އާދުވަހަކަށް އިރުއަރައިގެން އައީ ދިއްލީގޭގައި އަޑުގަދަ ކޮށް ލަމުން ނެވެ. ގޭތެރޭން އިވުމުން ދިޔައީ ޒުވާބު ކުރާ އަޑެވެ. ދޭތެރޭ ދޭތެރެއިން ހިނިގަނޑުގަނޑު ޖަހާލާ އަޑު ވެސް ގުގުމާލައެވެ. އެއާ ވިއްދައިގެން އަނެކާ އެއްޗެކޭ ގޮވާލައެވެ. އެކަކު ވެސް އަނެކަކަށް ދޫކުރާ ހެނެއް ހިޔެއް ނުވެއެވެ. ހަމަ ޔަޤީންނުން ވެސް ތާރާގެ ކަމަކަށް ނުވެ ނުދާނެއެވެ. އެކުއްޖާ އަކީ ލާނެތް ކަމުގެ އިންތިހާއެވެ.
“ތާރާ! ހަމަ މިހާރު މިކޮޅަށް އާދޭ!” އީކަން ކޮޓަރިން ތެރެއިން ދުވެފައި އައެވެ. އޭނާ ހުރީ ތެމި ފޯވެފައެވެ. ލައިފައި ހުރި ޓީޝާޓު ގަޔަށް ހިފައިފައި ހުރިއިރު ފިރިހެންވަންތަ ކަމަށް ދައްކައެވެ. އެތައް ޒުވާން އަންހެން ކުދިންނެއްގެ ހިތް މިލްކު ކުރާނެ ކަން ގައިމެވެ.
“ނަހް! އައިމް ފައިން.” ތާރާ ކާގެ ތެރެއިން ގޮވާލިއެވެ. “ތާރާ! މަ ރޭގަ ބުނީ މަށަށް ގޮވާށޭ. ނުތެދުވެއްޖެއްޔާ މޫނުމަތީ ކުޑަކުޑަ ފެންކޮޅެއް އުނގުޅާށޭ! ބޮޑު ފިނިފެން ބާލިދީ އެއް ބޮލަށް އޮއްސާލާށެކޭ ނޫނޭ!” އީކަން އަނެއްކައިވެސް ގޮވައި ގަތެވެ. “ޑަރލިން ކަޒް، ފަންކޮޅެއް ނޫން ކިޔަނީކީ! ފެންފޮދެއް.” ވަރަށް ލޯބިކޮށް ހީލަމުން ތާރާ ބުނެލިއެވެ. “މައުލޫ ބަދަލު ނުކުރޭ!” އީކަން ބަދިގެ ތެރެއަށް ވަނެވެ. އޭރު މީހާ ހުރީ ރުޅިއައިސް ރަތްވެފައެވެ. ކަރޓޫނެއް ނަމަ ހަމަ ޔަގީނުން ވެސް އޭނާގެ ކަންފަތުން ދުން އަރާނެއެވެ. އޭނާ ފެނުން މީހަކު ބިރުން ވިރޭނެ ކަން ގައިމެވެ. އެހެންނަމަވެސް ތާރާ އަށް ވީ މުޅިން ތަފާތު ގޮތެކެވެ. އޭނާ ޖަހާލީ ހިނިގަނޑެކެވެ. ހީވާ ގޮތުން މިއީ އޭނާއަށް އާ ކަމެއް ނޫނެވެ.
“އޭ މިތަނުން ދުން އަރާވަސް ދުވާ އެބަ. އަނެއްކާ ކުޅިމަސް އެތި އަނދަނީތަ؟” ތާރާ ލާނެތް ގޮތަކަށް ހީލަމުން ބުންޏެވެ. އަދި ބަދިގޭގައި ކުޅިމަސް ކައްކަން ހުރި އުސްރާއަށް ގޮވާލިއެވެ. “ތިއްތާ! ކުޅިމަސް އެތިތަ އެ އަނދާވަސް ދުވަނީ؟” ބަދިގެ ތެރެއިން އުސްރާ ހިނިގަނޑެއް ޖަހާލިއެވެ. “ނޫނޭ ތާއްކޯ. ތިތަނުން ކަންނެ އަނދާވަސް އަންނަނީ. ހީވަނީ ވަރަށް ގަދައަށް އަނދާހެން.” އޭނާ ބުނެލި އަޑު އިވުނެވެ.
“ވެއިޓް، އާނ. ތިއްތަ ތިބުނީ ހަމަ ތެދެއް. މިތަނުން އަނދާވަސް ދުވަނީ. ވަރަށް ގަދައަށް. ދުން ކުލަވެސް ކޮންމެސް ވަރަކަށް ހިފާ ތޯއްޗެއް އެބަ.” ހައިރާން ވެފައި ހުރި މީހެއް ފަދައިން ތާރާ ބުނެލިއެވެ. އެއަށްފަހު ދުރުގައި އޭނާއާ ދިމާއަށް ލޯ އަޅައިގެން ހުރި އީކަން އާ ދިމާއަށް ބަލާލައިފައި ސިއްސައިގެން ދިޔަ ކަމަށް ހަދާލިއެވެ. އަދި އަނގަ މަތީ އަތް އަޅައިލުމަށްފަހު އުސްރާއަށް ގޮވިއެވެ. “އަމައްޔާތް! ތިއްތާ ބަލާ މަގޭ ލޯބިވާ ކަޒް ގައިން ދުން އަރާއެބަ!”
ދެން ފެނުނީ ބަދިގެ ތެރެއިން އުސްރާ ދުވެފައި އައިސް ދެލޯ ބޮޑުކޮށްލާފައި އީކަން އާ ދިމާލަށް “މަގޭ ދަރި! މަގޭ ދޮށީ ދަރި!” އޭ ކިޔާ އީކަން އާ ދިމާއަށް ގޮވި މަންޒަރެވެ. “ދެން މަންމާ!” އީކަން ތުންކޮޅު އޫ ކޮށްލުމަށް ފަހު ތުއްތު ކުއްޖަކު ފަދައިން އުސްރާއަށް ޝަކުވާ ކުރާގޮތަށް ގޮވިއެވެ. އެއާއެކު އުސްރާ އާއި ތާރާގެ ހިނިގަނޑު ދިޔައީ ފަޅައިގެނެވެ.
އުސްރާ އާއި ތާރާ އެކަކު އަނެކަކާ އެހާ ގުޅޭ ސަބަބަކީ ދެމީހުންގެ މިޒާޖެވެ. ދެމީހުން ވެސް ޑްރާމެޓިކް ގޮތްގަނޑު ހުރެފައި ލާނެތް ކަމުގެ އިންތިހާ އެވެ. ތާރާ އެންމެ ކުޑައިރުއްސުރެ އުސްރާއާ ދޭތެރޭ ދެކެނީ ފަހަރި އަކަށް ވުރެ ބޮޑަށް ކުޑަ މަންމަގެ ގޮތުގައެވެ. ހަމަ އެފަދައިން އުސްރާ ވެސް ތަަރާ އާ ދޭތެރޭ ފުރަތަމަ ދުވަހުއްސުރެ ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ.
“އުޕްސް ސަމްވަން އިޒް އެންގްރީ.” އުސްރާ އަށް އީކަން ލޯ އަޅާލުން އެހެން ބުނެފައި ހެމުން ހެމުން ބަދިގެއަށް ދިޔައެވެ. އޭރުވެސް ތާރާ ބިނދި ބިނދިފައި ހެނީއެވެ.
ތާރާ ހޭނެ ވަރަކަށް ހުނުމަށް ފަހު އީކަން އަށް ބަލާލިއެވެ. “ހެލޯ އޮހް ސޯ ލަވްލީ އެންގްރީ ބަރޑް!” އޭނާ ބޭނުންވީ އީކަން އިތުރަށް ރުޅިއަރުވާލާށެވެ. “ކަމޯން! ޑޯންޓް ބީ ސޯ ގްރަމްޕީ، އީކީ ބީކީ!” ތާރާ ލާނެތް ހިނިތުންވުމަކާއެކު ބުނެލިއެވެ. އީކީ ބީކީ އަކީ ތާރާ ކުޑައިރު އީކަން އާ ދިމާލަށް ކިޔާ ނަމެވެ. އީކަން ލޯ އަޅާލަމުން ރައްދު ދޭން އަނގަ ހުޅުވާލިއެވެ.
“ތާރާ، ޔޫ އަރ ސޯ ޑެޑް.” އިވުނީ ކައިލާން ގެ އަޑެވެ. ދެން ފެނުނީ އޭނާ ވަދެގެން އައި ތަނެވެ. އޭނާގެ މުޅި މޫނުމަތީގައި ހުރީ ރަތް ގަލަމުން ކުރުހާފައެވެ. ތާރާ ތުންފަތުގައި ދަތް އަޅަން މަޖުބޫރުވީ ނުހޭށެވެ. އޭނާއާ ދެކޮޅަށް ދެމީހުން ހުއްޓާ ހުނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް އޭނާ އަށް ކެތެއްނުވިއެވެ. “ޔޫ ލުކް ކިއުޓް، ދޮންބީ.” އޭނާއަށް އެއްޗެކޭ ނުބުނެ ކެތްނުވެގެން އެންމެ ފަހުން ބުންޏެވެ.
“ރިއަލީ؟ ޑަޒް އިޓް؟” ދަތްކުނޑި ވިކާލަމުން ކައިލާން އެހިއެވެ. “މްހުމްމްމް..” ތާރާ ބޯ ޖަހާލަމުން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ވަރަށް ސިއްރުންނެވެ. ނަމަވެސް އެ ކުޑަކުޑަ ހަރަކާތް އީކަން އާއި ކައިލާންގެ ލޮލުގައި އަޅައި ނުގަނެ ނުދިޔައެވެ. “އޯލްރައިޓް. ތާ އަމިއްލަ އަށް ތިބުނީ ރީތި ވާހަކަ. ހަމަ އެހާ ރީއްޗާ، ވައި ޑޯންޓް ވީ ގިވް ޔޫ އަ ނައިސް މޭކް އޯވާ ޓޫ، ސްވީޓްހަރޓް؟ ވަޓް ޑޫ ޔޫ ސޭ އީކް؟” ކައިލާން އީކަން އަށް ބަލާލީ އެއްމިޔަ ކަނުން ހީލަމުންނެވެ. އޭނާ ޖީންސްގެ ޖީބު ތެރެއިން ނޫ މަރކަރެއް ނެގިއެވެ. “އައި ސޭ ވީ ޑޫ ދިސް.” އީކަން ތާރާއާ ދިމާއަށް ބަލާލިއިރު ލޮލުގައި ތަފާތު ވިދުވަރެއް ވިއެވެ. އެއަށްފަހު ދެމީހުން ތާރާއާ ދިމާއަށް ފިޔަވަޅު ނަގަން ފެށިއެވެ. ތާރާ ވެސް އެމީހުން ނަގާ ކޮންމެ ފިޔަވަޅަކަށް ދެ ފިޔަވަޅު ފަހަތަށް އަޅަމުން ދިޔައެވެ.
ކާމޭޒުގެ ކަނާ ހިސާބަށް ދެވުމާއެކު ތާރާ އޭނާ ލައިގެން ހުރި ވަށްތިރި ހެދުން އުފުއްލައި ލުމަށް ފަހު ގައި ހުރި އެންމެ ބާރެއް ލާފައި އަނެއް ފަރާތަށް ދުއްވައިގަތެވެ. ސިކުންތެއް ދޫކޮށްނުލައި ދެ ފިރިހެން ކުދިން ވެސް ދުއްވައިގަތެވެ. އީކަން ތާރާގެ ފަހަތުންނެވެ. ކައިލާން ތާރާގެ ކުރިމައްޗަށް ވާހެންނެވެ. ކުޑަ އިރުކޮޅެއް ތެރޭ ދެފަރާތުން އެވެރިން ތާރާއާ ދިމާކޮށް ފިއެވެ. ތާރާއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. އަދި ވަށައިގެން ސަލާމަތް ވާނެ ގޮތެއް ހޯދަން ފެށިއެވެ. މާގިނަ އިރެއް ނުނެގިއެވެ.
ތާރާ އެމީހުން އަރާ ހަމަ ކުރުމުގެ ކުރިން ކާމޭޒު އަޑިއަށް ވަނެވެ. ތަންވަޅު ބަލާފައި އަވަސްއަވަހަށް ބައޯ ޖަހާފައި މޭޒު އަނެއް ފަރާތުން ނުކުތެވެ. އަދި ގައި ހުރި ބާރެއް ލާފައި ގޭ އިންތެރެއަށް ދުއްވައިގަތެވެ. ފަހަތުން ކައިލާންމެންވެސް އަންނަ އަޑު އިވުނެވެ. ތާރާ އަވަސް އަވަހަށް ގޮސް އެތާހުރި މާގަސްތަކުގެ ތެރެއަށް ވަނެވެ. އީކަންމެން ތާރާއަށް ގޮވާ އަޑު ވަރަށް ސާފުކޮށް ތާރާއަށް އިވެއެވެ. ތާރާ ތިރިވެލުމަށްފަހު އުޑުގައިން އިށީންދެލީ ވެފައިހުރި ވަރުބަލިންނެވެ.
ތާރާގެ ލޮލުގައި ރީތި ރަތް ސައިމަލެއް އަޅައިގަތުމާއެކު އެ ބިދެލިއެވެ. އޭނާ މާމެލާމެއްޔަށް ހުންނަ ލޯތްބެއްގެ ބޮޑުކަމުން އެމަލަށް އޭނާގެ ހުރިހާ ސަމާލުކަމެއް ހުސްވާކަށް ސިކުންތެއް ވެސް ނުނެނގިއެވެ.
އޭނާ އެމަލަށް ހިތާ ހިތުން ތަޢުރީފުކުރަމުން ދަނިކޮށް ކުއްލިއަކަށް އޭނާގެ ބޮލަށް ފިނިފެން އެއްޗެއް އޮއްސާލައިފިއެވެ. ސިއްސައިގެން ގޮސް އޭނާއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. މައްޗަށް ބަލާލެވުނުއިރު އީކަން އާއި ކައިލާން ފެނުމުން އޭނާގެ ރުޅިގަނޑު ކެކިގަތީ އިންތިހާއަށެވެ.
“ދޮންބެ ގަނޑާ! އީކާންންން ގަނޑާ!” އޭނާ ވަގުތުން ކޮޅަށް ތެދުވިއެވެ. އޭނާ ފިނިވެގެން ތުރުތުރު އަޅާ ހާލު ތުންކޮޅު އޫކޮށްލިއެވެ. ރުޅިއައިސްގެން ލޯބިވާ ބަޔަކާ ދިމާއަށް އަޑުލައި ހެދުމަކީ އޭނާގެ އާދައެއް ނޫނެވެ. އާއެކެވެ. އޭނާ ޒުވާބު ކުރެއެވެ. ހަޅޭއްލަވައެވެ. ކުދި ކިޔައެވެ. ހަމަ ރުޅިއައިސްގެންނެވެ. ނަމަވެސް ލޯބިވާ މީހަކާ ދޭތެރޭ ހިނގާ ކުސަނި ކަންކަން އޭނާ ސީރިއަސް އެއް ނުކުރެއެވެ. ކަމެއް ސީރިއަސް ވިއަސް ރުޅިއައިސްގެން އަޑުގަދަ އެއް ނުކުރާނެއެވެ. ފަހަތުގައި ވަނީ އޭނާގެ ބޮޑު ސިއްރެވެ. ދުނިޔޭގެ ލޯތަކުގެ ކިބައިން އޭނާ ވަންހަނާ ކޮށްފައިވާ ޙަޤީޤަތެވެ. ސިއްރެވެ.
ތާރާ އެ ދެ މީހުންނާ ދިމާއަށް ދޫ ނެރުމަށްފަހު ހިނގައި ގަތެވެ. ފަހަތުން އެމީހުން ވެސް ހެމުން ހެމުން ތާރާއާ ދިމާ ކުރަމުން ހިނގައިގަތެވެ.
“ވޯވޯ ވޯވޯ! ގާއިސް ތީ ކޮންކަމެއް؟”
ފަހަތުން ޖައިލަމް ގެ އަޑު އިވިގެން ތާރާ ބަލާލިއެވެ. ގޭ ދޮރާށި ކައިރީގައި ލެނގިލައިގެން ހޭން ހުރި ޖައިލަމް އޭނާއަށް ފެނުނެވެ. “ކިހާ އިރެއް ވަންދެން ތިތާ ތިހުރީ؟” ތާރާ އަހާލިއެވެ. “ތާ ގޭތެރެއިން ދުވެފައި ނުކުތް ސުރެ މިހުރީ މިތާ.” ޖައިލަމް ބުނެލިއެވެ. “ކައި. ފައްކާ ކޮއްކޮއެއް އިނގޭ ލިބިފަ ތިހިރީ.” އޭނާ ކައިލާން އަށް ބުނެލިއެވެ. “ގައިމެއް ނޫންތަ.” ކައިލާން ހެމުން ބުނެލިއެވެ. ތާރާ ކޮރާލުމަށް ފަހު ކައިލާންގެ ބޮލުގައި ޖެހިއެވެ. އަދި އަވަސް އަވަހަށް ގޭ ތެރެއަށް ވަނީ ތެތް އެއްޗެހި ބަދަލު ކުރާށެވެ.
ތާރާ ރީތި ވެލީ އާދައިގެ ގޮތަކަށެވެ. އާދައިގެ މަތިން ލާ ކަހަލަ ފައިގެ ތަނބިކަށްޓާއި ހަމައަށް އަރާވަރުގެ ރަތް ކުލައިގެ މާޖެހި ވަށްތިރި ހެދުމެކެވެ. އޭނާގެ މުށި ކުލައިގެ ދިގު އިސްތަށިގަނޑުގައި ހުޅި ޖަހާފައި ވާއިރު ނިތުން ކުޑަކޮށް ކޮށާ ލެވިފައިވާ އިސްތަށިކޮޅު ނިއްކުރިމައްޗަށް ވެއްޓިފައި ވުމުން ހިތްގައިމު ކަމަށް ދައްކައެވެ. އެ ދޮން މޫނުމަތީ ކުޑަކޮށް ފުއްޖަހާލައިފައި ވުމުން ހަމުގެ އޮމާން ކަން އިތުރުކޮށް ދެއެވެ.
ތާރާ ކޮޓަރިން ނިކުތީ އުސްރާ ހެދުނުގެ ސައި ބުއިމަށް ގޮވުމުންނެވެ. އަވަސް އަރުވާލައިގެން ކާގެއަށް ވަންނަން ހަދައިގެން އޭނައާ އެކީ ވަންނަން އައި މީހާ އޭނާގެ ލޮލުގައި އަޅައި ނުގަތީ ކަންނެއެވެ. އޭނާ އެމީހެއްގެ ގައިގައި ޖެހިފައި ދިޔައީ ވެއްޓޭށެވެ. ތާރާ ގަތް ބިރުން ލޯމަރާ ތަގުޅިކޮށްލިއެވެ. ނަމަވެސް އެމީހަކު ހުޝިޔާރު ކަމާއެކު އޭނާގެ އުނަގަނޑުގައި އަތް ވަށާލައި ވެއްޓުމުގެ ކުރިން މަތަކޮށް ފިއެވެ. ތާރާ ލޯ ހުޅުވާ ލިއެވެ. އޭނާގެ އަޅިފެހި ދެލޯ ދެލިކޮޅެއްހާ ކަޅު ދެލޮލާ ބައްދަލުވި ހިނދު އޭނާގެ ހިތުގެ ހިނގުން އަވަސް ވިއެވެ. އެތޫނު ބެލުމުން ހަމަ ގައިމު ވެސް އޭނާގެ އެންމެ ހިމަ ނާރާ ހަމައަށް އެނގުން ވެލައި ފިއެވެ.
ކިޔާން އަށް ތާރާ ހިފެހެއްޓުނީ ކިރިޔާއެވެ. އެވަގުތު ތާރާ ދެލޯ ބޮޑުކޮށް ލާފައި ބަލަހައްޓައިގެން ހުރި ގޮތުން ކިޔާން އަށް ތާރާގެ މައުސޫމް ކަން ނަގައި ގަނެވުނެވެ. އެހެން އަންހެންކުދިންނާ ހިލާފަށް މޭކަޕްގެ އެންމެ ކުޑަމިންވެސް ޖައްސާފައި ނެތް މި އަންހެންކުއްޖާގެ ގުދުރަތީ ރީތިކަމުން ކިޔާންގެ ގައިން ހީބިހި ނަގާގޮތް ވިއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ސާދަވިލޭރޭގެ ހަނދެއްފަދަ ސާދާ ރީތި ދޮން މޫނެކެވެ. މަޑު މުށި ކުލައިގެ ދިގު އިސްތަށިގަނޑެކެވެ. ކަޅުކަންގަދަ ހިތިފަތު ބުމައެއް ލިބިފައިވާއިރު ކަޅިރަވަ. ވެސް އެހާމެ ރީއްޗެވެ. ދިގު އެސްފިޔަތަކުގެ ހިޔަނީގައި އެވާ ބޮޑު އަޅިފެހި ލޮލަށް ބަލާލައިފި މީހަކު ޖަޒުބާތުގެ ޝިކާރައަކަށް ވާނޭކަން ގައިމެވެ.
ތާރާ އުޅުނީ ކިޔާން ކޮއްޕާލާށެވެ. ނަމަވެސް ކަންތައް ވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ކިޔާންގެ މޭގައި އަތް އަޅާ ކޮއްޕާލުމުގެ ކުރިން ތާރާ ވެއްޓިއްޖެއެވެ. “އައްދޯތް!” ބުރަކަށްޓަށް އެރި ތަދުން އޭނާއަށް ބުނެވުނެވެ. އޭނާ އިސް އުފުލާ ކިޔާންއަށް ބަލާލިއިރު އޭނާގެ ތުންފަތްމަތީގައި ލާނެތް ހިނިތުންވުމެއް ކުޅެލަ ކުޅެލާ ހުއްޓެވެ. އެކަންވީ ތާރާގެ ރުޅިގަނޑަށް ޕެޓްރޯލް އެޅުން ފަދަ ކަމަކަށެވެ.
“މޮޔަ ވީތަ؟” ތާރާ އަހާލިއެވެ. “މަ؟ މަތަ؟ ތަންދޮރު ބަލާނުލާ އަމިއްލަ އަކަށްނު އައީ.” ކިޔާން ޖީބަށް އަތް ޖަހާލަމުން ބުނެލިއެވެ. “އޭގެ މާނައަކީ މަ ވައްޓާލާށޭތަ؟” ތާރާ ތެދުވަމުން ލޯ އަޅާލިއެވެ. “ތާރާ ދެވަނަ ފަހަރަށް މަ ވައްޓާލުމުގެ ކުރިން ބެޗީނު މީ.” ކިޔާން ބުންޏެވެ. “އެހެންނޫނަސް ތާރާ ވައްޓާލެވުނީމަ އެއްނު ހަމަހަމަ ވާނީ.” އޭނާ އިތުރު ކޮށްލަމުން ކާގެ ތެރެއަށް ހިނގައިގަތެވެ.
“ވަޓް އިޒް ދިސް ކޯލްޑް؟ ސްވީޓް ރިވެންޖް، ހަހް؟” ތާރާ އަނގަ އޮރި ކޮށްފައި ބުނެލިއެވެ. “ސަމްތިން ލައިކް ދެޓް.” ކިޔާން ފަހަތް ބަލާލައިފައި ބުނެލިއެވެ. އަދި ކުރިއަށް ހިނގައިގަތެވެ.
“ސޯ ހީ ވޯންޓްސް ރިވެންޖް؟ ހެހް. ހީ ޝުޑުންޓް ހޭވް ސެއިޑް ދެޓް. އައި ލަވް ޗެލެންޖެސް.” ތާރާ އެއްމިޔަ ކަނުން ހީލިއެވެ. އޭނާ އަށް ނޭނގުން ކަމަކީ ކިޔާން އޭނާ ވައްޓާލީ ގަސްތުގައެއް ނޫން ކަމެވެ. ޙަޤީޤަތުގައި ކިޔާންގެ އަތް ދޫވީއެވެ. ނަމަވެސް ކަޑަ ނުވާން ވެގެން ރައްދު ދިނީއެވެ. ކާގެ ތެރެއަށް ތާރާ ވަތް އިރު ޖައިލަމް، ކައިލާން، އީކަން، ކިޔާން އަދި އުސްރައްތަގެ އިތުރުން ނާޒިމްބެއާއި ލޫތު ވެސް އިނެވެ.
“ލޫލޫ!” ތާރާ ދުވެފައި ގޮސް ލޫތު އުރާލިއެވެ. އެއާއެކު ލޫތު ވެސް ބާރު ބާރަށް ހޭންފެށިއެވެ. “ތުއްތިގެ ލޯބިގަނޑޫ!” ތާރާ ލޫތުގެ ކޮލަށް ދޮނެއް ދިނެވެ. އެއާއެކު އަނެއްކައިވެސް ލޫތުގެ ހިނިގަނޑު މުޅި ކާގެ ތެރޭގައި ގުގުމާލިއެވެ. ތާރާ ހީލުމަށްފަހު އުސްރާ އަތަށް ލޫތު ދިނީ ހެނދުނުގެ ނާސްތާ އަށް އިންސާފު ކުރުމަށްޓަކައެވެ. “ތާތާތާތާ! ތާތާތާ.” ލޫތު ތާރާއާ ދިމާއަށް އަތް ދިއްކުރަމުން ހަޅޭއްލަވައި ގަތެވެ. “ނޮޓް ނައު ތުއްތިގެ ލިޓްލް ބަރޑީ. ތުއްތި ކައި ނިންމާފަ އުރާނަން އިނގޭ.” ތާރާ ލޫތުގެ ކޮލުގައި ފަރުމާ ލަމުން ބުނެލިއެވެ. “ތާތާ ތާތާ! ތައްތައްތާ!” ލޫތު ތުން އޫކޮށްލަމުން އަނެއްކާވެސް ހަޅޭއްލަވައި ގަތެވެ. “ހަމަ ކުޑަކުޑަ ތާރާއެއް.” އުސްރާ ހެމުން ބުނެލި އެވެ. ތާރާ ގާތަށް ވެސް ކުޑަކޮށް ހިނިއައެވެ. އަދި ގޮސް ކާމޭޒު ދޮށުގައި އިށީނދެ ތަށްޓަށް ކުޅިމަސް އެޅައި ރޮށްޓާއި ޖައްސައިގެން ކާން ފެށިއެވެ.
“ތާއްކޯ. ސުމައްޔާ ގުޅި މިއަދު.” ނާޒިމް އެހެން ބުނެލުމާއްކު ފެނުނީ ތާރާ ކޮށިއެރި މަންޒަރެވެ. ތާރާއަށް ވީގޮތް ފެނިފައި އެންމެން ހައިރާންވެފައި ބަލާލިއިރު ކައިލާން ހިނިއައިސްފައި ދެފަރާތަށް ބޯ ހަލުވާލީ ވީނުވީ އެނގުން ފަދަ އަކުންނެވެ. އުސްރާ އަވަސް އަވަހަށް ތާރާއަށް ފެންތަށްޓެއް ގެނެސްދިނެވެ. ތާރާ ވަގުތުން އެއްނޭވާ މަތިން އެ ހުސްކޮށްލިއެވެ.
މީހާ ހަމަ އަކަށް އެޅުމުން އޭނާ ނާޒިމާ ދިމާއަށް ބަލާލިއެވެ. “ސު..ސުމައްޔައްތައޭ؟” ތާރާ އަހާލިއެވެ. އޭރު ކައިލާން ބަނޑަށް ހެނީއެވެ. އެކަން އެނގުމާއި އެކު ތާރާ އޭނާގެ ދޮންބެއާ ދިމާއަށް ލޯ އަޅާލިއެވެ.
“އޭނަ ބުނީ ސަމާ މާލެ ބަދަލުވަނިއްޔޯ.” ނާޒިމް ބުންޏެވެ. އެއާއެކު ކައިލާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އޭނާ ބިނދި ބިނދިފައި ހެމުން ދިޔައިރު ތާރާ އަނގަ ހުޅުވިފައި އިނީއެވެ. އޭނާގެ މޫނަށް ޖަންބުކުލަ އަރާކަށް މާކަ ގިނަ އިރެއް ނުނެގިއެވެ. “ކޮބާ؟ ހީވެއްޖެ ކަމެއްހެން. ދޮންބެ ބުނީމެއްނު ސަމައްކޮ އަންނާނެއޭ. ހަހަހަހަ.. ހަހަ.” ކައިލާން ހެމުން ބުންޏެވެ.
“މަ ގާތު ވެސް ބުނެބަލަ ތި ސިއްރެއް.” އީކަން އެންމެ ފަހުން ކެތްނުކުރެވިގެން އެހިއެވެ. “މި ތާރާ މި ކޮޅަށް ބަދަލު ވުމުގެ ކުރިން ސަމައްކޮ މަށަށް ބެޓް ކުރީ ސަމަަ ނާންނާނެކަމަށް އޭނަގެ ބީއެފް އެއް ހުރީމަ.” ކައިލާން ބުންޏެވެ. “ނޯ! އިން މައި ޑިފެންސް ދެޓްސް ނޮޓް ދި ރީޒަން. ދި ރީޒަން އިޒް، އޭނަ މާލެ ދެކެ ފޫހިވާނެ. ޝީ އޯލްވޭސް ސޭސް ޝީ ވޯންޓް ކަމް ޓު މާލެ.” ތާރާ ބުނެލިއެވެ. “އެންޑް ދެޓްސް ނޮޓް އީވަން ދި ބެސްޓް ޕަރޓް.” ކައިލާން އެހެން ބުނުމުން ތާރާ މޭޒުގައި ބޯ އެޅިއެވެ.
“ވެލް.. ތާރާ މަށަށް 2 ޕިއްޒާއާ 2 ސަބްމެރީން ދެރީ.” ކައިލާން ހެމުން ބުނެލިއެވެ. “ތާއްކޫ…” އީކަން ތާރާއާ ދިމާކޮށްލިއެވެ. ތާރާ މޫނު ނެގުމަށްފަހު ތުން އަބުރާ ލިއެވެ.
“އެންޑް ވީ އޯލްސޯ އެގްރީޑް މޮޅު ވުމަށް ފަހު ވިންވި މީހާ ބުނާ ކޮންމެވެސް އެއްކަމެއް ކުރަން.” ކައިލާން ތާރާއަށް ބަލާލަމުން އެއް މިޔަކަނުން ހީލިއެވެ. ތާރާ އޭނާއަށް ރައްދުގައި ލޯ އަޅާލަމުން ކެއުމާއިގެން ކުރިއަށް ދިޔައެވެ. “ތާ ކޮށްދޭންވީ ކަމަކީ މޫންލައިޓް ހައުސްގެ ބޮޑު ކޮޓަރި ސާފު ކުރަންވީ. މަމް ބުނީ ހަފްތާއަކު ކޮންމެވެސް އެއް ކުއްޖަކޯ. ދިސް އިޒް ދޮންބެ ވީކް. ސޯ ތާއްކޮ އެކަންތައް ކޮށްދީ. ލާސްޓް ވީކްގަ ވެސް ދޮންބޭ ސާފު ކުރިން. އެހެންވީމާ ނުހުންނާނެ ގިނަ ކަމެއް ކުރާކަށް.” ކައިލާން އެހެން ބުނުމުން ތާރާ ސިހުނެވެ. ނަމަވެސް އެކަން ނުދައްކަން ތާރާ ކައިލާނާ ދިމާއަށް އަނެއްކާވެސް ލޯ އަޅާލިއެވެ. ތާރާއަށް ނޭނގުނު ކަމަކީ ތާރާ ސިހުން މަންޒަރު އޭނާގެ ކުރިމަތީގައި އިން ކިޔާން އަށް ވަރަށް ރީއްޗަށް ފެނުނުކަމެވެ.
“ދޮންބޭ. ތިނޫން ކަމެއް ހަވާލު ކޮށްބަ. ޕްލީޒް ޕްލީޒް ޕްލީޒް…” ތާރާ ތުއްތުކުއްޖެއްހެން ތުންކޮޅު އޫ ކޮށްލަމުން ބުނެލިއެވެ. “ނޮޕް. ނޮޓް ގޮނާ ހެޕެން. ރޫލްސް އަރ ރޫލްސް.” ކައިލާން ހީލިއެވެ. އެންމެ ފަހުން ތެޅިތެޅި އޮތް ހިތަކާއެކު ތާރާ އެއްބަސްވީ އިތުރު ގޮތެއް ނެތުމުންނެވެ. ކައި ނިމިގެން ތާރާ ދިޔައީ ކޮޓަރި އަށެވެ.
އެނދުގައި އޮށޯވެ ލައިގެން އޮތް އިރުވެސް އޭނާގެ ސިކުނޑި ތެރޭގައި އެނބުރެނީ ކައިލާން ބުނި ވާހަކަ އެވެ. މޫންލައިޓްގެ އަކީ އޭނާގެ ގެއެވެ. އިއްޔެ އޭނާގެ މަންމައާއި އެކު ހުރި ގެއެވެ. އޭނާ އެގެއަށް ހެޔޮހިތުން ދެވިދާނެއެވެ. ނަމަވެސް ބޮޑު ކޮޓަރިއަށް ވަނުން ވާނީ ބޮޑު ވޭނަކަށެވެ. އޭނާ މާޒީގެ ހިތްދަތި އެ ހަނދާން އަލުން އާ ކުރާކަށް ބޭނުމެއް ނޫނެވެ. އެ ކޮޓަރީގައި އެ ހަނދާން ވަޅުލައި ފަސް އެޅީވެސް އެހެން ވެއެވެ. ނަމަވެސް އެ ކޮނުމަށް ފަހު އަބުރާ އެރުމެއް ނެތް ފުން ވަޅުގަނޑު އަލުން ކޮންނާނީ ކިހިނެއް ހެއްޔެވެ؟ ހިތް ކުދިކުދި ކޮށް ކޮށާ ލައިގެން ހެއްޔެވެ؟ ނޫނެކެވެ. އެދުވަސް ހަނދާން ކުރާނެ ހިތްވަރެއް އެ ނިކަމެތި ހިތުގެއެއް އިތުރަކަށް ނެތެވެ. އެކަން ކުރަން ވެއްޖެނަމަ އޭނާ މޮޔަ ވެދާނެއެވެ.
ތާރާ އަށް ހިޔާލު ތާކުން ނިކުމެވުނީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ކަރުނަތައް ފުހެލަމުން ފޯނަށް ބަލާލިއިރު ނުދަންނަ ނަމްބަރެކެވެ. “އައްސަލާމު ޢަލައިކުމް.” ތާރާ ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. “ސާބަހޭ! ކޮންއިރަކުތަ ތިހާ ފޯމަލް ވީ؟” އެކޮޅުން އިވުނީ އަންހެން އަޑެކެވެ. “ސަމް؟! އޯހް މައި ގޯޝް އައިމް ސޯ ސޮރީ. އެހެންނެއްނު ވާނީ އާ ނަމްބަރަކުން ގުޅީމަ.” ތާރާ ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“ސަމް. ކޮން އިރަކު އަންނަނީ މާލެ؟” ތާރާ އޭނާގެ އެންމެ ގާތް އެކުވެރިޔާ، ސަމާ ގާތު އަހާލިއެވެ. “އެ ދެން ނުބުނެވޭނެ ދޯ.” ސަމާ ސަމާސާކޮށްލިއެވެ. “އޯކޯ އެކޭ. މާދަން ހަވީރު 4 ހާއިރު ފުރަން ހަމަޖެހިފައޮތީ.” ސަމާ ބުންޏެވެ. “އޯކޭ. ދާނަން ލަފާތަނަށް ކައިދޮންބެ އާ އެއްކޮށް.” ތާރާ އުފަލުން ބުނެލިއެވެ. ދެމީހުން ވާހަކަ ދައްކަން އެތައް އިރެއް ތިބުމަށް ފަހު ފޯނު ބޭއްވިއެވެ. އޭރު ތާރާ ވެސް ހުރީ ހިތްހަމަ ޖެހިފައެވެ.
ތާރާ ސިޓިންރޫމަށް ނުކުތީ ފޫހިވެގެންނެވެ. އޭރު އެތާ ކިޔާން އާއި ޖައިލަމް އިނެވެ. “ތާ! އެބެން ކޮންމެވެސް ކުއްޖެއް އައިސް. ތާ ހޯދަންށޯ ބުނީ.” ޖައިލަމް ފުޓުބޯޅަ މެޗެއް ބަލަން އިނދެފައި ބުންޏެވެ. “ކާކު؟ ކޮބާ؟” ތާރާ ހައިރާން ވެފައި ހުރެ އަހާލިއެވެ. އޭނާ ގާތު މީހަކު އަންނަ ވާހަކައެއް އެކަކު ވެސް ނުބުނެ އެވެ. “ނޭނގެ ކާކު ކަމެއް. ފޯނަށް ކޯލްއެއް އައިސްގެން ބޭރަށް ނުކުމެލީ އެބަ އަންނަމޭ ކިޔާފަ.” ޖައިލަމް ބުނެލިއެވެ. ތާރާ ބޯ ޖަހާލުމަށްފަހު ބޭރަށް ނިކުންނަން ހިނގައިގަތެވެ.
ބޭރަށް ނުކުތް އިރު މީހަކު ވާހަކަ ދައްކާ އަޑު އިވެއެވެ. “ލައްބަ… ލައްބަ… އޯކޭއޭ! އަނ. ބާއްވަނީ.” އެކުއްޖާ ފޯނު ކަނޑާލިއެވެ. އަދި ތާރާ ހުރި ދިމާއަށް އެބުރުނެވެ. ސިއްސައިގެން ގޮސް އެކުއްޖާ އަށް ހަޅޭއްލަވައި ގަނެވުން އިރު ތާރާ ހުރީ ދެލޯ ބޮޑު ކޮށްލައިގެން ބުނާނެއެއްޗެއް ނޭނގިފައެވެ. ކުރިމަތިން ފެންނަނީ ޙަޤީޤަތެއް ކަން ގަބޫލު ކުރަން ދަތި ވެފައެވެ.
ދެން ފެނުނީ ދެމީހުން އެއްކޮށް ހަޅޭއްލަވައި ގަނެފައި އެކަކު އަނެކަކު ގައިގައި ބާރަށް ބައްދާލި މަންޒަރެވެ. ހީވީ އެތަކެއް އަހަރު ތަކެއް ފަހުން ބައްދަލު ވި ގާތް ދެ ރަޙުމަތްތެރިން ހެނެވެ.
ދެމީހުން ހަޅޭއްލަވައި ގަތުމުން ބޭރަށް ދުވެފައި ނިކުތް ޖައިލަމާއި ކިޔާން ހުރީ ވާނުވާ ނޭނގި ފައެވެ. ބައްދާލައިގެން ހުރެ އުފަލުން ފުންމަމުން ދިޔަ ދެ އަންހެން ކުދިން ފެނިފައި އިތުރަށް އޮޅުން އެރިއެވެ.
“އޮހް މައި ގޯޑް! އައި މިސްޑް ޔޫ ސޯ ސޯ ސޯ މަޗް.” ތާރާ ދުރުވެ ލަމުން ކުރެހިފައިވާ އަޑަކުން ބުނެލިއެވެ. އޭރު ދެމީހުންނަށް ވެސް ވަނީ އުފަލުން ރޮވިފައެވެ. “އައި މިސްޑް ޔޫ މޯރ” އެ އަންހެން ކުއްޖާ ތާރާގެ ކޮލުގައި މަޑުމަޑުން ހިފާ ލަމުން ބުނެލިއެވެ. “ޔުކް. ޔޫ ލުކް ސޯ ލޯބި ބުރުގާ އެޅީމަ.” ތާރާ ބުންޏެވެ. “ތޭންކްސް ލަވް. ޔޫ ލުކް ސޯ ބިއުޓިފުލް މިހާރު.” އެ އަންހެން ކުއްޖާ ބުނެލިއެވެ.
“ތާއްކޯ!” އެވަގުތު އެތަނަށް ތާރާއަށް ގޮވަމުން އައީ ކައިލާން އެވެ. ތާރާ ކައިރީ ހުރި އަންހެން ކުއްޖާ ފެނިފައި އޭނާ ދިޔައީ ސިއްސައިގެނެވެ. “ޔުކް؟” އޭނާއަށް އަހާލެވުނެވެ. “ހެލޯ ބްރަދަރޫ! މަ މަތިން މިސް ވެސް ނުވޭތަ؟” އެކުއްޖާ ކައިލާން އަށް ބުންޏެވެ. “ކޮންއިރަކު ރާއްޖެ އައީ؟” ކައިލާން އެއްސެވެ. “ބޮޑުދައްތަ ގުޅާފަ ތާ މިކޮޅަށް ބަދަލު ވާ ވާހަކަ ބުނީމަ ޑޭޑް ގާތު އާދޭސް ކުރީމަ ފޮނުވީ މީގެ ވީކެއް ކުރިން.” އެކުއްޖާ ބުނެލިއެވެ.
ތާރާ ޖައިލަމްމެނަށް ބަލާލިއެވެ. “ގާއިސް، ދިސް އިޒް މައި ބައްޕަ ފަރާތު ކަޒިން، ޔުކްތާ. ޔުކް މީޓް ކައިގެ ފްރެންޑްސް، ޖައިލަމް އެން ދަ އިޑިއަޓް އޮރް އޭޒް ވީ ކޯލް، ކިޔާން.” އޭނާ އެއްމިޔަކަނުން ހީލީ ކިޔާން އޭނައާ ދިމާއަށް ލޯ އެޅުމުންނެވެ.
“ކައި! ޖައި! ޔާން! ކަލޭމެން މިތާ ތިބެފަ ކޮން ތާކަށް ތި ދަޔައީ؟” އީކަން ކޮޓަރިން ނުކުތް އިރު ސިޓިންރޫމްގައި އެކަކު ވެސް ނެތުމުން ހަޅޭއްލަވައި ގަތެވެ. “އަންހެނެއްހެން ހަޅޭއް ނުލަވަބަލަ! އަހަރެމެން މި ތިބީ ބޭރުގައޭ!” ޖައިލަމް ހަޅޭއްލަވައި ގަތް އަޑު އިވުނެވެ. އީކަން ޓީވީ ނިއްވާލުމަށް ފަހު ބޭރަށް ނިކުތެވެ. އޭނާގެ އެކުވެރިންތައް އޭނާ ބަހައްޓާފައި ބޭރަށް ނުކުތުމުން އެކަމާ ކުދި ކިޔަމުން ކިޔަމުން ދިޔަ މީހާގެ ފިޔަވަޅު ތަކަށް މަޑު ޖެހުމެއް އައީ ތާރާ ކާރީ ހުރި އަންހެން ކުއްޖާ ފެނިފައެވެ.
ރީތިކަން ހުސްކޮށްގެން ހުރި އަންހެން ކުއްޖެކެވެ. އަޅައިގެން ހުރި ބިސް ކުލައިގެ ޝޯލް ތެރެއިން އެ ކުޑަކުޑަ މޫނުކޮޅު ފެންނަލެއް ނުލައިހިކު ލޯތްބެވެ. ލައިގެންހުރި ހުދު ރޮނގުދެމި ނޫ ގަމީސް ބެގީ ޖަަހާފައި ހުދު ޖީންސް ލާފައި ހުރިއިރު ޒަމާނީ ގޮތްގަނޑު ހުރެއެވެ. މުށިކުލައިގެ ހިތިފަތު ބުމައެއް ލިބިފައިވާ އިރު މަޑު އަޅިކުލައިގެ ލޯ ވަނީ ބޯ އެސްފިޔަތަކުން ޖަރީ ކުރެވިފައެވެ. ތުންފަތުގައި މަޑު އޮރެންޖް ކުލައެއް ޖައްސާފައި ވުމެން އެ ސާދާ މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެއެވެ.
“އޭ ދެން ތިހެން ލޯބީގަ ޖެހިފަ ނުހުރެ ބަލަ.” އީކަން ސިހިފައި ކައިލާނާއި ދިމާއަށް ބަލާލިއެވެ. އޭރު އެންމެން ހެނީއެވެ. ގަތް ލަދުން އީކަން ބޮލުގައި އަތް ހިންގާލަމުން އަނެއްކާވެސް އެކުއްޖާއަށް ބަލާލެވުނެވެ. އޭރު އެކުއްޖާ ހުރީ އިސްޖަހައިގެންނެވެ.
ކައިލާން ބުނި އެތިން ޔުކްތާ ސިހިފައި އީކަން އާއި ދިމާއަށް ބަލާލުމަށް ފަހު އިސްޖެހިއެވެ. އޭރު މޫނު މައްޗަށް އެއްކޮށް ހުރީ ޖަންބުކުލަ އަރާފައެވެ. އީކަން އެހެން ދިމާއަކަށް ބަލައިލުމުން އޭނާ އީކަން އަށް ވައްކަޅިން ބަލާލިއެވެ.
ރީތި ޒުވާނެކެވެ. އިސްކޮޅުން ދިގު ވެފައި ބާމަތިފުޅާ ހަށިގަނޑެއް ލިބިފައި ވާއިރު ބޭރުގެ މޮޑެލްސް ތަކާ ދުލެއް ނުކުރާނެއެވެ. ލައިގެން ހުރީ ކަޅު ބޯލްޑް އަކުރު ތަކަކުން ‘ވެން ދި ޑެވިލް އިޒް އެވޭކް’ އޭ ޖަހާފައި ވާ ހުދު ކުލައިގެ ވީ ނެކް ޓީޝާޓަކާއި ނޫކުލައިގެ ޖިންސެކެވެ. ކަޅުކަން ގަދަ އިސްތަށިގަނޑު ހޭވިފައި ވާއިރު ހަމަ އެހާމެ ކަޅުކަންގަދަ ބޯ ބުމައެއް ލިބިފައި ވެއެވެ. ބޯ އެސްފިޔަތައް ހިއްލާލުމުން ވެސް އެ އަސަރުގަދަ މަޑު މުށި ކުލައިގެ ކަޅި ފެނި ޔުކްތާ އާޝޯޙުވިއެވެ. އެ ފުން ދެލޮލުގެ ތެރެއަށް ފީނައިގަތުމަށް އޭނާގެ ހިތް އާދޭސް ކުރާ ޙާލު ރޮއެގަތެވެ.
ޔުކްތާއަށް ހޭވަރިކަން ވީ އޭނާ އާ ދިމާއަށް ބަލަހައްޓައިގެން ހުރި އީކަން ލާނެތް ގޮތަކަށް ހީލަމުން އެއްބުމަ އަރުވާ ލުމުންނެވެ. ވަގުތުން މޫނު މައްޗަށް ޖަންބުކުލަ ވެރިވުމުން އޭނާ އިސްދަށަށް ޖެހިއެވެ. އެއާއެކު މުޅި އެތަނުގައި އެންމެންގެ ހިނިގަނޑުގެ އަޑު ގުގުމާލިއެވެ. ގަތް ލަދުން ޔުކްތާ މޫނު މަތީ އަތް އެޅިއެވެ.
~~~~~~
ކިޔުންތެރީންނަށް ކަމުދިޔަ ޕަރޓް އަކަށް ވާނެ ކަމަށް އުންމީދު ކުރަން.
❤️~°ޝައިމާ°~❤️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.





Me first dhw ❤️❤️
Vv reethi vaahaka!!! Love it???
Thanks ❤️
MaShaaAllah V Vvvvvvvv Reethi! Thaaraa ge sad past eh otheetha? Thaaraa aa hedhi my mood ves rangalhu vejje! And yukthaa and eekan is soo cute! Overall, mi story hama varah best!
Thank you ☺
mashaallah varah reethi mi story?????
Thank you ☺
OMG!!!! Vvv reethi Inge.. next Vs Hama mihaa majaa ooh genesdhecchey..♥️♥️???
And this story literaly matches my life a lot?
Keep it up???
Hehe. Thank you ☺
Mi part ves v furihama..maasha allah..keep it up
???
Thanks ❤️
Alhey haadha loabi vaahaka ekey???????????????????????????????? V v v v v salhi mi part ves Maasha Allah ?????? heehee halaaku hama????????????? Thaara haadha loabi ey aaah Eekan ves??????? Enmen ves varah salhi ey dho???? v heevey mivaahka varah salhi vaane hen Thaara aa hureves??????????
next part kiyaa hithun?????
Thanks ❤️
Masha allah… Mi part ves Varah Varah reethi ❤️❤️?
? waiting for the next. ?
Keep it up…..
Stay safe ?☺️
Thanks ❤️
Wow mi part ves vrh sali
Masha Allah
He heh thaaraa aa hadhaagen mihaaru heeeheee Bali vehje heh hehe alley haadha ROM ey he heh
Waiting for the next part
Luv uuuu
stay safe
Hehehe. Thanks ❤
Mashaa Allah..
Honestly mi vaahaka aky Adhi mihaa thanah Varahinteresting vegen kiyunu eh vaahaka…
Varah hama habbu…
And also sifa kurunn ves Varah reethi..
Have a great day shaaima…
Lots of love from Xaa…
Stay safe…
Stay home..
Thanks ❤️
Masha Allah Varah reethi mi part ves ? ? ? ? ?
Stry ge characters ge name Masha Allah Varah reethi ? Sifakuruntha vx hama habeys ? ? ? thi vareh nei.. Keep it up..
Hama heehee halaaku vehjeh ? ? ? ?.. ?????
Whn nxt prt?? Curiously waiting for the nxt part.. ???
Luv u more ?❤️??????❣️?????????
Stay at home and tc be safe ? ☺️
Thanks ❤️
Masha Allah. Varah loabi story eh. Mi vaahaka keema heevany real hen. Varah reethi story eh. Varah cool. Hama varah habeys.???????????????❤❤❤???????????????????????????????????stay home stay safe.
Thanks
LOVED THIS CHAPTER ??