ހިތްވެސް ދިނީމޭ 5
ކައިލް ޒިވާ އަށް ފަސްދިނުމަށް ފަހު އެނުބުރުނު ތަނާ ކުއްލި އަކަށް އިވުނީ ކޮންމެސް މީހެއްގެ ހަޅޭކުގެ އަޑެވެ. ސިއްސައިގެން ގޮސް ކައިލް ފަހަތް ބަލާލި އިރު ފެނުނު މަންޒަރުން ކައިލް އަށް ހީވީ ދުނިޔެ އެނބުރު ހެންނެވެ.
މަގުަމަތީގައި ވެއްޓިފައި އެއޮތީ ޒިވާއެވެ. ކައިލް އަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލުމަށްފަހު ދުއްވައިގަނީ ޒިވާ އޮތް ދިމާއަށެވެ. އެއިރު މަދުގައި ތިބި މީޙުން ވަނީ ޒިވާ ވަށާލާފައެވެ. އެމީހުން ކިޔަމުން ދިޔައީ ބާރަށް ދުއްވާފައި އައި ސައިކަލެއްގައި ޒިވާ ޖެހުނު ވާހަކައެވެ. ކައިލް އަށް އެވަގުތު އެކަމަކަށް ސަމާލު ކަމެއް ނުދެވުނެވެ. ކައިލް އެމީހުންގެ ތެރެއިން ވަދެގެން ގޮސް ޒިވާ ކައިރީގައި އިޝީނެވެ. އެއިރު ޒިވާގެ ބޮލުން ހޯސް ލާފައި ލޭފައިބަމުން ދިޔައެވެ. ކައިލް ޒިވާގެ ގައިގައި ހިފަހަށްޓައިގެން އިނދެ ޒިވާ އަށް ގޮވަމުން ދިޔައެވެ. ” އަވަހަށް އެންބިއުލޭންސް އަށް ގުޅާބަލަ ” ކައިލް ފަހަތަށް އެނބުރި މަގުގައި ތިބި މީހުންނަށް އިޝާރާތް ކުރުމަށް ފަހު ބުނެލިއެވެ. އެއިރު ކައިލްގެ ހިތް ނެގި ނެގިފައި ޖެހެމުން ދެއެވެ. ޒިވާ އަށް ކަމެއް ވެއްޖިއްޔާ އޭނާ މޮޔަވެދާނެއެވެ.
އެންބިއުލޭންސް އައުމުން ކައިލް ޒިވާ އަތް ދަނޑި މައްޗަށް އުފުއްލާލުމަށް ފަހު ގެންގޮސް އެއަށް އެރުވިއެވެ. އެއިރު ކައިލްގެ ޓިޝާޓް ވަނީ ލެއިން ކަޅިވެފައެވެ. އެކަމަށް ފަރުވާލެއްނެތި ކައިލް އެންބިއުލޭންސް އަށް އަރާ ޒިވާގެ މަގަތުގައި އިށީނެވެ. ޒިވާ އަށް ސަލާމަތްތެރިކަން ދެއްވުން އެދި ދުޢާ ކުރެވުނެވެ. ކައިލް ފޯނު ނެގުމަށް ފަހު އަވަސްވެގަތީ މަރީނާ އާއި ކަމްލާ އަށް އެހަބަރު ދިނުމަށެވެ. ޒިވާގެ މަންމަ އަށް ކަމްލާމެންގެ ފަރާތުން އެޚަބަރަު ލިބޭނެކަން ކައިލް އަށް އިނގުނެވެ.
ކަމްލާ އާއި މަރީނާ އަށް ޒިވާގެ ޚަބަރު ލިބުމުން ތިބީ ގަނޑުވެފައެވެ. މަރީނާ އަށް އަޑުން އަޑު ނަގާ ރޮއެގަނެވުނެވެ. ބޭރުގައި އަޑު ގަދަވެގެން ކޮޓަރީގައި ތިބި ކިޔާރާ އާއި މައިހާ ނިކުމެގެން އައިރު މަރީނާ ރޯތަން ފެނުމުން ސުވާލު ކުރިއެވެ. ކަމްލާ ވެގެން އުޅޭ ގޮތް ކިޔާދިނުމުން މައިހާ އަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ގެއިން ނިކުމެގެން ދިޔައީ ހޮސްޕިޓަލަށެވެ. މައިހާގެ ފަހަތުން ކިޔާރާ އާއި ކަމްލާގެ އިތުރުން މަރީނާވެސް ހޮސްޕިޓަލާއި ދިމާއަށް ދިޔައެވެ.
އަވަސް ފަރުވާދޭ ކޮޓަރީގައި ހަރަކާތްތެރި ވަމުން ދިޔަ ނަރުހުންނާއި ޑޮކްޓަރުން ދިޔައީ ޒިވާގެ ހާލަތު ރަނގަޅު ކުރެވޭތޯއެެވެ. އަވަސްފަރުވާދޭ ކޮޓަރީގެ ބޭރުގައި ހުރި ގޮނޑި ބަރިއެއްގައި އިށީނދެއިން ކައިލް އިނީ ކެއްތެރިކަން ކުޑަވެފައެވެ. ދުޢާ ކުރެވެމުން ދިޔައީ ޒިވާގެ ހާލު ރަނގަޅުވުމަށް އެދިއެވެ.
އިރުކޮޅެއްނުވެ މައިހާ ދުވަމުން ދުވަމުން ހޮސްޕިޓަލަށް ވަދެގެން އައިތަން ކައިލް އަށް ފެނުނެވެ. މައިހާގެ ފަހަތުން ކަމްލާ އާއި ކިޔާރާގެ އިތުރުން މަރީނާވެސް އައެވެ. މައިހާގެ ލޮލުން ހޯސް ލާފައި ކަރުނަ ފައިބަމުން ދިޔައިރު އޭނާ އަށް ވާހަކަ ވެސް ނުދެއްކެއެވެ. އެންމެ ދާތް އެކުވެރިޔާގެ ފުރާނަ ނުރައްކަލުގައި އޮށްވާ އެހިތައް ހަމަޖެހުން ލިބޭނީ ކިހިނެއް ހެއްޔެވެ؟
ގާތް ގަނޑަކަށް ބައި ގަޑިއިރު ފަހުން އަވަސް ފަރުވާދޭ ބައިން ނިކުމެގެން އައި ޑޮކްޓަރު ފެނުމުން ކައިލް އަށް ގޮނޑިން ތެދުވެ އެދިމާއަށް ދެވުނީ އަވަސް ވެފައިވާ ހިތަކާއެކުގައެވެ. ” ޕޭޝަންޓްގެ ހާލު އިރާދަ ކުރެެއްވިއްޔާ ރަނގަޅު ނުރައްކަލުން ސަލާމަތް ވެފަ ވަނީ ނަމަވެސް ބޯ ވަރަށް ބޮޑަށް ފަޅާގެން ގޮއްސަ އޮތުމުން ވަރަށް ބައިވަރު ލޭވަނީ ފައިބާފަ…އޭގެ އިތުރުން ކަނާއަތް ވަނީ ބިނދިފަ…….. މިވަގުތު އޮތީ ހޭނެތިފަ. ހޭއެރުމުން ޕޭޝަންޓް އާއި ބައްދަލު ކުރެއްވޭނެ. ” ޑޮކްޓަރު އެހެން ބުނެލުމަށް ފަހު ކައިލްގެ ކޮނޑުގައި ޖަހާލުމަށް ފަހު ދިޔައެވެ. ކައިލް ﷲ އަށް ހަމްދު ކުރިއެވެ.
ކައިލްގެ ބަދަލު ވެފައިވާ މިޒާޖު ކިޔާރާ އަށް ފާހަގަ ވިއެވެ. އޭނާ އަށް ހިނިތުން ވެވުނީ ކައިލް ހެޔޮ މަގަށް އެޅިއްޖެ ކަމުގެ ނިޝާންތައް ފެންނަން ފެށުމުންނެވެ، އަދި އެތަށް ދުވަހަކަށް ފަހު ހިތި މާޒީ އަކާ އެކު ކައިލް އަށް ދެވަނަ ފަހަރަށް ކުއްޖެއް ދެކެ ލޯބި ވެވިއްޖެކަން ކިޔާރާ އަށް ޔަޤީންވިއެވެ. ކައިލްގެ މުޅި ދިރިއުޅުން ދެވަނަ ފަހަރަށް އެ ބަދަލު ކޮށްލީ ޒިވާކަން ކިޔާރާއަށް އެނގުނެވެ. ކައިލް ކިތަންމެ ފޮރުވަން އުޅުނަސް ކިޔާރާއަށް ޒިވާ އަށްޓަކައި ކައިލްގެ ލޮލުން ލޯބި ވަނީ ފެނިފައެވެ. މިވޭތުވެދިޔަ ދެތިން ދުވަސްތެރޭ ކައިލް އާއި ޒިވާ އާއި ދޭތެރޭ ހިގާފައިވާ އެތައް ކަމެއް ކިޔާރާ އަށް ވަނީ ފެނިފައެވެ.
ދެގަޑި އިރު ފަހުން ޒިވާ ހޭއެރިއެވެ. މަޑު މަޑުން ލޯ ހުޅުވާލިއިރު ކައިރީގައި ގޮނޑިއެއްގައި އިށީނދެގެން މައިހާއިނެވެ. ” މައި…..” އުނދަގުލުން ޒިވާ މައިހާ އަށް ގޮވާލިއެވެ. މައިހާ އަށް ޒިވާ ހޭއެރިކަން އިނގުމުން އަވަސްވެގަތީ މަރީނާ އަށް އެހަބަރު ދިނުމަށެވެ. ޒިވާ އަށް ފެންފޮދެއް ދިނުމަށް ފަހު އެބަ އަންނަން ކަމުގައި ބުނެފައި މައިހާ ނިކުތީ ބޭރަށެވެ. އެއިރު ކައިލް އާއި ކިޔާރާ ތިބީ ދޮނޑިބަރީގައި އިށީނދެއެވެ. ކައިލްގެ މޫނު މަތިން ހިތާމަވެރިކަން ފެންނަން ހުއްޓެވެ. އެކަން މައިހާ އަށް ފާހަގަ ވިއެވެ. ނަަމަވެސް އެއްޗެކޭ ނުބުނީ އޭނާ އަށްވެސް ކައިލްގެ ބަދަލުވެފައިވާ މިޒާޖުގެ ފަހަތުގައިވާ ސަބަބު ކޮންމެވެސް ވަރަކަށް އެނގިފައިވާތީއެވެ.
ޒިވާ ހޭއަރާފި ވާހަކަ ބުނުމުން ކައިލް އަށް ގޮނޑިން ތެދުވެވުނީ ކުއްލިއަކަށެވެ. އަވަސް ފިޔަވަޅު ތަކެއްގައި ގޮސް އަވަސް ފަރުވާދޭ ބަޔަށް ވަތްއިރު ޒިވާ އޮތީ ދޮރާ ފުރަގަސްދީގެންނެވެ. ދޮރު ހުޅުވާލި އަޑު ކަންފަތުގައި ޖެހުމުން ޒިވާ ހީކުރީ މައިހާ ކަމަށެވެ. އައީ ކާކުތޯ ބަލަން ބޭނުންނުވީ އެހެންވެއެވެ.
އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު ކައިލް އަށް އިވެމުން ދިޔައީ ޒިވާގެ މަޑު ގިސްލުމުގެ އަޑެވެ. ކައިލް އަށް ހީވީ މީހަކު އޭނާގެ ހިތުގައި ހިފާ ބާރުކޮށްލީ ހެންނެވެ. އެދިމާއަށް ދާން ފިޔަވަޅުތައް އަވަސް ކޮށްލީ އެހެންވެއެވެ.
މައިހާ އޭނާ އާއި ދާދި ކައިރީގައި ހުރި އިހްސާސްވުމުން ޒިވާ އަށް އަޑުން އަޑުނަގާ ރޮއެގަނެވުނެވެ. ” މައި އަހަރެން މަންމަ ނާދޭތަ އަހަރެން ކޮބައިތޯ ބަލާލާކަށްވެސް؟ މައި މަންމަ ކާރީގަ ނުބުނަންތަ؟ ކީއްވެތަ މަންމަ އަހަރެންދެކެ އެހާ ރުޅި އަންނަނީ؟ އަހަރެންވެސް މީ މަންމަގެ ދަރިއެކޭ…. މަންމަގެ ހަމައެކަނި ހުރީ ދޮންބެ އެކަންޏެއް ނޫނޭ…އަހަރެންވެސް އެބަހުއްޓޭ…މައި ކީއްވެތަ މަންމަ އަބަދު އެހެން ކަންތައްކުރަނީ…..ދޮންބެގެ ކޮންމެ އެދުމެއް ފުއްދާ ދޭއިރު ދޮންބެ ބަލިވީމަ ނިދި ނަގާލައިގެން ދޮންބެ ކައިރީގަ އިންނަ އިރު އަހަރެންވެސް އެ އަޅާލުމާއި ލޯތްބަށް ފެންބޮވައިގެންފަ ހުރިކަން މަންމަ އަށް ނޭނގެނީ ކީއްވެތަ؟ އަޅެ މައި އަހަރެން ކޮންކުށެއް ކޮށްގެން މަންމަ އަހަރެން ދެކެ އެހާ ރުޅި އަންނަނީ؟ ” ޒިވާ އޭނާގެ ހިތުގައިވާ ހުރިހާ ޝަކުވާ އެއް އެފަހަރާ ބަންޑުން ކޮށްލިއެވެ. އޭނާ އިތީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ.
އިވުނު ވާހަަކަ ތަކުން ކައިލް އަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ޒިވާގެ ދުލުން އެބޭރު ކުރީ ހަޤީގަތްކަން ކައިލް އަށް އިނގެއެވެ. ޒިވާގެ ހާލާމެދު ކައިލްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ކިތަންމެ އުފާވެރިކަން މޫނު މަތިން ދައްކައިގެން އުޅުނަސް ޒިވާ އުޅެމުންދާ ހާލު ކައިލް އަށް އިނގުނީ އަދި ކިރިޔާއެވެ. މަންމައެއް ހުރެމެ އެ މަންމަގެ ލޯބިން މަހުރޫމު ވުމުން ހިތުގައި ޖެހި އެކަނި ވެރިކަން އިހުސާސު ކުރެވޭނެވަރު ކައިލް ހިތައް އެރިއެވެ. މަޑު މަޑުން ކައިލް އޭނާގެ އަތް ނެގުމަށްފަހު ޒިވާގެ ބޮލުގައި ފިރުމާލީ ކެތްތެރިވާށޭ ބުނަމުންނެވެ.
ޒިވާގެ ބޮލުގައި މީހަކު ފިރުމާލުމުން އެއީ މައިހާ ނޫންކަން އިގުނެވެ. ތެޅިތެޅި އޮތް ހިތަކާއެެކު ފަހަތް ބަލާލި އިރު ކުރިމަތީގައި ހުރި ކައިލް ފެނިފައި ޒިވާގެ ދެލޯ ބޮޑުވިއެވެ. އޭނާ މައިހާ ކަމަށް ހީކޮށް ހުރިހާ ވާހަކަ އެއް މިދެއްކުނީ ކައިލް ކާރީގައިކަން އެނގުމުން ޒިވާ ބޯ ހާސްވާ ގޮތްވިއެވެ. ކައިލްގެ ހިތުގައި މަންމަ އާއި ދޭތެރޭ އޮންނާނީ ކޯންޗެއްބާއޭ ޒިވާ ހިތަަށް އެރިއެވެ.
” ހާސްނުވޭ އަހަރެން ނޫޅެން ޒިވާގެ ފަރާތުން އަޑު އިވުނު ވާހަކަތައް އެއްވެސް އިތުރު މީހަކާ ހިއްސާކުރާކަށް……” ކައިލް ޒިވާގެ މޫނަށް ބަލާލުމަށްފަހު ބުނެލިއެވެ. ކައިލްގެ ވާޙަކަތަކުން ޒިވާގެ ހިތަށް ކުޑަވަރެއްގެ ހަމަ ޖެހުމެއް ލިބުނަސް އަދިވެސް އޭނާ ބިރުަގަނެއެވެ. މަންމަގެ ވާހަކަ މައިހާ ފިޔަވާ އިތުރު މީހަކަށް އިނގޭކަށް ޒިވާ ބޭނުމެއް ނުވެއެވެ. ނަމަވެސް ތަގްދީރު ނިޔާ ކުރީ މިގޮތެވެ. ކައިލް ޒިވާގެ އެނދު ކައިރީ ބަހައްޓައިފައި ހުރި ގޮނޑީގައި އިށީނުމަށް ފަހު ޒިވާގެ މޫނަށް ބަލާލިއެވެ. ބޮލުގައި ބެންޑޭޖް އަޅާފައި ވުމުން ނިއްކުރިމަތީގައި ހުރި ކުރު އިސްތަށިތައް އޮތީ ބެންޑޭޖު ގަނޑު މައްޗައް ފައިބާފައެވެެ. އަތުގައި ޕްލާސްޓަރ އަޅާފައިވުމުން ޒިވާ އޮތީ އުނދަގޫވެފައެވެ. ކައިލް އަށް އެކަން ފާހަަގަވިއެވެ. ޕްލާސްޓަރ އަށް ބަލަހަށްޓާއިގެން އިނދެ މޫނަށް ޖައްސަމުންދާ ވައްތަރުތައް ފެނުމުން ކައިލް އަށް ހެވުނެވެ. ރުޅި އައިސްގެން އިނދެ ޒިވާ ދިޔައީ ޕްލާސްޓަރަށް ބަލަމުން ކޮންމެސް އެއްޗެއް ކިޔަމުންކަން ކައިލް އަށް އެނގުނެވެ. ކައިލް އިނީ މަޖާވެފައެވެ. ޒިވާގެ މި ޅަމިޒާޖު ކައ އަށް ކަމުދިޔައެވެ.
ޒިވާގެ ކޮންމެ ހަރަކާތަކަށް ކައިލް އަށް ބަލަން އިނދެވުނީ އެއްވެސް ފޫހި ކަމެއް ނެތިއެވެ. މޫނަށް ފައިބާފައިވާ އިސްތަށިތައް އެއްފަރާތް ކޮށްލުމަށް ފަހު ކަންފަތް ކައިރިއަށް ލައްވާލަނީ ފުސްމޫނު ހަދާގެން އިނދެއެވެ.
ޒިވާގެ ހަރަކާތްތަކަށް ގެއްލިފައި އިން ކައިލް ސިއްސައިގެން ދިޔައީ އަވަސް ފަރުވާދޭ ބައިގެ ކޮޓަރި ދޮރު ހުޅުވުނު އަޑަޝެވެ. އެެތެރެއަށް ވަދެގެން އައި މީހާ ކައިލް އަކަށް ނޭނގުނެވެ. ދޮރާއި ފުރަގަސްދީގެން އޮތް ޒިވާ އަށް މީހަކު ދޮރު ހުޅުވާލި އަޑު އިވުނެވެ. ދޮރާވީ ފަރާތައް އެނބުރުނު އިރު ކައިލް އިނީ ދޮރާ ދިމާއަށް ބަލަހައްޓައިގެން ކަމުން ޒިވާ ވެސް އެދިމާއަށް ބަލާލިއެވެ. ދޮރުން ވަދެގެން އައި މީހާގެ މޫނު ފެނުމުން ޒިވާގެ ދެލޯ ބޮޑުވިއެވެ. ހިތް ދިރުވާލެވުނީ ދެން ވާނެ ގޮތް ނޭނގޭތީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.


First baa??….Anyways kiyalaafa comment eh kollaanan?
Hehe yes jiji ur first☺️☺️☺️
Here is the 5th part of the story ☺️ ☺️ ❤️ Hope you will like ❤️☺️☺️❤️☺️ Feel free to comment & mistakes huriyya bunela dhehchey ❤️???☺️☺️☺️
Reethi Ingey ?????????
Thx Ryn ☺️☺️?
Awesome .When next part????
Thx Rai ?☺️ Insha Allah liyevunu haa avahah up kohlla dheynan ☺️☺️☺️?❤️
Salhi❤..Ekm ށ(Shaviyani) beynun kuran jehey thaakah ސ(Seenu) beynun kohfa huryy..Ethan kolhu faahaga kolevuny.. Anyways waiting fr the next Curiously?.. nd layaaly kairii buneba habareh vaashey ingey..Lysm shauu?
Thx jiji…..vrh happy vehjje mistakes kiyaa dhinyma….insha allah next part ga rangalhu kuraanan….yh layaaly kaaryga bunelaanan & LYM
Salhi ?
Thx Mari ☺️☺️☺️
Vrh Baivaru mistakes eba huri…… Ummeedhu kuran nxt partga Mikan kan rangalhu kohlaane kamah?? eh thankolhuga ebain kailge t-shirt kalhivefa ey aslu kalhuvefa Jahaan vegen dhw ehn jehunee?? BTW this part was awesome… ?? finally kail ah zivaa dheke loabi vevijje dhw…. N kaaku tha dhorun evanee ??? I think it’s zivaa’s mom..
?✌Klwww vrh salhi……curiously waitinggg for nxt part
Thx ☺️?❤️
Finally caught up.. Varahhh few mistakes hury
Thx☺️☺️❤️
Varah reethi mi part ves lysm
Thx LYM ❤️??☺️☺️
V.reethi??When next part. Anyways v.salhi v.reethi Hama Obi and awesome.?????
Thx Eekko 11?☺️? Next part liyevunu haa avahah up kohlla dheynan ?☺️?❤️❤️
V salhi mi part. I love this story ❤️?
Thx Pinky ☺️☺️?❤️ Im happy that u love this story ❤️❤️❤️
Waiting for next part. Avahah up kolladheythi. V salhi.
Insha Allah next week thereyga up kohllanan☺️❤️….. schl function ehgga vrh bxy kn mi 2 weeks mi ulheny ??
waiting for nxt part…kon irakun nxt part
Kobaa tha next part….v kiyaalaa hithun mihuree ….kaaku tha aii
Kon irakun tha next par up kurany
Part*
Alhey keeve vaahaka upp nuvanii… Shau waitin ngey…????☹️ Bt v reethi maashaa Allah?❤️??????