ނުރުހުން ވިއަސް…………(2)

- by - 29- September 12, 2020

ދޮރާދިމާލަށް ބަލައިލި އަލްޔަޝް ދެވަނަ ސިކުންތުގައި މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.އިސާހިތަކު އަލްޔަޝްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.ފޫހިކަމުގެ ކުލަވަރުން އެރީތި މޫނުމަތި ބަނަކޮށްލައިފިއެވެ.

************************************************************

“ދަރިފުޅާ އަލްޔަޝް” މާހިރާގެ އަޑުގައި ވަނީ ހިތްހަމަޖެހުމެވެ.”މަންމައަށް ގޮވާލިނަމަ ކާން ތައްޔާރު ކޮށްދީފީމުހޭ” މާހިރާ އަލްޔަޝް އާ ގާތް ވެލަމުން ބުނެލިއެވެ.އެއް ނޭވާއިން ޖޫސްތަށި ދަމާލުމަށްފަހު ތަށި ދޮވެލަމުން ހަރުގައި ތަށި ބައިންދައިލިއެވެ.ކާކޮޓަރިން ނުކުންނަން ހިނގައިގަތް އަލްޔަޝް ގާތު މާހިރާ އަނެއްކައިވެސް ކާން ހަދައިދެންތޯ އަހާލިއެވެ.”އަހަރެން ބަނޑުހައި ވަންޏާ އަމިއްލައަށް ކައްކައިގެން ކައިފާނަން”އަލްޔަޝްގެ އަޑުގައި ނުރުހުން އެކުލެވިފައި ވިއެވެ.”އަލްޔަޝް މަޑުކޮށް ބަލަ މަންމަ ކާންހަދައި ދީފާނަމޭ” އަލްޔަޝް ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު އަނެއްކާވެސް މާހިރާ ބުނެލިއެވެ.”އަޑެއް ނީވޭތަ؟ބުނެފީމެއްނު އަހަންނަށް އަމިއްލައަށް ކައްކާ ކާންހަދައިގެން ކެވޭނެއޭ! މީހަކު ކާން އައީމަތަ ކާން ހަދަން ޖެހެނީ. ނުބުނިއްޔާ އެވަރު ކުރަންވެސް ނޭނގެނީތަ؟”. އާއެކެވެ.ގަޑިން މިހާރު  މެންދުރުން އަނބުރައި1:30  ވީއެވެ.ކާމޭޒުމަތި ވަނީ   ފަޅުކޮށެވެ.މެންދުރު `ކެއުމަށް އެތާ ތައްޔާރު ވެފަ ވާހެނެއް ހިއެއް ނުވެއެވެ.އެ ޖުމްލަތައް އަލްޔަޝް ގެ އަނގައިން ނުކުތް އިރު އޭނާގެ އަޑުވެސް ވަނީ ބާރު ވެފައެވެ.”މަންމަގެ އެހެންދަރިންވެސް އެބަތިއްބެއްނު އެމީހުންނަށް ކާންހަދައިދީ” އެހެން ބުނުމަށް ފަހު ދެފަޔަށް ބާރުލަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.މާހިރާ އަކީ ދެބައި އުމުރުގެ އަންހެނެކެވެ.އެހެންނަމަވެސް ބަލާލާފައި ހީވަނީ20،30 އަހަރުގެ ޒުވާން އަނހެނެއް ހެންނެވެ.މޫނުގެ ސާދާކަމާއި އޮމާންކަމުންނެވެ.މޫނުމަތި ޖަރީ ކުރެވިފައި ވަނީ މޭކަޕްގެ އެކިއެކި ކުލަތަކުންނެވެ.އަތާއި ފައި ވަނީ ރަނާއި ރިހި ކުލައިގެ ކެވެލިތަކުން ޖަރީވެފައެވެ.ހީވަނީ ރަނާއި ރިހީގެ އިސްތިހާރެއް ހެނެވެ.ނަމަވެސް ލާ އުޅެނީ ކަޅުކުލައިގެ ގަޔަށް ދޫ ހެދުމެވެ.އަޅަނީ ބޮޑެތި ބުރުގަލެވެ.މި ދޫ ހެދުމުގެ ފަހަތުގައި ވަނީ ކޯއްޗެއް ހެއްޔެވެ؟އަލްޔަޝް މި ކޮންމެ ސިފައްކަށް ނަފްރަތު ކުރެއެވެ.ކޮޓަރިއަށް ވަނުމަށް ފަހު ހަށިގަނޑު ހަމައަކަށް އެޅުވަމަށް އަލްޔަޝް މަސައްކަތް ކުރަމުން ދިޔައެވެ.

އެނދުމަތީގައި އޮތް ދަބަސް ނަގާ ކޮނޑުގައި އަޅުވާލިއެވެ.ހަށިގަނޑު ތެދުކޮށް ލަމުން އަދިވެސް އަލްޔަޝް މަސައްކަތް ކުރަނީ ހަށިގަނޑު ހަމައަކަށް އަޅުވާލުމަށެވެ.ހަގީގަތުގައި މަންމައާ އެގޮތަށް ވާހަކަ ދެއްކުމުން ހުދު އަލްޔަޝް ވެސް ވަރަށް ދެރަވެއެވެ.މަންމަގެ އަމަލުތަށް ހުންނަގޮތުން ނުރުހުން ވެވެނީއެވެ.ބާރަށް އެއްޗެއް ބުނެވިއްޖެނަމަ އެކަމާ ހިތާމަ ކުރެވެއެވެ.އެއްޗެކޭ ނުބުނަން އުޅުނަސް ހާލަތާ ވަގުތު އެކަމާ ދެކޮޅު ހަދަނީ އެވެ.އަލްޔަޝް ދެލޯ މަރާލުމަށް ފަހު ދެލޯ ހުޅުވާލިއެވެ.އޭރު މިލިއަން ވާރޭ ތިކިތަށް ފުރާޅުގައި ބޮސްދޭ އަޑު މިއުޒިކެއް ފަދައިން ކޮޓަރި ތެރޭގައި ހަރުލާފައި ވިއެވެ.އަލްޔަޝް ކޮޓަރިން ނުކުންނަން ހިނގައި ގަތެވެ.އޭރު ގަޑިން ދޭއް ޖަހަން ދިހަ މިނެޓަށް ވަނީ ވެފައެވެ.ދޮރު ހުޅުވާލުމަށް ހިއްލައިލި އަތް ތިރިކޮށްލަން ޖެހުނީ ބޭރުން ދޮރު ހުޅުވާ ލުމުންނެވެ.ދޮރުމަތީ ހުރި އަންހެން ކުއްޖާ ފެނުމާއެކު އަލްޔަޝް ގެ ދެލޯ ބޮޑުވިއެވެ.

އިސްކޮޅުން ކުރު މި އަންހެން ކުއްޖާ ލާފައިވަނީ ބަނޑާ ހިސާބަށް އަރާ ކުރު ޓޮޕް ކޮޅެކެވެ.ޖިންސް ފޮތީގެ ކުރު ފޮށާކޮޅަކާއި އެކު ލާފައިވާ ޕީޗް ކުލައިގެ ޓޮޕްކޮޅުގެ ސަބަބުން އެދޮން ފަޔާއި އޮމާން އަތް ވަނީ ހާމައަށް ފެންނާށެވެ.ލާފައިވާ ފޮށަޔާއި ބާރު ޓޮޕްކޮޅާ ދޭތެރެއިން ހީވަނީ ދެންމެ ދެންމެ އެ ދޮން ބަނޑު ފެނިދާނެ ހެންނެވެ.ހެދުމުގެ ކަރު ކަނޑާފައި ވާލެއް ބޮޑުކަމުގެ ސަބަބުން ހާމަޔަށް އޮތް މޭމަތި ފަޅު ފިލުވަމުން ދިޔައީ ކަރުގައި އަޅާފައިވާ ރިހި ކުލައިގެ ފަށުންނެވެ.އެ އަންހެން ކުއްޖާގެ ފައިން ފެށިގެން ބޮލާ ހިސާބަށް ބަލައިލުމަށް ފަހު އަލްޔަޝް އަށް އިސްޖަހާލެވުނީ އިޙްތިޔާރަކާ ނުލައެވެ.އަލްޔަޝް އެއްފަރާތަކަށް ޖެހިލަމުން ދޮރުމަތީ ހުރި އިވީން އަށް އެތެރެއަށް ވަނުމަށް ތަން ދެއްކިއެވެ.ގަދަ ރަތް ކުލައިން ފެވިފައިވާ އިވީންގެ ތުންފަތް މަތީ ނަލަ ހިނިތުންވުމެއްވިއެވެ. ހަރު ފިޔަވަޅުތަކެއް އަޅަމުންގޮސް އަލްޔަޝްގެ ކޮޓަރީގެ ފާހާނާގެ ދޮރު ހުޅުވާލަމުން އެތެރެއަށް އިވީން ދެމިގަތެވެ.ނުރުހުންވެފައި ފާހާނާއަށް ވަން އިވީން އަށް ބަލަންހުރި އަލްޔަޝް ފުން ނޭވާއެއް ބޭރު ކޮށްލިއެވެ.އަލީބެގާތުގައި މަސައްކަތް ކޮށްގެން ލިބޭ މަދު ފައިސާ ކޮޅު އެއްކޮށްގެން އަލްޔަޝް ކުރި ފުރަތަމަ މަސައްކަތަކީ އެއީއެވެ.ކޮޓަރި ތެރޭގައި ފާހާނާއެއް ހެދުމެވެ.ގެއާ ވަކިން ހުންނަ ގިފިލިން އެހެން މީހުންނާއެކު ހިއްސާކުރަން އަލްޔަޝް އަށް ވަނީ އުނދަގޫކަމަކަށެވެ.ގިނަ ރޫތަކެއް ނިތްކުރިއަށް އަރުވާލަމުން ކޮޓަރިންބޭރަށް އަލްޔަޝް ނުކުތެވެ.އެކަމާ ކިތަންމެ ނުރުހި ހިތްހަމަނުޖެހުނަސް ލޯބިވާ ކޮއްކޮ ގާތު އެކޮޓަރިއަށް ނުވަނުމަށާއި އެފާހާނާ ބޭނުން ނުކުރާށޭ ބުނާކަށް އަލްޔަޝް އަކަށް ނުކެރޭނެ އެވެ.ކުޑަ ހުޅުވާލަމުން ބޯ ވާރޭތެރެއަށް އަލްޔަޝް ނުކުތެވެ.ސުކޫލާދިމާލަށް މިސްރާބުޖެހި އަލްޔަޝް ބާރަށް ހިނގަން ބޭނުންވިނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.މަގުތަކުގައި ހެދެމުން ދިޔަ ފެން ކޮޅުތަކުގެ ސަބަބުންނެވެ.ބޮޑެތި ވާރޭތިކިތަށް އައިސް ބިންމަތީގައި ޖެހުމާއި އެކު ބުރައިގެން އަންނަ ވެލިފުއްތަށް  އަލްޔަޝްގެ ބޫޓުގައި ތަތްލަމުން ދިޔައެވެ.ހީވަނީ ކަޅު ފޮތިގަނޑެއްގައި އަޅިކުލައިގެ އެސްތަކަކުން ޑިޒައިން ކުރެވިފައިވާހެނެވެ.

**************************************

ސުކޫލުގެ ބޮޑުގޭޓު ކުރިމަތީ ހުއްޓުނު އަލްޔަޝް ސުކޫލުގެ މާހައުލަށް ނަޒަރު ހިނގާލިއެވެ.ކުރިއަށް ހިނގަމުންދިޔަ އަލްޔަޝް ގެ ކަނާއަތުން ކުޑައިގައި ހިފަހައްޓާފައި ވާއިރު އޭނާގެ ވާއަތް ވަނީ ފަޓުލޫނުގެ ޖީބަށް ޖަހާލެވިފައެވެ.ކުލާސް ރޫމުގެ ދޮރުމަތީ ހަދާފައިވާ  ސިމެންތި ކުޑަ ފާރުކޮޅުގައި އަލްޔަޝް އަރައިގެން ހުރި ބޫޑު ދެތިން ފަހަރަކު ޖަހާލިއެވެ.ބޫޓުގެ ދަށް ފުށުގައި ހަރުލާފައިވާ ތަތް ވެލިތަށް ފިލުވާލުމުގެ ނިޔަތުގައެވެ.ކުލާހަށް ވަދެގެން ދިޔަ އަލްޔަޝް ކުލާހުގެ އެންމެ ފަހަތުގައި ހުރި ހުސް ޑެސްކުބަރިން ޑެސްކެއް ކައިރީ އިށީނެވެ.ގޮނޑިއަށް ދަބަސް ދޫކޮށްލަމުން  އޭގެތެރެއިން ފޮތެއްނަގާ ޑެސްކުމަތީ ބާއްވާލަމުން އެފޮތް ހުޅުވާލިއެވެ.ގޮނޑީގައި  ހަމަޖެހިލި އަލްޔަޝްގެ ނަޒަރު ހުޅުވާފައިވާ ފޮތަށް ދިނެއްކަމަކު ކުލާސްތެރޭވަމުންދާ ކަންތައްތައް އަލްޔަޝްއަށް އިނގޭފަދައެވެ. އަލްޔަޝް ކުލާސްތެރެއަށް ވަނުމާއެކު އެއްކުއްޖަކު އަނެއްކުއްޖަކާ ސިއްރުން ވާހަކަ ދައްކަމުން ދިޔަ މަންޒަރު އަލްޔަޝްއަށް  ފެންނަމުދިޔައެވެ.ނުރުހުމުގެ ނަޒަރު އަލްޔަޝް އަށް އަމާޒުކުރަމުން މަލާމާތުގެ ރާގުގައި ހެމުންދިޔަކަން  ހުދު އަލްޔަޝް އަށްވެސް  ފާހަގަކުރެވެމުން ދިޔައެވެ.އެކަމަކު އަލްޔަޝްގެ ސަމާލުކަން މިކަންތަށްތަކަށް ނުހޯދޭނެކަން ގައިމެވެ.އާއެކެވެ.މީދުނިޔޭގެ އާދަ ނޫން  ހެއްޔެވެ؟މީ އަލްޔަޝްއަށް އާކަންތައްތަކެއް ނޫނެވެ.އާއެކެވެ.ސުކޫލަށް ވަތް ފުރަތަމަ ދުވަހުންފެށިގެން މިއަދާހަމައަށް ކުލާހަށް އަންނަ ކޮންމެ  ދުވަހަކު މިކަންތައްތައް ތަޖުރިބާކުރަން އެބަޖެހެއެވެ.ހަމައެކަނި ކުލާހުގައި ތިބޭ ކުދިންނެއް ނޫނެވެ.ބައެއް ޓީޗަރުންވެސް އަލްޔަޝް އާ އެހެން ކުދިންނާ ތަފާތު ކުރެއެވެ.އަލްޔަޝް ގަބޫލު ކުރާގޮތުގައި މިހުރިހާ ކަމެއްވެސް ދިމާވަނީ ހަމަ އެންމެ މީހެއްގެ ސަބަބުންނެވެ.ކުރާނީ ކީތްހެއްޔެވެ؟ތަގުދީރެވެ.

*********************************

ކުލާސްރޫމުގެ ދޮރުން ވަދެގެންއައި ރަނާނީން ފެނުމާއެކުއަލްޔަޝްގެ މޫނުމަތިންއުފާވެރިކަމުގެ ކުލަވަރު ފެނިގެން ދިޔައެވެ.ފަރި ހިނގުމުގައި އައި ރަނާނީން އަލްޔަޝްގެ ގާތު އިށީނެވެ.ފަރުވާތެރި ކަމާއެކު އޭނާގެ ދަބަސް ގޮނޑީގައި ބައިންދާލިއެވެ.”ޕޮއް”ރަނާނީން  އަލްޔަޝްގެ ބުރަކަށީގައި ބޮނޑިއެއް އަޅާލަމުން ބުނެލިއެވެ.”އާލް މިހާރުވެސް ފޮތް ކިޔަނީ؟ސާބަހޭ” ކުލާހުގައި ޓީޗަރު ނެތުމުން ރަނާނީން އަލްޔަޝްއާ ވާހަކަ ދައްކަން ފެށިއެވެ.”ހޫމް ދެން މިނޫން ކޮންކަމެއް އޮންނާނީ؟ އިމްތިހާން ފެށެން ބާކީދެމަހެއްނު ދޯ” އަލްޔަޝް ބުނެލިއެވެ.”ދެން ރަނާވެސް ފޮތް ކިޔަމެއްނު؟” އަލްޔަޝް އިތުރު ކޮށްލިއެވެ.  ގިނަކުދިންތަކެއްގެ ސަމާލުކަން ހީހީފައި ވާހަކަ ދައްކަން ތިބި އަލްޔަޝް އާއި ރަނާނީން އަށް ހުއްޓެމުން ދިޔައެވެ.ހާއްސަކޮން  ނުރުހުންވެފައި ބަލަން އިން ލަމާނީއެވެ.އެކުދިން ހީކުރާގޮތުގައި އެއީ ދެ ލޯބިވެރިންނެވެ.ނަމަވެސް ހަގީގަތަކީ މިއެއްނޫނެވެ.ރަނާނީން  އަކީ އަލްޔަޝްގެ އެންމެ ގާތް ތިން އެކުވެރިންގެ ތެރެއިން އެކަކެވެ.

**********************************

ތެޅެމުން ފޮޅެމުން ކުލާހަށް ވަދެގެން އައި ޝަދަފްގެ މޫނުމަތީގައި ވަނީ ނިދީގެ އަސަރެވެ.އައިގޮތަށް އައިސް ޝަދަފް އެރީ ޑެސްކު މައްޗަށެވެ.ކަންނެތް ކަމާއެކު ގޮނޑިއަށް ދޫކޮށްލި ދަބަހުގައި އަލްޔަޝް ހިފަހައްޓާލިއެވެ.”ނިދާލަން ސަޅި ދުވަހެއް ބްރޯ”ޝަދަފް  އަލްޔަޝް އަށް ބުނެލިއެވެ.”މަ މަންމަ އާހެދި ކުލާހަށް މި އައީވެސް….ބައްޕަވެސް ހީވަނީ މަ ނިދަން އޮވެދާނެތީ އެހެން ކަމެއްހެން” ޝަދަފްގެ ހިތުގައި އޭނަގެ މަންމަ އާ ބައްޕަ އަށް ވީ ނުރުހުން ފާޅުކޮށް ލިއެވެ.އެއާއެކު ހީވީ އަލްޔަޝްގެ ހިތުގައި ނޭނގޭ  އަތަކުން ވިކާލިހެންނެވެ.ހިނދުކޮޅަކަށް ނަމަވެސް އެމޫނުމަތީވި ރީތި ހިނިތުންވުން ފިލައިގެން ދިޔައީއެހެންވެއެވެ.ޝަދަފްގެ އެ ޖުމްލަތަކުންނެވެ.

(ނުނިމޭ)

29

You may also like...

3 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.