Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކެތްކުރާނަން އުއްމީދުގައި 6

eysh Level 510 Stories100 Comments100 Login500 Comments
April 15, 2018 6 Mins Read
68 Comments

ކާކުބާ؟ ކޮންތާކައްބާ ލިވާން އޭނަ އެގެންދަނީ؟…. ހާދަ ރުޅިއައިސްފައޭ   އެހުރީވެސް..  އޯ ގޯޑް.. އަނެއްކާ ލިވާން އެއުޅެނީ…ނޯނޯ.. އައި ހޭވްޓު ގޯ  އާފްޓާރ ހިމް” ޒީވާގެ ހިތަށް އެރި އެއްޗަކުން އޭނާގެ ހަށިގަނޑުގައިވާ ހުރިހާ  ލޯލިތަކެއް ކޮޅަށްޖެހިގެންދިޔައެވެ.

ލިވާންއަށް ނޭނގޭނެހާ ސިއްރުން ޒީވާ ލިވާންގެ ފަސްފަހަތުން ހިނގައިގަތެވެ.

******

ކުއްލިއަކަށް މީހަކު ޒީވާގެ ކޮނޑުގައި ހިފާ އެމީހެއްގެ ކުރިމައްޗަށް އަނބުރުވާލުމާއިއެކީ ޒީވާ ދިޔައީ ސިއްސައިގެންނެވެ. ހަމަ އެއާއިއެކު ކުޑަކޮށް ހަޅޭއްވެސް ލަވައިގަނެވުނެވެ.

“ޒީވް… ވަޓްސް ރޯންގް.. މިތާ ކީއްތިކުރަނީ އެކަނި ހުރެގެން؟” ޒީވާ ބަލާލިއިރު ލިއުޝާ ހުރީ ސުވާލުގެ ނަޒަރުން އޭނައާއި ދިމާއަށް         ބަލަހައްޓައިގެންނެވެ.   ކުއްލިއަކަށް އެހާ ކައިރިން ލިއުޝާ ފެނުމުން ވެސް ޒީވާއަށް ލިބުނީ ޝޮކެކެވެ.

“މި….މި..މި.. ފެން ބޯންވެގެން” ޒީވާ ކަންބޮޑުވިއެވެ. ލިވާންގެ ހަޤީގަތް ނޭނގެނިސް އެކުވެރިޔާ އާއި ޚިއްސާކުރުމަށް ޖެހިލުންވިއެވެ. އަނެއްކޮޅުން އެފަދަ ވަގުތެއްގައި އެކަހަލަ ވާހަކައެއް ދައްކައިގެން ލިއުޝާގެ ހިތް ނުތަނަވަސްކުރުވަން އޭނަ ބޭނުންނުވީއެވެ.

“ކޮން މި..މި..މި އެއްތަ؟ ހެހެހެ.. ފެން ހުރީ އެދިމާ އަނދިރިގަނޑުގަތަ؟ ޒީވް ވެސް ކުޑަކޮށް މޮޔަ ދޯ.. އާދޭ ލިއޫ އާއި އެކީ” ލިއުޝާ ޒީވާގެ ބޮލުގައި ކުޑަކޮށް ޖަހާލަމުން އަތުގައި ހިފައިގެން ހިނގައިގަތުމާއިއެކު ޒީވާއަށް ފަސް އެނބުރި ބަލާލެވުނެވެ. ނަމަވެސް އޭރު ލިވާން ފެންނާކަށް ނެތެވެ. އެހެންކަމުން އެކަމާއި ކޮންމެވެސް ވަރަކަށް ހާސްވެހުރެ ލިއުޝާއާއިއެކު ހިނގައިގަތެވެ.

******

ޒީވާ އެންމެންގެ ތެރޭގައި ހުރި އިރުވެސް ހާސްވެފައި ހުރެ ހޯދެނީ ލިވާން އެވެ. ލިވާން އާއިއެކު ހުރި މީހެއްގެ މޫނު ނުފެނުނު ނަމަވެސް އެއީ އަންހެން ކުއްޖެއްކަން އޭނައަށް އެނގުނެވެ. ލިވާން އަކީ ކޮންކަހަލަ މީހެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ޒީވާ ލިވާން ހޯދަމުން ދަނިކޮށް ސިހުނީ މީހަކު އޭނާގެ އުނަގަނޑުގައި އަތް ވަށާލުމުންނެވެ.

ކުޑަކޮށް ސިހިފައި ޒީވާއަށް ފަހަތަށް ބަލާލެވުމާއިއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ފެނުނު މަންޒަރު ޤަބޫލުކުރަންވެސް ދަތިވިއެވެ. މީހަމަ ލިވާން ހެއްޔެވެ؟ ނޫނެކެވެ. ލިވާން ހަމަހޭގައި ހުރެގެން އޭނަގެ ގައިގައި އިނގިލިކުރިވެސް ޖައްސާނުލާނެއެވެ.

ޒީވާ ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުންނަން ފެށުމުން ކުޑަކޮށް ހީލަމުން އޭނާ ޒީވާގެ ދަތްދޮޅީގައި ހިފާލިއެވެ. އަދި މޫނާއި މޫނުކައިރިކޮށްލުމަށްފަހު ކަންފަތްދަށުގައި ސިއްރުން ވާހަކައެއް ބުނެލިއެވެ.

ލިވާން ބުނި އެއްޗެއް ސާފުނުވި ނަމަވެސް ލިވާންގެ އެހަރަކާތުން ޒީވާގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. މީގެ ކުރިން އޭނާ ފިރެހެން ކުއްޖަކާއި މިހާ ގާތްވެފައެއް ނެތެވެ. ޒީވާ ހުރީ ހަދަންވީ ގޮތެއް ނޭނގިފައެވެ. މިލިވާން މިއުޅޭ ގޮތަކުން އޭނަ ނަގަންވީ ކޮން މާނައެއް ހެއްޔެވެ؟ އޭނައާއި ގާތްނުވުމަށްވެސް ބުނީ ހަމަ ލިވާން ނޫން ހެއްޔެވެ؟ އެންމެ ފަހުން އޭނަ އާއި ގާތްވެސް މިވަނީ ހަމަ ލިވާންއެވެ. އެންމެ ފަހުން އެކަމުގެ އަދަބުވެސް ލިބޭނީ ހަމަ އޭނައަށެވެ.

ޖެހިބުދެއްހެން ގުޑިލަންވެސް ނޭނގިފައި ޒީވާ ހުއްޓާ ލިވާން ދެން ކޮއްލި ކަމަކުން ލަދުން އެމޫނު ރަތްވެގެން ދިޔައެވެ. އޭރު ޕާޓީއަށް އައިސްތިބި އެންމެންގެ ނަޒަރު ކަހަލަ ގޮތަކަށް ވަނީ އެދެމީހުންނަށް ހުއްޓިފައެވެ. ޒީވާގެ އަތްތިލަ ގެންގޮސް ލިވާންގެ މޭގައި ޖައްސާލުމަށްފަހު އެއަތަށް ލިވާން ބޮސްދިނެވެ.

ލިވާންގެ އެހަރަކާތުން ލިބުނު ޝޮކުގައި ޒީވާހުރީ ނޭވާލާންވެސް ހަނދާންނެތިފައެވެ. ލިވާންގެ ހޫނުނޭވާއާއިއެކު އެމަޑު ތުންފަތް އެއްވެސް ހުރަހެއް ނެތި ބީހިލިމުން ވީގޮތްވެސް ބުނެެދޭންވެސް ނޭނގުނެވެ. ލިވާންގެ ތުނިކޮށް ބެހެއްޓިފައިވާ ތުނބުޅި އެއޮމާން ހަންގަނޑުގައި ބީހިލުމުން އެހަށިގަނޑުގެ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހި ގައިން ހީބިހި ހިލުވާލައިފިއެވެ.

ލިވާން އާއި ޒީވާގެ ހަރަކާތްތަކަށް ނަފުރަތުގެ ބެލުމަކުން ބަލަން އެތާނގައި މީހަކު ހުރިކަމެއް ޒީވާއަކަށް ނޭނގެއެވެ. އެމީހަކު ދިޔައީ އަނގުރު އަލިފާނުގެ ބެލުމަކުން ޒީވާ އާއި ދިމާއަށް ބަލަމުންނެވެ. ހީވީ ނަފްރަތުގެ އަލިފާނުން ޒީވާ ފިއްސާލަން މަސައްކަތް ކުރާ ހެންނެވެ. ލިވާން ޒީވާ އާއި ގާތްވެލާ ކޮށްލާ ކުދިކުދި ގޯނާތައް ފެނި  އެމީހަކު ރުޅިގަދަވެ ކައިރީގައި ހުރި މޭޒުގައި ގޮށްމުށުން ޖަހާލިއެވެ.

ޒީވާ ހުރީ ލިވާންގެ އަމަލުތަކުން ނަގައިގަންނަންވީ މާނައެއް ނޭނގިފައެވެ. ލިވާން އާއި ދުރަށް ކިތަންމެ ދާން ބޭނުންވި ނަމަވެސް ލިވާން ހީވަނީ އޭނަ ދުރަށްގޮސްދާނެތީ އުޅޭހެންނެވެ. އެއްފަހަރު ދަތްދޮޅީގައި ހިފާލައިފިއްޔާ އަނެއްބައި ފަހަރު ކޮލުގައި ހިފާލަފާނެއެވެ. އަނެއްބައި ފަހަރަށް ކަންފަތްކައިރީ          ސިއްރެއް ބުނެލަފާނެއެވެ. ލިވާން އާއި އެހާގާތުގައި ހުންނަންވުމުން ޒީވާ ހުރީ ފިނިވެފައެވެ. ނޭނގޭ ހިތްހަމަޖެހުމެއްވެސް ހިތަށް ލިބުނު  ފަދަ އިޚްސާސެއް ކުރެވިގެންދިޔައެވެ. ލިވާންގެ ގައިން ދުވި މަޑުމަޑު ސެންޓްގެ ވަހުން ލޭގެ ހިމަނާރަށްވެސް އެނގުންވެލައިފިއެވެ. ލިވާންގެ އަތް އޭނަގެއަތުގައި ބީހިލުމުން އެއުފެދޭ ކަރަންޓްގެ އޮއިވަރުގެ ސަބަބުން އޭނަގެ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހިގެން ދެއެވެ.

ދަންވަމުން އައި ވަރަކަށް ޕާޓީއަށް އައިސްތިބި މީހުން މަދުވާންފެށިއެވެ. ބާރަގަޑި ބައިވީއިރު ގާތް ރަޚުމަތްތެރިންގެ ދެތިން މީހަކު ފިޔަވާ އިތުރުމީހަކު ނެތެވެ.

ކުއްލިއަކަށް ލިވާން ޒީވާގެ އުނަގަނޑުން އަތް ނައްޓާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލި އަޑު ޒީވާއަށް އިވުނެވެ. އެއަށްފަހު ބާރު ބާރަށް ލިވާން ގޮސް ގެސްޓް ހައުސްގެ އެތެރެއަށް ވަދެގެންދިޔަ މަންޒަރު ބަލަން ޒީވާހުރީ ޖެހި ބުދެއްހެން ހިރިލަންވެސް ނޭނގިފައެވެ. ވިސްނާ ވިސްނާވެސް އޭނާގެ ސިކުނޑިއަށް ލިވާން އެހެން ކަންތައް ކުރަންޖެހުނު ސަބަބެއް ނޭނގުނެވެ.

“ގޯޑް ނޯސް” ޒީވާ ފުންނޭވާއެއް ދޫކޮށްލަމުން ލިއުޝާ ފެނޭތޯ ހޯދާލިއެވެ. އެބަރު ހެދުމުގައި އޭނައަށް ކެތްކުރަން އުނދަގޫވިއެވެ. ގިނައިރު ކޮޅަށްހުރުމުގެ ސަބަބުން އޭނަހުރީ ވަރަށްވެސް ވަރުބަލިވެފައެވެ.

“ފޮޓޯ ސެޝަންއަށް އަވަހަށް ހުރިހާ ކުދިން މިކޮޅަށް ޖެހިލަމާ” އައިޝަމް ގޮވާލުމާއިއެކު އެންމެން ފޮޓޯ ނެގުމަށް އަވަސްވެގަތެވެ.

ޒީވާ ވަށައިގެން ހޯދައިލީ ލިވާން ފެނޭތޯއެވެ. ނަމަވެސް ފެންނަން ނެތުމުން ހާސްވިއެވެ. މަންމަމެން ސުވާލުކޮށްފިނަމަ އެމީހުންނަށް އޭނަ ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟

“ދަރިފުޅާ.. ކޮބާ ލިވާން؟” ކަންތައް ވީވެސް ޒީވާ ހީކުރި ގޮތަށެވެ. ނޫމާނުގެ ސުވާލު ކުރިމަތިވުމުން އޭނާ ކުޑަކޮށް ދާހިއްލަން ފެއްޓިއެވެ.

“ބައްޕާ.. ކިހިނެތްތޯވީ؟” ބުނާނެ އެއްޗެއް ނޭނގިފައިހުރި ޒީވާއަށް ލިވާންގެ އަޑުއިވުމާއިއެކީ ހަމަޖެހުމެއް ލިބުނެވެ.

ފޮޓޯ ސެޝަންތައް ކުރިޔަށް ދިޔައިރު ލިވާން ޒީވާއާއި ދުރުދުރުން އުޅޭކަން އައިޝަމް ނަގައިގަތެވެ. މިރޭ ލިވާން ކަންތައްކުރި ގޮތުން އޭނާ ހުރީ ސުވާލުވެސް އުފެދިފައެވެ. އެހެންކަމުން އޭނާ ނިންމީ ފަހުން ލިވާން އާއި އެވާހަކަ ދައްކާށެވެ. އަދި މިވަގުތަށް ކުރަންޖެހޭ ކަންތައް ކުރުމަށް އޭނަ އަވަސްވެގަތެވެ.

“ދެން އޮތީ ކަޕްލް ފޮޓޯ ނެގުން.. ލިވާން ކުޑަކޮށް ޒީވާގެ ކައިރިއަށް ޖެހިލާ” އައިޝަމް ގެ ނިޔަތް އެނގުމާއިއެކު ލިވާން އައިޝަމްއަށް ބަލާލުމަށްފަހު ލޯ ހަނިކޮށްލިއެވެ. ނަމަވެސް އައިޝަމް ފެންނަކަމަށް ވެސް ހަދާނުލިއެވެ.

ވިލްދާންވެސް ހުރީ މިފަދަ ރެޔަކު އެކުވެރިޔާއަށް ލަނޑެއް ދެވޭނެ ވަގުތަކަށް ބަލަބަލާ ކަމުގައިވާތީ، އޭނާވެސް ފޮޓޯއަށްހުއްޓެންވީ ގޮތް ކިޔައިދޭން ފެށިއެވެ.

ލިވާން ޒީވާގެ ކުރިމައްޗަށްވާގޮތަށް ހުއްޓި ޒީވާގެ ބަނޑާ ދިމާއިން ދެފަރާތުން އުނަގަނޑުގައި ހިފަހައްޓާލަމުން އެމޫނަށް ނަޒަރު ހުއްޓާލުމާއިއެކު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ.

މާނައެއްނެތް ހިނިތުންވުމެއްގައި ވިޔަސް ލިވާން ފެންނަލެއް ހާދަ ހިތްގައިމޭ ޒީވާގެ ހިތަށްއެރިއެވެ. ޒީވާގެ ބަނޑާ ދިމާއިން ލިވާން ހިފަހައްޓާފައިހުރި ދިމާއިން ކަރަންޓްގެ އޮއިވަރެއް ދަތުރުކޮށްލި ކަހަލަ އިޚްސާސެއް ކުރެވުމާއިއެކު ގައިގެ ލޯލިތައްކޮޅަށް ޖެހުނެވެ. ބޭއިޚުތިޔާރައުގައި އިސްޖަހާލެވުނެވެ. އެއާއިއެކު ފޮޓޯގެ ފްލޭސް ކެނޑިގެން ދިޔަތަން ފެނިގެން ދިޔައެވެ. އޭރު އެތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައީ އިޚްތިޔާރުން ބޭރުގައެވެ.

“އިނަފް……އައިމް ޑަން” ވިލްދާންއަށްއިތުރު އެއްޗެއް ނުބުނެވެނީސް ލިވާން އޭނަ ހުއްޓުވިއެވެ. އަދި ބާރު ބާރަށް ހިނގާފައި ގޮސް މަންމަމެންގެ ކައިރިއަށް ހުއްޓުނެވެ.

“ޒީވް…ވާއު..ހާދަ ރޮމޭންޓިކޭ…ސޮނިވެއްޓިއްޖެ ހަމަ” ލިއުޝާ އަނގައަށް ވައްތަރެއް ޖައްސާލަމުން ދިމާކޮށްލީ ޒީވާ ލަދު ގަންނުވާލުމުގެ ގޮތުންނެވެ. އެކަން ވަރަށް ރީއްޗަށް ވެސް ފުރިހަމަވެގެން ދިޔައެވެ.

ކެއުމުގެ ވަގުތުގައި ޒީވާ އުޅުނީ ލިއުޝާ އާއިއެކުގައެވެ. ލިވާން ކަންތައްކުރިގޮތުން އޭނަހުރީ ލިވާންދެކެ ޖެހިލުންވެ ލަދުވެސް ގަނެފައެވެ. ލިވާން އޭނައަށް އެހަދަނީހަދާނެ ގޮތެކެވެ. އެހެންވެ އޭނަ ބެލީ ލިވާން އާއި ވީހާވެސް ދުރުން އުޅެވޭތޯއެވެ.

“ދަރިފުޅު..ރަނގަޅަށް ކައްޗޭ އިނގޭ” ސީރީން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ޚާއްސަކޮށް މިރޭ ލިވާން ޒީވާ އާއި ބެހެއްޓި ގާތްކަން ފެނި އިންތިހާއަށް އުފާވެފައެވެ.

******

މިރެއަށްޓަކައި އަލަތު ދެމަފިރިންނަށް ކޮޓަރި ޚާއްސަކޮށްފައިހުރީ ޕާޓީ ހަމަޖެއްސި ހޮޓަލުން ކަމުގައިވާތީ ޕާޓީއަށް އައި އެންމެން އެބަޔެއްގެ މަންޒިލަށް ދިޔުމުން ޒީވާ ވެސް އޭނާގެ މަންޒިލަށް ދިއުމަށް މިސްރާބުޖެހިއެވެ.

ކޮޓަރިއަށް އައިސްވަން ޒީވާ ހުރީ ވަރަށް ލޮޑުވެ ނިދިވެސް އައިސްފައެވެ. ނަމަވެސް ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކީ ދެލޯ ބޮޑުކޮށްލަމުން ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލިއެވެ.

އުއްބައްތިތަކުގެ ފަނޑު އަލިން މުޅިތަން އޮރެންޖް އަލިން ދިއްލާލެވިފައިވީއިރު މުޅި ކޮޓަރީގައި ވަނީ މަސްތުކުރުވާފަދަ މީރުވަހެއް ހިފާލާފައެވެ. ކިންގް ސައިޒުގެ އެނދުގައި އަޅާފައި އޮތް ހުދުކުލައިގެ ބެޓްޝީޓުގެ މަތީގައި ފިނިފެންމަލުގެ ފިޔައިން ބޮޑު ހިތެއްގެ ބައްޓަމަށް ފިޔަތަށް ތަރުތީބުން އަތުރާލާފައި ވީއިރު ބާލީހުގައިވެސް ފިނިފެންމަލުގެ ފިޔަ ހުއްޓެވެ. ކޮޓަރި ދޮރުން ފެށިގެން އެނދާއި ހަމައަށްވެސް ފިނިފެންމަލުގެ ދޫލައެއް އަޅާފައި އޮތެވެ. އަދި އެނދާ ދިމާއިން ފާރުގައި “ގުޑް ލަކް” ޖަހާ އެއްލޯ މަރާލާފައި އިން އިމޯޖީ އެއް ހަރުކޮށްލާފައި އިނެވެ.

ޒީވާ އަނގަމަތީ އަތް އަޅައިގެން ހުރެ އެކިދިމަދިމާއަށް ބަލަމުން ގޮސް ފާހާނާގެ ދޮރު ހުޅުވާލިއެވެ. އެއާއިއެކު “ވާއު” އޭ ބުނެލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. އެތަނަވަސް ފާހާނާގެ ތެރޭގައި ބަހައްޓާފައިވާ ބޮޑު ބިލިގާ ފެނި އޭގެ ތެރޭގައި އޮށޯވެލައިގެން އިރުކޮޅަކު އޮވެލުމަށް ބޭނުންވިއެވެ. އެތަނުގެ ވަށައިގެން ދަމާލެވިފައިވާ ރަތްކުލައިގެ ލޭސް ފޮތިކޮޅުގެ ސަބަބުން އިޝްޤީގޮތެއް ހުއްޓެވެ. ބިލިގާގެ އެތެއަށް ފިނިފެންމަލުގެ ފިޔަ އަޅައި ވަށައިގެން އުއްބައްތި ރޯކޮށްފައި ހުއްޓެވެ. ބިލިގާ އާއި ދިމާއިން ތަޅުމުގައި ހިތެއްގެ ބައްޓަމަށް ފިޔަ އަތުރައި މަގު ފާހަގަ ވާނޭހެން އުއްބައްތި ބަހައްޓާފައި ހުރުމުން އިތުރު ފުރިހަމަކަމެއް ގެނުވާފައިވިއެވެ.

ޒީވާ ސިއްސައިގެން ދިޔައީ ކޮޓަރި ދޮރު ޖެހުނު އަޑަށެވެ. އޭރު އޭނަގެ މޭގަނޑު ނެގިނެގިފައި ޖެހެން ފަށައިފިއެވެ. ގުޑިލަންވެސް ނޭނގިފައި އެތައް އިރަކު ހުރެވުނެވެ. ފާޙާނާގެ ދޮރު ޖަހައިގެން ހުރެވުނުކަން ނަސީބެކޭ ހިތަށް އެރިއެވެ. ނަމަވެސް ތަޅުނުލެވޭ ކަން ހަނދާންވުމާއިއެކު މަޑުމަޑުން އަޑެއް ނީއްވާ ދޮރު ތަޅުލަން ބަލާލިއިރު އެދޮރަކީ ތަޅުލެވޭ ގޮތަށް ހުރި ދޮރެއް ނޫނެވެ. ވަގުތުން އޭނާގެ މޫނު ރަތްވެގެން ދިޔައެވެ.

ކޮޓަރިއަށް އައިސް ވަން ލިވާން ވަށައިގެން ނަޒަރު ހިންގާލީ ފޫހިގޮތަކަށެވެ. މީ އައިޝަމް އާއި ވިލްދާންގެ ކަންތަކޭ ހިތާ ފައިން ޖަހާ ތަޅުމުގައި ހުރި ފިޔަތައް ބުރުވާލިއެވެ. އޭރު އޭނާގެ ދެއަތްވަނީ މުށްކެވިފައެވެ. ކޮޓަރިތެރެއިން ޒީވާ ނުފެނުމުން ޒީވާ ވީ ފާޚާނާގައި ކަން ލިވާން ޔަޤީންކުރިއެވެ. ކިތަންމެ ވަރުބަލިވެފައި ހުރި ނަމަވެސް ފެންވަރައިގެން ނޫނީ ނުނިދޭނެތީ ޒީވާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ސޯފާގައި އިށީނދެ ލައިގެން އިނެވެ. އެއަރކޯން ސޯޅައަށް ލާފައި ހުރިނަމަވެސް ދާހިއްލަން ފެށުމުން ލައިގެން ހުރި ކޯޓު ބާލައި ކޮނޑުގައި އަޅުވާލިއެވެ. އެއަށްފަހު ގަމީހުގެ މޭމަތިން ދެތިންގޮށް ނައްޓާލުމަށްފަހު ސޯފާގައި ޖައްސާލިއެވެ.

އެތައް އިރެއް ފާއިތުވެދިޔުމަށްފަހު ލިވާންގެ އަޑެއް ނީވުމުން މަޑުމަޑުން ފާހާނާގެ ދޮރު ޒީވާ ހުޅުވާލިއެވެ. އެއައްފަހު ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ލައިގެން ހުރި ވެޑިން ޑްރެސްގެ ބޮޑުކަމާއިހުރެ އުޅެންވީ އުނދަގޫ ކަމަކަށެވެ. ޒީވާ މަޑު ފިޔަވަޅުތަކެއްގައި ކޮޓަރިތެރެއަށް ނުކުތްއިރު ސޯފާގައި ލިވާން އޮތްތައް ފެނި ކުޑަކޮށް ސިހުންވިއެވެ. ނަމަވެސް ލިވާން އޮތީ ނިދާފައިކަން އެނގުމާއިއެކު ހަމަޖެހިލަމުން ދަބަސް ހުޅުވާލާ އެއިން އަތްކުރު ޓީޝާޓަކާއި ހަރުވާޅެއް ނެގުމަށްފަހު ފާހާނާ އާއި ދިމާއަށް ހިނގައިގަތެވެ.

“އޯ ގޯޑް… އަޅެ ކިހިނެތް ދެން ހަދާނީ” ޒީވާ ލައިގެން ހުރި ވެޑިން ޑްރެސްގެ ޒިބު ނެއްޓޭގޮތް ނުވުމުން ފެންކަޅިވިއެވެ. އެތައް އިރެއްގެ މަސައްކަތުންވެސް އެނެއްޓޭގޮތް ނުވުމުން މާޔޫސްވެ ކަރު އެލޭގޮތްވިއެވެ. އެންމެ ފަހުން ހަތިޔާރު ބެހެއްޓުމަށްފަހު އޭނަ ނިންމީ އެހެދުމާއިއެކު ނިދުމަށެވެ. ލިވާންގެ އެހީތެރިކަމެއް ހޯދޭވަރަށްވުރެ އޭނަ ފިނޑިއެވެ. އެހެން ނޫނަސް އޭނައަށް ދުރުމީހެކޭ ލިވާންއެކޭ ވަކި ތަފާތެއް ނެތެވެ. އެފަދަ ވަގުތެއްގައި ލިއުޝާއަށް ގުޅައިގެން ގެނައުންވެސް އެހާ ރަނގަޅު ކަމަކަށް ނުވާނެއޭ އޭނާގެ ހިތަށް އެރިއެވެ. އެހެންކަމުން ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލަމުން އައިސް އެނދުގައި ޖައްސާލިއެވެ.

“އާތް….. މަންމާ…..” ޒީވާ އައިސް އެނދުގައި ޖައްސާލުމާއިއެކު އެނދުގައި އަޅާފައި އޮތް ފިލާގަނޑާއިއެކު ގޮސް ވެއްޓުނީ ބިންމައްޗަށެވެ. އަލަތު ދެމަފިރިންނަށް ލަނޑެއް ދިނުމަށް ބަޔަކު ކޮށްފައި ހުރި ކަމަކުން ލަނޑު ލިބުނީ ޒީވާ އަށެވެ. ވީތަދުން ހަޅޭއްވެސް ލަވައިގަނެވުނީ އެހާ ބާރަށެވެ.

ބާރު އަޑުފައްގަނޑަކާއިއެކު އިވުނު ހަޅޭކުގެ އަޑަށް ނިދިޖެހިފައި އޮތް ލިވާންއަށް ފުންމައިގެން ތެދުވެ އަޑު އައި ދިމާއަށް ބަލާލެވުނެވެ. އެއާއިއެކު ޒީވާ އޮތްގޮތް ފެނި އޭނަގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ބަނޑުގައި އަތް އަޅައިގެން ހިނިގަނޑު މަތަކުރުމަށް ލިވާން މަސައްކަތް ކުރަމުން ދިޔައެވެ.

ވެއްޓުނު ގޮތުން ޒީވާއަށް އޮތީ ހިރިލަންވެސް ނޭނގިފައެވެ. ވެޑިން ޑްރެސްގެ ބޮޑު ބައެއް މޫނުމަތީގައި އެޅިފައިވާއިރު އެނދުމަތީގައި ހުރި ފިނިފެންމަލުގެ ފިޔަތަކުގެ ތެރެއިން ބައެއް ފިޔަތައް ޒީވާގެ ގައިގައި ހުއްޓެވެ.

“ވެޑިން ކޭކު މިއޮތީ މިތާ ދޯ” ލިވާން އަށް ހިނިގަނޑު މަތަކުރުން ވީ އުނދަގޫ ކަމަކަށެވެ. އެއާއިއެކު އޭނަގެ ހިތަށް އެރި އެއްޗަކުން ކުޑަ ވަގުތުކޮޅަކަށް ހުރިހާ ޚިޔާލުތަކާއި ދުރުވެލެވުނެވެ.

“ލިވާން… ޕްލީސް.. ނުތެދުވެވުނޭ” ޒީވާ އަށް އެއްވެސް ތަނެއް ނުފެނުނު ނަމަވެސް ލިވާންގެ ހުނުމުގެ އަޑު އިވުމާއިއެކު އޮވެވުނު ގޮތާއި ދޭތެރޭ ވިސްނާލެވުނެވެ. ނަމަވެސް އޭނަ އެހާލަތުގައި އޮވެގެން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެޔޮއް ބޮޑު ހެދުންގަނޑުވެސް އެ އެޅުނީ އޭނަގެ މޫނުމަތީގައި ވިއްޔާއެވެ.؟ އޭނަގެ އަތްވެސް މިއޮތީ ހައްޔަރުވެފައެވެ.

ލިވާން ހިނިގަނޑު މަތަކުރަމުން ޒީވާ އާއި ދިމާއަށް ހިނގައިގަތެވެ. ޒީވާ އޮތްހާލުން ކޮންމެވެސް ވަރަކަށް އެހިތުގައި ރަޙުމު އުފެދުނެވެ.

“ދާންގެ ކަންތަކޭ… ދުވަހަކު ރަނގަޅެއް ނުވާނެ” މިވީގޮތުން މިރެއަށް ނިދޭނެ ގޮތެއްވެސް ހޯދަންޖެހުނީއޭ ލިވާންގެ ހިތަށް އެރިއެވެ.

ލިވާން ގޮސް ޒީވާގެ މޫނުމަތީގައި އެޅިފައި އޮތް ހެދުން ނެގުމަށް މަސައްކަތްކުރަމުން ދިޔައެވެ. ހެދުމުގެ ބޮޑުކަމާއި ފޮތިކޮޅުތައް ގުޅާފައިވާލެއް ގިނަކަމުން އެކަންވީ ވަރަށްވެސް އުނދަގޫ ކަމަކަށެވެ.

ހެދުން މޫނުމަތިން ނެގުނުއިރު ޒީވާ އިނީ ދާހިއްލާ ފޯވެފައެވެ. އޭރު ބޮލުގައި ޖަހާފައިން ހުޅި މޮހިފައިވުމުން އެމޫނުމަތީގައި ފަންއިސްތަށިކޮޅުތައް ގޯނާކުރަމުން ދިޔައެވެ. ނޭވާ ނުލެވިފައިވާ މީހަކު ފަދައިން ޒީވާ ފުންކޮށް ދެތިން ފަހަރަކު ނޭވާލިއެވެ. އެއާއިއެކު ހަމައަކަށް އެޅިލަން މަސައްކަތްކުރިއެވެ.

ލިވާން އަށް ޒީވާގެ ހާލަތު ވަޒަންކުރެވުމުން އެ މޫނުގައި ވިދަމުންދިޔަ ދާތިކިތައް ޖީބުގައި އޮތް ރުމާ ނަގާ ފުހެލަދިނެވެ. އެއައްފަހު ޒީވާގެ ބުރަކައްޓާ ދިމާއިން އަތްލައްވާލައި އަނެއް އަތުން ފައިކޮޅުގައި ހިފާ އެއަތްދަނޑި މައްޗަށް އުފުލާލިއެވެ.

ލިވާންގެ ގާތްކަމުގެ ސަބަބުން ޒީވާގެ ހަށިގަނޑުގައި ކަރަންޓްގެ އޮއިވަރެއް ދަތުރުކޮށްލިއެވެ. އެމޫނަށް ބަލަހައްޓައިގެން ލިވާންގެ ފުރިހަމަ ހިމާޔަތުގައި އޮވެވުނެވެ.   ލިވާން އައިސް މަޑުމަޑުން ސޯފާގައި ޒީވާ ބާއްވާލިއެވެ. ނަމަވެސް ތެދުވަން އުޅުނު ވަގުތު ޒީވާގެ ކަރުގައި އަޅާފައި އޮތް ފަށް އޭނާގެ ގަމީހުގެ ގޮށުގައި އަޅައިގަނެ އެއަށް ވާންވުމާއިއެކީ ލިވާންގެ ނިތްކުރި ގޮސް ޒީވާގެ ނިތްކުރީގައި ވަރަށް ބާރަށް ޖެހުނެވެ.

“އައުޗް” ވީތަދާއިއެކު ބޭއިޚްތިޔާރުގައި ޒީވާއަށް ބުނެވުނެވެ.

ލިވާން އޭނާގެ ނިތްކުރީގައި އަތްކާއްތާލަމުން ޒީވާގެ މޫނަށް ބަލާލިއެވެ. އޭރު ޒީވާ އޮތީ ދެލޯމަރާލައިގެން ނިތްކުރީގައި ހިފަހައްޓައިލައިގެންނެވެ. ލިވާންގެ ނަޒަރު ޒީވާގެ ނިތްކުރިން ފެށިގެން ފިޔާތޮށިކުލައިގެ ތުންފަތާއި އަމާޒުވުމާއިއެކު ދެލޯ މަރާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. މަޑުމަޑުން އެއޮމާން މޫނާއި މޫނު ކައިރިކޮށްލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ލޯބި ނުވިޔަސް ފިރުމާލަދީ….18

Next

ހާދަ ދޭ ހިތްވެޔޭ ލޯބިން -1

Next
April 15, 2018

ހާދަ ދޭ ހިތްވެޔޭ ލޯބިން -1

Previews
April 15, 2018

ލޯބި ނުވިޔަސް ފިރުމާލަދީ….18

68 Comments!

  1. Eleven says:
    April 15, 2018 at 3:12 pm

    Varah reethi?

    1. eysh says:
      April 15, 2018 at 3:25 pm

      Dear first mifaharu. Hehe. Eysh v ulhunin first libeytho ekam nulibun dho. Hehe ?????? vvvv happy vehje thihaa interest aa ekkoh kiyaaleema. Thank u for the lovely coment ? ? ? ? ? ly

  2. Hashaa says:
    April 15, 2018 at 3:15 pm

    Nice….vvvv
    ReeThi…i like????????

    1. eysh says:
      April 15, 2018 at 3:35 pm

      Thank u Hashaa dhoonee. Vvvv happy vehje kiyaaleema nd story reethivaahaka buneleema ?????? thank u thihaa loabi koh coment kohlleema dear. ????? ly

  3. Suney says:
    April 15, 2018 at 3:29 pm

    Wow v nice hama. ????????????. E ulhenee livaan ge x girl friend hen heevenee. Keep it up dear.

    1. eysh says:
      April 15, 2018 at 8:25 pm

      My loabi loabi Suney dhoonige coment kiyaalan libijje finally. So happy dear ?????? vedhaane hama thihen ves dho. Hingaa dho balamaa kaakutho eiee. ? ? eysh vvvv happy vey thigothah supportive v ma dear ?????? love u dear ???????????????

  4. Aki says:
    April 15, 2018 at 3:39 pm

    varah furihama

    1. eysh says:
      April 15, 2018 at 3:42 pm

      Thank u so much Aki dhooni ??? vvvv happy vehje dear ge coment kiyaalaafa. ?????? ? ly

  5. eysh says:
    April 15, 2018 at 3:40 pm

    Hello my sweeet readers finally miadhuge part upkohllevihje. ?? unmeedhukuran huriha kudhinnah ves kamudhaane kamah. Curiously waiting thikudhinge hiyaaluthakah. Dhen vaanee kihineh baa dho? Lets guess.. ?? love u all. ? ?

  6. Afaa says:
    April 15, 2018 at 3:40 pm

    Itxx so beautiful..amazing vv rethii so nice ..i like. Hama v salhii mi part..waiting for next part..so nice..???❤❤❤

    1. eysh says:
      April 15, 2018 at 3:44 pm

      My dear sweeeeet Afaa dhoooni coment kiyaalaafa eysh meenee ???? migothah heelaigen. Hehe. Vvvv happy vehje dear. Thank u so much dear ? ? ? ? ? ? ? ??? ly keep waiting ??

  7. Ree? says:
    April 15, 2018 at 4:06 pm

    Alhey enme intrest ufedhunu hisaabun stry e nimunee sad? varah varah kiyaa hithun meedhee zeevaa vehtunu bai genesfa ingoiy varah majaa? ekam feeling so bad for her too hehehe heevani hama kurimathin fenna heyn nxt part ge inthixaaruga igey mihuri hehe?? ❤❤

    1. eysh says:
      April 15, 2018 at 4:23 pm

      Hehe. Asluves dho. ???????? hehe. Zeevaa heevanee weding cake eh heno livaan bunee. Hehe. Aslu cake innaanes chasvefa inna hen ? eysh ves dheravi ey fahun zeevaa ah thadhuveema. Thank u dear so much for the support ????? really so happy thigothah loabi loabi coment kohllaathee. Thihaa interestaa eku kiyaalaathee ves meenee happy vegen ????? ? keep waiting dear ??? luv u ?????????

  8. Rifu says:
    April 15, 2018 at 4:10 pm

    Wowowoow???
    So interesting N hama hee hee halaaku ingey…??
    Waiting for the nxt prt…

    1. eysh says:
      April 15, 2018 at 4:28 pm

      Loabi loabi Rifu ? eysh ah ves liyun gadee hama hevenee zeevaa ah hadhan jehunu gothun. Ethankolhu liyan enme ginairu negee ves hevey varun. Hehe. ?? vvvv happpy thihaa interest aa ekee kiyaalaathee. Nd plus thidhey support ah ves. ???????? thank u so much dear. ???????? luv u dear ???

  9. Shiman says:
    April 15, 2018 at 4:20 pm

    Masha Allah story hama obinex to the mex ?? you are the best …when next part love you❤❤

    1. eysh says:
      April 15, 2018 at 4:33 pm

      My dear loabi loabi Shiman ? vvvvv happy vehje coment kiyaalaafa ingey ????? dear ge coment ves obinas to the max ????????? so cute words dear. Insha Allaah tmrw next part. Keep waiting ingey. Love u tooo ???????????

  10. sheen says:
    April 15, 2018 at 4:25 pm

    Alheyyyyyyy.. eyoh kiyaahithun indha eyoh nimunee..eysh ves kuraanee mikahala kanthah.. hama gasthuga hiythalhuvanvegenkan ingeyey.. thigoiyves dhen ok. Waiting 4 nxt part. Maasha allah eysh ge sifakurunthah haadha molhey.. hama heevee e room fennahen.. zeeva vettunugadee aslahves hevunu hama.. vaahaka hama v habeyskoh midhanee.. keep it up love.. ★★♡♡✩✩

    1. eysh says:
      April 15, 2018 at 4:39 pm

      My loabi loabi sheen dear haadha loabi coment ekey kohllaafa theenee. ? ? ? eysh v goas dho aslu. Hehe. Enme kiyaahihva hisaabun nimmaaleema. ? zeeva vehtunu gady eysh ah ves v hevunu hama aslah. Hehe. ? thank u dear really so cute words. Eysh meenee ?? migothah heelaigen dear. Keep waiting dear. ? ? ? ? ? ? ? ? so happy that u liked this part aslo ???? luv u dear

  11. Ibsha says:
    April 15, 2018 at 4:28 pm

    Varah reethi

    1. eysh says:
      April 15, 2018 at 4:42 pm

      My dear loabi loabi Ibsha dhooni. Haadha loabi coment ekey. ??? Eysh ah v reethi name eh Ibsha akee. ?????? thank u dear. Vvv happy kiyaalaafa coment kohlleema. Keep waiting. ???????????Ly

  12. Axy says:
    April 15, 2018 at 4:36 pm

    Wow v v reethi ? haadha furihama aa ☺
    ??? Eysh ??? thi kuraa bura massahkathah hama Saabas ? ? mi story mi kiyaalanee v kiyaa hithun
    Komme part ay ves 2 faharu kiyaa levuneema hin hama jehenee ???? a ee hama reethi veema ☺ yageen kuran mi story kaamiyaabu kamaaek nimmaa laane kama ❤????????????????????

    1. eysh says:
      April 15, 2018 at 4:47 pm

      Alhey my loabi loabi Axy dear haadha loabi coment ekey dear. ? eysh haaadha happy vefa ey meenee. Alhe eysh v bodah happy vehje 2 times kiyaalaa vaahaka buneema. So sweeet nd cute ?????? so happy appreciate kuraathee. Aslu Eysh job ga ulhemun kiyavamun geyga kankan kuramun libey free time kolhuga story mi kiyanee. Vvvv happy dear ge coment kiyaalaafa. Keep supportung like that. Insha Allaah I will try my best furihama kamaa ekun story nimmaaleveytho. ???????????????? ? migothah heelaigen meenee. Luv u dear ?

  13. Inoo says:
    April 15, 2018 at 4:46 pm

    Varah reethi mi part vx..?waiting 4 the next part

    1. eysh says:
      April 15, 2018 at 5:03 pm

      Thank u my sweet sweet Inoo dhooni. So happy coment kiyaalaafa ??????????? eysh v happy thigothah supportive v ma. Thank u so much dear. Keep waiting ????????? luv u

  14. Shaa says:
    April 15, 2018 at 4:46 pm

    Wow wow wow wow haadha haadha rythi story ekey mee n mibaives v furihamaey buneveyny… Hithaharaa mi story ehkoh ehfaharaa kiyaalan libeyne namaey… Ehaaves rythi… V rythi igey story kuriah gendhaa goeh… Zeevaa vehtun goeh sifavegen dhiyaee kiyamun dhiyairu n hinives aadhevun… V molhu sifakurun genesdhyfa hurigoeh… U r the number one writers?????????

    1. eysh says:
      April 15, 2018 at 5:15 pm

      My dear loabi loabi Shaa ge coment haadha loabi ey ???????????? so sweeeeet dear. Hama imagine kohlevunu goiy eiee. Hehe. Eysh ves v hini ai liyunu iru ?? still hama writing ga miulheny hehe. Im reallllly vvvvv happy dear. Giruvaaneh neh ekam hehe. ???????? so sweeeet nd cute coment dear. Eysh meenee hurihaa teeeths fenna varah heelaigen. ????? v happy vehje. Next part insha Allaah tmrw. ???? shaa dhooni ge coment kiyaalaafa eysh ah hama neynge bunaane ehcheh ves. Ehaa ves loabi ??????? luv u dear

  15. Lol ? says:
    April 15, 2018 at 4:47 pm

    Abadhu current ge oivareh ga jehifa dho.
    Dhen endhu vehtigen thi sifa koh dheefa huri gothah kanthah vaanehen hiyeh nuvey pain fiyavaa. Coz i have experienced it.

    1. eysh says:
      April 15, 2018 at 5:28 pm

      Dear v bodah sorry eh ibaaraatheh beynun kurevifa huriyya. Endhun vehttey thankolhuga ves Asluves thajuriba kurevifa huri kuhjakah engeynee bodah vaa gotheh. Eysh ge neh ekahala experience eh. Hama imagine kohllaafa liyunee. Eysh ragalhukohllanvee gotheh buneladhinnama v happy vaane. Thanks for reading dear. And thanks points thah faahaga kohlla dhineema. ?????? luv u dear ???

  16. lotus says:
    April 15, 2018 at 5:08 pm

    Wow…. v nice… hama manzarutha sifavaa kahala… v kiyaahivva gothaka genesdheefa.. dhen vaanee kihine… v balalan beynun
    ..pls pls avaha up kolla dhechey?

    1. eysh says:
      April 15, 2018 at 5:50 pm

      Thank u my loabi loabi lotus dear. ? So happpy ehaa kiyaahithun kiyaaleema ????????? v happy vefa eysh meenee coment kiyaalaafa. ???? so sweeet. Coment sweet kamun eysh meenee v bodah heelaigen. ? eysh v try kuraanan avahah upkohla dheveytho ingey dear. ???????? luv u dear ???

  17. :-) sweety says:
    April 15, 2018 at 5:26 pm

    eyy wowww this part miaky fav part ingey adhi.. varah majaa dhw endhun vettey scence hahaha baarakah heeganevuny…edhemeehun gulhuvaaba dhn kommes gothakah…and kiss eh dhehchey ingey heheyy

    1. eysh says:
      April 15, 2018 at 6:08 pm

      Thank u so muc my loabi loabi sweety ?????? asluvetha.. eysh v happy vehje favourte part kan enguneema. Hehe ???????? vvv happy vey thihaa supportive v ma dear. U r so sweet. Eysh ah ves v majaa endhun vettey thankolhu. Hehe. ?? hehe. Thikamaa visnaalan eysh jeheynee. Mihaaru miulheny livaan kairee ahaalan vegen ? hehe. Vvv happy enjoy kohlikan enguneema. Eysh beynunvanee huriha readers ves enjoy kohllan story kiyaalaafa ????????? keep waiting dear. Luv u ????

  18. Pinky shifoo says:
    April 15, 2018 at 5:45 pm

    Woww ❤️❤️❤️… It’s WONDERFUL ???… Maasha Allah mi part vx v v v reethi ???… I loved it ❤️❤️❤️… eysh Maasha Allah hama v v v molhu ???… V majaa ingey mi bai ???… I enjoyed a lot ???… Heheheh… Mi Story ge 4th vana part ah shifoo kuri comment ah eysh kuri reply kiyaalaafa v v v v v ufaavi ???… Repeat koh e reply kiyaalevunu adhadhehvx neynge ???… Asluvx v v v v v v v ufaavi ????… I really appreciate your hard work ???… U are a great writer ???… N eysh u have the talent ???❤️❤️❤️… eysh… U are soooooo sweet ??????… Lots of love and take care ❤️❤️❤️??????… Curiously waiting for the next part ?????????❤️❤️❤️?????????❤️❤️❤️

    1. eysh says:
      April 15, 2018 at 8:34 pm

      Finally my sweeeeet friend ge coment kiyaalan libijje Eysh ah. Alhey haadha loabi ey dear ge coment. ???? eysh v wait kurevijje mifaharuves dear ge coment ah. Kiyaa hithun kiyaalevey thihaa sweeet koh liyelaafa ineema. ???????? vvvv happy vehje shifoo dhooni story kiyaalaafa enjoy kohllikan enguneema. ?????? so sweeeet of u. Eysh meenee hurihaa teeths fenna varah heelaigen. Miadhuves hithah eri kobaa baa ey eysh ge friend shifoo. Story kiyaalaifi baaey. Coment eh naisgen hehe ????????? so sweeet of u. Asluvestha thijehunee 4th vana episode ge eysh ge rply kiyaalan thivee gothun. My dear shifoo dhooni happy v kan enguneema eysh ves happy vehje. Rply kiyaalikan enguneema ves vvvvvv happy dear. ????? shifoo dear u r much more than a friend now. Like a family. Eysh ge story ah vvvvvv sweeet coments kuraa kudhin dheke ves eysh haadha loabi vey. ??????? keep waiting ingey dear.. luv u soooo much. ???????????

  19. Lam says:
    April 15, 2018 at 5:54 pm

    Wow haadha reechey maakury kiyaahithun indhaa nimi jjey???? vara avaha up kolla dheychey

    1. eysh says:
      April 15, 2018 at 6:11 pm

      Thank u my dear loabi loabi Lam dhoonee ? vvvv happy vehje kiyaalaafa coment. Kuree part ah vure dhigukohllaafa innaanee mi part. Next part thankolheh dhigukohla dheynan ingey. ??? Insha Allaah soon upkohla dheveytho balaanan. Keep waiting dear ????????? luv u dear

  20. unique says:
    April 15, 2018 at 6:10 pm

    loabi story eh……. just like u Eysh

    1. eysh says:
      April 15, 2018 at 6:49 pm

      Thank u my loabi loabi unique so sweeeet ?????? cute cute ??????? vvv happy vehje story kamudhiyaeema. So happy ????? luv y dear ????

  21. Shafa says:
    April 15, 2018 at 6:12 pm

    Wowwwwwww…speechless vefa mi iny hama story reethi kamun..?❤???waiting hama next partah..

    1. eysh says:
      April 15, 2018 at 6:51 pm

      My dear loabi loabi Shafa ge coment loabi kamun god eysh meenee v happy vefa dear ? ? ? ? ? thank u dhoonee. Eysh meenee hama bunaane ehcheh ves neyngifa dear. Next part insha Allaah tmrw. Keep waiting dear ? ? ? ? ? ? ? ? ? ? luv u dear ?

  22. Xxxx says:
    April 15, 2018 at 6:58 pm

    Wooow. V. Nice dear. Keep it up❤️

    1. eysh says:
      April 15, 2018 at 9:09 pm

      My loabi loabi Xxxx ge coment kiyaalaafa eysh v bodah happy vehje. ? ? ? ? ? ? ? ? ? ? thanks thihaa loabikoh support dheythee. Keep waiting ingey dear.. ???????? luv u ?

  23. Naanii says:
    April 15, 2018 at 7:09 pm

    Maasha Allah varah reethi. ❤❤❤❤❤❤❤❤❤
    Waiting for next part

    1. eysh says:
      April 15, 2018 at 9:29 pm

      My loabi loabi Naani. I was waiting for ur coment ? ? thank u so much for the support dear. Keep waiting. Insha Allaah tmrw next part. ??????? luv u ??

  24. Click a shot ? says:
    April 15, 2018 at 7:24 pm

    This is superrb eysh…hama mivareh nei….dhuvahakuves hithakun nufilaane vaahakaeh mi…kaakutha maavarakah wedding ga jeakous vegen miulheni…hehe…alhey mirey adhi ehpart…plx..pkx…love u???❤❤❤❤???waitttiiiiinnnnng

    1. eysh says:
      April 16, 2018 at 9:41 am

      My loabi loabi friend ge coment kiyaalan libijje finally. ????? eysh haadha happy vefa ey meenee thi sweeeeet coment kiyaalaafa ? ? ? ? alhey Eysh ah maa lahun dho mi fenunee dear ge coment. Reyga fenun nama ves short part eh nama ves genesdhineemus reyga. ?? miadhu adhi miulheny eysh ah ehves varakah story nuliyevigen kudakoh balive ulheythee. Ekam ves try kuraanan ? ? ? ? ? vvvvvv ufaavehje my dear ???????????? hingaaba dho alhe balan kaakutho jealous vegen ulheny. ?? vedhaane hama konme meehakah ves. Hehe. ? “dhuvahakuves hithakun nufilaane” love mi thankolhu kiyaalaafa. Melt my heart dhoonee. So sweeet of u. ???????????? luv u dear

  25. Rooza says:
    April 15, 2018 at 7:46 pm

    Wooooooow wow v v v v reeti when next part coming.. I miss waiting …???????????

    1. eysh says:
      April 16, 2018 at 9:49 am

      Loabi loabi Rooza dhoonee ???? very nice name dear. Thank u so much dear for the lovely coment. ???? cake and metaa ves kaalaigen eysh mihaaru miulheny story liyeveytho. Next part today genesdheveytho v bodah try kuraanan. ?????? eysh v happy vey thigothah support dheythee. Konme dhuvahaku part eh genesdheyn aslu v undhagoo ulhen jehey gothun. Ekamves thikudhin thidhey tharuheebaa hihvarun konme dhuvahaku mi balanee part eh upkohla dheveytho. ??????? vvvv ufaavefa ingey eysh meenee. Dhenme ingey mi fenunee dear ge coment ves eysh ah. ???????? keep waiting dear ?????? ly

  26. Eyra says:
    April 15, 2018 at 7:49 pm

    ❤❤????

    1. eysh says:
      April 15, 2018 at 9:32 pm

      Eyra dhoonee vvvv happy vehje coment kohlleema dear ?????? v loabi name name Eyra. Eysh ah v reethi vehje. Eysh ge story ehga thi name himanaalaanan. ?????? luv u dear

  27. Sai says:
    April 15, 2018 at 8:13 pm

    Wow v reethi mi parts ves… zeevaa ah v goii v majaa…?? n sifakurun hama best… ❤❤ ly

    1. eysh says:
      April 15, 2018 at 9:35 pm

      Hehe loabi loabi Sai ge coment haadha loabi ey dear. ??????? Zeevaa ah v gothun eysh ves hini ai ekam fahun dheravi zeevaa ah thadhuvaanethee? thanks dear thihaa support dheythee. Vvv happy vefa eysh meenee ??? ??????????? luv u ?

  28. lotus says:
    April 15, 2018 at 10:12 pm

    Nxt part tmrw kiyaalan libeyne dhw… mihaaru vx miyo kurevey inthizaare… boyfrndeh libey dhuvahakun boyfrndah vx mihaavara inthizaaru kureveyne kamaa medhu shakku.. ehaavx bodah kiyaala hih vey mi story.. heheheh.. pls pls pls avah up kolla dhe chey

    1. eysh says:
      April 16, 2018 at 9:57 am

      Alhey my sweet friend lotus. U guys r my friends now. So happy dear thikahala sweeet sweeet comnts thah kohllaathee. “Boyfriend” dear ge coment ga in mithankolhu kiyaalaafa eysh hee hee halaaku vehje. Hhehe ?? eyrun boyfriend eysh dheke varah rulhi annaane dho. Hehe. Thi v gothun eysh ah mi jehunee miadhuge part ves avahah liyeveytho balan. Kudakoh balive eysh miulheny. Ekam ves v try kuraanan ingey lotus dhooonee. So sweeet friend. V loabi ingey thi coment. Eysh hithun nufilaane mi comnt eh ?????????? boyfriend eh libey dhuvahakun anehka boy friend kairy nubunahchey eysh kairy thihen buni vaahaka. ????? hehe. ??????????? ly so much keep waiting dear

  29. Rish says:
    April 16, 2018 at 12:15 am

    Dhen hama nunidheyneyey aneh parte nukiyenis hama hi avasvaniyey kiyaahithun eysh maasha allah haadha molhey vaahaka liyan bastha athuraalaafa hunnale v v v salhi adhi v v v v kiyaahithun mi story mikiyani. Eysh thihaa reethi vaahaka ah genesdheythi thanks. Mee hama 1 vana igey ahaaves obinas eysh. Eysh hama kuriya dhaanvi rish hunnaanan insha allah abadhuves eysh ah hivaru laadhen hama thivare noonnaane thikuraa hivara hama saaaaaaaabaas.

    1. eysh says:
      April 16, 2018 at 10:07 am

      Alhey my sweeet sweeeet friend Rish dhoonee dhenme ey mi fenunee dhooni ge thiyoh loabi loabi coment ??? eysh haadha happy vefa ey meenee dear ?? reyga eysh ah comnt fenun namaves part eh upkohla dheveytho beleemus thihaa sweeeet koh buneema. ???? rish ge coment kiyaalaafa eysh ah hama bunaane ehcheh ves neynge vvvv happy vehje. Thihaa sweeeet friends libeyne kan ingunnama eysh mi site ah story liyan fashaanan maa kurin hama yageenun ves dear ????????? “rish hunnaanan insha Allaah abadhuves eysh ah hihvaru laidheyn” mithankolhu kiyaalaafa melt my heart happy vegen. ????? im so glad I met a friend like u dear. Eysh ah hihvaru dhey huriha readers dhekeves eysh vvvvv loabi vey. Now onwards u all r my friends. ??? ???????????? love u dear. Keep waiting. ??

  30. Aleena anii says:
    April 16, 2018 at 12:27 am

    Wow wow wow.. Mii part 2 faharu kiiyaalewiihje.. Siifakurun wrhh reethii.. N loved yew ehaa reethii waahakehh kiiyun theriin nahh kiiyaalan libaythyy❤️❤️ yew hv the talent eysh.. Next part awas kohhla dhayythii if yew can ?.. Next part kiiyaa hiethun kehhmadhuwefa.. Meege kuriin konme partakahh comment nukuriiyas mii waahaka baraabarahh kiiyan.. Gud nyt eysh.. Wrhh loves.. ?❤️??

    1. eysh says:
      April 16, 2018 at 10:16 am

      My sweeeeet sweeeeet Aleena anii dear dhoonee haadha loabi comnt ekey dear. ? ? ? eysh ge balives heevehje ragalhu vehje hen miadhu mi fenna sweeet comnts thah kiyaalevuneema. ?????? 2 faharu kiyaaleema haadha happy ey dear. ? ? ? ? ? its ok dear. Konme part akah coment nukurevidhaane ekam kiyaalaathee eysh hama vvvvv happy. Mihaaru eysh ah engey Aleenaa dhooni ves story kiyaalaane kan. ??????? v bodah ufaavefa eysh meenee thi coment kiyaalaafa. U r so sweeeet. Melt my heart. Really so happy dear. Keep waiting ingey thigothah story nimendhen ves. ?????????? ly

  31. Any says:
    April 16, 2018 at 6:35 am

    Alhey kiyahithun huhta enimuny??v reethi v furihama ????sifakurun reethi kamun heevany Any ves party ga ulheyhen eysh hadhamolhey masha Allh ??good luck sweety?love u❤❤❤❤❤

    1. eysh says:
      April 16, 2018 at 10:22 am

      Finally my sweet frnd Any dhoonige coment kiyaalan libijje eysh ah ?? Any dear konthaaku thiulheny. Hehe. Eysh haadha wait kohffeemey dear ge comnt akah ?????????? kiyaahithun huttaa dho eysh ah mi nimmaa levunee. Any dhooni ah ves invite kureemey party ah. Hehe. Eysh vvvv happy vefa meenee dear ge coment kiyaalaafa. Vvv ufaavehje. Keep supporting like that inge hama story nimendhenves dear ???????? ly so much sweeeeeety. Insha Allaah eysh mi try kuranee next part ves miadhu upkohla dheveytho. ????? keep waiting dear. ????????????????

  32. Aish says:
    April 16, 2018 at 9:50 am

    Vaahaka v nice. Obiness hama.. Non irakun Thor dhen up koh dheveynee

    1. eysh says:
      April 16, 2018 at 10:26 am

      My dear sweeeeet sweeet Aish ge coment kiyaalaafa eysh vvvvv ufaavehje ?? Insha Allaah today mi try kuranee next part eh genesdheveytho. Still hama writing. ??????????????? keep waiting ingey thigothah. Thidhey support aa ehvarah eysh balaanan story kiyaalan libeyvaru koh dheveytho. ??????????? ly dear

  33. Shafa says:
    April 16, 2018 at 2:42 pm

    Waiting waiting…plx upload the story… Hama kiyaa hiyvaneee???❤?

    1. eysh says:
      April 16, 2018 at 4:56 pm

      Shafa dhoonee next part upkohllaafa innaanee. Avahah kiyaalaa dhoonee. Vvv happy vehje dear ge coment kiyaa laafa ????????

  34. Shinaash@? says:
    April 16, 2018 at 4:38 pm

    Alhey? … Vvvv❤nice mi part ves.. Hama kiyaa hihvany avahah next part up koh dhibaa?????

    1. eysh says:
      April 16, 2018 at 4:58 pm

      Thank u so much Shinaasha dhoonee. So happy to c ur coment dear ? ? ? ? ? next part innaane upvefa now. Avahah kiyaalaa dhoonee ??????

  35. xaa says:
    September 19, 2018 at 10:10 pm

    nice story

Comments are closed.

Next Episodeކެތްކުރާނަން އުއްމީދުގައި 7←


All Right Reserved!