Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ވިވާން 5

unknown girl Level 1
August 9, 2019 One Min Read
8 Comments

އެއީ ހަމަ އެލީ ހެއްޔެވެ؟ވިވާން ހިތާހިތުން ކިޔާލި އެވެ.ދެލޯ އުނގުޅާ ލުމަށް ފަހު އަނެއްކާވެސް ވިވާން ބަލާލިއެވެ.   އެއީ ހަމަ އެލީ އެވެ.އެލީ ގެ ކޮނޑަށް އަތް ވައްޓާލައިގެން އެހުރީ ޒެކް އެވެ.ވިވާން ގެ ހިތަށް ކުޑަކޮއް ތަދުވިނަމަ ވެސް އެކަން ސިއްރު ކުރިއެވެ.އެލީ ގޮނޑީ ގަ އައިސް އިށީނދެ އެހެން ދުވަސް ތަކެކޭ ވެސް އެއްފަދައިން ވިވާން  އަށް ރީތި ހިނިތުން ވުމެއް ހަދިޔާ ކޮށްލިއެވެ.ވިވާން ވެސް ބަދަލުގައި ހިނިތުން ވެލިއެވެ.މިފަހަރުވެސް ވިވާން ގެ   ހިތުގައި ސުވާލުތައް ފުނިޖެހުނެވެ.ނަމަވެސް އެއިން އެއްވެސް ސުވާލެއް އެލީ އަކާ ނުކުރެވުނެވެ.ޓީޗަރު އައިސް    ކްލާހަށް ވަނުމުންނެވެ.

މޫނުމަތިން ނުލާހިކު ރީތި ހިނިތުން ވުމެއް ދިން ކަމަކު އެލީ ގެ ހިތް އަޑިން ހުރީ ރޯލަރޯލާ އެވެ.ނޭގި ނަމަވެސް އެލީ އަށް ވިވާން ކަމުގޮއްސިއެވެ.އެއްވެސް ހާލަތެއްގައި ވިވާން އަށް ދެރަގޮތެއް ވުމައް ނޭދެވޭތީވެ މިކަން މިގޮތަށް ކުރަން އެލީ އަށް މަޖުބޫރު ވީ އެވެ.އެލީ އެއްގޮތަކަށް ވެސް އޭނާގެ ސިއްރު ވިވާން އަށް އެނގޭކަށް ބޭނުމެއް ނޫނެވެ.އޭރުން ވިވާން އޭނާ އާ ދުރަށް ދާނެއެވެ.

ގަޑިތައް ހަލުވިކަމާ އެކީ ކުރިއަށް ގޮސް ބްރޭކް ގަޑި ޖެހިއްޖެއެވެ.އޭރު ވެސް ދެމީހުން ކުރެ އެކަކުވެސް ވާހަކަ އެއް ނުދައްކައެވެ.އެލީ ވެސް ބްރޭކް ގަޑި ކަމުން ކެންޓީން އަށް ދާން ހިނގައިގަތެވެ.ފަހަތުން އޭނާ ގެ އަތުގައި ހިފާ   އަނބުރާލިއެވެ.އެވަގުތު އެލީ ގެ ދެލޯ ވިވާން ގެ މޫނަށް އަމާޒުވިއެވެ.އެދެލޮލުގައި ވި ރިހުން އެލީ އަށް ވެސް   އިހުސާސް ވިއެވެ.ނަމަވެސް ދެވަނަ ސިކުންތުގައި އެލީ ހިތަށް އެރި އެއްޗަކުން އަތް ފޮޅުވާލުމަށް ފަހު ހަމަޖެހިލަން މަސައްކަތް ކުރިއެވެ.ވިވާން ވެސް ދެންމެ ކުރެވުނު ކަމަކުން ހުރީ ލަދުގަނެފައެވެ.ލަދުގަތުމަށް ވުރެ ބޮޑަށް އޭނާ ހުރީ އެލީ ގެ އެ ދުރު ކަމުން ވަަރަށް ބޮޑަށް ދެރަވެފައެވެ.

”އަމްމްމް…އެލީ..ހިނގާ އަހަންނާއެކީ ކެންޓީނަށް ދާން”ވިވާން މަޑުމައިތިރި ކަމާއެކީ ވިވާން ބުނެލިއެވެ.އެލީ ވެސް   މިކަމާ ދެކޮޅުހެދުމެއްނެތި ބޯޖަހާލަމުން ވިވާން ގެ ފަހަަތުން ކްލާހުން ނިކުންނަން ހިނގައިގަތެވެ.ނަމަވެސް ކްލާހުން   ނިކުންނަން ނެގި ފުރަތަމަ ފިޔަވަޅާއެކު އެލީ މަޑު ޖެހިލިއެވެ.ކުރިމަތީގަ އެހުރީ ޒެކް އެވެ.”ހާއީ…އެލީ އެން ވިވާން….އަހަރެންވެސް ދާނަން ކެންޓީނަށް..”ޒެކް ނުލަފާ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވައިގެން ހުރެ ބުނެލިއެވެ.   ”ވިވާން ދޭ ދެން މިއަދު ކާލަން..ޒެކް އާއި އެލީ އެބަޖެހޭ އަދި އެސައިމެންޓް އެއް ހަދަންވެސް ދޯ..”އެލީ ދެރަވި   ނަމަވެސް ހަމަޖެހި ލެވޭތޯ ބެލިއެވެ.

ވިވާން ގެ އެރީތި ދޮން މޫނުން ދެރަވެފައި ހުރި މިންވަރު ހާމަ ވޭވޭ ހުއްޓެވެ.މިކަހަލަ ގަޑިއަކުތަ ޒެކް ވެސް އަންނަންޖެހެނީ.އެލީ ހުރީ ޒެކް އާދިމާލަށް ހިތުން ކުދި ކިޔާލަކިޔާލަ އެވެ.އެލީ އާ ވިވާން ގެ ގުޅުން ހީނަރު ވަމުން ދާކަން   ހީވުމުން އެލީ ގެ ހިތް ނޭނގި ނަމަވެސް ރޯލިއެވެ.

ވިވާން ގެއަށް ދިޔަގޮތަށް ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ.”އެލީ..އަހަންނަށް ދިގުހަދަނީތަ؟..އެލީ އުޅެނީ އަނެއްކާ ޒެކް އާ ރައްޓެހިވެގެންތަ..”ވިވާން ގެ ހިތުގައި އޮތް ސުވާލުތަށް ބާރުބާރަށް ކިޔަންފެށިއެވެ.އެ ހިތަށް ކުޑަ ނަމަވެސް   ލުޔެއްލިބޭތޯއެވެ.

 

Share Article

Follow Me Written By

unknown girl

Level 1

Other Articles

Previous

ލޯތްބެއްގެ ފެށުން 31

Next

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 2

Next
August 9, 2019

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 2

Previews
August 9, 2019

ލޯތްބެއްގެ ފެށުން 31

8 Comments!

  1. Rai says:
    August 9, 2019 at 8:55 am

    On my my.Vivaan haadha dheravaaney dho.When next part

    1. unknown girl says:
      August 9, 2019 at 9:39 am

      v avahah insha allah..

  2. Shahu says:
    August 9, 2019 at 3:31 pm

    Woowww nice part?❤️❤️❤️

    1. unknown girl says:
      August 9, 2019 at 5:42 pm

      thank u shahu

  3. Butterfly says:
    August 9, 2019 at 8:50 pm

    WOW

  4. unknown girl says:
    August 11, 2019 at 6:45 pm

    dhen oi part eid ahfahu genasdheynan…insha allah

  5. ❤️shyn❤️ says:
    August 18, 2019 at 9:02 am

    Next part pls?

  6. Unknown says:
    August 22, 2019 at 4:04 pm

    Hey when r u gonna up the story. Been waiting for a long time now??

Comments are closed.



All Right Reserved!