Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މޯޅި ނުވަނިސް އެމާ. . [4-ފަހުބައި]

GuDuMeena Level 310 Stories500 Comments100 Comments
April 1, 2014 8 Mins Read
35 Comments

އަހަރެންގެ ކޮޓަރީގައި މީހަކު ޓަކިޖަހާލުމުން ދޮރު ހުޅުވާލީމެވެ. އެއީ ހަމްދާނާއި އެގޭގެ ވެރިމީހާއެވެ. މުސްކުޅި ބޭބޭއެކެވެ. އެބޭބެ އަހަރެންނަށް ބޮކޮޅޭ އާއި ބެހޭގޮތުން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އޭނާދެކެ އެންމެން ބިރުގަންނެ، ޖެހިލުން ވަނީ ކީއްވެގެން ކަމެވެ. ބޮކޮޅޭ އަކީ އެއްކަށިވީރެކެވެ. އާދައިގެ 10 މީހުންގެ ބާރު އޭނާ ގާގައި އެކަނި ހުއްނަ ކަމަށް ވެއެވެ. އޭނާގެ ނުބައި ނުލާފާކަން އެހާ ގަދަކޮށްލައިގެން އުޅެނީ އެހެންވެއެވެ. އަދި އެކަމާއި މީހަކަށް ބަހެއް ބުނަން ނުކެރިގެން އުޅެނީ ވެސް އެހެންވެއެވެ. 10 އަހަރުކުރިން ބޮކޮޅޭ ޖަލަށްލާން ޖެހުނު ޙާދިސާ ކިޔައިދިނެވެ.

           އެއީ ބޮކޮޅޭ އޭނާގެ އަންހެނުންނަށް ޢަޒާބުދައްކައި އަނިޔާކޮށް ހެދި ދުވަހެކެވެ. މަގުމެދަށް ނެރެ އެފަކީރު ބަރަހަނާކޮށް ފައިގާ ވާޖަހައިގެން ދެމީއެވެ. އެމަންޒަރުބަލަން 10 އަހަރަށްދާ ރާޔާ ހުރީ ބެލްކަނީގައެވެ. އެފަކީރުގެ ހިތައްކުރަމުންދާނެ އަސަރު އިޙްސާސް ކޮށްލާށެވެ. އެމަންޒަރު ބަލަން ކެއް ނުކުރެވިގެން މަރީނާގެ ޢާއިލާއަށް ގުޅީ އެބޭބެއެވެ. އެޢާއިލާގެ މީހުން އައީ ބޮކޮޅޭގެ ނުލަފާކަން އަބަދުގެ އަބަދަށް ފޮހެލުމަށް ތައްޔާރުވެގެނެވެ. އެޢާއިލާގެ އެންމެހާ އަންހެނުންނާއި ފިރިހެނުންނެވެ. ނަމަވެސް އެމީހުންގެނައި ވަޅި ހަންޖަރާއި ލަކުޑިބުރިތައްވީ ބޮކޮޅޭގެ ކުރިމަތީގައި ބޭނުމެއް ނެތް އެއްޗެއްގެގޮތުގައެވެ. އޭނާގެ ހަށިގަނޑުގެ ބާރުންއެކަނި އެހުރިހާއެންމެން މަރާ އަޅާލީ އެ ގޯޅީގެ އެންމެންގެ ކުރިމަތީގައެވެ. މިފަދަ ލާއިންސާނީ ޖަރީމާއެއް މިހާ ފާޅުކަން ބޮޑުގޮތެއްގައި ހިންގީމައި ސަރުކާރަށް އިތުރު ގޮތެއްނެތިގެން އޭނާ ޖަލަށް ލީއެވެ.

        އެޙާދިސާ އަޑުއިވިފައި އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ހިތުގައި އުފެދެމުންދިޔަ އެތައް ސުވާލަކަށް ޖަވާބު ލިބިގެން ދިޔައެވެ. އަވައްޓެރިންގެ ހިމޭންކަމެވެ. އެމީހުންގެ ފަރުދާ ކުރެވިފައިވާ ލޯތަކެވެ. އަހަރެން ޢަޒުމް ކަނޑައެޅީމެވެ. މި އެންމެންގެ ޙައްޤުގައި އަހަރެން ކޮޅަށް ތެދުވާނަމެވެ. މިއަނިޔާވެރިކަމުން ސަލާމަތްވުމަށް މަސައްކަތް ކުރާނަމެވެ. މިހާރު އަހަރެންނަށް ވަނީ މިކަމުގައި އެންމެންގެ އެހީތެރިކަން ލިބިފައެވެ. މިހާރު އަހަރެންނަނީ އެކަނި މީހެއްނޫނެކެވެ.

          ހިސާބުގަނޑުގެ އެންމެންގެ ހިތުގައި ރޯވި އުންމީދުގެ ހުޅުކޮޅު ނިވުނީ ބޮކޮޅޭ އައިސް އަނެއްކާވެސް އެ ގޯޅިގަނޑަށް އެރުމުންނެވެ. ސިފައިންގެޔަށް ގެންދެވުމާއިއެކު ދޫކޮށްލެވުނީހެއްޔެވެ؟ ހަތަރު ސިފައިންގެ ހެކިލިބިފައިވަނިކޮށް ހެއްޔެވެ؟ ނަމަވެސް އޭނާ އެނބުރި އަންނާނެކަން އަހަރެންނަށް މާ ކުރިއްސުރެވެސް ވަނީ އެނގިފައެވެ. އެއީ އޭނާ ގެންދެވުނީކީ ކުއްވެރިއެއްގެ ގޮތުގައެއް ނޫނެވެ. އެހެންވީ އިރު ކުށެއް ނެތް މީހަކު ބަންދެއްވެސް ނުކުރާނެތާއެވެ.

          އަމާންކަމުގެ ހިނދުކޮޅަކަށްފަހު މުޅިހިސާބުގައި ނާމާންކަން ފެތުރިގެން ހިނގައްޖެއެވެ. އަޑުމަތިބަނަވެ މޫސުންވެސް ބަދަލުވެއްޖެއެވެ. ޠޫފާނީ ވިއްސާރައިގެ ބޯވިލާތައް މުޅި މާލޭގެ ފަޒާ އަނދިރިކޮށްލައި ފިއެވެ. އެއާއިއެކު އިސާހިތަކު ހިމަފޮދުވާރޭގެ އަސަރު ފާޅުވެއްޖެއެވެ. އޭރު އެދުވަހުގެ އިރުއޮއްސެނީއެވެ.

          މަގުމެދަށް ނިކުމެ ބޮކޮޅޭ އޭނާގެ ހޮނުގުގުރި ފަދަ އަޑު އިއްވާލިއެވެ. “ތީގެން ކޮންމެވެސް އެއް ގެއެއްގެ ތެރޭގައި ތިޅާ ފިލާ އެބައުޅޭ ފިނިފެންމާ!!. . ރުނޑިހައްކާޅާ!! ތިޅާގެ މަރު މަގޭ އަތުގަ މިހާރު ވަނީ ލިޔެވި ނިމިފަ!” އެއަށްފަހު އޭނާގެ ދެވަނަ އިންޒާރު އަމާޒުވީ އެހިސާބުގަނޑު އެންމެންނަށެވެ. “ތިޅާމެންގެ ތެރެއިން މަށަށް އެ ބަލާބޮޑުކުރާ ރުނޑި ވައްދާ ފޮރުވައިގެން އުޅޭ ޅާއެއް އެނގޭ ދުވަހަކުން އެގޭގެ ހުރިހާ އަންހެނުންނާއި ކުޑަކުދިންނެއް ކޮށާއަޅާލާނަން. . !!! ފުރާނަ ސަލާމަތް ކުރަން ބޭނުންނަމަ އޭގެކުރިން އެޅާ ގެނެސް މަށާ ޙަވާލުކުރޭ. . !!!” އިންޒާރުގެ ވަރުގަދަ އަމުރު ވީއްލާލުމަށްފަހު ބޮކޮޅޭ އޭނާގެ ގެޔަށް ވަދެގެން ހިނގައްޖެއެވެ.

           އޭނާގެ އެ ބިރުވެރި އިންޒާރާއިއެކު އަވައްޓެރިންގެ ހިތުގައި އަހަރެންނާއި މެދުގައި އުފެދުނު އިތުބާރާއި ލިބުނު އުންމީދު އެއްކޮށް ވިއްސި ވިހާލިވެ، އެ ނުލަފާ ޝައިޠޯނާ އަށް އަހަރެންގެ ވާހަކަ ހިފައިގެން ގޮސްދާނެކަމުގެ ބިރު އަހަރެންގެ ހިތުގައި އުފެދުނެވެ. އެހެންކަމުން ބިރުވެރިކަމާއި ކަންބޮޑުވުމުން ފުރިގެންވާ ތޫފާނީ ވިލާގަނޑު ބޯވެ ނުރައްކާތެރިވަމުން އައިސް މާދަމާ ކުރިމަތި ކުރުވާނެ ގޮތަކާއިމެދު ވިސްނަން ޖެހިއްޖެއެވެ. މާދަން ކަންތައް ވެގެންދާނީ ދެގޮތަކަށެވެ. އެއްގޮތަކީ އަހަރެން ކަންތައްތައް ކުރި ގޮތް ބޮކޮޅޭއަށް ނޭނގި އަވައްޓެރިން އަހަރެންގެ ޙަޤީގަތް ސިއްރުކޮށްދީ، އެހެންދުވަސް ތަކެކޭ ވެސް އެއްގޮތަށް މާދަމާގެ އިރު އެރުމެވެ. އެއީ ވުން އެންމެ ދުރު ގޮތެވެ. އެހެންވީރު އަދި ކުރިޔަށްވުރެވެސް އަނިޔާވެރިކޮށް ރާޔާއަށް ޢަޒާބު ދައްކައި އެފަކީރުގެ ހަށިން ހޭފިލައި ދާވަރުކުރާނެއެވެ. އަނެއް ގޮތަކީ އަހަރެން އުޅޭ ގޭގެ މީހުންގެ ހިތުގައި ބޮކޮޅޭގެ މައްޗަށް އުފެދިފައިވާ ބިރުވެރިކަމުގެ ސަބަބުން ކަރު އެލުވާލައި ގޮސް ބޮކޮޅޭގެ ފައިބުޑަށް ވެއްޓި ފުރާނަ ސަލާމަތް ކުރުމަށް އުޅުމެވެ. އޭރުން އަހަރެންގެ ދުވަސް ދުއްވާލާނެއެވެ. އެއާއިއެކު މެދުކެނޑުމެއްނެތް ޢަޒާބު ރާޔާއަށް ދައްކަމުން ދާނެއެވެ. ދެގޮތުންވެސް ރާޔާއަށް އޮތީ ކެތްނުކުރެވޭނެ ވޭނާއި ހިތްދަތިކަމެވެ. އެހެން ކަމުން އަހަރެން އިޚްތިޔާރުކުރީ ތިންވަނަގޮތެވެ.

        އަހަރެން އެރޭ ހަތަރުދަމު ހޭދަކުރީ ކޮންމެ ކޮޅަކުންވެސް އަތުވެދާނެ އެންމެ ވަރުގަދަ ކޮޅިގަނޑަކަށް ތައްޔާރުވާށެވެ. ހެނދުނުގެ އިރު އަރަންވާއިރަށް މޫސުމަށް އަންނަން އުޅޭ ބަދަލަކާއި ކުރިމަތިލެވޭނެ ތައްޔާރީ ވުމާއި ދުރާލާ ސާމާނު ހޯދުމެވެ. އެކަމުގައި އަހަރެންނަށް ވަރަށްބޮޑު ޙިމާޔަތެއް އޮތެވެ. އެއީ ބޮކޮޅޭ އެހޯދާ ފިނިފެންމަލަކީ އަހަރެންކަން ނޭނގުމެވެ. އެހެންކަމުން އަހަރެން އެކަމުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފީމެވެ. ހަމްދާންގެ އެހީއާއިއެކު އަހަރެން އެކަންތައް ކުރިޔަށް ގެންދިޔައީމެވެ.

         އަހަރެންގެ ކޮޓަރިޔަކު އެންމެ ލައިޓެއްވެސް ނުދިއްލަމެވެ ބޮކޮޅޭގެ ނުލަފާ ސިކުނޑިއަށް ވަހުމެއްވެސް ވެދާނެތީއެވެ. އޭނާ މުޅި ރޭ ހޭދަކޮށްލީ ގޭތެރޭގައި އޭނާގެ ކައިރިޔަށް އުފާވެރި ޚަބަރަކާއިއެކު ކޮންމެވެސް ގެޔަކުން މީހަކު އަންނާނެ ކަމުގެ ޔަޤީން ކަމުގައި ޚިޔާލެއް ފިކުރެއްނެތިއެވެ.

         ހެނދުނު އިރުއެރިއިރު ކަންތައް ވެފައި އޮތީ އަހަރެން ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ. އަވައްޓެރިންނާއި ގޭ މީހުން، އެމީހުންގެ ފުރާނަތައް އަތްމައްޗަށް ލައިގެންވެސް އަހަރެންގެ ޙަޤީގަތް ފޮރުވަން ނިންމައިގެން ތިބީއެވެ. އެހެން ދުވަސް ތަކެކޭވެސް އެއްގޮތައށް ދޮރުތައް ލައްޕައި، ހަރު ހަރަށް ވަދެ ފިލައިގެންނެވެ. ލިބުނު ކުޑަވެސް އުންމީދުގެ އަލިކަން ފިލާދާން ބޭނުން ނެތިފައެވެ. މެންދުރު ވެގެން ދިޔުމާއިއެކު ހޭލެވުނު ބޮކޮޅޭގެ ލޭ ކެކި ވަނީ މީހާ ރުޅިއައިސް ރަތްވެފައެވެ. އެއާއިއެކު ފެންވަރަން ވަނީ ކުރިޔަށް އަންނަން އޮތް ބިރުވެރި ވަގުތުތަކުގެ އިންޒާރު އެންމެންގެ ހިތްތަކަށް ދެމުންނެވެ.

         އެހެންދުވަސްތަކެކޭވެސް އެއްގޮތަށް މަރީނާ މިޔަދުވެސް ވަޒީފާއަށް ވަނީ ގޮހެވެ. ބޮކޮޅޭގެ ލާއިންސާނީ ޢަމަލުތައް ބަލަން ހިތަށް ކެތްނުވާތީ ކަހަލައެވެ. ރާޔާ ބެލްކަންޏަށް ނިކުތެވެ. އަހަރެން ހުރީ ތަޤުދީރުގައި ކަންތައްތައް އޮޅެމުން ނިއުޅެމުން ދާނެ ގޮތުގެއަންދާޒާއެއް ކޮށްލެވޭތޯއެވެ. ރޭވިފައިވާ ރޭވިމާއިގެން ކާމިޔާބުވިމުގެ ފުރުޞަތު ކިތަންމެ ހަނިނަމަވެސް އެފުރުޞަތުގެ ބޭނުން ކުރާށެވެ. ރާޔާ ބަލައިލީ ސީދާ އަހަރެންގެ ލޮލަށެވެ. އެހެނަސް އަހަރެން ހުރީ އެނތެރެ ނުފެންނަ ބިއްލޫރި ދޮރުގެ އެތެރޭގައެވެ. މިޔަދު ރާޔާގެ މޫނުމަތީގައި ޖެހިލުންވުމުގެ އެއްވެސް އަސަރެއްނެތެވެ. ހީވަނީ ހިތްހަމަ ޖެހިފައި ހުރިހެނެވެ. ކުރިމަތިލާން ޖެހުނު ކޮންމެ ފަދަ ޢަޒާބަކަށް ވެސް ހިތުން ރުހުމުން ކުރިމަތިލާން ތައްޔާރުކަން އެމޫނުމަތިން އަހަރެންނަށް ފެނިގެން ދިޔައެވެ. އަހަރެންގެ ވަޢުދު އަހަރެން ފުއްދާނެ ކަމާއިމެދު އެހިތުގައި ޝައްކު ކުރުމެއް ނެތިއެވެ. ރާޔާގެ ހިތާމަތައް އަބަދަށްޓަކާ ދުރުކޮށްދޭނެ ކަމަށް އަހަރެން ވީ ވަޢުދެވެ.  އަހަރެންނާއި ދޭތެރޭ، ދާދި މިދާކަށްދުވަހާ ޖެހެންދެން ބީރައްޓެއްސެއްގެ ގޮތުގައި ހުރި މީހަކާއި ދޭތެރޭ އެކުރަމުންދަނީ ކޮންފަދަ މަތިވެރި އިތުބާރެއް ހެއްޔެވެ. އެ ހުރިހާ އެންމެން އަހަރެންނާއި ދޭތެރޭ ކުރަމުންދާ އުންމީދާއި އެއްވަރަށް ތެދުވެ ހިންދެމިލަން އަހަރެން ނިންމީމެވެ.

        އިރުކޮޅަކުން ރާޔާ އެނތެރެއަށް ވަނެވެ. އެއަށްފަހު ކިޔަމަންތެރިކަމާއިއެކު ބައްޕަ ނިކުންނަންވާއިރަށް ކާން ތައްޔާރުކުރިއެވެ. ހިންހަމަ ޖެހިފައިވާ މޫނަކާއިއެކުއެވެ. މިޔަދު ރާޔާ އަކީ އެކަނިވެރިޔެއް ނޫންކަން ޤަބޫލުކުރެވި ލިބިފައިވާ ހިންހަމަޖެހުމެވެ. ރާޔާގެ ޙަޔާތުގައި އެއަނިޔާވެރިކަމުން ސަލާމަތްވުމަށް، ހަނގުރާމަ ކުރަން އޭނާގެ އަމިއްލަނަފްސު ވަނީ ފުރަތަމަފަހަރަށް ޢަޒުމްކަނޑައަޅާފައި ކަހަލައެވެ. ދިރިހުރުމަށް މަޤްސަދެއްލިބިފައި ވީކަހަލައެވެ.

       ފާހާނައިން ނިކުތުމާއިއެކު ބޮކޮޅޭ އޭނާގެ ޅިނދުގައި ހަރުނުލާ ޖިންސާއި  އަތްދިގު ގަމީސް ލިއެވެ. އޭނާގެ މޫނުމަތިން ކަނިޖަހާފައި ބުރަމުންދާ އަނގުރު އަލިފާން ކަހަލަ ރުޅިގަނޑު ލައްޕާލެވިފައިވާ ދޮރުތަކުގެ ބިއްލަށުން ބަލަމުންދާ މީހުނަށް ފެނި ހިތުގައި ބިރުވެރިކަން އުރތުރި އަރަމުން ދިޔައެވެ. ބަލާކަށް ނުހުރެ އައިސް ސޯފާގައި އިށީނަދެލައިގެން އިން އޭނާގެ ދަރިފުޅު ރާޔާގެ އަތުގައި ހިފާގެނެސް ބެލްކަންޏަށް ހޫރާލިއެވެ. އެއާއިއެކު ވިއްސައިގެން ގޮސް ރެއިލިންގްސް ގައި ޖެހިފައި ރާޔާ މައިތިރި ވީއެވެ. މުށިގަނޑު މަތީގައި ބޯޖެހުނުގޮތަށް ފަޅައިގެންގޮސް ލޭ އަންނަންފެށިއެވެ. ނަމަވެސް ރާޔާގެ އަނގައިން އަޑެއްވެސް ލައްވައި ނުލައެވެ. ހީވާކަހަލައެވެ. އެހަށިގަނޑުގައި މިޔަދާޖެހެންދެން ކޮންމެ ދަވަހަކު ކަހަލަގޮތަކަށް އަޅަމުން ދިޔައީ އެއަށްވުރެ މާ އިހާނެތި ވޭނެކެވެ. އެމަންޒަރު ގޭގޭގެ ދޮރުތަކުގެ ބިއްދޮށުން ބަލަމުން ގެންދިޔަ މީހުންގެ ދޫތަކުން ނިކުތް މޮޅިވެރިކަމުގެ އާހް ފަޒާގައި ގުގުމާލިއެވެ. އަހަރެންގެ ލޭ ކެކިގެން ދިޔައީ ރާޔާގެ ބޮލުން މޫނުމައްޗަށް ފައިބަމުންދިޔަ ލޭ ފެނިފައެވެ. އަހަރެން ހުވައި ކުރީކެމެ. ރާޔާއަށް ދީފައިވާ ކޮންމެ އަނިޔާއަކަށް ބަދަލު ހިފާނަމެވެ. އެހަށިގައި އެޅި ވޭނުގެ ކޮންމެ ޒައްރާއެއްގެ ބަދަލު ހިފާނަމެވެ.

      ވެއްޓިފައި އޮތް ރާޔާ އަނގައިން އަޑެއްވެސް ލައްވާނުލައި ތެދުވިއެވެ. އެއާއިއެކު އެނުލަފާ ޝައިޠޯނު އައިގޮތަށް އައިސް އޭނާގެ ދެއަތުން އޭނާގެ އަންހެން ދަރިފުޅު ލައިގެން ހުރި ލަދުވެތިކަމުގެ ފޭރާން އިރައި މުޅި ދުނިޔެއަށް އެ ނިކަމެތި އަންހެން ކުއްޖާ ގިނަކޮށްލައިފިއެވެ. ދުނިޔޭގެ ލަދަށް ރާޔާ ލޯމަރާލިއެވެ. އަހަރެންގެ ހިތުގައި ހީވީ މީހަކު ބާރަށް ހިފާފައި ފިތާލިހެނެވެ. ބޭ އިޚް ތިޔާރުގައި ބުނެލެވުނެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާއްކޯއެވެ. . އަނިޔާވެރި ނިމުމަކުން އެ ޝައިޠޯނާގެ ނިމުން ގެންދަވާށިއެވެ. އެއީ އެމަންޒަރު ފެނުނު ކޮންމެ އިންސާނެއްގެ ވެސް ދުޢާނޫނީ ނުވާނެއެވެ.

        “އޭ. . .!! ފިނިފެންމާ. . !!! . . މިހިރީ މަގޭދަރި! ފެނޭތަ؟؟ ކަލެޔަށް ރަނގަޅަށް ދައްކަން މި ބަހައްޓަނީ. . !! ތިހާ ސަލާމަތް ކުރާހިތް ވަންޏާ އާދޭ ބަލާ!! ” ރާޔާ އަތުގައި ހިފާ ބެލްކަނީގައި ކޮޅަށް ބަހައްޓަފައި ހޮނު ގުގުރިއެއްފަދަ ނުލަފާ އަޑަކުން ހަޅޭއްލަވައި ގަތެވެ. އެއަށްފަހު ވަދެ ކާ މޭޒުދޮށުގައި އިށީނދެ ކާންފެށިއެވެ. ބޮޑާކަމާއި ރަހުމް ކުޑަ ކަމުގެ އިންތިހާއެވެ. ރާޔާއަށް ގަތް ލަދުން މޭގައި ދެއަތް އަޅާ ކަކޫމައްޗަށް ތިރިވެ ބަނޑުޖަހާލެވުނެވެ. އޭރުވެސް ބޮލުން ފަޅައިގެން ގޮސްފައިވާ ތަނުން ލޭ އަންނަމުން ދެއެވެ.

        އަހަރެންގެ ހިތަށް ލުޔެއް ލިބިގެން ދިޔައެވެ. އޭނާގެ ނުލަފާކައި ނުބައިކަންދެކި އޭނާއާއި ދެކޮޅަށް އިނގިލިވެސް ހަލުވާލަން ކެރޭނެ އިންސާނެއް ނެތްކަމަށް ދެކެމުން އައި އެޝައިޠޯނާއަށް އޭނާއަށް ހީކުރެވުނު މޮޔަހީގެ ސަބަބުން ހިތިފިލާވަޅެއް ލިބޭނެއޭ އަހަރެންނަށް ބުނެލެވުނެވެ. ރާޔާވަނީ އަހަރެންގެ ރޭވުމާއިއެއްގޮތައް އެޖައްބާރުގެ ކާއެއްޗިއްސަށް ޒަހަރުލައި ރާޔާގެ ބައި ފުރިހަމަކޮށްދީފައެވެ. އޭނާއަށް ނޭނގެނީ މިޔަދާއި ހަމައަށް އޭނާދެކެ ބިރުން ވިރެމުން ދިޔަ މީހުންތައް ބަދަލުވެފައި ވާކަމެވެ. އޭނާޔާއި ދެކޮޅަށް އިނގިލި އުފުލާލަން ނުކެރި ތިބި މީހުންތިބީ ހަމައިސްކޮޅަށް ތެދުވެ ކައިރިވަމުން އަންނަ ވަގުތެއްގެ އިންތިޒާރުގައި ކަމެވެ. އޭނާ އެކައި ނިންމާލީ އޭނާގެ ޙަޔާތުގެ އެންމެފަހުގެ ކާއެތިކޮޅެވެ. އޭގައި ލެވިފައިވާ ޒަހަރުގެ އަސަރު މުޅި ހަށިގަނޑުގެ ތެރޭގައި އިސާހިތަކު ފެތުރިގެންދާނެއެވެ.

        ރަނގަޅަށް ކާލައިގެން އައިސް އިސްކޫރުން އަތްދޮވެ ނިންމާލައިގެން ބޮކޮޅޭ އަޑު އިއްވާލިއެވެ. ” އޭ ރުނޑިޔާ. . ! ތިޅާ ފިލާ އޮތް ތާކުން ނިކުމޭ. . ! މި އަންހެންޅާ މިތާ ތިހުރިހާ ޅާއެއްގެ ކުރިމަތީ ހަދާލާތަން ބަލަން ތިބޭ. . !!” ލަދުވެތި ކަމުގެވެސް އިންތިހާއެވެ. ހެއްދެވި ފަރާތެއް ވޮޑިގެންވާ ކަމާއި އެކަލާނގެ ޢަޒާބު ދެކެ ކުޑަކޮށްވެސް ބިރުވެތި ވާ މީހަކު ނަމަ އެފަދައިން ކަންތައް ކުރާކަށް ނުކެރުނީހެވެ. “ނިކަން ތިގުޅާ ޅާޔަކަށް ގުޅާބިއަ. . !  ހެދޭނެ އެއްގޮތެއްވެސް ނޯންނާނެ. . !!! ތިއީ އަމައެއްގެ ބަނޑުން ވިހޭ ފިރިހެނެއްނަމަ ކުރިމަތިލާން ނިކުމޭ!! ފިލާ ތިއޮތީ ގޮރު ބޮވިފަތަ..!!” ހުތުރުކަން ބޮޑު ދުލެއްގެ ވެރިއެކެވެ. މާތް ރަސްކަލާނގެ ޢަޒާބު އަންނާނީ ކޮންވަގުތަކު ކިހިނެއްކަން ނޭނގޭ ޙާލު އެ ފާޙިޝް ޢަމަލުގައި އަމިއްލަ ދަރިފުޅާއި އެކު މުޅި ދުނިޔެއަށް ގިނަވެގަތީ ރޮލާ ކާ ވަލު ޖަނަވާރެއް ފަދައިންނެވެ. އޭނާގެ މަރު އޭނާ އާއި ދާދި ކައިރިވެފައިކަން އިޙްސާސްވެސް ނުކުރެވިއެވެ.

       އަޅަމުން ދިޔަ ވޭނަށް ކެތްކުރަމުން ރާޔާ ދިޔައީ އަނގައިން ބަހެއްވެސް ބޭރުކޮށް ނުލައެވެ. އެނިކަމެތި ޅަނދޮޅު ހަށިގަނޑަށް އަޅަމުން ދިޔަ ވޭނަށް ކެތް ކޮށްލެވުނީ ވަކިވަރަކަށެވެ. އެހަށި ފަޅާފައި ނުކުތީ ވޭނީ ހަޅޭކުގެ އަޑެވެ. އަހަރެންނަށް ކެތް ކޮށްލެވެނީ ކިރިޔާއެވެ. ރާޔާގެ ހަށިގަނޑާއި ފުރާނައިން އަންނަން އޮތް މާދަމާއަށްޓަކާ ރާޔާ އެވާ ވޭނީ ޤުރުބާނީ މިލޮލުން ބަލާހާ ހިތްވަރުނެތިގެން މޫނު އަނބުރާލަން ޖެހެނީ ކިތައްފަހަރުކަމެއް ނޭނގެއެވެ. އަހަރެން މަޑުކުރަމުން ދިޔައީ ރަނގަޅު ވަގުތު އައިސް ޖެހެންދެނެވެ.

         ޒަހަރުލާފައިވާ ކާއެއްޗިހި ކެއިތާ 10 މިނެޓް ވުމުން އަހަރެން މަޑު ހިނގުމެއްގައި އެކޮޓަރި ދޫކޮށް އެއިމާރާތުން ތިރިޔަށް ފައިބަން ދިޔައީމެވެ. ފުރާނަ އަތްމައްޗަށް ލައިގެނެވެ. ދޭތިން އެކައްޗަށެވެ. އެޝައިޠޯނާގެ ވަސްވެސް މިދުނިޔެއިން ނެތިކޮށްލާށެވެ. އެއާއިއެކު އެވަގުތުގެ އިންތިޒާރުގައި ތިބި އެތަކެއް މީހުނެއް އެ ޢިމާރާތް ތަކުން ނިކުމެ މަގުމައްޗަށް އެއްވަމުންދިޔައެވެ. އެވަގުތު ފާޙިޝްކަމުގެ ގަދަމަސްތުގައި ލަދުވެތިކަމުގެ ކަންފުޅެއްނެތި ޙަރާމްކުރައްވާފައިވާ ބޮޑު ފާފައެއް ކުރުމުގައި މަސްތުވެފައި، ނިކަމެތި އަންހެން ކުއްޖެއްޖެ ހަށްޓަށް ޙަމަލާދެމުން ދިޔަ ޝައިޠޯނުގެ ލޮލުގެ ފެނުމުގެ ބާރު ދައްވާން ފެށިއެވެ. ބޮލަށް އެނބުރުން އަރަން ފެށިއެވެ. ނަމަވެސް ވެފައިވާ މަސްތެއްގެ ގަދަކަމުން އެގޮތްމަތީގައި ކުރިޔަށް ދިޔައެވެ.

     އެކޮޓަރީގެ ދޮރުހުޅުވާލާފައި އަހަރެން ވަތްއިރު އެފާޙިޝް ޢަމަލު ކުރުމުގައި ނުލަފާކަން ދައްކަމުން ހަށިގަނޑުން ބިޔަ ނުލަފާ ޝައިޠޯނު ދިޔައެވެ. ބެލްކަނީގެ ތަޅުންގަނޑުމަތީގައި އޮތް ރާޔާގެ ހަށީގައި ހުރި ހުރިހާބާރެއް ލާފައި މޫނު އަނބުރާ އަހަރެންނާއި ދިމާލަށް ބަލައިލީ އެވަގުތުއެވެ. ލިބެމުންދާ ގަދަ ވޭނަށް ކެތްނުކުރެވިގެން ރޯލާނެހާ ހިތްތަރެއްވެސް އެހަށީގައި ނެތިފައި ވީ ކަހަލައެވެ. އަހަރެން ފެނުމާއިއެކީގައި ގަދަކަމުން ހިނިތުންވެލިއެވެ. އެއާއެކު އަހަރެންގެ ހިތުގައި މިހާ ދުވަސްވަންދެން އަޅަމުން ދިޔަ ވޭނާއި ރާޔާގެ އެނިކަމެތި ހަށިގަނޑުގައި އަޅަމުންދިޔަ ވޭނުގެ ޙައްޤުގައި އަހަރެންގެ ފުރާނަނިން ބާރުނެރެ އަތުގައި އޮތް ކަނޑިއެއްގެ މިޔަހާ ތޫނު ހަންޖަރު ހިފައިގެން ދުއްވައި ގަތީމެވެ.

        ދެފަޔަށް ލެވުނުހާ ބާރެއްލާފައި އެ ޝައިޠޯނާއި ދިމާލަށް އަހަރެން ފުންމައިގެންގޮސް އަހަރެންގެ ހަށިގަނޑުގެ ހުރިހާ ބަރެއް އެ ހަންޖާރަށް ވާނެހެން އަޅާ އޭނާގެ މައިބަދަޔަށް ގޯޅާ ލީމެވެ. ޒަހަރުގެ އަސަރުކޮށް އެނބުރުން އަރާފައިވާ ބޮކޮޅޭ އެވަގުތު ވޭނީ ހަޅޭކަކާއެކު ހޭވެރިކަންވެގެން ރާޔާގެ ހޭހުސްވެފައިވާ ހަށިގަނޑު ދޫކޮށްލާފައި އައިސް އަހަރެންނާއި ދިމާކޮށްލިއެވެ. އެ ކާއެއްޗިހިން އޭނާޔަށް ކެވިފައިވާހާ ޒަހަރު އާދައިގެ އިންސާނަކަށް ކެވުނުނަމަ މިނެޓެއްތެރޭގައި އަތެއް ފައެއް ގުޑުވައެއް ނުލެވުނީހެވެ ނަމަވެސް ދިހަ މިނެޓް ވީ އިރުވެސް އެ ޖައްބާރު ނަރަކަވަންތަ ހަށިގަނޑުގައި އާދައިގެ 3 މީހުން ގާގައި ހުރި ބާރު ހުރިހެން ހީވިއެވެ.

       އޭނާ ބޮޑު ސިންގާއެއްފަދައިން އަހަރެންނާއި ދިމާކޮށްލީ ބުރަކަށްޓަށް ހެރިފައި ހުރި ހަންޖާރާއިވެސް އެކުއެވެ. އެނުލަފާ މީހާގެ ބިރުވެރި ދެލޮލާއި އަނދިރި ގުދަނެއްފަދަ މޫނު ފެނިފައި ހިނދުކޮޅަކަށް ނަމަވެސް އަހަރެންގެ ދެފައި ކަސްތޮޅު އެޅުނެވެ. އެއައި ބާރުމިނުގައި އައިސް އަހަރެންގެ ގައިގާ އަޅާވިހެލީނުން އަހަރެން ވިއްސައިގެން ގޮސް ފާރުގައި ޖެހި ބޯފަޅައިގެންގޮސް ވެއްޓުނެވެ. ވީތަދުން ހިރިލާކަށް ވެސް ނޭނގުނެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. މާނޭވާލަމުން ބަރަހަނާ ޙާލުގައި އަހަރެންގެ ދުވަސް ދުއްވާލަން އެޝައިޠޯނާ ދިމާކޮށްލިތަނާ ފަހަތުން އައިސް ބާރުގަދަ އަތަކުން އޭނާގެ ހަތަރެސްފާ ގުޑުވާނުލެވޭވަރަށް ހިފެހެއްޓިއެވެ. އެވަގުތު އެ ޝައިޠޯނާގެ ކޮނޑުމަތިން އެ ނުލަފާމީހާ އެކީ ގުޑިނުލެވޭވަރށް ހިފަހަށްޓާލައިގެން ހުރި ރާޔާގެ މޫނު ފެނިފައި އަހަރެންގެ ގައިގައި އައު ޖޯޝެއް އުތުރި އަރައިގައެތެ. ބަޔާންކުރަން ނޭނގޭކަހަލަ ބާރެއް އަހަރެންނަށް ލިބުނެވެ.

              އެފަދަ ބާރެއް އެހާ ވޭނެއް ތަޙަންމަލު ކުރުމަށް ފަހުވެސް ރާޔާ އަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ އެންމެ ބޭނުންވި ވަގުގު ކަށިން ހިތްވަރުނެރެ އެ ނުލަފާ ޝައިޠޯނުގެ ގައިގައި ބައްދައިގަނެ އެންމެ ފަހުވަގުތުވެސް ހަނގުރާމަކެރަމުން ދަނީއެވެ. ރާޔާގެ މޫނުމަތިން އޭނާޔަށް މާގިނައިރަކު އިތުރަށް ނުހިފެހެއްޓޭނެކަމުގެ ސިގްނަލް ލިބެމުން ދިޔައެވެ. އެއާއިއެކު ވައިރޯޅިއެއް ފަދައިން އަހަރެން ޒިންކު މަތީގައި އޮތް ވަޅި ދަމައިގަނެ އައިސް އެ ނުލަފާ ޝައިޠޯނާގެ ކަރަށް ގޯޅާލީމެވެ. އެއާއި އެކު ކޯދުލާފައި ލޭތައް އެތަކުން ނިކުންނަން ފެށިއެވެ.

        ރާޔާ އެ ނުލަފާ ޝައިޠޯނުގެ ނަރަކަވަންތަ ބިޔަ ހަށިގަނޑުގައި ބައްދާލިގޮތަށް އުފުލާލައިގެން ގޮސް ތިންވަން ފަންގި ފިލާގެ ބެލްކަނި މަތިން ބޭރަށް ހޫރާލީ ދާދި ފަސޭހަކަމާއި އެކުއެވެ. އަހަރެންނަށް އެއްކަމެއް ޔަޤީން ވެއްޖެއެވެ. ރާޔާ އަކީ ވެސް އޭނަގެ ބައްޕަގެ ގައިގާ ހުރިފަދަ ބާރެއް ދެއްވާފައިވާ ކުއްޖެއްކަމެވެ. ރާޔާ ކޮޓަރީގެ އަނެއްފަރާތު ބިންމަތީގައި އޮތް ގޮދަޑީގެ މަތީގައި އަޅާފައިވާ ބެޑްޝީޓު ނަގައި އޭގެން ނިވާކަމެއްނެތް އެހަށިގަނޑު ފޮރުވާލިއެވެ.

        އެ ވަގުތުގެ އިންތިޒާރުގައި އެއްވެފައި ތިބިމީހުން، ނޭވާހޮޅިއަށް ލޭއެޅި ހާސްވެ ފުރާނަ ވީދި ކުދިކުދިވެ ނިކުންނަމުން ދިޔަ ބޮކޮޅޭ ގެ ގައިގެ އެތައް މިތަނަށް އެމީހަކަށް ދެވުނު ޙަމަލައެއް ދެމުން ދިޔައެވެ. އަތުޖެހުނު އެއްޗަކުންނެވެ. މިޔަދާއި ހަމަޔަށް  ނުލަފާކަން ދައްކައިގެން އަނިޔާވެރިކަންމަތީ އުޅުނު އެ ޝައިޠޯނާގެ ހަށިގަނޑު ކޮށައި ކުދިކުރަމުން ދިޔައީ ދެން ދުވަހަކުވެސް އެފަދަ ދެވަނަ އިންސާނަކަށް ފުރުޞަތު ނުދޭނަމޭ ބުނާފަދަ ގޮތަކަށެވެ. ބޮކޮޅޭގެ ވަސްވެސް ދުނިޔެއިން ފިލުވާލާށެވެ. މިމަންޒަރު ބަލަން ހުރި ރާޔާ އަޑު ވީއްލައި ރޯން ފެށިއެވެ. އުފާވެރިކަމުގެ ފޮނި ކަރުނަ އެނިޔަނެތި ދެލޮލުން އޮހޮރެމުން ދިޔައެވެ. ލިބުނު އުފާވެރިކަމެއްގެ ސަބަބުންނެވެ. ދާދި ދެންމެއަކާއި ހަމައަށް އަޅުވެތިވެފައި އިނުމަށްފަހު މިނިވަން ވީމައި ވީ ފުފަލެއް ކަހަލައެވެ. އެއާއި އެކު އަހަރެންނާއި ދިމާލަށް ރާޔާ ބަލައިލީ އަސަރުން ފުރިގެން ވާ ބެލުމަކުންނެވެ. އެއަށްފަހު އެހަށިގަނޑު ފޮރުމަމުންދިޔަ ފޮތިގަނޑު ދޫކޮށްލިއެވެ. އެފޮތިގަނޑު ބިންމައްޗައްދޫ ކޮށްލީ އެނިކަމެތި ޅަނދޮޅު ހަށިގަނޑު ހާމަކޮށްލަމުންނެވެ. ދެން އެހަށިގަނޑު އެފަދަ ފޮތިގަނޑެއްގެ ތެރޭގައި ފޮރުވަން ބޭނުން ނުވާކަހަލައެވެ. އެހަށިގަނޑަށް ބޭނުންވަނީ ޙިމާޔަތެކެވެ. ދުވެފައި އައިސް ރާޔާ އަހަރެންގެ އަތުތެރޭގައި ފޮރުވިގަތެވެ. އަހަރެންގެ ތުންފަތުގައި ބޮސް ދެމުންނެވެ. ދުވަހަކުވެސް ދޫކޮށް ލަން ބޭނުން ނުވާކަހަލައެވެ. “މިހަށިގަނޑާއި މިފުރާނައަކީ އަހަމެކަނި ތިބާގެ މިލްކެއް. . ” ރާޔާގެ ލޮބުވެތި އަޑު އިއްވާލީ ފޮނި މިއުޒިކެއް ފަދައިންނެވެ.

           ރާޔާގެ މަންމައަށް ގެޔަށް އާދެވުނުއިރު ކަންތައް ހިނގައިދިޔަ ގޮތްވަނީ އެނގިފައެވެ. އަވައްޓެރިންވަނީ މިނިވަން ކަމަށްޓަކާ ކުރި މަތިވެރި ހަނގުރާމައިގެ ވާހަކަ އެމަންމައަށް ކިޔައިދީފައެވެ. މިޔަދު އެމަންމަގެ ލޮލުން އެ އޮހޮރެނީ އުފާވެރި ކަމުގެ ކަރުނައެވެ. އެމަންމަ ދެކެމުން އައި ހުވަފެނެއް ޙަޤީގަތަކަށް ވެފައި ވާކަހަލައެވެ. ރާޔާ އެމަންމަގެ އޯގާތެރި އުނގުތެރޭގައި އޮވެ ލިބުނު އުފަލުގައި އެމަންމައާއި ބައިއެރިވެ އުފާވެރިކަމުގެ ކަރުނަ އޮހޮރަމުން ދިޔައެވެ.

             މީހެއް މަރާލާފައި ވާޚަބަރު ލިބިގެން ސިފައިން އައިސް ބެލިއިރުގައި މަރުވެފައި އޮތް ބޮކޮޅޭގެ ގައިގެ ގުނަވަންތައް އެތައް މިތަނުގައި ކޮށާ އުކާލެވިފައި އެވެވެ.  އެ އިހާނެތި، ވޭންދެނިވި މަރާއި ގުޅިގެން އެ ހިސާބުގެ 500 އެއްހާ މީހުން ބަޔާން ނަގަން ގެންދެވުނެވެ. ނަމަވެސް މަރާލީ ކާކު ކަމެއް މަރުވީ ކިހިނެއް ކަމެއް އެނގޭ އެކަކުވެސް ނެތެވެ. ބޮކޮޅޭގެ ފަހަތުގައި ތިބި ސަރުކާރުގެ ބޮޑެތިން ދުވަސް ގަނޑެއް ވަންދެން އެ މަރު ތަޙުޤީގު ކުރުމަށް މަސައްކަތް ކުރިއެވެ. މަނަވެސް އެކަށީގެން ވާވަރަށް އެއްބާރުލުން ނުލިބުމުގެ ސަބަބުން އެކަން ވާގޮތެއް ނުވިއެވެ.

        ފުރާނަ އަތްމައްޗަށް ލައިގެން ނިކުމެ ރާޔާއަށްޓަކާ އަހަރެންގެ ހިތުގައި އުފެދުނު ލޯބީގެ ޙައްޤުގައި ކުރެވުނު ހަނގުރާމަ ނިމުނީ އުފާވެރިކަމުގެ ބަހާރު މޫސުމެއް މުޅި ފަޒާޔަށް ގެނުވަމުންނެވެ. ކުޑަހެންވޭރުން ބިރުވެރިކަން ފިލައި ގޮސް އަމާން ވީއެވެ. އެތައް ޒަމާންތަކަކަށް ފަހު އަހަރެންނަށް އަލުން މަންމައެއް ލިބުނީއެވެ. އެކުވެރި ރަޙުމަތްތެރިން ތަކެއް ލިބުނީއެވެ. ހިތްހެޔޮ އަވައްޓެރިންތަކެއް ލިބުނީއެވެ. މޯޅި ނުވަނިސް ނިޔަނެތި އެމާ އަހަރެންނަށް ޙާސިލް ވީއެވެ.

-ނިމުނީ-

Tags:

ހިތާމަބުރޯކުޑަކުދިންނާބެހުންއަހަރެންއެކަނިވެރިކަންވާހަކަވޭންފިކްޝަންލޯބިޑްރަގްޖިންސީ ގޯނާ

Share Article

Follow Me Written By

GuDuMeena

Level 310 Stories500 Comments100 Comments

Other Articles

Previous

ލޯތްބަށްޓަކައި ( އަށްވަނަ ބައި)

Next

އެކުގައިވާން އެދެމޭ… 24

Next
April 2, 2014

އެކުގައިވާން އެދެމޭ… 24

Previews
April 1, 2014

ލޯތްބަށްޓަކައި ( އަށްވަނަ ބައި)

35 Comments!

  1. mink says:
    April 1, 2014 at 8:26 pm

    asarun furigenvaa reethi lobyge vaahakaeh…… asluvex v asaru kohfi.. thn nimuny dhw stry, haadha dhera actually i wanna ask u tht r u a m or f.eyy. bt hppy ending so its gud. thnkx v v bodah gudu viyas meena viyas

    1. GuDuMeena says:
      April 1, 2014 at 8:53 pm

      Mink. . u r a fan of mine who i really respect. . and you all have been here with me through out the story so i feel honored to give u some info about myself. .
      1. I am a Male. .
      2. Call me GuDu..
      3. Meena is my beloved wife. .
      4.im 22yrs. . Oops just a boy right. . ehehe

    2. cute says:
      July 10, 2015 at 11:33 am

      gudu haadh a young ey dhw……;;;;;;””

  2. lax says:
    April 1, 2014 at 8:30 pm

    aachaa neyvaa hifahattaa laigen indhaa hama e nimuny….. v v reethi…,

    1. GuDuMeena says:
      April 1, 2014 at 8:55 pm

      Thanks Sissy. . so happy to see u read the whole story. . 🙂

  3. GuDuMeena says:
    April 1, 2014 at 9:02 pm

    އެންމެހާ ލޮބުވެތި ކިޔުން ތެރިންނަށް،
    ތިޔަ ކިޔުންތެރިން ކެތްތެރިކަމާއިއެކު އަޅުގަނޑުގެ ވާހަކަ ނިމެންދެން ކިޔުމުގައި ފޫހިކަމެއްނެތި ތިއްބެވީތީ އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އެންމެ ބޭފުޅުންނަށް ޝުކުރުދަންނަވަން. ތިޔަ ކިޔުންތެރިން ދެއްވި ޚިޔާލާއި ފާޑު ކިޔުމަކީ އަޅުގަނޑަށް ޝަޢުޤުވެރިކަމާއިއެކު ވާހަކަ ގެނެސްދިނުމަށް ލިބުނު ވަރަށްބޮޑު ހިތްވަރެއް. . ކިޔާހިތުން ތިއްބަވަނިކޮށް މިހާ ކުއްލި ގޮތަކަށް ނިމުނީތީ ދެރަވި އެންމެހާ ކިޔުންތެރިންގެ އަރިހުން މާފަށްވެސް އެދެން. 🙂 އަޅުގަނޑުގެ އިތުރު ވާހަކައެއް އިންޝާ ﷲ ވަރަށް އަވަސް މުސްތަޤުބަލެއްގައި ތިޔަ ބޭފުޅުންނަށް ގެނެސް ދިނުމުގެ ފޮނި އުންމީދުގައި ވާހަކަ ނިމްމާލަން. .
    ވަލްޙަމްދުލިﷲ

    1. Aishath says:
      April 2, 2014 at 9:55 pm

      V.REETHI

  4. lai says:
    April 1, 2014 at 9:14 pm

    Minoon ehves vaahaka eh nimenden adi nugene

    1. GuDuMeena says:
      April 1, 2014 at 9:23 pm

      Thanks Lai. . Proud to be the 1st. . :p ehenve ehaa dhigukoh gennan noolhuny. . hama stricktly eh haadhisaa akah concentrate koffa liyuny. . 🙂

  5. މުތާ/ ސ.ހިތަދޫ says:
    April 1, 2014 at 11:25 pm

    mutha mi vAhaka feshigen nimendhen kin, but comment kuran time eh nuvima madhu kohli fahu baiga cmmnt eh kohlan 🙂 varah reethi and unique story eh mi, looking forward for another story of you 🙁 keep .it up

    1. GuDuMeena says:
      April 2, 2014 at 8:16 am

      Thanks Mutha. . I am So Honored to get a coment from a great writer such as yourself. . 🙂 I have been writing another story. . and hope i’ll be able to publish next week. .

  6. Rooya says:
    April 2, 2014 at 12:04 am

    roo mivaahaka feshigen nimendhen keen… but comment eh nukuran… mivaahaka vvv reethi… v thafaathu… adhi mikahala stry eh kiyaalan libeynetha….

    1. GuDuMeena says:
      April 2, 2014 at 8:19 am

      Thanks Roo. . Mifaharu GuDu mi liya vaahaka akee ves mizaathuge but mulhin thafaathu haadhisaa akah liyaa lobyge asarugadha vaahaka eh. . faharehga mivaahaka ha asarugadha nuvedhaane. . but i’ll try my best to keep u guys entertined. . 🙂

  7. bokolhey says:
    April 2, 2014 at 12:47 am

    Nice story.. keep it up :p

    1. GuDuMeena says:
      April 2, 2014 at 8:20 am

      Bokolheyge dhuvas dhuvvaali fahun vx bokolhey dhahkai laifi dhw . . 😀

  8. lady says:
    April 2, 2014 at 10:06 am

    story vrh reathi ekm thankolhe kuri
    vrh rythi nihmun
    ehaa avaha nihmaane kamah heenukoh hutaanihmaali ma vrh dhera vehjhe
    ekm i hope to read one more story of urs kyp up the good wrk]

    1. GuDuMeena says:
      April 2, 2014 at 12:03 pm

      Thanks Lady. . But u want to read ONLY ONE MORE STORY of mine. . 😮 🙂

  9. poh says:
    April 2, 2014 at 10:47 am

    vaahaka reethı ekam maa kuru

    1. GuDuMeena says:
      April 2, 2014 at 12:04 pm

      Sory Poh. . Vaahaka eyge asaruga ninmaalan vegen kuru kolly. .

  10. VAAHAKA KEE MEEHA says:
    April 2, 2014 at 11:29 am

    V ASARUKOFFI….GAIN HEE BIHI NAGAIGH DHIYAEE……HAGEEGEE LOABEEGE REETHI MISAALEH HAMA !!!!!!!!!

    1. GuDuMeena says:
      April 2, 2014 at 12:06 pm

      Thankew VAAHAKA KEE MEEHA. . i’ll take that as a compliment. . 🙂

  11. hhv says:
    April 2, 2014 at 2:12 pm

    habeys <3 waiiting for another story of u 😛 just great. but next time the language needs to be taken care of 😛 hope u will understand. all the best gudu 😀

  12. nishan says:
    April 2, 2014 at 6:16 pm

    Thank you gudu.. Mihaa obi vaahaka eh kiyaalan libunythi.. Waiting for ur Next story 😉

  13. zeDey says:
    April 3, 2014 at 9:57 am

    ވަރަށް ރީތި ވާހަކަ އެއް،،މިފަދަ އެހެން ވާހަކައަކަށް އިންތިޒާރު ކުރަން،،

  14. sul says:
    April 3, 2014 at 10:58 pm

    V vv reethi adhives mikahala reethi vaahakayakah inthizaaru kuran

  15. zaaaaa says:
    April 5, 2014 at 4:06 pm

    V v v v v nice.. hope kuran adhi ehen vahakaeh kiyalimuge furusathu libenekamah. Keep it up…

  16. nash reen says:
    April 15, 2014 at 6:40 pm

    alhe rovvijje gudu gandaa haadha asarugadha story ekey keep it up dear

  17. mysterious girl says:
    April 21, 2014 at 7:15 pm

    the same thing happened to me
    Nd today im so happy that im safe frm that monster

    1. GuDuMeena says:
      April 21, 2014 at 8:12 pm

      Im so happy for u. . Al’hamdhu Lillah. .

  18. mystyrious grl says:
    April 25, 2014 at 1:33 pm

    Thank you

  19. Sayin says:
    May 30, 2014 at 12:41 pm

    Reethi I really like this story

  20. yooha says:
    July 3, 2014 at 4:38 pm

    wonderful story v reeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeethi

  21. yooha says:
    July 3, 2014 at 4:41 pm

    bunelan beynumee vaahaka thakugai hadi bas beynun nukurahvaashey mifadha ehen vaahaka akah inthizaaru kuran

  22. friend says:
    January 5, 2015 at 11:55 am

    gudu ah aslu kiyany hama gudu tha.? u ge huri haa story thah ves varah varah reethi? waiting 4 next story…………

  23. friend says:
    January 5, 2015 at 12:00 pm

    o really mysterious girl. do u really have met a monster? I think that monster was a boy? If ur a girl …… am I right?

Comments are closed.



All Right Reserved!