ވިވާން 4
އެލީ ގެ އަށް ލުމަށްފަހު ވިވާން އަށް ގެ އަށް އާދެވުނު އިރު ހުރީ 6.30 ވެބޮޑުވެފައެވެ.ވިވާން ވެފާ ހުރި ވަރުބަލިކަން ފިލުވާލުމަށް ޓަކައި އެނދުގައި ޖައްސާލިއެވެ.އަދި މިއަދުވީ ކަންތަކާ ވިސްނަން ފެށިއެވެ.އެލީ މިަދު ދާނެ ބާވައޭ ވެސް ހިތައްއެރިއެވެ.ވިވާން ފުންވިސްނުމެއްގާ އޮއްވަ މަޑުމަޑުން ދެލޯ މެރެމުން ގޮސް ފުން ނިންޖަކަށް ގެނބުނެވެ.
**** ****
އެލީ އޭނާގެ ކޮޓަރި ތެރޭ ދެފަރާތަށް ހިނގަމުން ދެއެވެ.އެލީ ކަންބޮޑު ވެފައި ވާވަރު އެދޮން މޫނުމަތިން ފާޅުވޭވޭ ހުއްޓެވެ.އިރުކޮޅަކު އެހެން ހުރުމަށް ފަހު އެލީ މަޑު ފިޔަވަޅު ތަކެއްގާ ގޮސް ގެއިން ބޭރަށް ނުކުތެވެ.ޖައްވުގައި ތެތް ފިނިކަމެއް ހިފާފާ ވުމުން އެލީ ގެ ހަށިގަނޑުގައި މަޑު ތުރުތުރު ލުމެއް ވިއެވެ.އެލީ ހިނގަމުން ހިނގަމުން ގޮސް ހުއްޓުނީ ފަޅު ގެއެއް ކުރިމަތީގައެވެ.މަޑުމަޑުން އެގޭ ދޮރުގައި ޓަކި ޖަހާލުމުން ދޮރުހުޅުވުނެވެ.ކުރިމަތީގައި ހުރީ ޒެކް ގެންގުޅޭ މީހުންތަކު ތެރޭން އެކަކެވެ.އެމީހާ އެލީ ވަންނަން ތަން ދެއްކުމުން ކުރިއަށް ހިނގައިގަތެވެ.”ހޭ…އާދެވިއްޖެ ދޯ.އެލީ”ޒެކް އެލީ ގެ ކުރިމަށްޗައް ވާގޮތަށް އިން ގޮނޑި އެއްގައި އިނދެ ވާހަކަ ދެއްކިއެވެ.”އޭތް..ކަލޭ ގެ ފްރެންޑް އަށް ކިޔަނީ ވިވާން ދޯ…އެއްޗެއް ހަނދާން ކޮއްލަދޭން މި ގެނައީ..އެއްކަލަ ކަންތައް އެއްވެސް މީހަކު ކައިރީ ނުބުނާތި…”އޭރު އެލީ ހުރީ އިސްދަށަށް ޖަހައިގެންނެވެ.”ކަލެ އަށް އެބަ އަޑު އިވޭތަ؟”ޒެކް އަޑަށް ބާރުކޮއްލަމުން ވާހަކަ ދެއްކި އެވެ.”ލައްބަ…”އެލީ ސިއްސައިގެން ގޮސް ބުނެވުނީ ވެސް ފުދޭވަރަކަށް ބާރަށެވެ.”އަދި އެއް ކަންތަށް..އަހަރެން ހަމަ ގޮވާލާ އިރަށް އަންނަން ވާނެ ސްކޫލް ގަ…ބުނާ ކަމެއް ކޮށްދޭން ވާނެ…ދެން އޯކޭ ދިޔަޔަސް…”ޒެކް ނުލަފާ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވަމުން ބުނެލިއެވެ.
އެލީ އެ ގެއިން ބޭރަށް ނުކުންނަން ހިނގައި ގަތެވެ.އޭރު އެލީ ގެ ދެލޮލުން ކަރުނަތަށް އޭގެ މަގާމް ދޫކޮށް ފައިބަން ފެށިއެވެ.
އާދުވަހަކަށް އިރު އަރައިފިއެވެ.ވިވާން ތައްޔާރުވަމުން ދިޔައީ ޔުނިވާސިޓީ އަށް ދިއުމަށެވެ.އެހެން ދުވަސް ތަކެކޭ އެސް އެއްފަދައިން ކާރުގައި ވިވާން ޔުނިވާސިޓީ އަށް ދާން މިސްރާބު ޖެހިއެވެ.ކާރު ޕާކް ކޮށްލުމަށް ފަހު ވިވާން ކްލާހަށް ދިޔައެވެ.ވިވާން ގެ އެ ރީތި ދެލޯ އެންމެ ފުރަތަމަވެސް ހޯދާލީ އެލީ ފެނޭތޯއެވެ.އެލީ އެއް ނެތެވެ.އެލީ ކުޑަކޮށް ހައިރާންވިއެވެ.އެލީ އަކީ ގަޑިޖެހިގެން ކްލާހަށް އަންނަ ކުއްޖެއް ނޫނެވެ.މިއަދު އެހާ ލަސްވީ ކީވެބާއޭވެސް ވިވާން ހިތަށް އެރިއެވެ.
ވިވާން އަށް ދެން ފެނުނުމަންޒަރުން ހުރީ ގަބޫލު ކުރަން ދަތިވެފައެވެ…
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.

Yeah me first ????very nice story…. When next
insha allah v avahah…
Wow..salhi mi part ves …when next ? Kudakon dhigu kohhla dhy faanan thr… for me this part is thankolhehh kuru…anyways wish u all the best…and can u tell me the age of yours? Plx
balaanan dhigu kolleveytho ingey kim jinnie…
guess kohllaafa bunebala alhuganduge age
16yrs
not 16
Keep it up dhonbiskolhu❤️❤️
thank yewwwww….
Varah varah kuru mivaahakaige part thah….
im really sry….school ga bxy kamun dhigukoh nuliyeveniii….liyevey varakun hama genasdheynan insha allah
“unknown girl” ???V Reethi. Keep it up dear ???thankoleh kuru. Next time rangalhu kohlaathi ???
thnk q …schl ga bxy kamun dhigukoh nuliyeveniii…insha allah balaanan dhenfaharakun dhigukoh genesdhevetho
Wow varahh salhi ??? but this part is thankolhehh Kuru 4 me hope next part will be dhigu can’t wait 4 next part???
than q…insha allah ..dhenfaharakun dhiguvaane stry
Wow varahh salhi ??? but this part is thankolhehh Kuru 4 me hope next part will be dhigu can’t wait 4 next part???
Niceee….. waiting for the next part…?
than q…..Lil Bunny..
Nice episode ?