އެ ހިޔަނީގެ ބިރުވެރި ހުނުމުގެ އަޑު ގަދަވަމުން ދިޔަވަރަކަށް އެ ގަސްދަށަށް ޖެހެމުންދިޔަ ވައި ގަދަވަމުން ދިޔައެވެ. ވައިގަދަވުމުގެ ސަބަބުން ބިންމަތީގައިވާ ހިކިފަތްތަކާއި ކުނިބުނިތައް ވަޔާ އެކުވެ އުދުހެން ފެށުމުން މަންޝާ ދެލޯ މަރާ ބާރުކޮށްލިއެވެ. ވަޔާއެކީ މަންޝާގެ ހެދުން އޭރުވަނީ ފަލަމަސްގަނޑާ ހަމައަށް އަރާފައެވެ. އޭރު އެ ހިޔަނި މަންޝާގެ ހަށިގަނޑާ ދިމާއަށް ގުދުވަނީއެވެ. އެވަގުތު އެ ހިޔަނީގެ ދެލޯ ރަތްކުލައިން ދިއްލިގެން ދިޔަ މަންޒަރު މަންޝާއަށް ފެނުމުން އިހުނަށްވުރެ ބޮޑަށް ބިރުގަތެވެ. ހަދާނެގޮތް […]
ގަދައަށް ނިދާފައޮތް މަންޝާގެ ހަށިގަނޑުގައި ފިނިއަތަކުން ފިރުމާކަމުގެ އިހްސާސެއް ކުރަމުން ދިޔައެވެ. ކަނދުރާ މައްޗަށް ވެއްޓިފައިވާ އިސްތަށިތައް މަޑުމަޑުން އެއްފަރާތްކޮށްލުމަށްފަހު އެމީހަކު މަންޝާގެ ހަށިގަނޑާ ގާތްވެލިއެވެ. ކަންފަތުބުޑުގައި ހޫނު ނޭވާއެއް އެޅިލުމުން މަޑުމަޑުން މަންޝާގެ ކޮނޑު އަރުވާލަމުން ކަންފަތްދަށުގައި ދެބުރަކަށް ކޮނޑުހާކާލެވުނީ ނިދާފައި އޮތުމުން ކޮންމެވެސް ވަރަކަށް އުނދަގޫވާތީއެވެ. ދެން އެމީހެއްގެ ފިނި އަތްތިލައިން މަންޝާގެ ކޮނޑުގައި ހިފަހައްޓަމުން ކަންފަތްދޮށަށް ގުދުވެ ވައިއަޑުން މަންޝާއަށް ގޮވާލިއިރު އަނގައިން ބޭރުވި ހޫނު ނޭވާ މަންޝާގެ ކަންފަތަށް އެޅިގެން ދިޔައެވެ. […]