ރިޕޯޓުގައި ލިޔެފައި އިން އެއްޗެއް ފެނި ޔަނާލަށް ވުޖޫދު ހުއްޓުނުހެން ހީވިއެވެ. ދާހިއްލާ ދެލޯ ބޮޑުވިއެވެ. ނޫނެކޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ.
* * * * *
އެސްޓީ ޖޮރޖްސް ހޮސްޕިޓަލް
ރިސަލްޓް އޮފް އެމްއާރްއައި ރިޕޯޓް
އޭގައި ދެން ލިޔެފައި ހުރީ ޔަނާލް ދުވަހަކުވެސް އަޑުއަހަން ބޭނުންވި ބަސްތަކެެއް ނޫނެވެ. އޭނާގެ ކޮއްކޮ ހިތުގެ ބައްޔަށް ވަނީ ޕޮސިޓިވް ވެފައިއެވެ. ފަރުވާ އަވަހަށް ފެށުމަށް އިލްތިމާސްކޮށްފައި ވެއެވެ. ރަނގަޅުނުވެ މުޅި އުމުރަށް އެބަލީގެ ޝިކާރައަކަށްވެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްދާނެކަމަށާއި، އެއީ ވަރަށް ގިނަ ރުފިޔާ ޚަރަދުވާ ފަރުވާއެއްގެ އިތުރުން އެންމެ އެކަށޭނަ ފަރުވާ އެބައްޔަށް ލިބެނީ އެމެރިކާއިން ކަމަށް ވެސް ބުނެފައި ވެއެވެ. ދެން ޔަނާލް ބަލާލީ އެނދުގައި މައުސޫމކޮށް ނިދާލާފައި އޮތް ތުއްތު ތުއްތު ޔަލާއަށެވެ. އެކުއްޖާ އެހާ ޅައުމުރުގައި ތަހައްމަލްކުރަމުން އެގެންދަނީ ކިހާ ވޭންހުރި ބައްޔެއް ހެއްޔެވެ. ހަމަގައިމުވެސް ޔަލާގެ ގަޔަށް ކަށިތަކާއި މެޝިންތައް ގުޅާފައި އޮއްވާ ފެންނަ މަންޒަރު ދެކޭކަށް އޭނާގެ ހިތަކަށް ކެތެއް ނުކުރެވޭނެއެވެ. އަވަސްވީ ގޮތަކުން އެވާހަކަ ބައްޕައާއި ހިއްސާކުރުމަށް ނިންމިއެވެ. ނަމަވެސް ނަފީސާ ފާޑުފާޑު ބަލި ހުންނަ މީހުންނަށް ކުރާ ނަފްރަތު އޭނާ ހަނދާންވިއެވެ. އަނެއްކާ ޔަލާއަށް ކަމެއް ކުރުމަށްވެސް އެނަފީސާއާއި ނަތާޝާ ފަހެއް ނުޖެހޭނެއެވެ. ނަތާޝާއަށްވެސް ލިބިފައިވަނީ އޭނާގެ އަމާގެ އުޅުމެވެ. ބޮޑުސޯބު އެނބުރޭނީ ކުޑަސޯބު އެނބުރޭހެންތާއެވެ.
* * * * *
ހަވީރުއަތަށްއެޅިފަހުން ޔަނާލަށް ހޭލެވުނީ ޔަލާ ރުއިމުގެ އަޑަށެވެ. ޔަލާގެ މޭގައި ފިރުމާފިރުމާވެސް ހުއްޓާނުލުމުން ހަސަންއަށް ގޮވިއެވެ. ހަސަން ކުޑަކޮށް އުރާލާފަ މައްޗަށް އުފުލާލާފަ ތަޅުވާލިތަނާ ހޭންފަށައިފިއެވެ. “ބައްޕާ! ޓެސްޓުތަކުގެ ރިސަލްޓް ލިބުން މިއަދު” ޔަނާލް ހަމަޖެހެން މަސައްކަތްކުރަމުން ބުނެލިއެވެ. “ކިހިނެއް؟ ކަމެއް ގޯސްތަ؟” ހަސަން ޔަނާލްގެ މޫނުމަތީގެ ކުލަވަރުތަކަށް ބަލައިލަމުން ބުނެލިއެވެ. “އާނ! ވަރަށް ގޯސް. ޝީ އިސްއަ ހާޓް ޕޭޝަންޓް” ޔަނާލް ރޮވިފައި ބުންޏެވެ، “ކީކޭ؟” ހަސަނުގެ ކަންފަތަށް ހީވީ ހޮނުގުގުރިއެެއް ޖެހިހެންނެވެ. އެކޮޓަރި ދޮރުމައްޗަށް އެރުނު ނަފީސާއަށް އެޖުމްލަ އިވި ހައިރާންވިއެވެ. އެހާއައަވަހަށް އެހިތުގައި ޔަލާއާއި ދޭތެރޭ ދެކެމުން އައިގޮތް ބަދަލުވިއެވެ. “ހަސަނާ އިނދެފަ މިދޭތި މިގެއިން ނެރެލާނަން. ހައްހައްހާ!” ނުބައި ހިިނިގަނޑެއް ޖަހާލަމުން ނަފީސާބުނެލިއެވެ. އެހާއަވަހަށް އެހިތުގައި ނުބައި ރޭވުމެއް ރާވާލީއެވެ. “ބައްޕާ! ޓްރީޓޮޕުން ދެން އެ ޓްރީޓްމެންޓް ނެގޭނީ. އެގޮތް ކަންނެނގެ ފަސޭހަވާނީ” ޔަނާލް ބުނެލިއެވެ. ޙަސަންވެސް އެއްބަސްވެލަމުން ކޮޓަރިްން ނުކުތީ ފުންވިސްނުމެއްގައި ހުރެއެވެ. ބައްޕަ ހާސްވެސް ނުވަނީ ބާއޭ ޔަނާލް ހިތަށްއެރިއެވެ. މަންމަ ނިޔާވިފަހުން ބައްޕަ ވަަރަށް ބަދަލު ވެއްޖެއެވެ.
* * * * *
ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔައެވެ. ދޮރު ހުޅުވާލަފަ ވަނީ ނަތާޝާއެވެ.”މަންމާ! މިއޮތީ ކިޓް” ނަތާޝާ ޕްރެގްނެންސީ ކިޓެއް ދައްކާލަމުން ބުންޏެވެ. ނަފީސާ އަަވަސްއަވަހަށް ގޮސް ފާހާނައަށް ވަނެވެ. ނަތާޝާވެސް ދެއަތްދެއަތާއި މޮޑެމުންދިޔައިރު ހުރީ ނުހަނު ހާސްވެފައިކަން އެނގެއެވެ. ނަފީސާ ފާހަނާއިން ނުކުތްއިރު ހުރީ މުޅިމޫނުމަތި ބަނަވެފައިއެވެ. ނަފީސާ ނުކުތުމުން ނަތާޝާ ކިހިނެއް ވީީތޯ އަހާލިއެވެ.”ޕޮސިޓިވް!” ނަފީސާ ދެކޮޅަށް ހިނގަމުން ހާސްވެފައި ހުރެ ބުނެލިއެވެ. “އަޅެ ލިއަމް ޕްރޮޓެކްޝަން ޔޫސް ނުކުރަީތަ؟ އަހަރެން ދިނީމޭނުން އޭގެ ފޮށްޓެެއްވެސް.” ނަތާޝާ ހިތްހަމަނުޖެހި ހުރެ ބުނެލިއެވެ. “ލިއަމް އޭތިލެއްވިއޭ. އެންމެ އިންޓްރެސްޓް ބައިގަ ނައްޓާލީ އެކަމް. އެހެންވެ މިހެން މިވީ. ނަތާ ދީބަލަ ރަގަޅު ޚިޔާލެއް. މިޅަ* އެބޯރޓް ކޮއްލަންވީ ތޯއްޗެއް” ނަފީސާއަށް ކިޔޭނުކިޔޭއެއް ނޭނގެއެވެ. “އައިޑިޔާ” ވިހަ ހިނިތުންވުމަކާއިއެކު ނަތާޝާަ ބުންޏެވެ. “ތިޔަ އުޅެނީ އެ ގަޅި ހަސަނާ އިންނާކަންނު. އެބީ* ބޮލުގައި ދަރިއަޅުވާ. 1 މަސްވީމަ ހަސަނަށް އަންގާ. އެރުން ދުނިޔެއަށް ތި ބަލާ ފެންނާނީ ހަސަނުގެ ދަރިއެއް ގޮތަށްތާ؟ އޭރށް ހަމަ ޔަނާލާ ޔަލާއަށް ލިބޭހެން ތިދަރިއަށްވެސްމުދާގަނޑުން ބައެއް ލިބޭންނުން. 2 އަހަރުވީމަ މަރާލާ. އޭރަށް މަންމަބަޔާއި ތިދަރީގެ މުދާގަނޑުވެް އަަހަރެމެންނަށް’ ނަތާޝާ ޕްލޭން ކިޔައިދިންއިރު އެވާހަކަ އިތުރު ކަންފަތަކަށް ފޯރިކަމެއް އެދެމީހުންނަކަށް ނޭނގެއެވެ. އެއީ އަޅެފަހެ އިންސާނުން ހެއްޔެވެ؟ ރަހުމެއް ކުލުނެއް ވެސް އެތުއްތު ފުރާނައަކަށް ނެތެވެ.
* * * * *
އިވުނު ވާހަަކައަކުން ޔަނާލް ހުރީ ޝޮކެއްގައެވެ. އޭނާ ހީކުރިވަރަށްވުރެ ވެސް ނަފީސާގެ ޖައްބާރުކަމާއި ނުލަފާކަން ބޮޑެވެ. ބައްޕަގާތު މިވާހަކަ ބުނާކަށްވެސް ނުކެރެނެއެވެ. އަނެއްދުވަހުން މިއޮތީ އެެދެމީހުން ކައިވެނި ކުރާ ދުވަސްޖެހިފައެވެ. އެމީހުންގެ މަގްސަދު އެނގުމުން ޔަނާލް ހައިރާންވިއެވެ. އެމީހުން ބޭނުންވަނީ މީހެެއްގެ ފުރާނައިން އަތްދޮވެލައިގެންވެސް ތަނަވަސްކަމާއި މުދާގަނޑެވެ.
* * * * *
އަރައިގެން އައި އިރާއެކީ ޔަނާލް ޔަލާ ފެންވަރުވާ ރީތިކޮށް ބުއްފުޅިދީ ހެދިއެވެ. މިއަދަކީ ޔަލާ ޓްރީޓްމަންޓަށް ދާ ފުރަތަމަ ދުވަހެވެ. “އައްދެ. ބައްޕިގެ ދެދޫނި ކޮންތާކަށް؟” ޙަސަނަށް ޔަލާމެން ބަގީޗާގައި ތިއްބާ ފެނުމުން ސުވާލުކުރިއެވެ.”އަޅެ، ޔަލާ ދައްކާލަން ކަަމަށް.” ޔަނާލް ހަސަނާއި ދިމާލަށް ނުބަލަން މަސައްކަތް ކުރަމުން ބުންޏެވެ. “އެހެންތަ؟ އެއޮތް އައީ ކާރު! ދެންއަވަހަށް ދޭ” ހަސަން ބުނެ ނުނިމެނީސް ޔަނާލް ކާރަށް އަރައިގެން ނައްޓާލިއެވެ. ޔަނާލްމެން ދިއުމުން ހަސަން ފުންވިސްނުމަކަށް ގެއްލުނެވެ.
* * * * *
ނަންބަރު ޖެހުމުން ޔަނާލް ޑޮކްޓަރ ކޮޓަރިއަށް ވަނެވެ. “ޔަލާ ދެއްތޯ! ހާޓް ޕޭޝަންޓެއް. އެހެންވީމާ ޓްރީޓްމެންޓަކަށް ނުގޮސް އެއްބުރުން މިކަން ނިންމާލެވޭނީ ބައިޕާސް ހަދައިގެން. ކުއްޖާއަށް 5 އަހރު ވީމަ މި ސަރޖަރީ ކޮށްދެވޭނީ. ދެން 5 އަހަރު ވަންދެން ކެފެއިން ހުންނަ އެއްވެސް އެއްޗެެއް އަދި، ގިނައިން ލޮނު،ހަކުރު ހުންނަ އެއްޗެހި ބެނުން ނުކުރެވޭނެ. އަދި ޔަލާއަށް ފަހަރެއްގައި ބޭސް ކައިގެން ހައްލު ހޯދިދާނެ. ނަމަވެސް ތިބެފުޅުން ޔަލާއަށް ވީހާވެސް ހިތްދަތިކަން ލިބޭ ކަމެއް ނުކުރުން ރަނގަޅީ. ބޮޑަށް ފުރސަތު ބޮޑީ ހަމަ ބޭހުން ރަނގަޅުވުން. ވީހާވެސް ހިތާމަވެރިކަމެއް ނުޖައްސާ ވޭތޯ ބަލާ. މިފަދަ ކަމަކަށް މަގުފަހިވެއްޖެނަމަ ހަރޓް އެޓެކެއް ޖެހި ކޯމާއެއްގައިވެސް އޮންނަން ޖެހިދާނެ. މިއޮތީ ބޭސް ސިޓީ. ގިނަ ބަޔަކަށް ފައިސައެއް ނުލިބޭ ބޭސް ގަންނާކަށް. މިއީ ވަރަށް އަގުބޮޑު ބޭހެެއް. ޔަލާ ވަަރަށް ނަސީބުގަދަ! ގިނަބަޔަކަށް މިބަލި ހުންނަކަން އެނގެނީ ވަރަށް ދުވަސްވާ ފަހުން. އިންޝާﷲ ރަނގަޅުވާނެ. ކޮންމެ ހަފްތާއަކު ދެދުވަހު މިކޮޅަށް ވަޑައިގަންނަވާތި! ޗެކަޕް ހަދާލާ ރަނގަޅުވާ ރޭޓް ބަލާލުމަށް ސުވާލެއް ނެތިއްޔާ އެންމެ ރަނގަޅު ދިޔަޔަސް” ޑޮކްޓަރ ވާހަކަ ދެއްކިއެވެ. ޔަނާލް އެތަނުން ނުކުތީ އުންމީދުން ފުރިފައިވި ހިތަކާގެންނެވެ. ނަމަވެސް ބޭސް ވަރަށް އަގުބޮޑެވެ. 2 ފުޅި ބޭހަށް 50000 ރުފިޔާ އަރައެވެ، ނަމަވެސް ޔަލާ ރަނގަޅު ވަންޏާ ނިމުނީނޫންހެއްޔެވެ؟
* * * * *
ޖެހިގެންއައި ދުވަހުގެ އިރުއަރައިގެން އައީ ނަފީސާގެ ހިތަށް އުފާވެރިކަން ގެނެސްދެމުންނެވެ. އެއާއި ޚިލާފަށް ހަަސަން ދިޔައީ މިއީ ރަނގަޅު ނިންމުމެއްތޯ ސުވާލު އުފައްދަމުންނެވެ. ކައިވެނި ސައި ދެނީ ގާތް ރަހްމަތްތެރިންނަށް އެކަނިކަމުން މާބޮޑު ތައްޔާރީތަކެއް ނުވެއެވެ. ކޯޓަށްދާން ޖެހެނީ ރޭގަނޑު އަށެއްޖަހާއިރުއެވެ. ނަފީސާ ހުންނަނީ ފާޑަކަށް ހިތްއަވަސް ވެފައިއެވެ. ނޯކަރުންނާއި ބައިވެރވެގެން ޔަނާލް 5 ވައްތަެއްގެ ހެދިކާއާއި 2 ވައްތަރެއްގެ ފަނި ތައްޔާރުކޮށް ނިންމާލާފަ ސޯފާގައި ޖައްސާލިތަނާ ނިދިޖެހުނެވެ. ކުއްލިއަކަށް އޭނާއަށް ހޭލެވުނީ ޔަލާއަށް ބޭސްދޭ އެލަރމް ވާ އަޑަށެވެ. އަަވަހަށް ގޮސް ޔަލާއަށް ބޭސްދީ ގަޑިބަލާލިއިރު އިރުއޮއްސި 6 ޖެހީއެވެ. އެހެން އިންދާ ހަސަން އައިސް ކޮޓަރިއަށް ވަނެވެ. “ކޮބާތަ ބައްޕިގެ ޔަލާކޮޅު. އަބަދު ނިދަނީ ދޯ!”ހަސަން ހިނިއައިސްފައި އަހާލިއެވެ. އޭނާއަށް ޔަަލާއާއި ޔަނާލާއެކު ހޭދަކުރެވޭ ވަގުތު މަދުކަން އޭނާއަށް ޔަނާލް ނުބުންޏަސް އެނގެއެވެ. އެހެންނޫނަސް ޔަނާލަކީ އިރެއްގައިވެސް ޝަކުވާކުރި ކުއްޖެއް ނޫނެވެ. “އާނ. އެބޭސްތައް ބޭނުންކުރާތީ ނިދެނީ” ޔަނާލް ހީލަމުން ބުނެލިއެވެ. ޙަސަން ނިކުމެގެން ދިޔައީ ޔަނާލްގެ ގައިގައި ބައްދާލާފަ އެވ.ެ ހަސަން ނިކުތްތަނާހެން ޔާއިން ގުޅާލިއެވެ. އެއާއިއެކު ޔަނާލްގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް ނުވެސް އެނގި އޭނާގެ ހިތް ޔާއިން ގެންގޮސްފިއެވެ. “ހަލޯ. ސޮރީ ޔަނާ. ބިޒީކަމުން ގުޅާނުލެވުނީ. ޔަލާގެ ޓެސްޓު ކިހިނެއް؟ އެންޑް ޔަނާއާއި ޔަލާ ކިހިނެެެެެެެެއް؟” ޔާއިން އަހާލިއެެވެެ. “އިޓްސްއޯކޭ. ޔަލާ އިސް އަ ހާޓް ޕޭޝަންޓް. އަހަރެންވެސް ޔަލާވެސް ރަނގަޅު.” ޔަނާލް މޮޅިވެރިކަމާއިއެކު ބުންޏެވެ. “ސޭޑް. ބައިޕާސްވެސް ހަދައިދޭނީ 5 އިޔަރސް ވީމަ” ޔާއިންވެސް ދެރަވިއެވެ. “ބޭހުން ރަނގަޅުކުރެވިދާނެޔޯ” ޔަނާލް އުންމީދީ ރާގަކަށް ބުނެލިއެވެ. “އަހަރެންވެސް އެދެނީ ތިހެންވުން” ޔާއިން މަޑުމަޑުން ބުނެލިއެެވެ. “އެއި މިރޭ މިގޭގައި އޮތް ބައްޕަގެ ވެޑިންއަށް އާދެވޭނެތަ؟ ބައްޕަބުނި ފްރެންޑެއް ހުރިއްޔާ ބުނެލާށޭ ” ޔަނާލް ބުނެލިއެވެ. “ރިއަލީ؟ ޔުއަރ ފާދަރ އިސް ގެޓިން މެރިޑް. ކޮންގްރާ. ސޮރީ! މިރޭ ބައްޕަގެ ފްރެންޑެއްގެ ވެޑިންއަށް ދާންޖެހޭ،” ޔާއިން ދެރަވެލާފައި ބުންޏެވެ. “އިޓްސް.އޯކޭ، ޢޭ މިދަނީ ފެންވަރަން އެއޮތް 6 ގަޑިބައިވީ” ޔަނާލް އަވަސްއަވަހަށް ބުންޏެވެ. ޔާއިން ނޯ ޕްރޮބްއޭ ބުނެ ކަނޑާލިއެވ.ެ
* * * * *
ލުއި މޭކަޕެއް ކޮށްލާފައި ޔަނާލް ހުރިއިރު ލައިގެންހުރީ ފަސްބަޔަށް ފުޅާ ގަދަ ނޫކުލައިގެ ދިގުހެދުމެކެވެ. މޭމަތީގައި މިނާފުށްތަކެއް ހަރުކޮށްފައި ކަރުގައި ރީތި ފަށެއްވެސް އޮތެެވެ. ބުރުގާހުރީ އަރަބިގޮތަކަށް އަޅާލާފައެވެ. ޔަލާވެސް ގަދަނޫކުލައިގެ ހެދުންކޮޅެއް ލައްވާލާފައި ހުދު ބޭންޑެއް އަޅުވާފައި އޮތްއިރު ވަރަށް ލޯތްބެެވެ. 8 ޖަހަންވީއިރު އެ އާއިލާތިބީ ކޯޓްކައިރީގައެވެ. ނަތާާޝާއަށް ހަޖަމުނުވެގެން އައިސް ޔަނާލަސް ދެތިން ބަދުބަސް ބުނެލާފައި ގޮއްސިއެވެ. ޔަނާލްގެ ހިތަށް މިފަހަރު ކުޑަވެސް އަސަރެއް ނުކުރިއެވެ. ހަސަން ޔަނާލްމެން ކައިރިއަށް އައިސް ހުއްޓިލިތަނާ ނަފީސާ ގޮވާލީމަ ހިނގައްޖެއެވެ. ބައެއްފަހަރު ބައްޕައަށްވުރެ ބޮޑަށް ޔާއިންވެސް ޔަލާދެކެ ލޯބިވާހެން ޔަނާލަށް ހީވެއެވެ.
* * * * *
ކޯޓަށްވަދެ އެމީހަކު އިށީންނަ ތާކު އިށީނުމުން ޤާޒީ ޚުތުބާ ފެށިއެވެ. ޤާޒީ އަނބިގަބޫލުހެ އެހިއެވެ. ޙަސަން ޔަނާލަށް ބަލާލިއެވެ. ޔަނާލް ތިއީ ހަރާމް ކައިވެންޏެކޭ ބުނަން ބެނުންވިއެވެ. އޭނާއަށް ޚިޔާލުކުރެވުނީ އަނބިގަބޫލެއް ނޫނޭ ބުނެ ޔަލާއާއި ޔަނާލްގެ ގާތަށް އަންނަތަނެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫންކަން އެނގުނީ ހަސަން އަނބިގަބޫލުކޮށްފީމޭ ބުނުމުންނެވެ. ނަތާޝާ ޔަނާލަށް ބަލައިލީ މަލާމާތުގެ ނަޒަރަކުންނެވެ.”ޕުއަރ ޔަނާލް.” ނަތާޝާ މަޑުމަޑުން ބުނެލިއެވެ،
* * * * *
ދެ ކާރުގައި އާއިލާމީހުން ގެއަށް ދިޔައެވެ. އެމީހުން ގޮސް ވަނުމުން ވަލީމާ ފެށުނެވެ. އެތަށް ބަޔަކު މަރުހަބާ ކިޔާ ހެޔޮދުޢާކޮށް ހެދިއެވެ. ޔަނާލްވެސް މަރުހަބާ ކިޔާލާފަ އެނބުރި ކެއުމަށް އިންސާފްކުރަން ފެށިއެވެ. ނަތާޝާއައިސް ޔަނާލްގާތު އިށީނެވެ. “ބަ*ޔާ!!! ކަލޭ ހިތުން ވަރަށް ރީތިވެގެން ތިޔަ އިނދެވުނީ؟ހަހަހަ. ތިޔަށްވުރެ ރީތިވާނެ އެފްރިކާ އަންހެނެއްވެސް” ނަތާޝާ ޔަނާލަށް ހަޖޫޖަހާލިއެވެ. ޔަނާލް އަޅާވެސް ނުލާ ކާންފެށުމުން ނަތާޝާ ފުފިފައިހުރެ އެތަނުން ދިޔައެވެ. ޔަނާލް އިސްޖަހައިގެން ޖޫސްތައްޓެއް ނަގައިގެން އެނބުރުނު ވަގުތު ކުރިމަތީހުރި ސޫރައަކުން އޭނާއަށް ހަތަރު އުދަރެސް ފެނުޖެހުނުހެން ހީވިއެވެ. އެޒުވާނާ ޔަނާލްގެކަންފަތްދޮށަށް ގުދުވެލިއެވެ. “އައި ކޭމް ބެކް ފޮރ ރިވެންޖް” އެޒުވާނާ ވައިއަޑުން ބުނެލިއެވެ. އެއަޑުއިވި ޔަނާލްގެ ގައިން ހީބިހި ނެގިއެވެ. އެއަޑުގައި ހުރި ރުޅިވެރިކަމާއި ބަދަލުހިފުމުގެ ރޫހް ޔަނާލަށް ވަންހަނައެއް ނުވިއެވެ.
( ނުނިމޭ )

ކިޔުންތެރިންނަށް ހީވާގޮތުގައި އެ ޒުވާނާއަކީ ކާކު؟ ❤❤

127

7 Comments

  1. Zippudin

    August 10, 2020 at 12:14 pm

    Mmm neyge…. Kaaku baa anekkaa

  2. Yeye

    August 10, 2020 at 1:00 pm

    Hehe read the fifth part then you wI know

  3. N0 oNe..

    August 10, 2020 at 6:37 pm

    ummmm…..maybe her ex boyfriend.. or mi ulhey foni bodu kuhjaa genai soreh.. btw vrh reethi mi part ves..

  4. Yeye

    August 10, 2020 at 7:11 pm

    Hehe. yeah kinda you are right.

  5. Yeye

    August 10, 2020 at 7:12 pm

    And thank you

  6. 014🍍___Cat

    August 11, 2020 at 8:49 am

    Wowwww nice twist😍

  7. Yeye

    August 11, 2020 at 7:09 pm

    Thank you

Comments are closed.