Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްވެސް ދިނީމޭ 6

Sshau Level 110 Stories
May 13, 2020 One Min Read
4 Comments

ޒިވާގެ ހަރަކާތްތަކަށް ގެއްލިފައި އިން ކައިލް ސިއްސައިގެން ދިޔައީ އަވަސް ފަރުވާދޭ ބައިގެ ދޮރު ހުޅުވުނު އަޑަށެވެ. އެެތެރެއަށް ވަދެގެން އައި މީާ އެއީ ކާކު ކަމެއް  ކައިލް އަކަށް ނޭނގުނެވެ. ދޮރާ ފުރަގަސްދީގެން އޮތް ޒިވާ އަށް މީހަކު ދޮރު ހުޅުވާލިކަން އިނގުނެވެ.  ދޮރާވީ ފަރާތަށް  އެނބުރުނު އިރު ކައިލް އިނީ ދޮރާ ދިމާއަށް ބަލަހައްޓައިގެން ކަމުން ޒިވާ ވެސް އެދިމާއަށް ބަލާލިއެވެ. ދޮރުން ވަދެގެން އައި މީހާގެ މޫނު ފެނުމުން ޒިވާގެ ދެލޯ ބޮޑުވިއެވެ. ހިތް ދިރުވާލެވުނީ ދެން ވާނެ ގޮތް ނޭނގޭތީއެވެ.

*************************************************

” ބަލާބަލަ ހުންނަ ނުލަފާކަން…..ލަދެއްވެސް ނުގަނޭތަ މިތާ އިންނާކަށް ” ދޮރުން ވަދެގެން އައި ޒަހުރާ އަށް ޒިވާގެ ކައިރީ އިށިނދެ އިން ކައިލް ފެނުމުން ހަށިގަނޑުގައިވި ލޭތައް ކެކި އަރައިގަތެވެ. އެދިމާއަށް ހިނގައި ގަނެވުނީ ވަރަށްވެސް ބާރަށެވެ. ކައިލް އަށް އެއަންހެން މީހާ އަކީ ޒިވާގެ މަންމަކަން އެނގުނެވެ. ޖެހިލުންވެ ހުރެ ކައިލް ގޮނޑިން ތެދުވީ ޒިވާގެ މަންމަ އާއި ވާހަކަ ދައްކާލުމުގެ ނިޔަތުގައެވެ. ނަމަވެސް ކައިލް އަށް ހުއްޓިފައި ހަރަކާތެއް ގެންނަން ނޭނގި ހުރެވުނީ ޒިވާގެ މަންމަ ކޮށްލި ކަމަކުންނެވެ. ތަދު އިހުސާސް ވުމުން ކައިލް އަށް އޭނާގެ މޫނުގައި ފިރުމާލެވުނެވެ.

ޒިވާ ހުރީ ބިރުން ގޮސް ހަލާކު ވާވަރު ވެފައެވެ. އެއިރު އެދެލޮލުން ހޯސް ލާފައި ކަރުނަ ފައިބަމުން ދިޔައެވެ. މަންމަ އެކުރީ އޭނާ އެއްވެސް އިރެއްގައި ހީކޮށްގެން ހުރި ކަމެއްނޫނެވެ. މިވީ ގޮތުން ކައިލް އާއިއެކު އުފެދެމުން އައި ގުޅުން އެނިމުނީއޭ ޒިވާ ހިތަށް އެރިއެވެ. އިތުރަށް ރޮވެން ފެށުނީ އެހެންވެއެވެ. ބިރުން ހުރެ މަންމާއޭ ކިޔާ ޒިވާ ގޮވާލިއެވެ. ޒަހުރާ އަށް ޒިވާގެ އަޑު އިވުމުން ޒިވާ އާއި ދިމާއަށް ބަލާލިއެވެ. ޒިވާގެ ބޮޑު ދެލޮލުން ހޯސް ލާފައި ކަރުނަ ފައިބަމުން ދިޔައިރު ޒަހުރާގެ ހިތަށް މިފަހަރަކުވެސް އެއްޗެކޭ ނާރައެވެ. ބާރު ހިނގުމެއްގައި ގޮސް ޒިވާގެ ކުރިމަތީ ހުއްޓުނެވެ.

” މަންމާއޭ ކިޔާނި ކަމެއް ނެތް. ކަލެއާ ހެދި މަށަށް ދުވަހަކު ވެސް ފަސޭހަ އެއް ނުވޭ. ވިއްޔާ ވަނީ ހުސް ގެއްލުން. ކަލޭ ބައްޕަ އާއެއްކޮށް ކަލޭވެސް ދިޔަނަމަ މަށަށް މިހާ އުނދަގޫ ބޮޑެއް ނުވީސް.” ޒަހުރާގެ ދުލުން އެކީ ބަސްތަކުން ޒިވާ އަށް އޮވެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަންމަ އޭނަދެކެކ އެހާ ރުޅި އަންނަ ވަރުގެ އޮތީ ކޮންކަމެއް ބާއޭ ޒިވާ ހިތަށް އެރިއެވެ. ޒަހުރާގެ މޫނަށް ބަލަހައްޓައިގެން އޮވެ ޒިވާ އަށް ގިސްލަ ގިސްލާފައި ރޮވުނެވެ. ޒަހުރާ ދެންމެ އެކީ ހުރިހާ އެއްޗެއް ޒިވާގެ ބޮލުގައި ތަކުރާރު ކޮށް އެނބުރެމުން ދިޔައެވެ.

ދުރުގައި އެމަނަޒަރު ބަލަން ހުރި ކައިލް އަށްވެސް ހުރެވުނީ ހަރަކާތެއް ގެންނަން ނޭނގިފައެވެ. މައެއްގެ ދުލުން ދަރިއަކާ ދިމާއަށް އެހާ ހުތުރު ކޮށް ވާހަކަ ދައްކާ އަޑު ކައިލް އަށް އަޑު އިވުން މިއީ ފުރަތަމަ ފަހަރެވެ. އޭނާގެ މަންމަ ދުވަހަކު ވެސް އޭނާ އަކާ އަދި ކިޔާރާ އަކާވެސް އެހާ ހަޑިކޮށް ވާހަކަ ދައްކާފަ އެއް ނުވެއެވެ. ޒިވާ އަކީ ވިޔާނުދާ ކުއްޖެއް ނޫންކަން ކައިލް އަށް އިނގެއެވެ. ޒިވާގެ އަމަލުތަކުން އެކަން އޭނާއަށް ފެނެއެވެ. އެއާ ޚިލާފަށް ކައިލް އަކީ ވިޔާނުދާ ކުއްޖެއް ކަމަށް ފުރަތަމަ ފަހަރަށް ކައިލް އަށް ގަބޫލު ކުރެވުނެވެ. ކިޔާރާ ދިން ނަސޭހަތް ވެސް ކައިލްގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. މަަންމަ އާއި ބައްޕަ އޭނާ އާއި ދޭތެރޭ ކުރާ އުންމީދާ މެދު ފުރަތަމަ ފަހަރަށް ކައިލް އަށް ވިސްނާލެވުނެވެ. އޭނާގެ އުޅުން ބަދަލުކުރަން ވެއްޖެކަން ކައިލް އަށް ވިސްނުނެވެ. ޒިވާ ކައިލް އާއި ދިމާއަށް ބަލާލި ވަގުތު ކައިލް ވެސް ޒިވާ އަށް ބަލާލިއެވެ. ޒިވާ އަށް ހިނިތުން ވުމެއް ހަދިޔާ ކުރުމަށް ފަހު ކައިލް އަވަސް ފަރުވާ ދޭ ބައިން ނިކުމެގެން ދިޔައީ ވަރަށް ބޮޑު ވިސްނުމެއްގެ ތެރޭގައި ހުރެގެންނެވެ.

ކައިލް ނިކުމެގެން ދިޔުމުން ޒަހުރާވެސް އެތަނުން ނިކުމެގެން ދިޔައެވެ. އޭނާ އެތަނަށް އައީ ޒިވާ އެކްސިޑެންޓް ވިކަން އަވަށްޓެރިންނަށް އެނގުމުން އެވާހަކަ ދައްކާތީއެވެ. ޒަހުރާ އެތަނަށް ނައިއްސިނަމަ އޭނާއޭ ކިޔާގެން ވާހަކަ ދައްކަފާނެތީއެވެ. އަނެއްކާ ޒިވާން ވެސް އޭނާ އަށް ގުޅާފައި ބުނީ ޒިވާ ކާރިއަށް ދިއުމަށެވެ. ހިތާ ދެކޮޅަށްވެސް ޒަހުރާ އެތަނަށް އައީ ޒިވާން ދާށޭ ބުނީމައެވެ. ޒިވާ އެކަނި އޮވެގެން ހަލާކު ވިޔަސް ޒަހުރާއަށް މައްސަލައެއް ނެތެވެ.

ހޮސްޕިޓަލުން ނިކުމެގެން ގޮސް ކައިލް އެރީ މިސްކިތަށެވެ. ވަރަށް ގިނަ ދުވަހަށް ފަހު ކައިލް ހުކުރު ނަމާދު ފިޔަވާ ފަރުޟު ނަމާދެއް އެކުރީއެވެ. ސަލާން ދިނުމަށްފަހު ކައިލް ދުޢާ ކުރިއެވެ. އޭނާ އަށް ކުރެވުނު ފާފަތައް ފުއްސަވާ ދެއްވުން އެދި ދެންނެވިއެވެ. އޭނާއަށް ތެދުމަދު ދެއްވުމަށް އެދި ދުޢާ ކުރިއެވެ. ޒިވާއަށް އަވަސް ޝިފާއަކަށް އެދި ދުޢާ ކުރުމަށް ފަހު ކައިލް މިސްކިތުން ފައިބައިގެން ދިޔައިރު އޭނާގެ ހިތަށް ވަނީ ވަރަށްވެސް ބޮޑު ލުޔެއް ލިބިފައެވެ. ބަޔާން ކުރަން ދަތި ހިތްހަމަ ޖެހުމެއް ކައިލް އަށް ލިބިފައިވާ ކަހަލައެވެ. މަދު ހިނގުމެއްގައި ކައިލް މިސްރާބު ޖެހީ ގެއާ ދިމާއަށެވެ.

” ކަމްލާ ކަންބޮޑު ވާކަން އަހަންނަށް ވެސް އެނގޭ. އެކަމަކު ކައިލް ބޭނުން ނުވަންޏާ އަހަރެން ކިހިނެއް އޭނަ ލައްވާ އެކަން ކުރުވާނީ. މިއީ ހީކުރާހާ ފަސޭހަ ކަމެއްނޫނޭ. އެކަން ކަމްލާއަށް އެންމެ ރަނގަޅަށް އެނގޭނެ.” އެނދުގައި އިށީނދެ އިން ކަމްލާގެ މޫނަށް ބަލަން އިނދެ ސަމީހު ވާހަކަ ދައްކަމުން ދިޔައެވެ. ” އަހަންނަށްވެސް އިނގޭ މީ ފަސޭހަ ކަމެއް ނޫންކަން. އެކަމަކު ސަމީހުގެ ބަދަލުގަ ކުންފުނި ހިންގާނެ މީހަކުވެސް ހުންނަންވާނެ އޭނުން. ކިޔާރާ ވެސް ބޭނުމެއްނޫން ކުންފުންޏާ ގުޅޭކަށް. ދެންހުރި މީހަކީ ކައިލް. އެކުއްޖާ އެއީ ޚިޔާލެއް ފިކުރެއް ހުރި މީހެއްނޫން. އުމުރުން 21 އަހަރު ވާއިރު އަދިވެސް އެއުޅެނީ އެހެން. އެއުމުރުގެ ހުރިހާ ކުދިން އަމިއްލަ މަސައްކަތް ފަށާގެން ކުރިއަށް ދާއިރު ކައިލް އެހުންނަނީ ކަމެއް ނެތް މީހެއްހެން. ސަމީހު ކައިލް އާއި ވާހަކަ ދައްކާލިއްޔާ ރަނގަޅުވާނެ ކަންނޭނގެ.” ކަމްލާ ސަމީހު ބުނި ވާހަކައަށް ރައްދު ދެމުން ސަމީހުގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ.

ކޮޓަރި ދޮރު ހުރަސްކޮށްފައި ދިޔަ ކައިލް އަށް މަންމަ އާއި ބައްޕަ ވާހަކަ ދައްކާއަޑު އިވުމުން މަޑުކޮށްލައިގެން ހުރިއިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔއީ އެކި ކަހަލަ ޚިޔާލުތަކެވެ. މަންމަ އާއި ބައްޕަ އޭނާ އާމެދު ވިސްނާވަރު މާބޮޑަށްވެސް އެނގުނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ކައިލް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެެވެ. ބޮލަށް ބަރުވެފައި ހުރުމުން ކައިލް ބޭނުންވީ ނިދާލާށެވެ. ފެންވަރާލައިގެން ނިކުމެ ސޯޓުބުރިއެއް ލައިގެން ކައިލް އައިސް އެނދުގައި އޮށްތާލިއެވެ. ޚިޔާލެއްގެ ތެރޭގައި އޮވެ ކައިލް އަށް ވަރަށް އަވަހަށް ނިދުނެވެ.

ނިދިފައި އޮތް ޒިވާ އަށް މަޑުމަޑުން ލޯ ހުޅުވާލެވުނީ އޭނާގެ ބޮލުގައި ފިނި އަތަކުން ފިރުމަމުން ދިޔަކަހަލަ އިހުސާސެއް ކުރެވުމުންނެވެ. ކުރިމަތީގައި ހުރި މީހާ ފެނުމުން ޒިވާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ކުރިމަތީގައި އެހުރީ ކައިލް ނޫން އެހެންމީހެއް ނޫނެވެ. ގުދުވެލައިގެން އޮވެ ޒިވާގެ ބޮލުގައި މަޑުމަޑުން ކައިލް ފިރުމަމުން ދިޔައިރު ޒިވާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އަތްފައި ފިނިވާން ފެށިއެވެ. ހިތް ދިރުވާލާފައި ކައިލްގެ ނަަމުން މަޑުމަޑުން ގޮވާލިއެވެ. ކައިލް ކުރިއަށްވުރެ ބޮޑަށް ޒިވާ އާއި ދިމާއަށް ގުދުވެލިއެވެ. ކައިލް އެހެން ކަންތައް ކުރުމުން ޒިވާގެ ހިތް ކުރިއަށްވުރެއް ބާރަށް ތެޅެންފެށިއެވެ. ކައިލް ދެންކޮށްލި ކަމަކުން ޒިވާ އަށް ހުރެވުނީ ބުނާނެ އެއްޗެް ނޭނގިފައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sshau

Level 110 Stories

Other Articles

Previous

ފޮނި ފާރޮށި 11

Next

އިންތިޒާރު 5

Next
May 13, 2020

އިންތިޒާރު 5

Previews
May 13, 2020

ފޮނި ފާރޮށި 11

4 Comments!

  1. Sshau says:
    May 14, 2020 at 12:33 pm

    Here is the sixth part of the story?❣
    Mistakes huredhaane so let me know and feel free to comment?❤

  2. Ayraa says:
    May 15, 2020 at 3:03 pm

    Thx bodu break akah fahu vs vhk genesdheyn feshythy. I was waiting for your story. Typing mistakes ebahuri sshau.?But the story is really nice and wish you luck❤ This part is also great. You are talented dear. Masha allah?❤

    1. Sshau says:
      May 15, 2020 at 4:05 pm

      Thanks a lot Ayraa. I’m really happy that you like this story. Insha Allah next part liyevunuhaa avahah up kohdheynan.
      stay safe

  3. frushiya says:
    May 31, 2020 at 10:10 pm

    salhi higey

Comments are closed.

Next Episodeހިތްވެސް ދިނީމޭ 7←


All Right Reserved!