Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިންއެކުގާ (14)

Neei Level 110 Stories
September 26, 2020 3 Mins Read
4 Comments

އިމާދުގެ ކުރިމަތީގައި ހުއްޓިހުރިއިރު ނިޝާ ތުރުތުރު އަޅައެވެ. އައިސްފައި ހުރި ރުޅިން ދެންމެދެންމެ އިމާދުގެ ގައިގައި ޖަހާފާނެހެން ހީވެއެވެ. “އިމާދު ހީނުކުރައްޗޭ އައި އަށް ގޮތް ހުސްވާނެކަމަށް..” ނިޝާ އަތްގޮށްމުށް ކަވާލައިފައި އަޑަށް ބާރުލަމުން ބުނެލިއެވެ. އިމާދު ފަރުވާކުޑަ ގޮތަކަށް ނިޝާއަށް ބަލައިލިއެވެ. “އައިނާ ކައިރީ ބުނޭ އައިނާއަށް ދުވަހަކުވެސް އުފަލުގަ ނޫޅެވޭނޭ.. އަހަރެން ހުރިހާ ދުވަހަކު” އެހެންބުނުމަށް ފަހު އިމާދު ތުމުންފުމެމުން ހިނގައިގަތީ އެތަނުން ދިއުމަށެވެ. ނިޝާފެނުމުން އޭނާގެ މުޅި މޫޑު ގޯސް ވެއްޖެއެވެ. އައިނާއަށް އިންޒާރެއް ދިނުމަށް އައިނާ ހޯދާތާ މިހާރު ކިހާދުވަހެއް ހެއްޔެވެ. އައިނާއާ ޒަޔާންގެ މެދުގައި މައްސަލަޖެހި ޒަޔާން ރަށްގައި ނޫޅޭކަން އިމާދުއަށް އެނގެއެވެ. މިހާރު އޭނާބޭނުން ވަނީ އައިނާއަށް ޒަޔާން އައިނާ ބޭނުންނުވާނެކަން ސާބިތު ކޮށްދޭށެވެ. އެހެންކަމުން އައިނާއާ ދިމާވެ އައިނާއާ ވާހަކަދައްކާނެ ފުރުސަތެއް އޭނާ ބޭނުންވެއެވެ. އައިނާ އޭނާ ކައިރިއަށް އައިސް އޭނާގެ މާފުހޯދަން އުޅުންއެއީ އިމާދު ބޭނުންވާ ގޮތެވެ. އިމާދު ސައިކަލަށް އަރާ ދުއްވާލީ ނިޝާއައުމުން އޭނާގެ ޕުލޭން ފުލޮޕްވީއޭ ހީވުމުންނެވެ. އެހެނަސް އެހާދުރަށް ނުދެވެނީސް މަގުގެ އެއްފަރާތުން ހިނގާފައި އަންނަ އައިނާއޭނާގެ ލޮލުގައި އަޅައިގަތެވެ.
…..
އައިނާ ހިނގާލާފައި ގެއަށް ދިޔައީ އިތުރަށް ރާދުމެން ކައިރީ އިންނަން ބޭނުންނުވުމުންނެވެ. ޒަޔާން ކަންތައް ކުރިގޮތުން އައިނާހުރީ ވަރަށް ދެރަވެފައެވެ. ޒަޔާންއަށް އޭނާ މުހިއްމު ނޫންކަން އައިނާއަށް ވިސްނުނެވެ. އައިނާހުރީ ހިޔާލްތަކަށް ގެއްލިފައި ކަމުން އޭނާގެ އަތުގައި ހިފިކަމުގެ އިހުސާސް ވުމުން ބަލައިލިއެވެ. ކުރިމަތީގައި ހުރި އިމާދުފެނުމުން އައިނާ ސިއްސައިގެން ގޮސް އަތްދަމައިގަތެވެ. ހީވީ އަލިފާނުގައި އަތްޖެހި އަތް ފިހުނީ ހެނެވެ. އައިނާގެ މި އަމަލުން އިމާދު ރުޅިއައެވެ. އެހެންނަމަވެސް އަވަހަށް ނަފްސް ހަމައަކަށް އަޅުވާލަމުން އައިނާއަށް ބަލަމުން ވާހަކަދައްކަން ފެށިއެވެ. “އައި.. ވައި އާޔޫ އެވޮއިޑިންގް މީ..” އިމާދުގެ ރާގުން އޭނާގެ ހިތުގައި ޖެހިފައި ހުރިވަރު ހާމަވެއެވެ. “އައި މިސްޑް ޔޫ”އިމާދު ކުޑަކުއްޖެއް ފަދައިން އައިނާއަށް ބަލައިލިއެވެ. އައިނާގެ މޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ. އިމާދު ފެނުމުން އައިނާއަށް ހީވީ އައިނާގެ ދުޝްމަނަކު ފެނުނު ހެނެވެ. އައިނާ އިމާދުއާ ގުޅުމެއްވެސް ނުބާއްވާއުރު ރިސޯޓުގައި ވެދިޔަ ކަންކަމުންނާއި އިމާދުގެ ބަސްމަގު ހުރިގޮތުން އައިނާއަށް އިމާދުގެ މަގުސަދު އެނގުނު ފަދައެވެ. “އައި ކަމްޓުމީ.. ލީވް ހިމް.. އައި ލޯބިވާ މީހަކީ އަހަންނެއް ނޫންތަ؟” އިމާދު އައިނާގެ ފަރާތުން އެއްވެސް ހިލަމެއް ނުވުމުން ބާރަށް ބުންޏެވެ. އިމާދު އެހެންބުނުމާއެކު އައިނާ މަލާމާތުގެ ރާގަކަށް ހީލިއެވެ. އަދި އިމާދާއި ހަތަރުކަޅި ހަމކުރަމުން ވާހަކަ ދެއްކިއެވެ. “ހެހެ.. ތި ހީކުރެވެނީ އަދި ރަނގަޅަކަށް ނޫން.. އަހަރެން އިމާދުއާ ދޭތެރޭ އެފަދަ ގޮތަކަށް ނުދެކެން..” އައިނާ ފުންނޭވާއެއް ލުމަށްފަހު އެތަނުންދާން ހިނގައިގަތެވެ. އިމާދު ކޮންޓުރޯލް ކޮށްގެން ހުރި ރުޅިގަނޑު ފަޅާއިގެއިން ދިޔައީ އެވަގުތުއެވެ. ދަތްކުނޑި ވިކާލުމަށްފަހު ލހަލުވިކަމާއެކު އައިނާގެ މަގުބަންދު ކޮށްލިއެވެ. “އިއިނާ ހީކުރީ ޒަޔާން އައިނާ ބޭނުންވާނެ ކަމައްތަ.. ހެހެހެ” އިމާދުގެ އަޑުގައިވީ މަލާމާތެވެ. “އެހެން މީހަކާއެކު އެފަދަ މަންޒަރެއް ފެނުމުން ޒަޔާން އިތުރަށް އައިނާއާއެކު ނޫޅޭނެ.. އެހެން ނޫންނަމަ ޒަޔާން ނުދިޔައީޔހެއްނު.. އަދި ވެސް ތި ހީކުރަނީ ޒަޔާން އަންނާނެ ކަމަށްދޯ..” އިމާދުގެ ވާހަކަތަކުން އައިނާގެ ހިތް ޒަހަމްވަމުން ދިޔައެވެ. އިމާދުގެ ވާހަކަތައް އޭނަގަބޫލުކުރަން ބޭނުން ނޫނަސް އެއީ ހަގީގަތެވެ. އޭނާއަށް ވަނީ އެފަދަ ގޯހެއް ހެދިފައެވެ. އައިނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. “ޒަޔާން އައިނާއާ އެށްކޮށް އުޅުނަސް އައިނާއަށް އިތުބާރު ކުރެވޭނެތަ..”” އިމާދެގެ ބަސްތައް އަތުރާލާފައި ފޮނުވާލަނީ އައިނާގެ މިޒާޖު އޭނާއަށް އެނގޭތީއެވެ. އައިނާ އެއްވެސް މީހަކަށް ދެރައެއް ދޭން ނޭދޭނުކަން އިމާދުއަށް އެނގެއެވެ. އިމާދުގެ ވާހަކަތައް ޒަޔާންއަށް އައިނާއާ އެކު އުޅެން އުނދަގޫވާގޮތައް ބުނެދިނީވެސް އެހެންވެއެވެ. މަކަރުވެރި ހިނިތުންވުމަކާއެކު އިމާދު ބަލައިލީ އޭނާ ބޭނުންވާގޮތައް ކަންތައް ވަމުން ދާތީއެވެ. އައިނާގެ ލޮލުން ފޭދުނު ކަރުނަތައް ފުހެލަމުން ދާން ހިނގައިގަތީ އިތުރަށް އިމާދު ދައްކާވާހަކަ އަޑުއަހާނެހާ ބާރު އޭނާގެ ގައިގައި ނެތުމުންނެވެ. އެއަށް ވުރެ އޭނާގެ ހިތުގައި އުފެދިފައިވާ ހައިޖާނު މާބޮޑެވެ. ..
…..
އައިނާ ފޯނުނުނެގުމުން ކަންބޮޑުވެފައި ހުރި ނިޝާއަށް އައިނާ ފެނުނީ އައިސް ގެއަށް ވަނުމުންނެވެ. އައިނާގެ ފަސްފަހަތުން ނިޝާގޮސް ވަނީ އައިނާއަށް ކަމެއް ވެއްޖެކަން އެނގުމުންނެވެ. ވާހަކަ ނުދައްކާ އައިނާ މަޑުން އިނުމުން އައިނާ ވިސްނަނީ ކަން މިޝާއަށް އެނގުނެވެ. އައިނާގެ ކައިރިއަށް އައިސް ނިޝާ އައިނާއަށް ހިތްވަރުދިނެވެ. ނިޝާގެ އެތަކެއް ވާހަކައަކުން އައިނާ ނިޝާއަށް އިމާދުގެ ވާހަކަ ހިއްސާކުރީ އެކުވެރިޔާގެ އެދުމުގެ މަތިންނެވެ. އައިނާގެ ވާހަކަތައް އަޑުއަހާފައި ނިޝާގެ ދެބުމަ ގޮއްޖެހިގެން ދިޔައެވެ. އިމާދުއަކީ ހާދަ ގޮތެއްވެސް ނެތްމީހެކޭ ހިތައް އެރިއެވެ. ޒަޔާންއަށް މިވާހަކަތައް އެންގުމުގެ މުހިއްމުކަން ނިޝާއަށް އެނގުނެވެ. އެހެންނޫންނަމަ މާލަސްވެދާނެއެވެ. އިމާދުގެ ވިސްނުންހުރީ ޒަޔާންއާ އައިނާ ދުރުކުރަން ކަން އެނގުމުން ނިޝާ ވިސްނަން ފެށީ އެކަމަށް ހައްލެއް ހޯދާނެ ގޮތަކާމެދުގައެވެ.
….
ދުވަސްތައް ފާއިތުވަމުންގޮސް ރާދުގެ ކައިވެނި ކުރެވޭދުވަސް ޖެހިއްޖެއެވެ. އެހެންކަމުން ގޭތެރޭގައި އެންމެން އަވަދިނެތި އުޅެމުންދަނީ ކައިވެނިކުރާ ވަގުތައް ލަސްނުކޮށް ދެވޭތޯއެވެ. ހުރިހާ އަންހެނުން ނޭވީ ބުލޫ ކުލައިގެ ހެދުމުގައި ތިބިއިރު ފިރިހެނުން ތިބީ ހުދު ގަމީސްލައިގެން އަޅި ފަޓުލޫނު ލައިގެންނެވެ. މިޝާ ހުދުކުލައިގެ ކައިވެނި ހެދުމުގައި ހުރިއިރު ހީވަނީ ޕަރީއެއް ބިމަށް ފައިބާހުރިހެނެވެ. މިޝާއާ ގުޅޭ ގޮތައް ކޮށްފައި ހުރި ލުއި ކޭމަޕްއިން އޭނާގެ ރީތިކަން ދެގުނަވެފައިވެއެވެ. އޭނާގެ ތމަޑު ތުންފަތުގައިވި ފުޅާ ހިނިތުންވުމުން އޭނާގެ މޫނަށް ދިރުން ލިބިފައިވެއެވެ. ރާދު އަޅިކުލައިގެ ކޯޓުފަޓުލޫނުގައި ހުރިއިރު ވަރަށް ހިތްގައިމެވެ. ބޯ ސުޓައިލްކޮށްލާފައި ހުރިގޮތުން ރާދު އިތުރަށް ފުރިހަމަ ވެއެވެ. ރާދުއާ މިޝާގެ މޫނުމަތިން ފެންނަ އުފާވެރިކަމުން ކޮންމެމީހެއްގެ ހިތް ލޯބިންފުރިގެން ދާނެއެވެ. ފަރީދާ މިޝާމެނާ ކައިރިވެލީ ހިނިތުންވެ ހުރެއެވެ. މިޝާގެ އަތުގައި ހިފާލަމުން މިޝާއަށް ތައުރީފު ކޮށްލިއެވެ. “ދަރިފުޅުމެން ދެކުދިން އަބަދުވެސް ތިގޮތައް އުފާވެރިކަންމަތީ ލައްވާށި..” ރައުފިއްޔާ އހެން ބުނެލުމުން ރާދު މެއާވީ ފަރާތުގައި އަތް އަޅާލިއެވެ. “ކުޑަ މަންމާ.. ވަރަށް ނާވަސް” ރާދުގެ މިއަމަލުން އެތާތިބި އެންމެން ހީގަތެވެ. މިޝާގެ އާއިލާގެ އެންމެން ވެސްއެތާގައި ތިއްބެވެ. މިޝަގެ ކައިވެނި ކުރެވޭތީ އެމީހުންގެ މޫނުމަތީގައިވާ ހިނިތުންވުން ނުފިލައެވެ. ދެއާއިލާގެ މެދުގައި އެކުވެރިކަން އާލާވެފައި އޮތުމުން ހީވަނީ ހަމަ އެއްއާއިލާއެއް ހެނެވެ. އައިނާ ލަމްޝާ ކައިރީގައި ހުރިއިރު އޭނާގެ މޫނުމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. ނޭވީބުލޫ ކުލައިގެ ދިގު ހެދުމެއްގައި ހުރިއިރު އޭނާގެ ރާޅުބާނި އިސްތަށި ގަނޑު ފަހަތައް ދޫކޮށްލެވިފައި ވިއެވެ. އިރުކޮޅަކާ މޫނުމަށްޗަށް ވެއްޓޭ އިސްތަށި ކޮޅު ރީތިކޮށްލާ ގޮތުން ވަރަށްވެސް ހިތްގައިމެވެ. އައިނާގެ މޫނާގުޅޭ ލުއި މޭކަޕެއް ކޮށްފައި ހުށްޓެވެ. ލަމްޝާގެ ރީތިކަން އައިނާއާ މިޝާއަކަށް ދޫނުކުރެއެވެ. ލަމްޝާގެ މޫނުމަތީގައިވާ ހިނިތުންވުމަކީ މީހުންގެ ހިތްދަމައިގަންނަ ފަދަ ހިނިތުންވުމެކެވެ. މުޅި ގޭތެރެއިންވެސް ފެންނަނީ އުފާވެރިކަމެވެ.
…….
ގެއަށްވަންނަން ދިޔަ ޒަޔާންއަށް ހުށްޓެވުނީ އޭނާގެ ވަރަށް ކައިރިން މީހަކު ގޮވާލުމުންނެވެ. އެމީހަކާ ވާހަކަ ދައްކަމުންދިޔައިރު ޒަޔާންގެ މޫނުމަށްޗަށް ތަފާތު ކުލަވަރު އަރަމުން ދިޔައެވެ. އެމީހަކާ ވާހަކަ ދެއްކުމަށްފަހު ޒަޔާން ގެއަށް ވަދެގެން ދިޔައެވެ. އެތަކެއް ދުވަހަކަށްފަހު ގެއަށް އާދެވުމުން އޭނާހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ރާދު އެވަރަށް އާދޭސް ކުރުމުން އޭނާ އަންނަން ބޭނުންވީއެވެ. އައިނާނުފެނި ގިނަދުވަސް ތަކެއް ވެފައި ވުމުން ޒަޔާންހުރީ އައިނާދުށުމަށް ކެތްމަދުވެފައެވެ. ސިއްރުސިއްރުން ގެއަށްވަދެގެން އައިއިރު ރައުފިއްޔާ މޭޒުކައިރީގައި ހުރިތަން ޒަޔާންއަށް ފެނުނެވެ. ރައުފިއްޔާހުރީ މޭޒުމަތީގައި ހުރި މާތައް ރަނގަޅު ކުރާށެވެ. ކުއްލިއަކަށް އޭނާގެ ގައިގައި މީހަކުބައްދާލުމުން ބަލާލިއިރު ހިނިތުންވެފައިހުރި ޒަޔާންފެނުނެވެ. ގަބޫލުނުކުރެވިފައި ހުރިގޮތަކަށް ހުރެ އޭނާގެ ދަރިފުޅުގެ ގައިގައި ރައުފިއްޔާ ބައްދާލިއެވެ. އަދި އެތަކެއް ޝަކުވާއެއް ކުރަންފެށިއެވެ. “ދަރިފުޅު ދެން އެހާގިނަދުވަހަށް ނުދާތި.. މަންމަ ވަރަށް ދެރަވާނެ..” ރައުފިއްޔާ ލޯބިންބުނެލިއެވެ. ޒަޔާންގެ މަޑު ހުނުމާއެކު ރައުފިއްޔާ ގާތު ދެން ނުދާނެކަމުގައި ބުނެލިއެވެ. “ދަރިފުޅު ނައިސްގެން ރާދު ވަރަށް ވާހަކަ ދެއްކި.. ވަރަށް ދެރަވެފަ ހުރީވެސް..” ރައުފިއްޔާ ޒަޔާންގެ ބުރަކަށީގައި ފިރުމާލިއެވެ. ޒަޔާން ރައުފިއްޔާއަށް ހިނިތުންވުމެއް ދިނެވެ. “ކޮބާތަ އައިނާ..” ނުބުނަން ހުރެފަވެސް އެންމެފަހުން ޒަޔާން ބުނެލިއެވެ. ޒަޔާން އެހެންބުނުމުން ރައުފިއްޔާ ޝައްކުގެ ނަޒަރަކުން ބަލައިލިއެވެ. “ދަރިފުޅު.. ކޮބާތަ މައްސަލައަކީ..” “އައިނާއަކީ ވަރަށް ރަނގަޅު ކުއްޖެއް.. މިހާރު ދަރިފުޅު ތިހެން އުޅޭތާ 2 މަސްވަނީ.. އައިނާ ކިހާ ދެރަވާނެ..” ރައުފިއްޔާ ހަށިފުރާ ނޭވާއެއް ލިއެވެ. ޒަޔާ ން އިސްޖަހައިލައިގެން ހުރީއެވެ. އޭނާގެ މަންމަ ހިތްހަމަނުޖެހޭ ކަމެއް އޭނަ ނުކުރާނެއެވެ. “މޯމް.. އިޒް ޝީ ފައިން..” ޒަޔާން އަހާލިއެވެ. ރައުފިއްޔާ ދެފަރާތައް ބޯ ހޫރާލިއެވެ. “މިޝާކައިރީ ކޮޓަރީގައި ހުރީ.. މަންމަ ކައިރީ ނާހާ އައިނާ ހޯދަން ދޭބަލަ.. ދަރިފުޅު އައިނާއާ ވާހަކަ ދައްކާތަން މަންމައަށް ފެންނަންވާނެ..” ރައުފިއްޔާ ކުޑަކޮށް ޒަޔާންގެ ކަންފަތު ފޫޅުގައި ހިފާލިއެވެ. ރައުފިއްޔާގެ އިތުރުން ފަރީދާ އަދި ރާދުއާ ދިމާކުރުމަށްފަހު ޒަޔާން ކޮޓަރިއަށް ދިއުމަށް ދިޔައެވެ. ކޮޓަރިއަށް ވަންއިރު ކޮޓަރީގައި ތިބީ ލަމްޝާއާއި މިޝާއެވެ. އައިނާވަނީ ފާހަނާގައެވެ. ޒަޔާންފެނުމުން ލަމްޝާ ދުވަމުން އައެވެ. “ޒަޔާންބެ އައީތަ؟؟ އައިވަނީ ފާހަނާގައި.” ލަމްޝާ އެއްނޭވާއިން ކިޔައިލިއެވެ. ޒަޔާން މިޝާއަށް ބޯޖަހާލަމުން ލަމްޝާގެ ބޮލުގައި ފިރުމާލިއެވެ. “ސަޕްރައިޒެއްދޯ.. އޯކޭ ވީވިލް ލީވް..” އެހެންބުނުމަށްފަހު ލަމްޝާ މިޝާގެ އަތުގައި ހިފައިގެން ނިކުތެވެ. ޒަޔާން ހިނިތުންވެލީ ލަމްޝާގެ މައުސޫމުކަން ފެނުމުންނެވެ.

އެނދުގައި އިށީދެލުމަށްފަހު އައިނާ ނިކުންނާނެ އިރަކަށް ޒަޔާން އިންތިޒާރު ކުރަމުން ދިޔައެވެ. އައިނާ އޭނާފެނުމުން އުފާވާނެ ބާއެވެ. އައިނާ ފެނުމުން އޭނާ އައިނާއާ ވާހަކަ ދައްކާނީބާވައެވެ. އައިނާ ހުރިހާވާހަކައެއް ކިޔައިދޭން ފުރުސަތު ދޭނީބާވައެވެ. އައިނާ އޭނާފެނުމުން ހަދާނީ ކިހިނެއްބާވައެވެ. ވިސްނަމުން ދިޔަވަރަކަށް ޒަޔާޏް ހާސްވަމުން ދިޔައެވެ. މިހާދުވަސް ފަހުން އޭނާއެއައީ އެކަމަށް ކުރިމަތިލާން ތައްޔާރުވެގެނެވެ. މައްސަލަތަކަށް ފިލުމަކީ އެހާރަނގަޅު ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. ޒަޔާން ހާސްކަން ފޮރުވަމުން ދެލޯމަރާލިއެވެ. އެވަގުތު ފާހަނާގެ ދޮރު ހުޅުވުނު އަޑު އިވިގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Neei

Level 110 Stories

I'm neei.. I love to read and write stories.. hope you guys enjoy my stories.. appreciate your support

Other Articles

Previous

ތިޔަ ލޯބި އަދު ލިބޭނެބާ 7

Next

އަންނަންދެން ހުންނާނަން ލޯބިން 5

Next
September 26, 2020

އަންނަންދެން ހުންނާނަން ލޯބިން 5

Previews
September 26, 2020

ތިޔަ ލޯބި އަދު ލިބޭނެބާ 7

4 Comments!

  1. Mii says:
    September 26, 2020 at 7:09 pm

    Alheyh…. Vanya obi…. Avahah nxt prt up kohla hey…

  2. Princess says:
    September 26, 2020 at 7:42 pm

    eyy mee second thr…. mi part vx vrh salhi….. avaahah aneh part vx up kohdhehcheyyyy pls pls…. ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  3. saaya says:
    September 27, 2020 at 9:49 am

    alheyyyy mi part ves vrh reethi next part vx avahah up kohdhehcheyyy…..plxxxxxx plxxxxxxxxx plxxxx

  4. ?kookie? says:
    September 27, 2020 at 2:55 pm

    Very curious ????
    Waiting for the next part ????

Comments are closed.

Next Episodeލޯބިން އެކުގާ (15)←


All Right Reserved!