ވިވާން 1
ދުނިޔެ އަކީ އިންސާފެއް ނެތް ތަނެކެވެ.ސިއްރުން ފުރިގެންވާ ތަނެކެވެ.ކެހިވެރި ތަނެކެވެ.މި ދުނިޔޭގަ ހުރުމަށް ވުރެ ނިމިދިޔުން މާ ރަނގަޅެވެ.ވިވާން ހިތާ ހިތުން ކިޔާލި އެވެ.އޭރު ވިވާން ހުރީ ސްކޫލް ގެ ޓެރެސް މަތީ ތިރިއަށް ބަލާށެވެ.އެއީ ނުވަ ބުރީގެ އިމާރާތެކެވެ.އޭރު ވިވާން ގެ ލޮލުން ކަރުނަ ނުހިކެ އެވެ. #7 މަސް ކުރި ”ދަރިފުޅާ ވިވާން…އަވަހަށް އާދޭ ސައިބޯން.މިއަދު މީ ޔުނިވާސިޓީ އަށް ދާ ފުރަތަމަ ދުވަ ހެއްނު..ގަޑި ނުޖެހި ދާން ވާނެ..”ސަކީނާ އޭނާ ގެ ހުރި ހަމައެކަނި ދަރިފުޅަށް ގޮވާލި އެވެ.އިރުކޮޅެއް ނުވެ ވިވާން މަޑު ހިނގުމެއްގަ އައިސް ކާ ކޮޓަރި އަށް ވަނެވެ.ކަޅު ކުލައިގެ ހުޑީ އަކާ ހަމަ އެކުލައިގެ ޖިންސެއް ލައިގެން ވިވާން ހުރި އިރު އޭނަޔާ ނުހަނުގުޅެ އެވެ.ގަޑި ޖެހެން ކައިރި ވެފަ ހުރުމާ އެކު ސަކީނާ ހަދާފަ ހުރި ތަނުން ސޭންޑްވިޗް އެއް އަނގަ އަަށް ލަމުން ވިވާން ހިނގާ ގަތެވެ.އަދި އަވަސް އަވަހަށް ގޮސް ކާރަށް އަރާ ދުއްވާލިއެވެ.ވިވާން ކާރު ދުއްވަމުން ދާއިރު އިރުއިރު ކޮޅުން ޕެރިސް ގެ ހިތް ގައިމު މަގު ތަކަށް ނަޒަރު ހިންގާލައެވެ.ވިވާން އާއި ސަކީނާ އަކީ ރާއްޖެ ދެ މީހުންނެވެ. ނަމަވެސް ސަކީނާ ޕެރިސް މީހަކާ ކައިވެނި ކުރި ފަހުން ޕެރިސް އަށް ބަދަލުވީ އެވެ.ސަކީނާގެ ފިރިމީހާ ވަނީ ވިވާން އަށް ތިން އަހަރުގައި ވަރި ކޮއްފަ އެވެ.
ބައި ގަޑިއިރުގެ ދަތުރަކަށް ފަހު ވިވާން އަށް އޭނާގެ މަންޒިލަށް ދެވުނެވެ.ކާރު ޕާކު ކޮށްލުމަށް ފަހު ވިވާން ޔުނިވާސިޓީ ކުރިމައްޗަށް ހުއްޓުނެވެ.އެއީ ބޮޑު ޔުނިވާސިޓީ އެކެވެ.މަންމަގެ ހުވަފެންތައް ހަގީގަތަށް ހެދުމައްޓަކާ އާ އަޒުމެއް ކަނޑަ އަޅަމުން ޔުނިވާސިޓީ އަށް ވަންނަން ދިޔައެވެ.ފަހަރަކު ކުލާހެއް ބަލަމުން އައިސް ވިވާން ގެ ކްލާހަށް ވަނެވެ.އެއީ ފުދޭވަރެއްގެ ބޮޑު ކްލާސް ރޫމް އެކެވެ.ވިވާން ކްލާހަށް ވަދެ ސަލާމް ގޮވާލި އެވެ.އޭރު ކްލާހުގަ ވަަރަށް ގިނަ ކުދިން ތިއްބެވެ.ހުރިހާ ކުދިންގެ ކަޅި އަމާޒުވަމުންދާތީ ވިވާން ހުރީ ލަދުން އިސްޖަހައިގެންނެވެ.ފިރިހެނަކަސް ދެން އެވަރަށް ބަލަންޏާ ލަދު ގަންނާނެ ނޫން ހެއްޔެވެ؟ވިވާން ކްލާސް ތެރެއަށް އަވަސް ނަޒަރެއް ހިންގާލަމުން އެންމެ ފަހަތު ގައި އިން ޑެސްކުގައި އިށީނެވެ.އަދި ހަމަޖެހިލަމުން ވާހަކަ ފޮތެއް ނަގާ ކިޔަން ފެށިއެވެ.އިރުކޮޅެއް ނުވެ ވިވާން ކައިރީ މީހަކު އިށީނި ހެން ހީވުމުން އޭނާ އެ ފަރާތައް އެނބުރިލިއެވެ.
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.

Wohoaaa.. UG.. Looking forward to reading this story..
Vvv reethi feshun ❤️❤️
Meehaage name ehkoh ineema Kiyan varah faseyha vaane.Ekam no story hama habbu.
Aneh part ge inthizaarugaa????
ވަރަށް ރީތި. ކޮންއިރަކު 2ވަނަ ބައި ގެނެސް ދޭނީ ؟
V interesting❤️❤️ Avahah dhen oiy part upload kollachchey ingey unknown girl…
Varah reethi ??avahah upkohladhechey… Pls pls…
Varah Reethi ??
Feshun varah ves furihama…… ???V..Reethi… When next
haadha kurey… v salhi igey
Nice…Maa sha Allah….when is next part
Niceeeee…….waiting for the next part…?
V ves reethi feshun.. interested to read because of starting… waiting for the story…… Gud luck?
Wow keep it up ❤️❤️❤️❤️♥️♥️♥️♥️??????
thank u guyx
varah avahah 2nd part genasdheynan..insha allah
Hello unknown girl…. varah reethi feshunn. …..and I’m waiting for the next part…. varah avahah up kohhdhehhchey….pls..can’t wait??
Maashaa Allah….varah reethi mi part…. varah avahah mi story ge 2nd part genesdheyne kamah unmeedhu kurann….can’t wait???❤❤❤
Reethi