ތިޔަ އިންތިޒާރުގައި 5
ހަފްތާ ފާއިތުވެގެން ދިޔަ ގޮތްވެސް ނޭނގެއެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ މަސްޢޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން ދެއެވެ. ކުޑަ ކުޑަ މަސައްކަތެއް ކޮއްލުމުން ދާދި ފަސޭހައިން އޭޑީކޭ ހޮސްޕިޓަލުން މާއިޝް އަށް ވަޒީފާ ހަމަޖެހިގެން ދިޔައެވެ. މިއަދަކީ މާއިޝް ވަޒީފާއަށް ނުކުންނަ ފުރަތަމަ ދުވަހެވެ. ވަޒީފާގެ ފުރަތަމަ ދުވަސް ވަރަށް އޮމާންކޮން ދިޔުމުން މާއިޝް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ހަވީރު ހަތަރެއް ޖެހުމުން ޑިއުޓީ ނިންމާލާފައި މާއިޝް ގެއަށް އައިގޮތައް ޖައްސާލީ ވަރުބަލި ވެފައިހުރިވަރުންނެވެ.
ހަވީރުގެ ސައި މޭޒުމައްޗަށް ހެދުމުގައި މީރާ އުޅުނީ ވަރަށް އަވަސް އަރުވާލައިގެންނެވެ.” ދޮންތާ! މާ އަވަސް ކޮއްލައިގެން ތިއުޅެނީ މިރޭ ކަމެއް އޮތީތަ؟” އޮފީސް ނިންމާލައިފާ ގެއަށް ވަދެގެންއައި ސަނާ މޭޒު ކައިރީ ގޮނޑީގައި އިށިއިންނަމުން މީރާ އާ ސުވާލު ކޮއްލިއެވެ. ސަނާ ވެސް އަމިއްލަ މީހެއްގެ އޮފީހަކަށްވަދެ އޮފީހައް ނުކުތް ފުރަތަމަ ދުވަހެވެ. ” ކަަމެއް ނުވޭ. އަސްލު މިއުޅެނީ އެއްކަލަ ޝަރުމީލައްތަ މާދަމާ ހެނދުނަށް ފަހަން ދިން ހެދުން ނުނިމިގެން. މިރޭ ގެންދިޔައިމައެއްނު ދޮވެލާފަ އިސްތިރި ކޮއްލެވޭނީ. ރައިއްކޮ ސްކޫލްގަ އޮތް ކޮންސެޓަކަށޯ. އަޅެ ނާއްކޮ މިރޭ ނުނިދައްޗޭ އަވަހަށް. ދޮންތަ އާއި އެކީ އެގެއަށް ގޮސްލަން. ޕްލީޒް.” ވެގެން އުޅޭގޮތް އޮޅުން ފިލުވައި ދިނުމައްފަހު ސަނާ ގާތު މީރާ ބުންޏެވެ.
” އަޅެ ނީނދެވޭނެ. އެނގެއެއްނު މަ ޖައްސާލާއިރަށް ނިދޭނެކަން. ދޮންބެ ގާތު ބުނެލަބަ. ޔަޤީން ގޮސްދޭނެކަން. ނުކެރެންޏާ ނާއްކޮ ބުނެދީފާނަން. އަންނާނަން.” ސަނާ އެހެން ބުނުމައްފަހު މީރާ ގޮވަ ގޮވާ އޮއްވާ ގޮސް މާއިޝްގެ ކޮޓަރިއަށް ވަނެވެ. މާއިޝް ނިދާފައި އޮތުމުން މޭޒުމަތީ އޮތް ފޮތަކުން ގަނޑެއް ނައްޓާލުމަށްފަހު، މީރާ އާއިއެކު ދިހަގަޑި ބައިގަ ގޮސްދިނުމައް ލިޔެލާފަ، ގަނޑު ފެންނާނެހެން މޭޒު މަތީ ބާއްވާލައިފަ ނުކުމެ ސަނާ އޭނާގެ ކޮޓަރިއަށް ވަދެ މީރާއަށް މެސެޖެއް ކޮއްލީ އޯކޭ ވެއްޖެއޭ ޖަހާލާފައެވެ.
ބޭރުން އައި މަރީނާ އާއި ސަލީމް ފެނުމުން މީރާ އެމީހުންނަށް ސައިބޯން ގޮވުމުން އައިސް އިށީނީ ސަނާއަށާއި މާއިޝް އަށް ގޮވުމަށް މީރާ ގާތު އެދެމުންނެވެ. މީރާ ގޮސް ސަނާ ގާތު ސައިބޯން ބުނުމުން ސަނާ ނުކުމެ ތިރިއަށް ދިޔައެވެ. މާއިޝްގެ ކޮޓަރީގައި ޓަކި ޖަހާލުމުން ނުހުޅުވީމައި ތަޅު އަނބުރާލުމާއެކު ދާދި ފަސޭހައިން ދޮރު ހުޅުވިގެން ދިޔައެވެ.
ނުކުންނަން އައި މާއިޝްގެ މޭގައި މީރާގޮސް ލައްވީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. މީރާއަށް ލޯ މަރާލެވުނީ މާއިޝްގެ ގައިން ދުވި މީރު ވަހުންނެވެ. މާއިޝް މީރާ ދުރުކޮއްލަން ބޭނުން ނުވެފައި ހުރީ އެގޮތް ބޭނުން ވެގެންނެވެ. ކުއްލިއަކަށް ސިހިފައި މީރާ ދުރައް ޖެހިލިއެވެ. ” ސޮރީ. މަންމަ ބުނެގެން ސައިބޯން ބަލާ މިއައީ.” ދެއަތް ދެއަތާ މޮޑެންހުރެ މީރާ އެހެން ބުނެލުމައްފަހު ލިފްޓާ ދިމާއަށް ހިނގައިގަތުމުން މާއިޝްވެސް ފަހަތުންގޮސް ލިފްޓަށް އެރިއެވެ.
އެންމެން ސައިބޯން ތިބެގެން އެކިކަހަލަ ވާހަކަ ދައްކަމުން ގޮސް މާއިޝްގެ ވަޒީފާގެ ވާހަކަވެސް ދެކެވުނެވެ. ” ވަޒީފާ ސަޅި. ފުރަތަމަ ދުވަސް ވީމަ އެހާ ބުރައެއް ނޫން. ބަޓް ހޮސްޕިޓަލުގައި އުޅޭ އަންހެން ކުދިންގެ ކަންތަ ބޮޑީ. ފަހަތުން ނުދެ.” ހެމުން ހެމުން މާއިޝް ބުނި އެއްޗަކަށް އެންމެން ހޭންފެށިއެވެ. މީރާ ފިޔަވައެވެ. މީރާ އިނީ ފޫހިވެފައެވެ. ޙުދު މީރާއަށްވެސް ވާގޮތް ނޭނގެއެވެ. ” އެހެންނު ވާނީ. ދޮންބެ ހީވަނީ ބޭރު ކުއްޖެއްހެން. އެހާ ހެންޑްސަމް. ދެން ކުދިން މޮޔަ ނުވާނެތަ. އެހެންވީމާ ތިތަނުން ކުއްޖަކު ދޮންބެގެ ހިތް ކާމިޔާބު ކުރާނެ ކަންނޭނގެ. ފަހަރިއެއް ދޯ. ހެހެ.” އެންމެފަހުން ސަނާއަށް ނީނދެވިގެން މާއިޝްއާ ދިމާ ކޮއްލިއެވެ.
ރޭގަނޑުގެ ވަޤުތެވެ. ކައިގެން އެންމެން ވަނީ ކޮޓަރިތަކަށެވެ. ނަމަވެސް މީރާ އިނީ ހެދުން ފަހަން ސިޓިންގ ރޫމުގައެވެ. ހެދުންފަހާ ނިމުނުއިރު ދިހައެއް ޖަހައިފިއެވެ. މީރާ އަވަސް އަވަހަށް ޝަރުމީލާއަށް ގުޅާ އެބަ ދަންކަމުގައިބުނެ ފޯނު ބޭއްވިއެވެ. ” ހިނގާ ދާން. ނާއްކޮ ބުނި މީރާ މިރޭ ގެއަކަށް ގެންގޮސްދޭށޭ. ނުކުމޭ އިނގޭ! މި ދަނީ ކާރު ނެރެން.” މާއިޝް އައިސް އެހެން ބުނެލުމުން މީރާ ބޯ ޖަހާލިއެވެ. އަދި ހެދުމާއެކު ބާކީ ހުރި ފޮތިކޮޅުތައް ކޮތަޅަކަށް ލަމުން ނުކުތްއިރު މާއިޝް އިނީ އިންތިޒާރުގައެވެ.
ކާރަށް އެރުމައްފަހު ދާންވީ ތަން ބުނެލުމުން މާއިޝް ކާރު ދުއްވާލިއެވެ. މަންޒިލައް ދެވެންދެން އެކަކުވެސް ވާހަކައެއް ނުދައްކައެވެ. މީރާ ހެދުން ހަވާލުކުރުމައްފަހު، އައިސް ކާރުގައި އިށީނުމުން މާއިޝް ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ” ތޭންކްސް.” މީރާ އިސް ނަގާ މާއިޝްއަށް ބަލާލުމައްފަހު ބުނެލިއެވެ. ” އިޓްސް އޯކޭ. އެވަރު ކަމެއްނޫނޭ އެއީ.” މާއިޝް ހީލިއެވެ. އެއަށްފަހު ގެއަށް ދެވެންދެން އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
ގެއަށް ވަދެ މީރާ އާއި މާއިޝް އެއްކޮއް ލިފްޓައް އަރާ މައްޗަށް ދިޔައެވެ. ” މީރާ! ކޮފީއެއް ހަދާދެވިދާނެތަ؟” ކޮޓަރިއަށް ވަންނަން ދިޔަ މީރާއަށް ގޮވާލުމަށްފަހު މާއިޝް އެދުނެވެ. މީރާ ބޯޖަހާލާފައި ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ތިން މިނެޓް ތެރޭގައި މީރާ ކޮފީ ގިރައިގެން ނުކުމެ މާއިޝް ކޮބާތޯ ބަލާލިއެވެ. ސިޓިންގ ރޫމުގައި ފެންނަން ނެތުމުން ކޮޓަރި ބަލާލުމަށް ކޮޓަރި ދޮރު ހުޅުވާ އެތެރެ ބަލާލިއެވެ.
މޭޒު ކައިރީ ލެޕްޓޮޕް ދޮށުގައި އިން މާއިޝް މީރާއަށް ގޮވާލުމުން ގޮސް މޭޒުމަތީ ކޮފީތަށި ބަހައްޓާފައި ނުކުންނަން އެނބުރިލި ވަޤުތު މާއިޝް މީރާގެ އަތުގައި ހިފާލިއެވެ. މީރާ ވަޤުތުން ހުއްޓުނެވެ. ” އެއްޗެއް ލިބިދާނެތަ؟” މީރާގެ އަތުން ދޫކޮއްލަމުން މާއިޝް ބުނަން ނުބުނަން އިނދެ ބުނެލިއެވެ. މީރާ އެނބުރިވެސް ނުލާހުރެ ކޯއްޗެއްތޯ ސުވާލު ކޮއްލިއެވެ. ” މީރާގެ ނަންބަރ. ލިބިދާނެތަ. މިހާ ދަންގަޑިއެއްގަ ކަމަކު ބޭނުންވީމަ ބުނެލެވޭނީ އޭރުންނެއްނު. ބަޓް. އިފް ޔޫ ޑޯންޓް މައިންޑް.” މާއިޝް ޖެހިލުންވެ ހުރެ ހާމަ ކޮއްލިއެވެ. މީރާ ބަހެއް ބުނުމެއްނެތި އެނބުރި މޭޒުމަތީ އޮތް ފޮތް ހުޅުވާލުމައްފަހު ކައިރީގައި އޮތް ގަލަމުން މީރާގެ ނަންބަރު ލިޔެލާފައި ނުކުމެގެން ދިޔައީއެވެ.
” ގުޑް ނައިޓް.” މާއިޝް ފޮނުވި މެސެޖް ކިޔާލުމައްފަހު މީރާ ކޮޓަރީގައި އެނބުރިލިއެވެ. އަދި މާއިޝްއަށް ވެސް ހަމަ އެހެން ޖަހާފައި މެސެޖް ކޮއްލިއެވެ. މާއިޝް ފުރަތަމަ ފެނުނު ދުވަހުން ފެށިގެން މީރާގެ ހިތް ވަނީ މާއިޝްއަށް ހަދިޔާ ކުރެވިފައެވެ. އަބަދު މާއިޝް ފެނިލުމަށް އެދެވެނީއެވެ. މާއިޝްގެ ކަންކަމަށް ފަރުވާތެރިވެވެއެވެ. އެހެނަސް މީގެން އެއްވެސް ކަމެއް އެކަކަށްވެސް ނޭނގެއެވެ. ހުދު މީރާއަށްވެސް މި ވަނީ ކިހިނެއްކަން ނޭނގެއެވެ.
މާއިޝްގެ ހާލަކީތޯއެވެ! ފުރަތަމަ ނަޒަރުން މާއިޝްގެ ހިތް ވަނީ މީރާއަށް ހިބަ ކުރެވިފައެވެ. މީރާގެ މަޢުޞޫމުކަން މާއިޝްގެ ހިތް ތަޅުވާލިއެވެ. މީރާގެ ކޮންމެ ކަމެއް މާއިޝްއަށް ވަރަށް ކަމުދެއެވެ. ހަމަ އެހާވެސް މީރާ ހިތްގައިމެވެ.
މުށިކުލައިގެ ކަޅި މީރާގެ ޖާދުވީ ލޮލާ ވަރަށް ގުޅެއެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި ބޮސްދޭހާ މަސްތުކަން ވެއެވެ. ބަނިޔާދަން ހަށިގަނޑާއި ކަޅުކަންގަދަ އިސްތަށިގަނޑު އެހާވެސް ހިތްގައިމެވެ. ހީލާއިރު އެއް ކޮލަށް އެޅޭ އަޑި ކޮޅުން ހިތްތަށް އާޝޯހުވާހާވެއެވެ. ފަރި ހިނގުން ހިތްތަށް ދީވާނާ ވެދެއެވެ. އެ މަލަށް އެދި އެދި އެތައް ހިތްތަކެއް މިހާރުވެސް ވާނޭކަން ހިތަށް އެރުމާއެކު މާއިޝް މާޔޫސް ވިއެވެ. ހާދާނެ ގޮތެއް ނޭނގޭ ޙާލު އެނދުގައި އޮށޯވެލި ތަނާ ދާދި ފަސޭހައިން ނިދީގެ ފުންގަނޑަށް ގެނބިގެން ދިޔައެވެ.
ދުވަސްތައް ފަށްފަށް ވަމުން ގޮސް އޮކްޓޫބަރ މަސް ނިމި ނޮވެމްބަރ މަސް ފެށުނީ އެސްފިޔަ ޖަހާލާހާ އަވަހަށެވެ. މާއިޝް ވެސް ޑިއުޓިގައި ވަރަށް ބުރަކޮން އުޅޭ ދުވަސް ކޮޅެއްކަމުން ގެއަށް ވަދެވެނީ ވަރަށް ލަސްވާ ފަހުންނެވެ. މާއިޝް ލަހުން އަންނާތީވެ ކޮންމެ ރެއަކުވެސް މީރާ ހޭލާ ހުންނަނީ މާއިޝް އަށް ކާން ދީފައި ނޫނީ ނުނިދާށެވެ. މަސް ދުވަސް ފާއިތުވެގެން ދިޔައިރު މާއިޝް އާއި މީރާގެ އެކުވެރިކަންވެސް ވަނީ ބަދަހިވެފައެވެ. ގޭ އެހެން މީހުނެކޭ އެއްވަރަށް މީރާވެސް މާއިޝްއާ ސަކަރާތްޖަހާ މަޖާކޮށް ހަދައެވެ.
މިރޭވެސް މާއިޝް ގެއަށްއައީ ދިހަގަޑި ބައިވާން އުޅެނިކޮށެވެ. ގެއަށްވަދެ ދޮރު ތަޅުލުމަށްފަހު މައްޗަށް ދިޔުމަށް ލިފްޓަށް އެރިއެވެ. ދޮރު ހުޅުވާލި އިރު ސިޓންގ ރޫމުގައި މީރާ އިނީ މާއިޝްގެ އިންތިޒާރުގައެވެ. ” އާދޭ ޗޭންޖް ވެލައިގެން ކާން. ހުންނާނެ ވަރަށް މީރު އެއްޗެއް ހަދާފަ.” މީރާ މާއިޝްއަށް ބުނެލިއެވެ. ” މި އަންނަނީ. ވެއިޓް.” މީރާއަށް ހިނިތުންވުމެއް ހަދިޔާ ކޮއްލުމަށްފަހު މާއިޝް ކޮޓަރިއަށްވަދެ އެއްޗެހި ބަދަލު ކޮއްލައިގެން ކާ މޭޒު ކައިރިއަށް ދިޔައިރު މީރާ ހުރީ ތައްޓަކަށް ޖޫސް އަޅާށެވެ. ” ވާއު. ހާދަ މީރުވަސް އެބަ ދުވައޭ. ޕާސްތާ. މީރު ވާނެތަ؟” މާއިޝް މީރާ އާ ދިމާކޮއްލިއެވެ. ” ދެން ތިބުނީ މަ ހަދާ އެއްޗިހި ނުބައޭތަ. އެހެންވީއިރު ބަހައްޓާ.” މީރާ ލޯ ކުޑަ ކޮއްލަމުން އެހެން ބުނީ މާއިޝް ހަދާ އެއްޗެއް ބަލާ ލާށެވެ.
” އަޅޭ. އެހެންނުބުނަމެއްނު. ސޮރީ. މަޖަލަކަށް. ޕްލީޒް.” މާއިޝް ހީކުރީ މީރާ ދެރަވީ ކަމަށެވެ. “އިނގެއޭ މަޖާކަން. ދެންވެސް ކައިފަ ބުނެބަ މީރިއްޔާ.” މާއިޝް އިންގޮތުން މީރާ ހިތަށް ތަދުވިއެވެ. ” ވަރަށް މީރު. މީރާ ހާދަ މޮޅޭ މީރު އެއްޗެހި ހަދަން. އަސްލުވެސް. އާދެބަ މީރާވެސް މަށާ އެކީ ކާން. ޕްލީޒް.” މާއިޝް މިރާއަށް ތަޢުރީފު ކޮއްލަމުން ބުނެލިއެވެ. މީރާވެސް މިރޭ މާއިޝް އާއެކު ކާން އެރިއެވެ.
ކައިނިމިގެން މީރާ އެއްޗެހި ހޫނު ކޮއްލަންދެން މާއިޝް އިނީ މީރާ ދާށޭ ބުނީމަވެސް މީރާ އާއެކު ނުކުންނާނީ ކަމަށް ބުނެފައެވެ. ބަދިގެ ނިންމާލުމަށްފަހު ދެމީހުން ނުކުތީ އެކު އެކީގައެވެ. މީރާ ކޮޓަރިއަށް ވަނީ މާއިޝްއަށް ގުޑް ނައިޓް ކިޔާފައެވެ.
” ނިދީތަަ؟” މާއިޝް މެސެޖް ކޮއްލީ މީރާ އަށެވެ. ” ނުން ނުނިދަން. ކޮފީއެއް ބޭނުންވީތަ؟” މީރާ ރިޕްލައިކޮއްލުމާއެކު މާއިޝް އާއެކޭބުނެ މެސެޖް ކޮއްލިއެވެ. ” މިދަނީ. ވެއިޓް.” މީރާ މެސެޖް ކޮއްލުމަށްފަހު، ބަދިގެއަށް ގޮސް ކޮފީއެއް ގިރައިގެން މައިޝްގެ ކޮޓަރިއަށް ވަތްއިރު މާއިޝް އޮތީ ސޯފާގައި އޮށޯވެލައިގެން ފޯނާ ކުޅޭށެވެ.
” ކޮފީ. ކީއްވެ ނުނިދަ. މާދަން ޑިއުޓީ އަށް ދާން ޖެހެއެއްނު. ލަހުން ނިދާފަ އަވަހަށް ތެދުވާއިރު ވަރަށް ބޮލުގަ ރިއްސާނެނު.” މީރާގެ ވާހަކައިން މާއިޝްއާދޭތެރޭ ވިސްނާވަރު މާއިޝް އަށް ފާހަގަ ކުރެވުނެވެ. ” ހްމްމްމް. ދޯ. އެކަމް މީރާގެ އަތުން ގިރާ ކޮފީއެއް ނުބޮއެ ނިދި ނާންނަނީއޭ.” މާއިޝް ނުސީދާ ގޮތަކަށް ނަމަވެސް އެނާގެ ހިތް ހާމަ ކޮއްލިއެވެ. މީރާ ހީލުމަށްފަހު ގުޑް ނައިޓް ކިޔާފައި ނުކުމެގެން ދިޔަތަން ބަލަން މައިޝް އިނީ ހިތުގައި އަތް އަޅާލައިގެންނެވެ.
އިރު އަރައިގެން އައި އިރު މީރާ ސައި ތައްޔާރު ކުރުމަށް ބަދިގެތެރޭ މަރީނާ އާއެކު ހަރަކާތްތެރި ވަމުން ދިޔައެވެ. އަށެއް ޖަހަން ފަނަރަ މިނެޓަށް ވީއިރު ސަނާ އާއި މާއިޝް ތައްޔާރު ވެގެން މޭޒުދޮށަށް އައީ އެކު އެކީގައެވެ. ” މަންމާ! ކޮބާތަ ބައްޕަ! މިއަދު ނުވެސް ފެނޭ.” މާއިޝް މަރީނާއަށް ބުންޏެވެ.
” ބައްޕަ ވަރަށް ހެނދުނާ ކޮންމެވެސް ތަނަކަށް ގޮސް ވީ. ދަރިފުޅުމެން ސައިބޯންވީނުން. މަންމަ ސައިބޯނީ ބައްޕަ އައިމަ. ދަރިފުޅާ މީރާ. މަންމަ މި އަންނަނީ މިތާ ކައިރި ގެއަކަށް ވަދެލާފަ.” މަރީނާ މާއިޝްއަށް ޖަވާބު ދިނުމަށްފަހު މީރާ ގާތު ބުންޏެވެ.
” ދޮންތާ! ދެން އަބަދު ގެއިން ނުނިކުމެ ކިހިނެއް އުޅޭނީ. ދޮންތަވެސް އޮފީހަކަށް ވަދެބަ. އޭރަށް އަބަދު ގޭގަ އިންނާކަށް ނުޖެހޭނެ. ދެން ގޭގެ މަސައްކަތް ކުރަން މީހަކު ހޯދާނީ.” ތަނުގެ ހިމޭންކަން ނަގާލީ ސަނާއެވެ. ” ދޮންތަ ނުވޭ ބޭރަށް މާ ގިނައިން ނުކުންނަ ހިތެއް. ދެން ތިބުނީ ގޭ މަސައްކަތް ކުރަން މީހަކު ގެންނަ ވާހަކަ. ކިހިނެއްތަ އެގެއެއްގަ އުޅޭ މީހުންނަށް ވުރެ އެހެން މީހާކު ރަނގަޅު ވާނީ. އެހެން ނޫނަސް މި ޒަމާނުގަ ކާކަށް އިތުބާރު ކުރާނީ. ދެން ގޭތެރޭ ކަމެއްނުކުރަންޏާ ކަންނެތް ވެދާނެއެއްނު.” މީރާ އެއް ފައްޗަކަށް އަމުނާލުމުން ސަނާ ގާތަށް ހިނިއައެވެ.
” އޭ އަވަސް ކުރޭ. އެހަރަ ގަޑި ޖެހުނީނު.” މީރާ ސަނާއަށް ބުނެލަމުން މާއިޝްއަށް ބަލާލިއެވެ. ސަނާއާއި މާއިޝް އަވަސް އަވަސް ކޮއްލައިގެން މަންޒިލަށް ވާޞިލް ވުމަށް ހިނގައިގަތެވެ. ” ހޭވް އަ ގުޑް ޑޭ ބޯތް އޮފް ޔޫ.” މީރާ އެހެން ބުނެލުމުން މާއިޝް އެއްލޯ މަރާލުމަށްފަހު ހީލިއެވެ. މީރާ ލަދުން އިސް ޖަހާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.


Sry gyus late v ma…?☺☺☺☺ But hope guys liked it..❤❤❤❤❤❤❤
Nxt part tomorrow insha allah ??
Wow.. V reethi story
Tnkx Sobee❤❤❤❤❤
Wowwwwww ????… Mi part vx v v v reethi ❤️❤️ ❤️❤️… V kiyaalaahithun mi part vx mi kiyaaly ????… Waiting for next part ????… Baeh faharu late vx vaane… ???… Story kiyaalan libuny v happy ????…
Wow… v salhi… mihaaru v interst vey eba mi story… waitin fr the nxt prt.. pls avaha up kolladhechey
Tnkyou Lotus☺☺☺☺ insha allah..❤❤❤??
Wow vara salhi…
V salhi story mihaaru eba intresting vey..next part v avahah upload kohdheahchey
Tnkx,mi prt up kohdhinythy.n varah bodah shukuriyyaa thankolheh dhigu koh nama vx liyedhny thy.aee vx ehaa bxy koh ulhemun ??
Thnkx mi prt up kohdhinythi. Ly dear ❤❤
Waitin 4 the nxt prt….
?Varah reethi…next part avas kohladhehchey …Waiting waiting
Nu xu plx daily up kohdheachey
Koba tha nxt prt
V reethi. Waiting for next. ???
When is next.. Waiting waiting…