ނާމާން – 5
ނަމަވެސް އޭތި އިމްޝާއާ އެއްކޮށް އެތަނުން ގެއްލުނެވެ.
********************
ޒާޔާއަށް ހޭލެވުނީ ފަތިސް ނަމާދު ބަންގި ގޮވާ އަޑަށެވެ. ޒާޔާ ތެދުވެ އިށީނދެލައިފައި ވަށައިގެން ބަލައިލިއެވެ. ޒާޔާއަށް އިމްޝާ ނެތްކަން ފާހަގަކުރެވުނެވެ. ބޭރުގަ ހުރެދާނެކަމަށް ޒާޔާ ނިކުތީ ބޭރަށެވެ. ނަމަވެސް އެއިން ހިސާބަކުވެސް އިމްޝާއެއް ނެތެވެ. ޒާޔާ ވަރަށް ބާރަށް ހަޅޭއްލަވައި ގަތެވެ. އެއަޑަށް ނިދައިފައި އޮއް އިދާންވެސް ހޭލައިގެން އައެވެ. އިދާން ްއައުމާއެކު ޒާޔާ ރޯންފެށިއެވެ.” އިދާންބޭ.. ކޮބާތަ އިމް.. އޭނައެއް ނެތް މިތާކު.. ” ޒާޔާ ރޮމުން ވާހަކަ ދެއްކިއެވެ. އިދާން ވެސް ހާސްވެގެން ބަލައިލިއެވެ. އޭރު ޒިންޔާއާ ޒަހާވެސް އެތާ ހުއްޓެވެ.
ޒިންޔާ ބުންޏެވެ.” ސާބަހޭ.. އަދިވެސް އަހަރެންނަށް ލަނޑުދޭންތަ ތިއުޅެނީ.. ” ޒިންޔާ ހީކުރީ އިދާންމެން ޒިންޔާއަށް މިފަހަރުވެސް ލަނޑެއް ދިނީކަމުގައެވެ.” ނޫން ޒިން.. މިފަހަރު އަހަރެންމެން ނުރާވަން.. އެކަމަކު އިމްޝާ ބިރުގަންނާނެ އެކަނި ދާން.. ދެން ކިހިނެއް… ” އިދާން ވާހަކަ ދެއްކީ ވަރަށް ހާސްކަމާއެކުއެވެ. ނަމަވެސް ޒިންޔާ އަދިވެސް ގަބޫލެއް ނުކުރިއެވެ. އެއީ އިދާން އެކްޓް ކުރަން މޮޅުކަމުންނެވެ.
އެންމެ ފަހުން އިދާން ބޭނުންވީ ޒަހާއަށާ ޒިންޔާއަށް ހަގީގަތް ކިޔައިދޭށެވެ. ފުރަތަމަވެސް އިދާން ބަލައިލީ ރޯންހުރި ޒާޔާއަށެވެ. އިދާން ބަލައިލި ގޮތުން ޒާޔާއަށް އިދާން ކުރަން އުޅޭކަންތައް އިނގުނެވެ. ޒާޔާ ވެސް ބޯ ޖަހައިލީ އިމްޝާ ހޯދަން ބޭނުންވެފައި ހުރުމުންނެވެ. ފުންނޭވާއެއްލާފައި އިދާން ވާހަކަ ފެށިއެވެ.” ޒިން، ޒަހާ.. އިނގޭ ގަބޫލު ނުކުރާނެ ކަން ވެސް.. އެކަމަކު މިފަހަރު އެއީ އަހަރެމެންނެއް ނޫން.. މި ވާހަކަ ބުނާއިރު އިނގޭ ތިމީހުން ބިރުގަންނާނެކަން ވެސް.. އެކަމަކު އަހަރެން އިމް ހޯދަން ބޭނުންވެފަ ހުރީމަ މި ކިޔާދެނި.. އަހަރެންނަށް ހީވަނީ މިތާ ކޮންމެވެސް ރޫހާނީ ކަމެއް އުޅޭހެން.. އެހެން މި ބުނީ ފުރަތަމަ އަހަރެން ވެއްޓުނެއްނު ދުވަހެއް މިރަށުގަ.. އެކަމަކު އެނޫން ދުވަހަކު ވެއްޓުނު ތަނެއް ނުދެކޭނެ ނުން ތި މީހުންނެއް.. ދެން އިމްއަށް ވެސް ފެނުނޯ ކަޅުކުލައިގެ ހިޔަންޏެއް.. ރަތް ހެދުންއިގެން ހުރި މީހެއް ވެސް ފެނުނޯ.. ދެން އަހަރެންނަށް ވެސް ފެނުން އެ ހުރިހާ ކަމެއް.. ޒާޔާއަށް ވެސް އިނގޭނެ… އެކަމަކު ނުބުނީ ތިމީހުން ބިރުގަނެފާނެތީ.. ” އިދާން ވާހަކަ ދައްކަމުން ދިޔައިރު ޒަހާއަށް އެއީ ތެދެކޭ ގަބޫލުކުރެވުނެވެ. އެއީ ޒަހާއަށް ވެސް އެކަހަލަ ރަތް ހެދުންލީ މީހެއް ފެނިފައި ވުމުންނެވެ.
ޒަހާމާ ކަމަކާ ވިސްނާހެން ހީވެގެން ޒިންޔާ ސުވާލުކުރިއެވެ.
” އޭ ޒަހާ.. ކަމަކާ ވިސްނަނީތަ.. ކިހިނެއްވީ.. ” ޒަހާ ބުންޏެވެ.” އާނ.. އަހަރެން އެބަ ވިސްނަން ޒިން.. އަހަރެންނަށް ގަބޫލު ކުރެވޭ އިދާންބެ މެން ދައްކާ ވާހަކަ.. އަހަރެންނަށް ވެސް ފެނުން ރަތް ހެދުންމެއް ލައިގެން ހުރި މީހެއް.. ” ޒަހާ އެހެން ބުނުމުން މީ މަޖާނޫންކަން ޒިންޔާއަށް ހީވިއެވެ. އަދި އިމްޝާއާ އިދާންއާ ޒާޔާ އެހާ މަޑުން ހުންނަ ސަބަބުވެސް އެނގިއްޖެއެވެ. ޒިންޔާ ބޭނުންވީ އަވަހަށް ރަށަށް ދާށެވެ. ނަމަވެސް އިމްޝާ ހޯދަން ޖެހުމުން އަވަހަށް އެންމެން ނަމާދު ކޮށްގެން ސައިވެސް ނުބޮއި ދިޔައީ އިމްޝާ ހޯދަން ރަށުތެރެއަށެވެ. އެތަންމިތަން ބެލިއިރު ވެސް އިމްޝާއެއް ނުފެނުނެވެ.
އިމްޝާ ލޯ ހުޅުވާލުމާއެކު ފެނުނީ ކަޅު އަދިރިކަމެވެ. އިމްޝާ ކުޑަކޮށް ބިރުގަތެވެ. ރޭގަވީ ކަންތައް ހަނދާންވުމާއެކު އިމްޝާއަށް ފުންމައިގެން ތެދުވެވުނެވެ. އިދާންމެން އޭނަ ހޯދަން އުޅޭނެކަން ހަނދާންވުމުން ރޮވުނެވެ. ނަމަވެސް ހިތްވަރާއެކު ތެދުވެ ހިނގައިގަތީ އަލިކަމެއް ފެނޭތޯ އަތް ހޫރަމުންނެވެ. ނަމަވެސް އެއްވެސް އެއްޗެއްގައި އަތެއް ނުޖެހެއެވެ. އިމްޝާ ދިޔައީ ހިނގަމުންނެވެ. ނަމަވެސް ކުރިއަކަށް ނުދެވެއެވެ. އިމްޝާ ބޮޑަށް ބިރުގަންނަން ފެށީ އެހެންވެއެވެ.
މެންދުރުވީއިރު ވެސް އިމްޝާއެއް ނުފެނުނެވެ. ނަމަވެސް ބަނޑުހައި ވުމާއެކު އެންމެން މަސައްކަތް ހުއްޓައިާފައި ކައިގެން ނަމާދު ކޮށްގެން އަނެއްކާވެސް ބެލީ އިމްޝާ ހޯދޭތޯއެވެ. އެމީހުން ވަލުތެރެއަށް ދާތީވެ މިފަހަރު ކޮތަޅަކަށް ކާއެއްޗެހި އަޅައިގެން ދިޔައީ އެތާތިއްބައި ބަނޑުހައިމެދާނެއެތީއެވެ. އަދި ބޮޑު ފެންފުޅިއެއް ގެންދިޔައީ ވުޟޫ ކުރާށެވެ. އެންމެން ރަނގަޅަށް ތައްޔާރުވެލައިގެން ވަލުތެރެއަށް ވަންނަން ދިޔައެވެ. ޒާޔާއަށް ކޮންމެސް ކަމެއް ގޯސްވާން އުޅޭހެން ހީވިއެވެ. ނަމަވެސް އިމްޝާ ގެއްލުމުން ޒާޔާމާ ބޮޑަށް ބިރުގަނެ ދެރަވެފައި ހުރުމުން އިދާންމެންނާ އެއްކޮށް ވަލުތެރެއަށް ވަނީއެވެ.
ދަމުން ގަސްގަހުން ފެންނަ ކުދި މެވާ ކަހަލަ އެއްޗެހި ބިންމުން އެމީހުންދިޔައީ ކާއެއްޗެހި މަދުވެދާނެ ތީއެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް އިމްޝާ ފެނޭތޯ ވަށައިގެން ލައިލިއެވެ. އެންމެ ފަހުން އަސުރު ވަނިކޮށް އެތާހުރި ގަސް ކައިރީގައި އިނށީނދެލީ ވަރުބަލި ފިލުވައިލާށެވެ. އެހެން އިންދައި އިދާން އަށް އިދާންގެ މަންމަ ބުނި ބަސް ހަނދާން ވިއެވެ.
” އިދާން.. އިދާން ވާނެ ހުރިހާ ކުދިން އުޅޭގޮތް ބަލަން.. ކުއްޖަކަށް ކިރިޔާ ކަމެއް ވިޔަސް މަންމަ އަށް ގުޅައްޗޭ.. މަންމަ ދާނަން ތިކުދިން ބަލައި.. ހާއްސަކޮށް އިމްޝާ އެކަނި ތަނަކަށް ނުފޮނުވާތި އިނގޭ.. ތީ އަދި ފަޅުރަށެއް.. އިމް ގެއްލުނަކަސް ނޭނގޭނެ އޭރަކުން.. އަދި ޒިންޔާއާ ޒާޔާއަކީ ނުލާހިކު ބިރުގަންނަ ކުދިންކަން އިދާންއަށް ވެސް އިނގޭނެ. އެހެންވީމަ މަންމަ ބަލާނަން އިދާންމެންގެ ހާލު.. ” އިދާއަށް މޫނުގައި ހިފާލެވުނީ މަންމަ ބުނި ބަސް މަތިން ހަނދާންވުމުންނެވެ. އަވަހަށް ގެނައި ކޮތަޅު ހާވައި ލެވުނީ ފޯނު އިންތޯ ބަލާށެވެ. އެވަގުތު ހަނދާންވީ އޭނަ ފޯނު ޗާޖު ދިޔަކަން ހަނދާންވުމުންނެވެ. ދެން ބަލައިލީ ޒާޔާއާ ދިމައެވެ. ” ޒާޔާ.. އެބައޮތްތަ ފޯނު.. ” ޒާޔާ ކައިރީގައި އެހުމުން ޒާޔާ ބުންޏެވެ.” ނޫން.. ދެންމެ މި ހަނދާންވި ފޯނު ނުލައިކަން އާދެވުނީ.. ” ޒާޔާއަތުގަ ފޯނު ނެތުމުން ޒަހާ ކައިރީގައި އެހިއެވެ. ނަސީބަކުން ޒަހާ އަތުގައި ފޯނު އޮތެވެ.
” ނަސީބެއް.. މަންމަ ބުނި ކަމެއްވެއްޖެޔާ މަންމައަށް ގުޅާށޭ.. އަވަހަށް ހިނގާބަ ގުޅަން.. ” އިދާން އެހެން ބުނުމުން ޒަހާ ފޯނުނަގައި މަންމަގެ ނަންބަރަށް ގުޅާލިއެވެ. ނަމަވެސް ފޯނު ތިރިކޮށްލި ގޮތުން އިދާން ހާސްވިއެވެ. ” އިދާންބޭ.. ފޯނުގަ ބެލެންސް އެއް ނެތް.. ” ޒަހާ އެހެން ބުނުމުން އިދާން ކަންތައް ބޮޑުވިއެވެ. ވާވަރަށް އަރާމު ކޮށްލުމަށްފަހު އެންމެންވެސް އަނެއްކާ ހިނގައިގަތީ އިމްޝާ ފެންނާނެ ކަމުގެ އުންމީދުގައެވެ.
ޒަހާ އެތާހުރި ގަހެއްގައި ލެނގިލީ ބަނޑުހައިވެގެންނެވެ. އެވަގުތު އިދާން އަތުގައި އޮތް ކޮތަޅުން ކުޑަ އާފަލެއް ނަގާފައި ކުޑަވަޅިއެއްނަގައި އެ އާފަލު މަށައިލިއެވެ. އެގޮތަށް ދެތިން އާފަލު މަށައިލުމަށްފަހު 4 މީހުން ކާންފެށިއެވެ. ކައިނިމިގެން އެތާ އޮށޯތީ ވަރުބަލި ވެގެންނެވެ. އެހެން އޮއްވައި 4 މީހުންނަށް ވެސް ނިދުނެވެ.
އިމްޝާ ވަރުބަލިވެގެން އެތާ ތިރީގައި އިށީނެވެ. ނަމަވެސް ބަނޑުހައިވެފައި ހުރުމުން އޭނައަށް ނިދޭގޮތެއް ނުވިއެވެ. އަނެއްކާވެސް އިމްޝާ ތެދުވީ ކާއެއްޗެއް ލިބޭތޯއެވެ. ނަމަވެސް ކާއެއްޗެއް ލިބޭނީ ކުރިއަށް ދެވިގެންނެވެ. އިމްޝާއަކަށް ކުރިއަކަށް ނުދެވެއެވެ. އެންމެ ފަހުން އެހެން އުޅެނިކޮށް އިމްޝާއަށް ނިދުނީއެވެ.
ދެން އިމްޝާއަށް ހޭލެވުނީ މޫންނަށް އަލި އެޅޭހެން ހީވުމުންނެވެ. އިމްޝާ ތެދުވެ ވަށައިގެން ބަލައިލިއެވެ. އޭރު ކުދި ކޮކާތަކާއި ދޫނިތައް މިނިވަންކަމާއެކު އުދުހެމުން ދެއެވެ. އިމްޝާ ބަނޑުހައިވެފައި ހުރުމުން އެތަނުގަ ހުރި ގަހަކުން އާފަލެއް ބިނދެލައިގެން ކާންފެށިއެވެ. އެ އާފަލު ކައި ނިންމައިގެން އިމްޝާ އެތާ އޮތް ކޯރެއް ކައިރިއަށް ފެންބޯން ދިޔައެވެ. އިމްޝާ ހިތްފުރޭވަރަށް ފެން ބުއިމަށް ފަހު ތެދުވެ ވަށައިގެންވާ މާހައުލަށް ބަލައިލިއެވެ. އާދަޔާ ޚިލާފެވެ. އެއީ އިމްޝާމެން އައި ފަޅުރަށެއް ނޫނެވެ. ނަމަވެސް ކެއުމުގެ ސަބަބުން އިމްޝާ ބޭނުންވީ ނިދާލާށެވެ. އެހެންކަމުން އެއޮތް ތަނާ ދޭތެރޭ ނުވިސްނައި އިމްޝާ އެތާހުރި އާފަލު ގަހެއް ކައިރީގައި އޮށޯވެލިއެވެ. އިރުކޮޅެއްނުވެ އިމްޝާއަށް ނިދުނެވެ.
ޒާޔާއަށް ހޭލެވުނީ މީހަކު ޒާޔާގައިގައި ކޮއްޓައިލި ހެން ހީވެގެންނެވެ. މަޑުމަޑުން ޒާޔާ ތެދުވެ އިށީނެވެ. ނަމަވެސް ހަމައެކަކު ނެތުމުން ޒާޔާ އެކަނިއިންނަން ކުޑަކޮށް ޖެހިލުންވިއެވެ. އަވަސްއަވަހަށް ޒާޔާ އެހެން މީހުނައް ގޮވައިފައި ބުންޏެވެ.” ނުނިދަ ހިނގާބަ އިމް ހޯދަން.. މިހާރު ނޭނގެ އޭނަ އުޅޭނެ ހާލެއްވެސް.. ” އެހެން ބުނުމުން އެންމެން ފެންބޮއިގެން އިމްޝާ ހޯދަން ދަތުރު ފެށިއެވެ.
އިމްޝާއަށް ހޭލެވުނީ އިމްޝާ ތަނަކު ބަނދެފައި އޮއްވައެވެ. ކޮންމެވެސް މީހަކު އެތާ ހުއްޓެވެ. އިމްޝާ ލޯ ހުޅުވައިލި ތަނާހެން އޭތި އިމްޝާއާ ދިމާއަށް ބަލައިލިއެވެ. މޫނުގެ އެކި ތަންތަނުގައި ޒަހަމްވެފައި ހުއްޓެވެ. އަދި އޭނަކައިރިގައި ކުޑަ ކުއްޖެއް ހުއްޓެވެ. ހިވާގޮތުން އޭނަގެ ދަރިފުޅެވެ. އެކުއްޖާ މޫނު ވަކިނުވާ ވަރަށް ޒަހަމްވެފައި ހުއްޓެވެ. އިމްޝާ ބިރުންގޮސް ހޭނެތުނެވެ. އެމީހުން އެމީހުން މޫނުމަތީގައި ވިހަ ހިނިތުންވުމެއް ހުއްޓެވެ. އެތަނުހައި ހުރި ކުޑަކުއްޖާ އިމްޝާގެ ސިފައަށް ބަދަލުވެލިއެވެ. އޭނަ ވާހަކަ ދެއްކިއިރުވެސް ހުރީ ހަމަ އިމްޝާގެ އަޑެވެ. އެ މީހާ އެ ކުއްޖާއާ ދިމާއަށް އިޝާރާތެއް ކޮށްލުމާއެކު އެކުއްޖާ އެތަނުން ގެއްލުނެވެ.
އިދާންމެންނަށް ވަކިހިސާބަކަށް ދެވުމާއެކު ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވުނެވެ. އެއަޑު އިމްޝާގެ އަޑާ ވައްތަރުވެގެން ޒިންޔާ ބުންޏެވެ.” އިދާންބޭ، ޒާޔާ.. އެއިވެނީ އިމްގެ އަޑުތަ؟؟ ވަރަށް ވައްތަރު.. ” ޒިންޔާ އެހެން ބުނެލުމުން އެއަޑު އަންނަ ދިމާއަށް އިދާންމެން ދިޔައެވެ. އޭރު އެތާ ބިންމަތީގައި އިނީ އިމްޝާ އިނެވެ.” އިމް.. މިތާ ކީއްތިކުރަނީ.. މިހާރު ކިހާ އިރެއް އިމް ހޯދާތާ.. އިމް އަށް ކަމެއްވީތަ.. އަޅެ ބުނެބަ ޒިންދައްތަ ކައިރީގައި.. ” ޒިންޔާ ހާސްވެފައި ހުރިހާ ސުވާލެއް ކުރިއެވެ.
” ޒިންދައްތާ..އިމްއަކަށް އެއްވެސް ކަމެއް ނުވޭ. އެކަމަކު އިމްއަށް ހޭލެވުނުއިރު މިތާ އޮތީ.. އެހެންވެ އިމް ދެން މިތާ އިނީ.. ” އިމްޝާ އެވާހަކަ ބުނުމުން އެންމެން އަވަހަށް އިމްޝާ ޓެންޓުކައިރިއަށް ގެންދިޔައެވެ. އިމްޝާއާ އެއްކޮށް އެންމެން ސަކަރާތް ޖަހަން އުޅުނެވެ. އެންމެން މަޖާކުރަމުން ގޮސް ހުއްޓައިލީ އިރު އޮއްސުމުންނެވެ. އެންމެންވެސް ކުރިން ނިދީ މާދަމާ އަކީ ރަށަށް ފުރާ ދުވަސް ކަމުންނެވެ. އެންމެން ނިދުމުން އިމްޝާ ޒާޔާއާއި ޒިންޔާގެ ފޯނު ތަޅައިލައި އެމީހެއްގެ ފޯނު އެމީހެއްގެ ގައިދަށަށްލިއެވެ. އިމްޝާވެސް އެތާ ތަންކޮޅެއް ގައި އޮށޯވެލީ ހަމަޖެހިލަމުންނެވެ.
ހެނދުނު ތެދުވެ ޒިންޔާ އާއި ޒާޔާ ރޯންފެށުމުން ނިދައިފައި ތިބި މީހުންނަށް ހޭލެވުނެވެ.
ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.


Kuriah vyre intresting..keep up the gud wrk?
Thank you laalu…. ??☺️
Adhivas nuneran tha ? please avahah neribala kiyaahi thunne mi hunnane
Sorry varah bodah… Aslu alhugandu kudakoh busy kamun iyya submit nukurevuny… Ekam dhnme submit kollaafin inthizaaru kollahvva…??☺️
6 wana ba Koba
Submit kollaafa vaane… Inthizaaru kohllah vaa laisha??☺️
you made me very curious
PLEASE avaha dhen oii bai up koh dhechey!??????
Ok and Thank you….??☺️