ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި ފްލައިޓް ޖެއްސުމާއެކު އަހަރެންގެ ހިތް އުފަލުން ފޮޅުނު ކަހަލައެވެ. އެތަކެއް ދުވަހަކަށް ފަހު އުފަން ބިމުގައި ފައި ޖައްސާލެވޭނެ ވަގުތަކަށް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރެވެމުން ދިޔައެވެ. 5 މިނެޓެއް ހާއިރު މަޑުކޮށްލުމަށްފަހު ބޯޓުން ފައިބައިގެން އެރައިވަލްސް ގޭޓުން ވަދެގެން އަހަރެން މިސްރާބު ޖެހީ ފޮށި ނަގަން ދިއުމަށްށެވެ. މަންމަ އާއި ބައްޕަގެ ފޮނި ހުވަފެންތައް ހަޤީގަތަކަށް ހަދައިދެވުނު ކަމުގެ އިހުސާސްތަށް ހިތަށް ވެރިވި ހިނދު ހިތް އުފަލުން ނަށާލި ކަހަލައެވެ. އަހަރެން ދިރިއުޅުމަށް ކުރަމުން އައި ފޮނި ހުވަފެންތައް ހަނދާން ނައްތާލަން މަސައްކަތް ކުރަމުން މަންމަ މެންގެ ހުވަފެން ތަކުގައި ކުލަޖައްސަވައިދެވޭތޯ އަހަރެން ބެލީ އެ ދެމީހުން އަހަންނަށް ޓަކާ ވާ ޤުރުބާނީ ފެނިފައެވެ.
ފޮށި ނެގުމަށްފަހު އަހަރެން މިސްރާބު ޖެހީ ނުކުންނަ ދޮރާ ދިމާލަށެވެ. އެއް ދުވަސް މިކޮޅުގައި ދައްތަމެން ކައިރީ މަޑުކޮށްލުމަށްފަހު މަންމަ މެން ކައިރިއަށް ރަށަށް ދާން ފުރުން އެއީ އަހަރެން ރާވާފައި އޮތް ގޮތެވެ. ދޮރުން ނުކުތް ވަގުތު އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަހަރެންގެ މަންމަ އާއި ބައްޕަ ހުރިތަން ފެނުމުން ލޮލަށް މި ފެންނަ މަންޒަރަކީ ހަޤީގަތެއް ކަމަށްވެސް ޤަބޫލެއް ނުކުރެވުނެވެ. އަހަރެން ފެނުނު ވަގުތު މަންމަ ކިތަންމެ ފޮރުވަން އުޅުނަސް އެ ލޮލުން އެ ވެއްޓުނު އުފާވެރި ކަމުގެ ކަރުނަތިކި މިފަހަރަކު އަހަންނަކަށް ނުފޮރުވުނެވެ. ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔަ ފަނޑުވުމެއް ނެތަ ހިނިތުންވުމަކީ މީގެ ދުވަސްތަކެއް ކުރިން އެ މޫނުން ގެއްލިފައިވި ހިނިތުންވުމެކެވެ. “މަންމާ. ބައްޕާ. ކޮންއިރަކު އައީ؟ ކޮބާ ދައްތަމެން؟ ނާދޭތަ؟” އަހަރެން އެދެމީހުން ގައިގައި ބައްދާލި ވަގުތު ވެގެން ދިޔައީ ކުޑައިރުގެ ހަނދާންތައް އާވެގެން ދިޔަ ވަގުތަކަށެވެ. “ދަރިފުޅު މާލެ އަންނާތީ ދަރިފުޅު ދެކިލަން ވެގެން ބައްޕަމެން އިއްޔެ ފުރި ބޯޓުން މާލެ މި އައީ. ދައްތަމެންނަށް މިއަދު އާދެވޭގޮތް ނުވީ.” ބައްޕަ އަހަރެންގެ ބުރަކަށީ ފިރުމާލަމުން ވާހަކަ ދެއްކީ ނުހަނު ލޯތްބާއި އޯގާތެރި ކަމާއެކުއެވެ.
“ކުޑީ. މަންމީ ކުޑީ އައީ” ދޮންތަމެންގެއަށް ގޮސް ބެލް އަޅާލުމާއެކު ދޮރު ހުޅުވި ލަޔާލް އަހަރެން ފެނުމާއެކު އުފަލުން ފޮޅުނެވެ. “އަނހާ. ކުޑީ އައީތަ؟ ލަޔާލްއަށް ނުވެސް އިނގޭ ދޯ ކުޑީ އަންނަ ކަމެއްވެސް،” ލަޔާލްގެ އަޑަށް ކޮޓަރިން ނުކުތް ދޮންތަގެ މޫނުމަތިން ހިނިތުންވުން ފެންނަން ހުއްޓަސް ކޮންމެވެސް ކަމެއް ފޮރުވަން އުޅޭ ކަމުގެ އިހުސާސް އަހަންނަށް ވާންފެށީ ކީއްވެ ކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގެއެވެ. “މިރޭ މި ގޭގަ އިނގޭ މަޑުކޮށްލާނީ. އިންޝާ ﷲ މާދަމާއަށް އެޕާޓްމެންޓް ލިބޭނެހެން ހީވަނީ. އަދި އަހަރެންގެ ޖޮބްވެސް ވަރަށް އަވަހަށް ހަމަޖެހޭނެ. އެކޮޅުގަ ހުރެފަ ފޯމް ލައިފަ މި އައީވެސް.” އެކޮޅުގައި އެކަނި އުޅެން ޖެހުމުން އެކަނި އުޅުމަކީ މިހާރު އަހަންނަށް އެއްވެސް ކަމެއް ނޫނެވެ. އެހެން ނަމަވެސް މައިން ބަފައިން ކައިރީގަ ހުރެ އެމީހުން ދޫކޮށް އަހަރެން އެކަނި އުޅުމަކީ އަހަންނަށް ވަރަށް އުނދަގޫ ކަމެކެވެ. “ކީއްކުރަން އެހެން ތާކަށް ޗޭނޖް ވަނީ. މި ގޭގަ މަޑު ކުރަންވީނުން. މަންމަ މެން ނަށް ނިދޭނެ އެންނު ލަޔާލްގެ ކޮޓަރީގަ. މިޝްޔާ އާ ލަޔާލް އަށް ނިދޭނެ ލޫތްގެ ކޮޓަރީގަ. ލޫތް ދެން އެހާ އަވަހަށް އަންނާނެ ކަމެއްވެސް ނޭނގެ. ކޯހުގެ ކޮންމެވެސް ކަމަކު ވެއްޖެ މިތާ ކައިރި ރިސޯޓަކަށް ގޮސް. ދެން މި ގޭގަ ހުރެވެން ހުއްޓަ އެހެން ތަނެއް ހިފައިގެން ބަދަލު ވުމުގެ ބޭނުމަކީ ކޮބާ؟ ދޯ ބައްޕާ.” ދޮންތަ އެ ބުނީވެސް ތެދެކެވެ. އަހަރެން ވަކިން ތަނެއް ހިފައިގެން މަންމަ މެން ގޮވައިގެން ބަދަލު ވެއްޖެ ނަމަ އެއީ ހަމަ އަތުން ދާ ބޭކާރު ރުފިޔާއެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ގިނަ ވަގުތު ހޮސްޕިޓަލުގައި އުޅެން ޖެހުމުން އާއިލާ މީހުންނަށް ދެވޭ ވަގުތު ކުޑަވާފެށިއެވެ. ހޮނިހިރު ދުވަހު އާއިލާއާ އެއްކޮށް ގޭގައި މަޑުކޮށްލަންވެގެން އަހަރެން ލީވް އެއް ނެގީމެވެ. ލަޔާލް ގޮވައިގެން ތިއްތަކައިރިއަށް ހުޅުމާލެދާން އަހަރެން ނިންމީ ލަޔާލް ފޫހިވެގެން އުޅޭވަރުންނެވެ.
ސިނަމާލެ ބްރިޖް މަތިން ކާރު ދުއްވާލާފައި ދިޔައިރު އެހާވެސް ހިތްގައިމެވެ. ތިއްތަމެންގެއަށް ދިޔައިރު އެގޭގައި އެކަކުވެސް ނެތެވެ. ތިއްތަގެ ފޯނަށް ގުޅިއިރު ފޯންވެސް އޮތީ އޮފް ކޮށްލާފައެވެ. ނަމަވެސް އަނބުރާ މާލެދާކަށް ލަޔާލް ބޭނުމެއް ނުވެއެވެ. އޭނަ ބޭނުންވީ އަހަންނާއެކު ހުޅުމާލޭގައި ހިނގާލަން ދާށެވެ.
ސެންޓްރަލް ޕާކްތެރޭގައި އެހާވެސް މީހުން ގިނައެވެ. އަހަރެން ހުރީ ލަޔާލްގެ ހަރަކާތްތަކަށް ވަރަށް ފަރުވާތެރިވެގެންނެވެ. އަހަރެން އިށީންދެ އިން ބެންޗުން ތެދުވީ ކޮންމެސް ފިރިހެނަކާ ވާހަކަ ދައްކަން ލަޔާލް ހުއްޓުމުންނެވެ. “ލަޔާލް. ހިނގާދާންދެން. މާލަސްވެއްޖެންނު.” ނަމަވެސް އަހަރެންގެ ބަސްތަކަކަށް ލަޔާލް ފަރުވާލެއް ނުބެހެއްޓިއެވެ. “ކުޑީ ވެއިޓް..” ލަޔާލް ދާން ނޫޅޫމުން އެ ފިރިހެން މީހާގެ މޫނަށް އަހަރެން ބަލާލީ ދަންނަ މީހެއްހެން ހީވުމުންނެވެ. ނަމަވެސް އެ މީހާ އިސްޖަހައިގެން ހުރުމުން ރީއްޗައް މޫނު ފެންނަ ގޮތެއް ނުވިއެވެ. “ލަޔާލް..” ތަންކޮޅެއް ބާރަށް އަހަރެން ލަޔާލްއަށް ގޮވާލީ އޭނާ އާދޭތޯއެވެ. އެވަގުތު އެ ފިރިހެން މީހާވެސް އަހަންނަށް ބަލާލިއެވެ. އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަހެންނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.

Masha allah varah reethi mi part. But thankolheh dhigu kollahche next part. Whn next part sis? Waiting….. keep up sis ❣
Assalaam alaikum. Mee first part mi storyge. Insha allah story nimendhen upload kohdheynan. Ummeedhu kuran hurihaa kiyuntherinnah ves mi vaahaka kamudhaane kamah. Liyumuge mistake ves huredhaane. Most welcome yo negative and positive comments ??
Hi. V v riythi mi part. Heevaniy v reethi vaanehen mi story. When is next. Waiting for the next part.
How old r u
Hey. thankyou so much. insha allah next part tomorrow. I am 17 yrs old ?
Ohh. I’ll also be 17 year’s within coming 13 days.
??
Ehehe. Happy birthday in advance ??
I’ll be 18 this year ?
Waiting for the second part?
Thankyou zeekko ❤
Wooow nice ???
Waiting for nxt part lysm siss ❤️❤️❤️❤️
Thankyou ❤❤ lym ?
V reethi vaane hn heevany…… Kuriah oi kiyaa leema dhw Ingeynee vx… Hehe… Waiting fr nxt part
Thankyou kylie. Insha allah next part tomorrow.
Thanks???..
Waiting for the next part… ?
The post is on pending now ?
Vrh salhi ?