އެރޭ 21:30 ހާއިރު އަހަރެން ދޮންތަ އާއެކު ބޭރަށް ދިޔައީ އަހަރެން ކުރިން ކުރި ސުވާލުގެ ޖަވާބު ހޯދުމުގެ ނިޔަތުގައެވެ. “ދޮންތަ ފިހާރައަށްށޭ ކިޔާފަ ކޮންތާކަށް ތި ދަނީ؟” ދޮންތަގެ މިސްރާބު ހުރީ ފިހާރައަކާ ދިމާލަކަށް ނޫނެވެ. އާޓިފިޝަލް ބީޗް އާ ދިމާކުގައި ސައިކަލު ޕާކު ކުރުމަށްފަހު ދޮންތަ ހިނގައިގަތީ ބީޗާ ދިމާލަށްށެވެ. “މިޝީ މިތާ އިށީނދެބަލަ. ދޮންތަ މިރޭ މި އައީ ފިހާރައަކަށް ނޫން. އެކަމު މިޝީއަށް ހުރިހާއެއްޗެއް ކިޔައިދޭން.” ތެޅިތެޅި އޮތް ހިތަކާއެކު އަހަރެން ދޮންތަ ކައިރީގައި އިށީނީ ދޮންތަ ދައްކަން އެ އުޅޭ ވާހަކައެއް ނޭނގޭތީއެވެ. ހިތުގެ އެއް ކަނަކުން ގޮވަމުން ދިޔައީ ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމަށެވެ.
“ތިއްތަ ނެތް މި ދުނިޔެއަކު. އަދި ނުވޭ އަހަރެއްވެސް ނިޔާވިފަހުން. އަމިއްލައަށް މަރުވީވެސް. މިޝީ ކައިރީ މި ވާހަކަ ނުބުނީ އެކޮޅުގަ އެކަނި ހުރީމަ އެ ވާހަކަ ބުނެފިއްޔާ ވާނެ ގޮތެއްވެސް ނޭނގޭތީ.” ދޮންތަގެ ލޮލުން ފައިބަންފެށި ކަރުނައިގެ ކޯރު އަހަންނަށް ފެނުނީ ލޮލުގައި ޖަމާވެފައި ހުރި ކަރުނަ ތަކުގެ ތެރެއިންނެވެ. “ކީއްވެ؟ ކީއްވެ މަރުވީ؟ ކީއްވެ އަހަރެން ކައިރީ ނުބުނީ؟ ކިއްވެ؟” މޮޔައަކު ފަދައިން އަހަންނަށް ހަޅޭލަވައިގަނެވުނެވެ. ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ކޯތާފަތުގައި ބޮސްދޭން ފެށިއެވެ. “ތިއްތަ ރައްޓެހިވީ ކުއްޖަކާ. އެ މީހަކާ ރައްޓެހިވި ފަހުން ތިއްތަގެ އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައި. ވަޒީފާއިންވެސް ކަނޑާލި. އޮފީހަށް ހާޒިރު ނުވާތީ. އެއްރޭ ދޮންތަބޭއާ އެއްކޮށް ދޮންތަ ދިޔައިން ހުޅުމާލެއަށް ތިއްތަ ކައިރިއަށް. އެ ގެއަށް ވަތް އިރު އޭނަގެ އަތުގަ އޮތް ސިނގިރޭޓެއް. ދެން އެތާގަ ތިބި 3 ފިރިހެނަކުވެސް. ބޯދިގުކޮށްފަ ހުރީ. މައިޝާ ބުރުގާވެސް ނާޅާ ހުރީ. ހަމަ ޔަގީނުންވެސް އެ ތިން ފިރިހެނުން ތިބީ ހަމައިގައެއް ނޫން. އެރޭ އަހަރެމެން އައީ މައިޝާ އަށް ވަރަށް ނަސޭހަތްވެސް ދީފަ. އެ އުޅުން ދޫކޮށްލަންވެސް ބުނިން. އޭގެ ފަހުން އޭނަ ދިޔަ ރަށަށް ބައްޕަމެން ކައިރިއަށް. އެ މީހަކާ އިންނަން ވެގެންނޭ ކިޔާފަ. ބައްޕަ ގަބޫލު ނުވީ. އޭގެ ފަހުން މާލެ އައިސް އުޅުން އިރު ދޮންތަމެން އެ ގެއަށް ދިޔަޔަސް ގިނަފަހަރު ގެޔަކު ނޫޅެ. އެއްރޭ ދޮންތަ މެން ގެއަށް އައިއްސަ ރޯން ފެށީ. ބުނި ތިމަންނަ ބަނޑުބޮޑޯ. ކާކުގެ ދަރިއެއްހޭ އެހީމަ ބުނީ ކޮންމެވެސް ސައިޑޭ އެއްގެ ޔޯ. އޭނަ ބޭނުމެއް ނުވެޔޯ އިންނާކަށް. އެ ކަމާ ދެރަވެގެން ރޮއެ ރޮއެފަ އެރޭ ދިޔައީ. އޭގެ އަނެއް ދުވަހު ޕޮލިހުން ގުޅީމަ ދިޔައިރު މައިޝާ މަރުވެފަ އޮތީ ޑްރަގް އޯވަރ ޑޯޒް ވެގެން. ބައްޕަމެން ވަރަށް ހިތާމަކުރި އެ ކަމާ. ބައްޕައަށް ސްޓްރޯކްއެއްވެސް ޖެހުން. މިޝީ މިކޮޅަށް އައުމުގެ ކުރިން ބައްޕަގެ މޫނުމަތިން އެއްވެސް ހިނިތުންވުމެއް ނުފެނޭ.” ދޮންތަ ހުރިހާ ވާހަކައެއް ކިޔައިދިންއިރު އަހަންނަށް އިނދެވުނީ ބުނާނެ އެއްޗެއްވެސް ނޭނގި މުޅި މީހާ ގަބު ވެފައެވެ. ގެއަށް ދެވެންދެންވެސް އަހަރެމެން ދެ މީހުންގެ ދެމެދުގައި ވީ ހަމަހިމޭންކަމެވެ.
ލޫތް މާލެ އަންނަ ދުވަސް ކައިރިވަނީއެވެ. އަހަންނަށް 2 ކޮޓަރި އެޕާރޓްމެންޓެއް ލިބުނީ މާފަންނު ކޮޅުންނެވެ. ދޮންތަ މެންގެ ގެއާ ވަރަށް ދުރުވަނެއެވެ. ނަމަވެސް އައި.ޖީ.އެމް.އެޗް އާ ކައިރި ވުމުން އަހަންނަށް ޑިއުޓީއަށް ދާން ފަސޭހަ ވާނެއެވެ. “ދޮންތާ. އަހަރެން މާދަން އެކޮޅަށް ޗޭންޖް ވާނަން އިނގޭ. މަންމަ މެން ވެސް ގޮވައިގެން.” އެޕާރޓްމެންޓް ލިބުނު ވާހަކަ އެކަކު ގާތުގައިވެސް ނުބުނެވި އޮތުމުން އެންމެންގެ މޫނުމަތިންވެސް ފެނުނީ ސުވާލުމާކެކެވެ. “އަހަންނަށް އެޕާރޓްމެންޓް ލިބިއްޖެ. މާފަންނު ކޮޅުން.” އަހަރެން އެ ވާހަކަ ބުނުމުން އެންމެ އަސަރު ކުރީ ލަޔާލް އަށްށެވެ. މޫނު ކުނިކޮށްލައިފައި ގޮސް ކޮޓަރިއަށް ވަނުމުން އެންމެނަށް ވެސް ހެވުނެވެ. “މާޝާ ވަރަށް އެކަނި ވާނެ ދޯ އޭރުން؟” ބައްޕަ ކަންބޮޑުވީ ދޮންތަ އެކަނި ވާނެތީއެވެ. “ނޫން ބައްޕާ. ލޫތް އަންނާނެ އެންނު ވަރަށް އަވަހަށް ދެން އިރާދަ ކުރެއްވިއްޔާ. ޝާހިދުވެސް ޗުއްޓީ ނަގަން ވެގެން އުޅެނީ.” ދޮންތަ އެހެން ބުނި ނަމަވެސް ދެރަ ވާނެކަން އަހަންނަށް އިނގެއެވެ.
އެޕާރޓްމެންޓަށް ބަދަލު ވީ ފަހުން ނިދުމަކީ އަހަންނަށް ވަރަށް އުނދަގޫ ކަމަކަށް ވެއްޖެއެވެ. އެކަނި އޮންނާތީ ބޭކާރު ކަންކަމާ ފިކުރު ކުރެވެނީއެވެ. ކުރިން ލަޔާލް ނިންދަވަންށާއެކު އޮށޯންނަ ގޮތަށް އަހަންނަށް ވެސް ނިދެއެވެ. އެހެން ނަމަވެސް މިހާރު ކޮންމެ ރެޔަކު އަހަރެންގެ ސިކުނޑި ފުރެނީ ޒަލިފްގެ ހަނދާންތަކުންނެވެ.
7 އަހަރު ފާއިތުވެ ދިޔަ އިރުވެސް އަހަރެންގެ ހިތުން ޒާލިފްގެ ހަނދާންތައް ފޮހެނުލެވުނީ ކީއްވެކަމެއް ޚުދު އަހަންނަކަށް ވެސްނޭނގެއެވެ. މީހަކާ ރައްޓެހިވެ ދިރިއުޅުމެއް ފެށުމުގެ ޚިޔާލުވެސް އަހަރެންގެ ނެތެވެ. މަންމަމެން އެވަރަށް އާދޭސްކުރާއިރުވެސް އަހަރެން އެއަށް ދެނީ ބީރުކަންފަތެވެ. ޒާލިފް އާ އަހަރެން ވަކިވިފަހުން އަހަރެން ކައިރީގައި ރައްޓެހިވާން މިހާރު އެތައް ކުދިންނެއް އަހައިފިއެވެ. ނަމަވެސް އެ އެންމެނަށް ވެސް އަހަރެން ދިނީ އެއް ޖަވާބެކެވެ. ‘އަދި ތިކަހަލަ ޚިޔާލެއް ނުކުރަން.’ އެއާއެކު އަހަންނާ ވާހަކަ ދައްކަން މަސައްކަތް ކުރާ ހުރިހާ ފިރިހެން ކުދިންހެން ހަފްތާއެއްވެސް ނުވަނީސް އަހަންނާ ވާހަކަދެއްކުން ހުއްޓާލައެވެ.
އެގޮތުގައި އެއްމަސް ދުވަސް ވޭތުވެގެން ދިޔަ އިރުވެސް އަހަންނަށް އެ ހަނދާންތަކާ ދުރަކަށް ނުދެވުނެވެ. ނަމަވެސް އެހެން ދުވަސްތަކާ ޚިލާފަށް މިއަދު އަހަރެންގެ ހިތަށް ވެރިވަމުން ދިޔައީ ގޮތްނޭނގޭ އަސަރުތަކެކެވެ. ހިތް ބިރުގަނެފައި ހުރީ ކީއްވެ ކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގެއެވެ. ޒާލިފްގެ ހަނދާންތަކާ އަހަންނަށް ދުރަށް ދާން ލިބޭ ފުރުސަތަކީ އަހަރެން ޑިއުޓީގައި ހޭދަކުރާ ވަގުތުތަކެވެ. މެންދުރު 15:00 ހާއިރު އެމެޖެންސީގައި ޕޭޝަންޓެއް ގެނައުމާއެކު އަހަރެން އަވަސްވެ ގަތީ އެމަރޖެންސީ ރޫމާ ދިމާލަށްށެވެ. އެމަރޖެންސީ ރޫމް ތެރެއަށް ވެއްދިފައި އޮތް މީހާ ފެނުނު ހިނދު އަހަރެންގެ ހިތް ތެޅި ފޮޅެން ފެށިއެވެ. ލެއިން ތަތްތެޅިފައި އޮތް ޒާލިފް ގެ މޫނު ފެނުނު ހިނދު އަހަންނަށް އެ ދިމާލަށް ދުއްވައިގަނެވުނީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. ލަސްނުކޮށް އޮޕަރޭޝަން ތިއޭޓަރަށް ބަދަލު ކުރުމަށްފަހު ތެޅިތެޅި އޮތް ހިތަކާއެކު އަހަރެން މަސައްކަތް ފެށީ ޒާލިފްގެ ފުރާނަ ސަލާމަތްކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ. ޒާލިފްގެ ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. ބޯ ފަޅައިގެންގޮސް ހުރިއިރު ސިކުނޑިއަށް ލޭ އެޅިދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.
ބޮލުގެ 5 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ޒާލިފް ހޭ އެރީ އެރޭ 19:15 ހާއިރުއެވެ. ޒާލިފް ހޭއެރުމުން ވޯޑަށް ބަދަލުކުރަންދެން ވެސް އަހަންރެން މަޑުކުރީމެވެ. “ޝިޔާ.” ކުރަކި ވެފައިވާ އަޑަކުން ޒާލިފް އަހަންނަށް ގޮވާލުމުން ލުއި ހިނިތުންވުމެއް ހަދިޔާ ކުރީ އަހަންނަށް ޒާލިފްގެ ފުރާނަ ސަލާމަތް ކުރެވުނީތީ ﷲ އަށް ޝުކުރު ދަންނަވާ ޙާލުގައެވެ. “ޝިޔާ މިތާގަ ކީއް ކުރަނީ؟” ޒާލިފްގެ ފުރަތަމަ ސުވާލުވެސް އައީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. “އަ.. އަހަރެން ޒާލިފް ކައިރިއަށް އައިއްސަ….” “ޑރ.މިޝްޔާ. މިހުރީ ގެންނަން ބުނުއްވި ފައިލްތައް.” އަހަރެންގެ ވާހަކަ ފުރިހަމަ ނުވަނީސް ނަރުސް ކުއްޖަކު އައިސް އަހަންނާ ހަވާލު ކުރީ މިއަދު ހެންދުނު އަހަރެން ފަރުވާދިން ޕޭޝަންޓްގެ ފައިލެވެ. “ޝިޔާ ޑޮކްޓަރެއްތަ؟ ކޮން އިރަކު… އެކަމު ތީ ޝިޔާ ކުރިއައް ދާން އުޅުނު ދާއިރާއެއް ނޫނެއްނު.” ޒާލިފްގެ ސުވާލުން އަހަރެން ޒާލިފް އަށް ހުރިހާއެއްޗެއް ތެދަށް ކިޔަދިނުމަށް އަހަރެންގެ އަމިއްލަ ނަފްސައް ވަޢުދު ވީމެވެ. “ފަހުން ދޯ. މި ގަޑީ އިހަށް އަރާމު ކޮށްލާ. އަހަރެން އެބަ އަންނަން.” ހުރިހާ ވާހަކައެއް މި ވަގުތު ޒާލިފްއައް ކިޔައިދުނުމަކީ އެންމެ ރަނގަޅުގޮތެއް ނޫންކަން ޑޮކްޓަރަކަށްވެ ހުރެ އަހަންނަށް ވިސްނެއެވެ.
ޒާލިފް ރަނގަޅުވެ ގެއަށް ދޫކޮށްލަންދެންކޮންމެ ދުވަހަކުވެސް ޒާލިފް ކައިރިޔައް އަހަރެން ދަމެވެ. ކޮންމެ ދުވަހެއްގެ ޑިއުޓި ނިންމާލުމަށްފަހު ޒާލިފް ކައިރީގައި ހޭދަކުރަމުންދާ ވަގުތުތަކުން އަހަރެންގެ ހިތަށް ލިބެމުން ދިޔައީ އިތުރު ހަމަޖެހުމެއްކަން އަހަންނައް ޔަޤީން ވިއެވެ. އެހެންނަމަވެސް ޒާލިފްއަށް ހުރިހާވާހަކައެއް ކިޔާދޭވަގުތެއް އަހަންނަކަށް ނުލިބެއެވެ. ޒާލިފްގެ އާއިލާގެ މީހުން ތިބި އިރު އަހަރެން އެ ހުރިހާ ވާހަކައެއް ކިޔައިދީ އަހަރެންގެ ހިތުގެ އުދާސްތައް އެންމެންގެ ކުރިމައްޗައް ބަންޑުން ކޮށްލާނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ.
2 ހަފްތާ ފަހުން ޒާލިފް ގެއަށް ދޫކޮށްލި ދުވަހަކީ އޭނާގެ އާއިލާ މީހުންނަށް އަހަރެން ތަޢާރަފް ކޮށްދިން ދުވަހެވެ. “މި ތަ އެ ކުއްޖަކީ. ދަރިފުޅު އުމުރު ދުވަސް ހުހަށް ހުރެ ތި ދުއްވާލަނީ މި.. ކަނބުލޯ މަންމައަށް އެނގޭ ޒާލިފް ލޯބިވާ ކުއްޖަކު ހުރިކަން. އެކަމު އެއީ ކޮން ކުއްޖެއް ކަމެއް އަދި އެ ކުއްޖެއްގެ ފޮޓޯއެއްވެސް މަންމަ މެނަށް ޒާލިފްއެއް ނުދައްކާ. މިއަދު މަންމަ ވަރަށް އުފާވެއްޖެ.” ޒާލިފްގެ މަންމަގެ ކޯތާފަތްމަތީ ފިރުކެމުން ފޭބި ކަރުނަތިކި ފޮހެ ދެވުން އިރު އަހަނރެންގެ ދެލޯވެސް ތެމެން ފެށިއެވެ. އަހަރެންގެ މައިންބަފައިންވެސް މިހެން ޤަބޫލު ވާނެ ނަމައޭ ހިތައްއެރިއެވެ. އެތަނުން ދުރަށް ދުއްވައި ގަނެވުނީ ލޮލުގައި ގިނަވެފައި ހުރި ކަރުނަތައް ފައިބަން ފެށުމުންނެވެ. ފާޚާނާއަށްވަދެ ރޯން ހުރެވުނީ ކިހާއިރަކު ކަމެއް ވެސް ނޭނގެއެވެ.
“ކޮބާ ދަރިފުޅާ. އަދިވެސް ދަރިފުޅަށް ކަމުދާ ކަހަލަ ކުއްޖަކު ނުފެނޭތަ؟ ބައްޕަ ވަރަށް ދެކެން ބޭނުންވާ ދުވަހެއް އެއީ ދަރިފުޅު މީހަކާ އިނދެގެން ބައްޕައައް ކާފަ ކިޔާ ދަރިޔަކު ލިބޭ ދުވަސް. މިހާރު ދަރިފުޅުގެ އުމުރުން ވެސް މިހާރު 27 އަހަރު ވަނީނުން ތިހިރަ. ތިހާ ގިނަ ދުވަސް ވަންދެ މީހަކާ ނީނދެ ހުންނާކަށް ނުވާނެ.” ރޭގަނޑު އެންމެން ކެއުމަށް އިންސާފު ކުރަމުން ދިޔަ ވަގުތު ބައްޕަ އެ ވާހަކަ އެ ފެށީ އެހެން ނުބުނެވޭތާ ގިނަދުވަސް ވީމާ ކަންނޭގެއެވެ. “ބައްޕާ އަހަރެން އަދި..” “ހޫނ އަނެއްކާ އެ ހިތަދޫ ކުއްޖާގެ ވާހަކަ ދޯ؟ ބައްޕަ ކިތައް ފަހަރު ބުނެފިންތަ އެއީ އެހާ ރަނގަޅު ކުއްޖެއް ނޫނޭ. ކީއްވެތަ ތި ދެ ކަންފަތައް އަޑު ނީވިގެން ތި އުޅެނީ” މި ވާހަކައެއް ދައްކާ ކޮންމެ ފަހަރަކުވެސް ބައްޕަ އަހަންނާ މުޚާޠަބު ކުރަނީ އެފަދައިންނެވެ. އަހަރެންގެ މިލާފައި މިވާ މޫނު ބައްޕަމެންނަށް ނުފެންނަނީ ބާވައެވެ. އަހަރެންގެ ދިރިއުޅުމަށް އަންނަމުން މި ދާ ބަދަލު ނުފެންނަނީ ބާވައެވެ. ނޫނީ އަހަރެންގެ މި ދިރުމެއްނެތް އުޅުން ބައްޕަމެންނަށް މާ ރަނގަޅީ ބާއެވެ.
އައު އަހަރަކަށް މަރުޙަބާ ކީ އަހަރެންގެ ހިތައް ލުއިތަކެއް ގެނުވަމުންނެވެ. ޒާލިފްއާއި އަހަންނާ ދިމާވާ ކޮންމެ ދުވަހަކީ މިހާރު އަހަރެންގެ ޙަޔާތައް އަންނަ އެންމެ އުފާވެރި ދުވަސްތަކޭވެސް ބުނެވިދާނެއެވެ. ނަމަވެސް ޒާލިފް ލޯބިވާ ކުއްޖަކު ހުންނަކަން ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންގެ ހިތައް ކަށިތަކެއް ހެރޭ ފަދައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.

Assalaamalaikum. Ummeedhu kuran hurihaa kudhinnah ves mi part kamudhaane kamah. insha allah next part maadhan nun aneh dhuvahu upload kohdheynan.
?❤
Always welcom to positive and negative comments.
?
Maasha Allah v rythi keep going ❤❤??
E grl kiyevi loluge doc kameh noonthr…so hw come eyna surgent akah vaany..evx boluge…ophthalmology akah surgery eh nukureveyne ehnu boluge eh…ekn vaani neurologist akah noothr…I mean neuro surgent akahnu..anehkaa ragalhah baa mikiyeni…. hehe stry nice masha Allah..ethanko hama alhaigannani…vedhaane hama hervigothakahvx…saaji sis anehkaa heevigothehthr mee… hama buneli…bst of luk..?
hehe. may be unkwn ah olhunee kanneynge. kurin alhugandu haama eh nukuran mishya aky kon kahala doc eh kameh. but obviously she is a neurosergeon. insha allah kuriyah oiyy bai ga ingeyne hageegaiyy. i did’nt mention that she was a ophthalmologist. Thankyou
??
Masha Allah nice one nice one????????bst of luk…
Thankyou so much laalu ?
Mi vaahaka varah salhi♥️. Hama?. Next part avahah up kohdhechey. Curiously waiting for the next part.
Insha allah varah avahah submit kuraanan.
Thankyou all for the support and love
?❤
Maasha Allah V reethi mi part ves when is next
Thankyou Alika. Insha allah tomorrow submit kuraanan
?
❤️ Varah reethi mi part.
hello dear readers. 4th part submit koffa innaane.
?