Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިނަން ތިހިތުން ފިލުވާލަނީހޭ…14

eysh Level 510 Stories100 Comments100 Login500 Comments
February 14, 2020 5 Mins Read
48 Comments

“ހަޤީގަތް އެނގެން ބޭނުމިއްޔާ ދިހަ ހާސް ރުފިޔާ ހިފައިގެން މިރޭ ދިހައެއްޖަހާއިރު، ތި އޮފީސް ކުރިމަތީގައި ހުރި ކެފޭއަށް އާދޭ… ހަނދާންކުރާތި، މިފަހަރު ގޯސްކޮށް ކަމެއް ހިނގައިފިއްޔާ މި ހަޤީގަތް އޮންނާނީ ސިއްރެއްގެ ގޮތުގައި…” އެމީހާ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ.

ގަޑިޖެހުމުގެ ކުރިން ތައްޔާރުވެލައިގެން އަހަރެން ހުރީ ކެފޭގެ ދޮރުމަތީގައެވެ. ކުޑައިރުކޮޅަކުން ފެނުނީ އެދިމާއަށް އައި ޝާޔަންއެވެ. ކެފޭ އާއި ޖެހިގެން ހުރި ގޯޅިގަނޑާއި ނިވާވެލީމެވެ. އަހަރެންގެ ހައިރާންކަން އިތުރުވީ ޝާޔަންގެ ފަހަތުން ދުވަމުން ކަހަލަގޮތަކަށް އައި މީހާ ފެނުމުންނެވެ.

********

“ނިޔާލް…” އަހަންނަށް ހިތާއިހިތައި ކިޔައިލެވުނެވެ.

އަހަރެންގެ ދެލޯ ބޮޑުވީ ނިޔާލް ދުވެފައި އައިސް ޝާޔަންގެ އުނަގަނޑުގައި އަތްއަޅުވައިލީތަން ފެނުމުންނެވެ. ޝާޔަންވެސް ނިޔާލްއަށް ބަލައިލާފައި މޫނަށް ހަދާލިގޮތުން ދެމީހުންގެ ގުޅުން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. ހުއްޓުންއަރާފައި އަހަންނަށް ހުރެވުނީ އެމީހުންނަށް ބަލާށެވެ. ހިތަށް އެރިއެވެ. އަހަންނަށް އަންނަ ފޯނުކޯލުތަކާއި އެމީހުންނާއި ގުޅުމެއް ވެދާނޭ ހެއްޔެވެ؟ އެކަމަކު އެމީހުންނާއި އެކޯލުތަކާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ނޫނެކެވެ. އެއީ ހަޤީގަތެއް ނޫނެވެ. އެމީހުން އެދަނީ އެހެން ކަމަކުއެވެ. އޭގެ ތެރެއިން މީހަކު އަހަންނަށް އިންޒާރުދޭންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ޔަޤީންނުވެފައި އަހަރެން ހުއްޓައި، ދެމީހުން އައިސް ކެފޭގެ ދޮރުމަތީގައި މަޑުކޮށްލައިފިއެވެ.

“އޭނަ އަންނާނެހެން ހީވޭތަ؟…” ނިޔާލް ސުވާލުކުރީ ކައިރީގައި ހުރި ޝާޔަންއަށެވެ.

“އަންނާނެ…” ޝާޔަން ޔަޤީންކަމާއި އެކުގައި ބުންޏެވެ.

“އަންނަންދެން މިތާ މަޑުކުރާނީތަ؟…” ނިޔާލް އަނެއްކާވެސް ސުވާލުކުރިއެވެ.

“ޔާލް ވަންނަންވީނު އެތެރެއަށް އަހަރެން ބޭރުގަ މަޑުކޮށްލަފާނަން… މީހަކާއި އެއްކޮށް އައިއްސިއްޔާ އަހަރެން މެސެޖްކޮށްލާނަން… އަހަރެން ފެނުނަސް، ލިވީއަށް ޝައްކެއް ނުވާނެ… ދޭ އެތެރެއަށް…”

ޝާޔަންގެ ޖުމްލައިން އަހަރެންގެ ކަންފަތް ކައިރީގައި ހީވީ ބޮމެއް ގޮއްވާލިހެންނެވެ. އަހަންނަށް އަންނަ ފޯނުކޯލުތަކާއި ގުޅިފައިވަނީ ޝާޔަން އާއި ނިޔާލްއެވެ. ނިޔާލް އެވަރުގެ ކަމެއް ކުރުމަކުން އަހަރެން ހައިރާނެއް ނުވިއެވެ. އެކަމަކު އެކަމުގެ ފަހަތުގައި ޝާޔަން އެހުރީ ކީއްވެ ހެއްޔެވެ؟ އަހަންނާއިމެދު ޝާޔަން އެވަރުގެ ދުޝްމަނުކަމެއް އެއޮތީ ކީއްވެ ހެއްޔެވެ؟

އަހަންނަށް ކޮޅަށް ހުރުމަށް ދަތިވިއެވެ. މޭގައި އަތް ޖައްސައިލެވުނެވެ. ހިތުގައި އުފެދެމުން އައި ދިލަ ރިހުން ގަދަވެއްޖެއެވެ. ނޭވާ ހީވަނީ ކުރުވެފައިވާ ހެންނެވެ. ޝާޔަންއަށް އައި ބަދަލުގެ އަސްލަކީ އެއީތާއެވެ. އަހަރެންގެ އެންމެގާތް އެކުވެރިޔާގެ ގޮތުގައި ހުރެ، އެވަރުގެ ކެއްސެއް ދޭން މަސައްކަތް ކުރުމުން އަހަރެންގެ މުޅި ތަބީޢަތު ބަދަލުވެއްޖެއެވެ.

ވިސްނަމުންދިޔަ ވަރަކަށް އަހަރެންގެ ބޮލުގައި ރިއްސަން ފެށިއެވެ. މޫނުމަތިން ފެންނަމުންދިޔަ ހިތާމަތައް، އިސާހިތަކު ނަފުރަތަށް ބަދަލުވެއްޖެއެވެ. އަހަރެން އުޅުނީ ފޯނު ނަގައި ޝާޔަންއަށް ގުޅާށެވެ. ޝާޔަންގެ ތެދުވެރިކަން އިމްތިޙާނު ކުރުމުގެ ގޮތުންނެވެ. އާދެވުނީ ފޯނު ނުލައިކަން ހަނދާންވުމުން ކޮންމެވެސް ވަރަކަށް ޖެހިލުންވެސް ވިއެވެ. ކޮންމެގޮތެއްވިޔަސް އަހަރެން ބޭނުންވީ ހަޤީގަތް އެނގޭށެވެ. މަޑުމަޑުން ހިނގާލާފައި އެތަނުން ނުކުތީމެވެ. ޝާޔަންއަށް އަހަރެން ފެނުމުން ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނެވެ.

“މިތާ ކީއްކުރަނީ؟…” އަހަރެން ސުވާލުކުރީ ޝާޔަން ދެލޯ ބޮޑުކޮށްގެން ބަލަން ފެށުމުންނެވެ. ހީވީ އަހަރެން އެތަނަށް އަންނާނެކަމަށް ޝާޔަން އުއްމީދު ނުކުރާ ހެންނެވެ.

ކިތަންމެ ފޮރުވަން އުޅުނަސް އަހަރެންގެ މޫނުމަތީގެ ކުލަވަރު ފެނި، ޝާޔަންއަށް ކަމެއް ޝައްކުވެއްޖެއެވެ. އޭނަ އުޅުނީ އަހަރެންގެ ކުރިމަތީން ދުރަށްދާށެވެ. އަހަރެން އެ ފުރުޞަތެއް ނުދެމެވެ. ޝާޔަންގެ އަތުގައި ހިފައި ދަމާފައި ކަހަލަގޮތަކަށް ގެންގޮސް، އޮފީސްތެރެއަށް ވެއްދީމެވެ. އަހަރެންގެ އަތް ފޮޅުވައިލަން ޝާޔަން އެތައް މަސައްކަތެއް ކުރިއެވެ. އަހަރެން ހުރީ ދޫކުރާގޮތަކަށް ނޫނެވެ. އޮފީސްތެރެއަށް ވަދެވުމާއިއެކު އަތުގައި ހުރި ބާރެއްލާފައި ޝާޔަންގެ އަތް ފޮޅުވައިލީމެވެ. އޮފީސް ތަޅުލާފައި ތަޅުގަނޑި ޖީބަށްލަމުން ޝާޔަން އާއި ކުރިމަތިލީމެވެ. އޭރު އެ އަތުގައި އަހަރެން ހިފެހެއްޓިތަނުގައި އަތް ޖައްސާލައިގެން ޝާޔަން ހުއްޓެވެ. އެ ދެލޯ ފެންކަޅިވަމުންދިޔަތަން ފެނި އަހަރެންގެ ހިތަށް ރަޙުމު ވަނެވެ. އެކަމަކު ހަޤީގަތް އެނގެން ބޭނުންވާތީ ހިތް ހަރު ހިލަގަނޑަކަށް ހަދަން މަޖުބޫރުވެފައިވިއެވެ.

“ތެދަށް ބުނޭ… ހުރިހާ ވާހަކައެއް ކިޔައިދީ…” އަހަރެން ހަޅޭއްލަވައިގަތީމެވެ.

ލިފްޓްގެ ތެރެއިން ނުކުތް ޒެވިންއަށް އަހަރެމެން ފެނުމުން ދުރުގައި މަޑުކޮށްލިއެވެ. އަހަރެން އެއިން ކަމަކަށް ސަމާލުކަމެއް ނުދެމެވެ. އެދިޔަ ބާރުމިނުގައި ގޮސް ޝާޔަންގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތީމެވެ.

“ޝާޔަން ކީއްވެހޭ ތިވަރުގެ ކަމެއް ތިކުރަނީ؟… އަހަރެން ޝާޔަންއަށް ކީއްކުރީ؟… ޖަވާބުދީބަލަ…” އަހަރެން އަނެއްކާވެސް ހަޅޭއްލަވައިގަތީމެވެ.

ޝާޔަން އަނގަޔަކުން ނުބުންޏެވެ. ފޫނެއް ފަޔަށް ފެންފުރޭހެން ހީވެ، ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އަހަންނަކީ އަނިޔާވެރިއެއް ނޫނެވެ. އެކަމަކު އައިސްފައިވާ ރުޅީގައި، އަހަންނަށް އަމިއްލަ ނަފުޞުވެސް އޮޅިއްޖެއެވެ. ޝާޔަންގެ މޫނުމައްޗަށް އަތުގެ ދެތިން ހަމަލާ އަމާޒުކޮށްލެވުނެވެ. އެވަރުންވެސް ޝާޔަން އެއްޗެއް ނުބުންޏެވެ. ކުށްވެރިއެއްހެން އިސްޖަހާލައިގެން ހުރީއެވެ.

“ޝާޔަން ހެޔޮނުވާނެ… އަހަރެން ލޯބިވާ އެންމެން އަހަންނަށް ގެއްލެނީ ކީއްވެތަ؟… ރަވާން އަހަރެން ދޫކޮށްފައި ދިޔައީ… މިހާރު ޝާޔަންވެސް… ކީއްވެތަ؟… އަހަންނަކީ ހަމަ އެހާ ނުބައި މީހެއްތަ؟…” އަހަންނަށް ރޮވޭގޮތްވިއެވެ.

ރުޅި އައިސްފައި ވާހަކަ ދައްކަންފެށި ނަމަވެސް އާޚިރުގައި އަހަރެންގެ ހުރިހާ ހިތްވަރެއް އެލުނެވެ. ޝާޔަންގެ ގައިން ދޫކޮށްލާފައި ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. އޭރު ދެލޯ ކަރުނައިން ފޯވަމުން ދިޔައެވެ.

“ލިވީ… އަހަންނަށް އެނގޭ އަހަރެންމީ ކުށްވެރިއެއްކަން… އެކަމަކު އަހަރެން ދުވަހަކުވެސް ލިވީއަށް ދެރަގޮތެއްވާކަށް ނޭދެން…” ޝާޔަން ދެރަވެފައި ބުންޏެވެ.

“އަހަރެން ކިހިނެތް ތިވާހަކަތައް ޤަބޫލުކުރާނީ؟… ޝާޔަންގެ ދުލުން ތިހެން ބުނީމަ ޤަބޫލުކުރަން ބޭނުންވިޔަސް، މި ދެލޯ ހެކިދިން ކަންތަކަށްފަހު، އަހަރެން ޝާޔަންއަށް ކުރަމުން އައި އިތުބާރުވަނީ މީގެ ހިނދުކޮޅެއް ކުރިން ގެއްލިފައި…” އަހަރެންގެ އަޑު ތުރުތުރުއަޅައެވެ.

ޝާޔަން ހިންދިރުވައިލިއެވެ. ދެލޯ މަރާލުމާއިއެކު އެދެލޮލުން އޮހެންފެށީ ތާޒާ ކަރުނައެވެ. ދެންވެސް ޝާޔަން ޚިޔާރުކުރީ ހިމޭންކަމެވެ.

“ކީއްވެތަ؟… އަހަންނަށް އަދިވެސް ޤަބޫލެއް ނުކުރެވޭ…” އަހަރެން އަނެއްކާވެސް ބުނީމެވެ.

“ލިވީއަށް ހީވޭތަ އަހަރެން ލިވީއަށް ދެރަގޮތެއް ހަދާފާނެހެން؟…” ޝާޔަން ސުވާލުކުރިއެވެ.

އަހަރެން ޝާޔަންގެ މޫނަށް ބަލަން އިރުކޮޅަކު ހުރީމެވެ. ދޭނެ ޖަވާބަކާއިމެދު ވިސްނައިލަން އަހަންނަށް މަޖުބޫރުވިއެވެ.

“ޤަބޫލުކުރާކަށް ބޭނުމެއް ނޫން…” އަހަރެން ބުނީމެވެ.

“އަހަރެން މިހުރިހާ ކަމެއް މިކުރަނީ މަޖުބޫރުވެގެން…” ޝާޔަން ހިތިގޮތަކަށް ހިންދިރުވައިލިއެވެ. އަހަރެން ހައިރާންވެފައި އެ ދެލޮލަށް ބަލައިލީމެވެ. އެ ދެލޮލުން ފެނުނީ ޔަޤީންކަމެވެ.

“މީ އަހަރެން ބޭނުންވާ ގޮތެއް ނޫން… މީ ނިޔާލް ބޭނުންވާ ގޮތް… މިކަމެއް ފެށުނީ ނިޔާލްގެ ބައްޕަގެ ސަބަބުން… އެއީ ރަވާންގެ ކާރު ޑްރައިވަރު… އެކްސިޑެންޓްގައި އޭނަ ނިޔާވީ ބޮލަށް ލިބުނު ގެއްލުންތަކެއްގެ ސަބަބުން… އޭރު އަހަރެން އުޅުނީ ނިޔާލް އާއި ރައްޓެހިވެގެން… ނިޔާލްގެ އާއިލާއަކީ މާ ފޯރައިގެން އުޅޭ އާއިލާއެއް ނޫން… އޭނަގެ މަންމައަކީ ވަރަށް ބަލި މީހެއް… ބޮޑެތި އޮޕަރޭޝަންތަކެއް ކުރަންޖެހިފައިވާ މީހެއް… އެކަން ނިޔާލްއަކަށް ބަރުދާސްތެއް ނުކުރެވުނު… އޭނަ ބޭނުންވީ ބަދަލުހިފަން… ކާރުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތައް ރެކޯޑުކުރެވިފައި ހުންނަނީ އެގޭގައި ހުންނަ ސިސްޓަމެއްގައި… އެ އެއްޗެހި ނަގައިގެން ނިޔާލް އުޅުނީ ލިވީ ބްލެކްމެއިލްކުރަން…” ޝާޔަން ވާހަކަ ދެއްކީ ހުއްޓަމުން ކަހަލަ ގޮތަކަށެވެ.

މާޒީގެ ތެރެއިން އެކްސިޑެންޓްވީ ދުވަސް އަހަރެންގެ ހަނދާނަށް އައެވެ. ޝާޔަން ބުނިހެން އެދުވަހު ކާރުގެ ޑްރައިވަރު ވަނީ މިދުނިޔެ ދޫކޮށްފައެވެ. ރަވާންއަށް ދިމާވި ކަންތަކުގެ ހިތާމައިގައި އަހަންނަށް އެ އާއިލާގެ ޚަބަރެއް ބަލައިނުލެވުނެވެ. އެއީ އަހަރެންގެ މައްސަލައެވެ. އެކަމުގައި އަހަރެންގެ އިޚްމާލު ފުރިހަމައަށް އެބައޮތެވެ.

“ލިވީ… ނިޔާލްއަކީ ނުބައި މީހެއް ނޫން… އޭނަ ފައިސާގެ ބޭނުމުގައި ކުރި ހުރިހާ ކަމެއް ކުރީ… އޭނަ ބޭނުންވީ އޭނަގެ މަންމައަށް ފަރުވާކުރަން… އަހަރެން ކިތަންމެ ދުވަހަކު ބުނިން ލިވީ ކައިރީގައި ރީތިކޮށް ބުނާށޭ… އެކަމަކު ނިޔާލް ޤަބޫލުކުރީ ރީތިކޮށް ބުނެގެން އެކަމެއް ނުވާނެކަމަށް… އަހަރެން ވަޒީފާއިން ވަކިވީވެސް އެހެންވެ… އެކަމަކު އަހަރެން ހިއެއް ނުކުރަން ނިޔާލް އެ މަޤާމަށް ކުރިމަތިލައިފާނެ ކަމަކަށް… އެރޭ ނިޔާލް ގުޅައިގެން ލިވީ އެތަނަށް ދިޔައިރު، އަހަރެންވެސް އެތާ ހުންނާނެ… އަހަރެން އެތަނަށް ދިޔައީ ލިވީއަށް ދެރަގޮތެއްވާން ނޭދޭތީ… އަހަރެން ދުރުގައި މަޑުކުރީ ލިވީ ޒެވިން އާއިއެކު ދިޔަތަން ފެނުނީމަ… އެހެންނޫނީ އަހަރެން ހުރީ ހުރިހާ ހަޤީގަތެއް ކިޔައިދީފައި، ލިވީ އެތަނަށް ނުފޮނުވަން… އައި ޕްރޮމިސް ލިވީ… އަހަރެން ދުވަހަކުވެސް ލިވީއަށް ދެރަގޮތެއް ވާކަށް ނޭދެން… އަހަރެން ލިވީ އާއި ދުރަށްދިޔައީވެސް އެހުރިހާ ކަމަކަށްފަހު، ލިވީ އާއި ފޭސްކުރާނެ ހިތްވަރު ނުލިބިގެން… އަހަންނަށް ނިޔާލްވެސް ދޫކޮށްލެވެން ނެތީމަ…” ޝާޔަން އައިސް އަހަރެން އަތުގައި ހިފައިލިއެވެ.

“ދެން ކީއްވެ އަހަރެން ކައިރީ އެއްވެސް ވާހަކައެއް ނުބުނީ؟… ކީއްވެ މިހުރިހާ ދުވަހު އަހަންނަށް ހުރިހާ ކަމެއް ސިއްރުކުރީ؟…” ޝާޔަންގެ އަތް ފޮޅުވައިލަމުން އަހަރެން ސުވާލުކުރީމެވެ.

“ބިރުން… ލިވީއަށް ހަޤީގަތް އެނގިދާނެތީ ޖެހިލުންވެގެން…” ޝާޔަންއަށް ރޮވެން ފެށުނެވެ.

“ކޮން ހަޤީގަތެއް؟…”

އަހަރެން ހައިރާންވިއެވެ. ޝާޔަން އަހަރެންދެކެ ޖެހިލުންވާންވީ ކޮން ސަބަބަކާއި ހުރެ ހެއްޔެވެ؟ ޝާޔަން ހުރިގޮތުން، ހަރުކަށިކަން ފިލައިގޮސް ހިތަށް ހަމްދަރުދީ ވަދެއްޖެއެވެ.

“އަހަރެން ރަވާންދެކެ ލޯބިވާތީ…” ޝާޔަންގެ ޖުމްލަ އަޑުއިވިފައި އަހަންނަށް ދުރަށްޖެހިލެވުނެވެ.

ހައިރާންވެފައި ޝާޔަންއަށް ބަލަން އަހަންނަށް ހުރެވުނެވެ. ކުށްވެރިއެއްހެން ޝާޔަން އިސްޖަހައިލިއެވެ.

“ތިދެމީހުން މެރީކުރުމުގެ މާކުރިންވެސް އަހަރެން ރަވާންދެކެ ލޯބިވަން… އަހަރެން ނިޔާލް އާއި ރައްޓެހިވީވެސް، ލިވީ އާއި ރަވާން ގުޅުނުކަން އެނގިގެން، އެ ހަނދާންތަކާއި ދުރަށްދާން… ނިޔާލްއަށް އެކަން އެނގޭނެ… އަހަރެން ބޭނުންނުވީ ނިޔާލްގެ ފަރާތުން އެ ހަޤީގަތް ލިވީއަށް އެނގެން…” ޝާޔަން އެހެން ބުނެފައި ހުއްޓައިލިއެވެ. އެއަށްފަހު، އައިސް އަހަރެންގެ ދެއަތުގައި ހިފައިލިއެވެ.

“ލިވީ… އަހަންނަށް މަޢާފުކުރޭ… އަހަރެން ބޭނުމެއް ނޫން ލިވީގެ އެއްވެސް އުފަލަކަށް ހުރަސްއެޅޭކަށް… އަހަރެން މިއަދު މިތަނަށް މިއައީވެސް، އަހަރެން ރަވާންދެކެ ލޯބިވާކަން ލިވީއަށް އަންގާނެކަމަށް ނިޔާލް ބުނުމުން… އެކަމަކު މިހާރު ދެން މިއޮތީ ހުރިހާ ހަޤީގަތެއް ލިވީއަށް ކިޔައިދެވިފައި…” ޝާޔަންގެ ދެލޮލުން ފެނުނީ ނޭނގޭ ރިހުމެކެވެ.

އިރުކޮޅަކު ޝާޔަންއަށް ބަލަން ހުރެފައި އެ ހަށިގަނޑުގައި ބާރަށް ބައްދާލެވުނެވެ. ލޯބިވާ މީހާ ނުލިބުމުން އެކުރެވޭ އިޚްސާސް އަހަންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ވީއިރު، އަހަރެން ރަވާން އާއި ގުޅުމުން އެ ހިތުގައި ކިހާ ވޭނެއް އަޅާނެ ހެއްޔެވެ؟ އެކަމަކު އެ ހުރިހާ ވޭނަކަށް ކެތް ކޮށްގެން އަހަރެންގެ ކުރިމަތީގައި ޝާޔަން ވަނީ އަހަރެންގެ އުފަލުގައި ބައިވެރިވެފައެވެ. ހަޤީގީ އެކުވެރިންނަކީ އެއީއެއް ނޫން ހެއްޔެވެ؟

“އައިމް ސޯ ސޮރީ…” އަހަންނަށް ރޮވުނެވެ. ހުއްޓައިލަން އުނދަގޫވިއެވެ.

ޝާޔަން އާއިއެކުގައި އަހަރެން ނިޔާލް އާއި ބައްދަލުކުރުމަށް ދިޔައީމެވެ. ދިމާވި ހުރިހާ ކަމަކަށް މަޢާފަށް އެދުނީމެވެ. ހުރިހާ ވާހަކައެއް އަޑުއަހަން ނިޔާލް އިނެވެ. އެތައް ޝަކުވާއެއް ކޮށްފައި އެންމެފަހުން ފެށީ ރޯށެވެ. އަހަރެން ދެރަވިއެވެ. އެ ކަރުނަތައް ފެނި ކުރެވުނީ ކުށްވެރިވެފައިވާ ކަމުގެ އިޚްސާސެވެ. ނިޔާލްގެ މަންމަގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ކޮށްދިނުމަށް އަހަރެން ވަޢުދުވީމެވެ.

ނިޔާލްވީ އަހަރެން ހީކުރިވަރަށްވުރެ ރަނގަޅު އިންސާނަކަށެވެ. ޖަޒުބާތުގައިޖެހި އިންސާނަކަށް ކުށެއް ކުރެވިދާނެއެވެ. އެކަމަކު ރަނގަޅު މީހަކީ އެކުށް ޤަބޫލުކޮށް އެކަމަށް މަޢާފަށް އެދޭ މީހާއެވެ. ޚުދު ނިޔާލްވެސް އޭނައަށް ކުރެވުނީ ކުށެއްކަމުގައި ޤަބޫލުކުރެއެވެ. އޭނަވެސް އަހަރެންގެ ކިބައިން މަޢާފަށް އެދުނެވެ.

މަންޒަރު ބަލަން ހުރެފައި ޒެވިން އައިސް ނިޔާލްގެ ކައިރީގައި ހުއްޓުނެވެ. ބުރަކަށީގައި ޖަހާލިގޮތުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން ގޮނޑިން ތެދުވެވިއްޖެއެވެ.

(ނުނިމޭ)

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

މިނަން ތިހިތުން ފިލުވާލަނީހޭ…13

Next

ތެދުވެރި ލޯބި -16

Next
February 15, 2020

ތެދުވެރި ލޯބި -16

Previews
February 14, 2020

މިނަން ތިހިތުން ފިލުވާލަނީހޭ…13

48 Comments!

  1. Hajja says:
    February 14, 2020 at 9:00 pm

    Ohhh.. wowwe??❤❤❤❤

    1. eysh says:
      February 14, 2020 at 9:16 pm

      Thank u soo much hajja ??❤❤

  2. saaz says:
    February 14, 2020 at 9:09 pm

    woow….v salhi

    1. eysh says:
      February 14, 2020 at 9:16 pm

      Thank u soo much saaz ??❤❤

  3. Sheen Shiru says:
    February 14, 2020 at 9:09 pm

    Anekkka. First tha ?????

    1. eysh says:
      February 14, 2020 at 9:18 pm

      Yess dear first ??❤

    2. eysh says:
      February 14, 2020 at 9:19 pm

      Noon third dho.. ??❤ next time try kohlahchey

  4. magnumm says:
    February 14, 2020 at 9:12 pm

    maa special dhuvahaky dw eysh???hehe…juss kidding ngeyyyyyy???btw vrh vrh vrh vrh habu mi part vx??????I loved it???when next darlinnnn❤❤❤❤❤vegen vaanama adhi eh part???????hehe….lav uuuu sis♥♥♥

    1. eysh says:
      February 14, 2020 at 9:18 pm

      Magnumm ge cmnt eh libuneema happy vegen.. ? Thank u soo much dear ??❤❤ In Sha Allaah try kuraanan ithuru part eh genesdheveytho.. ekam v tired.. but i will try.. magnumm hunnan vaane cmnt kuran hehe.. just kidding ?❤

    2. magnumm says:
      February 14, 2020 at 9:22 pm

      ehehehe i was also kidding ngeyy….sis kohme iraku upkuriyas i huhnaanamey…..thihaa varubaliyya rest kohlan dhey?maadhan upkuraany❤

  5. eysh says:
    February 14, 2020 at 9:21 pm

    Salaam all..
    Part 14..
    Mirey miothee suprise dho.. hehe. Kuriyah oiy dhuvasthakuga Eysh ge schedule v bxy vaanethee mi balanee v haaves avahah huribaa part eh genesdhee nimmaaleveytho..
    Unmeedhukuran mibaivs kamudhaane kamah.. cmnt kohlan handhaan nahthaa nulahchey.. varah happy vaane cmnt eh kohlaifiyya.. ?❤❤❤

  6. Falak? says:
    February 14, 2020 at 9:34 pm

    Alheyyyyy. Varah heart touching. Omg omg varah varah varah salhi mi 2 pt ves next part avahah up kolladhecheyy ingey eysh ♥️♥️♥️✨✨♥️♥️♥️

    1. eysh says:
      February 17, 2020 at 9:51 pm

      Awww Thank u so much dear.. varah ufaavehje mi baives kamudhiyaeema.. so sweet.. Mirey In Sha Allaah upkohlaafa Eysh nidhanee.. 🙂 🙂

  7. Kairaa says:
    February 14, 2020 at 9:39 pm

    Varah reethi mi part vx…speechless…varah varah furihama…waiting for the nxt part….

    1. eysh says:
      February 17, 2020 at 9:52 pm

      Awww Thank u so much dear.. varah ufaavehje mi baives kamudhiyaeema.. so sweet.. Keep waiting. Next In Sha Allaah tonyt.. 🙂 🙂

  8. Yanaa says:
    February 14, 2020 at 9:53 pm

    Thank you?eysh.??????
    varah surprise vejje aslu.???
    Mi❤❤part??ves❤❤ varah? varah❤❤varah??reethi❤❤maa sha Allah?? waiting❤❤ for? the❤❤ next ??part.❤❤ly eysh ❤❤???❤❤??????❤???❤❤??❤?❤

    1. eysh says:
      February 17, 2020 at 9:53 pm

      Awww Thank u so much dear.. varah ufaavehje mi baives kamudhiyaeema nd suprise kamudhiyaeema.. v sweet.. Keep waiting. Next In Sha Allaah tonyt.. 🙂 🙂

  9. Sheen says:
    February 14, 2020 at 9:58 pm

    Alheyyyyyyyy anekkaves miothee ekolhu kolhun jehifa ?????????????? Heekuri gothaa mulhi thafaathukoh gossa. Alhe eysh ves dhw. Mulhi sikundi dhovelaifiey.. Hurihaa thuhumathuthah mulhin anburaalaifi. ?????????????????????????????????????????????????????????????????????? Shaayan ves mivee hama vvv sweet besty akah. Niyaal ves goaheh nuvi. Xevin adhi ehaa sweet. ???????????????????????????????????????????????????????????? Dhen mihaaru neyngi miothee ravaan bappa ge hageegaiy. Ekan vaanee kihinehbaa? E suvaalah eysh adhi dheyne javaabeh lafaakollanves neyngey. ??????????????????????????????????????? Mi part ge ves sifakohdhinun vvvv furihama. Vv hiygaimu. ??????????????????????????????????????????????????????????????? Vvvvvv interesting. Mi. Part ga huri dialogue thahves vvvv salhi. Specially shaayan and livy ge conversations vvvv emotional. Vvv real. Hama v besty feel ga huree. ???????????????????????????????????????????????????????????????????????????????? Wowwww eysh thi dhin suprise in hama hageegathugaves vvvv ufaavejje. Eh dhuvahehga story ge 2 part genes dhineemaves ingigen dhanee eysh akee hama v thafaathu writer ehka. U r great my dear. Keep it up. Lysm. ????????????????????????????????? Waiting for the next part. ?????????????????????????????????????????????????????????????

    1. eysh says:
      February 17, 2020 at 9:54 pm

      Awww so sweeet Thank u so much dear.. varah ufaavehje cmnt kiyaalaafa and mi baives kamudhiyaeema.. v sweet and colorful v ma v happy.. Keep waiting. Next In Sha Allaah tonyt.. 🙂 🙂

  10. Yanaa says:
    February 14, 2020 at 10:01 pm

    Thank you?eysh???????
    Varah?surprise?vejje?aslu??
    Mi❤❤part??ves❤❤varah??varah❤❤reethi??maa sha??Allah❤❤waiting??for❤❤the?next❤❤part??ly eysh ❤❤?

    1. eysh says:
      February 17, 2020 at 9:55 pm

      Awww Thank u so much dear.. varah ufaavehje cmnt kiyaalaafa and mi baives kamudhiyaeema.. v sweet.. Keep waiting. Next In Sha Allaah tonyt.. 🙂 🙂 ly2 dear

  11. Lamko says:
    February 14, 2020 at 10:19 pm

    Eysh this part is amazing…..livy dhn varah happy vaane dhw….alhey hama habbu….curiously waiting for the nxt part….ly❤️❤️❤️❤️????

    1. eysh says:
      February 17, 2020 at 9:56 pm

      Awww Thank u so much Lamko.. varah ufaavehje cmnt kiyaalaafa and mi baives kamudhiyaeema.. Keep waiting. Next In Sha Allaah tonyt.. 🙂 🙂 ly2 dear

  12. ?Neha? says:
    February 14, 2020 at 10:37 pm

    Owwn my Sissy thanq so so much ??2 parts ehfaharaa… ??Varah ufaa vehje 2 parts kiyaalan libunyma… Siss thigothah rangalhu v maey neha siss dheke loabi vany… ???.. Thigothah ginain surprise dheebaa… ??Btw story is amazing… Livy happy v Ma Neha vess mihury happy vefa.. ???Whn Next Curiously waiting… Mihaarun feshigen gadi gunan feshy Mi ingeh.. ??LYSM ❤️❤️❤️❤️
    ?MY FAV WRITER?
    ❤️❤️LOABI LAOBI EYSH SIS❤️❤️

    1. eysh says:
      February 17, 2020 at 9:58 pm

      Hi Neha 🙂 Awww so sweeeeet.. Thank u so much dear.. varah ufaavehje cmnt kiyaalaafa and mi baives kamudhiyaeema.. and cmnt ga faahaga kohlaafa huri kankamah ves.. Keep waiting. Next In Sha Allaah tonyt.. 🙂 🙂 ly2 dear
      eysh ge sweet Neha 🙂

  13. Meekkomee says:
    February 14, 2020 at 11:15 pm

    Ahnehkaa eh ulheny keekuran????? omg mi part ves varah Varah Reethi ????????? curiously waiting for the nxt part ???ahavah up kohla dhythi???? luv it ❤️??❤️❤️❤️❤️??❤️❤️❤️ one of my fav?????luv yeahhhh ❤️❤️❤️❤️❤️❤️??❤️❤️??❤️?????????ttly❤️❤️❤️???

    1. Meekkomee says:
      February 14, 2020 at 11:25 pm

      Thank you varah story up kohdhinyma????????????????Ly….ttly❤️❤️❤️????????????

    2. Meekkomee says:
      February 14, 2020 at 11:48 pm

      Siss meekko inaaneh hangout in invitation fonuvaafa except kurahchy ingyy?????????????❤️❤️

    3. eysh says:
      February 17, 2020 at 10:00 pm

      Awww so sweeeeet.. cmnt kiyaalaafa v ufaavehje.. Thank u so much dear.. varah ufaavehje mi baives kamudhiyaeema.. and cmnt ga faahaga kohleema and fav buneema really happy.. Keep waiting. Next In Sha Allaah tonyt.. 🙂 🙂

  14. Ahmed says:
    February 15, 2020 at 7:32 am

    Mi site in varah vaahaka kiyaifin..mi vaahaka varah thafaathu..dhivehi cinmea screen ah gehnnan jehey minvarah furihama..
    vaahka ninmaalumahfahu vihkkaalan nuvatha bayakaa gulhigen dhivehi cinema screen ah gehnnan masahkkaiy kohllan feney..vaahaka varah thaffathu adhi reethi..ithurah ragalhu kohllan jehey kanthatha ebahuri..misaalakah bahuge hamathah thinvana meehaa aa mukhaathabu kurevey goiy adhi dharaja..komaakoalheegai meehaku bunaa ehcheh dialoge ihnna gothah gennaumaaeku imlaain jumula badhaluvaa goiy..sifakurun ragalhu..adhives varah improve kureveyne..hama alhugadah comment eh kohllan majbooru vegen mikuree..vaahaka reethivumaaeku liyuntheriyaage shauguverikamaa genesdhinuge usloobu hiygaimukamun..alhugadahves dhen ahnnan oiy bayah inthizaarukurevey varah bodah..miduvaskolhu mi site in mi noon vaahakaeh nukiyan..varah shauggaeku mi vaahaka ehkoh kiyaalan alhugadu beynunvaathee gavaaidhun up kohdehvvun edhen…liyuntherikamuge dhaairaain faagathi dhuvathakeh thiyafaraathah minvarukurahvvaashi..
    Liyuntherieh

    1. Eysh says:
      February 17, 2020 at 10:22 pm

      Awww varah varah motivate vehje mi cmnt kiyaalaafa.. v helpful.. thi faahagakohladhevvi kankan handhaanuga bahahtaigen kuriyah dhaanan In Sha Allaah.. I dnt know how to explain my feelings right now.. so happy.. cmnt ga faahaga kohli kahala furusatheh libijjehya In Sha Allaah kuriyah dhaan mihury hama thayyaarah.. ragalhukohlanjehey kankan faahagakohladhinun eiee varah bodu support akah vegen dhaane kuriyah oiythaa.. In Sha Allaah improve kuran v masakkaiy kuraanan.. varah ufaavehje, hithuge adin balaiganefin cmnt.. varah bodah shukuru adhaakohlan thiya kohdhehvi cmnt ah.. v ufaavefa meenee..
      Aameen..

  15. Aby says:
    February 15, 2020 at 10:31 am

    Varah reethi mi part?? sorry 13 vana part ah comment nukurevuneema. Hope next part varah avahah kiyaalan libeyne kamah ??? one of the best writer I have ever seen. Amazing❤❤❤

    1. eysh says:
      February 17, 2020 at 10:02 pm

      Awww thank u so much Aby.. its ok dear.. mi cmnt kiyaalaafa ves ufaavehje.. varah ufaavehje mi baives kamudhiyaeema.. and yess varah v ufaavehje best writer ey buneema.. means a lot.. Keep waiting. Next In Sha Allaah tonyt.. 🙂 🙂

  16. NooYas says:
    February 15, 2020 at 4:07 pm

    V reechchey inge. Hageegatheiy es ingigen hingajje. Adhi es hunnaanedhw neyngey baivaru hageegai. ? Hehe. Waiting for the next

    1. eysh says:
      February 17, 2020 at 10:06 pm

      Awww thank u so much dear..varah ufaavehje mi baives kamudhiyaeema.. yes yess adhives ebahuri neyngey sirruthakeh.. hingaa dho balamaa kobaitho.. Keep waiting. Next In Sha Allaah tonyt.. 🙂 🙂

  17. ♡Maiii♡ says:
    February 15, 2020 at 7:21 pm

    ❤❤❤❤❤woooowwwww❤❤❤❤… varah varah reethi ???????????

    1. eysh says:
      February 17, 2020 at 10:07 pm

      Awww thank u so much dear..varah ufaavehje mi baives kamudhiyaeema.. Keep waiting. Next In Sha Allaah tonyt.. 🙂 🙂

  18. sama says:
    February 16, 2020 at 6:37 pm

    Alheyyy kobaa tha next part
    hama neendhevigen mi ulheny vaahaka kiyaa laa hithun
    vv avahah up kohdhehchey next part ves

    1. eysh says:
      February 17, 2020 at 10:07 pm

      Next In Sha Allaah tonyt.. 🙂 🙂

  19. Koroanaa says:
    February 16, 2020 at 7:08 pm

    Avas kohbala. Lasviyakas dhn thivaru vaakah nuvaane. Adhi busy viyakas thivaru vaakah nuvaane. Ingen jeheyne dhw kiyuntherin thibeykan.. vaahaka dhn nuliyevennaa nuliyevey vaahaka bunelabala. But vaahaka habbu??????

    1. ?Neha? says:
      February 16, 2020 at 9:48 pm

      Hey.. Dear sis ahvec ingeyney readers wait kuraaney kan… And I just wanna say that thi ah vure reehchah talk kuran aadha kurey… Aslu ekaku anekakah respect kurumaky Varah reethi aadha Eh … So plz try to respect others ??.. Plz dnt take it negative… Aslu neha ah hyvany sis maa busy veema kanne ehaa lahun e Up kohdheny.. Ehn nun nama sis vec laheh nukuraane ehnu dhw ???always think positively ingeh ??#koroanaa
      ?MY FAV WRITER?
      ❤️❤️LOABI LAOBI EYSH SIS❤️❤️

    2. Covid 19 says:
      February 17, 2020 at 3:48 pm

      Aslu bunaanama writers e kuranee hama vvvv bura masahkatheh. Aharun hama free vagutheh libeyirah phone hulhuvaalaigen vaahaka kiyaaliyas emeehun e liyan ekuranee hama aharunnah ihusaasves nuvaahaa bura masahkatheh. Visnaaleemaves ekan. Ingeyne. Thimaage amilla beynumeh fuhdhan anekaa ge aburu kathilumuge kurin visnaalanjehey. Eysh ehdhuvahehga 2 part ves genesdhin. Ekam faahaga kuree v madhu readers. Anekka koroana ah ingeytha. Eysh vaahaka genesdhey 3 site ga. Esfiya. Fenvaru and sun ga. Ehenveema hunnaanee vaahaka ves liyevefathaa fudheyvarakah. Nuliyevugen huttaalaavareh noonennu. Adhi mihaathanah eysh ge neiy complete nukuraa emme vaahaka ehves. So. Thikahaka ehchihi bunan nuves vaane dhw. Meehunge masahkaiy appreciate kurumakee emeehunah kuriah dhiumah libigendhaane ithuru hiyvarakah vaane. Mikamaa dheytherey. Koroanaa ves fini hithakun vusnaalaane kamah ummeedhukuran. V salaam

    3. Eysh says:
      February 17, 2020 at 10:28 pm

      Hi koroanaa,
      hw r u dear?.. Avas kureveytho Eysh mi try kuranee.. mifaharu lasvehjekan Eysh gaboolukuran.. busy vegen upnukurevuneeves, hama time nuvee.. Ekam mirey nunidhaa heylaa indhegenves try kuraanan In Sha Allaah uokohleveytho.. dear, Eysh bxy viyas, Story In Sha Allaah liyaanan time vaa varun.. nuliyan nubunahchey.. dhen Eysh ah liyevenyaa Eysh nubunaane ehnu nuliyaanamey dho.. In Sha Allaah nimendhen kiyaalan libeyne inge.. Ingey lasveema dheravegen Shakuvaa kohlevunee kanves.. Eysh ah understand ve… Story Kamudhiyaeema v ufaavehje.. In Sha Allaah mirey new part upkohleveythi masakkaiy mikuranee

    4. Eysh says:
      February 17, 2020 at 10:30 pm

      My dear Neha… Thank u so much dear… U r v sweet.. and one of the best reader.. im so happy.. dnt know wht else to say… means a lot..

    5. Eysh says:
      February 17, 2020 at 10:30 pm

      My dear Covid 19… Thank u so much dear… U r v sweet.. and one of the best.. im so happy.. dnt know wht else to say… means a lot.. ly dear

  20. eysh says:
    February 17, 2020 at 12:43 am

    އައްސަލާމް އަލައިކުމް ހުރިހާ ކުދިން…
    ވާހަކަ އިންޝާﷲ މާދަމާގެ ވަގުތެއްގައި ގެނެސްދެވޭތޯ ބަލާނަން.. އެއްވެސް ކުއްޖަކު ދެރަނުވޭ.. ހަމަ ވަރަށް ބިޒީކޮށް އުޅޭތީ ގެނެސްނުދެވިގެން މިއުޅެނީ.. އިންޝާﷲ ވާހަކަ ނިމެންދެން ކިޔާލެވޭނެ ކަމުގެ ޔަޤީންކަން އަނެއްކާވެސް ކިޔުންތެރިންނަށް ދެން… ކޮމެންޓްތަކަށް ރިޕްލައިވެސް ކޮށްލާނަން އިންޝާﷲ މާދަމާ… ވަރަށް ވަރަށް އުފާވެފަ މީނީ ކޮމެންޓްތައް ކިޔާލާފަ… މިވަގުތުވެސް ރިޕްލައި ކޮށްލަން ހަމަ ބޭނުންވާހާ ސްވީޓް… ހުރިހާ ކުދިންނަށްވެސް ބާއްޖަވެރި ރެއަކަށް އެދެން..

    1. Sharu says:
      February 17, 2020 at 10:49 am

      Thank you Eysh. you are the best. will be waiting for the story.

    2. Anonymous says:
      February 17, 2020 at 12:27 pm

      Waiting ingeh… Eysh SIS ge Comment akah..

Comments are closed.


All Right Reserved!