
ލޯތްބަކީ 25
ފަސްއެނބުރި ބަލައިލިއިރު ކުރިމަތީހުރީ ރާއިލް ދަންނަވެސް މީހެއް ނޫންކަމުން އަޅާވެސްނުލާ ލޯންޗަށް އަރަން އެނބުރެލިއެވެ.
“ކުށެއްކޮށްފަ ފިލަންތަ ތިދަނީ؟ ނޫނީ ހަގީގަތުގަވެސް ލޯބިވާތީތަ އެހެންއުޅެވުނީ…… ލޯބިވާނަމަ ތިހާ ފަސޭހައިން ދޫކޮށް ދާނެތަ؟ ބޭނުންކޮށްފަ އެއްލާާލުުންްތަަ ރޭވިރޭވުމަކީ؟ ނޫނީ ކައިވެނިކޮށްގެން ދިރިއުޅުމެއް ފެށުންތަ؟” މި ނުދަންނަމީހާ ކިޔާ އެކަށްޗެއްވެސްނޭނގިގެން ރާއިލްހުރީ އެމީހާޔާދިމަށް އެނބެރެލިގޮތަށް ބުނާނެއެއްޗެއް ވިިިިިިިިިސްނާލަން ބޯކަހާލަކަހާލައެވެ.
“ބޭބެ ތިކިޔާއެއްޗެއް މަށަކަށް ހަމަ އެއްގޮތަކަށްވެސް ނޭނގެ. އަނެއްކާ ތި އެއްޗެހިކިޔަނީ ރަނގަޅުމީހަކަށްތަ؟”
“މީ ޝަައިިރާާގެެ ބައްޕަ. މިހާރު މި ކީއެއްޗެއް ސާފުވާނެކަމަށް އުންމީދުކުރަންް. އަހަރެން ބޭނުންވަނީ ހަމަ އެންމެ ސުވާލެއްކޮށްލަން. ޝަައިިރާާއާާއިި ކައިވެނިކުރަން ބޭނުންތަ؟” ކިތަންމެ ހަރުކަށިކޮށްބުނިނަމަވެސް ޝަަަަަަަަަަަަައިރާގެބައްޕަ އެބުނީ ރާއިލްއަށް ވަރަށް ކަމުދާނެ ބަސްކޮޅެކެވެ. ރާއިލްއަށްހުރެވުނުތަންވެސް ހަނދާންނެތުންކަހަލައެވެ. މިއީ ފެންނަހުވަފެނެއްކަމެއް ނޫނީ ހަޤީޤަތެއްކަމެއްވެސް ބުނަންދަތިވިއެވެ. ދެޢީދު އެއްފަހަރާ އައުންފަދައެވެ.
އެތައްދުވަހެއް ވަންދެން ދުއް ހުވަފެން މިކަހަލަގޮތަކަށް ހަޤީގަތަކަށް ވާނެކަމަށް ހިތަށްވެސްނާރައެވެ.
“އަ… އާނ…. އާނ އާނ އާނ ވަރަށް ބޭނުން…. ވަރަށް ބޮޑަށް ބޭނުން.. ވަރަށް ވަރަށް ބޮޑަށް ބޭނުން..” އުފަލުންގޮސް ކިޔޭނުކިޔޭއެއްޗެއް ވެސް ރާއިލްއަށް ނޭނގުނެވެ. ހުރެވުނީ ކާކުގެ ކުރިމަތީ، ކޮންތާކުކަންވެސް ހަނދާންނެތުނެވެ.
އުފަލުންގޮސް ލޮލުން ކަރުނައައި އިރުވެސް ރާއިލްއަށް ހުރެވުނީ ފުހެލަންވެސް ނޭނގިފައެވެ.
މިނުދަންނަޒުވާނާ އޭނާގެ ހުރިހަމައެކަނި ދަރިފުޅުދެކެ ވާލޯބިފެނިފާ ޝަަަަަަަަަަަަަަައިރާގެބައްޕަގެ ހިތް މަޑުކަފަކޮޅަކަށްވަންނެގީ ހަމަ ފަޅިސިކުންތެކެވެ.
“ދަރިފުޅަށް ކިޔަނީ ކޮންނަމެއްތަ؟ އާދެބަލަ މިތާ ބުރުތައްމަތީގަ އިށީންދެލަން. ބައްޕަ އޮޅުންފިލުވަން ބޭނުން ބައެއް ކަންތައް އެބަހުރި. އެއްވެސް ދޮގުހެދުމެއް ފޮރުވުމެއްނެތި ތެދުތެދަށް ޖަވާބުދޭނެކަމަށް އުންމީދުކުރަން އިނގޭ.” ޝަަަަަަައިރާގެ ބައްޕަ އެހާއަވަހަށް އެކަހަލަގޮތަކަށް މުހާތަބްކުރުމުން ރާއިލްގެ އުފާވެރިކަން ދެގުނަވިއެވެ. އެއީ ޝަަަަަަައިރާގެ ބައްޕަގެ ރުހުން ލިބުންކަމުގެ ފެހިސިގްނަލްއެއްކަމަށް ރާއިލްދެކުނެވެ.
“ރާއިލް….. މުޙައްމަދު ރާއިލް.” ތެޅިތެޅިއޮތް ހިތަކާއިއެކު ޝަައިރާގެ ބައްޕަގެ ފަހަތުން ރާއިލްވެސް ހިނގައިގަތީ ތަނަކު އިށީންދެ ހަމަޖެހިލުމަށެވެ.
ނޭވާ ހިފަހައްޓާލައިގެން ގޮސް އިށީނީ ކުރަން އުޅެނީ ކޮންސުވާލުތަކެއްކަން ނޭނގިިއެވެ. ކުޑަ ތުރު ތުރުމެއް ހުރިއިރު އަތްފައި ފިނިކަމުން ހީވަނީ ގަނޑުފެންކޮޅެއްހެނެވެ. އެކަމަކުވެސް ހާސްވުމުގެ ސަބަބުން މޫނުމަތިިހުރީ ދާހިއްލާފޯވެފައެވެ.
ތީ ކޮންރަށެއްގެ ކުއްޖެއް؟ ކޮބާ މައިންބަފައިން؟ އެއްބަނޑު ކުދިންތިބޭތަ؟ ކީީއްކުރަނީ އަސްލު މިރަށުގަ؟ ވަޒީފާއަކަށްވެސް ނުދަންތަ؟ ނޫނީ ވަޒީފާގެ ކަމެއްގަތަ މިރަށަށް އައިސް ތިއުޅެނީ؟ އެއްފަހާރާ މާގިނަ ސުވާލު ދޯ މިކުރެވެނީ؟ އެއީ ޝަައިރާއަކީ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު. މި ދެލޮލުުގެެ ފިނިކަންއެއީ. އެދަރިފުޅަށް ދެރަގޮތެއް ވާތަންދެކެން މިހިތަކަށް ކުޅަދާނައެއްނުވާނެ. އެދަރިފުޅުގެ އުފަލަކީ އަހަރުމެންގެވެސް އުފާވެރިކަން. ދަރިފުޅު ހަވާލުކުރަންވާނީ ކޮންތާކުއުޅޭ، ކޮންކަހަލަ، ކާކުކަން ދަނެގެނެއްނުން ދޯ. ރާއިލްއަށްވެސް ދަރިޔަަކު ލިބުނީމަ އެނގޭނެެ މިކަހަލަ ކަންތައްތައް. އެއްޗެއް ހީނުކުރައްޗޭ ބައިވަރު ސުވާލުކުރިޔަސް. މީހަމަ ދަރިޔަކުދެކެ ވަރަށް ލޯބިވާ ބަފަޔަކު އެދަރިފުޅަށްޓަކާާ، އެދަރިފުޅުގެ އުފަލަށްޓަކާ ކޮށްދޭކަމެއްގެ ގޮތުގަ ދެކިލާ އިނގޭ.”
“ގަބޫލުކުރަމޭ ކޮންމެ މަޔަކުވެސް ބަފަޔަކުވެސް އެދަރިފުޅުގެ އުފަލަށްޓަކާ ކޮންމެ ކަމެއްވެސް ކޮށްދޭނެކަން. އެއިކީ އެވަރުގެކަމެއްނޫން. ޝަައިރާގެ ބައްޕަގެ ކޮންމެ ސުވާލަކަށްވެސް ޖަވާބުދޭނަން ހަމަ އެއްވެސް ހިތްބުރަކަމެއްނެތި…. އަޅުގަނޑަކީ ކާފްއަތޮޅު މާލެއަށް ނިސްބަތްކުއްޖެއް. މަންމަވެސް ބައްޕަވެސް އުޅެނީ މާލޭގަ. އެއްބަނޑު ކުދިންނެއްނުތިބޭ. ވަޒީފާއަކަށް ދާން ވަރަށްވިސްނަން އެކަމަކު ބައްޕައަކީ ސުކޫލެއްގެ ޕްރިންސިޕަލްއެއް އެންޑް ބައްޕަ އަމިއްލަ ވިޔަފާރިވެސް ކުރޭ އެހެންވެ އަދި ހުންނަނީ ބައްޕަގެ ވިޔަފާރި ކަންތައްތަކުގަ ހެލްޕްވެދެން. ޝަައިި މާލެ އައިސް ވަޒީފާގަ ހުރީ ބައްޕަގެ ފިހާރައިގަ އެތަނުން ދިމާވީ. ތެދަށްބުނަންޔާ މިރަށަށް އައީ ޝަައިި ހޯދަން.” ރާއިލްއާއި ޝަައިރާ ދިމާވިގޮތް ބުނެދިނަސް މާބޮޑު ތަފްސީލަކަށްދާން ރާއިލް ބޭނުންނުވީ އެއި ޝަައިިރާާގެެ ބައްޕައަށް ވުމާއިއެކު މާތަފްސީލުކޮށް ކިޔާދިނުމުން ޝަައިިރާާގެެ ހިތުގާ ޖެއުސުންވަރު އެނގި ރާއިލްއަށް ޝަައިިރާާ ނުލިބިދާނެކަމުގެ ބިރަށްޓަކައެވެ.
“އަޅުގަނޑުވެސް ކޮށްލަން ބޭނުން ސުވާލެއް އެބޮތް. ޝަައިި ކޮބާތަ؟ ނުވެސްފެނޭ. ޝަައިި އެއްބަސް ވީތަ އިންނަން؟” ކުރެވުނީ ކިހާވަރެއްގެ ސުވާލެއްކަން ރާއިލްއަށް ވިސްނުނީ މާފަހުންނެވެ. އެކަމަކު ރާއިލް އޮޅުންފިލުވާލަން ބޭނުންވާކަމަކީ ޝަައިިރާާ ހަމަހޭގަހުރެ ރާއިލްއާއި އިންނަން ބޭނުންވީ ކީއްވެކަމެވެ.
“ދަރިފުޅުމެން އެދުވަހު މަގުމަތީކުރީ ވަރަށް ހަޑިކަމެއްކަން ގަބޫލުކުރެވޭ ދޯ. އެކަމަކާއިހެދި ޝަައިިރާާކައިރި ހުންނާނީ ގެއިން ނުނުކުންނަން ބުނެފަ. ޝަައިިރާާއަަކީީ ވަރަށް ކިޔަމަންތެރި ބަސްއަހާކުއްޖެއް. އެދުވަހުގެ ފަހުން ގޭންބޭރަަށް ފިޔަވަޅެއްވެސް ނާޅާ. އެކަމަކު އެދަރިފުޅު ކުރަމުންދާ ހިތާމަތަށް ދެކެން މިހިތަށް ހަމަކެއްނުވީ. ޝަައިރާގެކައިރާ ކައިވެނީގެ ވާހަކަދައްކަންވާނީ ރާއިލް ކުރެން އަހާލާފައެއްނުން. ރާއިލް އެއްބަސް ވަންދެން މި މަޑުކޮށްލީ ނުބުނެވެސް. އެދަރި ވަރަށް އުފާވާނެ ދޯ. އެކަމަކު ބައްޕަގެ އެދުމެއް އެބޮތް. ދަރިފުޅުގެ މައިން ބަފައިނާވެސް ބައްދަލްކޮށްލަދޭންވާނެއެއްނުން ދޯ. އަދި އެއްކަންތައް. ޝަައިިރާއަށް ދުވަހަކުވެސް ދެރައެއް ނުދެއްޗޭ. އަބަދުވެސް ތިހެން ހުރެދެއްޗޭ.” ޝަައިރާގެ ބައްޕަ ވަރަށް އަސަރީއިއެކު އެދެއްކި ހުރިހާވާހަކައެއްވެސް ރާއިލް ހިތުގެ އަޑިން ގަބޫލްކުރާކަމަށްބުނެ ރާއިލްވެސް ކަމަކު ކިޔަން ބޭނުމެވެ.
ޝައިރާގެ ބައްޕައަށް ކެރިދާނެތޯ އިހަށް ޝަައިރާކައިރާ ކައވެނީގެ ވާހަކަ ނުބުނެ ސިއްރުކޮށްލަދެން. އަޅުގަނޑު މާލެގޮސް މަންމަމެން ގޮވައިގެން ކައިވެނީގެ ހުރިހާކަމެއްވެސް ރެޑީގޮށުލާގެން އަންނާނަން. އަޅުގަނޑު ބޭނުން ވަރަށް ކުލަގަދަކޮށް އެކަންތައް ނިންމާލަން. މާގިނަދުވަހެއް ނުވާނަން. އެއްމަސް ދުވަސްތެރޭ އަންނާނަން. އަދި އެއްކަންތައް. ޝަައިރާގެ ހެދުންފަހަން މިންވެސް ނަގާފަ ފޮނުވަދެވިދާނެތޯ؟
ނުނިމޭ
ހައި ރީޑީރސް. ދޮންތި އިސް ބެކް. ސޮރީ ލަސްވީމަ…
6 Comments!
Comments are closed.
Sorry readers. Varah bodah lasvehje dhw… Busy v. And fahun handhaan ves nethuny story mathin. Kuhliyakah miadhu handhaan vegen Eyruga up Kuran liyefa draft ga in Bai mi up kohlee nuves kiyai. As u can see photo ves attached nukuran. Photo eh edit kohfa up Kuran vejehyaa anehkaa ves handhaan nethidhaanethy avahah up kohlee. Once again I’m sorry ?
IT’S BEEN 3 YEARS. I’VE WAITED EVERY SINGLE DAY FOR THIS BEAUTIFUL STORY. AND IT’S BACK AGAIN. thanks dhonthi so much. Mibaives varah reethi?
Thank you ☺️ Sorry ehaa dhigu inthizaareh ga huhnan jehunythy ?
Ummeedhu kuran dhn mi vaahaka gavaidhun up kohdheyne kamah
Inshallah will try my best
Kobaaaaaaaaa dhonthii mhr up nukuraa gothah?????????????