Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިންއެކުގާ (16)

Neei Level 110 Stories
October 4, 2020 3 Mins Read
8 Comments

ކޮޓަރިއަށްދާންދިޔަ ލަމްޝާ ފެނުމާއެކު ޒަޔާން އައިނާ ކޮބައިތޯ އަހާލީ  ވަރުބަލިވެފައި ހުރުމުންނެވެ. “އޯ.. އައި ދެންމެ އެނިކުތީ..” ދޮރާދިމާއަށް އިޝާރާތް ކުރަމުން ލަމްޝާ ބުނެލިއެވެ. ޒަޔާންއަވަހަށް އެދިމާއަށް ދިޔައީ އައިނާފެންނާނެ ކަމަށެވެ. އެހެނަސް ނިކުތުމާއެކު ފެނުނު މަންޒަރުން ޒަޔާޏްގެ ލޭކެކިގެން ދިޔައެވެ.

މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވަމުން އައިނާ އޭރު ޓެކްސީއަށް އަރަނީއެވެ. ޒަޔާން އެއްމިއަނަކުން ހީލަމުން އެދިމާއަށް ހިނގައިގަތީ ފުންނޭވާއެއް ލަމުންނެވެ. ….. ޓެކްސީއަށް އަރައަރައި ހުރި އައިނާއަށް ހުއްޓެވުނީ ބާރުގަދަ އަތަކުން އޭނާގެ އަތުގައި ހިފާ ދަމައިލުމުންނެވެ. ކުއްލިސިހުމެއް ލިބުމާއެކު އައިނާ ފަހަތައް ބަލައިލީ އޭނާގެ ހަށިގަނޑު ބެލެންސް ކުރަންދަތިވުމުންނެވެ. ޒަޔާން އޭނާއާ އެހާގާތުގައި ހުރުމުން އައިނާއަށް ޒަޔާޏްގެ ގައިގައި ހިފައަށްޓާ ލެވުނެވެ. ހައިރާންވެފައި ޒަޔާންއަށް ބަލަންހުރި އައިނާއަށް ހޭވެރިކަން ލިބުނީ ބަރުގޮނުގެ އަޑަށެވެ. މަގަކީ ފުދޭވަރަކަށް ހަނި މަގަކަށް ވުމުން އެމަގުގައި ޓެކްސީ މަޑުކޮށްފައި އޮތުމުން ޖާގަނެތީއެވެ. ޓެކްސީ ޑުރައިވަރު އައިނާއަށް ބަލައިލީ އައިނާގެ ނިންމުން އެގެންބޭނުންވާފަދަ ގޮތަކަށެވެ. އައިނާހާސް ކަންފޮރުވަމުން ޒަޔާންއާ ދުރަށްޖެހިލުމަށްފަހު އަނެއްކާވެސް ޓެކްސީއަށް އެރުމަށް މަސައްކަތް ކުރިއެވެ. ކުރިންފަހަރަށްވުރެ ބާރަށް ޒަޔާން މިފަހަރު އައިނާގެ އަތައް ދަމާލިއެވެ. “ޓެކްސީ ދަތުރު ބޭނުންނޫންނަމަ އަޅުގަނޑު ހުއްޓުވުމުގެ ބޭނުމަކީ ކޮބައިތޯ؟” ޓެކްސީ ޑުރައިވަރ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. އައިނާ އޭނާގެ ދެއަތްދެއަތާ މޮޑެލީ ހާސްވުމުގެ ސަބަބުންނެވެ. އޭނާ ޓެކްސީއެއްނެގީ ޒަޔާންއާއެކު ދާންބޭނުންނުވާތީއެވެ. އޭނާ ޒަޔާންއާއެކުދާން ބޭނުންވިއަސް ޒަޔާން އޭނާ ގެންދާނެކަމެއް އައިނާއަކަށް ޔަގީނެއްނޫނެވެ. މަގުމަތިންދިޔަ އެންމެންގެ ނަޒަރު އޭނާއަށް ސީދާވުމުން އައިނާގެ މޫނުން ޖަންބުކުލަ އަރައިގެން ދިޔައެވެ. ހަމަ އެވަގުތު ޓެކްސީޑުރައިވަރު ހިތްހަމަ ނުޖެހި ޓެކްސީ ދުއްވާލައިފިއެވެ. އައިނާ ދެބުމަ ގޮއްޖަހާލަމުން ޒަޔާންއަށް ބަލައިލިއެވެ. ގަންފައިހުރި ލަދެއްގެ ސަބަބުން އައިނާހުރީ ޒަޔާޏްދެކެ ވަރަށް ހިތްހަމަ ނުޖެހިފައެވެ. “ވަޓްސް ދަ ބިގް ޑީލް.. ޑޯންޓް މޭކްއަ ސީން” އައިނާ ޒަޔާންއަށް ބަލައިލަމުން ބާރަށް ބުނެލިއެވެ. އައިނާގެ ވާހަކަ އަޑުއިވުމުން ޒަޔާޏްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “އަދިވެސް އަހަރެންދޯ މައްސަލައަކީ” ޒަޔާޏްގެ ހިތުގައިވިއެވެ. “ވަޓް.. އައިމް މޭކިން އަ ސީން” އައިނާގެ މޫނުގަހިފާ މަށްޗަށް ނަގައި ޒަޔާންގެ ލޮލާ ލޯ ސީދާކުރުވަމުން ޒަޔާން އަހާލިއެވެ.. އައިނާ ހުރިގޮތައްހުރެ އަނެއްފަރާތައް މޫނު އަނބުރާލިއެވެ. އެވަގުތު ޒަޔާންގެ މޫނުމަތީ ކުލަވަރު ބަދަލުވެގެން ދިޔައެވެ. “އައިނާ.. ގޭގަތިބީ  ޒަޔާންގެ ފެމެލީ.. އައިނާ ހަމަ ބުނެވެސް ނުލާ ޒަޔާން ހުއްޓާ ނުޖެހޭނެދޯ ޓެކްސީއެއް ނަގަން” ޒަޔާންގެ އަޑުބާރުވެފައި ހަރުކަށްޓެވެ. “ސޯ ވަޓް.. އެންމެން ނިދަން ވަނީމައޭ އައިނާ ނިކުތީ..” އައިނާ ހުރީ ދޫކުރާގޮތަކަށް ނޫނެވެ. ދެމީހުންގެ އަމަލުތަކާއި އަޑުހުރިގޮތުން އެތައް ބައެއްގެ ސަމާލުކަން އެމީހުނަށް ހުއްޓިފައި ވިއެވެ. އައިނާ އޭނާގެ ރުޅިގަދަ ވުމުގެ ސަބަބުން ރޮވޭގޮތްވިއެވެ. މީހުންއެހާގިންއިރު ޒަޔާން ހަމަމިގޮތައް އަމަލުކުރަން ޖެހޭހެއްޔެވެ. މިއޮއް ހުރިހާދުވަހު ދުރުގައި އުޅުމަށްފަހު އައުމުން އެދެމީހުންގެ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. “އެންޑް އޯލްސޯ ހޫއާޔޫ ޓު ކުއެސްށަންމީ..” އެހެންބުނުމަށްފަހު އައިނާ ޒަޔާންގެ އަތްފޮޅުވާލިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިނާ ކުރިއަށް ހިނގައިގަތީ މީހުންގެ ނަޒރުތަކުން ސަލާމަތް ވުމަށެވެ. “ސީރިއަސްލީ.. ޑޯންޓް ޓެސްޓު މައި ޕޭށިއަންސް” ޒަޔާން އައިނާއަށް އަޑުއިވޭވަރަށް ބުނެލިއެވެ.

…….

ކޮޓަރީގެ ދެކޮޅައް ހިނގަހިނގައިހުރި ލަމްޝާއަށް ބޭރުތެރޭގައި ކަމެއްވާކަމުގެ އިހުސާސެއް ނުވެއެވެ. އެއަށްވުރެ އޭނާހުރީ ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާގެ އަތުގައި ޕުރެގުނެންސީ ކިޓެއްއޮތްއިރު އޭގައި ވަރަށްފަނޑުކޮށް ދެލައިންއިނެވެ. ނިޝާއަށް ހުއްޓިލެވުނީ އޭނާގެ ފޯނުރިންގުވާ އަޑަށެވެ . އަވަހަށް ފޯނުނެގީ އޭނާގެ ހާސްކަން ފޮރުވަމުންނެވެ. “ކިޔާ،،” ލަމްޝާވަރަށް ހިތްވަރުކުރަމުން ގޮވާލިއެވެ. އޭނާއާ ކިޔާންގެ ގުޅުމަށް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. ކިޔާންއާ އޭނާ ދިމާވީ ކޮލެޖުންނެވެެ. އޭނާއަށް ކިޔާންފެނުނު ފުރަތަމަ ދުވަހުވެސް އާދަޔާހިލާފު ގޮތްތަކެއްވިއެވެ. އެވަގުތުގެ ކަންކަން ދިޔަގޮތުން ކިޔާންއާއެކު މަސައްކަތް ކުރަންޖެހުމުން އިތުރަށް އެގުޅުން ބަދަހިވީއެވެ. އެހެނަސް ކިޔާން ލަމްޝާއާދޭތެރޭ އެފަދަގޮތަކަށް ނުދެކެއެވެ. ކިޔާންއާ ލަމްޝާއާދެމެދު ހިނގައިދިޔައީ މިސްޓޭކެކެވެ. އެއީ ކިޔާންއަށް ނޭންގުމެއްގެ ތެރޭގައި ކުރެވުނު ކަމެކެވެ. ކިޔާންއަކީ ބޭރުގެ ސަގާފަތާ އެއްގޮތައް އުޅުންގެންގުޅޭ ޒުވާނަކަށް ވުމުން އޭނާއަށް ޕާޓީކުރުމާ ރާބުއިމަކީ އާންމުކަމެކެވެ. އެމީހުން ބޭއްވި ޕާޓީއަކަށް ލަމްޝާއަށް ދައުވަތުދިނީ އެކުުވެރިއެއްވުމުންނެވެ. އެހެނަސް ކިޔާން މަސްތުވެފައި ހުރުމުން ކުރެވިގެން ދިޔަކަންތައް ނޭންގުނީއެވެ. ލަމްޝާވެސް އެކަން ނުވާކަމަކަށް ހަދައިގެންހުރީ އިތުރަށް އޭނާއަށް ކުރެވޭނެކަމެއް ނެތުމުންނެވެ. އެހެނަސް މާބޮޑަށް ޕީރިއްޑް ލަސްވުމުން އޭނާ ގޭގައި ޓެސްޓުކޮށްލީއެވެ. “ކިޔާ.. ވަރަށް ބޮޑުވާހަކައެއް ބުނަން..” ލަމްޝާ މަޑުމަޑުން ބުނެލިއެވެ. އެކޮޅުން ކިޔާންގެ ހީލުމުގެ އަޑު އިވިގެންދިޔައެވެ. “ހޭއި.. ލަމް ކިހިނެއްތަ.. ހާދަދުވަސް ފަހުން ހަބަރެއްތިވީ..” ކިޔާންގެ ވާހަކަތައް އަހަންހުރިއިރު ލަމްޝާގެ މޫނުމަތިވަނީ މިލާފައެވެ. “ކިޔާ.. އައިމް ޕުރެގޮނެންޓ” ލަމްޝާ ހުއްޓަމުން ބުނެލިއެވެ. އިރުކޮޅެއްގެ ހަމަހިމޭންކަމާއެކު ކިޔާންއަށް ހޭވެރިކަން ވިއެވެ. “ސޯ..” ކިޔާންއަށް ލަމްޝާ ބުނަންއުޅުނު ވާހަކައެއް ދޭހައެއް ނުވިއެވެ. ލަމްޝާ އޭނާގެ ދެބުމަގޮއްޖަހާލިއެވެ. “ޔޫއާ އާސްކިންގް މީ.. ޔޭސް އައިމް ޕުރެގްނެންޓް.. ” ލަމްޝާގެ ރާގުން އޭނާ ނުރުހުންވެފައިވާކަން އެނގިގެންދިޔައެވެ.. ލަމްޝާމެން މާލެ އައތާ ދެމަސްވެގެން ދިޔަކަމުގައިވިޔަސް އޭނާއަށް އެކަން ނޭންގުނީ ކީއްވެކަމެއް ނޭންގެއެވެ. “ލަމްޝާ.. އައި ޑޯންޓް ބިލީވް..” ކިޔާންގެ އަޑުގައިވެސް ވަނީ ނުރުހުމެވެ. ކިޔާންއެހެންބުނުމާއެކު ލަމްޝާގެ ރުޅި ފަޅައިގެން ދިޔައެވެ. “ވަޓް.. ކިޔާން ޔޫ ޑޯންޓް ބިލީވް.. ޔޫ ޔޫސްޑްމީ އެންޑް މައު އައިމް އެޓް ފޯލްޓް..” ލަމްޝާ ހަޅޭލަވައިގަތެވެ. އޭނާގެ އާއިލާއަށް އެނގިއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ. އޭނާގެ މަންމަ ކިހާދެރަވާނެ ހެއްޔެވެ. ލަމްޝާއަށް ރޮވެން ފެށުނެވެ. “ލަމް.. އެނގެއެއްނު އަހަރެން ލޯބިވާ ކުއްޖެއް ހުންނަކަން.. އަހަރުމެން ދޭތެރެއަށް ވަންނަން ނޫޅެ ލަމް.. ހެޔޮނުވާނެ..” ކިޔާންގެ އަޑުއިވުމުން ލަމްޝާ ހިމޭންވިއެވެ. ކިޔާން އެހެންމީހެއްދެކެ ލޯބިވާކަން އޭނާއަށް އެނގެއެވެ. އެއަންހެންކުއްޖާ ހާށިލްކުރަން ކިޔާންކުރަމުންދާ މަސައްކަތްވެސް ލަމްސާއަކަށް ނޯޅެއެވެ. އަވަހަށް ފޯނު ކަނޑާލުމަށްފަހު ލަމްޝާ އެނދުމަށްޗަށް ވެއްޓިގަތެވެ. އޭނާއަށް މިލިބެނީ އޭނާކުރި ކޮންކަމެއްގެ އަދަބެއް ހެއްޔެވެ. ކިޔާންދެކެ ލޯބިވުމުގެ އަދަބުހެއްޔެވެ. ލަމްޝާގެ ދެބުމަ ގޮއްޖެހިގެންދިޔައެވެ. ދެން އޭނާ ހަދާނީ ކިހިނެއްހެއްޔެވެ. ގައިމުވެސް މަންމައަށް ފޮރުވައިގެން ނޫޅެވޭނެއެވެ. ލަމްޝާ ހިތްދަތި ގޮތަކަށް ލޯމަރާލުމާއެކު އޭނާގެ ލޮލުގައި ބޮޏޑިވެފައި ހުރި ކަރުނަތައް އޭގެ މާގާމު ދޫކޮށް އޮހިގަތެވެ.

…..

އައިނާ ހަލުވިކަމާއެކު ހިނގަމުންދިޔައީ އަވަހަށް ދެއަށްދިއުމުގެ ބޭނުމުގައެވެ. ޒަޔާން ކަންތައްކުރިގޮތުން އައިނާހުރީ ވަރަށް ބޮޑަށް ލަދުގަނެ ޖެހިލުންވެފައެވެ. އޭރު އޭނާގެ ފަހަތުން ސައިކަލުގައި ޒަޔާންއާދެއެވެ. ހިތްހަމަނުޖެހިފައި އައިނާއަށް ބަލަމުން ޒަޔާންދިޔައީ މިބޯހަރު ކުއްޖާއަށް ހަދާނެގޮތަކާ ދޭތެރޭ ވިސްނަމުންނެވެ. އައިނާގެ ޖެހިލުންކުޑަކަން ފެނިފައި ހިތާހިތުން އައިނާއަށް ތައުރީފުވެސް ކޮށްލެވުނެވެ. ޒަޔާންގެ ތުންފަތުގައި ފަރި ހިނިތުންވުމެއް ދައުރުކޮށްލިއެވެ. އައިނާއަށް ޓަކައި އޭނާ އެތަކެއް ގުރުބާނީއެއް ވެދާނެއެވެ. އިސާހިތަކު ގެއާހަމައަށް ދެވިއްޖެއެވެ. އައިނާއަށް ހުއްޓެން މަޖުބޫރުވީ އޭނާގެ ދަބަސް ނެތުމުންނެވެ. އޭނާގެ ތަޅުދަނޑިއާ ފޯނާ ހުރިހާއެއްޗެއް ވާނީ އެދަބަހުގައެވެ. ކުއްލިއަކަށް ހަނދާނަށް އައި އެއްޗަކުން އައިނާއަށް ދެބުމަ ގޮއްޖަހާލެވުނެވެ. ޒަޔާން އޭނާކާރަށް އަރަންއުޅުނުގަޑީ ހިފެހެއްޓުމުން އޭނާގެ ދަބަސް ވެއްޓުނީއެވެ. އެވަގުތުގެ ގޮތުން ދަބަސް ނަގަން އައިނާއަށް ނޭންގުނީއެވެ. އޭނާ ދެންކީއްކުރާނީ ހެއްޔެވެ. ފަހަތައް އެނބުރި ބަލައިލިއިރު ޒަޔާޏް އޭނާގެ ނޭވާ އިހުސާސްވާ ހިސާބު ކައިރީގައި ހުއްޓެވެ. އައިނާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. އައިނާއާ އެއަށްވުރެ ކައިރިވެލަމުން ހިނިތުންވުމަކާއެކު އައިނާގެ ދަބަސް ދައްކާލިއެވެ. “ސާޗިން ފޯ ދިސް؟؟”. އޭނާގެ ދަބަސް ފެނުމުން އައިނާ ދެލޯ ހަނިކޮށްލިއެވެ. “ޒަޔާން އޭނާގެ ބާރުގަދަ ދެއަތުން އައިނާގެ ހަށިގަނޑުގައި ވަށާލިއެވެ. އަދި އައިނާގެ ކަންފަތް ދޮށުގައި ވާހަކައެއް ބުނެލިއެވެ.

 

 

 

 

 

Share Article

Follow Me Written By

Neei

Level 110 Stories

I'm neei.. I love to read and write stories.. hope you guys enjoy my stories.. appreciate your support

Other Articles

Previous

ތިޙިޔާލުގާ (7)

Next

ގިސްލަމުން ބުނީމޭ، ދޫކޮށްނުލާށޭ (4)

Next
October 4, 2020

ގިސްލަމުން ބުނީމޭ، ދޫކޮށްނުލާށޭ (4)

Previews
October 4, 2020

ތިޙިޔާލުގާ (7)

8 Comments!

  1. Ram says:
    October 4, 2020 at 2:17 pm

    Maasha allah vvv reethi ????????

  2. Rani says:
    October 4, 2020 at 5:17 pm

    Masha Allah….. Ekm Haadha kurey…… ❤️nxt part avahah up kohlahchey…

  3. Ainth says:
    October 6, 2020 at 12:22 pm

    next part kondhuvahakun

  4. ❄snow Queen❄ says:
    October 8, 2020 at 10:07 am

    When next
    ??

  5. Aki says:
    October 11, 2020 at 12:38 pm

    alhey haadha lahey mihaaru vaahaka up kohla dheyn.. thihen nuhadhaa avahah vaahaka up kohla dheebaa

  6. Eeer says:
    October 13, 2020 at 2:26 pm

    Haadha,lahey.

  7. Anonymous says:
    October 18, 2020 at 8:07 pm

    Thankolheh avas kohdheveykah neii tha?? Curiously waiting for the next!!

  8. unknown says:
    September 8, 2024 at 2:44 pm

    Where’s next part

Comments are closed.



All Right Reserved!