އައު އަހަރަކަށް މަރުޙަބާ ކީ އަހަރެންގެ ހިތައް ލުއިތަކެއް ގެނުވަމުންނެވެ. ޒާލިފްއާއި އަހަންނާ ދިމާވާ ކޮންމެ ދުވަހަކީ މިހާރު އަހަރެންގެ ޙަޔާތައް އަންނަ އެންމެ އުފާވެރި ދުވަސްތަކޭވެސް ބުނެވިދާނެއެވެ. ނަމަވެސް ޒާލިފް ލޯބިވާ ކުއްޖަކު ހުންނަކަން ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންގެ ހިތައް ކަށިތަކެއް ހެރޭ ފަދައެވެ.
“ޝިޔާ. އަހަރެން ބޭނުން ޝިޔާ އާ މީޓް ކޮށްލަން. ރަސްފަންނަށް. މިރޭ 9 ޖަހައިރު.” އެމް އާރް އައި ރިޕޯޓް ދައްކަން އައިސް ގެއަށް ދަމުން ޒާލިފް އެހެން ބުނުމުން ވަރަށް އުފާވިއެވެ. މިރޭ ކުރަން ކިތަންމެ ކަމެއް ހުއްޓަސް އެ ހުރިހާ ކަމަކަށް ވުރެ އަހަންނަށް ޒަލިފް މުހިންމެވެ.
ލާނެ ހެދުމެއް ހޯދާތާ މިހާރު 1 ގަޑިއިރު ވެއްޖެއެވެ. އަދިވެސް ހިތްހަމަ ޖެހޭ ކަހަލަ އެއްޗެއް ނުފެނެއެވެ. ކުއްލިއަކަށް އަހަރެން ހަނދާންވީ އެންމެ ފުރަތަމަ އަހަންނާ ޒާލިފް އާ ދިމާވި ދުވަހު ޒާލިފް ބުނި ވާހަކައެވެ. “ހުދު ޖިންސު ލާފަ ހުންނަ އިރު ޝިޔާ ވަރަށް ލޯބި. މާޝާ ﷲ”. އަލަމާރި ހުޅުވާލުމާއެކު އަހަންނަށް ފެނުނީ ކިޔަވަން އުޅުނު އިރު ގަނެފައި ނުލައި ބާއްވާފައި އޮތް މެރޫން ކުލައިގެ އަތްދިގު ބްލައުސް އެކެވެ.
20:45 ވީ އިރު އަހަރެން ހުރީ ޝޯލް އަޅާށެވެ. ޑްރެސިންގް ޓޭބަލް މަތީގައި އޮތް ފޯނުން ގަޑި ބަލާލުމަށްފަހު އަހަރެން ބޭރަށް ދާން އަވަސްވެގަތީމެވެ. “ދަރިފުޅާ ކޮންތާކަށް ތި ދަނީ؟” ސިޓިންގް ރޫމުގައި ޓީވީ ބަލަން އިން މަންމަ އަހަންނާ ސުވާލު ކުރީ އަހަންނަށް މަންމަ ގާތުގައި ނުބުނެވި އޮތީމައެވެ. “މަންމާ މި ދަނީ ރައްޓެއްސަކާ އެއްކޮށް ބޭރަށް. އެހާ ލަހެއްނުވެ އަންނާނަން ގެއަށް.” “ހާދަ ފާޑެއްގެ ހެދުމެއް ލައިގެން ތި ހުރީ ދަރިފުޅާ.” ބާރު ހިނުމެއްގައި ގޭން ނުކުންނަން ދަނިކޮށް މަންމަ ބުނި ވާހަކައިން އަހަރެން ހުއްޓުންއެރިއެވެ. “ކުޑީ. ވާކޮޅު ނާއްސާ އެއްނު ތި ހުރީ.” ކުޑަ ކުޑަ ލަޔާލް ހަނދާން ނުކޮށްދިންނަމަ އަހަރެން މިއަދު ބޭރަށް ދާނީ އެ ހުރި ގޮތައް ކަންނޭނގެއެވެ. “ތެންކިޔޫ ކުޑީގެ ކުޑަ ކުޑަ ލަޔާ.” ލަޔަލްއަށް ޝުކުރު އަދާކުރުމަށްފަހު އަނެއްކާވެސް ގަޑި ބަލާލީ 9 ޖެހި ތޯ ބަލަންވެގެންނެވެ.
އަހަންނަށް ރަސްފަންނަށް ދެވުނު އިރު ޒާލިފް އެތާގައި ހުއްޓެވެ. އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު ކުލައިގެ އޮފީސް ފަޓުލޫނެއްގައި ޒާލިފް ފެންނަލެއް އެހާ ހިތްގައިމެވެ. އެ ފިރިހެންވަންތަ ހަށިގަނޑު ފެނުމުން އަހަރެންގެ ހިތުގެ ތެޅުން އަވަސްވީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. އެ ކަޅުކަންގަދަ ދެ ލޮލުގައިވީ ހިތް ދަމައިގަންނަ ފަދަ ސިހުރެކެވެ. “ޝިޔާ. އަހަރެން ހީވެސް ނުކުރަން ޝިޔާ އަންނާނެ ކަމަކަށް. މާޝާ ﷲ ބިންމަތީގަ ޕަރީންވެސް އުޅޭތަ؟” ޒާލިފް ކަޅި ޖަހާނުލާ އަހަންނަށް ބަލަން ހުރުމުން އަހަރެން އިސްޖަހާލީ ޒާލިފްއާ ހަތަރުކަޅު ހަމަކޮށްގެން ހުންނަން އުނދަގޫ ވާން ފެށުމުންނެވެ. “އާދޭ މިތާ އިށީންނަން.” ޒާލިފްކައިރީގައި އަހަރެން އިށީނުމާއެކު ކުރިން ދުވަހަކުވެސް ނުވާ ކަހަލަ އިހުސާސެއް އަހަންނަށް ވިއެވެ. އަހަންނަކީ ދުވަހަކުވެސް މި ގޮތަށް ފިރިހެން ކުއްޖަކާ ވަކީން ބައްދަލު ކުރި މީހެއް ނޫނެވެ.
“ހުމްމް. ދެން ކިޔައި ދީބަލަ ކުއްލިއަކަށް ޝިޔާ އަހަންނަށް ގެއްލުނީ ކީއްވެ؟” ޒާލިފް ކޮށްލި ސުވާލުން ހިތަށް ނުތަނަވަސްކަން ވެރިވުމާއެކު ކުއްލިއަކަށް ކޮޅަށް ތެދުވެވުނީ ލިބުނު ސިހުމުންނެވެ. “އަހަންނަށް މަޖުބޫރުވީ. ޒާލިފްގެ ލޯބިވެރިޔެއް ހުންނަކަން އިނގުނު ހިސާބުން ފެށިގެން އަހަރެން އަމިއްލަ ނަފްސަށް ބާރު އެޅިން ޒާލިފްއާ ދުރުވާން.” “އަހަރެންގެ ލޯބިވެރިއެކޭ؟ ކާކު؟ ކާކު ޝިޔާ ކައިރީގަ ބުނި ވާހަކައެއް ތީ؟ ޝިޔާ އަހަންނަށް ގެއްލުނު ދުވަހުން ފެށިގެން މިހާތަނަށް އަހަރެންގެ ޙަޔާތައް އިތުރު އެކަކުވެސް ނާދެ. ޝިޔާ ތީ އަހަރެންގެ ފުރާނަ ފަދައިން އަހަރެން ލޯބިވާ މީހެއް. ޝިޔާ ނޫން މީހެއްދެކެ ލޯބިވާކަށް އަހަރެންގެ ހިތެއް އަހަންނަކަށް ދުވަހަކުވެސް ހުއްދައެއް ނުދޭނެ. ދެން އަހަރެން ކިހިނެއް ޝިޔާ ނޫން މީހެއްދެކެ ލޯބި ވާނީ.؟” ޒާލިފް އައިސް އަހަރެންގެ ކުރިމައްޗައް ހުއްޓުމާއެކު ފެންކަޅިވެފައިވާ ދެލޮލުން ޒާލިފްއާ ދިމަލަށް ބަލާލެވުނީ އެ ދެއްކި ވާހަކަތައް ޤަބޫލު ކުރަން ދަތި ވީމައެވެ. “ޒާލިފް އަހަރެން ކައިރީގަ އެހެން ބުނީ. އަހަންނަށް ފޯނު ލިބުނު ދުވަހު އަހަރެން ޒަލިފްއަށް މެސެޖު ކުރިން. ޒާލިފްއަށް ގުޅާފަވެސް ލޯބިވާ ވާހަކަ ބުނިން. އެ ވަގުތު ޒާލިފް އަހަރެން ކައިރީގަ ބުނީ ލޯބިވާ ކުއްޖަކު ހުރެޔޭ. ތިހެން ކިތަންމެ މީހުންނެއް ގުޅިޔަސް ނުލިބޭނެއޭ.” ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައް އަހަރެންގެ ލޮލުން ލޮލުން ހޯސް ލާފައި ފައިބައިގަތީ އަހަރެންގެ ހުއްދަ އަކާ ނުލައެވެ. “ޝިޔާތަ އަހަންނަށް އެ ގުޅީ؟ އަހަރެން ހީކުރީ… އެކަމު ޝިޔާގެ އަޑަށް ކިހިނެއް ވެފަ އެ ދުވަހު..” އަތުގެ ނުފުށުން ކަރުނަތައް ފުހެލުމަށްފަހު ޒާލިފްއާ އަހަރެން ކުރިމަތިލީ ހުރިހާ ވާހަކައެއް ޒާލިފް އަށް ކިޔައިދޭން ވެގެންނެވެ.
“މައިންބަފައިންގެ ނުރުހުމުގައި ޒާލިފްއާއި ގުޅުން އެއީ އަހަންނަށް ކުރަން ވަރަށް އުނދަގޫ ކަމެކެވެ. ހިތާއި ދެކޮޅަށް ނަމަވެސް ޒާލިފްއާ ދުރުވެވޭތޯ އަހަރެން މަސައްކަތްފެށީ ޒާލިފްއާ ވާހަކަ ދެއްކޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ.
ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔައިރުވެސް އަހަރެންގެ ހިރުގައި ޒާލިފްއާމެދު އޮތް ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ޒާލިފްއާ ވާހަކަދެއްކޭނެ އެއްވެސް ގޮތެއްނެތި ދުވަސްތައް ފާއިތުވަމުން ދިޔައިރު އަހަރެންގެ ހިތުން ޒާލިފްގެ ނަން ފޮހެލަން ކުރި ހުރިހާ މަސައްކަތެއް ވަނީ ބޭކާރު ވެފައެވެ. އަހަންނަށް ފޯނަކާއި ސިމްއެއް ބައްޕަ ދިނީ އޯލެވެލް އިމްތިހާނު ނިމުމުންނެވެ. ބައްޕަ އާއި މަންމަ ބޭނުންވާފަދަ ފޮނި ނަތީޖާއެއް އަހަރެން ރޭގަނޑު ހޭލާ ހުރެގެންނާއި ފިލާވަޅުތަކަށް އެންމެ ފުރިހަމަ ގޮތެއްގައި ސަމާލުކަންދެވުމުންނެވެ. މައިންބަފައިން ގަބޫލު ނުވާނެކަން އެނގިހުރެވެސް އަހަރެން ޒާލިފްއަށް މެސެޖު ކުރީ ޒާލިފްގެ ނަމްބަރު އަހަންނަށް އެނގޭތީއެވެ. އެހެންނަމަވެސް މިފަހަރު މެސެޖު ކުރީ މިއީ އަހަރެންކަން ހާމަ ނުކޮށްށެވެ. ރިޕްލައިއެއް ނުލިބި ދެތިން ދުވަސް ވުމުން އަހަރެން ޒާލިފް އަށް ގުޅީ އިތުރައް ކެތް ނުކުރެވިގެންނެވެ. ފޯނު ނެގުމާއެކުހެން އަހަރެންނަށް ހަލޯއޭ ބުނެވުނީ ކުރަކިވެފައިވާ އަޑަކުންނެވެ. ޒާލިފްއަށް އަހަރެންގެ އަޑު ފާހަގަ ނުކުރެވުނީ ކަންނޭނގެއެވެ. ނޫނީ ޒާލިފް އެއްކޮށް އަހަރެން މަތިން ހަނދާން ނައްތާލީ ކަމަށްވެސް ވެދާނެއެވެ. ޒާލިފް ތީ ކާކުހޭ ބުނިގޮތުން އަހަރެންގެ ހިތަށް އަސަރުކުރިއެވެ. ނަމަވެސް އަހަރެން އަދިވެސް ޒާލިފް ދެކެ ލޯބިވާ ވާހަކަ ނުބުނެ ފޯނު ކަނޑާލާކަށް އަހަރެންގެ ހިތެއް ނޭދުނެވެ. އަހަރެން ޒާލިފްދެކެ ލޯބިވެއޭ ބުނެވުނީ ބޭއިޚްތިޔާރުގައެވެ. “އަހަރެން ލޯބިވާ ކުއްޖަކު ހުރޭ. އިތުރު އެކަކުވެސް އަހަރެންގެ ޙަޔާތައް ގެންނާކަށް ބޭނުމެއް ނޫން. ސާފުވެއްޖެ. ތިހެން އަހަންނަށް ކިތަންމެ އަންހެނެއް ގުޅިޔަސް އަހަރެންގެ ލޯތްބެއް ނުލިބޭނެ.” ޒާލިފްގެ ބަސްތަކުން ދެން ޒާލިފް އަހަރެން ބޭނުން ނުވާނެކަން ޔަޤީން ކުރެވުނެވެ. އެހިނދު އަހަރެން ފޯނު ކަނޑާލީ ލޮލުގައި ހިފަހަށްޓައިގެން ހުރި ކަރުނަތައް ފައިބައިގަތުމުންނެވެ.
އެދުވަހަށްފަހު އަހަރެންގެ ހިތައް ދެން ޒާލިފް ނުލިބޭނެކަން ވިސްނައިދޭން ކިތަންމެ މަސައްކަތެއް ކުރިޔަސް އަހަރެންގެ މި ހިލަހިތް ޤަބޫލެއް ނުކުރެއެވެ. ކޮންމެވެސް ގޮތަކުން ވީނުވީ ޒާލިފްއަށް އަންގާދޭން މަސައްކަތް ކުރުމަށް ހިތް ބުނަންފެށިއެވެ. ނަމަވެސް ޒާލިފް އެހެންކުއްޖެއްދެކެ ލޯބިވާކަން އެނގިހުރެ އެކަން ކުރަން އަހަންނަކަށް ފަސޭހައެއް ނުވާނެއެވެ. ސިކުނޑީގައި މި ހުރިހާ ޚިޔާލުތައް ގިނަވެ އަހަންނަށް އުނދަގޫ ވާން ފެށުމުން އަހަރެން ހުރިހާ ވާހަކަތަކެއް ކިޔައިދޭނީ ކާކަށް ކަމެއް ޚުދު އަހަންނަކަށް ނޭނގެއެވެ.
އޭލެވެލްގެ ކިޔެވުންފެށި ކިޔެވުމައިގެން އަވަދިނެތި އުޅެން ޖެހުން ވެގެން ދިޔައީ ޒާލިފް މަތިން ހަނދާން ނައްތާލަން އަހަންނަށް ލިބުނު ރަނުގެ ފުސަތަކަށްށެވެ. މަޑުމަޑުން ޒާލިފްގެ ހަނދާންތަކާ ދުރަށް ދާން އަހަންނަށް މަޖުބޫރު ކުރުވީ އަހަރެންގެ ބިޒީ ޝެޑިއުލްއެވެ. ކިޔެވުމަށް ވަގުތުދީ ގޭތެރޭގެ ކުދިކުދި މަސައްކަތް ކޮށްފައި އަހަންނަށް އެހެން ކަންކަމަ ވިސްނާނޭ ވަގުތެއް ނުވެއެވެ.
ގުރޭޑު 11 ގެ ފައިނަލް އިމްތިހާނު ކައިރިވަމުން އައި ވަރަކަށް އަހަރެންގެ ނިދުމަށް ބަދަލު އަންނަމުން ދިޔައެވެ. ކުރު ގޮތަކަށް ބުނާނަމަ ނިދި ނާންނާތީ ނުނިދާ ފިލާވަޅުތައް ދަސްކުރަން އިންނަން ފެށުނެވެ. އެންމެ ކުޑައިރުއްސުރެ ނަމާދަށް ޖެހިފައި ހުރި ލޯތްބެއްގެ ސަބަބުން ނަމާދު ނުކޮށް އެހެން އެއްވެސް ކަމެއް ކުރުން އެއީ ވާނޭ ކަމެއް ނޫނެވެ. އޯލެވެލް އިމްތިހާނު ކައިރިވަމުން އައި ދުވަސްކޮޅު ދަމުނަމާދާއި ޟުޙާ ނަމާދު ކުރަންފެށިގޮތަށް މިހާރު އަހަންނަށް އެ ދެ ނަމާދަށް ވެސް ވަރަށް ބޮޑަށް ފަރުވާތެރި ވެވެއެވެ. އަހަރެން ދީނަށް މި ހުންނަ ޝައުޤުވެރިކަމުގެ ހުރިހާ ޝުކުރެއް ޙައްޤު ވަނީ އަހަރެންގެ މަންމައަށްށެވެ.
އޯލެވެލް އެކޭ އެއްފަދައިން އޭލެވެލް ވެސް އަހަރެން ނިންމާލީ އާއިލާމީހުން ފަޚުރުވެރިވާފަދަ ފޮނި ނަތީޖާއަކާއެކުއެވެ. ސީއެޗްއެއީ އިން 2 ވަނަ ލިބުމާއިއެކު މަތީ ސާނަވީ އިމްތިހާނުގެ ގަދަ ދިހައެއްގެ 1 ވަނައިގައި ހިމެނުނު އިރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ވެސް އަހަންނަށް ލިބުނެވެ. މަންމަ އާ ބައްޕަގެ އުންމީދަކީ އަހަރެން ޑޮކްޓަރަކަށް ވުމެވެ. ނަމަވެސް ކުޑައިރުއްސުރެވެސް އަހަރެންގެ އުންމީދަކީ އިންޓީރިއާ ޑިޒައިނަރ އަކަށް ވުމެވެ. އަހަރެންގެ އުންމީދުތަކަށްވުރެ މައިނަބަފައިންގެ އުންމީދުތައް އިސްކުރީ އެއީ އެންމެ ރަނގަޅު ގޮތްކަމަށް އަހަންނަށް ފެންނާތީއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ދަށުން އަހަރެން އޮސްޓްރޭލިޔާގެ ޑީކިން ޔުނިވާރސިޓީއަށް މެޑިސިން ކިޔަވަން ދާން އަހަރެން ފުރީ މީ އަހަންނަށް ޒާލިފްގެ ހަނދަނތަކާ ދުރުވާން ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ބަލާފައެވެ.
ކިޔެވުމުގައި އަވަދިނެތި އުޅެން ފެށުމުން ޒާލިފްގެ ހަނދާންތަކާ ދުރަށް އަހަންނަށް ދެވުނެވެ. ނަމަވެސް އަހަންނަށް ނޭނގުނު ކަމަކީ އެނބުރި އައުމުން އަހަރެންގެ ޙަޠަށް ޒާލިފް އަންނާނެ ކަމެވެ. ކޯހުގެ އެއްބައި 7 އަހަރު ދުވަހުން ނިންމުމަށް ފަހު ވަޒީފާއަށް ގޮސް 2 އަހަރު ފަހުން އެނބުރި ކުރިޔަށް އޮތް 4 އަހަރުގެ ކިޔެވުން ފުރިހަމަ ކުރަން އޮސްޓްރޭލިޔާއަށް ދާން އަހަރެން ގަސްދު ކުރީ މައިންބަފައިންނާ ލޯބިވާ އެންމެނާ ދުރުގައި އެޙާ ގިނަދުވަސް އުޅުމަކީ ފަސޭހަ ކަމަކަށް ނުވާތީއެވެ.”
ޒާލިފްއަށް ހުރިހާ ވާހަކައެއް ކިޔައިދީ ނިންމި އިރުވެސް ޒާލިފް ޝައުގުވެރި ކަމާއެކު އަހަރެންގެ ވާހަކަތައް އަޑުއަހަން އިނެވެ. “މީ އަހަރެން ޒާލިފް އަށް ގެއްލުނު ގޮތަކީ. ޒާލިފް ހޮސްޕިޓަލްއަށް ގެންދިޔަ ދުވަހު އަހަރެން ވަރަށް ދެރަވި. ޒަލިފް އެ ހާލުގަ އޮއްވާ ދެކޭކަށް ދުވަހަކުވެސް އަހަރެން ބޭނުމެއް ނުވޭ. އެދުވަހު އަހަންނާއެއްކޮށް ޑިއުޓީގަ ހުރި ޑރ. ޝިފާން އަކީ އައި.ޖީ.އެމް.އެޗްގަ ހުރި އެންމެ ރަނގަޅު ނިއުރޯސާރޖަން. އަހަންނަކީ އަދި ސްޓޫޑެނޓެއް. އެކަމް މި ކޮޅަށް އައި ދުވަހުން ފެށިގެން ޑރ.ޝިފާން ގެ ހުރިހާ ސާރޖަރީއެއްގަ އަހަރެން ބައިވެރި ކުރާނެ. އެ ދުވަހު ޑރ.ޝިފާން ޑިއުޓީގައި ހުރި ކަމީ ޒާލިފްގެ ވެސް އަދި އަހަރެންގެވެސް ނަސީބު. ޒާލިފް ހޮސްޕިޓަލަށް ގެންދެވުނީ ޑރ.ޝިފާން ޑިއުޓީގަ ހުންނެވި އެންމެ ފަހު ދުވަހު. ޑރ މިހާރު އުޅުއްވަނީ މެލޭޝިޔާގަ. އެދުވަހު އަހަންނަށް ޒާލިފް ގެ ހުރިހާ ކަމެއް ހަވާލި ކުރެއްވީ ދެން ކުރިއަށް ކަންތައް ކުރަންވީގޮތް ކިޔައިދީފަ. ފޮލޮރ އަޕް ކޮންމެ ދުވަހެއްގަވެސް އަހަރެން ކޮންވަރސޭޝަން ރިކޯޑް ކުރަން އަދި ޒާލިފްގެ މެއް.އާރް.އައި ތަކާއެއްކޮށް އަހަރެން ޑރ.ޝިފާންއަށް ފޮނުވަން. އަދިވެސް އަހަރެން ޒާލިފްދެކެ ވާ ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާދެ. ކިޔަވަން އުޅުނު އިރު ޒާލިފް މަތިން ހަނދާން ނައްތާލެވުނެއް ކަމަކު އެނބުރި މާލެ އައުމުން ޒާލިފްގެ ހަނދާންތައް އަހަރެންގެ ހިޔަނިހެން އަހަރެންގެ ކައިރީގަ އަބަދުވެސް ވޭ. އަހަރެން ޒާލިފްދެކެ ވަރަށް ލޯބިވޭ.” ހިތުގައިވި ހުރިހާ އުދާސްތަކެއް ޒާލިފްގެ ކުރިމައްޗައް ބަންޑުން ކޮށްލެވުމުން ދުވަހަކުވެސް އަހަރެންގެ ހިތައް ނުލިބޭފަދަ ހަމަޖެހުމެއް ލިބުނެވެ. “އަހަރެންވެސް ޝިޔާދެކެ ވަރަށް ލޯބިވޭ. ޝިޔާ އަހަންނާ އިންނަންވީނު؟” ޒާލިފް އަހަރެންގެ ކޯތާފަތްމަތީ ރޮނގަކަށް ދެމިފައި ހުރި ކަރުނަތައް ފޮހެލަދިނުމަށްފަހު ކޮށްލި ސުވާލުން އަހަރެންގެ ހިތް ފުރިގެން ދިޔަ ކަހަލައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.

V reethi ?❤?
Thankyou
❤?
Maasha Allah V reethi mi part ves v furihama. Waiting for the next
Thabkyou.❤ Insha allah next part tomorrow submit kollaanan.
?
So curious. Shiya kon javaabeh baa dheynii
?. Saaji sis when next part? Waitting for it.
❤?