Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 11

Shiu 💞🌸 Level 110 Stories
June 2, 2020 3 Mins Read
5 Comments

މަލާ އެންމެފަހުން ފެނުނު ދުވަހު ހިނގި ހާދިސާއަށްފަހު މަހެއް ފާއިތުވެގެން ދިޔައިރު ކޮންމެ ދުވަހެއްގެ ހަވީރުގެ ވަގުތުތަށް ލޫތު ހޭދަކުރީ މޯލްގައެވެ. މަލާ އާއި ވާހަކަ ދައްކަން ގަދަ އަޒުމެއްގައެވެ. ދިމާވާނެ ކަމުގެ ފޮނި އުއްމީދުގައެވެ. ދިމާވުމުން ދައްކާނެ ވާހަކަ ސިކުނޑީގައި ފުރިހަމައަށް ރާވާލިއެވެ.
ކަންތައް ވީ ލޫތު އުއްމީދުކުރި ގޮތަކަށް ނޫނެވެ. މަހެއް ފާއިތުވެގެން ދިޔައިރު އެންމެ ދުވަހަކުވެސް މަލާ ފެނިނުލިއެވެ. އެވަރުންވެސް ލޫތު ބޭނުންވީ އިތުރަށް މަސައްކަތް ކުރަންށެވެ. އޭނާއަކީ ކަންކަމުގައި އެހާ އަވަހަށް އުއްމީދުކަނޑާލާ މީހެއްނޫނެވެ. ދުވަހުގެ ގިނަ ވަގުތު ފިހާރަ ކައިރީގައި މުގޯލި އަޅަންފެށިއެވެ. އެތާ އުޅޭ ސްޓާފުންނަށް ލޫތު ވަކިކުރަން އެނގޭ ވަރަށް ބައްދަލުވަމުންދިޔައެވެ. އޭގެ ފަހުން ދެމަސްފާއިތުވެ މަލާގެ އެއްވެސް ޚަބަރެއް ނުވުމުން ލޫތުގެ ކަރުއެލުނެވެ. ލޫތު ނިންމީ މަލާ އަނެއްކާވެސް ފިލީކަމަށެވެ. އެކަމަކު މަލާ އެހެން ކަންތައް ކުރުމުގެ ސިއްރަކީ ކޮބާބާވައެވެ؟ ލޫތުގެ ހިތުގައި ސުވާލު ފުނި ފުންޏަށް ޖެހުނެވެ. އެންމެފަހުން ކެތްނުވެގެން މުވައްޒަފެއް ގާތު އެތާގެ މެނޭޖަރު ކޮބާތޯ ސުވާލުކޮށްލުމުން އެނގުނީ މެނޭޖަރުގެ މަގާމަށް އާ މީހަކު އައްޔަން ކުރިތާ ދެމަސްވެއްޖެކަމެވެ. މަލާ ހޯދައިގަތުމަށް އޮތް ހަމައެކަނި ފުރުޞަތު ބީވެގެން ދިޔައީއެވެ. ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުނީއެވެ. ދެން އޮތް ހަމައެކަނި ގޮތަކީ ދުބާއީގެ ބޮޑެތި މަގުތަކުގައި ދުއްވުމެވެ.

ލޫތުގެ އެކަނިވެރި ހަޔާތުގެ ދުވަސްތައް ވޭތުވަމުން ދިޔައީ ހިތްދަތިކަމުގައެވެ. ހިތަށް ހިތްހަމަ ޖެހުން ލިއްބުވައިދެނީ އަޅުކަންތަކާއި ގާތްވުމުން އެކަންޏެވެ. ރަނގަޅު ގޮތެއް ހައްދަވައި ދެއްވުމަށް އެދި ދުޢާކޮށް އަޅުކަންތައް ގިނަ ކުރުމުން އީމާންތެރިކަން އިތުރަށް ވަރުގަދަވެ މީހާގެ މޫނުމަތިން ހިތްހަމަޖެހުން ފެންނަން ފެށިއެވެ. ލޫތުއަށް އިހްސާސްވީ ހަޔާތުގެ ބޮޑު ބައެއް ބޭކާރުވެގެން ހިނގައްޖެކަމުގައެވެ. އުމުރުގެ ބާކީ ދުވަސްތައް އުފަލާއެކު އުޅުމަށް އަޒުމުކަނޑައަޅައި ހަޔާތަށް އިތުރު ބައިވެރިއަކު ގެނެއުމަށް ނިންމިއެވެ. ނަމަވެސް އޭރުވެސް ހިތުގައި ނުތަނަވަސްކަމެއްވިއެވެ. މަލާއަށްޓަކައި ފުން ލޯތްބެއް އެހިތުގައިވިއެެވެ. ނަމަވެސް އެކަން ހަނދާންނައްތާލުމަށް ނިންމީ މަލާކަންތައް ކުރި ގޮތް ހަނދާންވެފައެވެ. ލޯބިވާނަމަ ފިލަން ދުވަންވީ ކީއްވެހެއްޔެވެ؟ އެހެން ޤައުމެއްގައި ވަޒަންވެރިވެގެން އެއުޅެނީ އުފަލުގައިކަން ގައިމެވެ. ލޫތު ދެން ހުންނާނީ އަޅާނުލައެވެ. ވަރަކަށް ފަހަތުން ދުވެވިއްޖެއެވެ. މިހާރު ލޫތުވެސް ވަރުބަލިވެއްޖެއެވެ.

އައްޔާޝް ފޫހިވެގެން ދުބާއީގެ ބޮޑުމަގުތަކުގައި ދުއްވަމުން ދިޔައިރު ވިސްނަމުން ދިޔައީ ލޫތު އޭނާއަށް ދޭ ނަސޭހަތްތަކާމެދުގައެވެ. ހަރުދަނާ ވުމަށެވެ. ދީނަށް އިތުރު ސަމާލުކަމެއް ދިނުމަށެވެ. ދުޖާނާގެ ފަރާތުން ދީނުގެ ކަންތައްތައް އެނގިފައިވާއިރުވެސް ފަރުޟު އަޅުކަންތައް ކޮށްލާފައި ސުންނަތް އަޅުކަންތަކަށް ފަރުވާކުޑަކުރެވެއެވެ. އަހަރެމެންގެ އަސްލު “ގޯލް” އަކީ ޖަންނަތް ކަމާއި އެތަން ހާސިލްކުރުމަށް ބުރަ މަސައްކަތްކުރަން ޖެހޭނެކަން ހަނދާންނައްތާލެވެއެވެ.
އެންމެފަހުން އޭނާ ނިންމީ ދިރިއުޅުމާއި މެދު ސީރިއަސްވެލައި އާއިލީ ވިޔަފާރިއަށް ޖޮއިން ކުރުމަށެވެ.

ލޫތު “ރޯޔަލް”އަށް ދިޔައީ ދުޖާނާގެ އެދުމަކަށެވެ. މިވީ ދުވަސްތަކުގައި ލޫތުވަނީ އެގޭގެ މީހުނާއި ވަރަށް ބޮޑަށް ގުޅުން ބަދަހިވެފައެވެ. މިހާރު ލޫތުއަކީ އައްޔާޝްގެ އެކުވެރިއެކޭ ބުނުމަކުން ނުފުދޭނެކަން ޔަޤީނެވެ. އޭނަ އެ އުފާވެރި އާއިލާގެ މެމްބަރަކަށްވެ ނިމިއްޖެއެވެ. އެއީ ލޫތުގެ އާ އާއިލާ ފަދައެވެ. ދުޖާނާ އުޅެނީ އޭނަ ދަރިއަކަށް ހަދައިގެންނެވެ. އެހާ ކައިރިކޮށްގެން އެހާ ލޯބި ދީގެންނެވެ. ގިނަ ގިނައިން އެގެއިން ކެއުމަށް ދައުވަތު ދީ ހަދައެވެ. ދެތިން ރެއަކު އާދޭސްކޮށްގެން ލޫތު އެގޭގެ ގެސްޓް ރޫމެއްގައި ނިދަންވެސް ނިދިއެވެ.
ހުކުރު ދުވަހުގެ އާއިލީ އެއްވުމުގައިވެސް ތިން ފަހަރެއްގެ މަތިން ބައިވެރިވެވިއްޖެއެވެ. އެންމެނާއި ދިމާވެ އާއިލީ ލޯބި އިހްސާސްވެ ދިރިއުޅުމެއް ފެށުމަށް އަމިއްލަ ހިތަށް ބާރު އެޅުނެވެ.
ހަމައެކަނި ދިމާ ނުވަނީ ލުޢައްޔުގެ މަންމަޔާ އެވެ. ލޫތުއަށް ނޭނގުނުކަމަކީ ޖަންނަތު އޭނަ އުޅޭ ގަޑިތަކުގައި ގަސްތުގައި ނުނިކުންނަނީ ކަމެވެ. ލޫތު ފެނުމުން ޖަންނަތުގެ ހިތަށް ދުވަހަކު ނުވާކަހަލަ އިހްސާސްތަކެއް ކުރުވައެވެ. ތަފާތު ގޮތަކަށް އެހިތް ތެޅިލައެވެ. އެއީ ދުވަހަކުވެސް ފިރިހެނެއް ފެނިގެން ވީ ގޮތެއް ނޫނެވެ. ލޫތު އޭނާ އާއި ބޭރުން ދިމާވެގެން ވާހަކަ ދެއްކީ ކާކުކަން އެނގިގެން ބާއޭސް ހިތަށް އެރިއެވެ. ޚާއްސަކޮށް ލޫތު ލުޢައްޔު އާއި ބާއްވާ ގާތްކަމުން ޖަންނަތުގެ ހިތް އުފަލުން ފުރެއެވެ. ލޫތު އެގެއިން ނުފެނި ދެދުވަހެއް ވިޔަސް ލުޢައްޔު އާއި ސުވާލުކޮށްލައިގެންވެސް ވީ ގޮތެއް އޮޅުން ފިލުވަން އުޅެވެއެވެ. ލޫތު ގޭގައި އުޅެންޏާ ސިއްރު ސިއްރުން ލޫތު ފެނޭތޯ ބެލެއެވެ. ނަމަވެސް ލަދުރަކިކަމުން ލޫތު އުޅޭ ގަޑިއަކު ބޭރަށް ނުކުމެލާކަށް ނުކެރެއެވެ.

ދުޖާނާގެ އިންތިޒާރުގައި ލޫތު ބޮޑު ކޮޓަރީގެ ސޯފާގައި އިން އިރު ލުޢައްޔުއަށް ސުކޫލުގައި ދިމާވި މަޖާ ހާދިސާއެއް ކިޔައިދޭން ކައިރީގައި އިނެވެ. ދެމީހުން މަޖާވެފައި ހޭން ތިބި އިރު އައްޔާޝް އިނީ އެކަކަށް އިށީންދެވެން ހުރި ސޯފާގައި ފޯނަށް ގެއްލިފައެވެ. ދޭތެރެއަކުން އެމީހުންގެ ހުނުމުގައި ބައިވެރިވެލައި އެއްޗެކޭ ބުނެލައެވެ. ދުޖާނާ މިމަންޒަރު ދެކެން ހެވިފައި ހުރެފައި ލޫތު މެނާއި ދިމާލަށް ހިނގައިގަތެވެ.
ފުރަތަމަވެސް އިސްލާމީ ރިވެތި އުސޫލުން އެކަކު އަނެކަކަށް ސަލާމް ގޮވާލިއެވެ.
“ލޫތު.. ހިނގާ ޓެރެސްއަށް “ ދުޖާނާ ލޫތުއަށް ބަލާލުމަށްފަހު ލޯބިން ބުނެލުމުން އައްޔާޝް އާއި ލުޢައްޔުވެސް ފަހަތުން ދިޔުމަށް ހިނގައިގަތެވެ.
ދުޖާނާ ދެކުދިންނަށް ލޯބިން ބަލާލުމަށްފަހު ބުނެލީ ލޫތު އާއި ވާހަކަ ދައްކާލަން ބޭނުންވަނީ އެކަނި ކަމުގައެވެ. ކަރުއެލުވާލައިގެން ލުޢައްޔު ސޯފާއަށް ވެއްޓިގަތުމުން އައްޔާޝްވެސް މަޖާވެލާފައި ލުޢައްޔުއާ ދިމާކޮށްލިއެވެ.

“ވަކިން ލޫތު އާއި ބައްދަލު މިކޮށްލީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން.. ތީ މިހާރު މި މަންމަގެ ދަރިއެއްގެ ގޮތުގަ މަންމަ ދެކެނީ.. ދަރިފުޅު އުފަލުގައި އުޅޭތަން ދެކެން ވަރަށް ބޭނުން.. ކުރިންވެސް އަހާލީމެއްނު ކައިވެންޏަކާއި ދޭތެރޭ ވިސްނަންތޯ؟ އެދުވަހު ދަރިފުޅުގެ ފަރާތުން އެކަމަށް މާ އެދެވޭ ޖަވާބެއް ނައުމުން ފަހުން އެވާހަކަ ދެއްކީ.. ޓެލް މީ ސަން.. ކައިވެނިކުރާ ޚިޔާލެއް ގެންގުޅެންތަ؟ “ ޓެރެސްއަށް އަރައި ހަމަޖެހިލަމުން ދުޖާނާ ލޫތު އާއި ވާހަކަ ދައްކަން ފެށީ ނިކަން އޯގާތެރިކަމާއެކުއެވެ. ދައްކަން އުޅޭ ވާހަކައިގެ ބޮޑުކަމުންނާއި ލޫތުގެ ޖަވާބެއް އަންނާނެ ގޮތެއް ނޭނގޭތީވެ ދުޖާނާ ޖެހިލުންވިއެވެ. ޖަންނަތުއަށްޓަކައި މިހާ ފުރިހަމަ ޒުވާނެއް ދުޖާނާގެ އާއިލާއިންވެސް ފެނިފައެއް ނެތެވެ. ލޫތުގެ ބޭރުގެ ސިފަތަކާއި އެއްވަރަށް އެތެރެވެސް އެހާ ރީއްޗެވެ. ސާފު ހިތެކެވެ. އޯގާތެރިއެކެވެ. ކުޑަކުދިންދެކެ ލޯބިވެއެވެ. މަޑުމައިތިރި ޒުވާނެކެވެ. ދީނީ ކަންކަމަށް ޝައުޤުވެރިވެ ސުންނަތަށް އުޅުމަށް ލޯބިކުރެއެވެ.

“މިހާރު ކޮންމެވެސް ވަރަކަށް ކައިވެންޏަކާއި ދޭތެރޭ އެބަ ވިސްނޭ.. ކުރިންވެސް ކައިވެންޏެއް ކުރިން…. އަނބިމީހާވަނީ ވީއެއް ނުވީއެއް ނޭނގި ގެއްލިފަ…” އިތުރަށް އެ މައުޟޫއަށް އެއްޗެއް ބުނާކަށް ލޫތު ބޭނުމެއް ނުވިއެވެ. އިތުރަށް ކުރިއަށް ގެންދާނޭ ހިތްވަރެއްވެސް ނެތީއެވެ. އެހާ ހިސާބަށް ބުނެވުނު އިރުވެސް ކޮންމެވެސް ވަރަކަށް ލޫތުގެ ރީތި ދެލޯ ފެންވެއްޖެއެވެ. ދެއަތް ދެއަތާ މޮޑެލުމަށްފަހު އަވަހަށް އިސްޖަހާލިއެވެ.

ދުޖާނާއަށް ލޫތުގެ މޫނުމަތިން ފެނުނު އަސަރުތައް ކިތަންމެހާވެސް ރީތިކޮށް ފެނުނެވެ. ލޫތު އަކީ ކެތްތެރިކަމުގެ ނަމޫނާއެއްކަން ގައިމެވެ.

“ކައިވެންޏެއް ކުރަން ވިސްނާތީ ވަރަށް އުފާވެއްޖެ… އަބަދު މާޒީގައި ހިފަހައްޓައިގެން ދިރިއުޅުން ކުރިއަކަށް ނުދާނެ… ޔޫ ޝުޑް މޫވް އޮން މައި ސަން… މަންމަ މި އެދެނީ ވަރަށް ބޮޑު ކަމަކު.. އޮފިޝަލީ މަންމަގެ ދަރިއަކަށް ވެގެން މިގެއަށް ދިރިއުޅުން ބަދަލުކުރުމަށް މި ހުށައަޅަނީ… ލުޢައްޔުއަށް ބައްޕައެއްގެ ލޯބި ހޯދައިދިނުމަށް… މަންމަ އެތައް ފަހަރަކު ދެކެފިން ތި ދެކުދިން އުޅޭ ގޮތް.. ބައްޕައަކާ ދަރިއެއްހެން ހީވަނީ ހަމަ. މަންމަގެ ޖަންނަތު އާއި ކައިވެނިކުރަން ވީނު…؟؟” ދުޖާނާ އެންމެ ފަހު ޖުމްލަ ބުނެލީ ވަރަށް ލަސްލަހުންނެވެ.

ކުއްލިއަކަށް ދުޖާނާގެ މޫނަށް ބަލައިލުމަށްފަހު ލޫތުއަށް ކޮޅަށް ތެދުވެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shiu 💞🌸

Level 110 Stories

Other Articles

Previous

އަނެއްކާވެސް-1

Next

ނުފިލާނޭ މިހިތަކުން… 7

Next
June 2, 2020

ނުފިލާނޭ މިހިތަކުން… 7

Previews
June 1, 2020

އަނެއްކާވެސް-1

5 Comments!

  1. Livy says:
    June 2, 2020 at 7:26 am

    Varah Varah reethi ❤️❤️ maasha Allah ❤️
    Curiously waiting waiting ???????

  2. Izabell says:
    June 2, 2020 at 12:48 pm

    Ma Sha Allah, varah reethi, ?????? varah curious kollaafa thi nimmaaly, when is next part?? ly

  3. Shiu ?? says:
    June 2, 2020 at 3:26 pm

    Thank you ?
    Love you too

  4. Anonymous says:
    June 2, 2020 at 6:27 pm

    Kiyhvetha reply naananiy. Baeh kudhin kuraa comment ah reply annathan feneniy. 9th part or 8th part ga ves in kommes kuhjeh comment kohfa but reply eh neh.
    V reethi mi vaahaka. Hope I’ll get a reply from the writer of this story.

    1. Shiu 💞🌸 says:
      June 2, 2020 at 7:06 pm

      So sorry Anonymous …
      Thank you so much for the comment..
      Try kuraanan reply kuran إن شاء الله

Comments are closed.

Next Episodeއިންތިޒާރު 12←


All Right Reserved!