Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިނަން ތިހިތުން ފިލުވާލަނީހޭ…18

eysh Level 510 Stories100 Comments100 Login500 Comments
March 1, 2020 5 Mins Read
54 Comments

އަހަރެން ހިތަށް އަރާ އަހަރެން މީ ކޮންކަހަލަ ބައްޕައެއް ބާއޭ… ދަރިއެއްގެ ނާޒުކު ޙާލަތުގެ ފައިދާ ނާޖާއިޒް ގޮތުގަ ނަގާނީ ކިހާ އަމިއްލަ އެދުން ބޮޑުވީމަ ދޯ… އަހަރެން ކަހަލަ މީހަކަށް ބައްޕަ ކިޔަންވެސް ހެޔޮނުވާނެ… މިއަދު އަހަރެން މިހުރީ ކުރެވުނު ހުރިހާ ކަމަކާ ދެރަވެ، ލަދުގަނެފަ… ދުވަހަކު މީހެއްގެ ކުރިމައްޗަށް އަރަން ނުކެރޭވަރަށް، މިއަދު އަމިއްލަ ކުށް އެބަ އިޚްސާސް ކުރެވޭ… ޚާއްސަކޮށް ލިވިޔާއަށް… އަހަރެން އަހަރެން… ލިވިޔާއަށްވެސް ވަރަށް ބޮޑު އޮޅުވާލުމެއް އޮޅުވާލިން… އަހަރެން އެކަން ކުރީ އަހަރެންގެ އަމިއްލަ ފައިދާއަށޭ ބުންޏަސް، ހިތުގައި އެއްވެސް ބުރަކަމެއް ނުބާއްވާނަން…” ނާޒިމް ވާހަކަ ދެއްކިއިރު، އައު ހިތްވަރެއް ލިބިފައިވާ ކަހަލައެވެ.

********

“ފުރުޞަތުގެ ބޭނުންހިފަން، އެ ނާޒުކު ވަގުތުގައިވެސް، އަހަރެންގެ މި ސިކުނޑިއަށް ވިސްނުނީ އެންމެ ގޯސްކޮށް… ފައިސާގެ އެހީގަ އަހަރެން، އަހަރެން އެ ދުވަހު ކުރި ކަމެއްގެ ސަބަބުން، މިއަދު އެއްވެސް މީހަކާއި ހަތަރުކަޅި ހަމަކޮށްލަންވެސް ލަދުގަނޭ…” ފާރުގައި އަތް ވިއްދައިލަމުން ނާޒިމް ބުންޏެވެ.

“އަހަރެން…” ނާޒިމް އެއްޗެއް ބުނަން އުޅުނެވެ. ފަހަތުން ކޮންމެވެސް މީހަކު ދުވެފައި އަންނަ އަޑު އިވިގެން، އެ ވާހަކަތައް ހުއްޓާލައިފިއެވެ.

އަހަރެން ފަސްއެނބުރި ބަލައިލިއިރު، ކުރިމަތީގައި ހުރީ މަންމަ އާއި ތިއްތައެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ހާސްކަމެވެ.

“ދަރިފުޅާ… ކިހިނެތްވީ؟… ކޮބާ ރަވާން؟…” މަންމަ ހާސްވެފައި ސުވާލުކުރިއެވެ.

“މަންމާ ރަވާންއެއް ނޫނޭ ޒެވިން އޭ…” އަހަންނަށް އަވަސްއަވަހަށް ބުނެވުނެވެ.

އަހަރެންގެ ތަބީޢަތު ކުރިއަށްވުރެ ބޮޑަށް ގޯސްވިއެވެ. ޒެވިން އޮތް ކޮޓަރިއަށް އިޝާރާތްކޮށްލާފައި، އަހަރެން މަޑުކުރީ ބޭރުގައެވެ. މަންމަ އަހަންނަށް ބަލަން ހުރެފައި ލޮލުގެ އިޝާރާތުން އެތެރެއަށް ވަނުމަށް އެދުނެވެ. ނޭނގޭކަމަށް ހަދާލައިގެން އަހަރެން ހުރީ އެތަނަށް ވަންނަން ބޭނުން ނުވާތީއެވެ. މަންމަ ހުށިޔާރެވެ. ނުވެސް ވިސްނާ ހުއްޓައި، ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފައި ދަމާފައި ކަހަލަގޮތަކަށް ގެންގޮސް އެކޮޓަރިއަށް ވައްދައިފިއެވެ.

“ދަރިފުޅު ކީއްތަ ތިކުރަނީ ބޭރުގަ… މިހާރު ދަރިފުޅު ހުންނަންޖެހޭނީ މިތާ ތެރޭގައޭ…” އަހަރެންގެ އަތުން ދޫކޮށްލަމުން މަންމަ ޝަކުވާކުރިއެވެ. އެއަށްފަހު، ގޮސް ޒެވިންގެ ކައިރީގައި ހުއްޓިފައި ބޮލުގައި ފިރުމަން ފެށިއެވެ.

“މަންމަ އެބުނީ ތެދެކޭ… ލިވީ ހުންނަންވާނީ އަހަންނާ މިހާ ކައިރީގައޭ ދޯ މަންމާ… މަންމައަށް އެނގޭތަ ލިވީ ކުރި ކަމެއް؟…” އަހަންނާއި ދިމާއަށް އެއްލޯ މަރައިލަމުން ޒެވިން ބުންޏެވެ.

އަހަރެންގެ ދެލޯ ބޮޑުވިއެވެ. އޭގެ އިރުކޮޅެއް ކުރީގެ ހާދިސާ ހަނދާންވުމާއިއެކު، ބޭއިޚްތިޔާރުގައި ތުންފަތުގައި އަތް ޖައްސައިލެވުނެވެ. އެވަގުތު އަވަސްއަވަހަށް ދެފަރާތަށް ބޯ ހޫރާލީމެވެ. މަންމަގެ ކައިރީގައި އެއްވެސް ވާހަކައެއް ނުދެއްކުމަށް ބުނީމެވެ. ޒެވިން އޮތީ ލާނެތް ގޮތަކަށް ހިނިތުންވެލައިގެންނެވެ. އެ މޫނުމަތީގެ ޢަޞަރުތައް ހުރިގޮތުން މަންމަ ކައިރީގައި ކޮންމެފަދަ ވާހަކައެއް ވެސް ދައްކަފާނޭކަން އެނގުނެވެ.

އަހަރެން ދެ ފަރާތަށް ބޯ ހޫރަމުން ދަނިކޮށް، ޒެވިންގެ ތުންފަތް މަތީގައިވި ލުއި ހިނިތުންވުން ފުންވެގެން ދިޔަތަން ފެނުނެވެ. އަހަރެން މޭގައި އަތް ޖައްސާލައިގެން ހުއްޓައި، ޒެވިންގެ ތުންފަތް ހަރަކާތް ކޮށްލައިފިއެވެ. އެއްޗެއް ބުނަން އުޅުނުހެން ހީވުމާއިއެކު، ދުވެފައި އެދިމާއަށް ދެވުނެވެ. އަހަރެން ގޮސް ޒެވިންގެ އަނގަމަތީގައި އަތް އެޅީމެވެ. އެ އަތް ނައްޓުވާލާފައި ޒެވިން އޭނާގެ ވާހަކަ ކުރިޔަށް ގެންދަން އުޅުނެވެ.

އަހަރެމެން ދެމީހުންގެ ހަރަކާތްތަކަށް ބަލަން މަންމަ އާއި ތިއްތަ ތިބީ ހެވިފައެވެ. އެމީހުންގެ ނަޒަރުން އެތައް ވާހަކަތަކެއް ބުނެދެމުން ދިޔައެވެ. އަހަރެމެން އެކަކު އަނެކަކާއި ގާތްވުމަށް އެ ދެމީހުންވެސް ބޭނުންވާ ކަހަލައެވެ.

“މަންމައަށް އެނގޭތަ، މިހާ ބަލިވެ އޮއްވާވެސް، ލިވީ އައިސް ކުރި ކަމެއް…” ކުޑަކުއްޖަކު ފަދައިން ޒެވިން ވާހަކަ ދައްކަން ފެށިއެވެ. އަހަރެން ދިޔައީ އެވާހަކަތައް ދެއްކިޔަ ނުދިނުމަށް ހުރަސް އަޅަމުންނެވެ.

“ތަނަކަށް ތަދުވާވަރުން ކެތް ނުވެގެން ލިވީ ކައިރީ ބުނީ… އެހީވާށޭ ކިޔަކިޔާ އޮއްވާ ދުވެ ފިލީ… ކިހާގޯސް ދޯ؟…” ޒެވިން ހެމުންހެމުން ވާހަކަ ދެއްކިއެވެ.

ޒެވިން ބުނި އެއްޗެއް އަޑު އިވުމުން އަހަރެންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ދެލޯ ބޮޑުކޮށްލަމުން ޒެވިންއަށް ބަލައިލީމެވެ. އަހަރެން ހަމަ ބަލައިލުމާއިއެކު، ޒެވިން އޭނާގެ މޭގައި އަތް ޖައްސާލައިފިއެވެ. ވަގުތުން ތުން ފިއްތައިލެވުނެވެ.

“އަހަރެންމީ ހަމަ އެހާ ބޮޑު މޮޔައެއް ކަމަށްތަ ހީކުރީ؟…” ހަމައެކަނި އަހަންނަށް އަޑު އިވޭ ވަރަށް ޒެވިން ބުންޏެވެ.

ޒެވިން ބުނި އެއްޗެއް އަޑު އިވުމުން، އަހަރެން އަވަސްއަވަހަށް ތެދުވެ ހިންދެމިލީމެވެ. އެހުރިހާއިރު ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނީ ދެނެވެ. ޒެވިން ގަސްތުގައި އަހަރެން ރުޅިއަރުވަން އުޅޭކަން އެނގުމުން، ދެލޯ އަޅައިލީމެވެ.

“މަންމާ ބަލާބަލަ މިހާރުވެސް ލޯ ކުޑަކުރަނީ އޭ އެ…” ޒެވިން އެހެން ބުނުމާއިއެކު އަހަންނަށް އަވަސް ނަޒަރެއް ދެވުނީ މަންމައަށެވެ.

މޫނު މައްޗަށް ވައްތަރެއް ޖައްސާލަމުން މަންމަ އައިސް، އަހަރެންގެ ކަންފަތުގައި ހިފައި އަނބުރާލިއެވެ. އަހަންނަށް ހުރެވުނީ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ.

“މަންމާ…” އަހަރެން ގޮވާލީ ޝަކުވާގެ ރާގަކަށް އަކުރުތަކަށް ދަމާލަމުންނެވެ.

“ދަރިފުޅާ މީހުން ޝަކުވާކުރާގޮތަށް ނޫޅެބަލަ…” މަންމަގެ އަޑު އިވުމުން އަހަރެން ޒެވިންއަށް ބަލައިލީ ރުޅި އައިސްފައެވެ.

“ލިވީ މިހާރުވެސް ހަމަ އެހާ ލޯތްބޭ… ކުޑަކޮށް ހަރުކަށިވާކަން ދައްކައިގެން އުޅުނަސް، ހަމަ އެއްވެސް ތަފާތެއް ނެތް… އަހަރެން ހީކުރީ އަހަންނަށް މިހެންވީމަ، ލިވީ އަހަރެންދެކެ ފޫހިވާނެ ކަމަށް… އެކަމަކު އެނގިއްޖެ ނުވާކަން…” ޒެވިން ވާހަކަ ދައްކަމުން ދިޔައިރު އޮތީ، ލޯބިން ފުރިގެންވީ ނަޒަރަކުން އަހަންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

ބޭސް ސިޓީއެއް ހިފައިގެން ނަރުސް ކުއްޖަކު އައެވެ. އޭގައިވާ ބޭސްތައް ނަގައިގެން ގެނެސްދިނުމަށް އެދިފައި އެ ކުއްޖާ ދިޔުމުން އަހަރެންވެސް އުޅުނީ އެތަނުން ނުކުންނާށެވެ.

“ކޮންތާކަށް؟… ތި ގެނޭ މަންމަ އަތަށް…” އަހަރެންގެ އަތުން ބޭސް ސިޓީ އަތުލަމުން މަންމަ ބުންޏެވެ.

“މަންމަމެން އަންނަންދެން މިތާ މަޑުކުރާތި… އަދި ބުނަން، ކަމެއް ބޭނުންވެގެން ބުނެފިއްޔާ އެކަމެއް ކޮށްދޭތި…” ތިއްތަ އާއިއެކު ހިނގައިގަންނަމުން މަންމަ ބުންޏެވެ.

އަހަންނަށް އެއްޗެއް ބުނާނެ ފުރުޞަތެއް ނުދީ ދެމީހުންވެސް ނުކުތީ ބޭރަށެވެ. އަހަރެން ދެލޯ ހަނިކޮށްލަމުން ޒެވިން އާއި ދިމާއަށް ބަލައިލީމެވެ. އޭރު ޒެވިން އޮތީ، ލާނެތް ގޮތަކަށް ހިނިތުންވެލައިގެންނެވެ.

“ކޮބާ… މިހާރު މަންމަވެސް އެބުނީނު… ދެން ސަލާމަތެއް ނުވެވޭނެ…” ޒެވިން ލާނެތް ގޮތަކަށް ހީލަމުން ބުންޏެވެ.

އަހަރެން ބާރުބާރަށް ހިނގާފައި ގޮސް ސޯފާގައި އިށީނީމެވެ. އެތަނުން ފޮތެއް ނަގައިގެން ކިޔާކަމަށް ހެދުނީމެވެ. އިރުކޮޅަކުން ޒެވިން ހޭންފެށި އަޑު އިވުނެވެ. ދެލޯ ހަނިކޮށްލަމުން ޒެވިންއަށް ބަލައިލީމެވެ.

“ވަޓް؟…” އަހަރެން ހިތްހަމަނުޖެހިފައި ބުނީމެވެ.

“ލިވީ ކޮންއިރަކުތަ އެކޮޅުކޮޅުން ފޮތް ކިޔަން ފެށީ…” ޒެވިން އޭނާގެ އަތުގެ އިޝާރާތުން ފޮތް ދައްކައިލަމުން ބުންޏެވެ.

އަހަރެން ކަރު ކެހިލީމެވެ. ނޫން ކަމަށް ހަދާލާފައި އަވަސްއަވަހަށް ފޮތް ލެއްޕީމެވެ. އެއަށްފަހު ތެދުވެ ހަށަމް ބަނދެލީމެވެ.

“އާޙްޙް… މިތަނަށް ތަދުވޭ އެބަ…” ޒެވިން އޭނާގެ މޫނަށް ވައްތަރެއް ޖައްސައިލަމުން ބުންޏެވެ.

ދަތްތަކަށް ބާރުކޮށްލައިގެން އަހަރެން ހުރީ ބަލާށެވެ. ޒެވިން ކުރިޔަށްވުރެ ބާރަށް ހަޅޭއްލަވައިގަތުމުން، ކައިރިވެލީމެވެ. އޭރު ޒެވިން އޮތީ އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ.

އަހަރެން ބޯ މޮޑެދޭން ފެށުމުން ލޯމަރާލައިގެން ޒެވިން އިރުކޮޅަކު އޮތެވެ. ދެން ލޯ ހުޅުވާލިގޮތަށް އޮތީ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ މޫނަށް ނުބެލި ނަމަވެސް އެ ނަޒަރު އަހަންނަށް ހުއްޓިފައިވާކަން އެނގުނެވެ.

“އާޚްޚް… މިތަނަށްވެސް އެބަ ތަދުވޭ…” ޒެވިން އޭނާގެ މޭގައި އަތް ޖައްސައިލަމުން ބުންޏެވެ.

އަހަރެން އެތަނުން ތެދުވަން އުޅުމުން، ޒެވިން ހިފެހެއްޓީ އަހަރެންގެ އަތުގައެވެ. އެ އަތް ގެންގޮސް މޭގައި ޖައްސައިލަމުން ދެލޯ މަރާލައިފިއެވެ. އަހަރެން އުޅުނީ ގަދަކަމުން އަތް ދަމައިގަންނާށެވެ. އެވަގުތު ހަނދާނަން އައީ ޒެވިންގެ ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމެވެ. އެތަނުގެ ތެރޭގައި އޮތީ ރަވާންގެ ހިތެކެވެ. އެ ހިތަށް އަހަރެން ފަރުވާތެރިވާނަމެވެ. އަހަރެން މަޑުމަޑުން އެނދުގައި އިށީނދެލީމެވެ.

އަހަރެން ހިމޭންވުމުން ޒެވިން އެއްލޯ ހުޅުވާލާފައި ބަލައިލިއެވެ. އަހަރެން އިންގޮތުން އެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ.

“ހުސް އާޓު… ދާންވީނު އެކްޓް ކުރަން… އެންމެ މޮޅު އެކްޓަރގެ މަޤާމު ލިބޭނެކަން ޔަޤީން…” އަހަރެން ވާހަކަ ދެއްކީ ދެލޯ ހަނިކޮށްލައިގެން  އިނދެއެވެ.

“ކީއްވެ ގަދަކަމުން އަތް ދަމައިނުގަތީ؟… ކީއްވެ މަޑުން ތީނީ؟… ލޯބިވާތީތަ؟…” ޒެވިން ހައިރާންވެފައި ސުވާލުކުރިއެވެ.

“ނުވޭ… އަހަރެން ލޯތްބެއް ނުވޭ… ނުވެސް ވެވޭނެ… އަދި ނުވެސް ވާނަން… އަމުދުން ތި ސޫރަ ދެކެ… އަޑު އިވިއްޖެތަ؟…” އަހަރެން އުޅުނީ ތެދުވާށެވެ. ޒެވިން އަހަރެންގެ އަތްތިލައިގައި ހިފައިލިއެވެ.

“ލިވީ… މިނަން ތިހިތުން ފިލުވާލީ ކޮން އިރަކު؟… އަހަރެން ހީކުރީ ލިވީ އަހަރެންދެކެ ލޯބިވާ ކަމަށް… އުހުނ… ހީކުރީއެއް ނޫން ޔަޤީން ކުރީ…” ޒެވިންގެ ރާގު ބަދަލުވިއެވެ. ދެރަވެލާފައި ވާހަކަ ދައްކަން ފެށިގޮތުން، ނުބަލަން ހުއްޓަސް، އެ މޫނަށް ބަލައިލެވިއްޖެއެވެ.

“ޒެވިން… ޕްލީޒް… އަހަރެން އިތުރަށް ނުތަޅުވާ… އަހަރެންގެ ކެތްތެރިކަން އިމްތިޙާނުކުރަން މަސައްކަތް ނުކުރޭ…” އަހަރެންގެ އަޑު ކުރެހުނެވެ.

ޒެވިން ހުއްޓުން އަރާފައި އިރުކޮޅަކު އޮތެވެ. ދެން ކުއްލިއަކަށް އަހަރެންގެ އަތަށް ފިތާލައިފިއެވެ. އަހަރެން ހުރީ އެ މޫނަށް ނުބަލަންވެގެން ކުރިމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ.

“ލިވީ… ތެދުތެދަށް ޖަވާބުދީބަލަ… ހަމަ އެންމެ ސުވާލެއްގެ ޖަވާބެއް އަހަރެން ބޭނުންވަނީ… ލިވީ އަހަރެންދެކެ ލޯބިވޭތަ؟… އަހަރެން ބޭނުން ޖަވާބެއް… އޭގެ ފަހުގަ އަހަރެން ލިވީއަކަށް އުނދަގުލެއް ނުކުރާނަން… އަހަރެން ވަޢުދުވަން…” ޒެވިން ޔަޤީންކަމާއި އެކުގައި ވާހަކަ ދެއްކިއެވެ.

ބުނާނެ އެއްޗެއް ނޭނގިފައި އަހަރެން އިރުކޮޅަކު ހުރީމެވެ. އޭރު އަތް ވަނީ މުށްކެވިފައެވެ. ބުނަން ޖެހެނީ އަހަރެންގެ ދުލުން ދުވަހަކުވެސް ބޭރުކުރަން ބޭނުންވާނޭ ޖުމްލައެއް ނޫނެވެ. އަމިއްލަ ނަފުޞަށް އޮޅުވާލެވޭތޯ އަހަރެން ހާދަ މަސައްކަތެއް ކޮށްފީމެވެ. އެކަމަކު އެ ހިތްވަރެއް މިއަދަކު ނުކުރެވުނެވެ.

“އާނ… ނޭނގި ނަމަވެސް އަހަންނަށް ޒެވިންދެކެ ލޯބި ވެވިއްޖެ…” ހުއްޓަމުން ކަހަލަގޮތަކަށް އަހަރެން ވާހަކަ ދެއްކީމެވެ.

ޒެވިން ކުއްލިއަކަށް އަހަރެންގެ އަތުން ދޫކޮށްލިއެވެ. އެ އަމަލުން އަހަރެންގެ ހިތަށް ފުން ޒަޙަމެއް ލިބުނީ ކީއްވެ ކަމެއް ނޭނގުނެވެ. ހިތުގައި އުފެދިގެން އައީ ދިލަ ރިހުމެކެވެ. އަހަންނަށް ތިރީ ތުންފަތުގައި ބާރަށް ދަތް އަޅާލެވުނެވެ. އޭރު ކަރުނަތައް ދެލޮލުން ފައިބަން ފަށައިފިއެވެ. އަހަރެން ބާރުބާރަށް ހިނގާލާފައި ގޮސް އެ ކޮޓަރިން ބޭރަށް ނުކުތީމެވެ. ކޮޓަރި ދޮރުގައި ލެނގިލަމުން ދެލޯ މަރާލީމެވެ. އޭރު އަހަންނަށް ގިސްލާފައި ރޮވެނީއެވެ.

“ލިވިޔާ… ބައްޕައަށް މަޢާފުކުރޭ…” ނާޒިމްގެ އަޑު އިވުމުންވެސް އަހަރެން ދެލޯ ހުޅުވައެއް ނުލަމެވެ. އެ ކަރުނަތައް ފޮރުވުމުގެ މާނައެއް މިއަދު ނުވެސް ނެތެއް ނޫން ހެއްޔެވެ؟

“މީ އެއްވެސް މީހެއްގެ މައްސަލައެއް ނޫން… މީ އަހަރެންގެ މައްސަލަ… ޒެވިންދެކެ ލޯބިވެވުން އެއީ އަހަންނަށް ކުރެވުނު އެންމެ ބޮޑު ކުށަކީ… މުޅި އުމުރު ރަވާންގެ ހަނދާނުގަ ހުސްކޮށްލަން އަމިއްލަ ނަފުޞަށް އަހަރެން ވީ ވަޢުދަކީ އެއްވެސް އަގެއް ނެތް އެއްޗަކަށް ވީ އަހަރެންގެ ސަބަބުން…” އަހަންނަށް މޭގައި އަތުން ހިފަހައްޓައިލެވުނީ، ހިތަށް ލިބިފައިވާ ފުން ޒަޚަމަކުންނެވެ.

“ތިހެންވީއިރު ލިވިޔާއަށް އަދިވެސް ހަޤީގަތް ނޭނގެނީދޯ؟…” ނާޒިމް ހައިރާންވެފައި ސުވާލުކުރިއެވެ.

“އިތުރަށް އެނގެންޖެހޭ ހަޤީގަތެއް ކޮބާ؟… ހިތުގާ ފޮރުވައިގެން އުޅުނު ބޮޑު ސިއްރުވެސް މިއައީ ހާމަކޮށްފަ…” އަހަރެން އެހެން ބުނެފައި، އެ ތަނުން ދިޔުމަށް ހިނގައިގަތީމެވެ.

“ލިވިޔާ… މިހުރިހާ ދުވަހު ކެތްކޮށްފަ، މިއަދު ކުއްލިއަކަށް ތިގޮތަށް ނުދޭ… ކުށްވެރިއަކީ އަހަރެން… އަހަރެން، އަހަރެން އެ ދެމީހުންގެ އަސްލު އޮޅުވައިލީ…” ނާޒިމްގެ އަޑު އިވުމުން އަހަރެންގެ ފިޔަވަޅުތައް ކުއްލިއަކަށް ހުއްޓިއްޖެއެވެ.

ނާޒިމް ބުނި އެއްޗަކާއިމެދު ވިސްނައިލެވުމުން، އަހަރެންގެ ދެލޯ ބޮޑުވިއެވެ. ނޭވާ އަވަސްވެގެން ދިޔައެވެ. ނާޒިމްގެ ކައިރިއަށް ގޮސް އެ މޫނަށް ވަރަށް ފަރުވާތެރިކަމާއިއެކު ބަލައިލީމެވެ.

“ތިބުނީ އެއީ… އެއީ… އެއީ ޒެވިންއެއް ނޫނޭތަ؟…” އަހަންނަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ހީވޭ ހިތް ބުނާހެން 15

Next

ހީވޭ ހިތް ބުނާހެން 16

Next
March 3, 2020

ހީވޭ ހިތް ބުނާހެން 16

Previews
March 1, 2020

ހީވޭ ހިތް ބުނާހެން 15

54 Comments!

  1. Sheen Shiru says:
    March 1, 2020 at 8:03 pm

    Yeyyyyy 1st ???

    1. eysh says:
      March 1, 2020 at 8:22 pm

      Yes dear first.. congratulations ?❤❤

  2. magnumm says:
    March 1, 2020 at 8:09 pm

    alheyyyyyyyyyyy ma first thaa?????omg impressed…vrh vrh vrh habbxxx????n mi bai thi nimmaaly vrh vrh curious kohh???waiting…luv yaa

    1. magnumm says:
      March 1, 2020 at 8:23 pm

      Oops second dww….e k vaane..ekm furathama ky ma?

    2. eysh says:
      March 1, 2020 at 8:23 pm

      Magoo second dho mifaharu.. next time try kohlahchey.. Thank u so much dear.. v ufaavehje story kamudhiyaeema ly2 magsss ?❤❤

    3. eysh says:
      March 1, 2020 at 8:24 pm

      Hehe.. furathama keema congratulations ?❤❤

    4. magnumm says:
      March 1, 2020 at 8:28 pm

      ?alhe thanka

  3. eysh says:
    March 1, 2020 at 8:27 pm

    Salaam..
    Hurihaa kudhin kihineh?
    Here is the 18th part of this story.. Vaahaka kuriyah dhaa goiy kamudheytha? Unmeedhukuran kamudhaane kamah.. Eysh ah mihaaru bxy v.ma ehaa time nuvanee long part ehves genesdheyn..
    Kiyaalaafa cmnt eh kohlahchey..
    Good nyt nd tc all ❤

  4. NooYas says:
    March 1, 2020 at 8:48 pm

    Mivaahaka kuriah dhaagoiy v kamudhey. Hehe. Eyru es heeviey eiy zevin au nuvedhaaneyey. Ravaan ashey vaanee. Mihaaru eoiy hageegaiy enguneenu dhw. Mivaahaka es nimenee dhw mi. Sad. But eysh sis kurin liyunu vaahaka ‘kafun vevifai’ e vaahaka v salhi inge. Anyways good luck eysh sis. Love ya so much. ❤️❤️❤️???❤️?❤️?❤️?

    1. eysh says:
      March 6, 2020 at 1:14 am

      Awww thank u so much dear ?❤❤ hingaa dho balamaa vaagotheh.. Yess hageegaiy engeyne next part ga ingey.. aww thank u so much noo yas.. glad that u liked the story.. Kafun vevifaa story akee Eysh kurin liyunu FEVIFAA THINAN VEY MIHITHUGAA story as gulhuvaigen liyefa oiy vaahaka eh.. ly2 dear.. once again thank u so much.. ?❤❤

  5. Yanaa says:
    March 1, 2020 at 8:51 pm

    Varah Varah reethi???????????????????
    maa sha Allah❤❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤
    curiously waiting for the next part?????????????????????????

    1. eysh says:
      March 6, 2020 at 1:17 am

      Thank u so much yanaa ?❤❤ the sweet girl.. ❤ so happy that u liked this part too.. keep waiting. Next part In Sha Allaah mi feshey week ga genesdheveytho balaanan ?❤❤

  6. Asma Abdulla says:
    March 1, 2020 at 8:54 pm

    ????

    1. eysh says:
      March 6, 2020 at 1:17 am

      ❤❤

  7. Sheen Shiru says:
    March 1, 2020 at 9:20 pm

    Wowwww superb ??????? adhi mie hama mathin mathin balaalee. Kiyaalaafa adhi comment kollaanan ingey ??❤️❤️??????

    1. eysh says:
      March 6, 2020 at 1:18 am

      Ok dear.. thank u so much ?❤❤

  8. Ahmed says:
    March 1, 2020 at 9:36 pm

    ކަނބުލޯ އެވެ.!ބުރަކޮށް އުޅެންޖެހިގެން ކަނބުލޮއަށް މަހަކު އެއްފަހަރު ބަޔެއް ޝާއިއު ކުރެވުނު ކަމުގަވިޔަސް ފަރުވާލެއް، ޝަކުވާއެއް ނެތް. އުފަލާއެކު އިންތިޒާރު ކޮށްގެން، ވާހަކަ ނިމުމާ ހަމަޔަށް ކިޔަން ލިބުނު އިރަކުން ކިޔަން ތިބޭނެ ކަމުގެ ޔަޤީންކަން އަރުވަން. ވާހަކަ އެހާވެސް ރީތި،ފުރިހަމަ،ހިތްގައިމު، އެހާ ހުނަރުވެރި،މަރުޙޫމް އިބްރާހިމް ޝިހާބު، މަރުޙޫމް އުސްތާޒުލް ޖީލަށް ތަޢުރީފުކޮށް ވިދާޅުވި ފަދައިން މި ޖީލުގެ ފަސްމީރުކުރި ރުކަކަށް ކަނބުލޮ ވުމަކީ އަބަދުވެސް ކުރާނެ އުންމީދެއް. ވަރަށް ބުރަކޮށް އުޅެމުންވެސް ވާހަކަ ގެނެސްދޭ ދިނުމުން، މި ފަންނު ދެކެ، ކަނބުލޮ ލޯބިވާ މިންވަރު ވަރަށް ބޮޑަށް ހާމަވޭ. ވަރަށް ފުރިހަމަ.ފާގަތި މުސްތަޤުބަލެއް މިނަވަރު ކުރަށްވާށި.އާމީން..

    1. eysh says:
      March 6, 2020 at 1:25 am

      Awww ?❤❤ Ahmed ge cmnt thah kiyaalaafa abadhuves vvvv ufaavey.. v hihvaru libey.. thank u so much for the support.. means a lot.. In Sha Allaah masakkaiy kuranee abadhuves mi dhaairaain adhi alhugandu masakkaiy kuramundhaa ithuru dhaairaa thakunves kaamiyaabu hoadhumah.. Ahmed kahala beyfulhunnaa, gavaidhun alhuganduge vaahaka thakah cmnt kohlaa kudhin, adhi alhugandah support dhevva cmnt kohlaa kudhin thi kohdhevva masahkathakee mi dhaairaain kuriyah dhiumah libigendhaa hama v bodu hihvareh.. fashuvi jumla thakakun thi kohdhevvi thaureef ah hithuge adin shukuru dhannavaalan.. vvv interest hunna dhaairaa eh mee.. ehenve mi dhaairaa in kuriyah dhevey tho mi masakkaiy kuranee.. 3 site ah regular koh liyumakee ehaa faseyha kameh noon.. Ekam shauguverikan hunnaleh bodukamun kurevenee.. Aameen..
      Unmeedhukuran Ahmed ge support kuriyah oiythaa ves libigen dhaaney kamah.. adhives eh faharu varah bodah shukuru adhaakohlan..
      ?❤❤

  9. mahoo says:
    March 1, 2020 at 10:00 pm

    wow wonderfull story…

    1. eysh says:
      March 6, 2020 at 1:31 am

      Thank u so much Mahoo.. varah ufaavehje mi baives kamudhiyaeema ?❤❤ means a lot

  10. Choppi says:
    March 1, 2020 at 10:05 pm

    So I guessed it correct dhw eysh. E ee Hama ravaan dhw. I think he remembers everything. Livy y can’t u see he is ravaan Kan. He said mom to your mom plus he said “Livy minan thi hithun filuvaaly kon iraku?” Vaahaka varah reethi. Masha Allah. Plz next part soon up koh dhybala.

    1. eysh says:
      March 6, 2020 at 1:35 am

      Choppi ? dear, vvv deep koh vinsnan dho kankamaa.. great.. ? hingaa dho balamaa vaagotheh.. Thank u so much dear.. varah ufaavehje mi baives kamudhiyaeema ?❤❤ means a lot.. Next part In Sha Allaah mi feshey week ga ingey.. keep waiting ?

  11. Kairaa says:
    March 2, 2020 at 6:59 am

    Wowwwww….wowwwww…varah furihama….eii ravaan dhw….alhe haadha reehchey mi part vx…..waiting for the nxt part…..whn nxt??lysm eysh sis….

    1. eysh says:
      March 6, 2020 at 3:14 pm

      Awww thank u so much Kai ?❤❤ varah ufaavehje mi baives kamudhiyaeema.. hingaa dho dhen vaagotheh balamaa.. keep waiting ❤❤ ly2 dear

  12. Sheen says:
    March 2, 2020 at 2:22 pm

    Whaaattttttt ??? e nimunee ey alhe ????? emme jumulaeh in namaves hithah hama jehuneh libuneeennu. Mihaaru beynunvanee naxim ge dhulun ae ravaan ey bunan. ?????❤️?????❤️?????❤️?????❤️?????❤️❤️?????❤️?????❤️?????❤️?????❤️?????❤️?????❤️?????❤️??????? Alhey huvaa mi part vvvvv interesting. Kiyaafai hama meenee bunaane ehchehves Neyngifa. SPEECHLESS.. VVV FURIHAMA. ????????????????❤️❤️❤️❤️❤️❤️❤️????????????? ???????? Mi part gaves sifakurunthah vvvv reethi. Jumulathah ehaa fashuvivefa ibaaraaiykurun vvvv hiygaimu. ?????????????????????????????????????????????????????????????????? Dialogue thahves hama v perfect. Kiyaalaairu hama e situation vvv bodah image vefa. Vaahakaige thereah v bodah vadhevigendhey. Vv emotional. ????????????????????????????????????????????????????????????????????????? Livy ah ae ravaankan ingey vaguthu haadha soecial vaaney. Evaguthu kolhah vvv inthixaaru eba kurevey ??????????????????????????????????????? Alhe eysh dear dhen inna part vvv romantic kohlahchey. U r my favorite and one and only loving and telented writer. ?????????????????????????????????????❤️❤️❤️❤️❤️❤️??????? Waiting for the next part. ???❣️❣️❣️❣️??????????????????????????????❣️????❤️????????????❣️????????❤️???????❤️??????❣️????????????

    1. eysh says:
      March 6, 2020 at 3:16 pm

      Awww thank u so much sheen ?❤❤ so sweeet.. varah ufaavey sheen ge cmnt thah kiyaalaafa.. means a lot.. mi baives kamudhiyaeema v ufaavehje.. thi dhey support ah hothuge adin shukuru adhaakuran.. hingaa dho dhen vaagotheh balamaa.. keep waiting ❤❤ ly2 dear ?❤

  13. Kylie says:
    March 2, 2020 at 3:28 pm

    OMG Kihineh baa vaan miulheny?????……. I was right dhw ehn v ma…☺️☺️☺️☺️… Xevin eii hama ravaan thaa.?????….. Alheyyy can’t wait fr nxt part????…. Ly my favourite author…..???..

    1. eysh says:
      March 10, 2020 at 11:20 pm

      Thank u so much Kylie dear ?❤❤ awwww vvv happy vehje favourite kan enguneema.. means a lot.. v sweet ❤❤ next part irukolhakun upvaane.. keep waiting

  14. Lamko says:
    March 2, 2020 at 9:26 pm

    Alhey sisoo adhi enme kiyaahih vi thankolhah mi part e nimunii??….kihineh baa vaan eulhenii…..ehn v ma xevin eii ravaan thaa dhw…..??m soo speechless….vv reethi….whn nxt…..can’t wait for nxt….ly eysh sis???

    1. eysh says:
      March 10, 2020 at 11:22 pm

      Thank u so much lamkoooo ?❤❤ hingaa dho balamaa vaagotheh… irukolhakun upvaane… sweeet girl.. vvv happy vehje mi baives kamudhiyaeema ❤❤ next part irukolhakun upvaane ingey.. keep waiting

  15. ލަމް says:
    March 2, 2020 at 9:49 pm

    މާޝާﷲ. ހަމަ ހަގީގަތުގައިވެސް ބަސް ހުއްޓިއްޖެއެވެ. ފުރިހަމަކަމުން އިންތިހާއެވެ. ވަރަށް ވަރަށް ރީއްޗެވެ. އެހާމެ ޝައުގުވެރިއެވެ. ސިފަކޮށްދިނުން އެއްވަނައެވެ.. އޭޝް ވަރެއް ނެތޭ ބުނަނީ ހަމަ ބުނަން ޙައްޤުވީމައެވެ… ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން މި ވަގުތަށް ވަކިވެލަމެވެ.

    1. eysh says:
      March 10, 2020 at 11:23 pm

      Thank u so much lam ?❤❤ so sweeet.. vvv happy vehje mi baives kamudhiyaeema ❤❤ keep waiting

  16. Aby says:
    March 3, 2020 at 6:41 pm

    Varah reethi??. Waiting for next part??
    Best writer ❤❤??

    1. eysh says:
      March 10, 2020 at 11:24 pm

      Thank u so much aby ?❤❤ vv happy vehje mi baives kamudhiyaeema ❤❤ keep waiting awww best writer buneema v ufaavehje. Ekam new part lahun geneveythre v dheraves vehje?

  17. Aana says:
    March 4, 2020 at 2:32 pm

    Fenvaru.com ah ves mi baithah avahah upload kohdheebala

    1. eysh says:
      March 10, 2020 at 11:28 pm

      In Sha Allaah ❤

  18. livy says:
    March 4, 2020 at 3:15 pm

    varah reethi when is the next part

    1. eysh says:
      March 10, 2020 at 11:24 pm

      Thank u so much livy ?❤❤ vv happy vehje mi baives kamudhiyaeema ❤❤ next part Irukolhakun upvaane

  19. eysh says:
    March 6, 2020 at 1:38 am

    Salaam All..
    Next part In Sha Allaah Eysh mi balanee Saturday ga genesdheveytho..
    Huriha cmnt akah ves rply kohlaanan ingey time vaa varakun cmnt aissa huri tharutheebun

  20. Zss Hassan says:
    March 6, 2020 at 11:53 pm

    Haadha lahay vaahaka upkuraa leh

    1. eysh says:
      March 10, 2020 at 11:28 pm

      In Sha Allaah kuda irukolhakun upvaane.. Sorry lasvaathee ❤

  21. Koroanaa says:
    March 8, 2020 at 7:12 pm

    Haadhahaa laheymihaaru baraabaru weekeh v up nukuraathaa meethi kadadhoa kiyaahithun nuhurevigen miulheny ehenve mihen mi buny imgey mihen bunymavs j vaakudhin ulhekan ekudhinves beynunvany vaahaka kiyan i ved beynun vany vaahakiya mihaaru eyoh saturdayves dhiyaee ingey mihenves vaanekan ekamu abadhu mihenvanna vrh dheradhoa

    1. Asiyaa says:
      March 10, 2020 at 10:35 am

      Ma’asha Allaah. She is a greeat writer. kameh dhimaavegen lasevanee. Alhugandumen jeheyne ekan gabool kuran. v avahah ves upkurey baeh part thah. ehenveema lasvaane kanves vaane gabool kuran. Fb page ah Alhugandu msg kohlin upvaane dhuheh balan. Eysh bunee mireyge vaguthehga upkureveytho eba balamey

    2. eysh says:
      March 10, 2020 at 11:36 pm

      Koro my dear,
      Vvv bxy v ma hama nuvegen mi dhiyaee.. v masakkaiy kurin Ekam liyeveytho.. mi site ah noonas adhi ithuru 2 site ah regular koh story upkuran jehey eysh ah.. Week aku 4 part eba jehey e site thakuga genesdheyn.. Dhen job ga 7 hrs work kohfa kiyevumuga vaguthu heydha kiyamun time manage kuran dhathivanee baeh faharu.. midhuvaskolhu cake orders thakeh nimmaalan jehuneema nuves nidhaa ulhunee..
      Eysh gabool kuran dear.. mifaharu maa bodah ves lasvehje kamah.. v dheraves vi ehenve.. kiyan beynunvaane dho readers.. evaahaka bunun eiee massala eh noon. V loabin buneema adhi maa ufaavaane.. ?? v ufaavey bunelaathee. Ingey kiyaahih vaathee kan bunanee.. Saturday ga ves eysh ulhunee cake order eh nimman v bxy koh.. ekan kan annanee plan kohgen huttaa noon v ma ehen e v.. In Sha Allaah balaanan kuriyah oiythaa ekan ragalhukohleveytho..

    3. eysh says:
      March 10, 2020 at 11:37 pm

      Thank u so much Asi ??❤❤❤ so sweeet.. cmnt kiyaalaafa vvv ufaavehje thihaa understand v ma.. means a lot ??❤❤

  22. Shakuver says:
    March 8, 2020 at 10:36 pm

    Eysh akee hama ekani mikamah husvegen huhna writer eh noon dhw…even though she is studying, going to job n have to uload her story to the site regularly…so it would be very difficult for her to upload a part dhw ehen bunikamuga viyas…we can wait ehnu till she uploads…noontha??

    1. eysh says:
      March 10, 2020 at 11:38 pm

      Awwww Thank u so much dear ??❤❤❤ so sweeet.. cmnt kiyaalaafa vvv ufaavehje thihaa understand v ma.. hobby eh v ma hama own interest ga kuranee.. ekam iskameh dheveynee eyraku jehey enme muhimmu kamakah v ma baeh faharu mihen vanee.. abadhuves balanee v faruvaatheri veveytho… means a lot dear.. thank u so much??❤❤

  23. Lolly says:
    March 9, 2020 at 10:13 pm

    Aa noon

    1. eysh says:
      March 10, 2020 at 11:40 pm

      ❤

  24. Mik says:
    March 10, 2020 at 8:54 pm

    Oh no eysh? kon irakuntha new part eh kiyaalan libeynee.. ingey bxy veemakan lasvanee.. ekam ves vaahaka kiyaahithun nuhurevigen hama.. ehaaves mivaahaka reethi ????? comment nukurevunas huriha part eh ves kiyan nd like ves dhen.. gina faharah vaahaka kiyaalevenee ves ekifaharu mathin faharaku thankolheh kiyamun.. ehnve comment nukurevenee.. sorry ? bt ur stories are awesome ?

    1. eysh says:
      March 10, 2020 at 11:27 pm

      Hi mik ?❤❤ next part hama kuda irukolhakun upvaane ingey.. Thank u so much dear ?❤❤ vv happy vehje cmnt kiyaalaafa.. first cmnt vvv sweeet.. awwww means a lot.. it’s ok dear. Sorry bunaa varu kameh nooney.. eysh ah ves rply v lahun mi kohlevunee dho.. ❤❤ next part Irukolhakun upvaane ingey keep waiting

  25. eysh says:
    March 10, 2020 at 9:31 pm

    Salaam All.. mirey upvaane In Sha Allaah Eysh mi inee ekamuga mihaaruves.. cmnt thah ves kiyaanulaa hama mi vaahaka inform kohlan beynun vegen mi vadhelee ingey.. mirey upkohlaafa noonee In Sha Allaah nunidhaanan.. lasvaathee v maafah edhen

  26. Koroanaa says:
    March 10, 2020 at 9:59 pm

    Maafu gaboolu kohfin

    1. eysh says:
      March 10, 2020 at 11:39 pm

      Awww thats my sweet koro ??❤❤ thank u dear ❤❤

Comments are closed.

Next Episodeމިނަން ތިހިތުން ފިލުވާލަނީހޭ…19←


All Right Reserved!