ނޭނގިހުރެ ވެވުނު ލޯބި (7 ވަނަ ބައި)
އެންމެ ފުރަތަމަ ދުވަހުވެސް ރޫބީ އައިޒަންއާއި ވަރަށްވެސް ގައިގޯޅިވާން މަސައްކަތް ކުރާކަން އައިޒަންއަށް ފާހަގަވިނަމަވެސް ނުރުހުމުގެ ގޮތުން ރޫބީއާާއި ދިމާލަށް އެއްވެސް އެއްޗެކޭބުނާކަށް އައިޒަން ބޭނުމެއްނުވިއެވެ. އައިޒަން ރޫބީއަށް ފައިލެއް ހަވާލު ކޮށްލިޔަސް އެޔޮށް ބޮޑު ފައިލުގައި ވެސް އައިޒަންގެ އަތުގައި އަތްނުލައި ހިފޭކަމަކަށް ނުވެޔެވެ. ގަދަ ރަތް ކުލައެއް ރޫބީގެ ތުންފަތުގައި ޖައްސާލައިފައި ހުރި އިރު ވަރަށް ވެސް މޭކްއަޕް ކޮށްގެން ހުރިކަން ފާހަގަވެއެވެ. އަދި އިރު އިރުކޮޅާ މޭކްއަޕް ރަނގަޅު ކޮށްލާ ތުއިވެ ތުއިވެފައި އައިޒަންއަށް ބަލަބަލާފައި ވަހަކަ ދައްކަން މަސައްކަތް ކުރާކަންވެސް އައިޒަންއަށް ފާހަގަވިއެވެ. އެކަމާ އައިޒަން ވަރަށް ހިތްހަމަ ނުޖެހުނު ނަމަވެސް މަސްލަހަތަށްޓަކައި އައިޒަން އެއްޗެކޭނުބުނެއެވެ.
އޮފީސް ނިމުމުން އެއްވެސް ލަހެއް ނުކޮށް އައިޒަން ގެއަށް ދިޔައީ ވެފައި ހުރި ވަރުބައްޔެއްގެ ބޮޑު ކަމުންނެވެ ރޫބީ އުޅުން ގޮތުން އައިޒަން ވަރަށް ހިތްހަމަ ނުޖެހިފައި ހުރެ އޭނާގެ ގެއަށް ގޮސް ފެންވަރާ ތާޒާވެލައިން ކާން އައިސް ކާން ފެށުމުން މަންމަމެން ދެން ދައްކަން ފެށި ވާހަކައަކުން އައިޒަންގެ ތަބީއަތް ހީވީ ކުރިއަށްވުރެ އަދި އިތުރަށް ގޯސް ވެގެންދިޔަ ހެންނެވެ. އެދައްކަން ފެށި ވާހަކައެއްގެ ސަބަބުން އައިޒަންގެ އަރުން އިތުރަށް ދެން އެންމެ ބަތްފުކެއްވެސް ނުދިރުނީ އައިޒަންގެ މޫޑު ގޯސް ވީވަރުންނެވެ.
“ދަރިފުޅާ އައިޒަން! މަންމަމެންނަށް ދެން ފެންނަނީ ދަރިފުޅުވެސް މީހަކާ ކައިވެންޏެއް ކޮށް ރަނގަޅު ދިރިއުޅުމެއް އުޅެން. މަންމައާއި ބައްޕައަށް ވަރަށް ކަމުދާ ކުއްޖެއް ހޮވައިފިން. ދަރިފުޅަށް ކަމުދޭތަ ރޫބީ. ދަރިފުޅުގެ އެއްވެސް އިއުތިރާޒެއް މި ކައިވެނީގައި ނެތް ކަމުގައި ވާނަމަ މި ހުކުރު ދުހު ދަރިފުޅު ވާނެ ރޫބީއާއި އެއްކޮށް ރޫބީ ބުނާކަމެއް ކުރަން ހަވީރު ބޭރަށް ދާން.” އަނުމް އާއި ފަތުހީވެގެން ވާހަކަ ކުރިއަށް ގެންދިޔައީ ކޮންމެވެސް ގޮތަކުން އައިޒަންގެ ހަނދާންތައް އެނބުރި އާވޭތޯއެވެ. ކައިވެންޏެއްގެ ވާހަކަ ދެއްކުމުން ފަހަރެއްގައިވެސް އައިޒަންގެ ގެއްލިފައިވީ ހަނދާންތައް އެނބުރި އަތުވެދާނެ ކަމުގެ އުންމީދުގައެވެ.
ހަޤީޤަތުގައި ރޫބީގެ މައިންބަފައިންނަށް އައިޒަން ކަމުގޮސްގެން އައިޒަން ރޫބީއާއި ކައިވެނި ކުރަން އަނުމް އާއި ފަތުހީއާއި ވާހަކަ ދެއްކިއިރުވެސް ފަތުހީއާއި އަނުމްއަށް ރޫބީއަކީ މާކަމުދާ ކުއްޖެއް ނޫނެވެ. އެހެނަސް ރޫބީގެ މަންމަ ހަނާ އަދި ބައްޕަ ރިޔާޒް އަކީ ނުހަނު ދުވަސްވީ ރަހުމަތްތެރިންނަށް ވީތީއާއި އެކު އައިޒަންއާއި އެވާހަކަ ދައްކަން އެދުމުން އެވާހަކަ އައިޒަންގެ ގާތުގައި ދައްކަން ފަތުހީއާއި އަނުމް އެއްބަސް ވީއެވެ.
“ޑޭޑް! އަހަރެން އިތުރު ކައިވެންޏެއް ކުރާކަށް އަދި ބޭނުމެއް ނޫން.!” އެއްވެސް އިހުތިޔާރަކާނުލައި ފަތުހީ އާއި އަނުމް ދެއްކި ވާހަކައަށް ރައްދެއްގެ ގޮތުން އައިޒަންގެ ދުލުން އެ ބޭރުވީ ބަސްތައް ފަތުހީ އާއި އަނުމްގެ ސިކުނޑީގައި ކޮށްޓާލިއެވެ.
“އިތުރު ކައިވެންޏެއް؟؟؟” ފަތުހީއަށާއި އަނުމްއަށް އެއްފަހަރާ އެހެން ބުނެލެވުމުން އައިޒަންއަށް އޭނާއަށް އެހެން ބުނެވުނީ ކީއްވެ ބާއޭ ވިސްނަން މަޖުބޫރު ވެގެން ދިޔައެވެ. ކުލަ ފަނޑުކޮށް އަނބި ގަބޫލުކޮށްފީމޭ ބުނާއަޑު އައިޒަންގެ ކަންފަތުގައި ހިނދުކޮޅެއް ވަންދެން ގުގުމަމުން ދިޔައިރު ފަނޑު ފަނޑުކޮށް ކައިވެނީގެ ހެދުމުގައި އިން އަންހެން ކުއްޖެއް ވެސް ފެންނަމުން ދިޔައެވެ. އައިޒަންގެ ސިކުނޑިއަށް ވާންވަމުން ދިޔަވަރަކަށް ބޮލަށް ދިޔައީ ކުއްލި ކުއްލި ތަދުވެސް އަރަމުންނެވެ.
އޭސީގެ ފިނިކަން މުޅި މާހައުލުގައި ހުރިއިރުވެސް އައިޒަންގެ އެ ތަނަވަސް ނިތްކުރިމަތިން ދާތިކިތައް ހިލިގެން ދިޔައީ މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ. އައިޒަންގެ ނޭވާތައް އަވަސް ވެގެން ދިޔައިރު ފަތުހީއަށާއި އަނުމްއަށް އައިޒަންއަށް ވަމުން ދިޔަގޮތް ފަހުމް ވިއެވެ. ހަނދާންނެތިފައިވާކަމެއް ގަދަކަމުން ހަނދާންކުރަން އުޅޭނަމަ މިފަދަ ގޮތްތަކެއް ވެދާނެކަމަށް ޑަކްޓަރުން ކުރިންވެސް ބުންޏެވެ. ފަތުހީއަށާއި އަނުމްއަށް އައިޒަންއާއި ކައިވެނީގެ ވާހަކަ ދެއްކުމުން ދެމީހުންނަށްވެސް ދެމީހުންގެ އަމިއްލަ ނަފްސު ދިޔައީ ކުއްވެރި ކުރެވެމުންނެވެ. ފަތުހީ ތެދުވެގެން ގޮސް އައިޒަންގެ ބުރަކަށީގައި ފިރުމަން ފެށި އިރު އަނުމްގޮސް އައިޒަންގެ ތުނބުގައި އައިޒަންގެ ކައިރީހުރި ފެންތަށި ޖެއްސިއެވެ. ފަތުހީއަށާއި އަނުމްއަށް ހަމަ ޖެހުމުގެ ނެވައެއް ލެވުނީ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ހަމައަށް އެޅިގެން ދިއުމުންނެވެ.
“ޑޭޑް! އަހަރެން ގޮސްދާނަން ރޫބީއާއި އެއްކޮށް ބޭރަށް. ބިޒްނަސްއަށް ޕްރޮފިޓް ލިބެކަހަލަ އޮފާއެއް ދޫކޮށްލައިން ކަމަކު ނުދާންނު.” އައިޒަން އެހެން ބުނުމުން އައިޒަންއާއި ދެކޮޅަށް އެވެސް އެއްޗެއް ބުނާކަށް ފަތުހީއަށާއި އަނުމްއަކަށް ނުކެރުނެވެ. ފަތުހީ ދެން މައުލޫ ބަދަލުކޮށްލާ އެހެން ވާހަކައެއް ދައްކަން ފެށީ އައިޒަން ހަމައަކަށް އަޅުވާލުމުގެ ބޭނުމުގައެވެ.
ކައިގެން ޓީވީ ބަލަން އިނދެފައި އައިޒަން ކޮޓަރިއަށް ވަނީ ނިދާލުމުގެ ބެނުމުގައެވެ. އެހެނަސް އެނދުގައި ހަމަ އޮށޯވެލިތަނާ ވިސްނެންފެށީ ބައްޕަ ދެއްކި ވާހަކަ ތަކާ މެދުގައެވެ. އައިޒަންގެ ހަޔާތަށް ރޫބީ އަންނަން ހުދު އައިޒަންވެސް ނޭދޭއިރު ރޫބީ އައިޒަންގެ ހަޔާތައް އައުމުން ދެންވާނެ ގޮތަކާމެދު ވިސްނަންއޮށްވާ އައިޒަންއަށް ނިދިއްޖެއެވެ. އޭގެ އަނެއް ދުވަހެވެ. ހެނދުނު ހޭލާ ފެންވަރައިން އޮފީހަށް ދިޔައިރު ރޫބީ އަދި ނާދެއެވެ. އައިޒަން ލައިގެން ހުރި މަޑު މަޑު ހުދަކަށް ދާފާޑު ދަނބުލައިގެ ގަމީހު ކަރުގޮށް ނައްޓާލުމަށްފަހު އަޅައިން ހުރި ދަނބުކުލައިގެ ހިމަ ޓައީ ދޫކޮށްލާ އައިޒަންގެ ބޮޑުގޮނޑީގައި ހަމަޖެހިލަމުން ކުރަންހުރި މަސައްކަތް ތަކަށް ރުޖޫއަވީއިރުވެސް ރޫބީގެ ހިލަމެއްވެސް ނުވެއެވެ.
އިރުގަނޑެއް ފާއިތުވެގެން ދިޔައިރު ރޫބީ އެދުވަހު އޮފީހަށް އަައީ ގަޑި ޖެހިގެން އަދި އިތުރަށް އެއްގަޑިއިރުވެސް ފާއިތުވެގެން ދިޔަފަހުންނެވެ. ކުރީދުވަހެކޭ އެއްގޮތަށް މިއަދުވެސް ރޫބީގެ އިސްތަށިގަނޑު ފަހަތުން މައްޗަށް ވާހެން އައްސާލެވިފައި ވާއިރު ލައިން ހުރީވަސް ހަމަ އެފަދައިން ފަރުމާކޮށްފައިހުރި ހެދުމެކެވެ. ޕީޗް ކުލައިގެ ގަމީސް ކޮޅާއެކު މެރޫންކުލައިގެ ޕެންސިލް ސްކާރޓް ދަށަށްޖަހާފައި ވީއިރު ހަމަ ކުރީދުވަހެކޭވެސް އެއްގޮތަށްހުރީ ކަޅުކުލައިގެ ހައިހީލްއަކަށް އަރާލާފައެވެ. ނަމަވެސް ކުރީދުވަހާހިލާފަށް މޫނުމަތީގައި ވި މޭކަޕްބޮނޑީގެ ކުލަވަރުތައް ތަންފުކެއް މަޑުހެން ހީވެއެވެ. މިއަދު ރޫބީގެ މޫނުގައި ކޮށްފައިހުރި ހަމައެކަނި މޭކަޕެއްގޮތަށް ހުރީ މަޑު ރަތްކުލައިގެ ލިޕްސްޓިކެއް ޖައްސާލައިފައި އެކަންޏެވެ.
ގަޑިޖެހިގެން ރޫބީ އައިސް އޮފީހަށް ވަނުމުން އައިޒަން ވަރަށް ހިތްހަމަ ނުޖެހިފައިހުރެ ރޫބީ އާއި ވާހަކަ ދެއްކުމުން ރޫބީ އިސް ޖަހާލުމަށްފަހު މައާފަށް އެދުނެވެ. އަދި އެކަން ދެން ތަކުރާރު ނުވާނޭކަމަށްވެސް ބުންޏެވެ. ކޮންމެއަކަސް މިއަދުވެސް އިއްޔެއެކޭ އެއްގޮތަށް ރޫބީ އުޅުނީ އިންތިހާކަށް އައިޒަންގެ ގައިގައި ހޭކި ހޭކިފައެވެ. މީޓންގްއަކަށް މައްޗަށްދާން ލިފްޓަށް އެރާފައިވެސް އެޔޮށް ބޮޑު ލިފްޓްގަނޑުގައި ދެމީހުން އެކަނި ތިބިއިރުވެސް އައިޒަންގެ ގައިގާ ކޭތޭ ހިސާބުގައި ނޫނިއްޔާ ރޫބީއަށް ހުރެވޭ ކަމަކަށް ނުވިއެވެ. އައިޒަންގެ ހިތަށް ރޫބީ ދުރަށް ކޮށްޕާލާފައި ވައްޓާލަންވެސް ހިތަށް އެރިއެވެ. ހިތާހިތުން ރޫބީއާއި ދިމާއަށް ކުދިކިޔަމުން ދިޔައިރު މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފާޅުވާކަށް ނެތެވެ.
އައިޒަންއަށް ހުށަހަޅާއިދޭންއިން ޕްރެޒެންޓޭޝަންގައި އެކިކަހަލަ ބޮޑެތި ކުށްހުރުމުގެ ސަބަބުން އޮފާ ގެއްލެން އުޅެނިކޮށް މީޓިންގްގައި ރޫބީ ވަރަށް ރީތިކޮށް ވާހަކަދައްކައިން ރިސޯރޓްއާއި އެކު ލިބެން އޮތް އޮފާ ގެއްލުނަނުދީ ހިފެހެއްޓުމުން އައިޒަންގެ ހިތުގައި ރޫބީއާއި މެދުގައި އުފެދެން ފަށާފައި އޮތް ފޫހިކަން ކޮންމެސް ވަރަކަށް މަޑުވެގެންދިޔައެވެ. އަދި އައިޒަންއަށް ހިތާހިތުން ރޫބީއަށް ޝުކުރުވެރި ވެވުނު އިރު ހިތާހިރުން ރޫބީ ކުރި މަސައްކަތަށް ތައުރީފުވެސް ކޮށްލެވުނެވެ.
މީޓިންގް ނިންމާލުމަށްފަހު އަލުން އެނބުރި ކެބިންއަށްދާން ގޮސް ލިފްޓަށް އަރައިން ވަކި ހަމައަކަށް ނުދެވެނީސް ކަރަންޓުގޮސް ލިފްޓް ހުއްޓިއްޖެއެވެ. އައިޒަންއާއި ފުދޭވަރަކަށް ކައިރީގައި ހުރި ރޫބީ އައިސް އައިޒަންގެ ގައިގައި ކުއްލިއަކަށް ހިފައިގަތުމުން އެފަދަ ކަމަކަށް އައިޒަން ނުވިސްނާހުރުމުން އައިޒަން ބެލެންސު ކަޓައިން ރޫބީއާއިއެކު ވަރަށް ބާރަށް ބިއްމައްޗަށް ވެއްޓުނެވެ. ރޫބީ ބިރުން އައިޒަންގެ މުލައްދަނޑީގައި ހިފާ ބާރުކޮށްގެންއިންއިރު އައިޒަންބެލީ ރޫބީއާއި ދުރު ވެވޭތޯއެވެ. ކަރަންޓުނައިސް މާ ގިނައިރު ވާންފެށުމުން ރޫބީގެ ހެއަށްވެސް ގޮތްގޮތް ވާންފެށިއިރު އައިޒަން ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ލިފްޓްތެރޭގައި ފޯނަށް އެއްވެސް ވަރަކަށް ސިގްނަލް ލިބޭނެ ގޮތެއްވެސް ނެތްއިރު ގިނައިރުތަކަކަށް ފަހު ކަރަންޓުއައިސް ލިފްޓު ހުޅުވުންއިރު ރޫބީއޮތީ ހޭނެތިފައެވެ. އައިޒަންގެ އަތްދަނޑިމައްޗަށް އަވަސް ގޮތަކަށް ރޫބީލައިންގޮސް އައިޒަންގެ ކާރުގެ ދޮރުފަތް ހުޅުވާލުމައްފަހު ރޫބީ ކާރަށް ލައިފައި އައިސް އައިޒަން އަވަހަށް މިސްރާބު ޖެހީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ގެންގޮސް މަގިނައިރެއް ނުވަނީސް އަވަސް ފަރުވާދޭބައިގައި ރޫބީ އެޑްމިޓްކުރެވުނެވެ. އަދި މާގިނައިރެއް ނުވަނީސް ރޫބީ ހޭވެސް އަރައިފިއެވެ.
ހޭއަރާފައި ރޫބީ އައިޒަންއާއި ވާހަކަ ދެއްކިއެވެ. އެހެން އެވީ ރޫބީގެ ކްލާސްޓްރޮޕޯބިއާގެ ސަބަބުން ކަމުގައި ބުނަމުން އެއީ މާބޮޑު ކަމެއް ނޫންކަމަށް ރޫބީ އައިޒަންކައިރީ ބުންޏެވެ. އައިވީ ހުސްވުމުން ޑިސްޗާރޖްކޮށްދޭނެކަމަށް އެތަނަށްއައި ނަރުސްކުއްޖާބުނުމުން ރޫބީ އޮތީ އައިވީ ހުސްނުވެފައެވެ. ރޫބީ ކުރުނުކޮށް އައިޒަންގެ ގާތުގައި ރޫބީ ހޮސްޕިޓަލަށް ގެނައިކަން ރޫބީގެ މަންމައާއި ބައްޕަޔަކަށް ނާންގަން އެދުމުން އައިޒަން އެކަން ރިޔާޒްއަށާއި ހަނާއަށް ނާންގަން އެއްބަސްވިއެވެ.
ދެތިން ގަޑިއިރު ތެރޭގައި އައިވީ ހުސްވުމުން ހޮސްޕިޓަލުން ރޫބީ ޑިސްޗާރޖް ކުރުމުން އައިޒަން ދެން މިއަދު އޮފީހަށް ނަޔަސް އެންމެ ރަނގަޅުކަމުގައި ބުންޏެވެ. އައިޒަން އެހެން ރޫބީ ކައިރީ ބުނުމުން އައިޒަންގެ ގާތުގައި ރޫބީ އެދުނީ ރޫބީއާއި އެކު ޑޭޓަކަށް ދިޔުމަށެވެ. ދާން އެހާ ބޭނުން ނުވެފައި ހުރިނަމަވެސް މިއަދު ރޫބީ އައިޒަންއަށް އެ ޑީލް ހޯދައި ދިނުމުންނާއި ރޫބީއަށް މިއަދު އެދިމާވި ކަންތައްތަކުގެ ސަބަބުން ރޫބީގެ އެދުމަށް ދެކޮޅު ނުހަދާ އެއްބަސް ވިޔެވެ.
އައިޒަންގެ ގާތުގައި ރޫބީ އެދުނީ ސަބްމެރިންއެއް ކައިގެން ތިއޭޓަރުގައި ފިލްމެއް ބަލަން ދިޔުމަށެވެ. ކާރަށް އަރައިން ގޮސް ޑައިނަމޯރ އިން ދެމިހުންވެސް ބީފް ސަބްމެރިންކައިގެން ދެންދިޔައީ ރޫބީބޭނުންވާ އިނގިރޭސި ފިލްމު ބަލާށެވެ. އައިޒަންގެ ހަނދާންތައް ކޮންމެސްވަރަކަށް އާވާން ފެށީ ރޫބީ އާއި އެއްކޮށް ފިލްމު ތިއޭޓަރުގައި ބަލަންއިން ފިލްމުން ފެނުނު މަންޒަރަކުންނެވެ. އެފިލްމުގައި ފެންނަމުން ދިޔައީ ގުގުރާ ބޯކޮށް ވިދި ރެޔެއްގައި ކިޑްނެޕް ކޮށްފައި ތިބި ބަޔެކެވެ.
ޒުވާން ފިރިހެނަކާ އަންހެނެއް ހުސްކޮށް އޮތް ކޮޓަރިއެއްގައި ދެގޮނޑީގައި އައްސާފައި ތިބި އިރު ގުގުރާލާ ކޮންމެ ފަހަރަކު އަންހެން ކުއްޖާއަށް ވަމުން ދިޔަ ގޮތް ފެނި އައިޒަންގެ ބޮލަށް ތޫނު ތަދުތަކެއް އަރަމުން ދިޔައިރު އައިޒަންގެ ނިތްކުރީގައި ދާތިކި ތައް ފައުޅުވަމުން ދިޔައެވެ. އައިޒަންގެ ލޮލު ކުރިމަތީގައި އެފަދަ އެހެން މަންޒަރެއް ފެންނަމުން ދިޔަހެން ހީވިއެވެ. ވިސްނަން މަސައްކަތް ކުރިވަރަކަށް އައިޒަންގެ ސިކުނޑިއަށް ބާރު ބޮޑުވަމުން ދިޔައެވެ. ބޮލުގައި ގަދަ ރިހުމެއް އުފެދިގެން ދިޔައިރު އޭސީކޮށްފައި ހުރި އެތިއޭޓަރުގައި އިންއިރުވެސް އައިޒަންގެ މޫނުމަތިން ދާހިއްލަމުންގޮސް ނިތްކުރި މަތީގައިހުރި އިސްތަށިތަކުން ބޮޑުބައެއް އައިޒަންގެ ނިތުގައި ވީ ތަތް ލަވާފައެވެ.
ރޫބީ އިނީ ގަނެގެން އައި ޕޮޕްކޯން ތަށިން ޕޮޕްކޯރން ކަމުން ކޯލާ ބޮމުން ވަރަށް ޝައުގުވެރިކަމާއިއެކު ފިލްމު ބަލަން ކަމުން އައިޒަންއަށް ގޮތްތަކެއް ވަމުން ދިޔަކަން ރޫބީއަށް ރޭކައިވެސް ނުލައެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތި ރޫބީ އިނީ އެ ބިރުވެރި ފިލްމުގެ ތެރެއަށް ގެއްލި ހުސްވެފައެވެ.
****
މެންދުރުގެ އެވަގުތުގައި އިކާންއާއި ސާއިލާތިބީ މެންދުރުގެ ކެއުން ކާށެވެ. ފިހުނު ގެރިމަހާއި ވަރަށް ސޯސީކޮށް ކުޅިކޮށް ސާއިލާ ހަދާފައިހުރި މަޝްރޫމް ސްޕެގެޓީ ކާންތިބިއިރު އެދެމެދުގައި ދެކެވެމުން ދިޔައީ މަޝްހޫރު ސީރީޒް ފްރެންޑްސްގެ ވާހަކައެވެ. ވަރަށް މަޖާކޮށް ވާހަކަ ދައްކަމުން ދައްކަމުންގޮސް ކައި ނިންމާލައިފައި ފެންތަށި ބޯލައިން ތެދުވިގޮތަށް ސާއިލާ އަނގައިގައި އަތް އަޅަމުން ވަރަށް ބާރަށް ދުއްވައިގަތީ ފާހަނައާއި ދިމާއަށެވެ. އިކާންވެސް ސާއިލާގެ ފަހަތުން ދުވެފައި ދިޔައިރު ސާއިލާއޮތީ ފާހަނަތަށި ކައިރިޔަށް ގުދުވެ ފާހަނަ ތަށިތެރެއަށް ހޮޑު ލާށެވެ. އިކާންގޮސް ސާއިލާގެ ބުރަކަށީގައި ތަޅާލުމަށްފަހު އެހެންއެވީ މާއަވަސް އަރުވާލައިން މާކުޅިއެއްޗެއް ކެއުމުންކަމަށް ކިޔަމުން ދިޔައެވެ. ހޮޑުލައި ނިމިގެން ފާހަނައިން ރަނގަޅަށް ނުނިކުމެވެނީސް ސާއިލާ އަރި އަޅަލައިގެން ދިއުމުން އިކާން ދުވެފައިގޮސް ސާއިލާ ހިފެހެއްޓިއެވެ. އިކާން ސާއިލާ ހިފެހެއްޓިކަމެއް ނޭނގެނީސް އިކާންގެ އަތުތެރެއަށް ސާއިލާދެމުނެވެ. އަވަހަށް ސާއިލާ އަތް ދަނޑިމައްޗަށް އުފުލާލައިން ގެންގޮސް އިކާންގެ ކާރަށް އަރުވައިން އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް ގޮސް އަވަސް ފަރުވާދޭބައިގައި އެޑްމިޓް ކުރުވިއެވެ.
- – ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.


Me first dhw. V v v reethi mi part vx. Waiting for next part?????
thankyou so much maii. you’re my favourite reader.. keep reading!!
???Varah rythi.
thankyou so much dear
???bunelan othy hama
awwn thankyou so much naii
??Mi part vx?? vvv?? reethi ???
thankyou. *many blue hearts*
Where is the cover pic?
Varah reethi???
i was busy so i forgot to post a comment. miothy 7th part of nengi hure vevunu loabi. cover picture eh ves neh dho . inshallah v avahah aneh part ves genes dheveytho balaanan. thankyou readers.
varah higaimu
thankyou
REETHI
SALHI
kon iraku next part
Next part ge inthizarugai……..
thankyou so much for waiting
Mi vaahaka upload kuraa dhuvas bunaanama aslu vrh prfect vaane
when is nxt part?
exams nimunyma dhen. varah busy koh miulheny thats why.
Kondhuvahakun next part up kohla dheny? Mihaaru vx mihiree varah kiyaalaa hithun. Maii ah enme kamudhanee mi story. Love you yoonal dear..???????
alhuganduge exams feshen ulheythyve exams nimuneema mi story alun continue kuraanan. mivaahaka nimendhen genesdheynan inshaallah. I’m really sorry my beloved readers <3
Ok…. hama wait kohgen mihuree. ☺?
V v riythi mi vaahaka. v kiyaahithun indhan e nimuniy????. whn is next part! kon iraku exams thah nimeny
Alhugandu vaahakaiga 8th part submit kohffa innathaa mihaaru 2 days vehjje. Ekam nenge publish eh nuvey
Haadha las vehjey story?. Vrh kiyaa hithun mihiree. Konme dhuvahaku vx balan vaahaka up kohfitho. Ekam dhen las nukoh up kohla dheeba… Please
8th part innaane submit kohffa. Omg really you checked every day whether my story is published there or not? Really? I’m so touched to hear that. I actually thought that there won’t be readers who remember this story. Even my bestie told me that now nobody will remember this story. However I really like to write that’s why I started writing . Anyways I really love you Mai❣️❣️.
ehnmyhun vx vhk liyamun vx test thereyga eba ulhey. ekm dhn mivareh noon. test kuri mathyga ohva kyhkuran feshy dhn nuliyeveyne kan ingey iru
Asluga alhugandu ves huree test thereyga weekends ga liyanvegenney. But I forgot my password and I could not reset the password. Then when I got a new password from admin my computer was broken. My computer still isnot fixed. Then I dont really use my laptop. Varah stuck vaatheeve. Ekam comp nehedhi Gina dhuvas vaatheeve I wrote 8th part in my laptop and I already submitted. Then phone or tablet in dhivehi type kuran undhagoo alhugandah ehenve aslu ehaa lass evee. I already submitted 8th part 2 days ago and I’m sorry to say it’ll be a little bit short than other parts. If I disappointed you then I’m sorry. But thankyou very much for waiting.??♥️