
ހުދައްކޮ(ދެވަނަ ބައި)
ހޮސްޕިޓަލާ ހިސާބަށް ގޮސް ސައިކަލް މަޑުކުރިކަމެއް ނޭގެއެވެ.އޭގެއިން ފުންމައިގެން ފޭބީމެވެ.އަދި ދުވެފައި އަ.އި.ސީ.ޔޫ. އާދިމާލަށް ދިޔައީމެވެ.އަހަރެން އެތަނަށް ދެވުނުވަގުތަކީ ޑޮކްޓަށް ވެސް އެތަނުން ނުކުތް ވަގުތެވެ.އަހަރެން އެތާކައިރިޔަށް ޖެހިލިމެވެ.ޑޮކްޓަރ ކިޔާއެއްޗެއް އަޑުއެހުމުގެ ބޭނުމުގައެވެ.
ޕޭޝަންޓް މިހާރު ސްޓޭބަލް.ބަޓް ވަރަށް އަވަހަށް އޮޕަރޭޝަން ކުރަނެޖެހޭ…ކޯޒް ފަހަރަކަށް ވުރެން ފަހަރެން ހާލު ދަށަށް ދަނީ…މިހެންބުނެ ޑޮކްޓަރ ހިގައިގަތެވް. އަހަރެންގެ ހިތް ކުދިކުދިކޮށްފައެވެ.އަހަރެންގެ ބަޑި ދިޔައީ ފަޅައިގެންނެވެ.ދޮންތަ އާއި ދޮންތަބެ އަހަރެން ހަމަޔަކަށް އެޅުވޭތޯ އެޅުނެވެ.ނަމަވެސް ކީއްހެއްޔެވެ؟އަހަރެން ހަމަޔަކަށް އެޅޭނެ ހެއްޔެވެ؟ ދެން ދޮންތަބެ ހިނގައިގަތީ ރިސިޕްޝަނަށް ފައިސާ ދެއްކުމަށެވެ.އިރިކޮޅެއް ވިތަނާ އަ.އި.ސީ.ޔޫ އިން ނަރުހަކު ނުކުތެވެ.
ހުދާ…..ނަރުސް ކުއްޖާ އަހަނަށް ގޮވިއިރު އަހަރެން ހުރީ އޭނަގެ ކައިރިޔަށް ގޮހެވެ.
ތީ ހުދާތަ؟ ނަރުސް ކުއްޖާ އެހިއެވް.
އާދެ.. އަހަރެން އެވްސް އަވަހަށް އެހީމެވެ.
ހުދާގެ ބައްޕަ ބެނުންވޭ ހުދާއާއި ބައްދަލުކޮށްލަން …. އާދެ އެތެރެޔަށް….ނަރުސްކުއްގަ މިހެން ބުނުމުން އަހަރެން އޭނާގެ ފަހަތުން އަތެރެޔަށް ވަނީމެވެ.ބައްޕަ އޮތް އެދުކައިރިޔަށް ނަރުސް އަހަރެން ގެންދިޔައެވެ.ބައްޕަ ފެނުމުން ނުރޯން ވަރަށް މަސައްކަތް ކުރީމެވް.ވީކަމެއްނެތެވެ.ބައްޕަގެ ގައިގަ ހަރުކޮށްފަހުރި އެއްޗެސް ބައިވަރު ފެނުމުން އަހަރެންގެ ރުއިމުގެ އަޑު ދިޔައީ ފަޅައިގެނެވެ.މުޅި އަ.އި.ސީ.ޔޫ. އިންވެސް މިހާރު އިވެނީ އަހަރެންގެ ގިސްލުމުގެ އަޑާއި މެޝިންތަކުގެ އަޑެވެ.ނަރުސްކުއްޖާ އަހަރެންގެ ކޮޑުގައި ހިފައިލިއެވެ.ހިއްވަރު ކުރަށޭ ބުނާފަދަ ގޮތަކަށެވެ.މަޑުމަޑުން ބައްޕަ ކައިރިޔަށް ޖެހިލީމެވެ.
ޑޭ…ޑޭޑް… ހިއްވަރު ކޮށްފައިބައްޕަޔަށް ގޮވާލީމެވެ.އޭރު ބައްޕަގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.އަހަރެން ބަލާކަށް ނުހުރެ ބައްޕަގެ ގައިގައި ބައްދައިލީމެވެ.އަހަރެން ދޫކޮށްފައިނުދަށޭ ބުނެ ބައްޕަ ކައިރީ އާދޭސް ކުރާކަލަ ގޮތަކަށެވެ.ނަމަވެސް ބައްޕަޔަށްވެސް ކުރެވޭނެ ކަމެއް އެބަ އޮތް ހެއްޔެވެ؟އިރުކޮޅަކުން އަހަރެން ބައްޕަ ގައިން ދުކޮށްލީމެވެ.ނަމަވެސް ބައްޕަގެ އަތުން ދުލެއް ނުކުރަމެވެ.
ދަރި..ދަރިފުޅާ…… ބައްޕަ އަހަންނަށް ގޮވިއެވެ.އެހެނަށް އަގައިން ބަހެއް ބުނާނެ ހިއްވަރެއް އަހަރެންގެ ގަޔަކުނެތެވެ.
ދަ..ދަރި.ފުޅާ…ހު..ހުދާ….ކޮން…މެ…މީހަ..މީހަކީވެ..ސް..މިފަ..ނާ..ކުރުވަ..ނިވި…ދުނ..ދުނިޔެ..ދޫކޮށް…ދެމިއޮ…ތުމުގެ…މަންޒިލަށް…ދަ..ތުރު..ކުރާނެ..މީހެއް…ދަރިފު..ޅުގެ..މަންމަވ..ވެސް..ވަނީ.. އަހަރެމެން..ދުކޮށް..ދެމިއޮތުމުގެ..މަންޒިލަށް… ދަތުރުކޮށްފަ…ބައްޕައަށް…. ވެސް.. ނެތް.. މާގިނަ….. ގިނަ.. ދުވަހެއް…ދަރިފުޅު….ދޮންތަމެން….ބަސް…އަހައިގެން…އު.ޅެތި…އިރާދަ..ކުރެއް..ވިއްޔަ..މުން.. ދޮންތަމެ..ން ދަ..ރި..ފު..ޅަށް…ދެރަގޮތެ..އް..ނުހަދާ..ނެ…ދަރިފުޅާ…ބަސް..އަހަ..އިގެ.ން..ކިޔަވާ..ތި..ދަރިފު..ޅު ބަސް.އަހައިގެ…ން..ކިޔަ..ވާތި…ދަރި..ފުލުގެ..މަންމަ…އާއި ..ބައްޕަ..ދުނިޔޭގަ…ނެތަސް..ދޮންތަ..މެންގެ..ބަސް..އަހައި..ގެން..މަންމ..ންމަ..އާއި..ބައްޕަ..ގެ ..ހުވަފެން..ތައް..ހަގީ..ޤަތަ..ކަށް..ހަދްއިދޭ…ތި….ބައްޕަ..ޔަށް.. ހަމަޔަ..ޤީން..ދޮންތަމ..މެން..ތީ..އެމީ..ހުންގެ…ދަރިޔެއް..ގޮތަށް…ބަލާނެކަން…ދަރިފުޅާ…ގޮސްމަގަކުން… ނުދާތި…ތީ އަން..ހެން..ކުއްޖެއް…ވިސް..ނަ..ން..ޖެހޭ..ބައި..ވަރު..ކަން..ތައް..ހުންނާނެ.. ދިރި..އުޅުމުގައި..ވަރަށް..ގިނަ..ކަންކަމާއި..ކުރިމަތި..ލާ..ންޖެހެނެ..ހިއްވަ..ރާއެކު.. ހުރިހާ..ކަމަކާ..އި..ކުރިމަތި..ލާ..ކާމިޔާބު..ހޯދާ..ތި..ބައްޕަގެ..އެންމެ..ފަހު..ދުޢާ..އަކީ ދަރިފުޅުގެ..ހަޔާތް..ބާއްޖަވެރި..ވުން..ބައްޕަ..އާއި..މަންމަ.. ނެތަސް..ދޮންތަޔާއި..ދޮންތަބެ..އަކީ..ދަރި..ފުޅު.ގެ.. މަންމަ..ޔާއި..ބައްޕަ..ކަމަށްދެކިގެން.. އެމީ..ހުންގެ..ބަސް..އަހާތި..އެމީހުންގެ…ވެސް..ކޮންމެ..އެދުމެއް..ފުރި..ހަމަ.. ކޮށް.. ދޭތި..ގޯސް…ކަމެއް..ނޫން..ކަމުގައި.. ވަނީނަމަ..އެމީހުންގެ…ބަސް..އަހާތި…މީ..ބައްޕަގެ..އެންމެ..ފަހުގެ..ވަސިއްޔަތް..ދަރިފުޅު…ބައްޕަގެ..ވަސިއްޔަތް…ފުރިހަމަ.. ކޮށް..ދޭންކަމަށް…ބައްޕަ..އުންމީ…ދުކުރަން…އިރަދަކުރެއް..ވިއްޔަމުން…އާހި..ރުގަ.އި..3 މީހު..ން.. ބައްދަލު..ވާނެ..ބައް..ޕަ..ދުނިޔޭ..ގައި..ނެތަސް..ދަރި..ފުޅު..ގެ..ކަންކަން..އެންމެ ..ގާތުން…ބައްޕަ..ބަލާނެ..ކަން..ހަދާން..ކުރާތި..ބައްޕަ..ދަރުފުޅު.. ދެކެ..ވަރަށް..ލޯބިވޭ..ބައްޕަމަތިން… ދޮންތަ..އާއި..ދޮންތަބެ..ކައިރީ..ބުނެދޭތި..ދަރިފުޅު.. ރަނގަޅަށް..ބަލައި..ދޭށޭ…މީ ބައްޕަ..އެމީހުން..ކައިރީ..ބުނާ..އެންމެ..ފަހު..އަދި..އެންމެ..ބުޑު…ކަމޭވެސް..ބުނެދޭތި..އަބަދުވެސް..ދަރިފުޅު ..ދެކެ..ވަރަށް..ލޯބިވޭ..ބަސް..އަހާތި..ބައްޕަމެ..ންގެ..ހުވަ..ފެންތަ..އް.. ހަޤީޤަތަކަށް.. ހަދައި..ދޭތި..ވަރަށް..ސަލާ..ން..މިހެން ބުނެނިމުނުތަނާހެން ބައްޕަގެ ކައިރީގައި ހުރި މެޝިން ގޮވަންފަށައިފިއެވެ. އެވަގުތެ ބައްޕައަވަސް ނޭވާލާން ފެށިޔެވެ.ވަގުތުން އަހަރެން އެތަނުން ނެރެވުނެވެ.އަހަރެން ނުކުތްތަނާ ދޮންތަނާ ދޮންތަޔާއި ދޮންތަބެއަހަރެންކައިރިޔަށް އައެވެ.
***********************
މީ މިވާހަކައިގެ ދެވަނަ ބައެވެ.އެއްވެސް މައްސަލައެއް ހުރެއްޖެނަމަ އަންގާލަ ދިނުން އެދެމެވެ.އެންމީދު ކުރަން މިބައިވެސް ހުރިހާބޭފުޅުންނަށް ކަމުދާނެކަމަށްއުންމީދުކުރަން.
***********************
3 Comments!
Comments are closed.
chubbyy thnks for updating varah avahah?..varah interesting gothakah mi vaahaka mi dhanee..??..nd ur doing great insha allah..??..nd always remember If u need any help don’t hesitate to ask me okay?..??..I’ll help with whtever I can with..okay?..?..good luck chubby..???❤❤
Thanks sissy… Of course when ever i need a help will ask u… Lus…. ???❤️❤️❤️
Varah furihama vaahakaage mi part ves❤❤❤