ނޭނގިހުރެ ވެވުނު ލޯބި (5ވަނަ ބައި)
އިސްތަށިގަނޑު އެއްކޮށްލުމަށް ފަހު ވޫލުން އޭނާގެ އިސްތަށިގަނޑު ދެފަށް ވާހެން އައްސާލުމަށްފަހު ޑްރެސިންގ ޓޭބަލްމަތީހުރި އެއްޗިހި ނަގައިގެން ސާއިލާ ހިނގައިގަތީ ފާހަނައާ ދިމާލަށެވެ. ފާހަނައަށް ވަދެ އެކި ކޮޅު ކޮޅަށް ލޯހިންގާލެވުނީ އެ ފާހަނައިގެ ބޮޑު ކަމާއި ރީތި ކަމުންނެވެ. އެބޮޑު ފާހަނައިގައި މެދެއްހާހިސާބުގާ ބޮޑު ޖަކޫޒީއެއް ބައިންދާފައި އިންއިރު ފެންވަރާތަން އިނީ ވަކިން ބިއްލޫރި ޖަހާ ބަންދު ކޮށްފައެވެ. މޫނުދޮންނަ ތައްޓާ ފާލަނަ ތަށިވެސް ބޮޑުވެފާ ރީތި އިރު ފާހަނައިން ވެސް ފެންނަމުންދިޔައީ މުއްސަނދިކަމުގެ ކުލަވަރު ތަކެވެ.
ސާއިލާ ވެޑިންގް ޑްރެސްގެ ފަހަތުގައި އިން ޒިބު ތިރި ކުރަން އުޅިއުޅިވެސް ޒިބު ތިރިއެއް ނުކުރެވުނެވެ. އައިޒަންގެ އެހީ ހޯދުން ނޫންގޮތެއް ނެތް ކަން އިނގުމުން ފާހަނާ ދޮރު ހުޅުވާލުމަށްފަހު ސާއިލާ އައިޒަންއަށް ގޮވާލުމުން އައިޒަން ބަލާލިއެވެ.
“އައިޒަން!.. އަހަންނަކަށް މި ޒިބު ތިރި އެއް ނުކުރެވުން. ތާށިވެފަ އިނީ.” ފާހަނަ ކައިރީގައި ހުރެފައި ސާއިލާ އައިޒަން އާދިމާއަށް ބަލައިލަމުން ބުންޏެވެ. “ތިރި ކޮށްލަ ދެވިދާނެތަ؟” ސާއިލާއެހެން ބުނުމުން އެނދުގައި އިށީނދެ އިން އައިޒަން ތެދުވެގެން ސާއިލާއާއި ދިމާއަށް ލަސް ފިޔަވަޅު ތަކެއްގައި އަޔެވެ. އައިޒަން ސާއިލާ ކައިރިޔަށް އައުމުން ސާއިލާ އައިޒަންއާއި އޭނާގެ ބުރަކަށި ފެންނާނެ ހެން އެނބުރެލިއެވެ.
“އައިޒަން!. ތެންކިޔު ސާރާއަށް މިގޭގަ ހުރެވޭނެ ހެން ހަދައި ދިނީމަ” އައިޒަންއަށް ފުރަގަސް ވާހެން އެނބުރިގެން ހުރި ސާއިލާ އައިޒަންއަށް ޝުކުރު އަދާކުރީ ސާއިލާގެ ކޮއްކޮ ސާރާއަށް އައިޒަންމެންގެ ގޭގައި ހުރެވޭނެ ގޮތް ހަމަ ޖައްސައި ދިނުމުންނެވެ.
ޒިބު ތިރި ކުރަން އައިޒަން ޒިބުގެ ހިފާތަންކޮޅުގައި ހިފާލުމަށްފަހު ތިރި ކޮށްލަން ހިފާލުމާއެކު ޒިބު އައީ ބިންދައިގެން އަތަށެވެ. ދެން ތާށިވެފައިއިން ޒިބު ދަމަން ޖެހުނީ ވަރަށް އުނދަގުލުންނެވެ. ޒިބު އެއްކޮށް ތިރިކޮށްލުމުން ސާއިލާގެ އޮމާން ބުރަކަށި ފެނި އައިޒަންގެ ހިތަށް ގޮތެއް ވެލައިން ދިޔައެވެ. އައިޒަން ޒިބު ތިރިކޮށްދިނިމުން ސާއިލާ އެއްވެސް ބަހެއް ނުބުނެ އަވަސް ފިޔަވަޅުތަކެއްގައި ފާހަނައަށް ގޮސް ވަދެ ފެންވަރާލިއެވެ.
ސާއިލާ ފެންވަރާ ނިމުމުން އައިޒަން ފެންވަރައިން ނުކުތް އިރު ސާއިލާއަށް އޮތީ އެނދުގެ އެއްފަޅީގައި އޮށޯވެއެވެ. އައިޒަންވެސް އިތުރު ބަހެއް ނުބުނެ އައިސް އެނދުގެ އަނެއް ފަޅީގައި އޮތް ބާލީސް ނަގައިން ސާއިލާއާއި ދުރަށް ހިނގައިގަތުމަށް މިސްރާބު ޖެހިއެވެ. އެހެނަސް ސާއިލާ އެގޮތް ބޭނުމެއް ނުވިއެވެ. އައިޒަންއީ ސާއިލާގެ ހަލާލު ފިރިމީހާއަށްވުމުން ސާއިލާ އައިޒަންއަށް ގޮވާލުމަށްފަހު އެނދުގައި އޮތަސް އެންމެ ރަނގަޅުކަމަށް ބުންޏެވެ. ސާއިލާ އެހެން ބުނުމުން އައިޒަން އައިސް ސާއިލާ އޮތް ފަޅި ނޫން އަނެއް ފަޅީގައި މަޑުމަޑުން އޮށޯވެލިއެވެ.
ދެމިހުންވެސް ދެމިހުންނަށް ފުރަގަސް ދީގެން ވާހެން ތިއްބާ ނިދުނު އިރު ސާއިލާއަށް ހޭލެވުނީ ދަންވަރު ގަޑީގައި ބޯކޮށް ވާރޭވެހި ގުގުރާ އަޑަށެވެ. ކުޑަދޮރުތަކުގައި އަޅުވާފައި ހުރި ފޮތިގަނޑުން އެއްބައި ކެހިފާ ހުރުމުން ވިދާތަންވެސް ފެންނަމުން ދިޔައެވެ. ސާއިލާއަކީ ވާރެއަށް ލޯބި ކުރާ ކުއްޖެއް ނަމަވެސް ވިދާ ގުގުރުމަކީ ސާއިލާ ނުހަނު ބިރުގަންނަ ކަމެކެވެ. ސާއިލާގެ އެސްޓްރަފޯބިއާގެ ސަބަބުން އެހެން ސާއިލާއަށް ހިތްވަރު ކޮށްލައިން އޮންނަން ކެރުނީ ކުޑައިރުކޮޅެއް ވަންދެނެވެ. ގުގުރާއަޑު އިވޭތީ ބިރުން އޮވެ އައިޒަންއާއި ގާތަށް ޖެހެމުން ޖެހެމުން ގޮސް އައިޒަންއާއި ވަރަށް ކައިރިޔަށް ސާއިލާއަށް ޖެހެވުން އިރު އެހެންފަހަރުތަކާ ހިލާފަށް މާބާރަށް ގުގުރާލި އަޑު އިވުމުން ބިރުން އައިޒަންގެ މެދުހަށީގައި އޮޅުލައިގަނެވުނެވެ.
އައިޒަންއަށް ކުއްލިއަކަށް ހޭލެވުނީ ސާއިލާ އައިޒަންގެ މެދުހަށީގައި ބާރަށް އޮޅުލައިގަނެގެން އޮވެ ބާރަށް ކުރުސި ކިޔާއަޑަށެވެ. ކުރުސި ކިޔާނިންމުމަށްފަހު ސާއިލާގެ ގިސްލުމުގެ އަޑު އިވިގެން ދިޔުމުން އައިޒަން ހިސާބަކަށް ކަންބޮޑު ވާގޮތްވިއެވެ.
“ސާއިލާ!. ކިހިނެތްވީ؟ ތަނަކަށް ތަދުވަނީތަ؟”ސާއިލާ ރޯއަޑު އަހަން ކެތް ނުވެގެން އައިޒަންއަށް ސުވާލު ކުރެވުނެވެ. ވީގޮތެއް ނުބުނެ ހަމަ އިނދެގެން ރޯތީވެ އައިޒަން ސާއިލާގެ ބުރަކަށި ދަށަށް އަތް ލައްވާލުމަށްފަހު ހެޑްބޯޑްދައި ލައްކޮށްލަމުން ސާއިލާއާއި އެކު އައިޒަންވެސް ތެދުވިއެވެ. ގުގުރާ އަޑު އިވޭތީ ސާއިލާ ގަންފާ ހުރި ބިރެއްގެ ސަބަބުން ސާއިލާބެލީ އައިޒަންއާއި އަދިވެސް އިތުރަށް ކައިރި ވެވޭތޯއެވެ. އައިޒަންއަށް ސާއިލާގެ ހިތުގެ ތެޅުން އިވޭހާ ގާތުގައި ސާއިލާއިންއިރު އައިޒަންއަށް ސާއިލާގެ ގައިން ދުވަމުން ދިޔަ މީރު ވަހުގެ ސަބަބުން އައިޒަންގެ ހިއްސު ތަކަށް ވާންކުރަމުން ދިޔައެވެ.
ރޮމުން ރޮމުން ގޮސްލެވޭހާލު ސާއިލާ އިންއިރު ގުގުރާލާ ކޮންމެ ފަހަަރަކު ސާއިލާ އައިޒަންއާއި އިތުރަށް ގާތްވާން މަސަކަތް ކުރާތީވެ އައިޒަންއަށް ވެގެން އުޅޭގޮތް ކޮންމެސް ވަރަކަށް ރޭކައިލާގޮތް ވިއެވެ. އައިޒަންއަށް އެންމެ ފަހުން ސާއިލާގެ ރުއިން ހުއްޓާލާނެ ގޮތެއް ނޭނގުމުން އައިޒަންއަށް ސާއިލާގެ މޫނުގައި ދެއަތުން ހިފާއޭނާގެ މޫނާ ގާތްކޮށްލުމަށް ފަހު ބޮސް ދެވުން އިރު ރޯން އިން ސާއިލާގެ ރުއިމުގެ އަޑު އެއްކޮށްހެން ކެނޑިގެން ދިޔައެވެ.
“އަނޭ! އުމް! މީ! ސޮރީ! ސާއިލާ ރޯ ވަރުން ހަދާނެ ގޮތެއް ނޭނގުނީ.” އައިޒަންއަށް އެހެން ބުނެވުނު ވަގުތު އަނެއްކާ ގުގުރާލި އަޑު އިވުމުން ސާއިލާ ‘ނޫންނޫން’ ކިޔާފައި އައިޒަންގެ ގައިގައި އޮޅުލައިގަތެވެ. ވިއްސާރަ ވަގުތެއްގައި މާހައުލުގެ ފިނިކަމުގެ ސަބަބުންނާއި ސާއިލާގެ އެގާތް ކަމުގެ ސަބަބުން އައިޒަންއަށް އައިޒަންގެ އަމިއްލަ ނަފްސު ކޮންޓްރޯލް އެއްނުކުރެވުނެވެ. ދަންވަރުގެ އެބޯވާރޭގައި ދެޖިސްމު އެކުވެގެން ދިޔައީ ކުޑަހިނދު ކޮޅެއްގެ ތެރޭގައެވެ.
*****
ސިޑްނީގެ އެއާރޕޯޓުން ނުކުމެގެން އައިސް އައިޒަން އާއި ސާއިލާ އަދި ސާރާ އައިޒަންމެން ބަލާ އައިސް އޮތް އައިޒަންގެ އަމިއްލަޕްރައިވެޓް ކާރަށް އަރައިގެން އެންމެ ފުރަތަމަވެސް މިސްރާބުޖެހީ ހޮސްޕިޓަލަށް ދާށެވެ. ހައިވޭގެ ބާރު ދުވެލީގައި ދުއްވާލައިފައި އައި އައިޒަންގެ ކާރު ވަންވޭއާއި އިދިކޮޅަށް ބާރު ސްޕީޑެއްގައި އައި ޓްރަކުގައި ޖެހުނީ ބަސްބުނާހާ މަދު ހިނދުކޮޅެއްގެ ތެރޭގައެވެ. ޓްރަކުގައި ޖެހިފާ ކާރު ވިއްސައިންގޮސް ހައިވޭގެ އެއްފަރާތުން ކެހިގެން ގޮސް ޖަހާއި ހުރި ފެންސު ތަކެއްގައި ލައިގަނެފައި މަތަވިއިރު ކާރު ޖެހުނު ބާރު މިނުގައި ސާއިލާ އިން ފަރާތުގެ ކަރު ދޮރުފަތްގަނޑު ނައްޓައިން ގޮސް ސާއިލާ ވިއްސައިގެން ގޮސް ވެއްޓުނީ އެއް ފަރާތެއްގައި އޮތް ކޯރަކަށެވެ. ޓްރަކު އެކޮޅުކޮޅުން އެއްލައިގެންގޮސް މާދުކަށް ޖެހުންއިރު މަދު ހިނދު ކޮޅެއްގެ ތެރޭގައި ބާރު އަޑުފަށްގަނޑަކަށް ފަހު ޓްރަކު ގޮވި އަޑު ފަށްގަނޑު އިވިގެން ދިޔައެވެ.
މިހުރިހާކަމެއްވެސް ވެގެންދިޔައީ މަދު ހިނދުކޮޅެއްގެ ތެރޭގައި ކަމަށް ވީއިރު ހައިވޭގައި ދުއްވާފައި ދިޔަ ބައެއް އުޅަނދުތަކުގެ މީހުން ނުކުމެ އައިޒަންގެ ކާރުކައިރިޔަށް ދިޔައެވެ. މީހަކު އެމްބިއުލާންސަށާއި ފަޔާރ ޓްރަކަށް ގުޅިތާ މާގިނައިރެއް ނުވަނީސް އެމްބިއުލާންސް އަދި ފަޔަރ ޓްރަކް އަޔެވެ. މިހިތާމަވެރި ހާދިސާގައި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ސާރާ އަދި ޓްރަކުގެ ޑްރައިވަރު ވީ ނިޔާވެފައެވެ.
ހޮސްޕިޓަލަށް އައިޒަން ގެންދެވުނުތާ މާގިނައިރެއް ނުވަނީސް ފަތުހީ އަދި އަނުމްއަށް ހަބަރު ދެވިގެން ދިޔައިރު އެދެމިހުން ވީއެންމެ އަވަސް ފްލައިޓަކުން ފުރައިގެން އޮސްޓްރޭލިއާއަށް އަޔެވެ. އެތަކެއް އޮޕަރޭޝަންތަކެއް ކޮށްގެން އައިޒަންގެ ފުރާނަ ސަލާމަތް ކުރެވުނު އިރު ޑޮކްޓަރުންނަށްވެސް އައިޒަން ހޭއަރާނެ ވަގުތެއް ކަށަވަރު ކޮށްދޭކަށް ނޭނގުނެވެ. ސާރާގެ ހަށިގަނޑު ވަޅުލުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް ފަހު އަނުމް އާއި ފަތުހީ ދެމިހުންވެސް އަލުން ހޮސްޕިޓަލަށް އަޔެވެ.
ދެދުވަސް ފަހުން އައިޒަން ހޭއެރިއިރު އައިޒަންއަށް އެންމެ ފުރަތަމަވެސް ފެނުނީ ފަތުހީއެވެ. ފަތުހީ އައިޒަންއާއި ވާހަކަ ދައްކަމުން ދައްކަމުންގޮސް އޮސްޓްރޭލިއާގެ މަގުތައްވެސް މިހާރު ވަރަށް ނުރައްކާތެރިވާހަކަ ދެއްކުމުން އައިޒަން ފާޑަކަށް ބަލަން އިރުކޮޅެއް ވަންދެން އިނެވެ.
“ޑޭޑް! އަހަރެން އޮސްޓްރޭލިއާއަށް އައީ ބިޒްނަސްގެ ކަމަކުތަ؟”
އައިޒަންގެ ހާލަތު ވީ ވަރަށް ވެސް ބޮޑަށް ގޯސްވެފާކަން ފަތުހީއަށް އިހުސާސް ވީ އައިޒަން އެސުވާލު ކުރި ހިސާބުންނެވެ. އައިޒަންއެހެން އެހުމުން ފަތުހީމެންނަށް ލިބުނީ ކުއްލި ޝޮކެކެވެ. ޑޮކްޓަރުން ބެލުމަށްފަހު އެއެކްސިޑެންޓުގައި ބޮލަށް ލިބުނު ގެއްލުމެއްގެ ސަބަބުން މެމޮރީ ލޫޒް ވީކަމަށް ބުނުމުން ފަތުހީމެން ތިބީ އައިޒަންއަށް އެހެން ވުމުންނާއި ސާއިލާ ވީތަނެއް ނޭނގޭތީ އިންތިހާއަށް ކަންބޮޑުވެފައެވެ.
އައިޒަން އެންމެ ފަހުކަމަކަށް ހަނދާންހުރީ އައިޒަން ކައިރީ ފަތުހީ ކުންފުނީގެ ސީއީއޯއަށް ވުމާއި ގުޅޭގޮތުން ދެއްކި ވާހަކައެވެ. އެއީ އޭގެ ދާދި ތިންމަސް ކުރީގެ ވާހަކައެއް ކަމަށް ވެފައި ސާއިލާއާއި ދިމާވީ އޭގެ ފަހުން ކަމުން އައިޒަން ސާއިލާ މަތިން ވެސް އެ ތިން މަސް ދުވަހުގެ ހަނދާން ތަކާއި އެއްކޮށް ވީ ފުހެވިފައެވެ. އެއީ ވަގުތީ ގޮތުން ފުހެވުނު ހަނދާންތަކެއް ކަމަށްވެސް ނޫންނަމަ އަބަދުގެ އަބަދަށް ފުހެވުން ހަނދާންތަކެއް ކަމަށްވުމަކީވެސް އެކަށީގެން ވާކަމެކެވެ.
ފަތުހީ ސާއިލާ ހޯދުމަށް އެތަކެއް މަސައްކަތް ތަކެއް ކުރި އިރު އެކަންވީ ބޭކާރު ކަމަކަށެވެ. މީސްމީޑީއާގައި ފަތުހީ އެއްވެސް ހަބަރެއް އާންމު ކުރަން ބޭނުންނުވީ އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅަށްޓަކައެވެ. އައިޒަންއަށް ސާއިލާއާއި ބެހޭ އެއްވެސް ވާހަކައެއް ނޭންގުމަށް ޑޮކްޓަރުންވެސް ބުނީ ހަމަ އައިޒަންއަށް ރަނގަޅަކަށް ކަން ފަތުހީއަށާއި އަނުމްއަށް އިނގުނު ނަމަވެސް އެދެމަފިރިން ތިބީ ސާއިލާ ވީތަނެއް ނޭނގޭތީ އިންތިހާއަށް ކަންބޮޑުވެފައެވެ.
***
ކުރިމަތީ އޮތް އެނދުގައި އެތަކެއް މެޝިންތަކެއް ގުލާފައި އޮތް އަންހެންކުއްޖާއަށް ނަޒަރު ހުއްޓާލައިގެން އިކާން އިނީ ނިތަށް ރޫ އަރުވާލައިގެންނެވެ. އިކާންއަކީ ޑޮކްޓަރެކެވެ. ރާއްޖޭގައި އުޅެން ބޭނުން ނުވުމުން އިކާން އުޅޭނީ ޑަކްޓާރުކަން ކިޔަވައިގެން އޮސްޓްރޭލިއާގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ސައިކޭޓްރިސްޓެއްގެ ގޮތުގައެވެ. އިކާންގެ ފުރާވަރު އުމުރުގައި އޭނާއަށް ދިމާވި ކަހަލަ ނަފްސާނީ ކަންތައްތަކެއް ދިމާވާ ކޮންމެ މީހަކަށް އެހީވާން އިކާން ބޭނުންވީއެވެ. ރާއްޖޭގައި އުޅެން އޭނާ ބޭނުންނުވީ އޭނާގެ ހަޔާތުގައި ވެދިޔަ ކަންތައް ގަނޑެއްގެ ސަބަބުންނަމަވެސް އެހިތުގައި އެފަސްގަނޑާމެދުވީލޯބި ކުޑަކޮށްވެސް އުނިވެފައި ނުވެޔެވެ.
އިކާންގެ އޮފް ދުވަހެއްގައި ހިތްހަމަ ޖައްސާލުމަށްޓަކައި މޫދަށް ގޮސް މާދުރެއްގައި ފަތަން އުޅެނިކޮށް އޭނާގެ ކުރިމަށްޗަށް ސާއިލާގެ ހަބަރު ހުސްވެފައިވާ ހަށިގަނޑު ޖެހުމުން އިކާން ސާއިލާ ނަގައިގެން އޭނާ މަސައްކަތް ކުރާ ހޮސްޕިޓަލަށް ގެންގޮސް ވަގުތުން ފަރުވާކުރީ އެއީ އޭނާގެ އާއިލާގެ ކުއްޖެއް ކަމަށް ބުނެއެވެ. ސާއިލާއަށް އެހީވާން އިކާން ބޭނުންވީ އެއީ އިކާންއާއި އެއް ޤައުމެއްގެ ކުއްޖެއް ހެން ހަމަ ހީވާތީވެއެވެ.
އެތަކެއް ހަރަދު ތަކެއް ކޮށްގެން ސާއިލާގެ ފުރާނަ ސަލާމަތް ކުރެވުނުނަމަވެސް ސާއިލާ ދިޔައީ ކޯމާއަކަށެވެ. ޑަކްޓަރުންނަށް ސާއިލާ ހޭއަރާނީ އެވަނި މިވަނި ދުވަހަކުންނޭ ބުނާކަށް ނޭނގުނެވެ.
ސާއިލާއާއި ބެހޭ މައުލޫމާތު ހޯދުމަށް އިކާން އެތަކެއް މަސައްކަތެއް ކުރިނަމަވެސް އިކާން ކުރި ހުރިހާމަސައްކަތެއް ވީ ބޭކާރެވެ. އިކާންގެ އެދުމުގެ މަތިން ސާއިލާ އިކާންގެ އެޕާރޓްމަންޓަށް ބަދަލު ކުރެވުނެވެ. އަދި އިކާންއަށް އަމިއްލައަށް ފެނިގެން ސާއިލާކައިރިއަށް ގޮސް ސާއިލާއަށް، އިކާންއަށް ލިބޭހުސް ވަގުތު ތަކުގައި ވާހަކަ ތައް ކިޔައިދީހަދަން ފެށީ އިކަންއަށް އަމިއްލައަށް ފެނިގެންނެވެ. ކޯމާގައި އޮންނަ މީހުންނަށް ވާހަކަ ނުދެއްކުނު ނަމަވެސް ދައްކާވާހަކަތައް އިވޭނެތިންނެވެ.
އިކާސް ގޭގައި ނޫޅޭ ގަޑިގަޑީގައި ސާއިލާގެ ގާތުގައި ހުންނަން ނަރުހެއްވެސް ހަމަޖެއްސީ އިކާންއަށް އަމިއްލައަށް ފެނިގެންނެވެ. ގާގައި އުޅޭ ގަޑިތަކުގައި އިކާން ގިނައިން ކިޔައިދީހަދަނީ އިނގިރޭސި ވާހަކަ ނަމަވެސް ދޭތެރެ ދޭތެރެއިން ދިވެހި ވާހަކަތައްވެސް ސާއިލާއަށް ކިޔައިދީ ހަދާ އުޅެއެވެ. އެގޮތުގައި ހަފްތާ ވޭތުވެގެން ދިޔައިރު ސާއިލާގެ ހާލަތު އަދިވެސް ހަމަ ކުރިޔާ އެއްގޮތެވެ. އިކާން ހުރީ ސާއިލާ ވަރަށް އަވަހަށް ހޭއަރާނެ ކަމުގެ އުންމީދުގައެވެ.
****
ފަތުހީ ސާއިލާ ހޯދުމުގެ މަސައްކަތް އޮސްޓްރޭލިއާގެ ފުލުހުން މެދުވެރިކޮށް ހޯދަން އުޅެ ނާކާމިޔާބުވުމުން އެކަން ޤަބޫލުކޮށް ހުއްޓާލިނަމަވެސް ފަތުހީ ޤަބޫލު ކުރާ ގޮތުގައި ސާއިލާ އަދި ގަދަވެ ސަލާމަތުން ދުނިޔާގައި އެބެހުއްޓެވެ. އަދި އިރާދަ ކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން ފަތުހީމެންނާއި ސާއިލާއަދި ބައްދަލު ވާނެއެވެ. އައިޒަންއަށް އަދިވެސް ސާއިލާއަކީ ކާކުކަން ފަތުހީމެން ބުނެނުދިންނަމަވެސް އައިޒަންއަށް އެކިމީހުންގެ ފަރާތުން ސާއިލާއާއި ބެހޭ އެކި މައުލޫމާތު އިވުނެވެ. އައިޒަންއަށް ސާއިލާއާއި މެދު ޝައުގުވެރިވެވުނީ އެއީ އޭނާގެ އަނބިމީހާކަންވެސް ނޭނގިހުރެ ހަމައެކަނި ނަން އަޑުއިވިލުމުންނެވެ. އެކި ގޮތްގޮތުން ސާއިލާއާއި ބެހޭގޮތުން އައިޒަން މައުލޫމާތު ހޯދަން ފެށީވެސް ހަމަ އެހެންވެއެވެ.
- -ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
33 Comments!
Comments are closed.


miothy nengi hure vevunu loabyge 5th part. hope you all like this part too. buni dhuvahah vure lahun upload kurevunu kamah takaa alhugandu maafah edhen.
Varah reeeeethi….?♥
Maafu kofin.varah varah reethi inthizaaru mikuranee 6 vana bayaka
thankyou so much Sidu. I’m trying to write it as soon as possible.
Masha Allah varah reethi mi part vx and waiting for the next part ????????????????????ly
Thankyou so much Axee? lytoo
Its totally amazing but adhi thankolheh sifakurunthr ginakohleema vrh reethivaane
I’m trying . Thankyou so much dear
Wow varah rythi yoonnal keep it up ???
Thankyou so much makku
Nice and interesting. Love this story ????
Wow v v salhi??????.. Waiting for next part??????
Thankyou so much mai??? thankyou for commenting on every single part.??
Obiness to the max. keep it up dear .when next can’t wait to read it .lysm desr
Thankyou so much dear. Lyt dear.??
Wow it is amazing. Curiously waiting for next part
Why is everything happening so fast slow down writer..or else readers may loose there interest it seems like a summary ?try a little bit harder dear? you can do it??
Maybe because I’m a straight forward person, my story also got the side effect? . Thankyou so much dear.?? I’ll try my best.
Masha allah! Mi part ves varah reethi
Waiting for next part……..
Thankyou arshan. Maybe I should use your name on the next story ?
Yoonnal
Yes dear? ?
Kondhuhukun next part up kurany??
V avahah insha’Allah
Next part varah avahah upload kohla dhehchey.. Vrh kiyaalaa hithun mihiree.. Vrh reethi story eh mi.. I luv your story?????.. Lysm yoonnal???????????????
Thankyou so much maii. Ilytoo. Keep reading . insha’Allah v avahah kohdheynan??
next part up kuraane dhuvaheh buneba.. cant wait to see what heppen. your stories are amazing. keep it up ??
i already submitted 6th part yesterday at 3.00pm but i dont know why it is still not published.
6 vana bai upkohdhybaaaaaaaaa
submit kohffa innaany
Varah reethi mi part vx❤❤❤
Avahah up kohla dheeeebaaa
dhen publish vihaa avaheh cz i already submitted it