Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

“ހިތް” ލޭ ކޮށެވިފައި……16

Noor💙 Level 710 Stories100 Comments100 Login500 Comments
July 29, 2018 5 Mins Read
24 Comments

އައު ދުވަހަކަށް އިރުއެރީ އެކި މީހުންގެ ޙަޔާތަށް އެކި ކުލަ ގެނުވަމުންނެވެ. ނިދީގައި އޮތް ކައިލާންއަށް ހޭލެވުނީ އޭނާގެ މޫނުމަތީގައި ކޮންމެވެސް ތެތް އެއްޗެއް ހޭކުނު ކަހަލަ އިޙްސާސެއް ކުރެވެމުންނެވެ. ހަނިގޮތަކަަށް ދެލޯ ހުޅުވާލުމަށްފަހު ކައިލާން ބަލައިލިއިރު ކުރިމަތީގައި ފެންވަރައިގެން އައިސް އިސްތަށިގަނޑު ހާވާލައިގެން ހެވިފައި ހުރި ޖަޒްލީ ފެނުމުން ކައިލާންގެ ހިތް ތެޅިފޮޅިގަތީ ޖަޒްލީ އޭނާގެ އަތުތެރެއަަށްލާ ފޮރުވާލުމަށެވެ. އެހާ ރީތި ހެޔޮލަފާ އަތްބަކު ލިބުނީތީ ކައިލާންއަށް ހިތާއި ހިތުން އަމިއްލަ ނަފްސަށް ފަޚުރުވެރި ވެވުނެވެ. ރެއަކީ ކައިލާންގެ ހަޔާތުގައި މިހާތަނަށް އައި އެންމެ އުފާވެރި ރެއެވެ.

“ދެން ތެދުވޭ ސައިބޯން… އިރުފާންވެސް މިހާރު ހަތަރު ވަރަކަށް ފަހަރު ގުޅައިފި…. މުހިންމު ކަމަކު ވީމައެއްނު އެވަރަށް ގުޅާނީ… ”

ޖަޒްލީއާއި ދިމާއަށް ބަލަހައްޓައިގެން އޮތް ކައިލާންއަށް އޭނާގެ ޚިޔާލީ ދުނިޔެއިން ނިކުމެވުނީ ޖަޒްލީ ކުޑަކޮށް ގުދުވެލާފައި ކައިލާންގެ ގައިމަތިން އަޅާފައިވާ ބްލޭންކެޓް ނަގައި ވާހަކަ ދެއްކުމުންނެވެ. ކައިލާން ތެދުވެ ބްލޭންކެޓް ފަތް ޖަހަންހުރި ޖަޒްލީގެ އަތުން އޭތި އަތުލާފައި ޖަޒްލީގެ އަތުގައި ހިފައިގެން ގެނެސް އޭނާގެ އުނގުގައި ބޭންދުމަށްފަހު ނިކަން ލޯބިން ބައްދާލިއެވެ. އަދި ޖަޒްލީގެ މީރުވަސް ދުވަމުން ދިޔަ އިސްތަށިގަނޑުގެ ތެރޭގައި އޭނާގެ މޫނު ފޮރުވާލިއެވެ. އަދި ޖަޒްލީ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ ކައިލާން ގެނައި ކުއްލި ހަރަކާތަކާއި އެކު ދެމީހުން އެނދުމައްޗަށް ވެއްޓި, ޖަޒްލީއަށް އޮވެވުނީ ކައިލާންގެ ގައިމަތީގައެވެ.ގަތް ލަދުން ޖަޒްލީ އަވަހަށް ތެދުވެވޭތޯ އުޅުނެވެ. ނަމަވެސް ކައިލާން ޖަޒްލީ ދޫކޮށްލާ ޚިޔާލެއް ނުކުރިއެވެ. އެވަގުތުކޮޅުވެސް ލިޔެވިގެން ދިޔައީ އެދެމަފިރިންގެ ލޯބީގެ ނަމުގައެވެ.

***

ވުޟޫ ކޮށްލައިގެން އައިސް އަދި މެންދުރު ނަމާދު ބަންގި ގޮވުމަށް ފަނަރަ ވަރަކަށް މިނެޓް ހުރުމުން އެނދުގައި އޮށޯވެލައިގެން އޮތް ޖަމީލާ ވިސްނަމުން ދިޔައީ ދުވަސް ކޮޅަކަށް އޭނާގެ އާއިލާ ކައިރިއަށް ކުޅުދުއްފުއްޓަށް ގޮސްލުމަށެވެ. މިހާރު ދެން ރިޝްފާވެސް ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފައިވާތީއާއިވެސް އެކު މަންމަ މަތިން ހަނދާންވާ ވަރުން ހަމަ ރަށަށް ގޮސްލާހިތްވަނީއެވެ. ކައިލާން އިއްޔެ އެހެން މީހަކާއި ކައިވެނި ކުރި ޚަބަރު ލިބުމުންވެސް ރިޝްފާ މާވަރަކަށް ހިތާމަކޮށް ރޮއިރޮއިފައި އުޅޭތަން ނުފެންނާތީ ދަރިފުޅު ކައިލާންގެ ހަނދާނުގައި ނިމިގޮސްދާނެ ކަމަށް އޭނާއަށް ހީވި ހީވުންވެސް މިހާރު ވަނީ ފިލާ ގޮސްފައެވެ. އަނެއް ކޮޅުން މިހާރު އެކުގައި ވަގުތު ހޭދަ ކޮށްލާނެ ރަޙުމަތްތެރިއަކު ނެތީމައި މާބޮޑަށް ފޫހިވެސް ވަނީއެވެ.

“ޖަމީ….. ހާދަ ރީތިކޮށް ތިއޮތީ…. އަނެެއްކާ ކަމަކާ ވިސްނަނީތަ؟”

ބޭރުން އައިސް ވަތް އަލީ ވަހީދުއަށް އެނދުގައި އޮށޯވެލައިގެން އޮތް ޖަމީލާ ފެނުމުން ސުވާލު ކޮށްލިއެވެ.

“އަހަރެން މިވިސްނަނީ މަސްދުވަހަށް މަންމަމެން ކައިރިއަށް ރަށަށް ގޮސްލަން….. ދޮންދައްތަވެސް ދުވަސް ކޮޅެއް ވެއްޖެ އައިސްބަލާށޭ ކިޔާތާ”

“ޖަމީ ހަމަ ބޭނުން އިރަކުން ދާންވީ…. އެކަމަކު ރިޝްފާ ހިޔެއްނުވެ ދާން ގަބޫލުވާނެ ހެނެއް”

އަލީ ވަހީދު އައިސް އެނދުގެ މަގަތުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.

“ރޭގަ ރިޝްފާއާ މިވާހަކަ ދެއްކިން…. ބުނި އޭނައާއެކު އުޅޭ ދެ ކުއްޖަކު ޗުއްޓީއަށް ގޮސް ވީމަ ހިޔެއް ނުވެޔޯ މިދުވަސްކޮޅު ޗުއްޓީއެއް ލިބޭނެ ހެނެއް… މަންމައާއި ބައްޕައާ ގޮސްލަން ވީ ނޫން ހޯ…. ހުރީ ވަރަށް ހަމަ ޖެހިލާފަ…. ނުފެނެ އެންނު މިހާރު ދެރަވެ, ގަބުޖެހިފަ ހުންނަ ތަނެއްވެސް… ދެން އިރާދު ކުރެއްވިއްޔާ އެ ހިތާމައިންވެސް މި އަރައިގަނެވުނީ…. ”

ބަންގީގެ އަޑަށް ތެދުވެ މުޞައްލަ ނަގައި ފަތުރާލަމުން ޖަމީލާ ވާހަކަ ދެއްކިއެވެ. ”

*****

ސަކީނާ…. ދެން ތިހެން ނޯވެ އެއްޗެއް ކާލަން ތެދުވެބަލަ…. ރޭއްސުރެ އެއްވެސް އެއްޗެއް އަނގަޔަށް ނުލާ ތިއޮތީ… ތިހެން އުޅުނީމަ ހަމަ ސަކީނާއެއްނު ބަލިވާނީ…. އޭރުވެސް އަހަރެން ބުނީމެއްނު ދެން ތި ގޮތް ދޫކޮށްފަ ހިނގާށޭ ހަމަ އެންމެ ފަހަރަކުވެސް އެސޮރު ދެކިލަން ދާން… ތިހެން ކަންތައް ކުރީމަ ކައިލާންވާނީ އަހަރެމެންނާ ހައްތަހާ ދުރު….. ހިނގާބަލަ ދެންވެސް ގޮތްދޫކޮށްފަ ކައިލާން ބަލާ ދާން….. އަހަރެމެންގެ ގާތުގަ އުޅުނީމައެއްނު އެދެމީހުން ދުރުކުރަން ފަސޭހަވެސް ވާނީ… ”

ހަސަން މަނިކު ވަރަށް ވިސްނުންތެރި ކަމާއިއެކު ވާހަކަ ދެއްކިއެވެ. ސަކީނާއަށްވެސް ފިރިމީހާގެ މޮޅު ޚިޔާލަށް މިފަހަރު ތާޢީދު ކޮށްލެވުނެވެ. އެހެންވެ އަހަރެން ވަރަށް އަވަހަށް ފެން ވަރާލައިގެން މި ނިކުންނަނީއޭ ބުނެ ފާޚާނައަށް ވަދެ ދޮރު ލެއްޕިއެވެ.

*****

ރޭގަނޑުގެ ކެއުމަށް މަސްބަތް ތައްޔާރުކުރަން ޖަޒްލީ ހުރީ ފިޔާ ކޮށާށެވެ. ތަށީގައިއޮތް ވަޅޯމަސްގަނޑު ކޮށާ ނިމުމުން ކައިލާން ތަށި ގެންގޮސް ކާމޭޒުމަތީގައި ބައިންދާފައި އައިސް ފިޔާ ދިލައިން ޖަޒްލީގެ ތެމިފައިވާ ދެލޯ ފޮހެލައިދިނެވެ. އަދި ޖަޒްލީ އަތުން ފިޔާ އަތުލާފައި ކޮށާލަ ދިނެވެ. ކައިލާން އުޅޭގޮތުން ޖަޒްލީގެ ހިތް އުފަލުން ނަށާލިއެވެ. ދުނިޔެ މަތީގައި މިއަށްވުރެ ވަކިން ބޮޑު އުފަލެއް މީހަކަށް ލިބޭނެ ހެއްޔެވެ؟ޖަޒްލީއަށް ހިތާއި ހިތުން ދުޢާ ކޮށްލެވުނީ ކައިލާންގެ އެ ލޯބި އަޅާލުންތައް އޭނާގެ ފަހު ނޭވާއާއި ހަމައަށް ލިބުން މިންވަރު ކޮށްދެއްވުމަށެވެ.

**

“އެގުޅީ…ދޮންބެ…. ވީ އާ ގޮއިން ޓު އަވަރ ހަނީ މޫން… މާދަމާ ހަވީރުއޯ ބޯޓު ފުރަނީ…. އެކަމަކު މިރޭ ވާނެ ހުރިހާ ތައްޔާރެއް ވާން… އެހެން ނޫނީ އެންމެ ފަހު ވަގުތު އޮންނާނީ އެންމެ މުހިއްމުއެތި މަތިން ހަނދާން ނެތިފަ…. ”

ބަތް ތައްޔާރު ވުމުން ދެމީހުން އެކުގައި ކާން އެރިއެވެ. އެވަގުތު ކައިލާންއަށް ފޯނެއް އައުމުން ކޯލަށް ޖަވާބުދީފައި ޖީބަށް ފޯނު ލަމުން ވަރަށް ހިތްހަމަ ޖެހިލާފައި ވާހަކަ ދެއްކިއެވެ.

“އެކަމަކު ކީއްކުރަން ހަނީ މޫ……….. ”

ކައިލާންގެ ވާހަކަ އަޑު އަހާފައި ޖަޒްލީ އެކަމަށް ދެކޮޅު ހަދަން މަސައްކަތް ކުރިއެވެ. އެކަމަކު ކައިލާން ޖަޒްލީގެ ވާހަކަ ހުއްޓުވާފަ ވާހަކަ ދައްކަމުން އެއްލޯ މަރާލިއެވެ.

“އެއްވެސް އެކްސް ކިއުޒެއް ނޯންނާނެ… މީ އަހަރެންގެ ފަރާތުން އަހަރެންގެ ލޯބިވާ ވައިފަށް ދޭ ޓްރިޕެއް….. ޖަޒްލީ ހީކުރީ އަހަރެންމީ ހަމަ އެހާ ބޯރިން މީހެއް ކަމަށްތަ؟”

ކައިލާންގެ ކައިރިން ކުރި ނުހޯދޭނެކަން އެނގޭތީ ޖަޒްލީ ހަތިޔާރު ބެހެއްޓިއެވެ. އަދި އަހަރެމެން ދަނީ ކޮންތާކަށްހޭ އަހާލީ އޭނާވެސް ފިރިމީހާއާއި އެކު ދަތުރެއް ދެވޭ ޚިޔާލުން އެކްސައިޓެޑް ވީ ވަރުންނެވެ. އެކަމަކު ކައިލާން ބޭނުންވީ ޖަޒްލީއަށް ދާ ތަން ވެސް ސަސްޕެންސެއްގެ ގޮތުގައި ބާއްވާށެވެ.

****

“ރީޝް….ހާދަ ވަރަކަށް ގުޅައިފީމޭ.. .. އަނެއްކާ ނުދާނަމޭ ކިޔާފަ މާދަން ޖަމިއްތަ އެއްކޮށް އެރަށަށް ދާން ތައްޔާރުވަނީތަ؟”

ޚިޔާލަކަށް ގެއްލިފައި އިން ރިޝްފާއަށް ރިންގުވަމުން ދިޔަ ފޯނުގެ ހިލަމެއްވީ އެތައް ފަހަރަކު ރިންގުވެފައި ކެނޑުނު ފަހުންނެވެ. ފޯނު ނެގިއިރު އެކޮޅުން ހަނާގެ އަޑު އިވުނެވެ.

“ނޫނޭ….. މަންމަ އެކަނި ދަނީ…. އަހަންނަށް ނުދެވޭތީ ބައްޕަވެސް މިހާރު ނުދާގޮތަށް…. އޭ ތިއެއް ނޫނޭ… އެބައޮތޭ ވަރަށް ބޮޑު ވާހަކައެއް…. މިގެއަަށް ޖައްސާލަބަލަ… ފޯނަކުން ނުކިޔޭނެ…. ”

ރިޝްފާގެ ވާހަކަ އަޑުއަހާފައި ދިހަ މިނެޓް ތެރޭ އެ އަންނަނީއޭ ކިޔައި ހަނާ ފޯނު ކަނޑާލިއެވެ. ފޯނު އަތުތެރެއަށް ލާ ފޮރުވާލަމުން ހަނާއަށް އެވާހަކަ ކިޔައިދޭނެ ގޮތަކާއި ދޭތެރޭ ވިސްނާލިއެވެ. މިހާރު އޭނާގެ ހިތުގައި އެ ނޫން ޚިޔާލެއް ނުވެއެވެ. މީގެ ތިން ދުވަސް ކުރިން ފެނުނު އެ ރީތި ޒުވާނާއާއި ބެހޭ ގޮތުން އިތުރަށް އޮޅުން ފިލުވަން ބޭނުންވަނީއެވެ. ކޮން ތަނަކުން އައި ކާކު ކަމެއްވެސް ނޭނގެއެވެ. އޭނާއަށް އިނގޭހާވެސް އެއްޗަކީ ކައިލާން ބީވެގެން ދިޔުމުން އޭނާގެ ހިތަށް އޭރު ކުރެވުނު ތަދު އިޙްސާސް މިހާރު ނުވާކަމެވެ. ޑޮކްޓަރީ ބޭހަކުން އެހިތަށް ނުލިބޭނެ ފަރުވާ އެ ގޮތްނޭނގޭ ޒުވާނާގެ ސޫރަ ހިތަށްއަޔަސް ލިބެމުންދާކަމީ ޚުދު އޭނާވެސް ހައިރާންވާ ކަމެކެވެ.

“ދަރިފުޅާ މަންމަ މިދަނީ މިތާ ކައިރީގަ ހުންނަ ފޮތިފިހާރައަށް މާމައަށް ލިބާސް ފޮތިކޮޅެއް ގަންނަން… ބައްޕަ އައިއްސިއްޔާ ކާންދޭތި އިނގޭ…. އެހެނީ ކާންވެސް ހަދާފަ… ”

ޖަމީލާ އައިސް ރިޝްފާއަށް ގޮވާލާފައި ބުންޏެވެ. ރިޝްފާ މަންމައަށް އާނ ބަސް ބުނަމުން ކޮޓަރިން ނިކުމެ ސިޓިން ރޫމް ސޯފާގައި އިށީނދެ ފޯނުން ގަޑި ބަލާލާފައި ޓީވީ ހުޅުވާލިއެވެ.އޭގެ އިރުކޮޅެއް ފަހުން ހަނާ އައިސް ސަލާމް ގޮވާލިއެވެ.

“ވަޢަލައިކުމް ސަލާމް.. އާދެބަލަ އަވަހަށް… މިހާރު ހަނާގެ އިންތިޒާރުގެ ދިހަ މިނެޓް ގުނާ ގުނާ ވަރުބަލިވެއްޖެ… ”

ރިޝްފާ ހަނާއަށް އިށީންނަން ތަން ދައްކަމުން ސަލާމަށް ޖަވާބުދީފައި ވާހަކަ ދެއްކިއެވެ.

“ހޫމް… ދެން ކިޔާބަލަ…. ކިހިނެކޭ ވީ… ”

ހަނާ އައިސް ރިޝްފާ ގާތު އިށީނދެ އެއްފައި މައްޗަށް އަނެއް ފައި ލުމަށްފަހު ހަމަޖެހިލާފައި އަހާލިއެވެ. ރިޝްފާ ވަރަށް ޖެހިލުންވެފައިވެސް އޭނައަށް ފެނިގެން އުޅޭ ޒުވާނާގެ ވާހަކަ ބުނެލިއެވެ. އަސްލުވެސްހޭ ބުނެލި ހަނާގެ ހިތުގައިވެސް އެކުވެރިޔާއަށްޓަކައި އުއްމީދު އައު ވެގެން ދިޔައެވެ. އެހެންވެ އެޒުވާނާއާއި ބެހޭ މަޢުލޫމާތު ހޯދަން ހިނގާށޭ ބުނެލިއެވެ.

***

އަހަރީ ދުވަހުގެ ޕާޓީ ނިންމާލާފައި ރުހާން ގެއަށްދާން ސައިކަލަށް އަރައި ނައްޓާލިއިރު ހުރީ އެގާރަ ޖަހާ ބޮޑުވެފައެވެ. ސޯސަންމަގުން ވަކިހިސާބަކަށް ދެވުނުތަނާ އަންހެން ކުއްޖަކު ޓެކްސީއެއް ނުލިބިގެން އުޅޭތަން ފެނުނެވެ. ވަގުތަކީ ދަން ގަޑިއެއް ކަމުން ދުއްވާއެއްޗިހި މަދުވެފައިވާ މަގުމަތިން ޓެކްސީއެއް ލިބުމަކީވެސް ވަރަށް ނާދިރު ކަމެކެވެ. ގަޔަށް ދޫ ކަޅުހެދުމާއިއެކު އަޅާފައިވާ މެރޫން ކުލައަކަށްދާ ބުރުގާއިން އެއަންހެން ކުއްޖާގެ ރީތިކަން އިތުރަށް ފައުޅުވެފައި ވެއެވެ. އެ ރީތި ކުއްޖާ މިދަންވަރު މަގުމައްޗަށް އެކަނި ޙާލަށް ދޫކޮށްފައި ދިޔުމަކަށް ރުހާންގެ ހިތެއް ނުރުހުނެވެ. އެހެންވެ ފަސްދީފައި ވަކި ހިސާބަކަށް ގޮސްފައިވެސް އަނބުރާލާފައި އައިސް އެ ކުއްޖާގެ ގާތަށް ސައިކަލް މަޑުކޮށްލާފައި އޭނާ ގެއަށް ގެންގޮސްދީފާނަމޭ ފަހަތަށް އަރާށޭ ބުންޏެވެ.

ފޮތްތަކާއިއެކު ކޮނޑުގައި ލެޕްޓޮޕް ބޭގެއްވެސް އަޅުވާފައިވާ އެ އަންހެން ކުއްޖާ މަގުގެ ދެކޮޅު ބަލައިލުމަށްފަހު ފަހަތުން އައިސް އަރައި ހަމަކުރި ޓެކްސީއަށް ހަނައަޅާލިއެވެ. ނަމަވެސް އެ ޓެކްސީވެސް މަޑު ނުކޮށް ދިޔައީއެވެ.

“އަހަންނާއެކު ގެއަށް ދާން ޖެހިލުން ނުވޭ… ސަލާމަތްތެރި ކަމާއިއެކު ތިބާގެ މަންޒިލަށް ގެންގޮސްދޭނަން… ”

އެވަގުތު ރުހާން ބުނެލި ބަސް އިވިފައި އިން ޝާ ﷲ އޭ ބުނެފައި އެ އަންހެން ކުއްޖާ އިތުރު ގޮތެއް ނެތުމުން ރުހާންގެ ސައިކަލް ފަހަތަށް އަރާފައި ގެންގޮސްދޭންވީ ތަން ބުނެދިނެވެ. ފަނަރަ ވަރަކަށް މިނެޓަށްފަހު ރުހާންގޮސް އެ އަންހެން ކުއްޖާގެ ގެ ހުންނަ ގޯޅިއަށް ގޮސް ވަދެފައި ގެ ކޮބައިތޯ ސުވާލުކޮށްލިއެވެ… ރުހާންގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އެ އަންހެން ކުއްޖާ މަގުގެ މެދެއްހާ ހިސާބުގައި އިން އަޅި ކުލައިގެ ދޮރާށި ދައްކާފައި އެއީ ކަމަށް ބުންޏެވެ.

ރުހާން ގޮސް އެގޭ ކައިރިއަށް މަޑުކޮށްލުމުން ރުހާންއަށް ބަލައިލުމެއްވެސް ނެތި އެ އަންހެން ކުއްޖާ ތޭންކްސް އޭ ބުނެލާފައި ގޮސް އެތެރެއަށް ވަދެ ދޮރާށި ލެއްޕިއެވެ. ނަން އަހާލާ ވާހަކަ ދައްކާލަން ކިތަންމެ ބޭނުންވިޔަސް ރުހާންއަށް އެވަރުވެސް ކޮށްލަން ނުކެރުނެވެ. އޭނާ ޖެހިގެން އޮތް ގޯޅިއަށް އަޅައި ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ.

***

“އޭ… ދަނީ އިނގޭ… އެއައީ ކަންނޭނގެ… ”

ހަނާ އޭނާގެ ދޮންބެ ގުޅަން ފެށުމުން ރިޝްފާގާތު ބުނެފައި ބޭރަށްނިކުތް އިރު އޭނާގެ ދޮންބެ އެގޭ ދޮރުމަތީގައި މަޑުކޮށްލައިގެން ސައިކަލް މަތީގައި އިނެވެ. ހަނާ ގޮސް ސައިކަލަށް އެރުމުން އޭނާގެ ދޮންބެ ސައިކަލް ދުއްވާލިތަނާ އެމީހުންގެ ބޯމަތިން އަލި ގުޅައެއް ކުރި ކަނޑާލިއެވެ. އެދެމީހުންނަށް އެކީ ކަހަލަ ގޮތަކަށް އެ ދިމާއަށް ބަލައިލެވުނެވެ. ރިޝްފާމެންގޭގެ ދެވަނަ ބުރީގައިހުރި ރިޝްފާ ކޮޓަރި ބެލްކަންޏާއި ހިސާބުން އެ އަލިގުޅައަށް ވީ ނުވީއެއް ނޭނގި ގެއްލުނެވެ. ބިރުންގޮސް ހަނާގެ ހަށިގަނޑަށް ފާޑެއްގެ ހީލިގަނޑެއް ވައްދާލިއެވެ. ޝިމާންވެސް ފާޑަކަށް ޖެހިލުންވެފައި އިނދެ ސައިކަލްގެ ސްޕީޑް ބާރުކޮށްލާފައި ދުއްވާލީ އަވަހަށް ކޮއްކޮ ގޮވައިގެން ގެއަށް ދިޔުމަށެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ރާސްތާ 23

Next

ޒާރާ ސީޒަން 2 (1)

Next
July 30, 2018

ޒާރާ ސީޒަން 2 (1)

Previews
July 29, 2018

ރާސްތާ 23

24 Comments!

  1. Noor??? says:
    July 29, 2018 at 3:17 pm

    Dear frnds I’m out of Data.. Comments ah reply kurun lasvedhaanethy maafah edhen. N next part in sha Allah Tuesday

  2. jumaa says:
    July 29, 2018 at 3:27 pm

    Ohhh me first dhw..vvv reethi vaahaka eh mee

    1. Noor??? says:
      July 31, 2018 at 9:57 am

      ThanQ dear

  3. ރަޒީނާ says:
    July 29, 2018 at 3:44 pm

    Maashaa allah
    Vvvsalhi thankolheh dhigu koh dhevvaa ?

    1. Noor??? says:
      July 31, 2018 at 9:57 am

      ThanQ dear.. I will try

  4. isha says:
    July 29, 2018 at 4:59 pm

    mihaathanah i like the concept of the stry. ekamaku mi part ga ibaaraai kurun kudakoh thafaathu. asluves noor tha liyefa mi othee mi part. ehen baithakaa thafaathuhen heevaathee ahaali ingey❤️

    1. Noor??? says:
      July 31, 2018 at 9:59 am

      ThanQ dear.. Ya. Its my writing… If u don’t mind what is that u felt different.

  5. Inkko says:
    July 29, 2018 at 5:40 pm

    Varah salhi…….maasha Allah❤❤

    1. Noor??? says:
      July 31, 2018 at 10:00 am

      ThanQ dear

  6. Mishkaa says:
    July 29, 2018 at 6:00 pm

    Annekaa next partin biruveri story akah badaluvanee tha mipartves varah reethi next part thankolheh digu kolachey

    1. Noor??? says:
      July 31, 2018 at 10:03 am

      ThanQ dear. Will try

  7. Twinkle? says:
    July 29, 2018 at 6:41 pm

    OMG…kihinehbaa vaany dhn… alhey mihaaru faadakh biru ganeyba??????hehhe… stry hama habeys masha allah❤❤❤

    1. Noor??? says:
      July 31, 2018 at 10:03 am

      ThanQ dear

  8. Aaan says:
    July 29, 2018 at 8:01 pm

    V reethi mi part ves masha Allah
    .

    1. Noor??? says:
      July 31, 2018 at 10:02 am

      ThanQ dear

  9. naash says:
    July 29, 2018 at 8:05 pm

    stry vvv habeys hama.. maasha allah… twinkle sis bunihn faadakah eba biruganey…. hehe…. vvv salhi ey bumelan beynumy adhivx eh faharu…

    1. Noor??? says:
      July 31, 2018 at 10:02 am

      ThanQ dear

  10. Jenna says:
    July 29, 2018 at 11:14 pm

    Varah furihama mi bae ves noor ????
    mi vaahka biru veri vaathi adhi maa higaimu ???

    1. Noor??? says:
      July 31, 2018 at 10:01 am

      ThanQ dear

  11. Kim myung soo says:
    July 30, 2018 at 12:15 am

    V reathi mi story kiyaa hiy vany ithurah ???

  12. Sima says:
    July 30, 2018 at 6:50 am

    Vvvvv reethi.. thankolheh dhigu kohla dhehche next part.. maa kiyaa hithun inyma kan neyge kuruvee. Hehehe. ?❤

    1. Noor??? says:
      July 31, 2018 at 10:01 am

      ThanQ dear. Will try

  13. Airah says:
    July 31, 2018 at 10:46 am

    vvvv Reethi.Waithing for Next Part.Miadhu Up vaanea dhw Next part.

    1. Noor??? says:
      July 31, 2018 at 11:35 am

      ThanQ dear. Ya. In sha Allah will update

Comments are closed.

Next Episode“ހިތް” ލޭ ކޮށެވިފައި……17←


All Right Reserved!