Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ސިއްރެއް 19

idontcare Level 110 Stories
May 13, 2020 7 Mins Read
2 Comments

އުުޝާމެންނަށް އިޝާންގެ ހަބަރެއް ލިބުނީ އެދުވަހު މެންދުރު އެކެއްވެސް ޖެހި ފަހުން ޝާފިއު ސާރގެ ފަރާތުންނެވެ. މިހުރާންއަށް އިޝާންއަށް ލިބުނު އަނިޔާއާއެކު އަދިވެސް ފަރުވާދެނީ ކަމަށް ޝާފިއު ސާރ ބުނި ފަހުން ޔަނާލްގެ ދެފައި އެއްތާކު ނުޖަހާ ސިޓިންރޫމްގެ ދެކޮޅަށް ހިގާލަ ހިގާލަ ހުރިއިރު އުޝާވެސް އިތުރު ކަމަކާއި ނޫޅެ ފޯނު އަތަށް ލައިގެން އިނީ ހަބަރެއް ވޭތޯއެވެ. ހަވީރު އަތަށް އެޅިއިރު މިހުރާންގެ ހާލު ރަގަޅު ކަމަށް ހަބަރު ލިބުނެވެ. ނަމަވެސް އިޝާންގެ ހާލު އަދުވެސް ސީރިއަސްއެވެ. އިޝާން ހަމައަކަށްއެޅޭ ވަރުވީ އެރޭ ދަންވެސް ވީ ފަހުންނެވެ. ކުރީ ރޭވެސް ނުނިދާ ތިބުމުން ޔަނާލްއާއި އުޝާވެސް ފަހުން ނިދަން އޮށޯތީއެވެ.

އަނެއް ދުވަހު ހެނދުނު އުޝާއާއި ޔަނާލް ނިދާ ހޭލައިގެން ފެންވަރައިގެން ރީތިވެލައިގެން ސައިބޯން ދިޔުމުގެ ކުރިން މިހުރާންއަށް ވީޑިއޯ ކޯލްއެއް ކުރިއެވެ. އެވަގުތު މިހުރާން އިނީ އިޝާންގެ ހޮސްޕިޓަލް ކޮޓަރީގައި ކަމުން އިޝާންއާއި ވެސް ވާހަކަ ދެއްކިއެވެ. އިޝާންއަށް ކޮށްލާފައި ހުރި ވަރު ފެނުމުން ދެމީހުންނަށްވެސް ލިބުނީ ޝޮކެކެވެ. އަދު ނުވީތާކަށް ރާއްޖޭގައި އެމީހުން ސައިލެންސާ ލައްވާފައިވާ ބަނޑި ގެންގުޅޭ ވާހަކަ ބުނުމުން އިތުރަށް ހައިރާންވިއެވެ. ނަމަވެސް ޔަނާލް ކުރިން ރޭ އޭނާއަށް ފެނުން ސްޓޯރ ރޫމްގައި ހުރި ހަތިޔާރުތަކުގެ ވާހަކަ ބުނެލިއެވެ. އެރޭ ވީކަންތައް އިޝާންއަށް ކިޔާދިނެވެ. ނަމަވެސް އެކަކަށްވެސް ނުވިސްނުނީ އެބަޑި ތައް ރާއްޖެ އެތެރެ ކުރި ގޮތަކެވެ. “އެމީހުންނަށް އަހަރެމެން އިޝާން އަކީ ޕޮލިހުންނަށް މަސައްކަތް ކުރާ މީހެއްކަން ޝައްކު ކުރަންޏާ އިޝާންގެ ކަވާރ އެއްކޮށް ދިޔައީއެއްނު.” ޔަނާލް ކަންބޮޑުވުމާއެކު ބުނުމުން އިޝާން ދެފަރާތަށް ބޯހޫރާލިއެވެ. “އެ ޕޮލިހުންނާއި އޭޖެންސީ މީހުން އަހަރެމެން ދަންނަ ކަމަށް ނުހެދި. ދެން ޙަބަރު ތަކުގައި އިނީ ދެ ގޭންގް ދެމެދު ހިނގި ހމަނުޖެހުމެކޭ. އެހެންވީމާ އެމީހުން ހީކުރަނީ އަހަރެން މިއީ އެހެން ގޭންގަކުން ފޮނުވާފައި ހުރި ސްޕައި އެއް ކަމަށް. މަ އެންމެ ކަންބޮޑު ވަނީ މިމީހުން މިއީ އަހަރެމެން ހީ ކުރިވަރަށް ވުރެ މާ ނުރައްކާތެރި ބައެއް. އުޝާގެ މަންމަމެންގެ މިމީހުންނާއި ގުޅޭ އޮފިޝަލް ކޭސް ފައިލްއަކު ނެތް  މިއިން އެއްވެސް ވާހަކައެއް. އެކަމަކު ކޮންމެވެސް ގޮތަކުން ޝައްކު ކުރެވިފައި ހުރެދާނެއެއްނު؟” އިޝާން ބުނުމުން އުޝާ ވިސްނާލިއެވެ. “މަންމަމެންގެ ލެޕްޓޮޕް ބަލަންވީނު. ޕާސްވޯޑު ފަހުން ހޯދާލާފައި މެސެޖް ކޮށްލާނަން.” އުޝާ ބުނުމުން މިހުރާން އެއްބަސްވިއެވެ.

“އެނގޭތަ މަގޭ އަމިއްލަ ފޯނުގައިވެސް ހަރުކުރިން ރިކޯޑަރެއް. އޭތިން އަޑުއިވިދާނެ އެވަގުތު މިއުވާން ދެއްކި ވާހަކަތައް. ފަހަރެއްގައި ކޮންފެޝަންއެއްވެސް ލިބިދާނެ. އެހެންނޫނީ އަހަރެމެން ދެން ބަލަންވީ ދިމާލެއްވެސް އެނގިދާނެ.” އިރުކޮޅަކު އެކަކުވެސް އެއްޗެއް ނުބުނެ ތިއްބާ އިޝާން ބުނުމުން މިހުރާން ބޯޖަހާލިއެވެ. “ވަރށް މޮޅު. މަ ރިކޯޑަރުން އެއްޗިހި އަޑުއަހާއަހާ ވަރުބަލިވެއްޖެ. ދެން ދަނީ އެނގޭ. ފަހުން ގުޅާނަން.”މިހުރާން ދެފަރާތަށް ބޯ ހޫރާލަމުން ފޯނު ކަޑާލިއެވެ.

ސައިބޯން ނުކުތްއިރު ލިހާންއާއި ޔަމާންވެސް ސައިބޯން ތިއްބެވެ. “ހޭ. ތިމީހުންގެ ފްރެންޑް މިހާރު އޯކޭތަ؟” ޔަނާލްއާއި އުޝާ ސައިބޯން އިށީނުމުން ލިހާން އަހާލިއެވެ. “ހަމައަކަށް އެޅިފަ ހުރީ. އެކަމަކު އެއްކޮށް ރިކަވާރ ވާން އަދިވެސް ދުވަސް ނަގާނެ.” ލިހާންގެ ސުވާލަށް ޖަވާބު ދިނުމަށްފަހު ޔަނާލް ކޮފީ ފޮދެއް ބޯލިއެވެ. “އިއްޔެ ތިމީހުން މާ ހާސް ވެފައި ތިބީމަ އަހަރެމެން އެއްޗެއް ނުބުނެ ތިބީ. އެކަމަކު އަސްލު އެބައޮތް ވަރަށް ބޮޑު ވާހަކައެއް. އަހަރެމެން އިއްޔެ އެކޮޅަށް ގޮއްސަ އެއްޗެއް ހޯދަން ކަމަށް ހަދާފައި އެއްކަލަ ހަތިޔާރު ގުދަން ހުޅުވާފައި އެމީހުންގެ ބޮޑުމީހާއާއި ސުވާލު ކުރިން.” ޔަމާން ބުނުމުން ދެމީހުންގެ ސަމާލުކަން ދަމައިގަތެވެ.

“ދެން ކީކޭ ބުނީ؟” ޔަނާލް އެހުމުން ޖަވާބު ދިނީ ލިހާންއެވެ. “އެމީހުންގެ މީހުން އެކި ތަންތަނުގައި އުޅޭނެ. އެމީހުންގެ ހަތިޔާރުގެ ‘މައި ގުދަން’ އެއީ. އަހަރެމެން އަދިވެސް އާ ވީމައޯ ނުބުނީ ކުރިން އެކަމަކ އެމީހުންގެ ތެރެއިން އެންމެން އަތުގައި ކަހަލަ ގޮތަކަށް ހަތިޔާރު ހުރޭ. އަހަރެމެން ދެމީހުންނަށް ރޭގަ ދެ ފިސްތޯލު ދިން. ސައިލެންސާއަކާއެކު. މިހާރު އެއިއްޗިހި ވީ އޭޖެންސީގައި އެވިޑެންސް ގޮތުގައި. ނުވީތާކަށް އިތުރު ތިން މީހަކު އައިއްސި ރޭގަ އިންޑިއާއިން. އެތަނުގައި ތިމީހުންނާއި އެއްއުމުރުގެ ފިރިހެން ކުއްޖާއަށް ކިޔަނީ ކައިފް. ދެން ހުރީ ފަންސަވީހަކަށް އަހަރުގެ ދެމީހުން. އެކަކަށް ކިޔަނީ ލަހުފާން. އަނެކަކަށް ކިޔަނީ ހާފިޒް. އެއީ ހަތިޔާރު ގެންގުޅެން ވަރަށް މޮޅުބައެއް. އަހަރެމެންނަށް އޭޖެންސީގައި ކިޔަވައިދިން ބިޑިތަކުގެ ދެބައިކުޅައި އެއްބަޔަށްވުރެ ގިނަ ވައްތަރުގެ ބަޑި އެމީހުން ގެންގުޅޭ. އެމީހުންގެ މީހުން ޕޮލިހުންގެ ތެރޭގައި އުޅޭލެއް ގިނަ ކަމުން އެހާ ފަސޭހައިން އެ އުޅެނީ.”

“ދެންމެ ތިބުނި އާ މީހުން އެއީ ކީއްކުރަން އައި ބައެއް؟”  އުޝާ އަހާލުމުން ޔަމާން ދެފަރާތަށް ބޯ ހޫރާލިއެވެ. “ނޭނގެ. އެމީހުން އެއީ އާދައިގެ ބައެއް ނޫން ކަން އެނގޭ. މަށަށް ހީވަނީ އެމީހުންނަށް ޝައްކު ވެއްޖެހެން އެމީހުންނާއި ދެކޮޅަށް ބަޔަކު މަސައްކަތް ކުރާކަން އިއްޔެ ތިމީހުންގެ ފްރެންޑް ކިޑްނެޕް ކުރި ހާދިސާއަށް ފަހު. އެކަމަކު ނޭނގެނީ މިކޮޅުގައި ކުއްލިއަކަށް މާ ސެކިއުރިޓީ ވަރުގަދަވެގެން އުޅޭ ސަބަބެއް.” “ދެންވެސް ހިނގާބަލަ ތަންކޮޅަށް އަވަހަށް މަސައްކަތް ކުރަން. އަހަރެމެން ދެމީހުންނަށް އަދިވެސް އެބަ ބޭނުންވާ ތަންކޮޅެއް ވަރުގަދަ އެވިޑެންސް. ތިމީހުން އެއެންމެން ރެޑްހޭންޑެޑްކޮށް އަތުލަންޏާ މިހާރުން ފެށިގެން ހިނގާބަ އެތާގައި ކެމެރާއާއި ރިކޯޑަރ ހަރުކުރަން. އަދި އަހަރެމެންގެ މާޑަރަރސް މިހާރު ދިރިއުޅޭ ގޭގަވެސް ކެމެރާއެއް ހަރުކުރަން.” ޔަނާލް އެއްނޭވާއިން ހުރިހާ ވާހަކައެއް ބުނުމުން ލިހާން ހޭން ފެށިއެވެ. ޔަނާލް ލިހާންއަށް ލޯ އަޅާލިއެވެ. “ވަޓް؟” ލިހާން އެއްކޮލަށް ހީލިއެވެ. “އަހަރެމެން ތިހުރިހާ ކަމެއް ކޮށްފިން. ތި ތަންކޮޅެއް އަވަސް ކޮށްގެން ހިނގާބަ. އެބަހުރި މުހިންމު އެއްޗިހި ލިބިފަ.” ލިހާން ސައިބޮއެ ނިމިގެން ތެދުވިއެވެ.

ސައިބޮއެ ނިމިގެން ހަތަރު މީހުން ސޯފާގައި އިށީނެވެ. ލިހާންގެ ލެޕްޓޮޕްގައި ވީޑިއޯއެއް އެޅުވިއެވެ. “މިއީ ‘ބޮސް’ ގެ ‘އޮފީސް’. ވަރަށް ހާލުން މިތަނުގައި ކެމެރާ ހަރު ކުރީ. މިތިބީ އަލަށް އައި ތިން މީހުން އެމީހުންގެ މޫނު ފެންނާކަށް ނެތް އެކަމަކު.” ލިހާން ދައްކާލިއެވެ. އެތަނުން އެކަކު އުޝާއަށް ދަންނަ ވައްތަރެއް ޖެހިއެވެ. ނަމަވެސް ވިސްނާ ވިސްނާވެސް އެއީ ކާކުކަން ނޭނގުނެވެ. އޭނާ ޔަނާލް ކައިރީ އެހުމުން އޭނާ ބުނީ ދަންނަ ވައްތަރެއް ނުޖަހާ ކަމަށެވެ. އެހެންކަމުން އުޝާ ފަހުން އަޅާނުލީއެވެ.

“މިމީހުންނާއި ކޮންމެވެސް ގުޅުމެއް އެބައޮތް ތިމީހުންގެ ކޭސްއާއި. އަޑުއަހާބަ އެދައްކާ ވާހަކަ. އެބުނަނީއެއްނު އެމީހުންނޭ ފެށިގެންވެސް އެމީހުން މަރާލަން މުހަންމަދަށާއި އާމިރަށް ފެށުނީއްސުރެ އެހީވީ. ތިމީހުންނަށް ޔަގީނާއި ގާތަށް އެނގެއްނު އެދެމީހުންކަން މާޑަރާރސް އަކީ. އެ ތިން މީހުން އުޅެނީ އެބިލްޑިންގްގެ ކޮޓަރިއެއްގައި. އެތާ ކެމެރާއެއް ހަރުކޮށފައި އެތަން ކުޑަކޮށް ހާވާލަން ރަނގަޅު ތަނެއް އެއީ. އެކަމަކު އަހަރެމެންނަށް އެއްވެސް ފުރުސަތެއް ނުލިބުނު. އެމީހުން ވަރަށް މަދުން ކޮޓަރިން ނުކުންނަނީ. އާމިރުއާއި މުހަންމަދުގެ ކޮޓަރީގައި ހަރުކުރި ކެމެރާގައި ނެތް މުހިންމު އެއްޗެއް.” ޔަމާން ބުނުމުން ޔަނާލް ވިސްނާލަން އިނދެފައި ބުނެލިއެވެ. “އެހެންވީމާ މާދަމާ ރޭ ހިނގާބަ އަނެއްކާވެސް ދާން. ތިމީހުން އެ ތިންމީހުން ތިރީ ފްލޯރގައި ކޮންމެވެސް ވާހަކައެއް ދައްކަން މަޑުކުރާނީ. އެގަޑީގައި މަށާއި އުޝާއާއި އެތަނަށް ވަދެ އެތަން ހޯދާލާފައި ކެމެރާއެއް  ހަރުކޮށްފައި ނުކުންނާނީ.” ޔަނާލްގެ އެވާހަކައަށް އެންމެން އެއްބަސްވެ އެރެއަށް ތައްޔާރު ވާން ފެށިއެވެ. “މަޑުކޮށްބަލަ. މިތާ އެއްވެސް ކެމެރާއެއް ހުރޭތަ؟ އަހަރެމެން އެއަށް އެރީމަ ފަޅާ އަރާނެއެއްނު.” އުޝާ ބުނުމުން ލިހާން ބުނީ އެމީހުންގެ އޭޖެންސީ މީހެއް ލައްވާ ކެމެރާތަކަށް އުޝާމެން ނާރާނެހެން އަނބުރާލާފައިވާނެ ކަމަށެވެ. އެމީހުން ތައްޔާރުވެފައިވާލެއް ފުރިހަމަ ކަމުން އުޝާ ހައިރާންވިއެވެ.

އެދުވަހު ދެން އިތުރަށް ކުރާނެ މަސައްކަތެއް ނެތުމުން އުޝާ ސިޓިންރޫމުގެ ބެލްކަނި ކައިރިގައި އިން ސޯފާގައި ޖައްސާލީ ލެޕްޓޮޕް ހިފައިގެންނެވެ. އުޝާ އިށީނުމުން ޔަނާލްވެސް އޭނާގެ ކައިރީ އިށީނުމަށްފަހު ފިލްމެއް އަޅުވަން އެދުމުން އުޝާ ނެޓްފްލިކްސް ހުޅުވާލުމަށްފަހު ބަލާނެ ރަނގަޅު ފިލްމެއް ހޯދަނިކޮށް ބެލްކަނީގައިތިބި ބަޔަކު ވާހަކަ ދައްކާ އަޑު އިވުނެވެ. “ދެން މާ ނޫންކަމަށް ނެހެދިޔަސް މަށަށް އެނގޭ ކައެ ތިއުޅެނީ އުޝާ ކަމުގޮސް ގެންކަން…..”ލިހާން ބުނި އަޑު އިވުމުން ޔަނާލް ދެލޯބޮޑުކޮށްލުމަށްފަހު އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމުން އުޝާ ތުންފަތުގއި އިނގިލި ޖައްސާލުމަށްފަހު އަޑުއަހަން އިށާރާތް ކޮށްލިއެވެ. “އެހެން ބުނާ މީހާ ޔަނާލް މާ ކަމުގޮސްގެން އުޅޭކަން މަށަށް އެނގެއޭ…..” ޔަމާން ބުނެލި އަޑު އިވުނެވެ. “މަ ނުބުނަން ދޯ މަށަށް ޔަނާލް ކަމުނުދެއެކޭ.” ލިހާން ވާހަކަ ދައްކަމުން ގޮސް ބެލްކަނިން ސިޓިންރޫމަށް ވަތްތަނުން އުޝާމެން ފެނިފައި ހުއްޓުންއެރިއެވެ. އުޝާމެން ތިބި ގޮތް ފެނިފައި އެމީހުންނަށް ދެންމެ ދެއްކި ހުރިހާ ވާހކައެއް އަޑު އިވިއްޖެކަން އެނގުމުން ލިހާން ބޯކަހާލިއެވެ. ލިހާންގެ ފަހަތުން ނުކުތް ޔަމާންވެސް ލަދުން މުޅި މީހާ ރަތްވިއެވެ. އެތަނަށް ވެރިވެފައިވާ ހަމަހިމޭންކަމުން އުނދަގޫވެގެން ޔަނާލް އުޝާ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް އެމީހުން ނިދާ ކޮޓަރިއަށް ވަނެވެ.

“އެއީ މަ މުޅި އުމުރުގައިވެސް އެންމެ އޮކްވާރޑް ވަގުތުކޮޅު.” ޔަނާލް ބުނުމުން އުޝާއަށް ހެވުނެވެ. “އެކަމަކު އަސްލު މަށަށް ވަރަށް ކަމުދޭ ލިހާން.” ޔަނާލް ލަދުން އިނދެފައި ބުނެލި އެތިން އުޝާއަށް ދެލޯބޮޑު ކޮށްލެވުނެވެ. އުޝާ އިން ގޮތް ފެނިފައި ޔަނާލް އިތުރަށް ލަދުގަތެވެ. “ދެން އަޅެ ތިހެން ނުބަލަބަ. އުޝާއަށް ކަމުދޭތަ ޔަމާން؟” ޔަނާލް އަހާލި ސުވާލުން އުޝާ އަނގަ ހަދާލިއެވެ. ނަމަވެސް ވިސްނާލާފައި އޭނާ ޖަވާބުދިނެވެ. “އޯކޭ. މަށަށް ކަމުދޭ ޔަމާން. އެކަމަކު ކިޔާންއަށް ފަހު އަދ އެއްވެސް މީހަކާއި ރައްޓެއްސެއް ނުވަން.” އުޝާ ދެރަވެފައި އިނދެ ބުނުމުން ޔަނާލްވެސް ދެރަވިއެވެ. “ދެން މިހާރު މޫވްއޮން ކުރަންވީއޭ. އަބަދު އުޝާ ތިހެން ހުންނާކަށް ކިޔާންވެސް ބޭނުމެއް ނުވާނެ……” ޔަނާލް އެދެއްކި ވާހަކައަށް އުޝާ އެއްބަސް ވިއެވެ.

ކުއްލިއަކަށް ޔަނާލް ދޮރާއި ދިމާލަށް އިނގިލި ދިއްކޮށލުމުން އުޝާ އެދިމާލަށް ބަލާލިއެވެ. ދޮރު ދަށުން ވަރަށް ރީތިކޮށް ދެ ހިޔަނި ފެންނަން އިނެވެ. ޔަނާލް ސިއްރު ސިއްރުން ގޮސް ދޮރު ކައިރީ ހުއްޓީ ދޮރު ހުޅުވަން ރެޑީވުމުން އުޝާވެސް އޭނާގެ ފަހަތުގައި ހުއްޓިލިއެވެ. ކުއްލިއަކަށް ޔަނާލް ދޮރު ހުޅުވާލުމުން ދޮރުގައި ކަންފަތް ޖަހާގެން އަޑުއަހަން ތިބި ލިހާންއާއި ޔަމާން އެތެރެއަށް ނުވެއްޓުނީ ކިރިޔާއެވެ. އަނެއްކާވެސް ފަޅާ އެރުމުން އެމީހުން އަނެއްކާވެސް ލަދު ގަތެވެ. ޔަމާން އަވަހަށް  އެތަނުން ދާން އުޅުމުން ލިހާން އޭނާ ހުއްޓުވިއެވެ. “އޯކޭ ދެން އެހެން ކަހަލަ ގޮތަކަށް ވިޔަސް މަށަށް ޖަވާބު ލިބިއްޖެ. އެހެންވީމާ ރަސްމީކޮށް މި އަހަނީ. ޔަނާލް، ވިލް ޔޫ ބީ މައި ގާލްފްރެންޑް؟” ޔަނާލްއަށް އެއްލޯ މަރާލަމުން ލިހާން އަހާލުމުން ޔަނާލް ހޭން ފެށިއެވެ. ނަމަވެސް ޔެސް ބުނެލީ ލަދުން ހުރެއެވެ. ދެން އެދެމީހުން އުޝާއާއި ޔަމާންއާއި ދިމާލަށް ބަލާލިއެވެ. އޭރު އެދެމީހުން ތިބީ ލަދުން އެކަކު އަނެކަކާއި ދިމާލަށް ބަލާލަންވެސް ނުކެރިފައެވެ. “ދެން މާ ލަދުން ނުހުރެ އެކުއްޖަ ކައިރީ ރައްޓެހިވާން އަހާބަލަ.” ލިހާން ލާނެތް ގޮތަކަށް ބުނުމުން ޔަމާން އިތުރަށް ލަދުގަތް ނަމަވެސް އުޝާ ކައިރީ ރައްޓެހިވާން އެހިއެވެ. އުޝާ ލަދުން ހުރެ އާއެކޭ ބުނެލިއެވެ.

ހަތަރު މީހުން ސިހިފައި  ބަލާލީ މީހަކު އަތް ޖަހަން ފެށުމުންނެވެ. ދުރުގައި އެހުރިހާ ތަނެއް ބަލަން ހުރި އަފްރާ ފެނުމުން އެންމެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަފްރާ އެމީހުންނައި ދިމާ ކުރުމަށްފަހު ގޭތެރޭގައި އުޅެވޭނެ ގޮތުގެ އާއ ގަވާއިދުތައް ހެދިއެވެ. އެކަކު އަނެކަކު ކޮޓަރިއަށް ނުވެއްދުމަށެވެ. އަދި ބޭރަށް ނުކުމެ އުޅޭއިރު ބަލައިގެން އުޅުމަށް އެދުނީ އެއީ އެމީހުންގެ ގޭންގް މީހުން ކައިރީ އެއީ ކޮއްކޮމެން ކަމަށް ބުނެފައިވާތީއެވެ. އެހުރިހާ ކަމަކަށް އެމީހުން އެއްބަސް ވިއެވެ.

އުޝާ ޔަމާންއަށް ކިޔާންއާއި ބެހޭ ހުރިހާ ވާހަކައެއް ކިޔާދިނެވެ. އޭނާގެ މަންމަމެންގެ މަރުނ އަރައިނުގަނެވި އުޅެނިކޮށް ކިޔާންގެ މަރުގެ ހަބަރު ލިބުނު ގޮތާއި މިއަދާއި ހަމައަށް އިތުރު އެހެން މިހަކާއި ރައްޓެހި ނުވެ ހުރި ވާހަކައެވެ. ޔަމާން އެއީ މައްސަލައެއް ނޫންކަމަށާއި އުޝާ ބޭނުމިއްޔާ ޔަމާންއާއި ބޭނުން ވަގުތަކު ކޮންމެ ކަމަކާއި ގުޅޭގޮތުންވެސް ވާހަކަ ދެއްކޭނެ ކަމަށް ބުނެލިއެވެ. އުޝާއާއި ޔަމާންއާއި ހިލާފަށް ޔަނާލްއާއި ލިހާން ކުޑަ ކުދިންނަށްވުރެ ކަންތައްފަލައެވެ. އެކަކު އަނެކަކަށް ލަނޑުދީ ހަދަމުން ދިޔައިރު މުޅިގޭތެރެ ފަޅާލަފާނެހެން ހީވާ ވަގުތުވެސް އާދެއެވެ. ގޭތެރެގެ އެއްޗެއް ހަލާކުކޮށްލައިގެން ތަނެއް އަލުން ސާފު ކުރަން ޖައްސާގެން އަފްރާ ހުންނަންޖެހެނީ އެމީހުންނަށް ހަޅޭއްލަވާށެވެ.

އެރޭ މިހުރާންއާއި އިޝާން ކައިރީ އެވާހަކަ ބުނުމުން އެމީހުންވެސް ވަރަށް ދިމާ ކުރިއެވެ. އެމީހުންނާއި ލިހާންއާއި ޔަމާންވެސް ވާހަކަ ދެއްކިއެވެ. އިރުގަޑަކު ސަކަރާތް ޖެހުމަށްފަހު ސީރިއަސްވީ އުޝާ ކޭސްގެ ވާހަކަ އެހުމުންނެވެ. ފުރަތަމަ އުޝާމެންނަށް ލިބުނު އާ މައުލޫމާތާއި އެމީހުން މާދަމާރޭ ކުރަން އުޅޭ ކަންތައް ކިޔާދިނުމުން މިހުރާން އެމީހުންނަށް މިހާރު އެނގުނު ކަންތައް ކިޔާދިނެވެ. “ފާތިޙް ސާރ އަތަށް ދިން އެއްކަލަ މަރާލި ތަނުގެ ފޫޓޭޖާއި ޖަލުގެ ތިބި މީހުންގެ ފޯނުތައް އެނެލައިސްކޮށް ނިންމާފި. މާދަމާ ރޭ ރިޕޯޓެއް ލިޔެފައި ފޮނުވާނަމޯ ބުނީ މިވަގުތު ސާރ ރަށުން ބޭރުގައި ހުރީމަ. ޔަނާލްއަށް ފޮނުވާނަން އެ ރިޕޯޓުތައް. ދެން އެރިކޯޑިން ތަކުން އަދި މާމުހިންމު އެއްޗެއް ނުފެނޭ. މިއުވާންމެންގެ ފޯނުންވެސް މިކޭސްއާއި ބެހޭ މައުލޫމާތެއް ނުލިބުނު. އިޝާން ފޯނުގައި ހަރުކުރި ރިކޯޑަރުން އަޑުއެހޭނީ ފަހުން. އެއޮތީ ހަލާކުވެފައި. އެކަމަކު އޭތި ހަދާލެވޭނެ. ހަދާލާފައި އެ އަޑު އަހާފައި މުހިންމު އެއްޗެއް އޮތިއްޔާ ބުނާނަން. މާދަމާ ރޭ ތިމީހުން އައިއްސަ ގުޅާތި އިނގޭ.” ފޯނު ކޯލު ކުރުކޮށްލަމުން އެމީހުން ދިޔައީ ނިދާށެވެ.

އޭގެ އަނެއް ދުވަހު ހޭލައިގެން އުޝާ ފާހާނާއަށް ވަންނަން ދިޔައިރު ޔަނާލް ކޮޓަރިއަކު ނެތެވެ. ނަމާދުކޮށްލައިގެން ފޯނު ހިފައިގެން އެނދުގައި ޖައްސާލިތަނުން ޔަމާން ސިޓިންރޫމްގެ ބެލްކަންޏަށް ނުކުތުމަށް މެސެޖް ކުރުމުން އުޝާ ދިޔައެވެ.

އުޝާ ދިޔައިރު ޔަމާން އިނީ ބެލްކަނީގައި އިން ކުޑަ އުނދޯލީގައެވެ. އުޝާ ފެނުމުން އޭނާ އިޝާރާތް ކޮށްލީ އޭނާގެ ކައިރީ އިށީނުމަށެވެ. އުޝާ އިށީނުމުން އޭނާގެ އަތަށް ކޮފީ ތައްޓެއް ލައިދިނެވެ. ފަތިހުގެ އެ ހަމަހިމޭން ވަގުތު ކޮފީ ބޮމުން އެކި ވާހަކަ ދައްކަން ދެމީހުން ތިއްބާ ސިއްސައިގެން ދިޔައީ ބަދިގެއާއި ދިމާލުން އިވުނު އަޑުފައްގަނޑުންނެވެ. ދެމީހުން ދުވެފައި ކަހަލަ ގޮތަކަށް ބަދިގެއަށް ވަތެވެ.

ދެމީހުންނަށް ދެލޯ ބޮޑުކޮށްލެވުނީ ޔަނާލްއާއި ލިހާން ތިބި ހާލު ފެނުމުންނެވެ. ޔަނާލް ބޮލުގައި ހަތަރުވަރަކަށް ބިސް ތަޅާލާފައި އޮތެވެ. ލިހާން މުޅިމީހާގެ ގައިގައި ހުރީ ފުށެވެ. ނުވީތާކަށް ދެމީހުންގެ އަތުގައިވެސް ކާކުލަ ހުއްޓެވެ. ރަތް ކުލައާއި ފެހި ކުލައާއި ނޫކުލައިގެ އިތުރުން ރީނދޫ ކުލައިގެ ފުޅިތަކުން އޭރުވެސް އެކަކު އަނެކަކު ގަޔަށް ކުލަ ޖަހަމުން ސަކަރާތް ޖަހަމުން ދިޔައިރު އުޝާއާއި ޔަމާން އެތަނުގައި ހުރިކަން ނުވެސް އެނގޭ ފަދައެވެ.

ޔަނާލްއާއި ލިހާންގެ ސަކަރާތަށް ނިމުމެއް އައީ އަފްރާ އެތަނަށް އައިސް އެމީހުންނަށް ހަޅޭއް ލަވަން ފެށުމުންނެވެ. އެންމެ ފަހުން ޔަނާލްއާއި ލިހާންއަށް ބަދިގެއިން ނުކުމެވުނީ މުޅި ބަދިގެ ސާފުކޮށްފައެވެ. ސާފު ކުރަމުން ދިޔައިރުވެސް ދެމީހުން އެކަކު އަނެކަކަށް ލަނޑު ދެމުން ދިޔުމުގެ ސަބަބުން އެމީހުން ސާފު ކޮށް ނިމުނީ ހަވީރުވާން ކައިރިވީފަހުންނެވެ. އުޝާއާއި ޔަމާން މެންދުރު ކާން ޖެހުނީ ބޭރުން ކާއެއްޗެއްސަށް އޯޑަރ ކޮށްގެންނެވެ. އެކަހަލަ ގޮތަކަށް އެދުވަސް ނިމި އެރޭ އެމީހުންގެ އާއ މިޝަންއަށް ދާން ތައްޔާރު ވިއެވެ.

އެއާއި ޖެހިގެން އައި ރޭ އުޝާއާއި ޔަނާލް ކުރިން ރޭ ފަދައިން ކަޅުކުލައިގެ ހުޑީއާއި ޖީންސްލައިގެން މާސްކާއި އަންގި އަދި ލެންސްވެސް ލައްވައިގެން ލިހާންމެންނާއި އެކު ކާރުގައި ދިޔައެވެ. މިފަހަރު އުޝާއާއި ޔަނާލް ވަތީ ލިހާންމެން ވަތް ފަހުންނެވެ. އެމީހުން ވަދެފައި މެސެޖް ކުރުމުން ޔަނާލް ހިނގައިގަތީ އެބިލްޑިންގެ ފަހަތަށެވެ. ޔަނާލް އެކޮޅަށް ގޮސް އުޝާއަށް ހަނާއަޅާލުމުން އުޝާ އެދިމާލަށް ހިނގައިގަތީ މަގު އެއްކޮށް ސްކޭން ކޮށްލުމަށްފަހުއެވެ.

އެއަށްފަހު ޔަނާލް ކައިރީ ހުއްޓިލިއިރު ޔަނާލް އެ އިމާރާތުގެ އެންމެ މަތިން ފެންނަން އިން ބެލްކަންޏާއި ދިމާލަށް ވާގަނޑެއް އެއްލިއެވެ. އެ ވާގނަޑުގެ އެއްކޮޅުގައި ހަރުކޮށްފައި އިން ދަގަނޑު އެތިކޮޅުގެ ސަބަބުން ބެލްކަނީގެ ފާރުކޮޅުގައި ހަރުވިއެވެ. އެއަށްފަހު އެވާގަނޑުގައި އެލިގަނެގެން ދެމީހުން މައްޗަށް އެރިއެވެ.

ބެލްކަންޏަށް އެރުމަށްފަހު ކޮޓަރިތެރެއަށް ވަތްއިރު މުޅި ކޮޓަރިއަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. ނަމަވެސް އަނދިރިއަށް ލޯހޭނުމުން އެއްވެސް ހޮޅިބުރިއެއް ޖައްސާކަހަލަ ހިޔާލެއް ދެމީހުން ކުރެ އެކަކުވެސް ނުކުރިއެވެ. އުޝާ ރިކޯޑަރާއި ކެމެރާ ހަރުކުރިއިރު ޔަނާލް އަވަދިނެތި އެމީހުންގެ ކަބަޑުތައް ހުޅުވާ އެ ހޭވުމުގައި އުޅުނެވެ.

ކެމެރާ ހަރު ކުރުމަށްފަހު އުޝާ ގޮސް އެރީ އެތަނުގައި ހުރި ދެބުރި އެނދުގެ މަތީ އެނދަށެވެ. އެނދުގެ ގޮދަޑި ދަށާއި ބެޑްޝީޓް ތެރެ ބެލިއިރުވެސް އެކައްޗެއްވެސް ނެތެވެ. ދެން ބާލީސް ނެގިއިރު ބާލީހުގެ އުރައިގެ ތެރޭގައި އެއްޗެއް އޮތްހެން ހީވެގެން ބެލިއިރު ފޮތެކެވެ. އުޝާ ޔަނާލްއަށް ގޮވާފައި އެދައްކާލިއެވެ. އެނދުން ފައިބައިގެން ޔަނާލް އަތަށް އެ ފޮތް ދިނުމުން ޔަނާލް އެ ފޮތް އަތުލާފައި ހުޅުވާލިއެވ. އެގަޑީގައި އެފޮތް ތެރެއިން ކަރުދާސް ކޮޅެއް ވެއްޓުމުން އުޝާ އެނެގިއެވެ.

ބެލްކަނި ކައިރިއަށް ޖެހިލައި އެފަޑު އަލިކަމުގައި އުޝާ އަތުގައި އޮތް ގަޑުކޮޅަށް ފަރުވާތެރި ކަމާއެކު ބަލާލިއެވެ. އެއާއެކު އޭނާއަށް ހީވީ އޭނާގެ މެޔަށް ފިނިފެން އެއްޗެއް ޖެހިހެންނެވެ. ދެލޯ ބޮޑުކޮށްލައިގެން ހުއްޓުން އަރާފައި ހުރި އުޝާ ފެނުމުން ޔަނާލް އައިސް އޭނާގެ އަތުން އެ އަތުލިއެވ. ޔަނާލްއަށްވެސް ލިބުނީ ސިހުމެކެވެ.

ނުނިމޭ

Share Article

Follow Me Written By

idontcare

Level 110 Stories

Other Articles

Previous

ވާށޭ މަށާ އެކީ-21

Next

ފޮހެލާނަމޭ ތިހަނދާންއެކީ

Next
May 13, 2020

ފޮހެލާނަމޭ ތިހަނދާންއެކީ

Previews
May 13, 2020

ވާށޭ މަށާ އެކީ-21

2 Comments!

  1. Nauphoon says:
    May 14, 2020 at 10:30 am

    ❤❤❤❤❤❤❤❤❤

  2. how says:
    May 17, 2020 at 4:00 pm

    I can’t wait for next part

Comments are closed.


All Right Reserved!