
އެދެލޮލުގެ ޖާދޫގައި ޖެހިފައި އޮއްވާ ރޭޝަމް ސިއްސައިގެންދިޔައީ މީހަކު “އެހެމް އެހެމް.. ލޯބިވޭ ހާދަހާ ލޯބިވޭ.. …” މިހެން ކިޔަން ފެށުމުންނެވެ. ދެމީހުން ހަމަޖެހިލާފައި ވަށައިގެން ބަލާލިއިރު އެންމެންގެ ނަޒަރުތައް ހުއްޓިފައި ހުރީ އެދެ ޒުވާނުންނަށެވެ. ރޭޝަމް އާއި ތަންކޮޅެއް ގާތުގައި ރާޝިފް ފާޑަކަށް ހެވިފައި ހުއްޓެވެ.
ލަދުން އަވަސް އަވަހަށް ރޭޝަމްގޮސް ކުލާހަށްވަނެވެ. އެވަގުތު އެފިރިހެން ކުއްޖާ ސޮރީ ބުނެލި އަޑުވެސް އިވުނެވެ.ކުލާހުގައި ގިނައިން ތިބީ ނުދަންނަ ކުދިންނެވެ. އެއްފަޅީގައި އަންހެން ކުދިން އަނެއްފަޅީގައި ތިބީ ފިރިހެން ކުދިންނެވެ. ރޭޝަމްއިނީ އަންހެން ކުދިންނާއި ފިރިހެންކުދިންގެ ބައިގެ މެދުން އޮންނަ މަގާއި އެންމެ ކައިރީގައެވެ. ދިވެހި ޓީޗަރު އައިސް ސަލާމް ގޮވާލުމުން ސަލާމް ބަލައިގަތުމަށްފަހު ފުރަތަމަވެސް އޮތީ ކުދިން ތަޢާރަފު ވުމުގެ ބައެވެ. ރޭޝަމްއިނީ ދެވަނަ ބަރީގައެވެ. ރޭޝަމްގެ ކައިރީގައި އިނީ އޭނާއާއި އެކު ގްރޭޑް ދިހައެއްގައިވެސް އުޅުނު ކުއްޖެކެވެ. މާބޮޑަށް ރައްޓެހި ނޫނަސް ކޮންމެވެސް ވަރަކަށް ވާހަކަދައްކާ އުޅޭ ކުއްޖެކެވެ. އެކުއްޖާ ތަޢާރަފު ވިއެވެ. އަޅުގަނޑުގެ ނަމަކީ އައިޝަތު މުނީޒާ. މުނީޒާއަށްފަހު ރޭޝަމް ތަޢާރަފު ވެލިއެވެ. ފާތިމަތު ރޭޝަމް.. އެއަށްފަހު ދެން އިވިގެންދިޔައީ ނުހަނު ހިތްގައިމު އަޑެކެވެ. އަޅުގަނޑަށް ކިޔަނީ މުހަންމަދު ލާމިއު.. އެހިނދު ރޭޝަމްއަށް ބޭއިހްތިޔާރުގައި އަނެއް ފަރާތަށް ބަލާލެވުނެވެ. އެތަނުގައި އިނީ އޭނާއާއި މިއަދު ކުލާހަށް އަންނަނިކޮށް އެކްސިޑެންޓްވި ކުއްޖާއެވެ. ރޭޝަމްއަށް އިނދެވުނީ އޭނާއާއި ދިމާއަށް ބަލާށެވެ. ކުލާހުގެ ބާކީ ތިބިކުދިން ތަޢާރަފުވެ ނިމުނުއިރުވެސް އޭނާއަށް ނޭނގުނެވެ. ހަމަހޭވެރިކަންވީ ކައިރީގައި އިން މުނީޒާ “ރޭޝް..ރޭޝް އޭއި ރޭޝަމް..”އޭކުޔައިފައި ރޭޝަމްގެ އަތުގައި ހިފައި ދަމައިގަތުމުންނެވެ. “ސާބަސް ރޭޝްއަށް.. ހޫމްމްމްމްމްމްމްމްމް ކަމެއްތަ އަނެއްކާ؟…” މިހެން އެހުމުން “އޭންނންންން އާންންން ނޫންންންންން” މިހެން ބުންޏެވެ. އެއިރު ލާމިއުވެސް އިނީ ރޭޝަމްއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ރޭޝަމް ލަދުން އިސްޖަހާލިއެވެ. ރޭޝަމް ވަށައިގެން ބަލާލިއެވެ. ނަސީބަކުން އެއްވެސް ކުއްޖެއްގެ ނަޒަރެއް ރޭޝަމްއާއި ދިމާއަކަށް ނެތެވެ. ނަމަވެސް މުނީޒާ ކައިރީގައި އިނދެގެން ވަރަށް ދިމާކުރިއެވެ. އެންމެފަހުން ރޭޝަމް ކުރުގޮތަކަށް އެކްސިޑެންޓް ވިވާހަކަ ކިޔާދިނެވެ. އަދި ހީވަނީ އެކުއްޖާ ކަމުދާހެން ކަމުގައާއި އެއްވެސް މީހެއް ގާތު ނުބުނުމަށް އެދުނެވެ. އަދި ރޭޝަމްއަކީ މީގެ ކުރިން އެއްވެސް ފިރިހެން ކުއްޖަކަށް ލައިކްވި ކުއްޖެއް ނޫންކަމުގައާއި މިއަދު މިވީ ގޮތެއްވެސް ނޭނގޭ ކަމުގައި ބުންޏެވެ. މިގޮތުގައި އެދުވަހުގެ ގަޑިތައް ނިމުނުއިރު ދެކުދިން ވަރަށް ގާތް ދެރަހުމަތްތެރިންނަށް ވިއެވެ.
ގަޑިތައްނިމިގެން ގެއަށްދާންވެގެން ރާޝިފްއާއި ދެކުދިން މަޑުކޮށްލީ ނާއިލް އަންނަދެނެވެ. ގެއާއި ސުކޫލާއި މާކަދުރުނޫނަސް ފުރަތަމަ ދުވަހު ކާރާއި އައީތީވެ ކާރާއި ދާން ނިންމީއެވެ. އެވަގުތު ކުޑަކޮށް ދުވެލައިފައި ނާއިލް އައެވެ.” ސޮރީ ގައިޒް.. މި ހިސާބު ސަރ އާއި ހެދި ލަސްވީ ފާޑެއްގެ އަލްޖިބްރާ ސުވާލުތަކެއް ދީފައި ކިޔައިފި ސުވާލުތައް ހަދާ ނިންމާފައި ފޮތް ހަވާލކޮށްފައޭ ދެވޭނީ..” ތިން ކުދިން ހެމުން ހެމުން ގޮސް ކާރަށް އެރިއެވެ. އެކުދިން ބަލާބެލުމަށް ހީވަނީ އެއްބަނޑު އެއްބަފާކުދިން ހެންނެވެ. “ހޫންން ހަނދާންނެތިފައޭ މިހުރީ ކިހިނެއްތަ ކުލާސް؟ ފޫހިތަ އަނެއްކާ” މިހެން ބުނެނުނިމޭ ރާޝިފް ވާހަކަ ދައްކަން ފަށައިފިއެވެ.” ހުމްމްމްމް މަޖާހޭ.. އެނގޭތަ ރޯމިއޯއާއި ޖޫލިއެޓް އުޅެނީ އަހަރުން ކުލާހުގައި ފުރަތަމަ އެދެމީހުން ކުޑަ އެކްސިޑެންޓް އެއްވެގެން ދިމާވީ. ދެން ފަހުން ކުލާސް ތެރޭގައި އެކަކު އަނެކަކަށް ބަލަނީ ހަމަ ސަޅިއޭ.. މާދަން ދާންވާނީ ކެމެރާވެސް ހިފައިގެން”
“މްމްމް ވަރަށް ފުހިވޭ މިކޮއްކޮދެކެ. ދޮންތައެއް ނުބަލަމޭ އޭނައަކަށް ދެން އެކްސިޑެންޓްވެސް ވީ ނޭނގި ވިއްޔަ.. ” ރޭޝަމް މިހެން ބުނުމުން ނާއިލް އާއި ރާޝިފް ހޭން ފެށިއެވެ. އަދި ނާއިލް ބުންޏެވެ. ” ނަސީބަކުން އަހަރުމެންގެ ރޭޝްއަށްވެސް ކަމުދާ ކުއްޖަކު ފެނިއްޖެތާދޯ.. ރޯމިއޯއަށް މަގޭ ސަލާމް..އަދި މަށާ ބައްދަލުކޮށްލަދޭންވެސް ވާނެ އިނގޭ” މިކަހަލަ ސަކަރާތެއްގައި ތިއްބާ ގެއަށް އާދެވިއްޖެއެވެ. ތިންކުދިންވެސް ނިންމީ އަނެއް ދުވަހުން ފެށިގެން ހިނގާލައިފައި ސުކޫލަށްދާށެވެ. ވާރޭވެހޭ ދުވަހެއްނަމަ ކާރުގައި ދާށެވެ. ނަސީބަކުން އަހަރުމެންގެ ރޭޝްއަށްވެސް ކަމުދާ ކުއްޖަކު ފެނިއްޖެތާދޯ.. ރޯމިއޯއަށް މަގޭ ސަލާމް..އަދި މަށާ ބައްދަލުކޮށްލަދޭންވެސް ވާނެ އިނގޭ” މިކަހަލަ ސަކަރާތެއްގައި ތިއްބާ ގެއަށް އާދެވިއްޖެއެވެ. ތިންކުދިންވެސް ނިންމީ އަނެއް ދުވަހުން ފެށިގެން ހިނގާލައިފައި ސުކޫލަށްދާށެވެ. ވާރޭވެހޭ ދުވަހެއްނަމަ ކާރުގައި ދާށެވެ.