Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހުވަފެނުގެ ރާނީ 22

Ninnu Level 210 Stories
January 24, 2019 9 Mins Read
10 Comments

5 މާރޗް 2019

ކޮޓަރިއަށްވަން އަމްރު މަޑުކޮއްލައިގެން ހުރީ ނިކަތު ކުރިން އެއްޗެކޭ ބުނޭތޯއެވެ. ނިކަތު ފާހާނައިން އެއްޗެހި ބަދަލު ކޮއްލައިގެން ނިކުމެ އަރައި އޮށޯތީއެވެ. ކައިރީގައި މީހަކު އޮތްހެންވެސް ނިކަތުއަށް ހީވާހެނެއް ހިއެއް ނުވެއެވެ. އަމްރު އެންމެ ފަހުން ނިކަތުގެ އަތުގައި ހިފައި އޭނާއާއި ވީފަރާތަށް އަނބުރާލިއެވެ. އަދި އެމޫނުގައި ހިފަހައްޓާލަމުން ކައިރި ވެލިއެވެ. އޭނާ ބޭނުންވަނީ ނިކަތުއަށް ވާގޮތެއް ބަލާށެވެ.

ނިކަތު އަމްރުގެ އަތް މަޑުމަޑުން ދުރު ކޮއްލަމުން އެނދުގައި އިށީނދެލީއެވެ. އަމްރުއަށް ނިކަތުގެ އެއަމަލުން އުނދަގޫވިއެވެ. އޭނާ މިގޮތް ބޭނުން ނުވާއިރުވެސް ނިކަތުގެ އެއަމަލުތަކުން އުނދަގޫވަނީ ކީއްވެ ހެއްޔެވެ؟ އަމްރު މަޑުމަޑުން ނިކަތުގެ ނޭފަތުގެ ކުރީގައި ތުންފަތް ޖައްސާލަމުން ހިނިތުން ވެލިއެވެ. އަދިވެސް ނިކަތު އިނީ ހަރަކާތެއް ގެންނަން ނޭނގިފައެވެ. މަޑުމަޑުން އެހެން އިނދެފައި ނިކަތު އަމްރުގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. އެފިނިފިނި ދެއަތް އަމްރުގެ މޫނުގައި ޖެހުނު ހިނދު އޭނާގެ ބޮލުގައި އެނބުރެމުންދިޔަ ހުރިހާ ކަމެއް ފިލައިގެން ދިޔަ ކަހަލައެވެ. އީމާނާ މަތިންވެސް އޭނާ ހަނދާން ނެތުނު ކަހަލައެވެ. ތިމާގެ މަންމަ މަރުވެއްޖޭ ބުނުމުން އެހެން މީހެއް ނަމަ ރޮއެ، ހަފްތާ ދެހަފްތާ ވާއިރުވެސް އުޅޭނީ އެކަމުގައެވެ. އަމްރު ނިކަތުގެ އަތުގައި ބޮސްދެމުން އެމޫނަށް ނަޒަރު ހުއްޓާލިއެވެ. އޭނާއަށް މި ކަންތައް ކުރެވެނީ ރަނގަޅަށް ހެއްޔެވެ. އޭނާ ނިކަތު ބޭނުމެވެ. ނަމަވެސް ދުލުން އެހެން ނުބުނެވިގެން މިއުޅެނީ ކިހިނެއް ހެއްޔެވެ؟

“ކީއްވެ ތި ރޮނީ؟…..” ނިކަތު މަޑުމަޑުން އެހެން ބުނިއިރު އެއަޑުގައިވީ ހާސްކަމެއް ވިއެވެ.

“ކާކު ރޮނީ؟…” އަމްރު އެހެން ބުނުމުން ނިކަތު ލޮލުން އަމްރު ނޫންހޭ ހައިރާން ވިއެވެ. އޭނާއެއް ނޮރެއެވެ. ދެން ނިކަތު އެހެން އެބުނަނީ ކީއްވެ ހެއްޔެވެ. އަނެއްކާވެސް އޭނާއާއި ޖެއްސުމެއް ކުރަނީ ހެއްޔެވެ. މަޑުމަޑުން އަމްރު އަތް ނަގައި ލޮލުގައި އަތް ޖައްސާލިއެވެ. ތެދެކެވެ. ފެން މިއަންނަނީ އޭނާގެ ލޮލުންނެވެ. އެލޮލުން ފެން އަންނައިރު ދެރަވާންވެސް ޖެހޭނެ ނޫން ހެއްޔެވެ.

“ނޫން… އެއީ ލޮލަށް އެއްޗެއް ވެއްޓިގެން ކަމަށް ވާނީ….” އަމްރު އެހެން ބުނީ ނިކަތު ބަލަހައްޓައިގެން އިން ގޮތުންނެވެ. މީހުން ރޮވެނީ ދެރަވެގެންނެވެ. ނުވަތަ އުފާ ވެގެންނެވެ. އޭނާ ދެރައެއްވެސް ނުވެއެވެ. އުފަލެއްވެސް ނުވެއެވެ. ނަމަވެސް އޭނާގެ ލޮލުން ފެން މިއަންނަނީ ކީއްވެ ހެއްޔެވެ.

“އަމްރު އިޓްސް އޯ.ކޭ ޓު ކްރައި…. ކޮންމެ މީހަކުވެސް ރޯނެ….” ނިކަތުއަށް ވާގޮތެއް ނޭނގުނު ނަމަވެސް އަމްރުއަށް ރޮވެނީކަން އެނގެއެވެ.

“ނުރޮމޭ… އަޖައިބެއް…. ފެން އަންނަނީ އޭ…….” އަމްރުވެސް ދޮގެއް ނުހަދައެވެ. އޭނާއެއް ނުއެއް ރޮއެވެ. ރޮވެންޏާ ދެރަވާނެ ނޫން ހެއްޔެވެ. އެކަހަލަ އިހްސާސެއް އޭނާގެ ނެތެވެ.

“ކޮންއިރަކު އަމްރު އެންމެ ފަހުން ރުއީ…..” ނިކަތު ހިތުގައި އޮތް ސުވާލު ކޮށްލީ ބިރުންނެވެ. ހިތުން ދުއާ ކުރަމުން ގެންދިޔައީ އޭނާއަށް ހީވާ ކަންތައް ދޮގަކަށް ވާނެ ނަމައޭ ހިތަށް އަރަމުންނެއެވެ.

“16 އަހަރު ކުރިން…. މަންމަ ދޫކޮށްލާފައި ދިޔަ ރޭގަ… ނިކޫގޭ ބައްޕައާއިއެކު….” އަމްރު އެހެން ބުނެލިއިރު މިފަހަރު އޭނާ އެއަޑުގައި  ކޮންމެވެސް ވަރަކަށް ރިހުމެއް ވިއެވެ. ނިކަތު ފުންނޭވާއެއް ދޫކޮށްލަމުން އައިސް އަމްރުގެ އުނަގަނޑުގައި އަތްވަށާލަމުން ކައިރި ވެލިއެވެ.

” ސޯ ޝީ ވޯޒް ޑެޑް ޓު ޔޫ އެ ލޯންގް ޓައިމް އެ ގޯ…….” ނިކަތުގެ ލޮލުން މިފަހަރު ކަރުނަ ހިލުނީ އަމްރުގެ ހިތުގައި ޖެހޭނެ ވަރު ހިތަށް އަރާފައެވެ. އަމްރު ރޯން ހަދާނީ ކިހިނެއް ހެއްޔެވެ. އޭނާއަށް އީމާނާވަނީ މީގެ އެތަށް އަހަރެއް ކުރިން މަރުވެފައެވެ. އެގަޑީގައި އަމްރުއަށް އެހެންވީ ކުއްލިއަކަށް އެހެން ބުނުމުންނެވެ.

ނިކަތު އަތް މަޑުމަޑުން އެހަށިގަނޑުން ވަކިވިއިރު އެމޭގައި ވޭނީ ތަދެއް ހިފައިފިއެވެ. ނޭވާލާން އުނދަގޫވި ނިކަތު ފުންފުންކޮށް ނޭވާލަމުން ގެންދިޔައީ ނުރޮއެ ހިފަހައްޓާލާށެވެ. އަމްރު އެމަންޒަރުފެނި ނިކަތު ގަޔާއި ކައިރި ކޮއްލަމުން ނިތުގައި ތުންފަތް ޖައްސާލިއެވެ. ނިކަތުއަށް މަޑުމަޑުން ކިޔެމުން ގެންދިޔައީ މާފު ކުރާށޭއެވެ. މިވީހައި ދުވަހު އަމްރުގެ ރުޅިއާއި ކުރި ނަފްރަތު ހައްޤޭ ހިތަށް އަރައި ނިކަތު އިތުރަށް ހިތުގައި ޖެހުނެވެ. އަމްރުގެ އަތުތެރެއިން ދުރަށް ދަމުން ނިކަތު އެނދުން ތެދުވެ ދުރުގައި ހުރި ސޯފާގައި އިށީންނަމުން އަމްރުއަށް ބަލާލިއެވެ.

“ޕްލީޒް.. ނުދައްޗޭ އަހަރެން ދޫކޮށްފަ…” ނިކަތު އެހެން ބުނެލީ އަމްރުއަށް އޭނާ ލޯބިވާވަރު ވިސްނޭތޯއެވެ.

“ދެން މިކަމާ އިތުރަށް ތި ވާހަކަ ނުދައްކަ ފާނަންތަ؟ ކިތަށް ފަހަރު އަހަރެން ބުނަންވީ.. އައި މޭޑް މައި ޑިސިޝަން…” އަމްރު ހިތްހަމަ ނުޖެހިފަައި ހުރެ ބުނެލަމުން އަނެއް ފަރާތަށް އެނބުރި އޮށޯވެއްޖެއެވެ. އެރޭގައި ނިކަތުގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ވިސްނެމުން ދިޔައީ ކަންތައް ވަމުން މިއަންނަ ގޮތާއި މެދުގައެވެ.

ނިދިފައި އޮތް އަމްރުގެ މޫނުގައި ފިރުމާލަމުން ނިކަތު ހިނިތުން ވެލިއެވެ. އަމްރުއާއިއެކު އަމްރުގެ އަތްބެއްގެ ގޮތުގައި ނުހުރެވުނު ނަމަވެސް އެދެމީހުންގެ ދަރިއެއް ހުންނާނެ ނޫން ހެއްޔެވެ. އެވަރުން ނިކަތުއަށް ފުދޭނެއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ތެދުވެގެން އައިސް ނިކަތު ބަލާލީ ގަޑިއަށެވެ. ހަތެއް ޖަހަނީއެވެ. މިއަދަކީ ފާތުންއާއިއެކު މީޓިންއަކަށް ދާންޖެހޭ ކަން ހަނދާން ވުމުން އަވަހާއި ތައްޔާރު ވެލިއެވެ. މިއަދު އޭނާ މާމައާއި ކުރިމަތިލާނީ ހިނިތުން ވުމަކާއި އެކުގައެވެ. އަމްރު ގައިމަތީގައި ރަޖާ އަޅާފައި ނިކަތު ބޭރަށް ނިކުމެގެން ދިޔައީ ކާކޮޓަރިއަށެވެ. ހަލީމާ އެތެރެއިން ސާރާ ކައިރީގައި ކޮންމެވެސް ވާހަކައެއް ދައްކާ އަޑުއިވެއެވެ. ނިކަތު ވަދެގެން އައިސް ފެންފުޅިއެއް ނެގުމަށްފަހު އެދިމާލަށް ބަލާލާފައި ހީލިއެވެ.

އެނދުގައި އޮށޯވެގެން އޮތް އަމްރުގެ އަތުގައި ފޯނު އޮތެވެ. ހީވާ ގޮތުން ކޮންމެވެސް މީހަކަށް މެސެޖް ކުރަނީއެވެ. އަމްރުގެ މޫނުގެ ކުލަވަރު ބަދަލުވީ ފޯނަށް މީހަކު ގުޅުމުންނެވެ. ވަގުތުން ފޯނު ބާއްވާފައި ރީތި ވެލައިގެން ހިގަނއިގަތީ ފާހާނައަށެވެ. ރީތި ވެލައިގެން އަމްރު މިސްރާބު ޖެހީ އޭނާގެ ގެއަށެވެ. ބައްޕައާއި ދައްކަން ޖެހޭ ވާހަކަ ހުރުމުން އެކަން ކޮއްފައި ދިއުން އަމްރުއަށް މުހިންމު ވިއެވެ.

ސޯފާގައި ހަމަޖެހިލައިގެން ހުރި މުއާޒަށް އަމްރު ފެނުމާއެކު އަތުގައި ހުރި ކޮފީތަށި މޭޒު މަތީގައި ބެހެއްޓިއެވެ. މުއާޒްގެ ބޮލުގައި އެނބުރެމުން އައި ކަންތަކުގައި މިއަދު އަމަލީ ސިފައެއް ޖައްސާނެއެވެ. އެއީ މިހާރު އޭނާގެ އަޒުމެވެ. އަމްރު އެތެރެއަށްވަދެ މުއާޒްގެ މޫނަށް ބަލާލިއެވެ. ހީވީ ކަމަކާއި  ވާހަކަ ދައްކަން ބޭނުން ވެފައި ވާހެންނެވެ. ނަމަވެސް އަމްރުއަށް ފަށާނެ ގޮތެއް ނޭނގުނެެވެ. މަޑުމަޑުން ތެދުވެގެން ދެކޮޅަށް ހިނގައި ހުރެފައި އަމްރު އަނެއްކާވެސް އިށީނެވެ. އަމްރު ވާހަކަ ދައްކަން ފެށުމުން  މުއާޒްވެސް ބޯ ޖަހާލިއެވެ. އަދި ނިކަތު އެހެން ބުނި ކަމަށްބުނެ މުއާޒްއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ނިކަތުގެ ނަން އަޑު އިވުމާއެކު މުއާޒްގެ ލޭކެކުނެވެ.

“ބައްޕަ އެހައި ގަޔާ ނުވޭ ނިކަތު އަކާއެއް…….” ކުއްލިއަކަށް މުއާޒްގެ ވާހަަކަ ހުރި ގޮތުން ހިނދުކޮޅަކަށް އަމްރުގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

“ނިކޫ ކިހިނެއްވީ؟…” އަމްރު އެހެން ބުނެފައި ފޯނަށް ބަލާލީ ގަޑިން ވީވަރެއް ބަލާށެވެ. އަނެއްކާވެސް މުއާޒްގެ މޫނަށް ނަޒަރު ހުއްޓާލީ މުއާޒް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

“ބައްޕަ ހުންނަ ތަންތާނގަ ވަރަށް ފާޑަކަށް ނިކަތު ވާހަކަ ދައްކަނީ.. ބައްޕައާ ދިމާލަށްވެސް…..” ދެރަވެލާފައި މުއާޒް އެހެން ބުނެލިއިރު އަމްރުގެ މޫނުން ފެނުނީ ރުޅިވެރިކަމެވެ. މުއާޒް ފެންނަ ކޮންމެ ގަޑިއެއްގައި ނިކަތުގެ ތަބީއަތަށް ބަދަލު އަންނަކަން އަމްރުއަށްވެސް ވަނީ ފާހަގަވެފައެވެ. ނަމަވެސް ނިކަތު އޭނާގެ ބައްޕައާއި އެހައި ހަޑިކޮށް މުހާތަބު ކޮއްފާނެ ހެއްޔެވެ. މީހެއްގެ ގޮތެއް ބަލާފައި ނޭނގޭނެއެވެ.

“ބައްޕާ… ބައްޕައަށް ދެރަވާނެ ގޮތަކަށް އަޅުގަނޑު ކަންތަކެއް ނުކުރާނެ އެއްނު…..” އަމްރު އެހެން ބުނެފައި ތެދުވެލީ ދަނީކަމުގައި ބުނަމުންނެވެ. ލެއްޕުނު ދޮރާއި ދިމާލަށް ބަލާލި މުއާޒް ވަގުތުން ހިނިތުން ވެލިއެވެ. އޭނާގެ ރޭވުން ތެކުގައި ކުލަ ޖެހުނީއެވެ. ދެން ވާނެގޮތް ބަލަންވެސް އޭނާއާއި ނުޖެހޭނެއެވެ.

އައްމާރުއާއި ނިކަތު މީޓިންއަށްފަހު ދިޔައީ ކާށެވެ. އޭރު މެންދުރުން އަނބުރައި ތިނެއް ޖަހަނީއެވެ. ތިރިއަށް ފައިބައިގެން އައި ނިކަތުގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އޮފީހަށް ވަދެގެން އައި އަމްރުއެވެ. ނިކަތުގެ ކައިރިން ލާފައި ދިޔައިރު އެންމެ ހިނދުކޮޅަކަށް ނަމަވެސް ހުއްޓިފައި ބަލައި ނުލައެވެ. ނިކަތުވެސް އެވަރުން ނޫޅި ދުރުގައި ހުރި ގޮނޑީގައި އިށީދެއްޖެއެވެ. ދެމީހުން ވާހަކަ ދައްކަން ތިބެފައި އައްމާރު ތެދުވެގެން ދިޔައީ ބިލު ދައްކާށެވެ. އޭރު މުއާޒް ފޯނެއްގައި ހުރެފައި އައިސް ނިކަތު ހުރި މޭޒު ކައިރީގައި އިށީންނަނީއެވެ. ނިކަތު ބަލާލީ ދުރުގައި ހުރި އައްމާރު އަށެވެ. މުއާޒް ޖީބަށް އަތް ޖަހާލަމުން އައިސް އިށީނީ ނިކަތުގެ ކުރިމަތީގައެވެ ހަދާނެ ގޮތެއް ނޭނގިހުރެފައި އެންމެ ފަހުން ނިކަތު ހިނިތުން ވެލަމުން އިށީނެވެ. މުއާޒް މޭޒުމަތީގައި އަތް އަޅާލަމުން ނިކަތުއާއި ދިމާލަށް ގުދުވެލިއެވެ. ނިކަތު ދެންވެސް ބަލާލީ ދުރުގައި ހުރި އައްމާރުއަށެވެ. އައްމާރު އެތަނަށް އަންނާނީ ކޮން އިރަކުން ހެއްޔެވެ. އައްމާރު ހީލައިގެން ވާހަކަ ދައްކަން މަޑުކޮއްލައިގެން ހުރީ އޭނާގެ ރަހުމަތް ތެރިއަކާއެވެ. އޭނާ މުއާޒް ކައިރިން ވައްތަރެއް ޖައްސާފައި ދާކަށް ބޭނުމެއް ނުވެއެވެ. އެހެން މީހުންގެ ނަޒަރުގައި އެދެމީހުންގެ އަގު ވެއްޓޭނެކަން ނިކަތުއަށް އެނގެއެވެ.

“ނިކަތު ދޯ ބުނީ އަމްރު ކައިރީގަ….” މުއާޒް އެންމެ ފަހުން ވާހަކަ ދައްކަން ފެށީ ސީދާ މައުލޫ އަށެވެ. އަރިއަރި މަތިން ވާހަކަ ދެއްކުމުގެ ބޭނުމެއް މިހާރު ދެން ނެތެވެ.

“ކޮން ވާހަކަ؟…” ވާހަަކ ަ ނުދައްކަން ހުރެފައިވެސް އެންމެ ފަހުން ނިކަތު އެހެން ބުނެލީ ހިންދިރުވާލަމުންނެވެ.

“އެމީހާއަކީ އީމާނާއޭ… ޔޫ ތިންކް އައި ޑޯންޓް ނޯ…” ދަތްކުނޑި ވިކައިލި މުއާޒްގ ެމޫނަށް ވީ ގޮތް ފެނުމުން ނިކަތު ކުޑަކޮށް ޖެހިލުން ވިއެވެ. އޭނާ މިކަހަލަގެ މީހަކު ނުދެކެއެވެ.

“އެއީ އީ…………”

“ބުނަން… މިދެމެދަށް ނުވަދެ ހުންނަންވީ.. އީމާނާ ދިއުމުން ރަނގަޅުވާނީވެސް ހަމަ އަމްރުއަށް… ޓްރައި ބްރޭކިން އަސް…” މުއާޒް އެހެން ބުނަމުން ހިނިތުންވެލި ގޮތުން ނިކަތު ވަގުތުން ހީކަރުވައި ގަނެއްޖެއެވެ. އީމާނާ މަރާލީ މުއާޒް ހެއްޔެވެ. ނިކަތު ލޯ މަރާލަމުން ހަނދާން ކުރަން މަސައްކަތް ކުރީ އޭނާގެ މަންމަ މަރާލި މީހެކެވެ. އެއްވެސް ވަރަކަށް އެދުވަހެއް އޭޙާ ހަނދާނެއް ނުވިއެވެ.

“ބައްޕާ…” އައްމާރު އެތާނގެ ކައިރިއަށް އަންނަމުން ބުނެލިއެވެ.

“އައްމާރު… ނިކޫއާއި އެކުގައުތަ؟ ބައްޕަ މިއަދު ގުޅިން….” މުއާޒް ކުލަ ބަދަލުވި ގޮތް ފެނިފައި ނިކަތު ހައިރާންވިއެވެ. މުއާޒް މީހަކު މަރައިލަ ފާނެ ހެންނެވެ. އޭނާއަށް މިހާރު ނިންމާނެ ގޮތެއް ނޭނގެއެވެ. އޭނާއަށް މުއާޒްގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ.

“އެހެންތަ… ނިކޫ ހިނގާ…” އައްމާރު އެހެން ބުނަމުން ނިކަތު މަޑުމަޑުން އެތަނުން ނިކުމެގެން ހިނގައި ގަނެއްޖެއެވެ. އައްމާރު ހިނގާފައި ދިޔައީ ތަންކޮޅެއް ބާރަށެވެ.

“އަހަރެން އޭނާ މަރާލީ…” ނިކަތު ކަންފަތް ކައިރީގައި މުއާޒް ވައި އަޑުން އެހެން ބުނެލަމުން ދުރަށް ޖެހިލިއެވެ. ނިކަތުއަށް ހީވީ މޫނުގައި މީހަކު އެތި ފަހަރެއް ޖެހިހެންނެވެ. މުއާޒްގެ އެޖެހިލުން ކުޑަކަމުން ނިކަތުގެ ހިތުގައި ބިރުވެރިކަން އުތުރި އަރައިގަތެވެ. މިއީ ކޮންކަހަލަ މީހެއް ހެއްޔެވެ؟

“ޓްރައި ކޮންވިންސިން އަމްރު…” މުއާޒް އެހެން ބުނެފައި ފުޅާކޮށް ހިނިތުން ވެލަމުން އެތަނުން ނިކުމެގެން ހިނގައްޖެއެވެ. ނިކަތުއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ނިކަތުއަށް ވަގުތުން ހިނގާފައި ދެވުނީ އަމްރުގެ ކެބިންނާއި ދިމާލަށެވެ. މުއާޒް އެހަދަނީ ދޮގެއް ނޫނެވެ. މިއީ ދުވާލު ފަދައިން އޭނާއަށް އެކަން އެނގެއެވެ. އައްމާރު ފަހަތަށް ބަލާލިއިރު ނިކަތު އަނެއް ފަރާތަށް ހިނގައިގަތްތަން ފެނިފައި އެދިމާލަށް އައްމާރުވެސް ދުއްވައި ގަނެއްޖެއެވެ. މުއާޒް މޫނު ފުހެލައިފައި އަމްރުގެ ކެބިންއަށް ހިނގައިގަތީ މަޑުންނެވެ. ހީވަނީ އޭނާ ބޭނުންވި ކަންތައް ވީ ހެންނެވެ. މުއާޒް މާކުރިންސުރެ ރާވަރުންއައި ކަމެއް ހީވީ ކާމިޔާބުވި ހެންނެވެ. ވަގުތުން ހީލަމުން ބޮޑުވައިލި އިނގިލި ތިރީ ތުންފަތުގައި ހާކާލިއެވެ. ނިކަތުގެ ހުރިވަރެއް އޭނާ ބަލަން ބޭނުމެވެ.

ނިކަތު އަމްރުގެ ކެބިންއަށް ވަންއިރުގައި އަމްރު ހުރީ ފޯނެއްގައެވެ. ފަހަތުން އައްމާރުއާއި މުއާޒްވެސް އައިސް ވަނެވެ. ކައިރީގައި އިތުރު ދެމީހުން ސިޓީ އުރައެއް ހިފައިގެން ހުއްޓެވެ. އޭގެ ބޭރުގައި ރިޕޯރޓްއޭ ޖަހާފައިވާ ތަން ފެނުމުން ނިކަތުގެ ހިތް ތެޅިލިއެވެ. އެއީ ޑީ.އެން.އ ރިޕޯރޓް ހެއްޔެވެ. އަމްރު ފޯނު ބާއްވަމުން ފުންނޭއެއް ދޫކޮށްލިއެވެ. ނިކަތުއައިސް އަމްރުގެ އަތުގައި ހިފަހައްޓާލަމުން ހީލިއެވެ.

“ކަނޑަންވީ ތޯ…” އަމްރު ބޯ ޖަހާލަމުން ލަސްތަކެއް ނުވެ އެމީހުން އޭގެއަށް ނަޒަރެއް ދިނެވެ.

“އިޓްސް އަ 99% މެޗް…” ރިޕޯރޓް ދިއްކޮށްލުމުން އަމްރު އޭގައި ހިފަން އިރުކޮޅެއް ނެގިއެވެ. އެދެމީހުން ކިތަންމެ ރުޅި އައިސް ހުރި ނަމަވެސް މިވަގުތު އަމްރުއަށް އޭނާ ބޭނުން ވާނެކަން އެންމެ ރަނގަޅަށް އެނގެނީ ނިކަތުއަށެވެ. އަމްރު ނުރޮއެ އިންނަންވި އެއްވެސް ސަބަބެއް ނިކަތުއަކަށް ނޭނގުނެވެ.

“އޯ.ކޭ…” ނިކަތުގެ އަތްތިލައިގެ ތެރެއިން އަތް ދަމައި ގަންނަމުން އެހެން ބުނެލިއިރު އެ އަޑުގައި އެއްވެސް ރިހުމެއް ނުވެއެވެ. ނިކަތު ދެއަތް ނަގައި އަމްރުގެ މޫނުގައި ހިފަހައްޓާލިއެވެ. އޭރު އަނެއް ދެމީހުން އެތަނުން ނިކުމެގެން ހިނގައްޖެއެވެ.

“ވައި އާންޓް ޔޫ ކްރައިން…” ނިކަތު އެހެން ބުނެލިއިރު ނިކަތުގެ އަޑު ބެދިއްޖެއެވެ. އަމްރު ދެރަނުވަނީ ކީއްވެ ހެއްޔެވެ. އަމްރު ފުން ނޭވާއެއް ދޫކޮށްލަމުން ނިކަތު އަތް އޭނާގެ މޫނުން ނައްޓުވާލިއެވެ.

“އަމްރު… ހުރިހައި ކަމެއްވެސް ވާނީ ރަނގަޅަކަށް……:” މުއާޒް އެހެން ބުނެލި އަޑު އިވުމުން ނިކަތުގެ ލޭ ކެކި ގަތެވެ. ވަގުތުން މުއާޒާއި ދިމާލަށް ބަލައިލީ ގައިގައި ނެތް ހިތްވަރު ލައިފައެވެ.

“ޔޫ ޑިޑް ދިސް… ޔޫ ކިލްޑް ހަރ…” ނިކަތުގެ އެ ޖުމްލައިން އަމްރުގެ ނިތުގައި ރޫތަށް ގިނަވާން ފަށައިފިއެވެ. އައްމާރުވެސް ނިކަތުއަށް ބަލާލީ ނުރުހުން ވެފައެވެ.

“ނިކޫ….” ދަމާލާފައި އައްމާރު އެހެންބުނީ އަމްރުގެ މޫނަށްވީ ގޮތް ފެނުމުންނެވެ. އެއީ އަމްރުގެ ރުޅިއަކީ އޭނާ ދަންނަ ކަމެކެވެ. މިވީހައި ދުވަހު ބޮޑުވީ އެރުޅި ފެނި ދަސްވެގެންނެވެ.

“ނިކަތު ކީކޭ ކިޔަން ތިއުޅެނީ… އަހަރެން އީމާނާދެކެ ލޯބިވީމޭ…” މުއާޒް މޭގައި އަތް ޖައްސާލާފައި އެހެން ބުނިއިރު އެލޮލަށް ކަރުނަ ޖަމާވިހެން ނިކަތުއަށް ހީވިއެވެ. މުއާޒް މިހައި ބޮޑަށް އެކްޓް ކުރާނެ ކަމަކަށް ނިކަތު ހިއެއް ނުކުރެއެވެ.

“ދެންމެ އަޅުގަނޑު ކައިރީގަ އެއް ނޫންތޯ ބުނީ ‘އައި ކިލްޑް ހަރ އޭ’…” އަމްރު ހީވަނީ ދެންމެ ދެންމެ އައިސް ނިކަތުގެ މޫނުގައި ޖަހައިފާނެ ހެންނެވެ. ނިކަތު އަދިވެސް ކިޔަމުން ދިޔައީ މުއާޒްގެ ގޯސް ވާހަކައެވެ.

“ނިކޫ… ހުއްޓާލަބަލަ…” އަމްރު އެންމެ ފަހުން އައިސް ނިކަތުގެ އަތުގައި ހިފެހެއްޓުމުން ނިކަތު މަޑު ޖެހިލައިފިއެވެ. ލޮލު ކައިރީގައި ހިފަހައްޓާލައިގެން ހުރެފައި އަމްރު ބަލާލީ ނިކަތުގެ ކުޑަކުޑަ މޫނަށެވެ. އެފެހި ދެލޮލަށެވެ. ހީވަނީ އަމްރު ގޮތެއް ނުނިންމިގެން ހުރެފައި ނިންމީ ހެންނެވެ.

“ނިކޫ… އަހަރެން ބަލައި ބޮޑުކުރީ ބައްޕަ… ނިކޫ ތިބުނަނީ އަހަރެންގެ ބައްޕަ މަންމައަށް ގޮތެއް ހަދާނޭތަ… ނޯ.. އަހަރެން ދެކުނީމޭ ބައްޕަ އުޅުނު ގޮތް.. ބައްޕަ ރުއި ރުއިން ދެކުނީ އަހަންނާ ބެއްބެ… ބައްޕައެއް އެއްވެސް މީހަކަށް އެހެނެއް ނުހަދާނެ ނިކަތު…” އަމްރު ފުންނޭވާ ދޫކޮށްލަމުން މުއާޒްއާއި ދިމާލަށް ބަލާލިއެވެ. ދެން އައްމާރުއަށް ބަލާލިއެވެ. އަމްރުބުނީ ތެދެކެވެ. މުއާޒް އޭނާއާއި އައްމާރު ބެލީ އަމިއްލަ ލޮލަށް ބަލާހައި ލޯބިންނެވެ. އެފަދަ މީހަކު އެއްވެސް މީހަކަށް ގެއްލުމެއް ނުދޭނެއެވެ.

“ޕްލީޒް.. ބްލީވް މީ… ޕްލީޒް އައި ނޯ ހީ ކިލްޑް ޔުއަރ…”

“މަރްޔަމް ނިކަތު ނިޝާން….” އަމްރު އެހެން ބުނެލިއިރު އެއަޑުގައި އިންޒާރެއް ވިއެވެ. އަމްރުގެ އަޑުގައިވީ ހުއްޓާލާށޭ ބުނާފަދަ ގޮތެކެވެ.

“އަމްރު ލުޓް އެޓް ހިމް.. އޭނާ ދޮގު…..”

“ނިކަތު ތިހިރީ ވަރިކޮށްފަ…” އަމްރުގެ އަޑު ނިކުތުމާއެކު މުޅި ކާއިނާތަށްވެސް ހިމޭންކަން ވެރިވެގެން ދިޔައެވެ. ވަގުތު ކޮޅަކަށް ނިކަތުއަށް އިވެމުންދިޔަ އަޑުތަށްވެސް ހުއްޓުނެވެ. އަމްރު އެހެން ބުނެފައި އެތަނުން ނިކުމެގެން ދިޔައީއެވެ. މުއާޒްވެސް ނިކުމެގެން ދިޔައީ އަމްރުގެ މޫނަށް ވެފައި ހުރި ގޮތުންނެވެ. އައްމާރު ނޭވާނުލައި ހުރި ނިކަތުއަށް ބަލާލަމުން ހިނގައިގަތީ އަމްރުގެ ފަހަތުންނެވެ. އޭނާ އެތަނުގައި އެކަނިވީއެވެ. އެއްވެސް މީހަކު އެތަނުގައި ނެތެވެ. މިވަގުތު އައްމާރުއަށްވެސް މުހިންމުވީ އަމްރުއެވެ. އަމްރު ދެރަވެފައިހުރިވަރު އައްމާރުއަށް އިހްސާސް ވިއެވެ.

އޮފީހުގެ ލައިޓްތަށް ނިއްވާލުމާއެކު ނިކަތު ދިޔައީ ސިއްސައިގެންނެވެ. އާންމު ގޮތެއްގައި ހައެއް ޖެހުމުން މުނި އޮފީހުން ބޮކި ތަކާއި އެއްޗެހި ނިންވާލާނެއެެވެ. ދެން މީހަކު އުޅޭކަމުގައި ވާނަމަ ބޮކި ދިއްލާނީ އަމިއްލައަށެވެ. ނިކަތު ވަގުތުން ގަޑިއަށް ބަލާލިއެވެ. ހަގަނޑި ސާޅީސް ފަހެއް ވަނީއެވެ. އެތާ އެތެރޭގައި އޭނާ ކޮޅަށް ހުރީ ކިހާއިރެއް ވަންދެން ކަމެއްވެސް ނިކަތު ހަނދާނެއް ނެތެވެ. އޭނާ އަމްރު ކައިރީގައި އެވާހަކަ ބުނަން އައީ ހަތަރެއް ޖަހަން އުޅެނިކޮށެވެ. މިހާއިރު އޭނާ އެއިންނަނީ އެކަނި ހެއްޔެވެ.

“ނިކަތު… ތިހިރީ ވަރިކޮށްފައި……”

ކުއްލިއަކަށް ނިކަތުގެ ކަންފަތުގެ ބުޑުގައި ގުގުމައިގަތީ އަމްރުގެ އެބަސްތަކެވެ. އޭނާއެއީ މިހާރު މީހެއްގެ އަތްބެއް ނޫނެވެ. ކޯތާފަތް ތެމޭ ކަމުގެ އިހްސާސް ވުމުން ނިކަތުގެ  އަތުގެ ނުފުށުން ފުހެލީ އިތުރަށް ނުރޯންށެވެ. ފޯނު ނަގައި އަމްރުއަށް ގުޅާލި ނިކަތުގެ އަތް ތުރުތުރުލައެވެ. މެސެޖެއްގައި ނިކަތު ސޮރީ އޭ ޖަހާލީ އަމްރުގެ ނިންމުން ބަދަލު ވޭތޯއެވެ. ނަމަވެސް އަމްރުގެ ޖަވާބެއް ނައެވެ. ލައިޓްތަށް ދިއްލަމުން އެތަނަށް ނިކުމެގެން އައި ނިކަތު އަދިވެސް ރޮވެނީއެވެ. ފޯނަށް ބަލަހައްޓައިގެން ނިކަތުއަށް އިނދެވުނީ ކިހާއިރަކު ކަމެއް ނޭނގެއެވެ. އެންމެ ފަހުން އެހެން އިނދެފައި ސިޑިއާއި ދިމާލަށް ހިނގައިގަތީ ހިތްވަރު އެލުވާލަމުންނެވެ. އޭނާ އަދިވެސް އަމްރު ކައިރީގައި އާދޭސް ކުރެވޭތީ ދެރަވެއެވެ. ނަމަވެސް އަމިއްލަ ދަރިފުޅަށްޓަކައި އޭނާ އަމްރު ބޭނުންވެއެވެ. އަންހެން ދަރިއަކަށް ބައްޕައެއްގެ ހިމާޔަތް ބޭނުންވާނެއެވެ. އޭނާއަށް އެވަރު ވިސްނެއެވެ. އޭނާއަށް ކޮންމެހެންވެސް މިދަރިފުޅަށް ބައްޕަގެ ލޯބިދޭން ބޭނުންވެއެވެ.

ސިޑިއާއި ދިމާލަށް ހިނގައިގަތް ނިކަތު މަޑު ޖެހިލީ ފަހަތުން ފިޔަވަޅުގެ އަޑު އިވުމުންނެވެ. ގައިން ހީބިހި ނަގައިގަތީ މިވަގުތު މިތަނުގައި މީހަކު އުޅޭތީއެވެ. އާންމުކޮށް މަސައްކަތު މީހުން އުޅޭތީ ނިކަތު ފަހަތަށް ނުބަލައި އަނެއްކާވެސް ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. ނަމަވެސް ފިޔަވަޅުގެ އަޑު ކައިރިވަމުން އައި ވަރަކަށް ނިކަތުގެ ހިތުގެ ވިންދުވެސް އައީ އަވަސް ވަމުންނެވެ. މިހާރު އެމީހާގެ ފިޔަވަޅުގެ އަޑަށްވުރެ އަމިއްލަ ހިތުގެ އަޑު ގަދައެވެ. ނިކަތު ދެލޯ މަރައި ތަގުޅި ކޮއްލައިގެން ބަނޑުގައި ހިފަަހައްޓައިލީ ކީއްވެ ކަމެއް ނޭނގުނެވެ. ހިތް ބުނަމުން ދިޔައީ އެތަނުން އަވަހަށް ދާށެވެ. ފަހަތަށް ބެލުމެއްނެތި ނިކަތު ފިޔަވަޅުތަކަށް އަވަސް ކޮއްލަމުން ބަނޑުގައި ބާރަށް ހިފަހައްޓާލިއެވެ.

“ރުކާޔަތު….” ފަހަތުން އިވިގެން ދިޔަ ނަމުން އޭނާގެ ހަށިން ފުރާނަވެސް ދަމައިގަތް ކަހަލައެވެ. ކުއްލިއަކަށް ފަހަތަށް ބަލާލި ނިކަތުގެ މޫނު އެއްކޮށް ހުދުވެގެން އައެވެ.

“ރުކޫ… ރުކޫ.. ރުކޫ… އައި ނިއު އިޓް ވޯޒް ޔޫ ފްރޮމް ދަ ވެރީ ބިގިނިން….” މުއާޒް އެހެން ބުނެލަމުން ނިކަތު ކައިރިއަށް ޖެހިލިއެވެ. ފުރަގަހަށް އަތް ލައިގެން ހުރި މުއާޒް ހުރީ ހިނިތުން ވެލައިގެންނެވެ. ނިކަތުގެ އަސްލު ނަން މުއާޒަށް އެނގުނު ގޮތެއް ނޭނގިފައި އަދިވެސް ނިކަތު އިނީ ބިރުންނެވެ. މުއާޒް ކައިރިއަށް ޖެހިލުމާއެކު އަނެއްކާވެސް ނިކަތު ފަހަތަށް ޖެހިލިއެވެ. މުއާޒް އީމާނާ މަރާލި ނަމަވެސް އޭނާގެ ނަން އިނގުނީ ކިހިނެއް ހެއްޔެވެ. މިވަނީ ކިހިނެއް ހެއްޔެވެ.

“ކިހިނެއް؟…” ނިކަތުގެ ބުމަ ކައިރި ކޮއްލިއިރު ހީވަނީ އޭނާގެ ހިތް މޭފަޅާފައި ނިކުންނަން އުޅޭހެންނެވެ.

“އެންމެ ފުރަތަމަ ރެއިން ފަށައިގެންވެސް… ވާރޭ ވެހުނު ރޭގައިވެސް އަހަންނަށް އެނގުނު… ނިކަތު ތިހާ ހިތްވަރު ގަދައެއް ނުވާނޭ.. އޮފީހުން ދިމާވި ރޭގައިވެސް… ނިކަތު ނަމަ ހުރިތަނުގައި ހުންނަނީ އަހަރެން އައިސް ކުރާ ކަމެއް ކޮއްފައި ދާންދެން… ވައި ޑިޑް ޔޫ ޓޭކް ހަރ ނޭމް………” މުއާޒް އެހެން ބުނެލިއިރު ނިކަތުގެ ގައިން ހުރިހާ ހިތްވަރެއް ހިނގައްޖެއެވެ. އޭނާ އަމިއްލަ ނަފްސަށް ވިސްނަ ދެމުން ދިޔައީ މިފެންނަނީ ހުވަފެނެއް ކަމެއްއެވެ. މިހެނެއް ނުވާނެއެވެ. މުއާޒް މިހައި ނުބައެއް ނުވާނެއެވެ.

މުއާޒް މަޑުކޮއްލައިގެން ހުރީ ކުރިން ވެސް ހުރި ތަނުގައެވެ. އެއްވެސް ވަރަކަށް މުއާޒްއަށް ކުރިން އޭނާ އިނގުނު ގޮތެއް ނޭނެގުނެވެ. “ޕްލީޒް ޑޯންޓް”ކިޔަމުން ތުރުތުރު އަޅަމުންދިޔަ ނިކަތުއަށް ހިފަހައްޓައި ލެވުނީ ފާރުގައެވެ. ތިރިވެ ޓައިލްސްގައި ކަކޫ ޖަހާލި ނިކަތު މަސައްކަތް ކުރަމުން ދިޔައީ ކުރީގެ ކަންތައް ހަނދާންވޭތޯއެވެ. ނޫނެކެވެ. ހެޔޮނުވާނެއެވެ. މިއަދު ދެން ހަނދާންވާށެވެ. އިތުރަކަށް ކެތެއް ނުވާނެއެވެ. ކުއްލިއަކަށް ނިކަތު ބޭނުންވީ އެތަނުން ތެދުވެގެން ދާށެވެ. ކުއްލިއަކަށް ނިކަތުއާއި ތަޝްކީލް މަތިން ހަނދާން ވުމުން ހިތްހީވީ އެތެރޭގައި ފިތުނު ހެންނެވެ. ނިކަތު ތެދުވެ ހަމަ ޖެހިލަމުން މުއާޒްގެ މޫނަށް ބަލާލިއެވެ. އެއީ އޭނާ ނުދަންނަ މީހެކެވެ. ބަނޑުގައި އަތް ފިރުމާލަމުން ނިކަތު މަޑުމަޑުން ތެދުވެ ހަމަ ޖެހިލިއެވެ. ކުއްލިއަކަށް މުއާޒް ކައިރިން ތަޝްކީލް ފެނުނު ކަހަލައެވެ. އެދިމާ ތިރި ބަލާލިއިރު ތަޝްކީލް އޮތީ ވެއްޓިފައެވެ. ތަޝްކީލް ނޭފަތިގައި ޝަގާދަ އިނގިލި ޖައްސައިލައިގެން ހުރި ގޮތުން ލޮލުން ބުނީ ވާހަކަ ނުދައްކާށެވެ.

ނިކަތުއަށް ވަގުތުން އެތަނުން ދާން ހިތްވަރު ލިބުނު ކަހަލައެވެ. އޭނާ ދުއްވައިގަތީ ސިޑިއާއި ދިމާލަށެވެ. މިފަހަރު މުއާޒް ނިކަތުއަށްވުރެ މާހުޝިޔާރެވެ. ދެފައި ބިމަށް ހެޔޮވަރު ކޮއްލަމުން މުއާޒް އޭނާގެ ފުރަގަހަށް ލައިގެން ހުރި ދަނގަޑުބުރި ނަގަމުން ނިކަތުގެ ބޮލުގައި އަޅައި ވިހެލިއެވެ. ކުރިއަށް ގޮސްގޮސް ހުރި ނިކަތު ކުއްލިއަކަށް ބޯފަހަތަށް އައިސް ވެއްޓުނީ ބަނޑުވަތަށެވެ. ފާރާއި ޓައިލްސް މައްޗަށް ބުރައިގެން ދިޔަ ލޭތަކުން އެތަން ތެމެން މާގިނަ އިރެއް ނުނެގިއެވެ. މުއާޒް ނިކަތުގެ ފައިގައި ހިފައި ދަމަމުން ގެނެސް ލިފްޓްގެ ތެރެއަށް އެއްލާލިއިރު އެއްވެސް ރަހުމެއް އެހިތުގައި ނުވެއެވެ. ހޭވެރިކަން ހުރި ނިކަތުގެ ލޯހުޅޫވާލީ މުޢާޒް ލިފްޓް ބޭރުގައި ހުރެ މީހަކަށް ގުޅާލުމުންނެވެ. އޭނާ އެތަނުން ނެރޭނެ މީހަކު އަންނާނޭ ހެއްޔެވެ.

“ނައު…” މުއާޒް އެހެން ބުނެލުމުން މުނިތަނުން ކަރަންޓް ހިނގައްޖެއެވެ. މުއާޒް ފުންނޭވާއެއް ދޫކޮށްލަމުން ފަހަތަށް އެނބުރިލާފައި އަނެއްކާވެސް ލެއްޕެމުންދިޔަ ލިފްޓްގެ ދޮރާއި ދިމާލަށް ބަލާލިއެވެ. ނިކަތު ލޯހުޅުވާލައިގެން އޮވެފައި ކުއްލިއަކަށް ލޯބޮޑު ކޮއްލިއެވެ. ލޮލަށް އެޅެމުންދިޔަ ލޭތަކުން މިހާރު މަންޒަރު ފެންނަނީ ފުސްކޮށްނެވެ. ކުއްލިއަކަށް މިވީ ސޯޅަ އަހަރުގެ ހުރިހާ ކަމެއް އެއްފަހަރާ ހަނދާންވި ކަހަލައެވެ. ނިކަތު ހަޅޭއްލަވައިގަތީ މުއާޒް ފަހަތަށް އެނބުރުމުންނެވެ. އެއީ ހަމަ އެއެވެ. މުއާޒް ބަލާލަމުން ހީގަތީ ނިކަތު ހަޅޭއްލަވައިގަތީމައެވެ. ކުއްލިއަކަށް ލިފްޓް ތިރިއަށް ވެއްޓުނީއެވެ. ނިކަތުގެ އަޑު ކެނޑި މުނިތަންވެސް ހިމޭންވިއެވެ.

21 ޑިސެމްބަރ 2002

އެކުޑަކުޑަ ދާރަ ތަކުގައި ލޯ ޖަހައިގެން ހުރި ރުކާޔަތުގެ ހިތް ހީވަނީ މޭފަޅާފައި ނިކުމެގެން ހިނގައިދާނެ ހެންނެވެ. އަނގައިން ބަހެއް ނުބުނެވި ރުކާޔަތުގެ ލޮލުން ކަރުނަގަނޑު އޮހިގަތީ ނިކަތު ދުވަމުން އައިސް ކޮޓިއަށް ވަނީމައެވެ. ތަޝްކީލް އޭރު ދޮރުގައި ހިފައްޓައިގެން އިނީ ދޮރު ހުޅުވިޔަ ނުދޭށެވެ. ކުއްލިއަކަށް ތަޝްކީލް ދިޔައީ ބުރައިގެންނެވެ.  އެތެރެއަށް ވަދެގެންއައި މީހާ އޭރު ހުރީ އަލާމާރިއަށް ފުރަގަސް ދީގެންނެވެ.  ސަލާމަތް ވާން ތަޝްކީލް ދުވެފައި ދިޔައީ ކޮޓަރީގެ ކަނަށެވެ. ނަމަވެސް އެމީހާ ހީވަނީ އިތުރު ހިތްވަރެއް ލިބުނު ހެންނެވެ. ކައިރީގައި ދޮރު ލެއްޕޭތީ ބާއްވާފައި އޮތް އެޅިގަލުގެ އެއްބައި ނަގައި ޖެހީ ތަޝްކީލްގެ ބޮލުގައެވެ. އެއާއެކު ތަޝްކީލް އެއްވެސް ރުލެއްނެތި ތަޝްކީލް ކޮތަރި ތެރެއަށް ދެމިގެން ހިނގައްޖެއެވެ. އަތުގައިވީ ލޭތަކާއެކު ގާބުރި ހިފައިގެން ދެން އެމީހާ އެނބުރިލީ އަލަމާރިއާއި ދިމާއަށެވެ. ވަގުތުން ރުކާޔަތަށް ފަހަތަށް ޖެހިލިއެވެ. އަނެއްކާ އެމީހައަށް އެނާ ފެނުނީ ނޫންބާވައެވެ.

ނުނިމޭ

 

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

ފިނި މޫސުމުގައި ހޫނު މޫސުމުގެ މޭވާ! ހޫނު މޫސުމުގައި ފިނި މޫސުމުގެ މޭވާ!

Next

އެނގުމެއްނެތި…10

Next
January 24, 2019

އެނގުމެއްނެތި…10

Previews
January 23, 2019

ފިނި މޫސުމުގައި ހޫނު މޫސުމުގެ މޭވާ! ހޫނު މޫސުމުގައި ފިނި މޫސުމުގެ މޭވާ!

10 Comments!

  1. SCARLET says:
    January 24, 2019 at 1:03 pm

    Alhe balabala indha up vy… vvvv reethi.. Ninnu plz avahah up kohdhehchey nxt prt ingey…

    1. Ninnu says:
      January 24, 2019 at 1:06 pm

      in shaa allah soon 🙂

  2. Oops says:
    January 24, 2019 at 1:16 pm

    Alhe plz nikath n amru gulhuvahchey

    1. Ninnu says:
      January 24, 2019 at 1:24 pm

      hehehe.. lets see dho 🙂

  3. Airah says:
    January 24, 2019 at 1:59 pm

    pls plx up vaanea duvahea bunea deeba plx.vvv Reethi mi story

  4. ސިއްތި says:
    January 24, 2019 at 4:34 pm

    ?

  5. unknown says:
    January 24, 2019 at 5:39 pm

    vrh reethi mi part ves. plx avahah up kohdheebaa!!!!!

  6. aki says:
    January 25, 2019 at 1:34 am

    vac salhi mi part ves… next part avahah up kohla dheebaa pls

  7. koba says:
    January 26, 2019 at 10:50 am

    konmea meehakuves bunaanea v avaha up kuraanamey eakamu 2weeks vaairu ves up nukurea vey nea

  8. secret says:
    January 27, 2019 at 9:09 am

    dhn mihaaru up kuran vehje ehnu … kiyaa hihve eyy

Comments are closed.


All Right Reserved!