Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުންނުފިލާނޭ … (7)

Hamoo✍ Level 110 Stories
May 16, 2020 2 Mins Read
0 Comments

ޖަލުގައި ހުރިނަމަވެސް ވަގަށް ގެންގުޅޭ ފޯނުން އަހުމަދު ޒީނާއަށް ގުޅައެވެ. އެއްދުވަހަކު ގުޅައިފައި ބުންޏެވެ.”ލޯބީ އަހަރުމެނަށް އަދި މިއުޅެވެނީ ރަނގަޅަކަށްނޫން ކައިވެނިނުކޮށް މިގޮތަށް އުޅޭކަށްނުވާނެ. ނަމާދުނުކޮށް ރޯދަ ހިފިޔަކަސް ރަނގަޅެއްނުވާނެ. އަހަރެންނާއި މިތަނުން ވަރަށް ރަނގަޅު މީހަކާއި ދިމާވެއްޖެ. އަހަރެން އިސްލާހު ވެއްޖައިން. ދޫނިވެސް ބަރާބަރަށް ނަމާދުކޮށް ފާފަތަކަށް ތައުބާވޭ..ދެން ކައިވެނި ނުކޮށްވެސް މިހެން އުޅޭކަށް ނުވާނެ.. ލޯބި ހަސަން ކައިރިން ވަރިވޭ.. އެއިރުން އަހަރުމެނަށް ކައިވެނި ކުރެވޭނީ” މިހެން ބުނުމުން ޒީނާވެސް އެކަންކަމާއި ވިސްނާލިއެވެ. އަދި ތީވެސް ރަނގަޅުވާހަކައެކޭ ބުންޏެވެ.އެދުވަހުގެ ފޯނު ކޯލަށް ފަހު އަހުމަދުގެ ހަބަރެއް ފަހުން ނުވިއެވެ. އޭނާ ގެންގޮސްފައި ހުރީ މާފުށީ ޖަލަށެވެ. އެތަނަށް ގުޅައިގެން އޭނާ އާއި ބައްދަލުކުރަން ވާނީ ލައްކަ އުނދަގޫ ކަމަކަށެވެ. އެހެންކަމުން ޒީނާ ހުރީ ކަންބޮޑުވިނަމަވެސް އަހުމަދު  ހެޔޮހާލު ހުރިކަމަށް ނިންމައިގެން ނުގުޅައެވެ. ނަމަވެސް އަހުމަދުގެ މަންމައަށް ބަރާބަރަށް ގުޅައި އެމަންމަ ހަދިޔާ ފޮނުވައިވެސް ހަދައެވެ.ޒީނާ ވަރަށް ވިސްނުމަށްފަހު ނަމާދުވެސް ކުރަންފެށިއެވެ. ކުދިންގެ ކަންކަންވެސް ބަރާބަރަށް ކުރަންފެށިއެވެ. ލައިގެން އުޅޭ ބާރު ހެދުންތަކުގެ ބަދަލުގައި ދިގުކޮށް ހުންނަ ކަޅު ހެދުންފަހައި ބުރުގާވެސް ބޮޑުކޮށް އަޅައި އިސްޓާކީނަށް އަރަންފެށިއެވެ. ޒީނާ އަށް މިއައި ކުއްލި ބަދަލުގެ ސަބަބުން އޭނާގެ އެކުވެރިން ވަރަށްގިނަ ސުވާލުތަކާއި ކުރިމަތި ކުރުވައެވެ. އޭނާގެ އާއިލާ މީހުން ވަރަށް އުފާވިއެވެ. އަދި އެގޮތުގައި ހުރުމަށް ނަސޭހަތްދިނެވެ. ނަމަވެސް އެގޮތުގައި ޒީނާ އަށް ކެތްކޮށްލެވުނީ ދެހަފްތާއެވެ. ހެދުން ދިގުކޮށް ލައި އިސްޓާކީނަށް އެރިކަމުގައިވިނަމަވެސް އެހެން ކަންކަމުގައި ފަރުވާ ކުޑަކުރެވުނެވެ. ނަމާދަށް ވަކިން ބޮޑަށް ފަރުވާ ކުޑަކުރެވުނެވެ. މިކަމުގެ ނަތީޖާ އަކަށްވީ އަނެއްކާވެސް ތަފާތު ފިރިހެނުންނާއި ގުޅުން ބޭއްވެން ފެށުމެވެ. އެމީހުނާ ގުޅައި  ވީޑިއޯ ކޯލް ކުރުމުގެ އިތުރަށް ގެއަށްވެސް ގެނެވެން ފެށުމެވެ. ޒީނާގެ އަވައިގައި ރަށުގެ މީހުނާއި ރަށަށް އެކިކަންކަމުގައި އައިސް އުޅޭ ބީރަށްޓެހިންވެސް ޖެހެއެވެ. ރަށުގެ ގެސްޓް ހައުސްތަކުންނާއި އަތިރިމަތިން ދަންވަރުގެ ގަޑިތަކުގައި ޒީނާ ފެންނާނެއެވެ. ނަމަވެސް އެއީ ޒީނާގެ “ލޯބިވެރިންނަށެވެ”. ޒީނާއަކީ ކަމަށް ހުށިޔާރުމީހެއްކަމުން ކޮންމެކޮންމެ މީހަކަށް އޭނާ ނުފެންނާނެއެވެ. އެގޭ  އައިސްއަލަމާރިން އައިސްކްރިމާއި ޗޮކްލެޓް ހުސްނުވެއެވެ. ޑަސްޓްބިން ތެރެއިން ޕިއްޒާހުސްކުރި ފޮށިހުސްނުވެއެވެ. ޒީނާގެ ކުދިންގެ އަނގައިން ސަބްމެރިންގެ ރަހަ ނުކެނޑެއެވެ. ހޮޓާ ތަކާއި ރެސްޓޯރެންޓް ތަކަށްދަނީ އެހެން އެކުވެރިޔަކުވެސް ގޮވައިގެނެވެ. އެހެން މީހުނަށް ޝައްކުވެދާނެތީއެވެ.

މިގޮތުގައި މަސްދުވަސް ހޭދަވެއްޖެއެވެ. އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ޒީނާ ތައްޔާރުވަމުންދަނީ ވޮލީ ކުޅެން ދާށެވެ. ގޭގައި ހުންނަށް މާބޮޑަށް ފޫހިވަނީކަމަށް ބުނެއެވެ. ޒީނާގެ މަންމަ ޒަހުދު ބެލުމަށްޓަކައި އެގެއަށް އާދެއެވެ. ތައްޔާރުވެނިމުނުތަނާ މީހަކު ދޮރުގައި ޓަކިދޭ އަޑުއިވުނެވެ. ޒީނާ ހީކުރީ އެއީ އޭނާގެ މަންމަ ކަމަށެވެ. ނަމަވެސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ ޒީނާ އެމީހަކު އައިސްފާނެކަމަށް ހިތަށްވެސް ނާރާމީހެކެވެ.

Share Article

Follow Me Written By

Hamoo✍

Level 110 Stories

i love to read an write stories <3

Other Articles

Previous

ނުވަމަސް

Next

އަބަދުވެސް މިހިތުގާ ވެޔޭ (17)

Next
May 16, 2020

އަބަދުވެސް މިހިތުގާ ވެޔޭ (17)

Previews
May 16, 2020

ނުވަމަސް


All Right Reserved!