މަންޝާ 2 – 2

- by - 26- August 5, 2019

އެ ހިޔަނީގެ ބިރުވެރި ހުނުމުގެ އަޑު ގަދަވަމުން ދިޔަވަރަކަށް އެ ގަސްދަށަށް ޖެހެމުންދިޔަ ވައި ގަދަވަމުން ދިޔައެވެ. ވައިގަދަވުމުގެ ސަބަބުން ބިންމަތީގައިވާ ހިކިފަތްތަކާއި ކުނިބުނިތައް ވަޔާ އެކުވެ އުދުހެން ފެށުމުން މަންޝާ ދެލޯ މަރާ ބާރުކޮށްލިއެވެ. ވަޔާއެކީ މަންޝާގެ ހެދުން އޭރުވަނީ ފަލަމަސްގަނޑާ ހަމައަށް އަރާފައެވެ. އޭރު އެ ހިޔަނި މަންޝާގެ ހަށިގަނޑާ ދިމާއަށް ގުދުވަނީއެވެ. އެވަގުތު އެ ހިޔަނީގެ ދެލޯ ރަތްކުލައިން ދިއްލިގެން ދިޔަ މަންޒަރު މަންޝާއަށް ފެނުމުން އިހުނަށްވުރެ ބޮޑަށް ބިރުގަތެވެ. ހަދާނެގޮތް ހުސްވެގެން ދިޔަ ކަހަލައެވެ. އަލިފާންހާ ހޫނު އަތްތިލައަކުން މަންޝާގެ ފަލަމަސްގަނޑުގައި އަތް ޖައްސާލުމުން މަންޝާ ކަރުބުޑުން ހަޅޭއް ލަވައިގަތީ އޭނާގެ ހަށިގަނޑުން ނެގި ތޫނު ދިލައަށް ކެތް ނުކުރެވިގެންނެވެ.

“މަންމާ……..”

*** *** *** *** *** ***

“މަގޭ ދަރި….”

ހަޅޭއްލަވަމުން މަދީހާ ރޮމުން ދިޔައީ ނިދީގައި އޮވެކަން ހަދީޖާއަށް އެނގުނީ މަދީހާގެ ހަރަކާތްތައް ހުރި ގޮތުންނެވެ. ހަދީޖާގެ މަގަތުގައި މަދީހާ އޮތް އިރު ދެއަތަށް ބޯ ހޫރަމުން އޭނާ ގޮވަމުން ދިޔައީ އޭނާގެ ދަރިފުޅު މަންޝާއަށެވެ. އެނދުގައި އެއްއަތް ވިއްދާލުމަށްފަހު ހަދީޖާ ތެދުވަން މަސައްކަތްކުރަމުން އަނެއް އަތުން މަދީހާގެ ގައިގާ ހިފާ ތަޅުވަމުން ގޮވާލިއެވެ. ސިއްސައިގެންގޮސް ލޯހުޅުވާ ބޮޑުކޮށްލަމުން މަދީހާ ބަލާލީ ހާސްކަމާއެކުގައެވެ. މޫނުގައި އަތް ހާކަމުން ތެދުވެ އެނދުގައި ހަމަޖެހިލައިގެން އިށީންއިރުވެސް މަދީހާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވަމުން ދިޔަކަން ހަދީޖާއަށް ނަގައިގަނެވުނެވެ.

“ކިހިނެއްވީ؟ ނިދާފަ އޮވެތަ ތި ވާހަކަ ދައްކަނީ. ބިރުވެރި ހުވަފެނެއް ފެނުނީތަ؟” މަދީހާގެ ބުރަކަށީގައި ފިރުމާލަމުން ހަދީޖާ ވާހަކަ ދެއްކީ ނުހަނު ލޯތްބާ އޯގާތެރިކަމާއެކުގައެވެ.

ހިމޭނުން އިނުމަށްފަހު ނޫނެކޭ ބުނެ މަދީހާ ދެއަތަށް ބޯހޫރުވާލީ ހާދީޖާ ހާސްވެދާނެތީއެވެ. ކެއްސާލަމުން ހަދީޖާ މޭގައި އަތް އަޅާލީ ނެވާއަށް އުނދަގޫވާކަހަލަ ގޮތެއް ވުމުންނެވެ. މޭޒުމަތީ ހުރި ޖަގުން ތައްޓަކަށް ފެންފޮދެއް އަޅަމުން ހަދީޖާއާ ދިމާއަށް މަދީހާ ބަލާލިއެވެ. ހަދީޖާގެ ތުނބުގައި ފެންތަށި ޖައްސައިދެމުން މަދީހާ ވާހަކަ ދެއްކިއެވެ. “އަމާ.. ފެންފޮދެއް ބޯލަބަލަ… މިހާރު ކިހިނެއް…”

ފެންފޮދެއް ބޯލުމަށްފަހު ހަދީޖާ ފުންކޮށް ނޭވާލަމުން މޭގައި ފިރުމާލިއެވެ. “ރަނގަޅުތަ؟” މަދީހާގެ މޫނަށް ބަލާލަމުން ހަދީޖާ ބޯ ޖަހާލީ އާއެނކޭ ބުނާ ފަދަ ގޮތަކަށެވެ. ތަށި މޭޒުމަތީ ބަހައްޓަމުން ފާރުގައިހުރި ގަޑިއަށް މަދީހާ ނަޒަރު ހިންގާލިއެވެ.

“އެކެއް ޖަހަނީ ދޯ… އަހަރެން ވަރަށް ބިރުގަނޭ.. މަންޝާ މަތިން ވަރަށް ހަނދާންވާ ދުވަސްކޮޅެއް… ހިތައް އަރާ އެމަންޖެއަށް ގުޅާލަންވީއޭ…” މޭޒުމަތީ އޮތް ފޯނުނަގާ އަތަށް ހެޔޮވަރުކޮށްލަމުން ހަދީޖާގެ މޫނަށް މަދީހާ ބަލާލީ މަންމަ އެއްޗެއް ބުނަން އުޅޭހެން ހީވުމުންނެވެ.

“މިދެން ކޮންގަޑިއެއް އެމަންޖެއަށް ގުޅަން… މިގަޑީ މަންޝާވެސް އޮންނާނީ ނިދާފަ… ހެނދުނުވީމަ ގުޅާ… އީދު ވިލޭރޭ އެހާ ބުރަކޮށްއުޅެފަ ނިދީމަ ފެނުނު ހުވަފެނެއްތީ… ފަތިހަށް ހޭލަންވެސް ޖެހޭނެއްނު.. ނިދޭތޯ ބަލާބަލަ” ހަދީޖާ ވާހަކަ ދައްކަމުން ދިޔައިރު އާފުރުނެވެ. ހަދީޖާ ނިދިއައިސްގެން ދެލޮލަށް ބަރުވަމުން ދިޔަކަން އެނގުމުން މަންމަގެ ގައިމަތީ މަދީހާ ރަޖާ އަޅާލިއެވެ.

އެނދުގައި އޮށޯތުމަށްފަހު ނިތްކުރިމަތީ އެއް އަތް ބާއްވައިގެން މަދީހާ އޮތީ ފުން ވިސްނުމެއްގެ ތެރޭގައެވެ. މަޑުމަޑުން ދައުރުވަމުންދިޔަ ފަންކާއަށް ބަލަން އޮތްއިރު މަދީހާ ދެލޮލުން ކަރުނަ ފާއްދާލިއެވެ.

*** *** *** *** *** ***

“މަންމާ….”

ސިއްސައިގެން ގޮސް މަންޝާ ދެލޯ ހުޅުވާލި އިރު މުޅި މީހާވަނީ ދާހިތްލާ ފޯވެފައެވެ. ވަށައިގެން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލެވުނީ އޭނާއަށް މި ހުރެވުނު ތަނާ މެދު ޝައްކު އުފެދޭތީއެވެ. އާދައިގެ ސިންގަލް އެނދަކާ، ދެ ދޮރުފަތްލީ އަލަމާރިއަކާ، ޑްރެސިންގް ޓޭބަލްއެއް ހުރި އެ ކުޑަ ކޮޓަރި ތެރެއަށް ބަލަން އިނުމަށްފަހު ކުއްލިއަކަށް އިސްއުފުލާލަމުން ސީލިންގާ ދިމާއަށް މަންޝާ ބަލާލީ ދެންމެ ފެނުނު ބިރުވެރި ހުވަފެން ހަނދާން ވުމުންނެވެ.

ހުއްޓިފައިވާ ފަންކާ ފެނުމުން އެހާ ހޫނުވެ ދާހިއްލީ ކީއްވެގެންކަން މަންޝާއަށް އެނގުމުން ފަންކާގެ ސްވިޗް ޖައްސަން އަވަސްވެގަތެވެ. ސްވިޗް ދެބުރަކަށް ޖައްސާ ނިއްވާލުމުންވެސް އެ ކޮޓަރީގައި ހުރި ފަންކާ އެނބުރޭ ގޮތެއް ނުވިއެވެ. ވެފައިވާ ހޫނުން މިރޭ ދެން ނުނިދޭނެކަން އެނގޭތީ މަންޝާ ބޭނުންވީ ވައި ޖައްސާލާން ބޭރަށް ނުކުންނާށެވެ.

ގަޑިން އެކެއް ޖެހުމާއެކީ ބޮޑުކޮޓަރީތެރޭ ހުރި ގަޑިން ރަނގަބީލް ޖެހި އަޑުން ގޭތެރޭގެ ހަމަހިމޭންކަން ނަގާލައިފިއެވެ. މަންޝާއަށް މިފަދަ ހުވަފެންތައް ފެނުނު ނަމަވެސް ހޭލެވުމުން އެ ފެނުނު ހުވަފެން މުޅިއަކުން ހަނދާނަކު ނުހުރެއެވެ. ދެންމެ ފެނުނު ހުވަފެނުގައި ބިޔަ ގަސްތަކެއް ފެނުނުކަމާ ގައިން ދިލަ ނެގިކަން ހަނދާން ވުމުން އެއްއަތުން އަތުގެ މުލައްދަނޑީގައި އަތް ހާކާލެވުނެވެ.

ހިތްހަމަ ޖައްސާލަން ބޭރަށްދާން މަންޝާ ނުކުންނަމުން އެނާގެ ދިގު އިސްތަށިގަނޑު ވޫލްކޮޅެއްގެ އެހީގައި އައްސާލިއެވެ. ކޮޓަރިން ބޭރަށް ނުކުމެ ޖެހިގެން ހުރި ކޮޓަރިއަށް ބަލާލުމަށްފަހު ސިއްރުސިއްރުން ދޮރުލައްޕާލީ އެއްވެސް އަޑެއް ނީވޭނެހެންނެވެ. ރަށުތެރޭގައި މީހުން މަދުވުމުން މަންޝާ ބޭރަށް ނުކުމެލީ އޭނާއަށް އުދާސްކަމެއް އިހްސާސްވާން ފެށުމުންނެވެ. ގެއިން ބޭރަށްނުކުމެ މަގުގެ ދެކޮޅަށް ބަލާލުމަށްފަހު ފުންނޭވާއެއް އެތެރެކޮށްލަމުން ހަށަން ބަނދެލިއެވެ. އުދަރެހަށް ނަޒަރު ހިންގާލީ ގައިގާ ބީހިލި ވައިރޯޅިން ފިނިކަމެއް އިހްސާސް ކުރުމުންނެވެ.

އުޑުމަތި ސާފް ރީތި ރެއެކެވެ. މަގުމަތީގައި ދިއްލާފައިވާ ހޮޅިބުރިތަކުގެ އަލިގަދަކަމުން އުދަރެހުގައި ވިދާ ބަބުޅަމުންދިޔަ ތަރިތަކުގެ ވިދުން ސާފުކޮށް ނުފެންނާނެކަން މަންޝާއަށް އެނގުނެވެ. ކުރިއަށް ފިޔަވަޅެއް އަޅަން މަސައްކަތް ކުރަމުން ފަސްއެނބުރި ބަލާލީ ގޭތެރެއިން މީހެއްގެ ހިލަމެއް ވެދާނެތީއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ކޮޓަރިއަށް ވަދެ ނިދުމުން މަންޝާ ބޭރަށްނުކުމެ ހަދަނީ މިފަދަ ގަޑިތަކުގައެވެ. މިގޮތަށް ބޭރަށްނުކުމެ ހަދަނީ މަންޝާ އެކަނި ބޭރަށް ނުކުންނަން އަޒީމް ނުރުހޭތީއެވެ. ރަށުތެރެ ހަމަހިމޭންވުމުން މިގޮތަށް ބޭރަށްނުކުތުމަކީ މަންޝާގެ އާދައެކެވެ. ނިދިއްޖެނަމަ މަންޝާއަށް އުނދަގޫވާ ޒާތްޒާތުގެ ހުވަފެން ފެނެއެވެ. ހޭލެވުމުން އެ ފެނުން ހުވަފެން ހަދާނަކު ނުހުރެއެވެ. މިފަދަ ހުވަފެނެއް ފެނިއްޖިއްޔާ މަންޝާއަށް ދެން އެރެއަކު ނުނިދޭނެއެވެ.

ތާރުއަޅާފައިވާ މަގުތަކުން މަންޝާ މިސްރާބުޖެހީ އަތިރިއާ ވީ ފަރާތަށެވެ. ރޭގަނޑުގެ މިހަމަހިމޭން މާހައުލުން މަންޝާގެ ހިތަށް ލިއްބައިދެމުން ދިޔަ ހިތްހަމަޖެހުމާއި އަރާމު ބުނެދޭން ދައްޗެވެ.

ތާރުއަޅާފައިވާ މަގުތަކުން މަންޝާ މިސްރާބުޖެހީ އަތިރިއާ ވީ ފަރާތަށެވެ. ރޭގަނޑުގެ މިހަމަހިމޭން މާހައުލުން މަންޝާގެ ހިތަށް ލިއްބައިދެމުން ދިޔަ ހިތްހަމަޖެހުމާއި އަރާމު ބުނެދޭން ދައްޗެވެ. މަންޝާގެ ފަން އިސްތަށިގަނޑު ވަޔާއިއެކީ ނަށަމުން ދިޔައިރު އެކަމަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. ކުރިމަތިން ފެންނަމުން ދިޔަ އަނދިރި ގަސްތަކުގެ ތެރެއަށް ވަންނަން މަންޝާ ފަހެއް ނުޖެހުނެވެ.

*** *** *** *** *** ***

އައްޑޫ ރީޖަނަލް އެއަރޕޯޓަށް މޯލްޑިވިއަންގެ ފްލައިޓު އައިސް ޖެއްސުމާއެކު އެ ފްލައިޓުގައި ދަތުރުކުރި ފަސިންޖަރުންތަކުގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔަ ކަހަލައެވެ. އެންމެންގެ މޫނުމަތިން ފާޅުވަމުންދިޔައީ އުފާވެރިކަމެވެ. ސީޓް ބެލްޓް ނައްޓާލުމަށްފަހު ސީޓުން ތެދުވުމަށް އެންމެން އަވަސްވެގަތެވެ. ހުރިހާ ފަސިންޖަރުން ފްލައިޓުން ފޭބުމަށް ހަރަކާތްތެރިވަމުން ދިޔައިރު 25 އަހަރުގެ ހޫދު އިނީ ފޯނުގެ ސްކްރީނަށް ނަޒަރު ހުސްކޮށްލައިގެން ފޯނުން ފެންނަމުން ދިޔަ މަންޒަރަށް ބަލާށެވެ. ގުޑިލަންވެސް ހިތަށްނާރާ އިން ޒުވާނާ ފެނުމުން އެފްލައިޓުގެ ކެބިން ކްރޫއަކަށް ހުރި އަންހެން ކުއްޖާ އެދިމާއަށް ހިނގައިގަތެވެ.

“އެކްސްކިއުޒްމީ… ފްލައިޓް ޖައްސައިފި…”

ކެބިންކްރޫ ދައްކަމުންދިޔަ ވާހަކަ ހޫދަށް އަޑުއިވުނު ހެނެއް ހިއެއްނުވިއެވެ. ޖަވާބެއް ނުލިބުމުން ހޫދުގެ އަތުގައި ކެބިންކްރޫ މަޑުމަޑުން ކޮއްޓާލިއެވެ. ސިހިފައި ކެބިންކްރޫއާ ދިމާއަށް ބަލާލުމަށްފަހު ފްލައިޓު ތެރެއަށް ހޫދު ނަޒަރު ހިންގާލިއެވެ. މޫނުގެ ދެފަރާތަށް ވެއްޓިފައިވާ އިސްތަށިތައް އެއްފަރާތްކޮށްލުމަށްފަހު ކަންފަތަށް ޖަހާފައިވާ ހެޑްސެޓް ނަގަމުން ކެބިން ކްރޫއާ ދިމާއަށް ބަލާލިއެވެ.

ހޫދުގެ ދޮން މޫނު ރަތްވެގެން ދިޔަތަން އެ އަންހެން ކުއްޖާއަށް ފެނުނެވެ. ހަތަރުކަޅި ހަމަނުކުރަން އިސްޖަހައިގެން ހުރެ ގޮނޑިން ތެދުވަން މަސައްކަތް ކުރި ނަމަވެސް ހޫދަށް ގޮނޑިން ތެދުވެވޭގޮތެއް ނުވިއެވެ. ވެގެން އުޅޭގޮތް ކެބިން ކްރޫއަށް އެނގުމުން ހިނިތުންވަމުން ހޫދާ ދިމާއަށް އޭނާ ބަލާލިއެވެ. ސީޓުން ތެދުވަން ހޫދު މަސައްކަތް ކުރަމުންދިޔައީ ސީޓްބެލްޓް ނުނައްޓާ އިނދެއެވެ. މަޑުމަޑުން ސީޓްބެލްޓް ނައްޓާލަމުން ހޫދު ގޮނޑިން ތެދުވިއިރު ލަދުން ހަލާކުވަނީއެވެ.

އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ފްލައިޓުން ފޭބުމަށް ހޫދު އަވަސްވެގަތެވެ. ދޮރު ކައިރީ ތިބި ކެބިންކްރޫއިންނާ ދިމާއަށް ހޫދު ބަލާލީ ހިނިތުން ވެލަމުންނެވެ. މޯލްޑިވިއަންގެ ޔުނީފޯމްގައި ތިބި ދެ އަންހެންކުދިންނަށް ހެވޭ ގޮތް ވިއެވެ. ހޫދު އިސްޖަހާލަމުން ބޮލުގައި އެއްއަތުން ފިރުމާލަމުން ފްލައިޓުން ނުކުންނަ ހަރުފަތުގައި ފައިޖައްސާލީ ބޭރަށް ބަލާލަމުންނެވެ.

“ޝުކުރިއްޔާ..” އެ ފްލައިޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންނަށް ޝުކުރުއަދާ ކުރާ ބީދައިން އެތަނުން އެއްކުއްޖަކު ހިނިތުންވެލަމުން އެހެން ބުނެލީ މަޑުމައިތިރި ރީތި ރާގަކަށެވެ. އެ އަޑު ޖެހުމުން ހޫދުގެ ދެލޯ މަރާލެވުނެވެ. ހަރުފަތުން ފޭބުމަށްފަހު ފްލައިޓާ ދިމާއަށް ހޫދު ބަލާލިއިރު ދެ ކެބިން ކްރޫއިން އޮލަ ވާހަކައެއްގަ ތިބި ތަން ފެނި ހޫދުގެ ފިޔަވަޅު މަޑުކޮށްލެވުނެވެ. ކެބިންކްރޫއިންނަށް ތިބޭ ކުދިން ރީތި ވާހަކަ އަޑު އެހި ނަމަވެސް ރާއްޖޭގައި މިހާ ރީތި ކުދިން އުޅޭކަމެއް ހޫދަށް އެނގިފައެއް ނެތެވެ.

އެއަރޕޯޓުގެ އެރައިވަލް ގޭޓުން ނުކުތްއިރު ފޯނަށް ހޫދު ބަލާލީ ވައިބްރޭޓްވާން ފެށުމުންނެވެ. ކަންފަތުގައި ފޯނު ޖަހައިގެންހުރެ ހޫދު ވާހަކަ ދައްކަމުން ދިޔައިރު އެ ސަރަހައްދުގައި ތިބި ބީރައްޓެހި މޫނުތަކަށް ނަޒަރު ހިންގާލެވުނެވެ.

“މަންމާ، ދެން އެހާ ވަރަށް ނުވިސްނަބަލަ… އަހަރެން މީ ކުޑަ ކުއްޖެއް ނޫނޭ… ކިޝަން ފެނޭތޯ މި ބަލަނީ.. ގެއަށް ދެވުނީމަ މަންމައަށް ގުޅާނަން… އޯކޭ ދެން ބޭއްވީ.. ހޫމް..” ފޯނަށް ވާހަކަ ދައްކަމުން ދިޔަ ހޫދަށް ދުރުގައިހުރި މީހަކު އަތް ހަނާއަޅާތަން ފެނުމުން އެދިމާއަށް ހިނގައިގަތީ ލަގެޖްގެ އަތްގަނޑުގައި ހިފާ ލަގެޖް ދަމަމުންނެވެ.

ޓެކްސީއެއް ކައިރީގައި ހުއްޓިގެންހުރި މެދު އުމުރުގެ ފިރިހެންމީހާއަކީ ދިގު އިސްކޮޅެއް ލިބިފައިވާ ރީތި މީހެކެވެ. އެމީހާގެ އަތުގައި ހޫދުގެ ނަން ޖަހާފައިވާ ބޯޑެއް އޮތެވެ. ހޫދުއާ މުޚާތަބުކޮށް ވާހަކަ ދައްކަމުން އެ މީހާ ހިނިތުންވެލިއެވެ.

“ހޫދު…ހާލު ކިހިނެއް؟ އަރާ ކާރަށް..” ޓެކްސީގެ ޑިކީބަޔަށް ލަގެޖްލަމުން އެމީހާ ވާހަކަ ދެއްކީ ހިތްހެޔޮކަމާ އެކުގައެވެ. ހޫދު ކައިރިއަށް ޖެހިލަމުން އެމީހާ އަތް ދިއްކޮށްލީ ސަލާމްކޮށްލާއެވެ. “އަހަރެންނަށް ކިޔަނީ ކިޝަން… ދެންމެ ހޫދުގެ ބައްޕަ ގުޅާފަ ވަރަށް ވާހަކަ ދެއްކި. ބުނި ހޫދު އަލަށޯ ރާއްޖެތެރޭ ރަށަކަށް ތިއައީ… “

ސީޓުގައި އިށީނދެ ހަމަޖެހިލަން މަސައްކަތްކުރަމުން ހޫދު ވާހަކަދައްކަން ފެށިއެވެ. “ހުޅުދޫއަށް ދެވޭނީ އަދި ކިހާ އިރަކުން… ވަރަށް ޓަޔަޑް…”

“މާ ގިނަ އިރެއް ނުވާނެ. އަހަރެން ލޯންޗު ހަމަޖައްސާފަ މިއައީ. ދިގު ދަތުރެއްދޯ… މާދަމާ ހެނދުނުން ރާއިދްމެން އައިމަ ދޯ މަސައްކަތުގެ ވާހަކަތައް ޑިސްކަސް ކުރާނީ…” ކާރު ދުއްވަން ހުރި މީހާގެ މޫނަށް ބަލާލުމަށްފަހު ކިޝަން ވާހަކަ މެދުކަނޑާލިއެވެ.

“މިއަތަށް އަޅާ.. މިހެން ދިޔައިމަ އަވަހަށް ދެވޭނީ…” ކާރު ދުއްވަން އިން މީހާއަށް މަގު ދައްކައިދިނުމަށްފަހު ފަހަތު ސީޓުގައި އިން ހޫދާ ދިމާއަށް ކިޝަން އެނބުރިލިއެވެ. “ރާއިދް އެއީ ކިޝަންގެ ދަރިފުޅުތަ؟…” ފޯނުގެ ސްކްރީނަށް ބަލަން އިނދެ ހޫދު ސުވާލުކޮށްލިއެވެ.

“ނޫން. އެއީ މި މަސައްކަތުގަ އަހަރެމެންނާ އެކު އުޅޭ ސޮރެއް. އަހަރެން ދަރިވެސް އުޅޭނެ… އޭނައަށް ކިޔަނީ ކިނާން..؟” ކިޝަން އެކި ވާހަކަތައް ހިއްސާކުރަމުން ދިޔައިރު ހީވަނީ ދަންނަ ގާތް ރައްޓެއްސެއް ހެންނެވެ. ކިޝަން ބަހައްޓަމުން ދިޔަ ގާތްކަމުގެ ސަބަބުން ހޫދުގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

26

You may also like...

8 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Mansha ge dhevana part enme faahaga kureveny kuryge baitha ginakan anyway I hope Mansha ah zibaan libeyne kann even thought he is not a human😊

    ⚠Report!

Leave a Reply

Your email address will not be published.