Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ވިވާން 3

unknown girl Level 1
August 5, 2019 One Min Read
8 Comments

އެލީ އަށް ރީތި ހިނިތުން ވުމެއް ދެމުން އަތުން ހަނާ އަޅާލަމުން ވިވާން ހިނގައިގަތީ ގޮނޑީގައި އިށީނުމަށެވެ.ގޮނޑީގަ އިށީންނުމަށް ފަހު ވިވާން ކްލާސް ތެރެއަށް ނަޒަރު ހިންގާލިއެވެ.ފާޑެއްގެ ގޮތަކަށް ތިން ފިރިހެން ކުދިން ވިވާން އާ  ދިމާލަށް ބަލަހައްޓާގެން ތިއްބެވެ.ބޮޑު ކަމެއްނުން ހެއްޔެވެ.މިހާރު ފިރިހެން ކުދިން ވެސް އަހަންނާ ދިމާ އަށް ބަލަން ފެށީ ހެއްޔެވެ.ވިވާން ހިތާ ހިތުން ކިޔާލިއެވެ.އަދި އެއީ ކޮން ބައެއްތޯ އެލީ ކައިރީ ސުވާލު ކޮށްލިއެވެ.”އެއީ…އަހަންނަކަށް ހަމަ އެއްގަތަކަށް ވެސް ނޭނ..ގެ..”މިހެން ބުނެ ނިމުނުއިރު އެލީ ގެ މޫނު މަތިން ނުތަނަސް ކަމުގެ ކުލަވަރު    ފެނެއެވެ.ވިވާން ހުރީ މިކަމާ ކުޑަކޮށް ހައިރާން ވެފަ އެވެ.ނަމަވެސް މާ ބޮޑުކަމަކަށް ނުހަދާ ،އެލީ ވެސް ވާހަކަ  ވާހަކަ ނުދެއްކުމުން ފޮތެއްނަގާ ކިޔަން ފެށިއެވެ.އެރިކޮޅެއްނުވެ ޓީޗަރު ކްލާހަށް ވަނެވެ.އަދި އެކުދިންނަކީ އަލަށް ޔުނިވާސިޓީ އަށް ޖޮއިން ކުރި ކުދިން ކަމުގައި ބުނެ އެ ކުދިންގެ ކުޑަ ތަޢާރަފެއް ދިނެވެ.

ގަޑިތަށް ހަލުވިކަމާ އެކީ ކުރިއަށް ދެއެވެ.އެލީ ވިވާން އަކާ މާ ގިނައިންނެއް ވާހަކައެއް ނުދައްކައެވެ.ބްރޭކް ގަޑީގައި  ބަނޑުހައިވެފަ ހުރުމުން އެލީ އާއި ވިވާން ކެންޓީނަށް ދާން ހިނގައިގަތެވެ.ކެންޓީނަށް ހަމަ ވަދެވުމާ އެކު އެލީ ގެ     ވާހަކަ ގަނޑު ފެށުނެވެ.އެލީ ގެ މިޢަމަލުން ވިވާން ހުރީ ވަރަށް ބޮޑަށް ހައިރާން ވެފައެވެ.ނަމަވެސް މާ ބޮޑު ކަމަކަށް ނުހަދާ އެލީ ގެ ވާހަކާގައި ބައިވެރި ވިއެވެ.

ކެންޓީނަށް ވަދެ ތައްޓަށް ކާ އެއްޗެހި އަޅައިގެން ވިވާން އާއި އެލީ އައިސް އިށީ ނެވެ.ކާން ފެށިތާ އިރުކޮޅެއްނުވެ   އެއްކަލަ ތިން ފިރިހެން ކުދިން ވެސް ތަށްޓަށް ކާއެއްޗެހި އަޅައިގެން އައިސް ވިވާން އާއި އެލީ ގެ ކުރިމަތީ އިން  ގޮނޑިތަކުގައި އިށީނެވެ.”ހާއި އެލީ..ހަނދާން ވޭތަ އަހަރެން…ހެހެ…ހަނދާންނެތޭކަށްނުވާނު…މަމީ ޒެކް އެއްނު..”    ފާޑަކަށް ބަލަހައްޓައިގެން އިނދެ ޒެކް ބުނެލިއެވެ.މިހެން ޒެކް ބުނެލިއިރު އެލީ އިނީ އިސް ދަށަށް ޖަހައިގެންނެވެ.  އަދި އިރުކޮޅަކު އެހެން އިނުމަށް ފަހު ވިވާން ގެ އަތުގަ ހިފައިގެން ކެންޓީނުން ބޭރަށް ދާން ހިނގައިގަތެވެ.އޭރު   ވިވާން ގެ ހިތުތެރޭ ސުވާލުތަށް ފުނިޖެހެމުން ދެއެވެ.

”އޭތްތް…އެލީ..މިރޭ 7 ގަ ބައްދަލު ކޮށްލަންވާނުންންން…”ކެންޓީނުން ބޭރަށް ނިކުންނަނިކޮށް ޒެކް ގޮވާލި އަޑު މުޅި   އެތާނގަ ގުގުމާލިއެވެ.އޭރު އެލީ ގެ ލޮލުގަ ތާޒާ ކަރުނަ ވިދަވިދާ ހުއްޓެވެ.އަދި ވިވާން އަށް ނުދައްކަން ވެގެން   މަސައްކަތް ކުރަމުން ދިޔައެވެ.އަދި އެކަން ދާދި ފަސޭހަ ކަމާއެކީ އެލީ އަށް ކާމިޔާބުވެސް ވިއެވެ.އެލީ ވާހަކަ    ނުދެއްކުމުން ހިތަށް ކެއްނުވެގެން އެންމެ ފަހުން ވިވާން މަޑު މައިތިރި ކަމާއެކީ ސުވާލު ކުރިއެވެ.”އެލީ އެއީ    ކޮންބައެއް؟’

”އެއީ މިއަދު އަލަށް ޖޮއިން ކުރި ކުދިންތަކެއްނު..އެއުޅެނީ އަޅާގަނެގެން..އެހެންނޫނަސް އެލީ އެއް ބޭނުމެއްނޫން     އެކަހަލަ ކުދިންނާ ފްރެންޑް ވާކަށް..ބަލާބަ ހުރި ސިފަ..ބޯދިގުކޮށް ،ކަންފަތް ތޮރުފާ..އަދި ނުވިތާކަށް ލާ އެއްޗެހި    ވެސް ބުރިން ތިރީގަ..ހަރުދަނާ ވައްތަރެއް ވެސް ނުޖަހާ..”އެލީ އެއްފައްޗަކަށް އަމުނާލިއެވެ.

އެލީ ވާހަކަ ދެއްކިއިރު ތުންފަތަށް އެހަދާލާ ގޮތްގޮތުން ވިވާން ހުރީ އަޑިއަށް ހީލަ ހީލަ އެވެ.”ތިވަރަށް ނުކިޔައި    ދިނަސް ދެން އޯކޭ އޭ..ގަބޫލު ކޮށްފީމޭ…”ވިވާން ހެމުން ބުނެލިއެވެ.”ބުނަން ވާނެ އެއްނު”އެލީ ވެސް މަޖާ ރާގެއްގަ ބުނެލިއެވެ.ދެމީހުން ވާހަކައިގަ ތިބެ ވިވާން ގެ ކާރުގައި ގެއަށް ދާން ހިނގައިގަތެވެ.

ދެ މީހުންނަށް ވެސް ނޭނގުނު ކަމުގައިވިޔަސް އެމީހުން ވާހަކަ ދެއްކިތަން ކަނުލާ އަޑުއަހަން މީހަކު ވަރަށް ކައިރީ  ހުއްޓެވެ…

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

unknown girl

Level 1

Other Articles

Previous

ބުނެދޭށޭ ރުހެމޭ 64-2

Next

ލޯބި

Next
August 5, 2019

ލޯބި

Previews
August 3, 2019

ބުނެދޭށޭ ރުހެމޭ 64-2

8 Comments!

  1. ®¥N says:
    August 5, 2019 at 8:00 am

    Dear…… V Salhi…. Whn next ??❤️❤️

  2. Angel says:
    August 5, 2019 at 8:12 am

    V reethi mi part vex. ?????❤️???❤️?????❤️????
    When is the next part. Curiously waiting. Good luck for next part.

  3. DHONTHY says:
    August 5, 2019 at 8:38 am

    V salhi ingey.. Beautiful

  4. Kudoo says:
    August 5, 2019 at 9:30 am

    V rythi ekm thankolheh kurukamah faahaga kurevey…

  5. seokjin?? says:
    August 5, 2019 at 10:12 am

    Vv salhi mi part ves …. when next… next part mi ahh vurenn dhikolla dhehh cheyy….plx…

  6. unknown girl says:
    August 5, 2019 at 2:59 pm

    hii guyz…thank q for ur support…alhugandah liyevey varakun hama up kohdheynan..insha allah…

  7. Luc!f3r says:
    August 6, 2019 at 7:31 am

    Kaaraku hingaeh nugannaanu.. Mi part typing mistakes eba ulhey.. Cud be better if u proof before uploading ??

  8. Anonymous says:
    January 23, 2020 at 3:35 pm

    Haada kurey

Comments are closed.

Next Episodeވިވާން 4←


All Right Reserved!