ނާމާން – 6
ހެނދުނު ތެދުވެ ޒިންޔާ އާއި ޒާޔާ ރޯންފެށުމުން ނިދައިފައި ތިބި މީހުންނަށް ހޭލެވުނެވެ.
********************
އިދާން ތެދުވެގެން ގޮސް އެމީހުން ކައިރީގައި އިށީނެވެ. އަދި އެހިއެވެ.” ކިހިނެއްވީ.. ” އިދާން އެހުމުން ދެމީހުން ވެސް ދައްކައިލީ ތަޅައިގެން ގޮއްސަ އޮތް ދެ ފޯނެވެ. އިދާން ހާސްވިއެވެ. ދެން ބަލައި އަންނާކަށް ވެސް ނުގުޅޭނެއެވެ. އަނެއްކާ މިތަނުގައި ގިނަދުވަހު މަޑުކުރަން ޖެހުނީއެވެ. އިދާން ހާސްވި ޒާޔާމެން މާ ބިރުން އުޅޭތީއެވެ.
އިމްޝާ ހޭ އެރިއިރު އޮވެވުނީ ހަމަ ކުރިން އޮތްގޮތަށް ބަނދެވިފައެވެ. އެއްޗެއް ނުކައި ހުރުމުން އިމްޝާ ގައިގަ އެއްވެސް ވަރެއް ނެތެވެ. އިދާންމެން އޭނަ ހޯދަން އުޅޭނެ ވަރު ހިތަށް އެރުމުން އިމްޝާގެ ދެލޯ ފެންކަޅިވިއެވެ. ނަމަވެސް އިމްޝާއަށް ނޭނގުނު ކަމަކީ އިމްޝާގެ ސިފައިގައި އެހެން މަޚްލޫގެއް އިދާންމެން ކައިރީގައި އުޅޭ ކަމެވެ. ކުއްލިއަކަށް މީހަކު އެތަނަށް އައެވެ. އޭނަ އަތުގައި މޭވާ ކޮތަޅެއް އޮތެވެ. އިމްޝާ ބަލައިލީ އެ މީހާއަށެވެ. އެއީ އެއްކަލަ އިރު މޫނުމަތި ޒަހަމްވެފައި ހުރި މީހައެވެ. މޫނުމަތި އެކަންޏެއް ނޫނެވެ. ހަށިގަނޑުގެ ގިނަތަންތަން ހުރީ ހަލާކުވެފައެވެ. އިމްޝާއަށް ބިރުން ރޮވުނެވެ. ނަމަވެސް ބަނޑުހައިވެފައި ވާވަރުން އެމީހާ ދިން މޭވާތައް ކަމުންދިޔައެވެ. އިމްޝާ ހިތްފުރޭވަރަށް ކައިގެން ދެން ބަލައިލިއިރަކު އެމީހާއެއް ނެތެވެ. އިމްޝާ އެއީ މާ ބޮޑު ކަމަކަށް ނުހަދައި ދެލޯމަރައިލީ ވަރުބަލިން އިހްސާސްވުމުންނެވެ.
އިދާންމެން އެހެން ތިބެފައި ނަމާދުކޮށް ނިމުނުއިރު 6 ޖަހަނީއެވެ. އަވަސް އަވަހަށް ތައްޔާރުވެލައިގެން ހެނދުނުގެ ސައި ބުޔެވެ. އެހެން ދުވަސްތަކާ ޚިލާފަށް މިއަދު އެމީހުން ތިބީަޑުންމެވެ. ހަމަ އެކަކުވެސް އެއްޗެކޭ ނުބުނެ ގަސް ކައިރީގައި އިށީނދެ ތިބީ ހިތްހަމަ ޖައްސާލަންށެވެ. އެކިމީހުން އެކި ހިޔާލު ތަކުގައި އިނެވެ. އިމްޝާ ހިނިތުންވެލީ އޭނާގެ ޕްލޭން ކާމިޔާބު ވާން ކައިރިވާތީއެވެ.
އެންމެން އެތަނުން ތެދުވީ މެންދުރު ނަމާދަށް ގޮވާ ގަޑި ޖެހިދާނެތީ އެވެ. އިދާން އެއްޗެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ދުވެފައި ގޮސް އެތަނުން ދަބަހެއް ހާވާލައިފައި އަތުގައި އަޅާކަހަލަ ގަޑިއެއް ނެގިއެވެ. ނަސީބަކުން އިދާން މިރަށަށް އައި އިރު އިންނާނި އޭތި އަސްލު ގަޑިއާ ހަމަ ކޮށްފައެވެ. އިދާން އަވަހަށް ގަޑި ބަލައިލި އެވެ. އޭރު ގަޑިން އަދިކިރިޔާ 10 ގަޑި ބައިވަނީއެވެ. ދެން ކުރާނެ އެހެން ކަމެއް ނެތުމުން ޓެންޓު ތެރެއަށް ވަދެ އޮށޯވެލިއެވެ. އެހެން އޮއްވަ އެމީހުންނަށް ނިދުނެވެ.
އެންމެންނަށް ހޭލެވުނީ 12 ޖަހަން އުޅެނިކޮށެވެ. އަވަހަށް އެންމެން ވުޟޫ ކުރަން ދިޔައެވެ. އެންމެން އެއްކޮށް ނަމާދުކުރަން ތައްޔާރުވެވުނު އިރު 12 ބައިވަނީއެވެ. އެންމެން ލަސް ނުކޮށް ނަމާދުކޮށް ނިންމައިލިއެވެ. ދެން ދިޔައީ ކާންށެވެ. މިއަދު އެންމެން ތިބީ ވަރަށް މަޑުމަޑުންނެވެ. ކޮންމެހެން އެއްޗެއް ބުނަން ޖެހިއްޖެޔާ ނޫނީ ނުބުނެއެވެ.
އިމްޝާ އެހެން އޮއްވަ ނިދުނު ގޮތަށް އަދިވެސް ނުހޭލެވެއެވެ. ދުރުގައި އޭތި ވަރަށް ރުޅިއައިސްފައި ބަލަހައްޓައިގެން ހުއްޓެވެ. އިމްޝާއަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. ހޭލެވުނު އިރު އޭތި އިމްޝާއާ ދިމާއަށް ބަލަން ހުއްޓެވެ. އިމްޝާ ފެންދޭށޭ ބުނަން އުޅުނެވެ. ނަމަވެސް އޭތި ބަލަހައްޓައިގެން ހުރި ގޮތުން އިމްޝާ ޖެހިލުން ވިއެވެ. ނަމަވެސް މާ ބޮޑަށް ކަރު ހިއްކަން ފެށުމުން އިމްޝާ ހިތްވަރު ކޮށްލާފައި ބުންޏެވެ.” ދީބަ ފެންފޮދެއް.. ” އިމްޝާ އެހެން ބުނިތަނާ އޭތި ނިކުމެފައި މާ ގިނަ އިރެއް ނުވެ ކުޑަ ފެންފޮދެއް ހިފައިގެން އައިސް އިމްޝާއަށް ދިނެވެ. އިމްޝާ އެ ފެން ކޮޅު އެއްނޭވައިން ބޯލިއެވެ. އޭރުވެސް އޭތި އިމްޝާއާ ދިމަ ބަލަހައްޓައިގެން ހުއްޓެވެ. އިމްޝާ ކުޑަކޮށް ޖެހިލުންވެ ހުރެ އަހާލިއެވެ.
” ތީ ކާކު… އަހަރެން މިތަނަށް ގެނައީ ކިއްކުރަން.. ” އިމްޝާ ސުވާލު ކުރިތަނާ އޭތި ރުޅިއައިސްފައި ކުއްލިއަކަށް ގެއްލުނެވެ. އިމްޝާ ކުޑަކޮށް ސިއްސައިގެން ދިޔައެވެ. އެކަމަކު މިހާރު އޭނަ ވިސްނަނީ އިދާންމެން އޭނަ ހޯދަން އުޅޭނެ ހާލެވެ. ޒިންޔާއާއި ޒަޔާ ބިރުގަނެ ހާސްވާނެ ވަރު ހިތަށް އެރުމުން އިމްޝާ ދެލޯމަރާލެވުނެވެ.
ޒަހާ އިނީ ވިސްނާ ވިސްނާ ގޮސް ބޯ ހާލާކުވާވަރު ވެފައެވެ. އިދާންއަށް ވެސް ވެފައި އިނީ އެވަރެކެވެ. ޒާޔާއިނީ އިމްޝާ ކުރާ ކަންތައް ބަލަށްށެވެ. އޭރު ޒިންޔާވެސް ޒާޔާއާ އެއްކޮށް އިމްޝާ ކުރާކަންތައް ބަލަން އިނެވެ. އިމްޝާ އިނީ ވަރަށް އުފަލުންނެވެ. އެކަމާ ސުވާލުނުކޮށެއް ޒިންޔާއަކަށް ނުހުރެވުނެވެ.” އިމް… ހާދަ އުފާވެފަ.. ރަށަށް ނުދެވޭތީތަ..؟ ” ޒިންޔާ އެހެން އަހާލުމާއެކު އިމްޝާ ކުއްލިއަކަށް ބަލައިލިއެވެ. އެ ބަލައިލުމުގައި އެހެން ކަހަލަ ގޮތެއް ހުއްޓެވެ. ޒިންޔާ ހައިރާންވިއެވެ. އެއީ އެހެން ނޫނިއްޔާ އިމްޝާ ކުރާ ކަމެއް ނޫނެވެ.
ގަޑިން މެންދުރު 2 ޖަހަނީއެވެ. އަދިވެސް އިދާންމެން ތިބީ އެހެންނެވެ. އިދާން އެންމެ ފަހުން ދިޔައީ އެކަނި ހިނގައިލާށެވެ. އޭރު އިމްޝާ އެތާ އެކަނިމާއެކަނި އިނެވެ. އިދާން ދިއުމުން ޒަހާއާއި ޒާޔާ ކައިރިގައި ޒިންޔާ ބުނެލިއެވެ.
” އަޅެ އިމް ކިހިނެއްތަ އެ ހެދީ މިއަދު.. އިމް ދުވަހަކު ވެސް ހަމަ ކުއްލިއަކަށް ނުބަލާނެ.. ބަލަން ހުރި ގޮތުން ހީވަނީ އަހަރެން ދެކެ ވަރަށް ރުޅިއައިސްފަހެން ހުރީ.. ” އެހެން ބުނިތަނާ ޒަހާ ވިސްނަން ހުރެފައި ބުންޏެވެ.” ނޫން… ވެދާނެ އަހަރެމެންނަށް އޭނަ ހިތްހަމަނުޖެހޭ ކަމެއް ކުރެވުނީ ކަމަށް.. ހިނގާބަ އަހާލަން ކީއްވެތޯ އަހަރެމެން ދެކެ އެހާ ރުޅިއައިސްފަ ހުންނަނީ.. ”
” ނޫން.. ނުކެރޭނެ.. މިހާރު އިމް ވަރަށް ތަފާތު.. މިހާރު ކުރިއަށްވުރެ މަޑުން ހުންނަނީ.. އަހަރެންގެ ހިތް ބުނަނީ ކޮންމެވެސް ނުބައެއް އެބަ އުޅެޔޭ.. ” ޒާޔާ ވަގުތުން ދެކޮޅުހެދިއެވެ. ޒާޔާ ރޮއިފާނެތޫ ޒިންޔާމެން މަޑުކުރީއެވެ.
އިމްޝާ ލޯ ހުޅުވާލީ މީހަކު އުޅޭހެން ހީވެގެންނެވެ. އޭރު އިމްޝާ ކުރިމަތީގައި އެއްކަލަ މީހާ ހުރިއެވެ. އޭރުވެސް އޭނާގެ މޫނުމަތިން ފެންނަނީ ރުޅިވެޅިކަމެވެ. އިމްޝާ ވާނުވާ ނޭނގިގެން ހުރީ ހާސްވެފައެވެ. އިމްޝާ ބޭނުންވަނީ އިމްޝާ އެތަނަށް ގެނައީ ކީއްވެތޯ ބަލަންށެވެ. އިމްޝާ އުޅުނީ ސުވާލުކުރަންށެވެ. ނަމަވެސް އޭތި ކޮށްލި ހަރަކާތާ އެކު އިމްޝާގެ އަނގައިން އަޑެއް ނުނިކުތެވެ. އިމްޝާގެ ހިތް ދިޔައީ ބިރުވެރިކަމުން ފުރެމުންނެވެ.
އިދާން އެކަނިމާ އެކަނި ހިނގަމުން ދިޔައީ އަތިރިމަތިންނެވެ. އެހާ ދުރަށް ނުދެވެނިސް ހަނދާންވީ ގަޑި ވީ ޓެންޓު ތެރޭގައި ކަމެވެ. އިދާން އަވަސް ކޮށްލައިގެން ޓެންޓު ކައިރިއަށް ދިޔައެވެ. އަދި ޓެންޓު ތެރެއަށް ވަދެ ގަޑި ހޯދައި ބަލައިލިއެވެ. އޭރު 3:15 ވަނީއެވެ. އުޑުމަތި އޮތީ ކުޑަކޮށް ބަނަކޮށެވެ. އިދާން އަވަހަށް ބޭރަށް ނިކުތެވެ. އޭރ ވައި ވެސް ވަރަށް ގަދައެވެ.
އިދާން އިނީ މޫދާދިމާއަށް ބަލަހައްޓައިގެންނެވެ. ކަނޑުވެސް ވަރަށް ގަދައެވެ. އިދާން ގަޑިބަލައިލިއިރު 3:30 ވަނީއެވެ. އަވަހަށް އިދާންމެން ތައްޔާރުވީ ނަމާދު ކުރަންށެވެ. ނަމާދު ކޮށްގެން އިދާންމެން ތިބީ ފިނިވައި ޖައްސައިލަން އެތާ ހުރި ގަހެއްކައިރީގައި އިށީނދެއެވެ. ކުއްލިއަކަށް ޒާޔާ ސިއްސައިގެން ދިޔައީ ޒާޔާގެ ކަންފަތްދޮށުގައި މީހަކު ސިއްރު ސިއްރުން ޒާޔާގެ ނަން ގޮވާލީމައެވެ.
ނުނިމޭ…..
މި ޕާޓު ތިޔަ ކިޔުންތެރިންނަށް ކުރުވާނަމަ މާފަށް އެދެން.. އިރާދަކުރެއްވިޔާ އަނެއް ޕާޓު މިއަށްވުރެ ދިގުވާނެ انشاءﷲ.. އުންމީދު ކުރަނީ މި ޕާޓު ވެސް ކިއުންތެރިންނަށް ކަމުދާނެ ކަމަށް.. ????☺️☺️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.


Masha Allah❤
Shukuriyya laalu??☺️
ew this story sucks
yaa varah Hadi ☹️☹️ not exciting ☹️ ugh
Thi kon rashu shayaan eh
Thi kon rashu shayaan eh tha???
Thi kon rashu shayaan eh
How dare you to say that no don’t be sad this story is nice ?
I love to read it and part 7 was avahah netaathi iga?
And thanks for the name that you joing in this story
How dare you to say that no don’t be sad this story is nice ?
How dare you to say that no don’t be sad this story is nice ?
I love to read it and part 7 was avahah netaathi iga?
How dare you to say that no don’t be sad this story is nice ?
I love to read it and part 7 was avahah netaathi iga?
Bye
How dare you to say that no don’t be sad this story is nice ?
I love to read it and part 7 was avahah netaathi iga?
And thanks for the name that you joing in this story
Very nice
Thank you loon??☺️
Mi vaahaka varah hadi.. heevanee kuda kujeh liyaa vaahaka eh hen. Puvlic ey kiyaafa Jabeela umuru nubunanee kuda kujjeh veema dho ?
Umuru adhi grade himanaalumki public ga goaheh noon personal vhk eh noon vihya dhw Gekili….