އިންތިޒާރު 20
އަވަސްއަވަހަށް ސައިބޮއިނިމިގެން ޒާޔާ ކޮޓަރިއަށްވަނެވެ. އަދި ފެންވަރައިގެން ތައްޔާރުވެލުމަށްފަހު ނަމާދުކޮށްލިއެވެ. އަދި އަނެއްކާވެސް ކޮލެޖަށް ދިއުމަށް ގެއިންނުކުންނަން ހިނގައިގަތެވެ. އެވަގުތުވީ ރާއިންވެސް ގެއަށް ވަތްވަގުތަށެވެ. ޒާޔާއަށް ރާއިން އެފެނުނީ ބަރާބަރު އެއްހަފްތާ ފަހުންނެވެ. އަދިވެސް ރާއިން ފެނުމުން އެހިތުގައި ނޭނގޭ އިހުސާސެއް ދައުރުވެލައެވެ. ރާއިންއަށްވެސް ވީހަމައެހެނެވެ. ހިނގުންމަޑުކޮށްލެވުނީ ފަރިވެލައިގެން އަންނަ ޒާޔާފެނުމުންނެވެ. އެއަޑުވެސް ނީވޭތާ އެތަށްދުވަހެއްވީއެވެ. ރާއިންގެ ނަޒަރުހުއްޓިފައިހުރީ ޒާޔާގެ ލޮލަށެވެ.
ޒާޔާރާއިން ފަސްދީދާންފެށުމުން ޒާޔާގެ އަތުގައި އޭނަހިފާލިއެވެ. ފަހަތަށް އެނބުރިފައި ޒާޔާގެ ދެއަތްތިލައިގައި ހިފާލިއެވެ. އަދިމަޑުމަޑުން އެދެއަތުގައި ބޮސްދެމުން މައާފަށް އެދުނެވެ. “އެމް ސޯ ސޮރީ، ބޭބީ އައި ލަވްޔޫ، ވިލްޔޫ ޖަސް ކަމްބެކްޓް މީ. ޕްލީޒް”
“ރާއިން އަހަރެން ދޫކޮށްފަދިޔަމީހަކީ، އަހަރެންނެއްނޫން” ރާއިންގެ އަތުގެތެރެއިން އޭނަގެ އަތް ނަގަމުން ޒާޔާބުނެލިއެވެ.
ޒާޔާ އިސްއުފުލާފައިބަލާލިއެވެ. ނަމަވެސް ރާއިންގެ ބޭވަފާތެރިކަން ހަނދާންވެފައި އިސްއޮބާލާފައި ހިނގުންބާރުކޮށްލިއެވެ. ރާއިންއަށް ހިޔާލީދުނިޔެއިން ބޭރަށްއާދެވުނީ ދެނެވެ. އޭރު ޒާޔާ ރާއިންފަސްދީ ދަނީއެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު މަޑުމަޑުން ޒާޔާއަށް ގޮވާލިއެވެ. ޒާޔާއަށް އެއަޑުއިވުނުކަމުގައި ވިނަމަވެސް އެއަޑަށް ޒާޔާދިނީ ބީރުކަންފަތެކެވެ. ރާއިން ޒާޔާއަށްގޮވީ ނޫރާ ބުނިވާހަކައެއް އޭނަގާތުގައި ބުނުމަށެވެ. ނަމަވެސް ދެވަނަފަހަރަށް ޒާޔާއަށް ގޮވަން އޭނައަށް ނުކެރުނީއެވެ. ބޮލުގެ އިސްތަށިތަކުގެތެރެއަށް އަތްމަހާލުމަށްފަހު ފަޒާގެ ތެރެއަށްފުންނޭވައެއް ދޫކޮށްލިއެވެ. އަދިގޭތެރެއަށް ވަންނަން ހިނގައިގަތެވެ.
ކޮލެޖަށްދިޔަ މަގުމަތީގައި ޒާޔާއަށް ރާއިންއާއި ދޭތެރޭ ވިސްނުނެވެ. އޭނަގޮވީ އެއްޗެކޭބުނަންހެން ހީވުމުންނެވެ. ނަމަވެސް އެއްޗެކޭ ބުނަން ބޭނުންވާނަމައެކީ ދެވަނަފަހަރަށްވެސް ރާއިންގޮވަން ރަނގަޅުވާނެއޭ އޭނަގެ ހިތަށްއަރަމުން ދިޔައެވެ. ނަމަވެސް ރާއިން ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް މިހާރުއޭނަބޭނުމެއްނޫނެވެ. އެހިޔާލުހިތުން ނެރެލީ އެހެންވެގެނެވެ.
ޔަސާރުމެންނަށް އާދެވުނީ މެންދުރުން އަނބުރާދޭއްޖެހިފަހުންނެވެ. މިފަހަރުއެމީހުންނާއިއެކު ނޫރާއާއި ނާޔާގެއިތުރުން އެމީހުންގެ ފިރހެންދަރިފުޅު ޒަޔާންވެސް އައެވެ. މާލޭގެ ފަސްގަނޑަށް އެރުމާއިއެކު އޭނަހުރީ ފޫހިވެފައެވެ. ނަމަވެސް އެކަން މަންމަމެންނަށް ނުދައްކާވޭތޯ މަސައްކަތްކުރަމުންދިޔައެވެ. ޔަޝާރުގެ މައިދައިތައާއި އެއާއިލާގެ އެހެންމީހުން އަންނަން ހަމަޖެހިފައިވަނީ އަދި އެއްހަފްތާ ފަހުންނެވެ. ނާޔާގެ ކައިވެނި ހަމޖެހިފައިވާ ތާރީހުގެ ދެދުވަސްކުރިންނެވެ. އެހެންމީހުން ވާހަކައިގެ ތެރޭގައިތިއްބާ ނޫރާ ރާއިންގެ އަތުގައި ހިފައިގެން ދުރަށް ގެންދަންފެށިއެވެ.
“ޒާގާތުގައި ބުނިންތަ” ނޫރާ އެންމެފުރަތަމަވެސް އެހީ އެހެންނެވެ.
“އުޕްސް، ސޮރީ، ހަނދާންނެތުނީ، ދެންމިހާރު ތިހުރީ މާލޭގަނުން، ޒާގާތުގއި ގުޅާފަ ބުނަންވީނުން” ރާއިން އަށް ހަގީގަތަށް ބުނަންނުކެރުމުން ދޮގެއްހަދާލިއެވެ. އެއާއިއެކު ނޫރާރުޅިއައިސްގެން ކުދިކިޔަންފެށިއެވެ. އަދި ރާއިންގެ އަތުގައި ޖަހާލިއެވެ.
“އައުޗް ތަދުވެއްޖެޔޭ” ރާއިންވެސް ސަކަރާތް ޖަހާލުމަށް ނޫރާގެ އަތުގައިޖަހާލިއެވެ.
“މިހާރު ކިހިނެއްވެގެން ތިއުޅެނީ، ނޫރާގެ ކަމަކީ އަބަދު ފައިޓް ކުރުންދޯ” ޒަޔާން އައިސްފައި ނޫރާގެ ބޯހާވާލަމުން ބުންޏެވެ. އަދި ރާއިންގެ ކޮނޑަށް އަތްވައްޓާލަމުން ދެމިހުން އަތްޖަހާލިއެވެ.
“އަޅެ މިދޮންބެވެސް ނޫރާއާއި ދެކޮޅަށް އަބަދު ހުންނާނީ، އެކަމް މިފަހަރު ޒާވެސް ހުންނާނެއިނގޭ ނޫރާއާއި އެއްކޮޅަށް،” މިހެންކިޔާފަ ދޫދިއްކޮށްލަމުން ހިނގައިގަތެވެ. ރާއިންއާއި ޒަޔާން ހީލަހީލަ ތިއްބެވެ.
“ކީއްވެގެންތަ ރޭސް ވެގެން އެއުޅުނީ،” ޒަޔާން ރާއިންކުރެން އަހާލިއެވެ.
“އޭނަ ޒާގާތުގައި އަންނަވާހަކަ ބުނާށޯބުނެފައޮތީ، އަހަރެން ހަނދާންނެތުނީ” ސިޓިންގރޫމް އާއި ދިމާއަށް ހިނގައިގަންނަމުން ރާއިން ކިޔައިދިނެވެ.
އިރުއޮއްސުމުން ޒަޔާން ކަޒިން ކުއްޖެއްކަމަށްވާ އަފްސަލް އާއި އެއްކޮން ބޭރަށް ނުކުތީ ފޫހިވެގެނެވެ. ރާއިންވެސް ބިޒީކަމުންނާއި އެއްކޮށެވެ. މާލޭގެ އެކިމަގުތަކުގައި ދުއްވުމަށްފަހު އެންމެފަހުން އަމީނީމަގަށް އެޅީ ޒަޔާންގެ ރައްޓެއްސަކާއި ބައްދަލުކޮށްލުމަށް އެމަގުގައި ހުރި ކެފޭއަކަށްވަނުމަށެވެ. ސައިކަލު ޕާކުކުރުމަށްފަހު ދެމީހުންވެގެން ކެފޭއާއިދިމާއަށް ހިނގައިގަތެވެ. އޭރުގަޑިން 8 ޖަހަނީއެވެ.
“ސީރިއަސްލީ…” ޒަޔާން ކެފޭގެ ދޮރުހުޅުވާލުމާއެކު ކުއްޖެއްގެ ގައިގައި ޖެހިފައި އެކުއްޖާއަތުގައި ހުރި އެއްޗެހިތަށްވެރުމުން ބުނެލިއެވެ. ޒަޔާންވެސް އެކުއްޖާއަށް އެހީވެދޭން ތިރިވެލިއެވެ.
“އެމް ސޮރީ” ޒަޔާން މަޑުމަޑުން ބުނެލިއެވެ. ވެއްޓިފައިއޮތް ފޮތްތަކެއްނަގަމުން ޒަޔާން އެކުއްޖާއާއި ދިމާއަށް ބަލާލިއެވެ. ރީނދޫކުލައިގެ ޝޯވްލް އަކާއި ޕީޗް ކުލައިގެ ޖިލްބާބު ހެދުމުގައި އެކުއްޖާފެންނަލެއް ކިތަންމެހައިވެސް ހިތްގައިމެވެ. އަހަރުތަކެއްފަހުން އަންހެން ކުއްޖަކާ ދިމާ ރަނގަޅަށް ބަލާލިވެސް އެއީ ފުރަތަމަފަހަރުކަންނޭގެއެވެ. އޭނައަށް އެންމެ އަޅައިގަތީ ބިޔުޓީސްޕޮޓްގައި އިން ކަޅުތިލައެވެ. “އިޓްސް އޯކޭ” އޭ ބުނެލުމަށްފަހު އޭނައާއި އެއްކޮށްތިބި އެހެންކުދިންނާއި އެއްކޮން ކެފޭއިން ނިކުންނަން ހިނގައިގަތެވެ.
“ކިހިނެތްވީ” ބޭރުގައި ފޯނެއްގައި މަޑުކޮށްލައިގެން ހުރި އަފްސަލް އެތެރެއަށް ވަދެފައި އަހާލިއެވެ. ޒަޔާން ކަމެއްނުވާކަމުގައި ބުނެލަމުން އޭނަގެ ރަހުމަތްތެރިޔާ އިންދިމާއަށްދާން ހިނގައިގަތެވެ.
ޒާޔާއަށް ގެއަށްއާދެވުނީ 11 ޖަހާ އެހާކަތްހާއިރުއެވެ. އޭރު ނޫރާވެސް ނިދައިފިއެވެ. އެހެންވެ އުނދަގޫނުކުރަން ނިންމައި މާދަމާ ހެނދުނުން ވާހަކަ ދައްކާނީ ކަމުގައިހިތާ އަވަހަށް ނިދަންތައްޔާރުވިއެވެ. ފެންވަރާލައިގެން ނުކުމެ ނުނިމިއޮތް ފިލާވަޅު ނިންމާލުމަށް މޭޒުކައިރީ އިށިއިނދެލިއެވެ. ފިލާވަޅުހަދާ ނިމުނުއިރުގައި 12 ޖަހާބޮޑުވެއްޖެއެވެ. ކޮޓަރީގައި ފެންފުޅިއެއްނެތުމުން ބަދިގެއަށް ދާންނިންމިއެވެ. ބަދިގެއަށް އައިސް އައިސްއަލަމާރިން ފެންފުޅިއެއްނެގުމަށްފަހު ލައިޓްނިވާލާފައި ދާންހިނގައިގަތެވެ. ނަމަވެސް އެނބުރިލިތަނާހެން މީހެއްގެ ގައިގައި އަޅައިގަނެފައި ވެއްޓެންދިޔައެވެ. އެއާއިއެކު ތޫލިއަޑަކުން ހަޅޭލަވައިގަނެވުނެވެ. ނަމަވެސް އެމީހަކު ޒާޔާވެއްޓުނަ ނުދީ ހިފަހައްޓާލިއެވެ. ޒާޔާމަޑުމަޑުން ލޯހުޅުވާލިއެވެ. ލޯހުޅުވާލުމާއިއެކު ޒަޔާންގެ މޫނުފެނިފައި އަނެއްކާވެސް ހަޅޭލަވައިގަތެވެ. އެއީކެފޭތެރެއިންވެސް އޭނައާއި ބައްދަލުވިމީހާއަށް ވުމުންނެވެ. ނަމަވެސް މިފަހަރު ޒަޔާން ޒާޔާގެ އަނގަމަތީގައި އަތްއެޅިއެވެ. ޒަޔާންއަށްވެސް އޮވެވުނީ ޒާޔާއާއި ދިމާ ބަލާށެވެ. ކެފޭތެރެއިން ދިމާވިކުއްޖާ ގޭތެރެއަށް މިއައީ ކިހިނެތްހެއްޔެވެ. އޭނަ ސިޑިން އަރަމުން ބަދިގެ ކައިރިއަށް އައީ ބަދިގެ ދިއްލާފައި މީހަކު ފެންނަން ނެތުމުންނެވެ. ބުރުގާ ނަގާފައި ހުރުމުގެ ސަބަބުން ތަފާތުކަމުގައިވިނަމަވެސް އޭނައަށް ޒާޔާ ފާހަގަ ކުރަން އެނގުނެވެ. މަޑުމަޑުން އަނގަމަތިން އަތްނެގުމަށްފަހު އޭނަގެ އަނގަކައިރީގައި ޝަހާދަތްއިނގިލި ޖައްސާލަމުން ހަޅޭނުލެވުމަށް ބުނެލިއެވެ. އަދި ޒާޔާބެހެއްޓިއެވެ. ޒާޔާއަށް އޭނައަށް ހުރެވުނުގޮތާއި ދޭތެރޭވެސް ވިސްނާލެވުނީ ދެނެވެ. ބުރުގާ ނާޅައި ނިދަންލާ ޓީޝާޓާއި ހަރުވާޅުލައިގެން ނުކުތީ މީހަކު ނޫޅޭނެއޭހިތައެވެ. އެއްޗެކޭނުބުނެ އަވަހަށް ސިޑިއާއިދިމާއަށް ދުއްވައިގަނެވުނީ އެހެންވެގެނެވެ. ޒަޔާންއަށްވެސް ވީގޮތްވިސްނިފައި ހީލެވުނެވެ. ނަމަވެސް އެފަންދިގު އިސްތަށިގަނޑު ފެންނަން އޮތުމުން އެކުއްޖާގެ ރީތިކަން އިތުރުވާކަމަށް ހިތްބުނެލީ ކީއްވެގެންކަމެއް ނޭނގުނެވެ. ބޮލުގައި ޖަހާލުމަށްފަހު ކޮޓަރިއަށްދާން ހިނގައިގަތެވެ.
ޖެހިގެން އައިދުވަހުގެ ހެނދުނުސައިގައި ހުރިހާއެންމެން ބައިވެރިވިއެވެ. ޒާޔާވެސް އެދުވަހު ކްލާސް އޮތީ 9 ޖަހާއިރުކަމުން ސައިގައި ބައިވެރިވިއެވެ. ޒާޔާއަކީ އެއީކަން ޒަޔާންއަށް އެނގިގެންދިޔައީ އެގަޑީގައެވެ. އެއާއިއެކު އޭނަގެ ތުންފަތްމައްޗަށް ލާނެއްހިނިތުންވުމެއް ވެރިވެގެންދިޔައެވެ. “ވާއު” މަޑުމަޑުން ޒަޔާންއަށް ބުނެވުނެވެ. ނަމަވެސް އެއަޑު އޭނައާއި ޖެހިގެންއިން ނޫރާއަށް ކިތަންމެރީއްޗަކަށްވެސް އަޑުއިވުނެވެ. އަދި ކިހިނެތްވީތޯ އަހާލިއެވެ. ވާހަކަ ބަދަލުކޮށްލުމަށް އަވަސްއަވަހަށް އެހެންވާހަކައެއް ދައްކާލިއެވެ.
“އައިވިލްބީ ބިޒީ ޓްޑޭ، މިރޭ ޝޯވްވެސް އެބެއް، ކީއްވެގެންތަ ކުރިން އަންނަވާހަކަ ނުބުނީ” ސައިބޮއިނިމިގެން އައިސް ޒާޔާގެ ކޮޓަރީގައި ތިބެގެން ނޫރާއާއި ޒާޔާވާހަކަދައްކަމުން ދިޔައެވެ.
“އަޅެ ނޫރާގެ ފޯނުހަލާކުވެގެން ނުގުޅުނީ، އެކަމް މަމް އާންޓްމެންނަށް ގުޅައިގެން އުޅުނުއިރު ރާއިންބެގެ ގާތުގައި ބުނިން ބުނެދެއްޗޭ….. އެކަމް އޭނަވެސް ހަނދާންނައްތާލީ” ނޫރާ ބުނެލިއެވެ. ޒާޔާއަށް ހަނދާންވީ އިއްޔެ ރާއިން އޭނައަށް ގޮވާލި ހަނދާނެވެ. ރާއިން އޭނއަށް ގޮވީ އެވާހަކަ ބުނަންހެއްޔެވެ. އޭނަ އަޅާނުލީމައި ދެވަނަފަހަރަށް ނުގޮވީބާއެވެ. “ދެން އިޓްސް އޯކޭއޭ، އައި ގޮޓް ޓްގޯ އިނގޭ، ވަރަށްލަހުން އާދެވޭނީވެސް، ވިޝްމީލްކް” ޒާޔާ ދާން ތައްޔާރުވަމުން ބުނެލިއެވެ. ޒާޔާގެފަހަތުން ނޫރާވެސް އެކޮޓަރިން ނުކުތެވެ. ޒާޔާ ގޭތެރެއިން ނުކުތުމުން އޭނަގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ޒާޔާ ނުކުމެގެން ދާތަންބަލަން ސިޓިންގރޫމްގެ ބެލްކަނީގައި މަޑުކޮށްލައިގެން ޒަޔާން ހުއްޓެވެ. ޒާޔާފެނުނުފަހުން އޭނައަށް ވިސްނެނީއެވެ. ހަމައެކަނި ޒާޔާއާއި ދޭތެރޭގައެއް ނޫނެވެ. މާޒީއާއި ދޭތެރޭގައިވެސްމެއެވެ. އެހެންހުއްޓާ އޭނަގެ ކޮނޑުގައި މީހަކު އަތްލުމުން ކުޑަކޮށްސިހިފައި ފަހަތަށް ބަލާލިއެވެ. “މަމް” ފަހަތުގައި ހުރި ޔަޝާރުފެނިފައި ޒަޔާން ބުނެލިއެވެ.
“ކިހިނެއްވެފަ، އިޓްސް ނޮޓް ސޯބޯރިން އޭޒްޔޫސެއިޑް، ރައިޓް” ރެއިލިންގއާއި ކައިރިއަށް ޖެހިލަމުން ޔަޝާރުބުނެލިއެވެ.
“އައި ގެސްސޯ” މަގުމައްޗަށް ބަލަހައްޓައިގެން ހުރެ ޒަޔާންބުނެލިއެވެ. ޔަޝާރުވެސް އިތުރަށް އެކަމާއިބެހޭގޮތުން ވާހަކަ ނުދެއްކީ ޒަޔާންގެ މޫޑުގޯސް ނުކުރަންވެގެނެވެ. އިރުކޮޅަކު އެތާގައި ތިބެލުމަށްފަހު ދެމައިންވެސް އެތެރެއަށް ހިނގައިގަތެވެ.
ކޮލެޖުގައި އުޅުމަށްފަހު ޒާޔާގެއަށްއައީ އިރުއޮއްސުނުފަހުންނެވެ. އެރޭ އޮންނަ ޝޯވްއަށް ތައްޔާރުވެގެން ދިއުމަށެވެ. ގަޑިއިރެއްހާއިރުތެރޭ ތައްޔާރުވެލައިގެން އަނެއްކާވެސް ކޮލެޖަށްދިޔައެވެ. 8:30 ގައި ފެށިގެންދިޔަ އިވެންޓް ނިމުނީ 12 ޖަހަން ކައިރިވެފައިހުއްޓައެވެ. ސަލްމާއަށް ގުޅުމަށްފަހު ބަލާފޮނުވުމަށް ގުޅުމަށްފަހު ކްލާސްދެތިންކުއްޖަކާއި އެކު މަޑުކޮށްލިއެވެ. 10 ވަރަކަށް މިނެޓުފަހުން ޒާޔާގެ ނަމުން އަންހެންކުއްޖަކު ގޮވާލިއަޑަށްބަލާލިއިރު ކާރުކައިރީ ނޫރާމަޑުކޮށްލައިގެން ހުއްޓެވެ. ކުރީ ސީޓުގައި ރާއިން އާއި ޒަޔާން ތިބިކަންވެސް އެނގުނީ ލޯގަނޑު ތިރިކޮށްލުމުންނެވެ. އެމީހުންގެ އިތުރުން ފަހަތުގައި ނާޔާވެސް އިނެވެ.
“އެންމެން ކީއްކުރަނީ މިތާގަ” ނޫރާގާތުގައި ޒާޔާއަހާލިއެވެ.
“މިއައީ ޒާ ބަލައެއްނު، ދެންވެސް އަވަހަށް އަރާބަ” ނޫރާބުނެލިއެވެ. “ފަން ޓައިމް” ކާރަށް އެރުމާއިއެކު ނޫރާބުނެލިއެވެ..
“ހޫމް އެނގޭނެއޭ، ރެންބެ ދެން ދުއްވަބަ”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.


Finally kiyaalan libihje dhwww.. thank u dear… kn irakun dhn aneh bai 🙂 🙂 🙂
Nyc awahah up kohdhehchey next part
does it happen in real life… the boy falls fr the girl at first sight.. it wud b so cute then… they will live happily evr after.. ♥
i like this story.. liked raain nd zaas chemistry.. their love story is beautiful.. i like tragic love stories wid all those sacrifices.. 😉
l
Yaaaaahoooooo thanks
zayaan aa zaayaa aa nugulhu wahchey… raain aa zaayaa aa gulhuwaba dhn….awahah..eyrun dhn waahaka reethi waani…
Nw haadha lahey story up vaalehhh… n thannkolhehh kuru ehaa lahunn up kuraa iru vx… bt vvvvv reethi mi part vx… waitng 4 da nxt part… n darkangel plxxx try to upload da nxt part asap….
masarakun episode eh , eves folhuvathakaa bai
sorry guys, i ge leptop halaakuvegen story nuliyevuny, tday only i got it thats why lahun up kurevuny. next part will be uploaded friday insha allah. thank you for reading my story, gud nyt.
Thnq u so much dark angel… Waitin for next part…. Luv ur story really… Jst amazing… Keep it up…
Mi vaahaka mihaaru reecheh noon, heevany vaahaka dhigu kuran ulhey hen, dhuvahaku zaa & raain nugulhuvaan ulheyhen, varah hadi
dhigu vaahaka kiyany kameh vegeney neel.
Alhe lwbikan mi vaahaka .. Darkangle ah hama saabas. V v v v v v v nice n habeys vaahaka eh .. Plx aneh part up khdhyba!!! Kba same no comment thr.. Kiya baath heyy……. Wow wow wow … Brilliant……
raain ge haqeegaiy zaa ah angadheeba… plz… e dhemeehun gulhuvaany ingey
Hadha dhuwaheh khlaafa… aneh prt v awahah up khlaba… bt sooo nice stry…. habeyx thw habeyx…
Zaaya aa raain gulhuvahchey plzzzz… v v v v v reethi vahaka…hama habeys ingey ♡♥
mi story mihaaru foohi,, raain kanthah kuraa gothun eyna dheke foohi wehje…. mi story dhen rythi waane e zayaan ah zaayaa dhinas… name vx gulheny e dhemyhun ge ehnu…
Story varah nice.. bt lahun upload vaathy dheraee…
one of the best stories read so far.. Keep up the good work…. =D
haadha lahey… kobatha vaahaka… v avahah genesdheeba.. plxxx
Kobaa anehbai. Inthizaaaruga kihaaireh vejje
tday stry up nukoh dhevunyma kiyuntheringe faraatun maafah edhen, esfiya.com ah loggin vumugai massala eh ulheythy up nukohdhevuny. i m trying logging veveythw n stry up kohdheveythw.
Dhn today kba hama logging eh nuve… Pis pis pis… Miharu vaane
varah salhi vaahaka eh 🙂
varah salhi vaahaka 🙂
Kobaa adhives hama nuvadheveytha?kiyun therinnah eba vadhevey
Alhe wen next part up kuraaany dhen?adhiwes nuwaddhewey?