ވިވާން 2
އިރުކޮޅެއްނުވެ ވިވާން ކައިރީ މީހަކު އިށީނި ހެން ހީވުމުން އޭނާ އެފަރާތައް އެނބުރިލިއެވެ.ވިވާން ގެ ކަނާތް ފަރާތައް ހުރި ގޮނޑީގަ އެ އިށީނީ ރީތި ކަމުން ފުރިގެންވާ އަންހެން ކުއްޖެކެވެ.ފުރިހަމަ ކަމުގެ އިންތިހާ އެވެ.އުނަގަނޑާ ހަމައަށް އަރާ އެ ރާޅު ބާނީ އިސްތަށިގަނޑު ވެސް ވަނީ ހިފެހެއްޓުމެއް ނެތި ފަހަތައް ދޫކޮށްލެވިފަ އެވެ.ލާފަ ހުރި ރަތް ކުލައިގެ އަތް ދިގު، ކަކުލާ ހަމަ އަށް އަރާ ވަރުގެ އެ ހެދުމުގަ އެ ކުއްޖާ ފެންނަލެއް ނުލާހިކު ފުރިހަމަ އެވެ.ހުރިހާ ކުދިންގެ ނަޒަރު މި އަންހެން ކުއްޖާ އަށް ހުއްޓެމުން ދެ އެވެ.
އިރުކޮޅެއް ނުވެ ކިޔަވައިދޭ ޓީޗަރު ކްލާހަށް ވަދެ ކިޔަވައިދޭން ފެށިއެވެ.ގަޑިތައް ހަލުވިކަމާ އެކީ ދެއެވެ.ވިވާން ކައިރީ އިން މި ނުދަންނަ ކުއްޖާ ހަމަ އެއްގޮތަކަށް ވެސް ވާހަކަ ނުދައްކާތީ ބްރޭކް ގަޑި ޖެހުމުން ވިވާން އޭނަޔާ ވާހަކަ ދެއްކިއެވެ.އެއީ ޕެރިސް ކުއްޖެއް ކަމުން ވިވާން އެ ކުއްޖާ އާ ވާހަކަ ދެއްކީ އިނގިރޭސިން ނެވެ.”ހާއި.އަހަންނަށް ކިޔަނީ ވިވާން ..ތި ކުއްޖާގެ ނަމަކީ ކޮބާ؟”ވިވާން ވަރަށް ޖެހިލުން ވެ ހުރެ އަހާލި އެވެ.”އަހަންނަށް ކިޔަނީ އެލީ”
ރީތި ހިނިތުން ވުމެއް ދެމުން އަވަސް އަވަހަށް ބުނެލިއެވެ.ހީވަނީ ވިވާން ވާހަކަ ނުދައްކައިގެން އިން ހެންނެވެ.ވިވާން ވެސް އެލީ އަށް ހިނިތުން ވުމެއް ދިނެވެ.ވިވާން އިނީ ޔުނިވާސިޓީ އަށް އައި ފުރަތަމަ ދުވަހު ރަނގަޅު އެކުވެރި އަކު ލިބުމުން ވަރަށް އުފާ ވެފައެވެ.ވިވާން ހީކުރި ގޮތާ ހިލާފަ އެލީ އަކީ ވަރަށް މަޖާ މިޒާޖެއްގެ އަނގަގަދަ ކުއްޖެކެވެ. ދުވަސް ނިމުނީ ވަރަށް ވެސް ހަލުވިކަމާ އެކު އެވެ.
ވިވާން ގެ އަށް އައިސް އެންމެ ފުރަތަމަ ވެސް ދަބަސް ބެހެއްޓުމަށް ފަހު އަވަސް ވެގަތީ ފެންވަރާލުމަށެވެ.ފިނި ފެނުން ފެންވަރާލުމަށް ފަހު ކާ ކޮަރިއަށް ވަދެ ކާ އެއްޗެއް ކައިލައިގެން ފިލާވަޅުތައް ހެދުމަށް އަވަސް ވެގަތެވެ. ވިވާން ފިލާވަޅުތައް ހަދާ ނިމުނު އިރު ގަޑިން ރޭގަނޑު 9 ގަޑި ބައިވެ ބޮޑުވަނީ އެވެ.ވެފާ ހުރި ވަރުބައްޔެއްގެ ބޮޑުކަމުން ވިވާން އަށް ނިދަން އޮށޯވެވުނީ އެއްޗެހިވެސް ބަދަލު ނުކޮށެވެ.
ފަތިހުގެ ހިތް ގައިމު ވަގުތެވެ.ވިވާން އަށް ހޭލެވުނެވެ.ހޭލެވުމާ އެކުހެން ވިވާން އަވަސް ވެގަތީ ފެން ވަރައިގެން ނަމާދު ކުރާށެވެ.ނަމާދުކޮށް އަވަދިވެގެން ވިވާން ކޮފީ ތައްޓެއް ހިފައިގެން ބެލްކަންޏަށް ނިކުމެލި އެވެ.އޭރުވެސް ކޮފީ ތަށިން އާވި އަރައަރާ ހުއްޓެވެ.މުޅި ޖައްވުގައި ކޮފީގެ ވަސް ހިފާލި އެވެ.ފަތިސް ގަޑި ކަމުން ޖައްވުގައި ވަނީ ތެތް ފިނި ކަމެއް ހިފާފައެވެ.ވިވާން ކޮފީ ތަށި ހުސް ކޮށްލުމަށް ފަހު ބެލްކަނިން ނުކުމެލީ ޔުނިވާސިޓީ އަށް ދިއުމުގެ ގޮތުން ރީތި ވެލާށެވެ.
ވިވާން މިއަދުވެސް ލައިގެން ހުރީ ގަޔަށް ދޫ ހުޑީ އެކެވެ.ޔުނުވާސިޓީ އަށް ވަންނަން ދިޔަ އިރު އިއްޔަ އެކޭވެސް އެއްގޮތަށް ވިވާން އާ ދިމާ އަށް ވަރަށް ގިނަކުދިން ގެ ނަޒަރު ހުއްޓެމުން ދިޔަ އެވެ.މީ ދެން ކިހާ ބޮޑުވެއްޖެ ކަމެއް ނޫންހޭ ވިވާން ހިތާ ހިތުން ކިޔާލި އެވެ.ވިވާން އިސް ދަށަށް ޖަހާލައިގެން ހުރެ ކްލާހަށް ވަންނަން ދިޔައެވެ.ކްލާހަށް ވަތް ތަނުން އެންމެ ފުރަތަމަވެސް ފެނުނީ އެލީ އެވެ.އެލީ އަށް ރީތި ހިނިތުން ވުމެއް ދެމުން އަތުން ހަނާ އަޅާ ލަމުން ވިވާން ހިނގައިގަތީ ގޮނޑީ ގައި އިށީނުމަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.

Varah salhi…. When next part???❤️❤️❤️❤️❤️❤️
Unagandaa hama ah Dhaa.varah reethi.when next
Gadha
Varahh salhi mi part vec …. when next part ….hope varah avahah up kohh dheyne kamahh….best of luck from me
V. Reethi.. but varah kuru… ???Dhen faharakun dhigu kohlaathi.. ❤️❤️❤️and maa slow up vaaleh… ??good luck for the next time ??
hii guyx..alhugandakii school ga kiyavaa kuhjje v ma up vaaleh thankolheh lasvedhaane..hope u guyx understand ..n thanks a lot
Ok now we understand…… Your doing very much hard work… Really ❤️❤️❤️❤️❤️
thanks
Your welcome ???
Varah reethi… ??ekam maa kureege…
Salhi
This part is also nice
Keep doing your best girl ❤️
I don’t like this story this is very ugly ?