އިންތިޒާރު 16
މަޑުމަޑުން ކައިރީގައި އިށީންދެލާފައި ޖަންނަތަށް ބަލާލިއެވެ. އެވަގުތު ޖަންނަތުގެ ލޯ ހުޅުވާލުމާއެކު އެހާ ކައިރިން ލޫތު ފެނުމުން ސިހިގެން ދިޔައެވެ.
ލޫތު އަވަސްވެގަތީ ކައިވެންޏަށްފަހު އަދާ ކުރަން ޖެހޭ ސުންނަތްތައް އަދާކޮށްލުމަށެވެ. ފާޚާނާއަށް ވަދެ ވުޟޫކޮށްގެން ނުކުމެފައި ޖަންނަތުއަށްވެސް އެގޮތަށް ކަންތައް ކުރުމަށް އެންގިއެވެ.
ޖަންނަތުއަށް ވަގުތުން އެއީ ކޮން ނަމާދެއް ކުރަންކަން އެނގުނެވެ. ކައިވެނިކުރެވެން އުޅޭތީ އޭނާވަނީ ވަރަށް މައުލޫމާތު ސާފުކޮށްފައެވެ.
ކައިވެންޏަށް ފަހު ކުރާ ދެރަކުއަތުގެ ސުންނަތް ނަމާދަކީ ސަޙާބީ ބޭކަލުންގެ ފަރާތުން އައިސްފައިވާކަމެކެވެ. އެއީ ކައިވެނީގައި ބަރަކާތް ލެއްވުމަށެވެ. ޖަންނަތު ވެސް ބޭނުންވީ ވީހާވެސް ރަނގަޅު ފެށުމަކުން ފަށަންނެވެ.
ލޫތުގެ އިރުޝާދާއެކު ކިޔަމަންތެރިކަމާއެކު ޖަންނަތު ފާޚާނައަށް ވަނެވެ. މޫނު ބަލާ ލޯގަނޑު ކުރިމައްޗަށް ހުއްޓުމަށްފަހު މޫނު ފޮތި ކޮޅު ނަގާލައި އަމިއްލަ ސޫރައަށް ބަލާލިއެވެ. ލަދުން އިސްޖަހާލެވުނީ ލޫތުގެ މޫނު އެހާ ކައިރިން ފެނުނު ހަނދާންވެފައެވެ. އެގޮތަށް އިރުކޮޅެއް ވަންދެން ޚިޔާލީފޮލާ ކައްކަން ހުރެވުނެވެ. އެދެމީހުންގެ ދޭތެރޭގައި އިރުކޮޅެއްފަހުން ހިނގާނެ ކަންކަން ޚިޔާލަށް ގެންނަމުން ދިޔައިރު ޖަންނަތުގެ މޫނަށް ރަތްކުލަ ވެރިވަމުން ދިޔައެވެ.
ވުޟޫކޮށްލައިގެން ޖަންނަތު ނުކުތީ މޫނު ފޮތިކޮޅުން މޫނު ނިވާނުކޮށެވެ. ކޮންމެ ގޮތެއްވިޔަސް އަބަދު މޫނު ނިވާކޮށްގެން ނޫޅެވޭނެކަން ޖަންނަތުއަށް އެނގެއެވެ. އެހެންކަމުން ލަދު އެއްފަރާތްކޮށްލަން ޖަންނަތުއަށް ވަނީ މަޖުބޫރުވެފައެވެ.
ޖަންނަތު ނުކުންއިރު ފެނުނީ ލޫތުގެ ފަހަތެވެ. އޭނަ ހުރީ ޤިބްލައަށް ކުރިމަތިލައިގެން ނަމާދަށް ތައްޔާރުވެލައިގެންނެވެ. ޖަންނަތު އަވަސްކޮށްލައިގެން ލޫތުގެ ފަހަތުގައި ހުއްޓިލުމުން ލޫތު އިމާމުވެ ހުރެ ނަމާދުކުރަން ފެށިއެވެ.
ދެމީހުން އެކީގައި ނަމާދުކުރަމުން އެކަކު އަނެކަކަށްވެސް ފުން އިހްސާސްތަކެއް ކުރުވަމުން ދިޔައެވެ. އެކީގައި ނަމާދު ކުރަމުން ދިޔައިރު އެހެން ހުރިހާ ނަމާދަކަށް ވުރެ ޚުޝޫޢައްތެރިކަން އިތުރުވިހެން ޖަންނަތުއަށް ހީވިއެވެ.
ނަމާދަށްފަހު ޖަންނަތު ކައިވެނި ބާއްޖަވެރި ކޮށްދިނުމަށް އެދި ދުޢާ ކުރިއެވެ. އަދި ދުނިޔެއަށް ނުހެއްލި އާޚިރަތުގެ ބާއްޖަވެރިކަމަށް މަސައްކަތް ކުރާ ދެމަފިރިންކަމުގައިވުމަށް ވެސް އެދުނެވެ.
ނަމާދުކޮށް ނިމިގެން އެއިންތަނުގައި އިށީންދެލައިގެން އެތައް އިރެއް ވަންދެން ދެމީހުން އިނެވެ. ޖަންނަތު އިނީ ހިރިލަންވެސް ނުކެރިފައެވެ.
އެހެން އިނދެފައި ދެފައި އައްސިވާން ފެށުމުން ޖަންނަތު ތެދުވެލަން އުޅެނިކޮށް ލޫތު އެނބުރި ބަލާލައިފިއެވެ.
ލޫތު ބަލާލުމުން ޖަންނަތު ލަދުން އިސްޖަހާލާފައި އަވަސްކޮށްލައިގެން ކޮޅަށް ތެދުވާން އުޅެގަތެވެ. ފައި އައްސިވެފައި ހުރުމުން ކާރޕެޓްމަތީގައި ފައި ރަނގަޅަށް ނޭޅި ޖަންނަތު ވެއްޓުނީ ލޫތުގެ ފައިމައްޗަށެވެ.
ލޫތުއަށް ބަލާލެވުނު އިރު ޖަންނަތުއަށް އޮވެވުނީ އޭނަގެ ފައިމަތީގައި ރީތިކޮށް އޮށޯވެވިފައެވެ. ދެލޯ މަރާ ބާރުކޮށްލައިގެން ހަރަކާތެއްވެސް ކޮށްނުލާ އޮތީ ލަދުންނެވެ. ފަނޑުއަލީގައި ޖަންނަތުގެ މޫނު ފުރަތަމަ ފަހަރަށް ލޫތުއަށް ފެނުނެވެ.
“މަލާ…..” ލޫތު މަޑުމަޑުން އެ ނަން ކިޔާލި އަޑުއިވުމާއެކު ޖަންނަތުވެސް ލޯ ހުޅުވާފައި ހައިރާންކަމާއެކު ބަލާލައިފިއެވެ. އެނަމަކީ އޭނާއަށް އަޑުއިވިފައިވާ ނަމެއްހެން ހީވިއެވެ.
ޖަންނަތު ލޯ ހުޅުވުމުން ލޫތު އިތުރަށް ހައިރާންވިއެވެ. މިއީ ޖަންނަތުއެއް ނޫނެވެ. މަލާއެވެ. ގެއްލިގެން އުޅުނު މަލާ މިހިރީ ޖަންނަތުއަށް ވެގެނެވެ.
މަލާގެ މޫނު އޭނާއަށް އޮޅެންވީ ކީއްވެހެއްޔެވެ؟ ލޫތު ލޯ މަރާލާފައި ލޯ ހުޅުވާލިއެވެ. ދެލޯ އުނގުޅާލިއެވެ. އަމިއްލަ އަތުގައި ވިކައިގަތެވެ. ފެންނަމުންދާ ހުވަފެނެއްނޫންކަން ޔަޤީންކުރާށެވެ. މިއީ ހަމަ މަލާއެވެ.
އެހެންކަމުގައި ވާނަމަ މަލާ މިކުޅެނީ ކޮން ޑްރާމާއެއްހެއްޔެވެ؟ ލޫތު ފެނުމުން އެނގޭ ކަމަށްވެސް ހަނދާނުލާ މިއުޅެނީ ކީއްވެހެއްޔެވެ؟ މަލާއަށް ތެދުވަން އެހީވެފައި ލޫތު ގޮސް ކޮޓަރީގެ ބޮކި ދިއްލާލިއެވެ. އޭނާ ބޭނުންވަނީ އަދިވެސް ޔަޤީންކުރާށެވެ. އޮޅިގެންވެސް ކައިވެނި މިކުރެވުނީ މަލާއާ ތޯއެވެ.
ލޫތު ގޮސް ބޮކި ދިއްލާލުމާއެކު މުޅި ކޮޓަރި އަލިވެގެން ދިޔައެވެ.
ލޫތު އަނެއްކާވެސް މަލާގެ ކުރިމަތީގައި ހުއްޓިލާ ބަލަން ހުރީއެވެ. މަލާ ލަދުން އިސްޖަހާލުމުން ލޫތުގެ އިނގިލިން މަލާގެ ދަތްދޮޅީގައި ޖައްސާލުމަށްފަހު ބަލަން ފެށީ މުޅި މީހާ ސްކޭންކޮށްލާ ފަދައަކުންނެވެ. މަލާގެ މޫނު ލަދުން ރަތްވާން ފެށުމުން ލޫތުއަށް ރުޅި އިސްކުރެވުނެވެ.
މިހިސާބަށް އައިސްފައި އަދިވެސް މަލާ މިއުޅެނީ ޑްރާމާ ކުޅެންށެވެ. ފިލަފިލައިގެން މަކަރުވެރިކޮށް އުޅޭ މީހަކު މިހާ ލަދުން އުޅޭނީ އެކްޓަކުން ކަމުގައި ލޫތު ގަބޫކުރިއެވެ. ލޫތުގެ ހިތަށް ވެރިވީ ރުޅިއާއެކު މަލާގެ އަތުގައި ހިފާ ބާރުކޮށްލެވުނު އިރު ނިކަމެތި އަންހެންކުއްޖަކަށް ދެވޭ އަނިޔާއެއްކަމެއް ހަނދާނެއްނުވިއެވެ. ޝައިތާނާ ސިކުނޑިއަށް ސަވާރުވެފައި ހުރީ އެކަން އިހްސާސްވާ ވަރަށްވުރެ ބޮޑަށެވެ.
އަތަށް ތަދުވެގެން މަލާ ލޫތުއަށް ބަލާލީ ސުވާލުން ފުރިފައިވާ ގޮތަކަށެވެ. އަތަށް ބާރުވަމުން ގޮސް މަލާގެ ލޯ ފެންކަޅިވެ އަނގައިން މަޑު އާހެއް ބޭރުވިއެވެ. މަލާގެ ކޯތާފަތްމަތިން ފިރުކި ލާފައި ވެއްޓުނު ކަރުނަތިކި ފެނުމާއެކު ލޫތުގެ ހިތް މަޑު ކަފަކޮޅަކަށް ވެއްޖެއެވެ. ޔައުޤޫބްގެ ވާހަކަތައް ހަނދާންވެފައި މަލާ ވަނީ ހިތްދަތި ދުވަސްތަކެއް ހޭދަކޮށްފައިކަން އޭނަގެ ސިކުނޑި ވިސްނާދިނެވެ. ޒުއްނޫރު ފަދަ ނުފޫޒު ގަދަ މީހެއްގެ ކިބައިން ސަލާމަތްވުމަށް މަލާ ފިލީ ކަންނޭނގެއެވެ. އެއީ ސިކުނޑިއަށް ގަބޫލުކުރެވޭ ވަރުގެ ކަމެކެވެ.
އެހެންވިޔަސް މަލާ ލޫތު ހޯދަން މަސައްކަތްނުކުރީ ކީއްވެހެއްޔެވެ؟
މަލާގެ އަތުން ދޫކޮށްލާފައި ލޫތު އެނދުމަތީ އިށީންދެލިއެވެ. އަދި މަލާއަށްވެސް ލޫތު ކައިރީގައި އިށީނުމަށް އިޝާރާތްކޮށްލިއެވެ. މަލާ ހުރީ ބިރުގަނެފައެވެ. އިރުކޮޅަކު ހަރަކާތެއް ނުކޮށް ހުރެފައިވެސް ލޫތު ބުނި ގޮތަށް ކަންތައް ކުރިއެވެ.
“ކީއްވެ އެހެން ހެދީ؟ ކޮންމެވެސް ގޮތަކުން ޚަބަރު ވެލިނަމަ އައި ވުޑް ހެވް ޕްރޮޓެކްޓެޑް ޔޫ ފޯ ޝުއާ…” ލޫތު މަލާގެ މޫނަށް ލޯބިން ފުރިފައިވި ގޮތަކަށް ސުވާލުކޮށްލުމުން މަލާ ބަލަން ހުރީ “ބްލޭންކް” ކޮށެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ލޫތު ދެއްކި ވާހަކައިން އޭނާއަށް ފަހުމްވީ އިނގިރޭސިން ބުނި ތަންކޮޅު އެކަންޏެވެ.
މަލާގެ މޫނުމަތިން ހައިރާންކަން ފެނުމުން ލޫތުގެ ހަނދާނަށް އައީ ދުޖާނާ ކިޔައިދިން ވާހަކަތަކެވެ. މަލާ އެކްސިޑެންޓެއް ވެފައި ހަނދާނުން ބައެއް ފޮހެވިގެން ގޮސްފައި ހުރި ވާހަކަތަކެވެ. ލޫތުގެ ސިކުނޑިން އެކި މީހުން ދެއްކި ވާހަކަތައް ގުޅުވާލިއެވެ. އަހުސަމްވެސް އެކްސިޑެންޓެއްގެ ވާހަކަ ދެއްކިއެވެ. ދުޖާނާވެސް އެކްސިޑެންޓް ވި ވާހަކަ ކިޔައިދިނެވެ. ލޫތުއަށް ކޮންމެވެސް ވަރަކަށް ވާނުވާ އެނގެން ފެށުމާއެކު މަލާ ދެކެ ނަފްރަތުކުރަންވީ ސަބަބެއް ނެތްކަން އެނގުނެވެ. މަލާ 10 އަހަރު ހޭދަ އެކުރީ ލޫތުގެ އެއްވެސް ހަނދާނަކާއި ނުލައެވެ.
ނަމަވެސް ދުޖާނާ ދެކެ ހިތްހަމަ ނުޖެހެވުނެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ އިރުއަރާނެ ވަގުތަކަށެވެ. ދުޖާނާއާ ވާހަކަ ދައްކައި ވީގޮތް އޮޅުންފިލުވުމަށެވެ.
ލޫތުއަށް ހުރިހާކަމެއް ވިސްނުމުން މަލާ ކިބައިން މަޢާފަށް އެދުމަށްފަހު ލޯބިން ވާހަކަދެއްކިއެވެ. އެރޭ ދެމަފިރިން އެކީގައި ހޭދަކުރި ވަގުތުތަކުގައި މަލާއަށް ކުރެވުނީ މުޅީންވެސް އާ ތަޖުރިބާތަކެވެ. ނަމަވެސް އެހިތް ވަނީ އިންތިހާއަށް އުފާވެފައެވެ. ޖަންނަތުގެ މޫނު ފެނުނުފަހުން ލޫތު ‘ރިއެކްޓް’ ކުރި ގޮތް ހަނދާންނެތޭ ހާ ލޯބިން ލޫތު ކަންތައް ކޮށްދީފިއެވެ. އެވަގުތު ތެރޭގައި ހިތް ޒަހަމްވި ތަންކޮޅުގައި ޕެޗެއް އަޅާލަދިން ފަދައެވެ. މަލާ އިންތިޒާރު ކުރީ އެފަދަ ބައިވެރިއަކަށެވެ.
ފަތިސް ނަމާދަށް ބަންގި ދިން އިރުވެސް ލޫތު ހުރީ ހޭލައެވެ. ދެމީހުން ޖަމާއަތުގައި ނަމާދުކޮށްލާފައި މަލާ ދިޔައީ ކޮފީ ހަދާށެވެ. ލޫތު އެރީ ޓެރެސްއަށެވެ.
ޓެރެސްއިން ދުޖަނާއާ ދިމާވުމުން ލޫތު ހިތްހަމަ ޖެހުނީ ދިގު އިންތިޒާރެއް ކުރަން ނުޖެހުމުންނެވެ. ވަގުތުން ވާހަކައެއް ދައްކާލަން ބޭނުން ކަމަށް ދުޖާނާ ގާތުގައި ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


V reethi vaahaka.ekam dhivehi vaahaka thakuga English bas thah beynun kohfa huryma vaahakaige asar ehabodakah nuhurey.ebai rangalhu kollaifiya v furihama vaane?
Masha allah vrh reethi…ekam haadha kurey☹
Maasha Allah….??
Curiously waiting for the next part….