުށް ކަވާލިއެވެ. އޭނާ އައިނާއާ ކައިރިނުވީ ވާހަކަ ނުދެއްކީ އައިނާ އިސްވެ ވާހަކަ ދައްކާތޯއެވެ. އައިނާ ފެނުމުން ޒަޔާންގެ އިހުސާސްތައް ކޮންޓުރޯލް ކުރަން ޒަޔާންއަށް ދަތިވެއެވެ. އައިނާގެނެސް އޭނާގެ މޭގައި ބޮނޑި ކޮށްލަން އޭނަ ހާދަބޭނުމެވެ. ދުނިޔޭގައި ވާހައި އުފަލެއް އައިނާއަށް ހޯދައިދޭން އޭނާ ބޭނުމެވެ. އަޅެ އައިނާއަށް އޭނަ ރުއްސަން މަސައްކަތް ކުރެވޭނެ ނޫންހެއްޔެވެ. އައިނާ އެންމެފަހަރަކު މާފަށް އެދުނަސް ޒަޔާންއަށް އޭނާއަށް މާފުނުދީ ހުންނަން ދަތިވާނެއެވެ. ލޯގަނޑުން ފެންނަމުންދިތަ އޭނާގެ އަމިއްލަ ސޫރައަށް ބަލަމުން ބޯރީތި ކުރަމުންދިޔަ ޒަޔާން ފުންނޭވާއެއް ލިއެވެ. ޑުރެސިންގ ޓޭބަލްގެ ދެފަރާތުގައި އަތް ވިއްދާލަމުން ޒަޔާން ގޮތެއް ނިންމިއެވެ. އައިނާ އޭނާގެ މީހަކަށް ހެދުމަށެވެ. އެހެނަސް އޭގެ ކުރިން އައިނާގެ އިތުބާރާއި އައިނާ އޭނާދެކެ ލޯބިވާކަން ހާމަކުރަން ޒަޔާން ބޭނުމެވެ. އައިނާގެ ހުރިހާވާހަކައެއް ހަގީގަތައް ހިއްސާކުރާ މީހަކީ އޭނަކަމުގައި ހަދަން ޒަޔާން ބޭނުމެވެ. ފަރިހިނިތުންވުމެއް މޫނުމަށްޗަށް ވެރިކުރުވަމުން ޒަޔާން ނިކުމެގެންދިޔައީ އޭނާގެ ނިންމުން ކާމިޔާނު ވާނެކަމަށް ޔަގީންކުރަމުންނެވެ.
….
ހެކިވެރިންނާއި ގާޒީ އައުމުން ލަސްނުކޮށް ކައިވެނި ހަފްލާފެށިގެން ދިޔައެވެ. ހުރިހާއެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ގާޒީ ހުތުބާގައި ދެމަފިރިންގެ ހައްގުތަކާއި ކަންކަން ކިޔައިދޭން ފެށުމުން ރާދުއަށް އާދިރުމެއް ލިބިގެންދިޔައެވެ. ކައިރީގައި އިން މިޝާއަށް ރާދުބަލައިލާ ހިނިތުންވެލިއެވެ. ރާދުއާ މިޝާގެ ކައިވެނި ކުރެވިގެންދިޔައީ ހުރިހާއެންމެނަގެ މޫނުމަށްޗަށް ހިނިތުންވުން ގެނުވަމުންނެވެ. އާއިލާގެ މެންބަރުންނާއި އެތަކެއް ގާތް ރަހުމަތްތެރިން އެމީހުނަށް މަރުހަބާކީއެވެ. އެތަކެއް ފޮޓޯއެއް ނެގި އެތަކެއް ހަދާންތަކެއް ރައްކާކުރެވިގެން ދިޔައެވެ. ރާދު މިޝާގެ ފިނިވެފައިވާ ދެއަތްތިލަ އޭނާގެ އަތުތެރެއަށްލާ ފިއްތާލީ ދެންދުވަހަކުވެސް ދޫނުކުރާނަމޭ ބުނާގޮތަށެވެ. ޕާތީގެ ކަންކަން ނިމުމުން ރާދުއާ މިޝާ ހަނީމޫނަށް ފުރީ އެތަކެއް ހުވަފެންތަކެއް ދެކެމުންނެވެ. ޕާޓީ ނިމުނުއިރު ލަސްވެފައި އޮތުމާއެކު ޒަޔާން އައިނާ ފެނޭތޯ ބަލައިލީ އައިނާގެ ހިލަމެއް ނުވުމުންނެވެ. އޭރު ގޭމީހުން ފިޔަވައި އިތުރު މީހަކު ގޭގައި ނޫޅެއެވެ. ކޮޓަރިއަށްދާންދިޔަ ލަމްޝާ ފެނުމާއެކު ޒަޔާން އައިނާ ކޮބައިތޯ އަހާލީ ވަރުބަލިވެފައި ހުރުމުންނެވެ. “އޯ.. އައި ދެންމެ އެނިކުތީ..” ދޮރާދިމާއަށް އިޝާރާތް ކުރަމުން ލަމްޝާ ބުނެލިއެވެ. ޒަޔާންއަވަހަށް އެދިމާއަށް ދިޔައީ އައިނާފެންނާނެ ކަމަށެވެ. އެހެނަސް ނިކުތުމާއެކު ފެނުނު މަންޒަރުން ޒަޔާޏްގެ ލޭކެކިގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


Masha Allah… Superb…. Next part avass up kohla dhehchey…. Plxxxxxxx❤️
Thankyou dear.. upkohlanan v avahah IA
Vaahaka v habeys ?
Hehe.. thanks ❤❤?
Vvvvvvvv salhi next part thanh kolheh avahah up kohdhehcheyy plxxxxxx
Vrrrr Reethi mipartves waiting for the next part ?????stay safe sis
When next part
Cannot wait