މިނަން ތިހިތުން ފިލުވާލަނީހޭ…20
ދެލޯ ހަނިކޮށްގެން ރަވާންއަށް ބަލަން ހުރެފައި އަހަރެން ބާރުބާރަށް ހިނގައިގަތީމެވެ. ދެ ދަތްޕިލަ ޖައްސައި ބާރު ކޮށްލެވުނު ގޮތުން އަޑު ކިޔައިގެން ދިޔައެވެ. ރަވާންގެ ކައިރިއަށް ހުއްޓިފައި ޝަހާދަތް އިނގިލި ދިއްކޮށްލީ ހަޅޭއްލަވައި ގަންނާށެވެ. ދެލޯ ބޮޑުކޮށްލައިގެން ރަވާން އޮތެވެ. އަހަންނަށް އެއްޗެއް ބުނާނެ ފުރުޞަތެއް ނުލިބުނެވެ. ރަވާން ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފައި އެނދު މައްޗަށް ވައްޓާލައިފިއެވެ.
********
ރަވާން އޭނާގެ ދެ އަތުގެ ތެރޭގައި އަހަރެން ރަނގަޅަށް ހައްޔަރުކޮށްލީ ގުޑިވެސް ނުލެވޭނޭ މިންވަރަށެވެ. ހީވީ އެތައް ދުވަހަކަށްފަހު، ދެމީހުން ބައްދަލުވީ ހެންނެވެ. ހިތަށް ލިބިގެންދިޔައީ އުފާވެރި ކަމެވެ.
“އަހަރެން ހީކުރީ، އަހަރެން މަތިން ލިވީ ހަނދާން ނައްތާލީ ކަމަށް…” ރަވާން ވާހަކަ ދެއްކީ އަހަރެންގެ ކަންފަތް ދަށުގައި ވައި އަޑުންނެވެ.
ރަވާންގެ އެ ކުޑަ ޢަމަލުން، އަހަރެންގެ ހަށިގަނޑުގައިވި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ބޭއިޚްތިޔާރުގައި ހެވިއްޖެއެވެ. ރަވާން ދައްކަމުން ދިޔަ ވާހަކަ އަޑު އެހުމުގެ ބަދަލުގައި އަހަންނަށް މަސައްކަތް ކުރެވުނީ، ދެކޮނޑު މައްޗަށް އުފުލައި ކަންފަތް ފޮރުވާށެވެ. އެ ނާޒުކު ވަގުތުކޮޅުގައި ވެސް، ހިތުގެ މައްޗަށް ކުރި ހޯދީ އެހެން ޖަޒުބާތު ތަކެކެވެ.
“ވަރަށް ވަރަށް ވަރަށް ބޮޑަށް ސޮރީ…” އަހަރެންގެ ހަށިގަނޑުގައި ބާރަށް ބައްދާލަމުން ރަވާން ބުންޏެވެ.
“ކީއްވެ؟…” ޖަވާބު އެނގޭ އިރުވެސް އަހަރެން އެ ސުވާލު ކުރީ، ރަވާންގެ ދުލުން އޭގެ ޖަވާބު އަޑު އަހާލަން ބޭނުންވި ވަރުންނެވެ.
“އެއްވެސް ކަމެއް ހަނދާން ނެތީމަ… ވިސްނުން އެނބުރި އަންނަން މިހާ ގިނަ ދުވަސް ނެގީމަ… އެހާ ވަރަށް ލިވީއަށް ސަފަރ ކުރަން ޖެހުނީމަ…” ރަވާން އެއްފައްޗަކަށް ހުރިހާ ވާހަކަ އެއް އަމުނާލި އެވެ.
ރަވާން އަހަރެން ކުޑަކޮށް ދުރުކޮށްލާފައި ކޯތާފަތުގައި އަތް ޖައްސާލިއެވެ. ކޯތާފަތުގައި ބޮޑުވައި އިނގިލި ހިންގާލަމުން، އަހަރެންގެ ދެލޮލަށް ނަޒަރު ހުއްޓާލައިފިއެވެ. ދާދި ކައިރިން އެ މޫނު ފެނުމުން ކުރެވިގެން ދިޔައީ ތަފާތު އިޚްސާސެކެވެ. ހިތް ލޯބިން ފުރިގެން އައެވެ. އެ އިޚްސާސްތައް ފޮރުވަން މިއަދު އަހަރެން ޖެހިލުންވާންވީ އެއްވެސް ސަބަބެއް ނެތެވެ. ކައިރީގައި އެއޮތީ އަހަރެންގެ އަމިއްލަ ފިރީމީހާއެވެ.
“އަހަރެން ހީކުރީ ހަމަ އަސްލުވެސް ލިވީ އަހަރެން މަތީން ހަނދާން ނައްތާލީ ކަމަށް… ހާދަ ދެރައެއް ވިއޭ… ދެން ދުވަހަކު ވެސް އެހެން މީހެއްދެކެ ލޯބިވާ ވާހަކަ ނުބުނާތި… އޭރުން އެނބުރި ނާދެވި ދާ…” ރަވާން ދެރަވެލާފައި ވާހަކަ ދައްކަން ފެށިއެވެ.
އެ ވާހަކަތައް އަޑު އަހާކަށް ކެތެއް ނުކުރެވުނެވެ. ރަވާންގެ ތުންފަތުގައި އިނގިލި ޖައްސައި ހުއްޓުވައިފީމެވެ.
އަހަރެން ދެފަރާތަށް ބޯ ހޫރާލީމެވެ. ރަވާންއަށް އަހަރެން ބުނި އެއްޗެއް ވިސްނުނު ކަހަލައެވެ. އަނެއްކާ ވެސް އަހަރެންގެ ގައިގައި ބާރަށް ބައްދާލައިފިއެވެ. ރަވާންގެ ހަރަކާތްތައް އަވަހެވެ. އިޚްސާސް ކުރެވެމުންދިޔަ އެ ތުންފަތުގެ ބީހުންތަކުން އަހަންނަށް އޮވެވުނީ ދެލޯ މަރާލައިގެންނެވެ.
ކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ދެ މީހުންނަށް ވެސް ލިބުނީ ސިހުމެކެވެ. ތެޅި ގަނެފައި ދުރަށް ޖެހިލީމެވެ. އަވަސްކުރަން ހަދައިގެން އެނދުން ނުވެއްޓުނީ ކިރިޔާއެވެ. ރަވާން އަހަރެންގެ ގައިގައި ނުހިފޭއްޓިނަމަ، އަހަރެން ވެއްޓުނީހެވެ.
އަހަންނަށް ގޮނޑީގައި އިށީނދެވުނީ ކިރިޔާއެވެ. އެ މީހަކު ދޮރު ހުޅުވާލައިފިއެވެ. އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލައިގެން ރަވާން އޮތެވެ. އަހަންނަށް ބަލައިލެވުނީ ދޮރާއި ދިމާއަށެވެ.
ދޮރުމަތީގައި ހުރީ މަންމައެވެ. ހުރީ ހުރިހާ ދަތެއް ފެންނަ ވަރަށް ހީލައިގެންނެވެ. އެ މޫނުމަތީގައިވާ އުފާވެރިކަން ފެނި އަހަރެންގެ ހިތަށް ދިރުން ލިބިގެން ދިޔައެވެ. ބޭއިޚްތިޔާރުގައި ހިނިތުން ވެލެވުނެވެ.
“ހޭން ވީކީ ނޫނޭ… ކައިވެންޏަށް ތައްޔާރު ވާންވީ… މިހާ ދުވަސްވީމަ ދެން އެންމެ ރަނގަޅުވާނީ އަލުން ކައިވެނި ކުރިއްޔާ…” މަންމަގެ ނަޒަރު ހުއްޓިފައިވީ އަހަންނަށެވެ.
ހިނގަމުން ގޮސް މަންމަ ހުއްޓުނީ ރަވާންގެ ކައިރީގައެވެ. އެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. ރަވާންގެ ބޮލުގައި ފިރުމާލާފައި، މަންމަ ބަލައިލީ އަހަންނަށެވެ.
“ކޮބާ އޭރުވެސް މަންމަ ބުނީމެއްނު މީ ރަވާން އޭ… މަންމަގެ ހިތް ދޮގެއް ނުވާނެ އޭ… ދޯ ދަރިފުޅާ…” ރަވާންއަށް ބަލައިލަމުން މަންމަ ބުންޏެވެ.
ރަވާން ބޯ ޖަހާލާފައި މަންމަގެ އަތުގައި އަތް ޖައްސައިލިއެވެ. އޭނަ ހިނިތުންވެލާފައި އަހަންނަށް ބަލައިލަމުން އެއްލޯ މަރާލައިފިއެވެ. އަހަރެން ތެދުވެގެން ގޮސް މަންމަގެ ފުރަގަހުން އެ ހަށިގަނޑުގައި ބާރަށް ބައްދާލީމެވެ. ނޫން ކަމަށް ހަދާލާފައި އަހަރެންގެ އަތަށް ރަވާން ފިތާލިއެވެ.
ރަވާން ހޮސްޕިޓަލުން ދޫކޮށްލީ ދެ ދުވަސް ފަހުންނެވެ. މަންމަމެން ކާރުގައި ފޮނުވާލާފައި އަހަރެމެން ބޭނުންވީ ހިނގާފައި ގެއަށް ދާށެވެ. ރަވާންގެ ޙާލަތު މުޅީން ރަނގަޅު ނުވާތީ ދުއްވާ އެއްޗެއްގައި ދާން ބޭނުން ނުވީއެވެ. ރަވާންގެ އަތުގައި ހިފާލައިގެން، މަގުމަތީގައި އަހަރެން ހިނގަމުން ދިޔައީ ލޯބީގެ ފޮނި ހުވަފެންތައް ދެކެމުންނެވެ. ވަށައިގެން ހިނގަމުންދިޔަ ކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ.
ވަކި ހިސާބަކަށް ގޮސްފައި، އަހަންނަށް ފަހަތް ބަލައިލެވުނީ ކޮންމެވެސް މީހަކު އަހަރެމެންގެ ފަހަތުން އަންނަހެން ހީވެގެންނެވެ. އަހަންނަށް ހީވީ ރަނގަޅަށެވެ. އަހަރެން ބަލައިލުމާއިއެކު، މަގުމަތީގައި ޕާކުކޮށްފައި އޮތް ކާރެއްގެ ފުރަގަހަށްވަދެ އެ މީހަކު ނިވާވެލި މަންޒަރު ފެނުނެވެ. އަހަރެން މާ ބޮޑު ކަމަކަށް ނުހަދަމެވެ. ހީވި ގޮތެއް ކަމަށް ހިތަށް ވިސްނައި ދިނީމެވެ. ރަވާން އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. އެ އަޑަށް ސަމާލުވާން އުޅުނަސް، އަހަންނަކަށް އެކަމެއް ނުކުރެވުނެވެ.
ވަކި ހިސާބަކަށް ގޮސްފައި އަނެއްކާ ވެސް ފަހަތް ބަލައިލެވިއްޖެއެވެ. ކުރިމަތީގައި ހުރީ ޒުވާން ފިރެހެނެކެވެ. އެ މީހަކު ހުރީ އަހަރެމެންނާއި، ދިހަ ވަރަކަށް ފޫޓު ދުރުގައެވެ. ލައިގެން ހުރި އަންނައުނަށް ބަލައިލުމުން އެއީ ހަމަ ކުރިންވެސް ފެނުނު މީހާ ކަން އެނގުނެވެ. އަހަރެން ބަލައިލުމާއިއެކު، ބޯ ކަހައިލަމުން އެމީހަކު އަވަސްއަވަހަށް އަނެއް ފަރާތަށް އެނބުރިއްޖެއެވެ. ހިތުގައި އުފެދުނު ޝައްކު ޔަޤީނަށް ބަދަލުވިއެވެ. ފާޑަކަށް ހިތް ތެޅިގަތެވެ. ރަވާންގެ އަތުގައި ބާރަށް ހިފަހައްޓާލެވުނެވެ.
“ތަންކޮޅެއް ބާރަށް ހިނގޭނެތަ؟…” ހާސްވެފައި ހުރިވަރުން އަހަންނަށް ވާހަކަ ދެއްކުނީ ވެސް ހިންދިރުވަމުންނެވެ.
“ކިހިނެތްވީ؟…” ކަމެއް ގޯސްވެއްޖެހެން ހީވެ ރަވާން ސުވާލުކޮށްލައިފިއެވެ.
އެ މީހާގެ ވާހަކަ ބުނަން އުޅެފައި ވެސް އަހަރެންގެ ޚިޔާލު ބަދަލުވިއެވެ. ރަވާންގެ ޙާލަތު އަދި މުޅީން ރަނގަޅު ނުވާތީއެވެ. ކުރެވޭ ހީއެއްގެ މައްޗަށް ވާހަކަ އެއް ދައްކައިގެން ރަވާން ހާސް ކުރުމުގެ ބޭނުމެއް ނެތެއް ނޫން ހެއްޔެވެ؟
“ކަމެއް ނުވޭ…” އަހަރެން ބުނީމެވެ.
“މާ ބޮޑަށް މިސްވަނީތަ؟… ތިހާ ވަރަށް މިސްވަންޏާ، މިހާރު ވެސް ދީފާނަމޭ…” ލާނެތް ރާގަކަށް އެހެން ބުނެފައި ރަވާން އަހަންނާއި ދިމާއަށް ގުދުވެލިއެވެ.
“ދެން… މީހުން ބަލާފާނެއޭ…” ރަވާން ދުރުކޮށްލަމުން އަހަރެން ވާހަކަ ދެއްކިއިރު، ވަށައިގެން ނަޒަރު ހިންގާލެވިއްޖެއެވެ.
ގެއަށް އައިސް ވަނުމާއި ހަމައަށް ވެސް އަހަރެން ހުރީ ސިހިސިހިއެވެ. މަގުމަތިން ހިނގަމުން އައިއިރު، އެ މީހަކު އަހަރެމެންގެ ފަހަތުން އައިކަން ކަށަވަރެވެ. އެ މީހަކަށް ނޭނގޭނޭހެން ސިއްރުން އަހަރެން އެ މީހެއްގެ ހަރަކާތްތަކަށް ފާރަލީމެވެ. ރަވާން ސޯފާގައި ބައިންދާފައި، އަހަރެން ބޭނުންވީ އެ މީހަކާއި ކުރިމަތިލާށެވެ. އަހަރެން ގެއިން ނުކުތީ، އެއްޗެއް ގަންނަން ބޭނުންވާ ކަމަށް ބުނެ، އެންމެ އަވަހަށް އަތުގައި ޖެހުނު ދެ ދޭފަތް ދަބަހަށް ލައިގެންނެވެ.
ގޭގެ ދޮރު ހުޅުވާލުމާއިއެކު އަހަރެން ސިއްސައިގެން ދިޔައީ ދޮރުމަތީގައި ހުރި މީހާ ފެނުމުންނެވެ. އެއީ އެ ހުރިހާއިރު އަހަރެމެންނަށް ފާރަލަމުން މަގުމަތީގައި ހިނގި މީހާ އެވެ. އަޅި ކުލައިގެ ޓީޝާޓަކާއި ކަޅު ފަޓުލޫނެއްގައި ހުރި އެ ޒުވާނާގެ މުޅި ގައިގައި ދެލި ފާޑުގެ އެއްޗެހި ތަކެއް ހުއްޓެވެ. ލައިގެން ހުރި ޓީޝާޓުން ވަނީ ތަންކޮޅުކޮޅު އިރައިގެން ގޮސްފައެވެ. ސިހުނު ވަރުން ދަބަސް އަތުން ދޫވެގެން ވެއްޓިއްޖެއެވެ. ދަބަސް ނަގަން ތިރިވީ ވަގުތު، އަހަރެންގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތީ، އެ މީހާގެ އަތުގައި އޮތް ރެންޗް ފެނުމުންނެވެ.
ތުރުތުރު ލަމުންދިޔަ ދެއަތުން ދަބަސް ހުޅުވޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ. އޭރު އަހަރެންގެ ނަޒަރު އެ މީހަކަށް ވެސް ހުއްޓެމުން ދިޔައެވެ. އަވަސް ކުރަން ހަދައިގެން ދަބަހުގެ ޒިބު ތާށި ވެއްޖެއެވެ. އެއްގޮތަކަށް ނުހުޅުވުނެވެ. އަހަންނަށް ފުންމައިގެން ތެދުވެވުނީ އެމީހަކު އަހަންނާއި ދިމާއަށް ގުދުވެލި ތަން ފެނުމުންނެވެ. ދަބަސް ހޫރާލާފައި ދެފަޔަށް ލެވުނުހައި ބާރެއް ލާފައި ދުއްވައިގަތީމެވެ. އެ މީހަކުވެސް އަހަރެންގެ ފަހަތުން ދުއްވައިގަތް ކަން އެނގުނެވެ.
ބާރަށް ހަޅޭއްލަވަމުން އަހަރެން ދިޔައީ ސަލާމަތަށް އެދި ރޮއެ އާދޭސް ކުރަމުންނެވެ. ފަހަތް ބަލަމުން ދުވެފައި ދަނިކޮށް، ޕާކު ކޮށްފައި އޮތް ކާރެއްގައި ޖެހިފައި އުއްޑުން ވެއްޓިއްޖެއެވެ. މޫނު މަތީގައި ހީވީ ކުދި ކޮކާތަކެއް ބުރައިގެން ދިޔަ ހެންނެވެ. ބޮލުގައި ދެއަތުން ހިފަހައްޓަމުން އުނދަގޫ ގޮތަކަށް ތެދުވީމެވެ.
އަހަރެން ދެލޯ ހުޅުވައިލި ތަނައި ބާރަށް ހަޅޭއްލަވައި ގަނެވުނީ ކުރިމަތީގައި ހުރި މީހާ ފެނުމުންނެވެ. އެ މީހާ ހުރީ އަހަންނާއި ދިމާއަށް އަތުގައި އޮތް ރެންޗް ދިއްކޮށްލައިގެންނެވެ. އަހަންނަށް ވީގޮތް ފެނި އެ މީހަކު އޭނާގެ އަތަށް ނަޒަރު ހުއްޓާލައިފިއެވެ.
“އޯޚް ސޮރީ… މިއޮތީ…” ރެންޗް ޖީބަށް ލުމަށްފަހު، އެ މީހެއްގެ އަނެއް އަތުގައި އޮތް އަހަރެންގެ ދަބަސް ދިއްކޮށްލަމުން އެ މީހާ ވާހަކަ ދެއްކިއެވެ.
އެ މީހާ ހުރީ ހިނިތުން ވެލައިގެންނެވެ. ފެންނަ ފެނުމަށް އެއްވެސް ނުރައްކަލެއްގެ ޢަޞަރު އެ މޫނުމަތީގައި ނުވެއެވެ. އަހަރެންގެ ހަނދާނަށް އައީ ފިލްމު ތަކުން ފެންނަ މަންޒަރު ތަކެވެ.
“އެއުޅެނީ މޫނުމަތިން މާ ހެޔޮ މީހެއް ކަމަށް ދައްކައިގެން އަހަރެން ގެންގޮސް، ފަޅު ގެއަކަށް ވައްދަން… މަގުމަތީ މީހުންނަށް ފެންނާނެތީ ބިރުން އެއުޅެނީ… ހުސް މަކަރު… އަހަރެން ނުހެއްލޭނަން…” އަމިއްލަ ހިތާއި ވާހަކަ ދައްކަން އަހަންނަށް ހުރެވުނެވެ.
އެއްފަހަރު އެ މީހާގެ މޫނަށް، އަނެއްފަހަރު ދަބަހަށް ބަލައިލެވުނެވެ. ކުއްލިއަކަށް ދަބަހުގައި ހިފައި ޖަހައިގަތީމެވެ. ގައިގައި ހުރި ބާރެއް ލާފައި ޒިބުގައި ހިފައި ދަމައިގަތް ގަތީނުން ޒިބު ދިޔައީ މާ ދުރަށް ވިއްސައިގެންނެވެ. އެއިން ކަމަކަށް އަހަރެންގެ ފަރުވާލެއް ނެތެވެ. އަގު ބޮޑުކޮށް ގަނެފައިވާ އެ ދަބަސް ޙަލާކުވީތީ އެ ވަގުތު ދެރައެއް ނުވިއެވެ.
ދެއަތް ތުރުތުރު އަޅަމުން ދިޔަ ނަމަވެސް ހަރަކާތްތައް އަވަސްކޮށްލީމެވެ. ދަބަހުގެ ތެރެއަށް އަތް ކޮށްޕާލާފައި އެންމެ އަވަހަށް އަތުޖެހުނު އެއްޗެއް އޭގެ ތެރެއިން ނެގީމެވެ. އަތަށް އެ އެއްޗެއް ހެޔޮވަރު ކޮށްލާފައި އެ މީހަކާއި ދިމާއަށް ދިއްކޮށްލީމެވެ.
“ކީއްވެ އަހަރެން ފަހަތު އަޅުވާލައިގެން ތިއުޅެނީ… އޭނ… ބުނޭ، އެހެން ނޫނީ…” އަތުގައި އޮތް އެއްޗެއް އެ މީހަކާއި ދިމާއަށް ހޫރަމުން އަހަރެން މަސައްކަތް ކުރީ އިންޒާރު ދޭށެވެ.
އަހަރެންގެ އަތުގައި އޮތް އެއްޗެއް ފެނުމާއިއެކު އެމީހަކު ފެށީ ހޭށެވެ. އަހަންނަށް ބަލައިލެވުނު އިރު ހުރެވުނީ ތުންފަތުގައި ޖައްސަން ގެންގުޅޭ ލިޕްސްޓިކް ހިފައިގެންނެވެ. އެ އަނބުރާ ދަބަހަށް ލާފައި ދޭފަތް ހޯދަމުން ދަނިކޮށް އަހަރެންގެ އަތުގައި އެ މީހަކު ހިފަހައްޓައިފިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ކަރުތެރެ ޙަލާކު ވާހައި ބާރަށް ހަޅޭއް ލަވައި ގަނެވިއްޖެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
43 Comments!
Comments are closed.





Yeyy 1st o ???
Congratulations dear ?❤❤
Salaam All..
Miothee part 20 ves upkohlevifa.. Dhen innaanee last part..
Unmeedhukuran mi bai ves hurihaa kudhinnah kamudhaane kamah.. kiyaalaafa cmnt eh kohlahchey..
Good night all ❤❤
Kon irakun up vaanii?
In Sha Allaah maadhamaa
Vvvvvv reethimi part ves
ekam thankolheh lahee up vaaleh
and varah kuru
Ummeedh kuran varah avahah up koh dheynee kamah
Thank u so much sama.. vv ufaavehje mi part ves kamudhiyaeema.. Eysh maa bxy veema lasvanee geneveyleh ehenve part thah kuruvanee ves.. In Sha Allaah next part Tmrw.. keep waiting ?❤❤❤
When next ?
In Sha Allaah Tmrw
Wow varah habeyss
Thank u so much Mahoo.. glad that u liked.. ??❤❤❤
Wowww vvvvvv reeethi. Waiting for the next part ♥ ♥ ? ? ♥ ♥ ♥
Thank u so much Shiru.. V ufaavehje mi part ves kamudhiyaeema .. ??❤❤❤ keep waiting
By the way how old are you
eysh a want to be a close friend to you
Awww Eysh ves beynun sama aa frnd vaan.. u can contact me through email ([email protected]) or send a msg to my fb page (Eysh stories)
Waiting… ❤❤
Vvvv reethi mi part vx….. Whn is next part….. Curiously waiting for next part……????love it…… Next part thankolheh avahah up kohdhehchey… ???plzzzzzz
Awww thank u so much Queeny.. vvv ufaavehje mi part ves kamudhiyaeema.. next part In Sha Allaah tmrw.. keep waiting ingey.. ??❤❤
Alhe haadha haadha reehchey. Hama bunaane ehchehves neyngey. Vvvvv furihama. ????♥️???????♥️??????♥️????♥️???????♥️? Sifakohdheefa hurileh hama obi noavey. Film eh balaalaa kahala
??????????????????????????????????????????????????????? Vvvvg interesting mi part ves. Liyuntherikanves hama vvv furihama. Dialogue thah ehaa salhi. ??????????????????????????????? U r the best and great writer. Lysm ????????????????????? Waiting for the next part. ? ? ? ? ? ? ? ? ? ? ? ? ? ? ? ? ?????????????♥️????????????????♥️??
Awww thank u so much sheen.. vvv ufaavehje mi part ves kamudhiyaeema.. and cmnt kiyaalaafa.. V sweeet.. and thi dhey support ah hithuge adin shukuru adhaakuran.. bundheyn Neyngey haa ufaavey.. keep waiting for the next part.. much loves ??❤❤
Good Night Eysh.Thankyou.Varah kamudheyy mibai ves,Vrh reethi.Eysh ge stories,eii the best.????
Awww thank u so much Aana.. vv ufaavehje mibaives kamudhiyaeema.. aww so sweet.. means a lot… V ufaavehje ?❤❤❤
V kurukohfonikoh nimunee
Thank u so much pari ??❤❤❤?
E eekaaku?
Don’t be sad dear.. hingaa dho kaakutho balamaa.. keep waiting.. next part In Sha Allaah maadhamaa ?❤❤
Maasha allah vvvvvv reethi mi part vx…????.. Can’t wait to read nxt part…????…. Ly sissyyy…???
Awww thank u so much kylie.. vv ufaavehje mibaives kamudhiyaeema.. next part In Sha Allaah tmrw.. keep waiting dear ?❤❤❤
Alhey varah reethi mi part vx…..waiting for the nxt part…and whn nxt siss….
Awww thank u so much kai.. vv ufaavehje mibaives kamudhiyaeema.. next part In Sha Allaah tmrw ingey.. keep waiting my dear.. ?❤❤❤
Varah varah reethi ??????
maa sha Allah ❤❤❤❤❤❤
waiting waiting???????
❤❤❤❤❤ly sis❤❤❤❤❤
Awww thank u so much Yanaa.. vv ufaavehje mibaives kamudhiyaeema.. next part In Sha Allaah tmrw.. keep waiting dear.. ?❤❤❤
varah varah reethi….sis ur the best….can’t wait for the nxt….ly???
Awww thank u so much lamko.. vv ufaavehje mibaives kamudhiyaeema.. nd best buneema.. means a lot.. next part In Sha Allaah tmrw.. keep waiting… ?❤❤❤
When next part?? Can’t wait for next part avahah up kohdheeba
❤Best Writer
Awww thank u so much Aby.. vv ufaavehje best buneema.. means a lot.. next part In Sha Allaah tmrw.. keep waiting… ?❤❤❤
V v v v v v reethi ?❤️❤️❤️
Best writer ❤️❤️
Can’t wait for the Next part………….
❤️?❤️
Awww thank u so much Sherr.. v ufaavehje mi part ves kamudhiyaeema… Fenvaru site ga Eysh ah e libenee Sherr cmnts dho.. ? vv ufaavehje best buneema.. means a lot.. next part In Sha Allaah tmrw.. keep waiting… ?❤❤❤
Mi part v salhi ingey adhi v majaa. Hehe. E anhen kujjaa lipstick nagaa dhikkureema hehehe I was like hee hee lolun fen ais huree. Anyways Waiting for the next part. Why my name is special for you? Love you eysh❤️❤️❤️???❤️?❤️?❤️?❤️?❤️
Awww thank u so much dear.. hehe.. v ufaavehje story kiyaalaafa enjoy kohlikan enguneema.. next part mihaaru kiyaaleveyne.. my name aa gulheythee.. ? ly2 dear.. ??❤❤
OMG anekkaa kihineh vaan e ulhenee??? ekam vx vaahaka varah reethi.
Last part mihaaru kiyaaleveyne.. thank u so much livy . V ufaavehje story kamudhiyaeema ?❤❤
Omg ? this story is just mind blowing….. I’ve just completed reading all the parts iyya ga fashaagennn… N seriously ehgothakah vxx beynumeh nubi break eh jahaakah.. ?…. Varah varah reethi mi story ge sifa kurumaaa genna haadhisaaa thah vxxx.??.. N I’ve become a huge fan of this story… Varah curious next part read kurannn… ❤️☺️ Kon iraku there up vaaanyyy…. Can’t wait to read the next part… ??❣️❣️❣️
Awww ifooo ?
Glad that u liked.. thank u so much dear. V ufaavehje cmnt kiyaalaafa.. means a lot.. nd u r v sweet.. ufalun neyngey bunaane ehcheh ves.. mihaaru last part kiyaaleveyne.. avahah kiyaalaa.. Unmeedhukuran story ge nimun ves kamudhaane kamah.. wait kohlaanan ifoo ge cmnt akah.. ?❤❤