Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ކަލާޔައް އެދޭތީ..19

Cherrychoppers Level 3100 Login10 Stories100 Comments
July 15, 2020 One Min Read
4 Comments

“އާދޭ ދެކުދިން ކާން” ކޮޓަރީގެ ދޮރު ހުޅުވައިލާފައި

ވަތް ރަފީގާ ފުޅާ ހިނިތުންވުމަކާއި އެކު ބުނެލިއެވެ.

އެއާއިއެކު ދެމީހުންވެސް ރަފީގާގެ ފަހަތުން ހިނގައިގަތެވެ.

ކާކޮޓަރިއަށް ވަތްއިރު އެތަނުގައި ޒާއިޝް އިނެވެ.

ވަގުތުން އިވްރާގެ އަތް ފައި ފިނިވެ ހިތުގެ ތެޅުން

އަވަސްވެލިއެވެ. މަޑުމަޑުން ޒާއިޝް ކުރިމަތީގައި

އިން ގޮނޑީގައި އިވްރާ އިށީންދެލިއެވެ. އެވަގުތު

ޒާއިޝް އިސްއުފުލާ ބަލާލުމުން ދެމީހުންގެ ހަތަރުކަޅި

ހަމަވިއެވެ. އިވްރާގެ މުޅި ގައިން ހީބިހި ނަގައިގެން

ދިޔަހިނދު ޒާއިޝްގެ ނަޒަރުގައިވީފޫހި ކަމާއި

ފަރުވައިކުޑަކަމެވެ. ހިމޭންކަމާއިއެކު ތިންމީހުން

ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. ކިޔާރާގެ ފޯން

ރިންގް ވާން ފެށުމުން އޭނާ ކައިރީގައި ތިބި ދެމީހުންނަށް

ނަޒަރެއް ދެމުން ފޯން ހިފައިފައިގެން ކާކޮޓަރިން ނިކުތެވެ.

މުޅީ ކޮޓަރީގައި ޒާއިޝް އާއި އިވްރާ އެކަނިވުމުން

ނޭންގޭ އަސަރުތަކެއް އިވްރާގެ ހިތަށް ވެރިވިއެވެ.

ކުޑަކޮށް ފަހަތަށް އެނބުރިލުމާއިއެކު ގޭގެ ސިޓިންރޫމުގައި

ކޮންމެސް މީހަކާއި ފޯނުން ވާހާކަ ދައްކަން ހުރި

ކިޔާރާ ފެނުނެވެ. ހިންދިރުވައިލަމުން އޭނާ ޒާއިޝް

އާއިވީފަރާތަށް އެނބުރުނު ގަޑީގައި މުޅި މެއަށް

ފިނިވެލައިގެން ދިޔައެވެ. ގޮނޑިގައި ރީއްޗަށް

ހަމަޖެހިލައިގެން އިނދެ އެއްފައި މަށްޗަށް އަނެއްފައި

ލައި ތަޅުވައިލަ ތަޅުވައިލަ އިން ޒާއިޝް ގެ ތޫނު ނަޒަރު

އެންމެ ފަހަރަކުވެސް އިވްރާގެ މޫނުން ނުނައްޓައެވެ.

މި އަންހެން ކުއްޖާގެ ތަފާތު މިޖާޒު ޒާއިޝް ހޯދަން

ބޭނުންވަނީ ކީއްވެކަމެއް ޙުދު އޭނައަކަށްވެސް ނޭނގެއެވެ.

އޮމާންކަން އެކުލެވިގުންވާ އެ ރީތި މޫނުން އެއްވެސް

އެއްޗެއް ތަރުޖަމާ ކުރަން އޭނަ ނުކުޅެދުނެވެ.

ހިނދުކޮޅަކަށް ނަމަވެސް އެ ރީތި ކަމުގެ ޖާދޫގައި

ޒާއިޝް ގެ ހިތް އޮޔާ ދަމުން ދާކަހަލައެވެ.

އިވްރާގެ ހާލަކީތޯއެވެ.. ކަޅި ޖަހާނުލައި ޒާއިޝް

އެމޫނަށް ބަލަމުންދިޔަ ގޮތުން އެންމެ ކާއެތިކޮޅެއްވެސް

އޭނަގެ އަރުތެރެއިން ނުދިރުނެވެ. އުފާވެރިކަމުގެ ރާޅުބާންޔެއް

މުޅި ހަށިގަނޑުތެރޭގައި ދައުރުވެލިކަމުގައިވިޔަސް

ހިނދުކޮޅެއްގެ ތެރޭގައި އޭނާ ދާހިތްލާ ފޯވެއްޖެއެވެ.

މަޑުމަޑުން އަތް ހަރަކާތް ކުރަމުން ގޮސް ކައިރީގައި

ހުރި ފެންތަށި އިވްރާ ނެގިއެވެ. އެއާއެކު އެއަތުގެ

ތުރުތުރުލުމާއި އެއްވަރަށް އެ ތަށި ތެޅެން ފެށި ގޮތުން

ޒާއިޝްގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް

ދުވެލިއެވެ. ހިނިގަނޑު މަތަކުރުމަށްޓަކައި އޭނާ

މުއްކަވާލެވިފައިވާ އަތް އަނގަމަތީ އަޅާލަމުން ދެދަތް

ދޭތެރޭ ހިފަހައްޓާލިއެވެ. ޒާއިޝްގެ އެއަމަލުން އިވްރާ

ލަދުންހަލާކުނުވީ ކިރިޔާއެވެ. މިއޮތްހާއިރު އިސްޖަހައިގެން

އިނދެގެންވެސް އޭނާ އަށް މަޑުމަޑުން ޒާއިޝްއާ ދިމާލަށް

ބަލާލެވިއްޖެއެވެ. ލާނެތްކަން ފެންނަމުން ދިޔަ ޒާއިޝްގެ

މޫނުން ނަޒަރު ވަކިކޮށްލަމުން ހިތްވަރުކޮށްފައި އިވްރާ

އެ ތަށިގައި ތުންޖަހަމުން އެއްނޭވައިން ދަމާލިއެވެ.

“އިވީ.. ކޮބާ ހިނގާ ދަމާ” އެވަގުތު އެތަނަށް އައި

ކިޔާރާ ކޮޅަށްހުރެ ފެންތަށްޓެއް ބޯލިއެވެ. “އިވީ..” ވައި

އަޑުން ޒާއިޝް އަށް އެނަން ތަކުރާރުކޮށްލެވުނެވެ.

ހިތަށްވެރިވި ޙިޔާލުން އޭނާ އަށް ހިނިތުންވެލެވުނު

ނަމަވެސް ދެވަނަ ސިކުންތުގައި އެ ހިނިތުންވުން

ފިލައިގެދިޔަހިނދު އޭނާއަށް އަތް މުއްކަވާލެވުނެވެ.

އެހެން ވާންވީ ކީއްވެ ހެއްޔެވެ؟.. ތިން އަހަރަށްފަހު

އެ ހިތުގައި ނިދާފައި އޮތް ލޯބި ހޭލަންފެށީހެއްޔެވެ؟..

ނޫނެކެވެ. ދެވަނަ ފަހަރަށް ދެން މީހަކު ދެކެ އޭނާ

އަކަށް ލޯތްބެއް ނުވެވޭނެއެވެ. އެހެންނަމަވެސް އެ

އަންހެންކުއްޖާ ފެންނަ ކޮންމެފަހަރަކު ތަފާތު

އިހްސާސް ތަކެއް އެ ހިތަށް ވެރިވެއެވެ. މި

އިހްސާސް ތަކަށް މޫނު އަނބުރާލަން އޭނަ ކިތަންމެ

މަސައްކަތް ކުރިޔަސް ކޮންމެ ފަހަރަކު އެ ހިތް

މަގާމުން ދޫވާހެން ހީވަނީއެވެ. ގޮނޑީގައި ބޯ

ޖައްސާލަމުން ޒާއިޝް ސީލިން އަށް ނަޒަރު

ހުއްޓާލިއެވެ. އެއާއެކު މާޒީގެ ސަފުހާތަށް

އެއްވެސް އިޙްތިޔާރަކާއިނުލާ އުކަން ފެށުނެވެ.

*******************************

މެންދުރުގެ ހޫނު އަވިން މުޅި މާލެ ފިއްސަމުން

ދިޔައެވެ. ހަލަބޮލި މަގުގައި ބާރަށް ސައިކަލް

ދުއްވަމުން ދިޔަ ޒާއިޝް ސައިކަލް ޕާކު ކުރީ

ކެފޭގެ ކުރިމަށްޗަށެވެ. ސައިކަލް މަތީގައި ރީއްޗަށް

ހަމަޖެހިލަމުން އޭނާ ފޯން ކަންފަތުގައި ޖަހާލިއެވެ.

އެކޮޅުން ދެއްކި ވާހަކަ އަޑުއެހުމަށްފަހު އޭނާ

ސައިކަލް ގައި ހަމަޖެހިލަމުން ފޯނާ ކުޅެން

ފެށިއެވެ. އެވަގުތުކޮޅުގެ ތެރޭގައި އެތަނުން ދާހާ

ޒުވާން އަންހެން ކުއްޖެއްގެ ނަޒަރު ޒާއިޝް އަށް

ހުއްޓެމުންދިޔައެވެ. ކަޅު ކުލައިގެ އަތްކުރު ޓީޝާޓް

އަކާއި އަޅި ކުލައިގެ ހިމަ ފަޓުލޫނުގައި ޒާއިޝް

ފެންނަލެއް ނުހަނު ހިތްގައިމެވެ. ކަޅު ކުލައިގެ

ރޭބަން އައިނަކުން އެ އަސަރުގަދަ ދެ ލޯ

ފޮރުވާލެވިފައިވާއިރު އިސްތަށިގަނޑު ސްޓައިލް

ކުރެވިފައިވާލެވެސް ނުހަނު ރީއްޗެވެ. “ހޭއި ހޮޓީ”

ކައިރިއަށް އައިސް ހުއްޓުނު އަންހެން ކުއްޖެއް

ތުއި އަަޑަކުން ބުނެލިއެވެ. އެވަގުތު ޒާއިޝް ގެ

ތުންފަތުގައި ބޮޑާވެރި ހިނިތުންވުމެއް ފާޅުވިއިރު

“ފްލާރޓް” ކޮށްލުމުގެ ނިޔަތުގައި އައިނު ހިތްލާލާ

އެ ކުއްޖާއަށް އެއް ލޯ މަރާލިއެވެ. އެ އަންހެން

ކުއްޖާގެ ލޮލުގެ ވިދުވަރު ގަދަވެގެން ދިޔައެވެ.

އަދި އޭނާގެ މުށި ކުލައިގެ އިސްތަށިގަނޑުގައި

އަތް ހިނަގާލަމުން ކުރިއަށް ހިނގައިގަތީ މޭ

ފުއްޕައިގެން ހުރެއެވެ. އެތަންފެނި ޒާއިޝް

ހިނިގަނޑެއް ޖަހާލިއެވެ. ” އޭތް މޭން.. ހާދަ

ހިންގައިލައިގެން” ފަހަތުން އައި ކަޔާން ޒާއިޝްގެ

ބުރަކަށީގައި ބޮނޑިއެއް އަޅުވާލަމުން ދެބުމަ އަރުވައިލިއެވެ.

ހަމައެކަނި ހިނިގަނޑަކުން ފުއްދާލަމުން ޒާއިޝް އާއި

ކަޔާން ކެފޭ އަށް ވަދެގެން ދިޔައެވެ. “އޭ ޒާއިޝް

މިރޭ އަންނަށްޗޭ އަހަރުން ގޭގަ އެބައޮތް ކުޑަ ޕާޓީއެއް

އިނގޭނުން ޒުމް.. ޒުމްރާ.. އޭނަ އައިއްސި މިއަދު

އޮސްޓްރޭލިއާއިން ކިޔަވައިގެން” ގޮނޑީގައި

ހަމަޖެހިލަމުން ކަޔާން ވާހަކަ ދެއްކިއެވެ. “ޒުމް..

އަމްމް.. ޔާޔާ އެނގިއްޖެ ޒޮމްބީ އެއްނުން ހެހެ..

ޝުއަރ ބްރޯ” އިރުކޮޅަކު ވިސްނަން އިނުމަށްފަހު

ޒާއިޝް ހީލިއެވެ. އެއާއެކު ކަޔާން ދެބުމަ ގޮށް ޖަހާލަމުން

ދެލޯ ހަނިކޮށްލިއެވެ. ދެ ކޮނޑު އަރުވައިލަމުން

ޒާއިޝް އަނެއްކާވެސް ހިނިގަނޑެއްޖަހާލިއެވެ.

***********************************

“ޒާއިޝް ދަރިފުޅާ” ކާކޮޓައިއަށް ވަތް ރަފީގާ ގޮވާލިއެވެ.

ޒާއިޝް ބޯ ހިއްލާލާ ރަފީގާ އަށް ބަލާލަމުން ފަނޑު

ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. “ކޮބާ ޒޫކީ..”

ގޮނޑިން ތެދުވެލަމުން ޒާއިޝް އެއްސެވެ. “ހަމަ

ދެންމެ ކޮޓަރިއަށް ލައިފަ މި އައީ” ތަށިތަށް

ނަގަމުން ރަފީގާ ޖަވާބު ދިނެވެ. މަޑުހިނގުމެއްގައި

ގޮސް ޒާއިޝް ކޮޓަރިއަށް ވަނެވެ. އޭރު އެނދުމަތީގައި

ނިދާފައި ޒުކާ އޮތެވެ. ލައިފައި ހުރި ގަމީސް ބާލާ

އެނދުގެ އެއްފަޅީގައި އޮށޯވެލަމުން ޒުކާގެ ނިއްކުރިއަށް

ލުއިކޮށް ބޮސްދިނެވެ. އެނދުގެ ފަޑީގައި ބޯ ޖައްސާލަމުން

އޭނާ ފަރާތްފަރާތަށް ނަޒަރު ހިންގާލިއެވެ. ކޮޓަރީގެ ކޮންމެ

ކަނަކުންވެސް ފަނޑުވުމެއްނެތް ހަނދާންތަކެއް އާކޮށްދެމުން

ދިޔައެވެ. ހިންދިރުވައިލަމުން އޭނާ ނިއްކުރީގައި އަތް

ބާއްވާލިއެވެ. އެވަގުތު އަނދިރި ކަމުގެ ފުން ކަނޑެއްފަދަ

އެ މާޒީގެ ތެރެއަށް އޭނާ އަށް ފީނާ ގަނެވުނެވެ.

*********************************

މ.ޒިކޯ ގޭގެ ދޮރުމައްޗަށް ސައިކަލް ހުއްޓާލަމުން

ޒާއިޝް ކަޔާން އަށް ފޯން ކޮށްލިއެވެ. މަގުގެ

ދެފަރާތް ބަލާލަމުން އޭނާ އެގޭގެ ތެރެއަށް ވަދެގެން

ދިޔައެވެ. އެބޮޑު އިމާރާތުގެ ޓެރެސް މަތީގައި ތިބި

ޒުވާން ފުރައިގެ ފިރިހެން ކުދިންތަކެއް ކައިރިއަށް

ކައިރިއަށް ޒާއިޝް ޖެހިލިއިރު އެތަނުގައި ކަޔާންވެސް

ހުއްޓެވެ. ޕާރޓީގެ ކުލަޔާ އެއްގޮތްވާ ގޮތުގެ މަތިން

ކޮންމެ މީހަކުވެސް ހެދުން އަލާފައިވަނީ ކަޅާއި

ހުދުންނެވެ. ހުދުކުލައިގެ ގަމީހެއްގައި ޒާއިޝް

ހުރިއިރު އޭގެ މަތިން އޭނާ ލައިފައި ހުރީ ކަޅު

ކުލައިގެ ކޯރޓެކެވެ. ކަޅު ޓައީ އަކުން ކަރު

ބައްދާލައިފައި ވާއިރު ލައިގެން ހުރި ފަޓުލޫނުގެ

އިތުރުން އަރައިގެން ހުރި ބޫޓު ވެސް ހުރީ

މަން ކަޅު ކުލައިގައެވެ. ތަންކޮޅެއް ދުރުގައި

ރަފީގާ ހުރި އިރު އޭނަ އާއި ދާދި ކައިރީގައި

ހާލިދްގެ އިތުރުން އާދިލް އާއި ޖުމައްޔާ ހުރީ

އޮލަ ވާހަކައެއްގައެވެ. ހުރި ދިމާލަށް ހުއްޓެމުނު

ޒާއިޝް ކޯކް ތަށްޓެއް ނަގަމުން ވަށައިގެން

ނަޒަރު ހިންގާލިއެވެ. ” މައި ގޯޑް.. ޝީއިޒް

ގޯރްޖަސް..” ކައިރީގައި ހުރި ދެ އެކުވެރިން

ކުރެ އެކަކު ބުނެލުމުން ޒާއިޝް ފަހަތްބަލާލިއެވެ.

(ނުނިމޭ…)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Cherrychoppers

Level 3100 Login10 Stories100 Comments

Other Articles

Previous

ނޭނގި ވެވުނީ ލޯތްބޭ- 3

Next

އެދެނީ އެކުގައިވާށޭ 4

Next
July 15, 2020

އެދެނީ އެކުގައިވާށޭ 4

Previews
July 15, 2020

ނޭނގި ވެވުނީ ލޯތްބޭ- 3

4 Comments!

  1. Unknown says:
    July 15, 2020 at 4:49 pm

    Vrh vrh reethi mi part ves?? curiously waiting for next part?? zaaish haadha cute eyy ??

    1. Cherrychoppers says:
      July 15, 2020 at 8:34 pm

      Hehe ?Jazaakillah khairan sis .. next part insha allah varah avahah ?

  2. Shuba... says:
    July 16, 2020 at 12:07 am

    Haadha dhuvahakaffahu ey thi up kury
    Btw vhk vrh reethi

    1. Cherrychoppers says:
      July 16, 2020 at 1:57 am

      Yaa sorry for that dear jazaakillah khairan ❤❤

Comments are closed.

Next Episodeހިތް ކަލާޔަށް އެދޭތީ..20←


All Right Reserved!