އަހަރެން ދެލޯ މަރާލައިގެން މި ކަމާމެދު ވިސްނަން ހުއްޓާ ކުއްލިއަކަށް ސިހުނީ މެސެޖް ނޮޓިފިކޭޓަން އެއް އައި އަޑަށެވެ.. ނާއިލް ގެ ފަރާތުންނެވެ.. އަހަރެން ނާއިލްގެ ކޮންވޯ އިންނަ ބަޔަށް ވަދެލީމެވެ.. އަހަރެންގެ އަތް އޭރުވެސް ތުރު ތުރު ލައެވެ.. ނާއިލް ކޮއްފައި އިން މެސެޖް ފެނި އަހަރެންގެ ދެލޯ ބޮޑުވިއެވެ..”ޔައިޝް ކިޔާ މީހެއް ދަންނަންތަ؟؟”…”އަ..އާން މި..ރަށުގަ އު..އުޅޭ މީހެއް..އަހަރެމެންގެ ކެ..ކެޑޭޓް ޕްރެކްޓިސް ތަ..ތަކަށް ދާނެ ..ކެޑޭޓް އިންސްޓްރަކްޓާރ އެ..އެއް”…”ތިހެން ވަންޏާ މައިޝާ އާ ތި ޔައިޝް އާ އޮތީ ކޮން ގުޅުމެއް؟؟؟؟؟؟؟؟؟؟؟؟؟” ބުނާނެ އެއްޗެއް އަހަރެންނަކަށް ނުވިސްނުނެވެ..”އައި އޭމް ރިއަލީ ސޮރީ އިނގޭ އަސްލު ވެގެން އުޅޭގޮތަކީ އަހަރެން ޔައިޝް އާ ރައްޓެހިވިން މިހާރު ފާޑަކަށް ބްރޭކްއަޕް ވެގެން ..ދެން ނޭނގެ ވަރަށް ކޮންޕްލިކޭޓެޑް ގޮތެއް ވެފަ.. ޑޯންޓް މިސްއަންޑާސްޓޭންޑް އިނގޭ އަހަރެން ޔައިޝް އާ ރުޅިވީ ނާއިލް އާ ހެދި އެއް ނޫން..”…”އޯކޭ އޭ އައި އަންޑާސްޓޭންޑް’…”ސީރެސް ކޮއް ރުޅިއެއް ނާދޭ؟؟؟”…”ހަމަ އަސްލުވެސް ރުޅިއެއް ނާދޭ.. އުފާވަނީ މައީ އަހަރެންްނަށް ތެދަށް ކިޔާދިނީމަ”…”އޯ.!! އައި ލަވް ޔޫ ސޯ މަޗް”…”ލަވް ޔޫ މޯ ބޭބީގާލް”…”އަހަރެން މިދަނީ ފެންވަރަން އިނގޭ ބައީ ލަވް ޓޯކް ޓު ޔޫލޭޓާރ”…”ބައީ ބައީ”..ފުރުސަތުގެ ބޭނުން ހިފައި އަހަރެން އަވަސްވެގަތީ ޔައިޝް އަށް މެސެޖު ކުރުމަށެވެ.. ނާއިލް އަށް ހުރިހާ ވާހަކަ އެއް ތެދު ތެދަށް ކިޔާދެވުމުން ހިތަށް ހަމަ ޖެހުމެއް ލިބުނެވެ..”ޔައިޝް އަންޑާސްޓޭންޑް ވެބަލަ ..ފުރަތަމަ ފަހަރު ނޫޅެވުނު ބަޔަކަށް ދެވަނަ ފަހަރަކަށް ވެސް ނޫޅެވޭނޭ ..އާދޭސް ކޮއްފަ މިބުނީ އަހަރެން ދޫ ކޮއްލާ”…”މައީ ބޭނުންވަނީ އަހަރެންނާ ދުރުވާން ކަމަށް ވިއްޔާ އަހަރެން މައީގެ އުފާތަަކަށް ހުރަސް އަޅާކަށް ބޭނުމެއް ނޫން..”…”ތެންކިއު ޔައިޝް ..އެންޑް އައި އެމް ސޮރީ”ޔައިޝް ރިޕްލައި އެއް ނުކުރިއެވެ.. އޭގެ ފަހުން މިހާރު 1 މަސް ވީއެވެ..އަހަރެންނާއި ނާއިލް ރައްޓެހިވެގެން އުޅޭކަން މުޅި ކްލާސް ކީއްކުރަން މުޅި ސުކޫލަށް ވަނީ ފެތުރިފައެވެ.. ނާއިލް ގެ ސްޓޫޑެންޓްސް އަހަރެމެން ސުކޫލުގަ ވެސް އުޅެއެވެ.. އެމީހުން އަހަރެންނަށް މެޑަމް ކިޔާ ދިމާކުރެއެވެ.. އަހަރެންނާއި ނާއިލްގެ ގުޅުމަށް އަހަރެންގެ ރައްޓެހިން ވަރަށް ގަބޫލެވެ.. އަހަރެންގެ މަންމައަށް ނާއިލްގެ ފޮޓޯ އަހަރެން ދެއްކީމެވެ… “މީކާކު ދަރިފުޅާ”…”އަ.އަމް މީ ނާއިލް ..ކެޑޭޓް އިންސްޓްރަކްޓާއެއްް.. އެމްއެންޑީއެފް އަށް ވަންނާންށޯ އަހަ އަހަ..އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެ ލައިކްވޭ 10 ނިމުނީމަ ރައްޓެހިވާން”..އަހަރެން ވަރަށް ބިރުންހުރެ މަންމަ ކާރީ ބުނެލީމެވެ..”ރަނގަޅު ކުއްޖެއް ވައްތަރު ޖަހާ…ކޮބާ މަންމަ އޭރުވެސް ބުނީމެއްނު ރައިހާން އަށް ވުރެ މާ ރަނގަޅު ކުދިން ދަރިފުޅަށް ލިބޭނޭ”…އަހަރެންގެ ހިނިތުންވުން ފަނޑުވީ ރައިހާންގެ ނަން އަޑުއިވުމުންނެވެ.. މިހާރަކަށް އައިސް އަހަރެން އެއްގޮތަކަށް ވެސް ރައިހާން މެން ގެއަކަށް ނުދަމެވެ.. ރައިހާން ފެނުނިއްޔާ އެދިމާލަށް ބަލާވެސް ނުލަމެވެ.. އަހަރެން އަވަހަށް ގޮސް ކޮޓަރިއަށް ވެންނީ..އަހަރެންގެ ހާލު މަންމަ އަށް ނޭނގުމަށެވެ.. އަހަރެންގެ ލޮލުން ކަރުނަތަށް ފައިބައިގަތީ އިހުތިޔާރަކާ ނުލައެވެ.. މަންމައަށްއަޑު އިވިދާނެތީ އަހަރެން އަވަހަށް އަގަ މަތީ އަތްއެޅީމެވެ.. އަހަރެން ރައިހާން ދެކެ ވީ ލޮއެއްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ.. ނަމަވެސް އަދިވެސް އަހަރެން މަސަތްކަތްކުރަމުން ދިޔައީ އެކަން ފޮރުވުމަށެވެ.. އެދުވަހު ނާއިލް މެސެޖު ކުރުމުންވެސް އަހަރެން އަޅައެއް ނުލަމެވެ.. އަހަރެންގެ ބޮލަށް ތަދުވާވަރަށް ވިސްނެމުން ދިއައެވެ.. ތެދެކެވެ.. ޔައިޝް އާ ރައްޓެހިވެގެން އުޅުނު އިރަކުވެސް އަދި ނާއިލް އާ ރައްޓެހިވެގެން އުޅޭ އިރުވެސް އަހަރެންނަކަށް އެއްވެސް އުފަލެއް ނުލިބެއެވެ..ހިތަށް އެއްވެސް ހަމަ ޖެހުމެއް ނުލިބެވެ… އަބަދުވެސް ކޮންމެސް އެއްޗެއް މަދުވާހެން އަހަރެންނަށް ހީވެއެވެ.. އެހެން މީހުން ހީކުރަނީ އަހަރެން މިއުޅެނީ އުފަލުގަ ކަމަށެވެ.. ނަމަވެސް އެމީހުނަށް ނޭނގޭ ކަމަކީ މި ހުރިހާ ކަމަކީ ރައިހާން މަތިން ހަނދާން ނައްތާލެވޭތޯ އަހަރެން ކުރާ މަސަތްކަތްކަމެވެ.. އަހަރެންގެ ހިތް ވަނީ އަނިޔާ ލިބި ލިބި އެކަމަށް އާދަވެފައެވެ..ރައިހާން މަތިން ހަނދާން ނައްތާލެވޭތޯ އަހަރެން ނުކުރަނީ ކީއްތޯ؟؟؟؟ ނަމަވެސް ކާމިޔާބެއް ނުވިއެވެ.. “މައިޝާ ގެ އުފަލަކީ ރައިހާން އަށް ވީ އިރު ކީއްވެތަ ދުރަށް ދާން ތި މަސަތްކަތް ކުރަނީ.. ” އަހަރެންގެ ހިތް ހުއްޓުމެއްނެތި ކިޔަމުން ދިޔައެވެ.. ދުވަސް ވަމުން ދާ ވަރަކަށް އަހަރެން ދިޔައީ ނާއިލް މަތިން ފޫހިވަމުންނެވެ.. ރައިހާން މަތިން ހަނދާން ވާ ވަރަކަށް ނާއިލް މަތިން ފޫހިވެއެވެ.. ލޯބިނުވާ މީހަކާ ރައްޓެހިވެގެން އުޅެންޏާ ވާނީވެސް މިހެނެވެ.. ރައިހާން ނޫން އެހެން މީހަކަށް އަހަރެންގެ ހިތެއް ދުވަހަކުވެސް ނުލިބޭނެއެވެ.. 2 ދުވަސް ވެއްޖެއެވެ.. އަހަރެން ދިޔައީ ނާއިލް އިގްނޯ ކުރަމުންނެވެ.. އެންމެ ފަހުން އަހަރެން ނާއިލްގެ މެސެޖަށް ރިޕްލައި ކުރީމެވެ.. “އަޖައިބެއްނު އަހަރެންނަކަށް 24 ގަޑިއިރަކު ވާހަކަ އެއް ނުދެއްކޭނެ ދޯ.. އުނދަގޫ ނުކޮއްބަލަ ނާއިލް”…”24 ގަޑި އިރޭ؟؟ އަޅެ މައިޝާ ބުނެބަލަ 2 ދުވަސް ނުވޭތަ އަހަރެމެން ދެމީހުން ވާހަކަ ނުދެއްކޭތާ؟؟”..”ހެވޭ އަހަރެންނަށް ބައީ”…އަހަރެންގެ ހިތާ ސުކުނޑީގައި ވަނީ ހަމަ ރައިހާން ގެ ހަނދާންތަކެވެ.. ރައިހާން ދެކިލަން ހިތަ އެދި ގޮވަމުން ދެއެވެ.. މެންދުރުގެ ވަގުތެވެ.. އަހަރެން ލަޔާ ކާރިއަށް އެގެއަށް ދާން ނިކުތީމެވެ..އެގެއަށް އަހަރެން ވެންނީމެވެ އޭރު ލަޔާ ސިޓިންރޫމް ގައި އިނެވެ.. “އޮހޯ ހާދަ ދުވަހެއް ކޮއްލާފަ އޭ ދޯ ތި އައީ އަހަ ..ތި ވަރަށް ހޯދިއަސް ރައިހާން އެއް ނުފެންނާނެ އޭނަ ނޫޅޭ ގެއަކުއެއް”…”ހޫން އަހަރެން ނުހޯދަމޭ “..” އަހަ އަހަ އެބަ އަންނަން ފާހަނައަށް ވަދެލާފަ”…ލަޔާ ދިއުމުން އަވަހަށް ގޮސް އަހަރެން ވަނީ ރައިހާންގެ ކޮޓަރިއަށެވެ.. ރައިހާން ގެ ގޮދަޑި މަތީގައި ހުރި ބާލިސްތައް ނަގައި ކަބަޑު މަތީގައި ބަހައްޓައިފައި ގޮދަޑި ނަގައި ބިތުގައި ލައްގާލީމެވެ..އަހަރެން ނިކުންނަން ވެގެން އެނބުރިލި ތަނާ ކޮންމެސް މީހެއްގެ މޭމަތީގައި އަހަރެންގެ ބޯ ޖެހުނެވެ.. އަހަރެން އިސް އުފުލާ ބަލާލީމެވެ..ރައިހާންގެ މޭމަތީގައި ބޯ އަޅައިލައިގެން މުޅި އުމުރަށް އެހެން އިންނަން ބޭނުންވިއެވެ.. ރައިހާން އަހަރެންނާ އެހާ ކާރީގައި އިނުމުން އަހަރެންގެ ހިތް ތެޅެމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެއެވެ… އަހަރެން ރައިހާންއާ ދުރައްޖެހެން ގަސްތެއް ނުކުރަމެވެ.. ނަމަވެސް ރައިހާންގެ ފަހަތުގައި ހެވިލައިފައި އިންލަޔާ ފެނުމުން އަހަރެން ކުއްލިއަކަށް ދުރަށް ޖެހިލީމެވެ..”މައިއްކޯ އަހަރެންގެ ކޮޓަރީގައި ކޮންކަމެއް؟؟ ވައްކަން ނުކުރައްޗޭ ޖަވާ ހިރު ހުންނާނެ އަހަ އަހަ”…”ޖަވާހިރޭ؟؟ އަހަ އަހަ ނު.ނޫނޭ މި ލަޔާ ބުނެގެން ތަންމަތި ނަގައި ސާފު ކޮއްލަން ވަނީ އެއީ ބޮޑު ލޮޑެއް ވިއްޔަ.. ” އަހަރެން ދޮގު ހަދާލީމެވެ..ލަޔާ އަދިވެސް ހުރީ ހެވިފައެވެ..އަހަރެން އަވަހަށް ލަޔާގެ އަތުގައި ހިފައިގެން ބޭރަށް ނިކުތީމެވެ..”އަހަރެން ބުނެގެނޯ؟ އަހަ އަހަ އަހަރެން މީ ފާހަނައަށް ބިސްނަސް ނިންމަން ދިޔަމީހާ..މަގޭ ބޮލުގަ ވިއްޔަ ތިއެޅުވީ އެ ކަން ވެސް .ސާބަސް އަހަ އަހަ”…”ޕިސް ޕިސް ބުނާނެ އިތުރު އެއްޗެއް ނޭނގުނީއެވެ..”..”ނިކަން ބުނެބަލަ މިސް ވާތީ ހަމަ ފެނޭތޯ ބަލާލަން ވަނީއޭ އަހަ އަހަ”…”ހޫން މާ މަޖާ ނުވެބަލަ “…”އޯކޭ އޯކޭ އަހަރެންނަށް އޭރުވެސް އިނގެޔޭ މައިޝާ ރައިހާން ދެކެ އަދިވެސް ލޯބިވާކަން މައިޝާ ފޭކް ހިނިތުންވުމެއް ދީގެން އެހެން މީހުން ހެއްދުނަސް އަހަރެންނެއް ނުހެއްދޭނެ އިނގޭ ..ތި ނާއިލެއް އަހަރެންނަކަށް އެއްގޮތަކަށްވެސް ކަމަކު ނުދޭ”…”ބަލަ ކާކު އަހަރެންނަށް ދިން އައިޑިއާ އެއްތަ މީ؟؟؟ މޫވް އޮން ވާން .. “…”އުހޫން!! ބައެއް މީހުނަށް ވޯކް ކުރެއޭ ތި ގޮތް މައީ އަށް ވޯކް ނުކުރިއަސް”…”ކާކަށްތަ ވޯކް ކުރީ “..”މަށަކައްނު!!!!”..”އަހަ އަހަ އަހަ އަހަރެން ދެން ގޮސްލީ އޭ އިނގޭ ޓިއުޝަނުން ދިމާވާނެ އެންނު ދޯ”…… ކެމިސްޓްރީ ޓިއުޝަނައް ދާން އަހަރެން ތައްޔާރުވެލީމެވެ.. ޓިއުޝަން ނަގާގެ ހުންނަނީ ވަރަށް ކައިރީގައި ކަމުން އަހަރެންނާއި ލަޔާ ޓިއުޝަނަށް ދިޔައީ ހިނގާލާފައެވެ.. ޓީއުޝަން ނިމުމުން އަހަރެމެން އެންމެން ސަކަރާތް ޖަހަން ތިބީމެވެ..ކެމިސްޓްރީ ޓިއުޝަނައްދަނީ 5 ކުދިންނެވެ.. “ގާއިސް ހެލްޕް މީ” އަހަރެން ބުނެލީމެވެ..”ކޮން ކަމަކާ ތަ؟؟”…”ނާއިލް އާ ބްރޭކް އަޕް ވާން”..”މަޑު ކުރޭ މި ވިސްނަނީއޭ”..”ޖޫލިއާ ބުނެލިއެވެ…”އޭ މައީ މިހެން ހަދަން ވީނު..އަހަރެމެން 4 މީހުން ނާއިލް އަށް ގުޅާފަ ވާހަކަ ދައްކާނީ .. ބުނާނީ މައީއަށް ވަގަށޭ” ހީނާ ބުނެލިއެވެ..”އާ ތީ ރަނގަޅު ގޮތެއް އެކަމަކު ގުޅާފަ އަހަރެމެން ކިޔާނީ ކީކޭތަ؟؟” ލަޔާ ބުނެލިއެވެ.. “ތިކަމާ ހާސް ނުވޭ އައި ހޭވް އަ ޕްލޭން..މައީ.. ނާއިލް އެންމެ އަހާ ހަދަނީ މައީގެ ކޮންކަމެއް؟؟؟؟”…”ކިޔެވުން ކިހިނެއްތޯ”…”ޕާފެކްޓް އަޑު އަހާބަަލަ ޕްލޭން މިކިޔަނީ.. އަހަރެމެން 4 މީހުން ނާއިލް އަށް ގުޅާފަ ބުނާނީ މައީގެ ކިޔެވުން ވަރަށް ދަށް ވެއްޖެޔޭ.. ކުރިއާ ބަލާފަ.. ހަމަ ނިދިވެސް ނުލިބެޔޯ މާ ގިނައިން ޗެޓް ކުރާތީ އޯ މިފަހަރު މައީގެ ރިސަލްޓް ވެސް ވަރަށް ސަކަރާތޯ އެންމެ މާއްދާ އަކުންނޯ ފާސްވީވެސް.. މައީ އަކީ އަހަރެމެންގެ ރަހުމަތްތެރިއެއް… އޭނަގެ ކިޔެވުމަށް އެހެން ވާކަށް އަހަރެމެން ނޭދެން ސޯ ޕްލީޒް ބްރޭކް އަޕް ވިތް ހާ ..އަދި އެއް ވާހަކަ އަހަރެމެން ގުޅާފަ މިހެން ކީ ވާހަކަ މައީ ގާތު ބުނެގެން ނުވާނެ.. މައީ އަށް މިކަން އެނގިއްޖިއްޔާ އަހަަރެމެންގެ ފްރެންޑްށިޕް ވެސް ގެއްލިދާނެ…..އޯކޭތަ މިގޮތް”…” އޯ އެމް ޖީ ޖޫލިއާ ޔޫއާ އަ ޖީނިއަސް… “..އަހަރެން ޖޫލިއާ ގައިގައި ބައްދާލީމެވެ… ލަޔާ އާ ހީނާވެސް ބައިވެރިވިއެވެ…. އަހަރެން ނަންބަރު ދިނުމުން ޖޫލިއާ އޭނާގެ ފޯނުން ނާއިލް އަށް ގުޅިއެވެ….ދެން ތިބި އެންމެން ޖޫލިއާގެ ވަށައިގެން ތިއްބެވެ.. ޕްލޭން ދިޔައީ ވަރަށް ވެސް ކާމިޔާބު ކަމާ އެކުގައެވެ….އަހަރެން އަވަހަށް މެސެން ޖާއިން އޮންވެލީމެވެ.. އޭރު ނާއިލް މެސެޖެއްކޮފައި އިނެވެ..”މައިއްކޮ ކޮންތާކުގަ؟؟”…”ގޭގަ މިއޮތީ “…”ޕިސް ޕިސް ބޭރަށް ވެސް ނުނިކުންނަނީތަ؟؟”…”ވަރަށް ކަންނެއް ވެފަ މިއޮތީ”…”ކޮބާ މައީގެ ރިސްލްޓް ކިހިނެއްތަ މިފަހަރު”..”ނަ.. ނާއިލް ކީއްކުރަންތަ ބަލަނީކީ”…”ބުނެބަލަ”…”ވަރަށް ދަށް މިފަހަރު އެއް މާއްދާއިން ފާސްވީ” ..ޕްލޭން އާ އެއްގޮތަށް އަހަރެން ކަން ކުރަމުން ދިޔައީމެވެ “ޕިސް ޕިސް މައީ “…”ކިހިނެއްތަ ވީ މީ އަހަރެންގެ ކިޔެވުން ނާއިލް އާ ކޮން ބެހޭ ކަމެއްތަ”…” ހެވޭ ..މައީގެ ރައްޓެހިން ގަބޫލެއް ނޫންތަ މައީ އަހަރެންނާ ރައްޓެހިވެގެން އުޅޭކަށް؟؟ “…”ތިއެއް ނޭނގެ އަހަރެންނަކަށް “…”މައީގެ ކިޔެވުން ދައްވީ އަހަރެންނާ ހެދިތަ؟؟؟”…”ތެދަށް ބުނަންޏާ ޔެސް”..”ދެން ކީއްކުރީމަ މައީގެ ކިޔެވުން ރަނގަޅުވާނީ “…”ބޭސް ކާން ދިނީމައެންނު”..”އަހަ އަހަ ދެން ސީރިއަސް ވެބަލަ ދޯ”…”ދެމީހުން ބްރޭކް އަޕް ވީމައޭ!!!!!!!!!!! ނާއިލް”…”ތީތަ މައީ ބޭނުންވާ ގޮތަކީ؟؟؟”ޔަގީނެއްނު”…”އޯކޭ ބައި “….”މިޝަން ސަކްސެސް ފުލް ގާއިސް… އަހަރެމެން އެންމެން ހީވަނީ ކުކުޅު ތަކެއް ހެނެވެ… ހަޅޭ ލަވާ ދުވެ ދުވެ އުޅުނު އިރު… ނާއިލް އާ ރުޅިވެވުމުން ބޮލަށް ވަރަށް ފަސޭލަ ވިއެވެ… އަހަރެން ދެން ރައިހާން އާ ދުރަކަށް ނުދުވާނަމެވެ.. ކޮންމެސް ދުވަހަކުން ރައިހާން އަހަރެންދެކެ ލޯބިވާނެއެވެ.. އެ ދުވަހަށް އަހަރެން އިންތިޒާރު ކުރާނަމެވެ…………………………………………..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.





Me first thrr.. vv reethi maashaa Allah
aww thnk u AR❤❤
Me second dhww soo happy…..mi part varah varah reethi❤❤❤lilly ur the best…..curiously waiting for the nxt part…..hama habeys❤❤??
Awnnn Lilly.. As usual mi prtt vrhh salhi.. Curiously Waiting for the next prtt.. Esfiya inn enme inthizaaru kureveyy eh vaahaka mee.. Whn is the next prtt??? ?❤?❤?❤?❤?❤?❤?❤❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤… #biggestfanoflilly
ehehe thank u sooooo much nayaa❤❤❤❤❤❤❤❤❤❤❤❤❤❤
?Yeyyyy? raihaan aa maishaa ge love story feshunee anehkaaa..?♥️?.. I’m sure it’s gonnaa be awesome???… Lilly ur so talented…. Luv yah❤️❤️❤️
awww thank u soo much yuhaa…. luv ya more❤❤❤❤❤❤❤❤❤
Maishaa vvv dhuvefi dhoo raihaan fahathun… E kamaku adhi vs kaamiyaaabeh nuvey… Maishaa raihaan ah confess kureema thaa kameh vs vaanyy… Nubunanyaa neyngeyne dhoo…e manje ah ehen nahadhaa???♥️?♥️♥️♥️
eheheh ?❤❤
Guyss…I don’t think maishaa aa raihaan ehaa faseyhain gulheyne heneh..adhi vs vvv undhaguuthakaaa kurimathi vaaane hen heeevany…lilllyy ehaa avahah story nunimmmahchey….vv bodu request eh Mee…lysm♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
yaa ehaa avahakah nuninnmaanamey eheheh btw thankxx hyna❤❤❤❤❤❤?
dhn vaanee kihinehthw kiyaalaa hithun indha e nimunee…pls..pls avahah up kohdheebaa dear….i love yah
ehehe dont worry… next part will be up soon❤❤❤❤❤❤…love yah more
I really don’t like maishaa ehaa vrh raihaan dheke lwbi vaa iruvs faharaku boy akaa rattehi vegen ulheythy.. ehaa lwbi vaanama wait kuraane kanneyge, and handhaan e boy mathin handhaan nahthaalan ehn boys use kuraakah nujeheyne kanneyge.. eyah vuren maa heyo goithah aharumenge dheenuga vs ovey.. teenage umuruga boy akaa like vedhaane.. Ekm e khiyaalu thakun dhuruveveyne maa furihama goi thah hurey.. mi stroy kiyaairu ehaa avas avahah brk up vefa anekka rattehi vefa ehn ulheythy its annoyin.. actually i knw writer ah kn ingeyny storg gendhaane gotheh.. ekm hama bunely.. dont take it wrong.. n i noticed some mistakes liyumuga.. ehn professional writer egge story eh kiyaalaafa compare kollyma amilla ah vs faahaga vaane kanneyge ibaaraai kurumuga hunna kudhi kudhi mistakes.. it can help u to improve.. just take this as a feedback.. its not like i hate ur stories.. i like it so i read it.. but this is just my view on how its goin now
actually the points which anonymous said is correct…..n i recommend u that before u upload the stryy plx check n upload…So that u can find the mistakes easily…keep going k…will support ya??♥
vvvvvv bodah thankxx mistakess thah kiyaadhineeema.. .. maishaa ehn boyss thakaa rattehi vi thankolhu eii ekahala kameh kurumun vaane goih thah kiyaadhinumah .. like eygein iburatheh haasil kurumah….. n .. mi story ga dhn eheneh nuvaane…. n im really sorry kiyaahih nuvaa gothakah ebai genes dhevuneetheee… anonymous mi kamuga dhekey goih bunedhinythyyy vv bodah thankxxx ingey… dhn huri bai thakugaaa…. anonymous thi buni hurihaa kamakah balaaafa upload kuraanii …. thankxx again❤?….
anonymous ah reply kuran ulhunukoh eynyy K.A.G,B,D,J ah reply kurevifa???
K.A.G.B.D.J… yhhh i will check before uploading thank uuuuuu❤❤❤❤❤❤❤❤❤
When is the next part
thi maiii akaaa hure ehen enmmen ge life halaaku vany..raihaan mathin handhaan nahthaaalanahshey kiyaafa ehen hurihaa firihenunnnaa eba vhk dhahkka ey move on kuran sho…ehen veeru single koh hurebala..aaan ehenya 2 meehun ge life halaaku kohllaaafiey
Mi kanneyge Aslu real life ga Wes kan hingaa gothaky , story kiyaa beyfulhun feedback dhinas story ga waa kamaka hedhi thi gothah blame kurun adhi rangalheh nun
Alhey lilly varah kiyaa hithun huttaa mi part e nimuniii….. Varah varah reethi mi part vc….. ??❤️❤️curiously waiting for nx part…… Varah beynun vefa mi hunnanii nxt part kiyaalan libeyne dhuvahakah…. Lysm??❤️❤️
I love it