Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކީ 24

Dhonthiii Level 210 Stories100 Comments
November 29, 2018 3 Mins Read
22 Comments

އާދުވަހަކަށް އިރުއެރީީ އުޑުމަތި ވަރަށް ސާފުދުވަހަކަށެވެ. ނަމަވެސް އިސާހިތަކު ބޮޑެތި ކަޅުވިލާތަކުން އުޑުމަތި ބައްްްދާލައި ބަނަކޮށްލައިފިއެވެ. ދޭތެރެ ދޭތެރެއިން އަލިގަދަ ވިދުވަރަކާއިއެކު ޖަހާލާ ބާރު ގުގުރިން ހީވަނީ ދެންމެ ދެންމެ ކަންފަތްފަޅައިގެން ގޮސްދާނެހެނެވެ. ވައިގަދަކަމުން އިންސާނަކުވެސް ވަޔާދާނެކަންގައިމެވެ. މިއީ ހުސް އަންނަންއެއުޅޭ ކޮޅިގަނޑުގެ އަލާމާތެވެ. އެކަމަކު ޝަައިިރާާގެެ ހަޔާތައްް އަންނަން އުޅޭ ބޮޑުތޫފާނުގެ ކުޑަވެސް ހިލަމެއް ޝަައިިރާާއަަކަަށްް ނުވެއެވެ.

ރަށުުުުގެ ނެރުން ވަދެގެންއެއައީ ލޯންޗަށްވެސް ކޮޅިގަނޑުގެ ކުރިޔަށް އާދެވުނުކަން އެއީ ނަސީބެކެވެ. އެއަންނަންއުޅޭ ގަދަ ވިއްސާރައިގަ ދަތުރުނުކުރެވޭނެކަންގައިމެވެ. ދަތުރުކުރިނަމަވެސް ސަލާމަތުގެ އައްސޭރިއަކަށް އާދެވޭނެކަމާއިމެދު ޝަަަަަަައްކެވެ.

ޝައިރާގެ ބައްޕަވެސް ލޯބިވާދަރިފުޅުގެ ހައްގުގައި އެދަރިފުޅުގެ ލޯބިވެރިޔާއާއި ބައްދަލްކުރަން ދާން ނިންމައިގެން ހުއްޓެއްކަމަކު އެދޭއިންޒާރަށް ބީރުކަންފަތެއް ދީފާ ދާންނުކެރުުުުުުުނީއެވެ. ވިއްސާރަ ހުއްޓުމުންވެސް އެކަންވެދާނެތާއެވެ. އެކަމަކު ޝަަަަަަައިރާގެ ބައްޕަގެ ނަޒަރުގައި މިހާރުވެސް އެކަމާއިގެންއުޅެން މާބޮޑަށްވެސް ލަސްވެއްޖެއެވެ.

ޖެހޭގަދަވައިން ކޮންމެހެން ދާންޖެހިގެންނޫނީ  ގެއިންބޭރަށް ނުދިއުން ބުއްދިވެރިޔެވެ. ގޭގެ ފުރާޅުވެސް ހީވަނީ ދެންމެދެންމެ އެއްލާލަފާނެހެނެވެ. އެހާވެސް ވައިގަދައެވެ.

ކުއްލިއަކަށް ވެހޭންއެފެށި ބޮޑުތިކި ވާރޭއިން ކަންފަތްތައް ބައްގަންނަހާވަރުވެއެވެ. ގޭގެ ފުރާޅަށް އޮއްގާއުކުމެކޭ ތަފާތެއްވެސްނެތެވެ.

ޝަައިރާވެސް ހެނދުނު ހޭލައިގެން އަދިވެސް އޮތީ ތަންމަތީ ނުތެދުވަންށެވެ. ބަލާލި ކޮންމެ މީހަކަށްވެސް ހީވާނީ ޝަައިިރާާ އޮތީ ވަރަށް ބޮޑު ފިކުރެއްގައިހެނެވެ. ހަގީގަތަކީ ޝަަަަަަަަަަައިރާއުޅެނީ ހިޔާލީދުނިޔޭގަކަމެވެ. އެހިތަށް ތަސައްލީއެއް ހޯދުމަށް ހިޔާލީދުނިޔޭގަ ޝަަަަަަަަަަައިރާއުޅެނީ އަޔާންއާއިއެކު ވަރަށްވެސް އުފަލުގައެވެ.

އާދައިގެމަތިން މިއަދުވެސް ޝަައިިރާާ ހެނދުނުގެ ނާސްތާކުރަންވެސް ތެދުވީ މަންމަގެ އެތަށް އާދޭހަކާއިއެކުއެވެ. ކުޅިބޯކިބާ ފޮއްޗަކާއި ސައިޖޯޑުން އެއްބައި ބޯލައިގެން އަނެއްކާވެސް އައިސް އޮށުވެތީއެވެ. ގައިގަ ވަރުޖެހޭވަރަށް ނުކެއުމުގެ ސަބަބުން ޝަައިިރާާގެެ މުޅިދުވަސް ހޭދަކުރަނީ ތަންމަތީގައެވެ. މަންމަ އާދޭސްކުރީމާ ކާއެއްޗެހީގަ ކޮއްޓާލާފަ އަނެއްކާވެސް އައިސް އޮށުވެއްނަނީއެވެ. ޝަަަަަަަަައިރާއަކީ އެއްއިރެއްގަވެސް އެހެންއުޅުނު ކުއްޖެއްނޫނެވެ. އެހެންކަމުން ޝަަަަަަައިރާގެ އެއުޅުމުގެސަބަބުން ޝަަަަަަައިރާގެ މަންމަ ހުންނަނީ އަބަދުމެ ފިކުރެއްގައެވެ.

ޝަައިރާގެ އެހިތާމަތައް ދުރުވޭތޯ ކުރެވެންހުރި ކަމެއްވިއްޔާވެސް ކޮއްދެންބޭނުމެވެ. އެގޮތުން ޝަައިިރާާގެެ ކައިރި އެދެމީހުންގެ ކައިވެނި ހަމަޖައްސަދޭން ބައްޕަ އުޅޭވަހަކަ ބުނަންވެސް ޝިިއުުރާާގެެ ހިތަށްއަރައެވެ. ނަމަވެސް ކެއްކޮށްލައިގެން ހުންނަނީ ހުރިހާކަމެއް ހަމަޖެހުނީމަ ބުނަންށެވެ. އޭރަށް ޝަައިިރާާގެެ އުފާވެރިކަން ދެގުނަވާނޭހިތާއެވެ. އެކަމަކު ޝަައިިރާާގެެ މައިންބަފައިނަށް ނޭނގޭ ކަމީ އެމީހުނަށް އެއެޅޭ ކަތި ފިޔަވަޅުން ޝަައިިރާާ އުމުރުދުވަހުވެސް ހިތާމަކޮށްފާނެކަމެވެ.

* * * * * * * *

ވިއްސާރަ ވެހެންވާއިރަށް ބާރުހިނގުމެއްގައި ގެޔާހަމަށް ލައްވާލައިތޯ އައި ނިޝާހު ހުއްޓުނީ ކުރިމަތިން އެއަންނަ ޒުވާނާއަށް ދަންނަވައްތަރެއް ޖެހުމުން ކާކުތޯ ރަނގަޅަށް ބަލާލުމަށެވެ. ފުދޭވަރަކަށް ދުރުކަމުންނާއި ވައިޖެހޭލެއްބާރުކަމުން ދެލޯފުރާ ވެލިވަނުންނޫންކަމެއްނުވިއެވެ.

އަޅިކުލައިގެ ޓީޝާރޓްއަކާއި ޖިންސެއްގައި ނިޝާހް ހުރިދިމާލައް އެޒުވާނާގެ މިސްރާބުހުއްޓެވެ..

“އެހެރަބޮޑު ވިލާގަނޑު ހަދައިފަހުރިއިރުވެސް ޝަަަަހް މިތާ މަގުމަތީ ކީއްތަތިކުރަނީ؟ ކޮބާކިހިނެއް؟ ދުވަސްކޮޅެއްވެއްޖެ ދޯ ދިމާވެސްނުވާތާ.” ޝާާހްްއަަކީީ ހަމައެކަނި ރައްޓެހިން މުޚާތަބްކުރާނަމެއްކަމުން އެއީ ނިޝާހް ދަންނަ މީހެއްކަން ޔަގީނެވެ.

ރަނގަޅަށް ދެލޯފުހެލާފަ ބަލާލިއިރު ކުރިމަތީހުރީީ ނިޝާހްގެެ ކުޑައިރުގެ މިތުރެވެ. އަޔާންއެވެ. ފުރަތަމަވެސް ނިޝާހްއަށް ފާހަގަވެގެންދިޔައީ އެދޮލުލަގަވީ ހިތާމަވެރިކަމެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިޔަސް އެދެލޯ ހެކިދެނީ އެއީ ދެއްކުންތެރިކަމުގެ ހިނިތުންވުމެއްކަމުގައެވެ.

“މަހަމަރަނގަޅޭ.. ހަނދުއޮއްސިފަހެން ހާދައެބަހީވޭ. ބިޓުކެޓީދޯ؟.. ޔާންކަހަލަ ރަނގަޅުކުއްޖެއް ދޫކޮށްލާނީ މޮޔައެއް.. އެހެންވެދޯ ފޯނުނިވާލައިގެން ތިއުޅެނީ… އަހަރުމެނަށްނޭނގެ ޔާން ރަށުގަހުއްޓަސް ނެތަސް. މަރަށުގަ ހުއްޓަގައިމުވެސް ފުރީ ބުނެވެސްނުލާ.. މަގުޅާން އުޅެއުޅެ ނުގުޅުނީމަ ހަލީންތަކުރެން އެހީމައެނގުނީ ޔާންރަށުގަނެތްކަންވެސް. ކުޑަމިނުން ދުނިޔޭގަ ހުރިކަންވެސް މިއެނގެނީ ފެނުނީމަ. ޔާންގެ މަންމަވެސް ހުރީ ވަރަށް ކަންތައް ބޮޑުވެފަ.. މަގޭކައިރި ބުނިވިއްޔާ ދިޔަގޮތަށް ހަބަރެއްވެސް ނުވެޔޭ.. މަށެއް ހިޔެއްނުކުރަން…” ނިޝާހްގެ ވާހަކަ މެދުކަނޑާލަންޖެހުނީ ބޮޑުތިކިވާރޭގެ ހަމަލާއެއް އަތުވުމުންނެވެ. ދެމީހުންވެސް ހިޔާވުމަށް ދުއްވައިގަތީ ދެފަޔަށް ލެވުންހާ ބާރެއްލައިފައެވެ.

ފުދޭވަރަކަށް ގެޔާއިކައިރިވެެެެފަ ހުރުމުން ދެމީހުންވެސް ދުއްވައިގަތީ ގެޔާއިދިމާލަށެވެ.

* * * * * * * * * *

ވިއްސާރަދުވަހަކަށް ވުމުން ކަންނެތްކަމާއިއެކު މެންދުރުވަންދެންވެސް ނުތެދުވެ ރާއިލްއޮތީ ބޮޑުފިކުރެއްގައި ހަދާނެގޮތްހުސްވެފައެވެ. އެއީ ރާއިލްއަށް ޝަައިިރާާއާާއިި ދިމާނުވާތާ އެހާގިނަދުވަސްވިއިރުވެސް ކުޑަމިނުން ޝަައިިރާާ އެރަށުގަ ހުރިކަމެއްވެސް ރާއިލްއަށް އެނގިފާާާާާާާާާާާނެތުމުންނެވެ. ޝަަަަަަަަަަަަަަަަަަަަަަަަައިރާގެމަތިން ހަނދާންނައްތާލާ އަނބުރާ މާލެ ދާންވީކަމެއް ނޫނީ އަދިވެސް ޝަައިިރާާގެެ އިންތިޒާރުގަ ހުންނަންވީކަމެއްވެސް ވިސްނާވިސްނާ ރާއިލްއަކަށް ނޭނގުނެވެ.

މާލެ ދިޔުމަށްފަހު ދެން އަނބުރާނާދެވޭނެކަމީ ޔަގީންކަމެކެވެ. އެހެންކަމުން ރާއިލްގެ ކޮންމެ ދުވަހެއްމެ ނިމިދަނީ މި ދެކޮޅު ނުޖެހޭ ހިޔާލުގައެވެ.

އެކަމަކުވެސް އުމުރުދުވަސް މިގޮތުގާ ހޭދަކޮށްލެވެން ނެތީތީ ރާއިލްއަށް ބޮޑަށް ވިސްނެެެެެމުންދިޔައީ އަނބުރާ މާލެދިޔުމަށެވެ. ރާއިލްއަށް ޝަައިިރާ ލިބޭނެކަމުގާ ވަނީނަމަ މާލެގަ ހުއްޓަސް ލިބޭނޭ އެހިތަށްް ވިސްނައިދެެމުުންް ދިޔަނަމަވެސް އެކަން ގަބޫލު ކުރުންވަނީ ދަތިކަމަކަށެވެ. ކޮންމެ ގޮތެއް ހަދަންޖެހުނަސް ޝަައިިރާާ ބޭނުމެވެ.

ޝަައިިރާއަކީ އެެެެެެެޒުވާން ހިތުގެ ފުރަތަމަ ލޯތްބެވެ. މީހުން ބުނާގޮތުންނަމަ ފުރަތަމަ ލޯބި ހާސިލެއްނުވާނެއެވެ. ރާއިލް އެކަންވެސް ދޮގުކުރަން ބޭނުމެވެ.

* * * * * *

މިކަހަލަ ވިއްސާރަދުވަހެއްއައުމުން ޝަަަަަަައިރާގެ ހަނދާންއާކޮށްދެއެވެ. އެދުވަހު ވިއްސާރަގަނޑުތެރޭ ޝަަަަަަަަައިރާއާއި ދިމާވިދުވަސް އަދިވެސް އިއްޔަގާ ވީކަމެއްހެން ނިޝާހްގެ ލޯކުރިމަތީ ސިފަވެއެވެ. ޝަަަަަަައިރާ ގެންގުޅުން ކުޑަ އަދިވެސް ނިޝާހްގެ ކޮޓަރީގަ ބަހައްޓާފަހުއްޓެވެ. ޝަަަަަަަަަަަަައިރާއާއިހެދި ދިވާނާނުވިޔަސް ނިޝާހްގެ ހިތުގަވެސް ތަފާތުވިންދެއް ޖަހުމުންދެއެވެ. ގައިމުވެސް ހިތާމަތަކެއް ނުކުރިޔަސް ޝަަަަަަަަަަަަައިރާގެމަތިން ހަނދާންވެއެވެ. ދެކިލަންބޭނުންވެއެވެ.

* * * * * * * * *

އަޔާން އިންތިޒާރުކުރަމުންދިޔައީ އެއްފަހަރުނަމަވެސް ޝަަަަަަަަަަައިރާއާއި ބައުދަލުކޮށްލެވޭނެ ވަގުތަކަށެވެ. ޝަަަަައިރާ އަޔާންއާއިމެދު އެގޮތަށްކަންތައްކުރީ އަޔާންގެ ކޮންކުށެއްއޮވުމުންތޯބަލަން އަޔާންބޭނުންވީއެވެ.

އެދުވަހު ވީދެރައިންނާއި އައިރުޅިން ފަސްއެނބުރި ބަލާލުމެއްވެސްނެތި ފުރައިގެން ދިޔަނަމަވެސް ވަރަށްވިސްނުމަށްފަހު ވަޒީފާއިން 15ވަރަކަށް އޮފްދުވަސް އެއްކޮށްގެން ރަށަށްއައި މަގްސަދަކީވެސް ޝަަަަަަަަަަައިރާއާއި ފަހުފަހަރަށް ނަމަވެސް ބައްދަލުކޮށްލުމެވެ. ވީގޮތެއް ބެލުމެވެ. އެހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް އޭރުންލިބޭނެކަމަށް އަޔާންދެކުނެވެ.

މުޅިދުވަސް ނިމިގެން ދިޔައީ ހުއްޓުމެއްނެތި ވިއްސާރަވެހުމުގައެވެ. ތުނިކޮށް ނަމަވެސް މެދުކެނޑުމެއްނެތިއެވެ. އެހެންކަމުން އެދުވަސް ބޭކާރުވެގެންދިޔައީއެވެ. އެކަމަކުވެސް ކެއްތެރިކަމާއިއެކު އިންތިޒާރުކުރަމުން ދިޔައީ އަދި ވަގުތުޖެހުުމުުންް ހުރިހާކަމެއްވެސް ވާނެކަމަށް ދެކިގެނެވެ.

* * * * * * * *

ޖެހިގެންއައި ދުވަހަކީީ ވިއްސާރަ އަލި ދުވަހެކެވެ. ހާލުގެ ކައްކަކާކޯއަށް ހޭލިގޮތަށް އަޔާންގެ ލޮލަކަށް ނިންޖެއްނައެވެ. އެނދުމަތީ ފުރޮޅި ފުރޮޅި އޮތުމަށްފަހު ގަޑިން އަށެއްޖެހުމުން ތެދުވީއެވެ. ފެންވަރާލައިގެންގޮސް ކުޑަގޮތަކަށް ސައިބޯލައިގެން ބޭރަށްނުކުމެލީ ޝަައިިރާާއާާއިި ބައްދަލްކޮށްލަން ދިޔުމަށެވެ.

އިއްޔަގެ ބޯވިއްސާރައިގެ ސަބަބުން މުޅިމަގުތަށްވަނީ ފެންހެދި ފުރިފައެވެ. ހާލަކުއުޅެގެން ފެންގަނޑަށް ނޭރި ދާންއުޅުނަސް ކުޑަކުޑަކޮށް ނަމަވެސް ފެންގަނޑަށްް ނޭރި ދެވޭގޮތެއް ހަމަނުވިއެވެ.

ނިޒާރުބޭގެެ ފިހާރަޔާ ހަމަށްދެވުންއިރު އަޔާންގެ ހިތް ނޭނގޭ ބާރުމިނެއްގާ ތެޅެމުންދެއެވެ. ޝަައިިރާާއާާއިި ބައްދަލުވާތީކަމެއް ނޫނީ ފެންގަޑަނަށް ނޭރިއަންނަންވެގެން ފެންގަނޑުމަތިން ފުންމަމުން އައިމާކަމެއް ނޭނގެއެވެ.

ފިހާރަޔަށް އައިސް ވަތްއިރު ޝަައިިރާާއެެއްްނެތެވެ. އިނީ އެހެންކުއްޖެކެވެ. މާޔޫސްކަމާއިއެކު އަނބުރާ ދިޔައީ ހަވީރުން އަންނަންށެވެ.

* * * * * * * *

ރާއިލް އެއްޗެހިތައް ޕެކްކުރަމުންދިޔައީ މިއަދު ހަވީރު ފުރުމަށެވެ. ވަރަށް އިންތިޒާރު ކުރެވިއްޖެއެވެ. އިންތިޒާރުގެ ކޮޅުފެންނަގޮތެއް އަދިވެސް ނުވިޔެވެ.

މިފަހަކަށް އައިސް އެގޭ މީހުންގެ ސުވާލުތައްވެސް އަމާޒުވަމުންދާތީއާއިވެސް އެކުއެވެ. ރާއިލް ހަމަ ކަމެއްނެތި އެރަށުގަ އެހާދުވަހު ހުރުމުން މީހުންގެ ސުވާލުތައްވެސް ކުރިމަތިވާނެކަން ޚުދު ރާއިލްވެސް ގަބޫލުކުރެއެވެ. ކޮންމެގޮތެއް ހަދާފަވެސް އަނބުރާ އަންނަން ވައުދުވަމުން އެއްޗެހިތައް ޕެކްކުރުުުުުުުުުމާއިގެން ކުރިޔަށްދިޔައެވެ.

* * * * * * *

ހަވީރުވެސް އަޔާންއަށް ޖެހުނީ މާޔޫސްކަމާއި ކުރިމަތިލާށެވެ. ޝަައިިރާާއެެއްް އެފިހާރަޔަކުނެތެވެެ. ފިހާރައިގަ އިންކުއްޖާކުރެން އެހުމުން އެނގުނީ ކުއްލިއަކަށް ޝަައިރާ ފިހާރައިން ވަކިވިކަމެވެ. ސަބަބެއް އެކުއްޖާއަށްވެސް ނޭނގޭކަމަށްބުނުމުން އަޔާން ވަކިންބޮޑަށް މާޔޫސްވާގޮތްވިއެވެ.

* * * * * * * *

މާލެދާން ފުރަން ނިކުތް ރާއިލްއަށްް ހުއްޓެން މަޖުބޫރުވީ ފަހަތުން މީހަކުއައިސް ރާއިލްގެ ކޮނޑުމަތީ ހިފަހައްޓާލުމުންނެވެ..

=ނުނިމޭ=

Share Article

Follow Me Written By

Dhonthiii

Level 210 Stories100 Comments

Love to read and write. Need everyone's help to improve. Sarangheyoa ???

Other Articles

Previous

އެހެނަސް…(17)

Next

ހަނދާންވަނީއެވެ.

Next
November 29, 2018

ހަނދާންވަނީއެވެ.

Previews
November 29, 2018

އެހެނަސް…(17)

22 Comments!

  1. kokkie says:
    November 29, 2018 at 6:47 pm

    Dhonthi Ayaan r Shairaa meet kuruvaba dhn..?? ANd e raail fonuvaalaa….??

    1. Dhonthiii says:
      December 5, 2018 at 2:58 pm

      Hehehe kokkie bunaa gotah hadhanvee kahneyge. Eyrah vaahaka nimeynenu. Hey that?

  2. Nish says:
    November 29, 2018 at 11:30 pm

    Salhi anei part uvs thank you

    1. Dhonthiii says:
      December 5, 2018 at 2:58 pm

      Thank you

  3. Yehtaf says:
    November 30, 2018 at 12:57 am

    Everyone after shaairaa…. Wonder how the story gonna lead…

    1. Dhonthiii says:
      December 5, 2018 at 3:01 pm

      Thank you so much. Mi comment ah haadha Intizaareh kihfeemey. Ehves kujjaku tihen nubunegen ithuru kujjeh genaeeves story ah. I mean nishaah. I wanted the readers to wonder how this story is gonna end.

  4. azoo says:
    November 30, 2018 at 4:28 pm

    mi vaahaka varan reeti

    1. Dhonthiii says:
      December 5, 2018 at 3:01 pm

      Thank you

  5. No Name says:
    November 30, 2018 at 8:52 pm

    Alhey dhonthiii shai n ayaan dhekudhin gulhuvah chey plx..maasha Allah varah reethi..avahah next part up kohdheeba plx ?

    1. Dhonthiii says:
      December 5, 2018 at 3:02 pm

      Shai and ayaan gulhuvaalevey nunmaalan vtha story? And thank you so much ??? sorry ingey lasvaathy

    2. No Name says:
      December 6, 2018 at 6:47 pm

      No Dhonthiii story ehaa avahah nunimah chey ?..mi varah reethi story eh varah kiyaa hith vey..so upload soon?

    3. Dhonthiii says:
      January 12, 2019 at 9:14 pm

      Ok vaahaka veehaaves dhigu kohdheynan ??

  6. kokkie says:
    December 5, 2018 at 1:56 pm

    Dnthi kobr thr story???

    1. Dhonthiii says:
      December 5, 2018 at 3:03 pm

      Sorry dear lasvaathy ??

  7. Dhonthiii says:
    December 5, 2018 at 3:04 pm

    Hi hurihaa readers. Sorry vaahaka lasvaathy. Holiday v ma family hurihaa kudhinves rashah aeema picnic gos majaa kohlan ulheveny eh. Ehenve story liyaany nuves indhevegen miulheny.. soooo sorry ??

  8. No Name says:
    December 14, 2018 at 7:41 am

    kobaa tha vaahaka? haadha lahee ?

    1. Dhonthiii says:
      January 12, 2019 at 9:15 pm

      Sorry lasveema den vaahaka up kohladheynan maa Lasnuve. ?

  9. Lover says:
    January 1, 2019 at 5:52 pm

    Holiday nimuneema up kuraanan dho loabi loabi dhonthii.

    1. Dhonthiii says:
      January 12, 2019 at 9:16 pm

      Yes loabi loabi reader. dhen ma laheh nukoh anehkaaves dhonthiii ge vaahaka kiyaalan libeyne inshallah ??

  10. Nooo says:
    April 27, 2019 at 11:46 am

    Still up eh nuvey mioh rythi vaahaka

  11. Naari naari says:
    June 29, 2020 at 6:05 pm

    Ey up kohdheebala sis this story is nice

  12. Dhonthige fan eh says:
    August 17, 2020 at 9:28 am

    Haadha lahey stilll, curiouslyyyyy waiting…. Asluves dhonthiii meehun kiyaa ehchihi adu ahaane kameh neiii. Hama thedhah thi buniii.. Reader eh kamaku negative comment eh liyaa iru hama reethi koh ves buneveyne eh nun dhw…. Im sure… Mee vrh supportive vaahaka eh… Meehun kiyaa ehchihi adu ahan vejjiyyaa mun dhn noannaane rangalhah eh kameh ves kurevifa… Dhww.. Vaahaka vrh habeys….. Vrh reethi… Dhn e raail fonuvaaalaafa shairaaa and ayaan gulhuvaba…. Plxxx eyrun vrhka vrh reethi vaane… Gina dhuvahu rahttehivegen ulhefa javaazee hayaatheh fashaafa and make a kuda kuda family…. Eyrun mi vrhka vrh perfect vaane… Im sure…. ?????

Comments are closed.


All Right Reserved!