Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކެތްކުރާނަން އުއްމީދުގައި 7

eysh Level 510 Stories100 Comments100 Login500 Comments
April 16, 2018 7 Mins Read
58 Comments

ލިވާން އޭނަގެ ނިތްކުރީގައި އަތްކާއްތާލަމުން ޒީވާގެ  މޫނަށް ބަލާލިއެވެ. އޭރު ޒީވާ އޮތީ ދެލޯ މަރާލައިގެން ނިތްކުރީގައި ހިފަހައްޓައިލައިގެންނެވެ. ލިވާންގެ                ނަޒަރު ޒީވާގެ  ނިތްކުރިން ފެށިގެން      ފިޔާތޮށިކުލައިގެ ތުންފަތާއި އަމާޒުވުމާއިއެކު    ދެލޯ މަރާލެވުނީ އިޚްތިޔާރުން ބޭރުގައެވެ.           މަޑުމަޑުން އެއޮމާން މޫނާއި  މޫނު  ކައިރިކޮށްލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.

******

ލިވާންގެ ހޫނުނޭވާގެ އަޞަރު ނުހަނު ކައިރިން                  އިޚްސާސް ކުރެވުމާއިއެކު ސިހިފައި ޒީވާއަށް                    އޭނާގެ  ލޯހުޅުވާލެވުނެވެ. އެއާއިއެކު ލިވާންގެ                      މޫނު އެހާގާތުން ފެނުމުން ކުޑަކޮށް ތެޅިގަނެވުނެވެ.

ލިވާންއަށް ހަމަހޭވެރިކަންވީ ޒީވާ ތެޅިގަތުމުންނެވެ.                ކުރެވެން  އުޅުނު ކަންތައް ރޭކާލުމާއިއެކު ކުއްލިއަކަށް ތެދުވަން މަސައްކަތްކުރިއެވެ. ނަމަވެސް ޒީވާގެ ފަށް                 އޭނާގެ ގަމީހުގެ ގޮށުގައި އަޅައިގަނެފައި އިނުމުން       އައިސްފައި ހުރި ރުޅީގައި  ފަށުގައި ހިފާ  ދަމައިގަތްގަތީނުން ފަށުގައި ހުރި އެތިކޮޅުތަކާއިއެކު  ގަމީހުގެ ގޮށްވެސް ނައްޓައިގެން ގޮސް އެކިދިމަދިމާއަށް              ބުރައިގެން ދިޔައެވެ.

ގަނެފައިވާ ބިރެއްގެ ސަބަބުން ޒީވާ އޮތީ ދެލޯ ބޮޑުކޮށްލައިގެން         ލިވާން އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ލިވާން ފަށަށް          ދަމައިގަތްލެއް ބާރުކަމުން ކަނދުރާގައި ރިއްސަމުން ދިޔައެވެ.          ހަލާކުވެފައި ނެތްކަމެއް ވެސް ނޭނގެއޭ އޭނާގެ ހިތަށްއެރިއެވެ.   އެއްއަތުން ކަނދުރާގައި ހިފަހައްޓާލައިގެން އެތޮއިރު އެދެލޯ    ފެންކަޅިވަމުން ދިޔައެވެ.

ޒީވާގެ ފަރާތުން މިނިވަންވުމާއިއެކު ބާރުބާރަށް ލިވާން ހިނގައިގަތީ ކޮޓަރިން ނުކުތުމަށެވެ. އައިސްފައި  ހުރި ރުޅިއާއި އެއްވަރަށް ކޮލުކަށިގަނޑަށްވެސް                 ބާރުކުރަމުން ދިޔައެވެ.

ކޮޓަރިން ނުކުމެވުމާއިއެކު ލިވާން އޭނާގެ ބޮލުގައި              ދެއަތުން ބާރަށް  ހިފެހެއްޓުމާއިއެކު ލޯމަރާލިއެވެ.    އޭނައަށް މިވީ ކިހިނެތް ހެއްޔެވެ؟

ލިވާން ދިޔަ ދިމާއަށް ބަލަހައްޓައިގެން އޮތް ޒީވާ އޮތީ ހިރިވެސް ނުލެވިފައެވެ. ވެއްޓުނުގޮތުން            އޭނަގެ އުނަގަނޑަށް  ވަނީ ވަރަށްބޮޑަށް ތަދުވެފައެވެ.  ހަމަ އެއާއި އެކު އަތާއި ފައިގައި ވެސް ތަންކޮޅުކޮޅު    މަށައިގެން ގޮސްފައިހުއްޓެވެ.  ވެއްޓުނުވަގުތު  ބޯޖެހުމުގެސަބަބުން ބޮލުގައިވެސް މަޑު ރިހުމެއް            އުފެދިފައި ހުއްޓެވެ.  އަނެއްކޮޅުން އެހާލުގައި އޭނަ                  އޮއްވާ ލިވާން ކޮށްފައި އެދިޔަކަމަކުން  ހަށިގަނޑުގައި  އަޅާވޭނާއި އެއްވަރަށް ހިތުގައިވެސް ރިހުމެއް                  އުފެދިއްޖެއެވެ.

ލިވާން ކޮޓަރިއަށް ވަނީ އޭގެ ދެގަޑިއިރެއްހާއިރު              ފަަހުންނެވެ. އޭރު  ނިދިއައިސްގެން ގޮސް މީހާހުރީ          ހަލާކުވާވަރު ވެފައެވެ.

އެތެރެއަށް ވަން ލިވާންގެ ލޮލުގައި ފުރަތަމަވެސް           އަޅައިގަތީ ސޯފާގައި  ނިދިފައި އޮތް ޒީވާއެވެ.                އެއްއަރިއަކަށް ނިދާލާފައި އޮތްއިރު އެއްއަތް އޮތީ         ބަނޑުމަތީ ބާއްވާލާފައެވެ. ލިވާންގެ ލޮލުގައި ޒީވާގެ އަތުގައި ހަލާކުވެފައި އިން ތަންކޮޅު                 އަޅައިގަތުމާއިއެކު އެމޫނުގެ ކުލަވަރު ބަދަލުވެގެން                  ދިޔައެވެ.

ލިވާންއަކީ އަބަދުވެސް އޭނާގެ ދަބަސްތެރޭގައި ފަސްޓް                އެއިޑް ސާމާނު ކޮންމެވެސް ވަރަކަށްގެންގުޅޭ މީހަކަށްވާތީ              ދަބަހުން މަލަންކޮޅެއް  ނަގައިގެން އައިސް އެއަތުގައި  އަޅާލަދިނެވެ. އެވަގުތު ނިދީގައި އުނދަގޫ ގޮތަކަށް ޒީވާ            ފުރޮޅިލިއެވެ.  އެއާއިއެކު އަނެއް އަތުގައި ހަލާކުވެފައިވާ        ތަންކޮޅުވެސް އޭނާއަށް ފެނުނެވެ. ޒީވާ ވެއްޓުމުން   ހެވުނީތީ ދެރަވިއެވެ. ހަލާކުވެފައިވާ  ދެތިން                    ތަނުގައި މަލަންކޮޅު އަޅާލަދިނުމަށްފަހު ޒީވާގެ                  ގައިމަތީގައި ރަޖާ އަޅާލަދިނުމަށްފަހު ޒީވާއަށް                  ފަސޭހަވާނޭހެން ބޯދަށަށާއި އުނަގަނޑާއި                        ދިމާއަށް ބާލީހެއް ލައްވާލަދިނެވެ.

އޭސީގެ ފިނި މަޑުކޮށްލަމުން ނިދޭނެގޮތެއް އޮތްތޯ ލިވާން ބަލާލިއެވެ.  އެނދުމަތީގައި އަޅާފައިވާ ފޮތިގަނޑު ނަގައި ބިންމަތީ            ފަތުރާލުމަށްފަހު ފާހާނާއަށްވަނީ ފެންވަރާލުމަށެވެ.

******

ޒީވާއަށް ހޭލެވުނީ ކަރުހިއްކައި ގަނެގެންނެވެ. ނިދި  ރަނގަޅަށް ނުފިލާހުރުމުގެ ސަބަބުން  އޮވެވުނު      ތަނާއި ދޭތެރޭ ވިސްނާލުމެއްނެތި ތެދުވުމާއިއެކު           އުނަގަނޑުގައި ބާރަށް  ހިފަހައްޓާލެވުނެވެ. އުނަގަނޑަށް އަރާފައިވާ ތަދާއި އެއްވަރަށް ގައިގެ              އެތަންމިތަނުގައި  ރިއްސަމުން ދިޔައެވެ. ޒީވާ            ތުންފަތުގައި ދަތްއަޅާލީ އަޑުނިކުތަ ނުދިނުމަށެވެ.

ގުޑާލަންވެސް ނޭނިގައި ޒީވާ އިންދާ ލިވާން            މޯޅިއަކަށް ދެމިލުމަށްފަހު  އޭނައާއި  ވީފަރާތަށް    އެނބުރުނެވެ. ތަޅުންގަނޑުމަތީގައި  ބެޓްޝީޓެއް އަޅައިގެން ނިކަމެތި ގޮތަކަށް ނިދާލާފައި އޮތް              ލިވާން ފެނި ޒީވާ  އިނީ ބަސް ހުއްޓިފައެވެ.                    ހޭލިއިރު ގައިމަތީގައި އަޅާފައިވާ ރަޖާގަނޑާއި                    ބޯދަށަށް ލައްވާލާފައިއޮތް ބާލީސް ފެނި                      އެކަންކޮށްދިނީ ލިވާން ބާއޭ ޒީވާގެ ހިތަށް      އެރިއެވެ. އޭނަގެ ގައިން ހަލާކުވެފައިހުރި  ތަންތާ އަޅާފައިވާ މަލަންކޮޅުތައް ފެނުމާއިއެކު            ހައިރާންވިލެއް ބޮޑުކަމުން އެއްފަހަރު ލިވާން                        އަށް އަދި އަނެއްފަހަރު މަލަންކޮޅުތަކަށް                  ބަަލަމުން ދިޔައެވެ.  އެއާއިއެކު  ލުއި                ހިނިތުންވުމެއް އެތުންފަތަށް  ވެރިވެއްޖެއެވެ.                        ކިތަންމެ ހިތްހަރު ނަމަވެސް ލިވާންގެ      އެހުންނަ އާދަތަކަށް މަޑުމަޑުން އޭނައަށް                ގަޔާވެވެން ފަށައިފިއެވެ.

ޒީވާ ތެދުވެގެން އައިސް ލިވާންގެ ބޯދަށަށް              ބާލީސް ލައްވާލަދެމުން  ގައިމަތީގައި ރަޖާގަނޑު    އަޅައިދިނީ ފަރުވާތެރިކަމާއިއެކީގައެވެ.

*******

ލިވާންއަށް ހޭލެވުނީ މެންދުރު ބާރަވެސް            ޖެހިފަހުންނެވެ. ހޭލެވުމާއިއެކު  އޭނައަށް      ފުރަތަމަވެސް ބަލާލެވުނީ ސޯފާއަށެވެ.              ނަމަވެސް ޒީވާ ފެންނަން  ނެތުމުން ކައިރީގައި            އޮތް ފޯނުނަގާ ގަޑި  ބަލާލިއެވެ. އެއާއިއެކު އޭނާގެ  ދެލޯ ބޮޑުވެގެން ދިޔައެވެ. މިހާއިރު ވީއިރުވެސް         ޒީވާ އޭނައަށް ނުގޮވުމުން  ރުޅި އާދެވުނެވެ.  ފުއްމައިގެން ތެދުވި ލިވާންގެ ކަނދުރާއަށް                    އަރާފައިވާ  ތަދުގެ ސަބަބުން ކަނދުރާ      ގުޑުވާވެސް ނުލެވުނެވެ. ހަޔާތުގައިވެސް        ފުރަތަމަ ފަހަރަށް މިހާ ނިކަމެތިކޮށް                        ނިދިމިއީ  ފުރަތަމަ ފަހަރެެވެ.  އެވެސް              ޒީވާގެ ސަބަބުންވީ ވީކަމެކޭ ހިތާ އިތުރަށް                  ރުޅި ގަދަވިއެވެ.

ބަނޑުހައިވެގެން ހާންތިވެފައިހުރި ޒީވާ ސިހުނީ              ލިވާން ކުކުރާލި  އަޑަށެވެ. ބެލްކަނީގެ       ދޮރު ލައްޕާލުމަށްފަހު ފޮތިގަނޑުވެސް                        ކަހާލަމުން  ޒީވާ އެތެރެއަށް ވަންއިރު ލިވާން              ތެދުވެގެން ގޮސް ފާޚާނާއަށް ވަންނަނީއެވެ.               ޒީވާގޮސް ބެޑްޝީޓް ނަގާ ރީތިކޮށް ފަތްޖަހާލަމުން  އެނދުގެ ސައިޑް ޓޭބަލް މަތީގައި ބާއްވާލިއެވެ.

ލިވާން ފެންވަރައިގެން ނުކުތީ އަޅިކުލައިގެ                    އަތްްދިގު ޓީޝާޓަކާއި  ރަތްކުލައިގެ ކަކުލަށްވުރެ  މައްޗަށްހުރި ސޯޓެއްލައިގެންނެވެ. އޭރު     އިސްތަށިގަނޑުގައި ފެންތިކިތައް މުތީތަކެއް                ފަދައިން ވިދަވިދާ ހުއްޓެވެ. ޒީވާ އާއި ދިމާއަށް ބަލައިލުމެއްނެތި ލިވާން ގޮސް ހުއްޓުނީ                  ލޯގަނޑު ކުރިމަތީގައެވެ.

ޒީވާ ބަލަހައްޓައިގެން ހުންނަން ފެށުމުން ލޯގަނޑުން                  ޒީވާގެ ސޫރައަށް ލިވާން ނަޒަރު ހުއްޓާލިއެވެ. އެއާއިއެކު    މައުސޫމްގޮތަކަށް އޭނައާއި  ދިމާއަށް ބަލަހައްޓައިގެން ހުރި      ޒީވާފެނި އޭނަގެ ހިތުގެ  ހިނގުން މަޑުޖެހިލިއެވެ.

“ޔޫ… ސްޓިލް ވެއަރިންގް ދަ ސޭމް ޑްރެސް..               އޯވް…ތިވެޑިންގް ޑްރެސް ބާލާހިތް ނުވީދޯ” މަލާމާތުގެ  ހިނިތުންވުމެއް ރައްދުކޮށްލަމުން  ލިވާންއެހެންބުނުމާއިއެކު    ޒީވާއަށް ރޮވުނެވެ. އޭނަ  އެބާލަން ކުރި މަސައްކަތް           ދެނެވޮޑިގެންވާނީ  މާތްﷲ އެވެ. އެހެން ހުރެގެން              އޭނަ ކޮޓަރިން  ނުކުންނާނީވެސް ކިހިނެތް                      ހެއްޔެވެ؟ އެކަމަކާއިހުރެ ފެންވެސް ވެރުނީކިީނޫނެވެ.              އެހެދުމާއިއެކު އޭނަ ކިހާ ގުރުބާނީއެއް  ވެއްޖެކަމެއް ލިވާން އަށް ހަމަ ނޭނގެނީ ހެއްޔެވެ؟

“ވަޓްސް ރޯންގް” ޒީވާގެ ލޮލުން އޮހެރެމުން ދިޔަ                  ކަރުނަތައް ފެނި ލިވާން ހާސްވާގޮތްވިއެވެ. އެއްވެސް          މީހަކަށް ބޮޑުއަނިޔާއެއް ވެފައިވާތަން ފެނުމުން ނުވަތަ            ރޯތަން ފެނުމުން އޭނަގެ ހިތް  މަޑު ކަފަކޮޅަކަށް ވެގެންދެއެވެ.

“ޒިބު…ޒި…” ޒީވާއަށް ގިސްލެވެމުން ދިޔައެވެ. އަތުގެ               އިޝާރާތުން ޒިބު ނުނެއްޓިގެން ކަމަށް ބުނަމުން ދިޔައެވެ. އެހީތެރިކަމެއް ބޭނުންވެފައި ހުއްޓާ މަދަދަށް އެދި                  އައުމުން އިތުރަށް ހިތުގައިޖެހުނެވެ.

“އޯވް… ދައްކާލަބަލަ” ލިވާން ޒީވާ އަނެއްފަރާތަށް              އަނބުރާލިއެވެ. އެއާއިއެކު މަޑު އާޙެއްގެއަޑު ޒީވާގެ          އަނގައިން ނުކުތެވެ.

“ތަނަކަށް ތަދުވަނީތަ؟” ލިވާން އަހާލިލެއް ގާތްކަމުން              އިސާހިތަކު ޒީވާ ބޯޖަހާލިއެވެ.

“ވެއްޓުނީމަ ތަދުވީކަމަށްވާނީ..އައިޝަމް މެންގެ             ކަންތައްއެއީ..މިއަދު  ދާނީ ޑޮކްޓަރަށް ދައްކާލަން”                  ޒީވާގެ އުނަގަނޑާއި ހަމައަށްއަރާ ފަން އިސްތަށިގަނޑު                އަތުން އެއްފަރާތް ކުރަމުން ލިވާން ބުނެލިއެވެ.

“ވަޓް” ލިވާން ސިހުނީ ޒީވާގެ ކަނދުރާގައި                    ރަތްވެފައިވާ ތަން ފެނިފައެވެ. އައިސްފައި ހުރި                    ރުޅީގައި ވިސްނާނުލާ ފަށަށް ފަމައިގަތުމުން                      ޒީވާގެ ކަނދުރާގެ އެހިސާބު ހުރީ ވަރަށް ބޮޑަށް ރަތްވެފައެވެ. ކޮންމެވެސް ވަރަކަށް ކަނޑައިގެން            ވަދެފައި ހުރި ކަހަލަ  ގޮތަކަށެވެ. އެއޮމާން                      ހަންގަނޑުގައި އޭނަގެ ސަބަބުން ކޫރުމެއް ލީއެވެ.                ބޭއިޚްތިޔާރުގައި ޒީވާގެ ކަނދުރާއިން ރަތްވެފައި                      އިން ހިސާބުގައި ސަހާދަތް އިނގިލިން                    ފިރުމާލެވުނެވެ. އެވަގުތު ތަދު އިޚްސާސްވުމުން                      ޒީވާއަށް ކުޑަކޮށް ދުރަށްޖެހިލެވުނެވެ.

“ވަރަށް ބޮޑަށް ތަދުވޭތަ؟” ލިވާން ހާސްވިއެވެ.

“ނޫން” ފާޅުގައި ތެދު ހަދަން ޒީވާއަކަށް ނުކެރުނެވެ.

ޒީވާހެދީ ދޮގުކަން ލިވާންއަށް އެނގުނު ނަމަވެސް                   މިވަގުތު ކުރެވޭނެ މާބޮޑުކަމެއް ނެތުމުން                        އިތުރު އެއްޗެއް ނުބުނެ ހެދުމުގެ ޒިބު ނެއްޓޭތޯ        މަސައްކަތްކުރަމުން ދިޔައެވެ.

ހެދުމުގެ ކަރު ފުރަގަހާއި ދިމާއިން ކަނޑާފައިވާލެއް                ބޮޑުކަމުން  ލިވާންގެ ހިތަށް ގޮތެއްވެލިއެވެ. ނަމަވެސް  ހިއްސުތައް ކޮންޓްރޯލްކުރަމުން  އޭނަބެލީ  ޒިބު ނައްޓާލަދެވޭތޯއެވެ. ޒިބު އިނީ ހެދުމުގެ                 ރޮދިކޮޅެއްގައި  ތާށިވެފައިކަމުން އެރޮދިކޮޅު އަތުން            ނައްޓާލަން އުނދަގޫވިއެވެ. އެހެންކަމުން ދަތުން        ނައްޓާލުމަށްޓަކައި ޒީވާއާއި  ދިމާއަށްލިވާން                        ކުޑަކޮށް ގުދުވެލިއެވެ.

ޒީވާގެ އިސްތަށިގަނޑުން ދުވި މީރުވަހުން ލިވާންއަށް            ލޯމަރާލެވުނެވެ.  ނަމަވެސް މަޤްސަދު  ހަނދާންވުމާއިއެކު އަނގައިން އެރޮދިކޮޅު ނައްޓާލިއެވެ.        އެއާއިއެކު ޒިބު ކެހިގެން ގޮސް ބުރަކަށިން ބޮޑުބައެއް                ހާމަވިއެވެ.

ލިވާންގެ އެގައިގޯޅިކަމުގެ ސަބަބުން ބިރުގަތް        ނަމަވެސް ނޭނގޭ އުފާވެރިކަމެއް  ޒީވާގެ   ހިތުގައި ހިނގައިލިއެވެ. ފިލްމްތަކުން އޭނަ            ބަލާފައިވާ މަންޒަރުތަކުން  މަންޒަރެއް އެވަގުތު ހިތަށް ސިފަވެގެން ދިޔައެވެ. އެވަގުތު ލަދުން            އެމޫނު ރަތްވެގެންދިޔައެވެ.

ޒީވާގެ ހާމައަށް އޮތް ކަނދުރާ ފެނުމާއިއެކު          ލިވާންއަށް ގޮތްތަކެއް ވެގެން  ދިޔައެވެ. ނަމަވެސް    އިޙުސާސްތައް ކޮންޓްރޯލް ކުރަމުން ކުޑަކޮށް ފަހަތަށް               ޖެހިލަމުން އަނެއް ފަރާތަށް އެނބުރުނެވެ. އަދި             ބެލްކަނީގައި އެބަ    މަޑުކޮށްލަން ކަމަށާއި އަވަހަށް ތައްޔާރުވެލައިގެން އެއްޗެއް ކާލަން ދިއުމަށް އެދި                ހިނގައިގަތެވެ.

ލިވާން ދިޔަކަން ޔަޤީންކުރުމަށްފަހު ޒީވާ ގޮސް                ފެންވަރާލައިގެން ނުކުތެވެ. އަރާމުކަމުން އެބޮޑު                ބިލްގާގެ ތެރޭގައި އޮވެ ނިދާލަން ވެސް ހިތަށް އެރިއެވެ. އެހެން ނަމަވެސް ލިވާންގެ ރުޅި            ގަދަވެދާނެތީ އަވަސް އަވަހަށް ތައްޔާރުވެލައިގެން ނުކުތެވެ.

******

ޑޮކްޓަރަށް ދެއްކުމަށްފަހު ދަބަސްތައް ހިފައިގެން           ލިވާންއަށާއި ޒީވާއަށް  ގެއައް އާދެވޭ ވަރުވީ ރޭގަނޑުއެވެ.  ޑޮކްޓަރު ބެލުމަށްފަހު މާަބޮޑު ކަމެއް ނެތްކަމަށާއި        ޖެހުނުގޮތަކުން މަސްގަނޑަށް އަނިޔާވެފައިވާ ކަމަށް  ބުނުމަށްފަހު ދެތިންދުވަހު އަރާމުކުރުމަށް އެދުނެވެ.

******

“އަހަނ ދަރިފުޅުމެން އަވަހަށް އުޅޭ ކާން…        މަންމަ އުޅެފިން ގުޅާލަންވެސް  މާބޮޑަށް ލަސްވީމަ”     ސީރީންގެ ތުންފަތްމަތީގައިވި ހިނިތުންވުން ޒީވާ              ނަގައިގަތެވެ. އަދި އެއީ ކީއްވެ ކަންވެސް އެނގުނެވެ.                ނަމަވެސް ސީރީންއަށް އެދެމީހުންގެ އަސްލު ގުޅުން            އެނގޭ ދުވަހަކުން ވާނީ ކިހިނެތް ބާއޭ ޒީވާގެ ހިތަށް                އެރިއެވެ.

******

“މަންމާ ލިއޫ ކޮބާ؟” ކެއުމުގެ ވަގުތުގައި ވެސް            ލިއުޝާ ނުފެނުމުން  ޒީވާ ސުވާލުކޮށްލީ ސީރީންގެ              ކައިރީގައެވެ.

ސީރީންގެ ފަރާތުން ލިއުޝާ ވީ އައިޝަމްއާއި އެކީ                  ބޭރަށް ގޮސްފައިކަން އެނގުމުން ޒީވާ ހިތްހަމަޖެހުނެވެ.                އެކުވެރިޔާއަށްޓަކައި  އުފާކުރިއެވެ. އައިޝަމްފަދަ އޯގާތެރި              ބައިވެރިއެއް ލިބޭނީ މަދު މީހަކަށެވެ. އޭނައަށް އައިޝަމް          ފެނިފައިވާ ކުޑަ ވަގުތުކޮޅުގައި ވެސް  އައިޝަމްގެ  ހުރި ރަގަޅު ކިތަންމެ ސިފައެއް އޭނަވަނީ                    ނަގައިގަނެފައެވެ.

******

ލިއުޝާ ފުރައިގެން ދިޔުމުން ޒީވާއަށް އެކަނިވެރިކަން          އިޚްސާސްކުރެވެން  ފެށުނެވެ. ކައިވެނީގެ ދުވަހު          ފެނުނުފަދަ އޯގާތެރިކަމާއި ގާތްކަމަށްފަހު  ލިވާން ހީވަނީ މުޅިން ބަދަލުވެފައިވަ މީހެއް ހެންނެވެ.             މިހާރު އޭނައަށް ލިވާން ފެންނަނީވެސް ކެއުމުގެ        ވަގުތުތަކުގައާއި ނިދާ ހޭލާ އިރު އެކަނި ކަހަލަގޮތަކަށެވެ. އަނގައިން ބުނެނުލާތާ އިސްއުފުލާ          ބަލައިވެސް ނުލައެވެ. އޭނަ ފެނުމުން ލިވާން                      ހީވަނީ ބިރެއް ފެނިގެން އުޅޭހެންނެވެ. ނިދަނީވެސް     ސޯފާގައެވެ. މިހުރިހާ ކަމަކާއިހުރެ                  އޭނަގެ ބޯ ގޮވާވަރުވިއެވެ.

******

ވާހަކަފޮތެއް ހިފައިގެން އޮތް ޒީވާ ސިހުނީ ލިވާންގެ              ފޯނަށް ނުދަންނަ  ނަންބަރަކުން ގުޅަން ފެށުމުންނެވެ.              ބައްޕައާއިއެކު އޮފީހުގައި އުޅުމަށްފަހު ލިވާން ގެއަށް                  އައިސް ފާޙާނާއަށް ވަނީ ފެންވަރާލުމަށެވެ. ދެތިން ހަތަރުފަހަރު ގުޅުމުން ނުނަގަން ހުރެފައިވެސް                ޒީވާ ފޯނު ނެގީ  މުހިއްމު ކޯލަކަށްވެދާނެތީއެވެ.

“ބުނަންތަ ރަނގަޅު ވާހަކައެއް…. ތިޔަ ކައިވެނި                   މާގިނަ ދުވަހަކު  ދެމިއެއް ނޯންނާނެ… އެކަން              ވިޔަކަ އަހަރެން ނުދޭނަން” އެއާއިއެކު މަޑު        ހުނުމެއްގެ އަޑު އިވިގެން ދިޔައެވެ.

ޒީވާގެ ބަސްހުއްޓުނެވެ. އަނެއްކާ އޮޅިގެން މީހަކަށް                  ލިވާންގެ ފޯނަށް ގުޅުނީބާއޭ ޒީވާގެ ހިތަށްއެރިއެވެ.  ވާނުވާ ނޭނގޭ ހާލު ފޯނު ކަންފަތުގައި        ޖައްސާލައިގެންއޭނައަށް އިނދެވުނީއެވެ.      އިރުކޮޅަކުން ކޮޅަށްވެސް ތެދުވެވިއްޖެއެވެ.

“ވާން… ކީއްވެތަ އަނގައިން ނުބުނެ               ތިއިންނަނީ” އަނެއްކާވެސް އެކޮޅުން ވާހަކަ                      ދެއްކި އަޑު ޒީވާއަށް އިވުނެވެ. މިފަހަރު އެމީހެއްގެ                    އަޑު އިހުނައްވުރެ ބާރުވެފައި ނުރައްކާތެރިގޮތެއް ހުއްޓެވެ.

******

“ކަމެއްނުވޭ… މިހިތަށްއަރަނީ މަންމަމެން ދޫކޮށްލާފައި        ދާނީ ކިހިނެތް ބާއޭ”  ލިއުޝާގެ އިނީ ދެރަވެފައެވެ.

“ލިއޫ… މަންމަ ގޮވައިގެން އަންނާނީއޭ.. ޝަމް        ބަލަހައްޓާނަމޭ ލިއޫގެ ފެމެލީ”  އައިޝަމް  ބޭނުންވަނީ ލިއުޝާ އާއި ވީހާވެސް އަވަހަށް ކައިވެނި                ކުރާށެވެ. ލިއުޝާ އާއި ވަކިން އުޅެން މިހާރު އޭނައަށް            ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. އެކުޑަ ދުވަސްކޮޅުގެ      ތެރޭގައި އެކަކު އަނެނަކު ދެކެ އިންތިހާއަށް ލޯބި ވެވިއްޖެއެވެ.

“ހަމަ ހިތް ބިރުގަންނަނީ” ލިއުޝާ އިނގިލީގައި ދަތްއަޅާލިއެވެ.

“ކޮންކަމަކާތަ ދޫނީ” އައިޝަމް އަހާލީ ލޯތްބާއިއެކުއެެވެ.

******

” އޭރުވެސް އަހަރެން ބުނިގޮތަށް ނެހެދީމެއްނު….                    ހެހެހެ.. މަލާމާތުގެ ހިނިތުންވުމަކާއިއެކު ދެންއިވުނު                ޖުމުލައިން ޒީވާގެ ހާސްކަން އިތުރުވިއެވެ.

ފާޙާނާގެ ދޮރު ހުޅުވާލުމަށްފަހު ލިވާން ނުކުތީ ހަަމަ           އެވަގުތުއެވެ. އޭރު  ލިވާން ހުރީ  ހަމައެކަނި ތުވާލި            އަނދެގެންނެވެ. އޭރުވެސް ފެނުގެ އަސަރު  އެހަށިގަނޑުގައި            ހުއްޓެވެ.

ލިވާން ފެނުމާއިއެކު ލިބުނު ސިހުމުގައި ފޯނު          ފަހަތަށް ލުމަށްފަހު ޒީވާއަށް ފަހަތަށްޖެހިލެވުނެވެ.

“ވަޓް އާރ ޔޫ ޑުއިން…” ލިވާންގެ ހަރުކަށި             ޖުމުލައާއިއެކު އައިސް ހުރީ ޒީވާގެ ކައިރީގައެވެ.               ޒީވާގެފުރަގަހަށް ލެވިފައިވާ އަތް ކުރިމައްޗަށް                    ގެނެސް ބަލާލުމާއިއެކު ދެބުމަ ގޮށްޖެހިގެން ދިޔައީ            ލިވާންގެ ފޯނުން  ޒީވާ މީހަކަށް ގުޅައިގެން ހުރުމުންނެވެ.    އަދި އެވެސް އޭނަ އެންމެ  ނަފުރަތުކުރާ މީހާއަށެވެ.

“މި….ލި..ވާ..” ޒީވާއަށް ޖުމުލަ ފުރިހަމަ                ނުކުރެވެނީސް ފޯނު އަތުލުމަށްފަހު ލިވާން އެފޯނު                ކަނޑާލިއެވެ.

އައި ރުޅިއާއިއެކު ޒީވާ އާއި ދިމާއަށް އޭނަ ފިޔަވަޅެއް އަޅާލިއެވެ.  އެއާއިއެކު ޒީވާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ޒީވާ              ގޮސް ފާރުގައި  ޖެހުމާއިއެކު ހުއްޓުނެވެ. އޭރު އޭނާގެ  ދެލޯ އަމާޒުވެފައިވަނީ ލިިވާންގެ  ލޮލަށެވެ. ދެބުމަ    ގޮށްޖަހައިގެން ހުރިލިވާން އައިސް  ޒީވާގެ ދެއަތުގައި        ހިފަހައްޓަމުން އެދެއަތް މައްޗައްނަގާ ގުޑި ނުލެވޭހެން                 ފާރާއި ދެމެދު ހައްޔަރުކޮށްލިއެވެ. އެއަށްފަހު އެމޫނު      ޒީވާގެ މޫނާއި ޖެހޭ ނުޖެހޭ  ހިސާބާއި                ކައިރިކޮށްލުމާއިއެކު ދެލޯ މަރާލަމުން ޒީވާ އޭނާގެ                މޫނު އަނެއް ފަރާތަށް އަނބުރާލީ ބިރުން ހުރެއެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ޔާއިން 5

Next

ސިއްރު – ކިޔުންތެރިންނަށް

Next
April 16, 2018

ސިއްރު – ކިޔުންތެރިންނަށް

Previews
April 16, 2018

ޔާއިން 5

58 Comments!

  1. Axy says:
    April 16, 2018 at 4:32 pm

    Wow up kohlley dhw ? kiyaa laafa comment kuraanan ⭐ ⭐

    1. eysh says:
      April 16, 2018 at 4:44 pm

      Yeyyyy Axy got first dho this time ?? waiting for ur coment ??????

  2. Shiman says:
    April 16, 2018 at 4:35 pm

    Yey me first dhw

    1. eysh says:
      April 16, 2018 at 4:45 pm

      Shiman dhooni second mifaharu libunee. Next time vaane first libeytho balan ? ?????

  3. Shiman says:
    April 16, 2018 at 4:37 pm

    Masha Allah. story varah reethi…eysh you are the best …love you❤❤❤??

    1. eysh says:
      April 16, 2018 at 4:48 pm

      Thank u my dear friend Shiman ??? so happy to kno dear. U r vvv sweet. ??????

  4. eysh says:
    April 16, 2018 at 4:42 pm

    Hello guys.. mi part ga ebahuri dho v gina mistakes. Format ves gellifa dho inee. Eysh ah ehgothakah ves neyngunu kihineh vefa kameh eynee. V dhigukoh genesdheyn beynun vi. Ekam kudakoh balive ulheythee liyevunu varu mee ingey. Huriha kudhinves dhuaa kohdhehchey eysh avahah rangalhuveytho. ???? huriha readers dheke ves eysh v loabivey

  5. Ziff says:
    April 16, 2018 at 4:49 pm

    Wow..v reethi …when next part .. cannt wait…

    1. eysh says:
      April 16, 2018 at 4:53 pm

      Thank u my dear Ziff dhoonee ?? so happy to c ur coment. Insha Allaah tmrw try kuraanan ingey new part eh genesdheveytho dear. ??????????

  6. Eyra says:
    April 16, 2018 at 5:03 pm

    ❤❤❤❤❤❤

    1. eysh says:
      April 16, 2018 at 6:45 pm

      Eyra dhoonee ?????????? vvv happy coment kohlleema dear ???????

  7. lotus says:
    April 16, 2018 at 5:11 pm

    Adhikiriya mikiyaalevenee… schl ge eventeh otheema… v nice mi part vx.. hama alhugadu ges kuraa gotha mi vanee adhi hama… heheh.. waitin for the nxt part

    1. eysh says:
      April 16, 2018 at 6:48 pm

      Lotus dhoonee my dear friend schl ga tha ulheny dear? Haadha happy vey thihen ulhemun ves kiyaaleema. ???????? asluves lotus dhooni haadha molhey. ?????? thank u so much dear ? ? ly. Keep waiting ingey ????????????

  8. Axy says:
    April 16, 2018 at 5:15 pm

    Alhey V V dhera vejje Eysh bali vaahaka buneema ??????????????????????????
    Avahah dhey dhooni Doctor dhahkan……..Eysh ah avas shifaa akah edhen..Iraadhakurey viyya v v avahah rangalhu vaane ☺☺☺☺☺☺☺☺☺☺☺☺☺
    Zeewa wedding dress nubey ligen ulhunu haalu hithah araafa dhera ves vi ?? hithah aranee haadha udhagu vaane aa ????
    ehaa aniyaa ves vejje dhw ?????????????
    hithah aranee dhen kihiney vaane baaey ??????

    1. eysh says:
      April 16, 2018 at 6:54 pm

      Owh my loabi loabi Axy my dear friend haadha ufaavehjey loabi loabi coment kiyaalaafa ??????? maa goasvanyaamu dhaanan ingey doc ah dhakkan. ???? vvvvvv ufaavehje dear. U r like my family now. So sweeeet. Asluves dho zeevaa adhi vvv happy kohllan vaane dho fahun. Axy dhooni u r really nice nd kind. V ufaavey thikahala frnd eh libuneema eysh ah. ??????????? lets c dho next part thakuga vaagotheh. Keep waiting ingey dhooni ly so much ???????????

  9. zyvaa says:
    April 16, 2018 at 5:16 pm

    MI livaan mee haadha foni myhekey dhw… Anyways eysh ge story v rythi… Eagerly waiting for next part…

    1. eysh says:
      April 16, 2018 at 6:57 pm

      Alhey anehka eysh ge story ga ulhey zeevaa tha mee dear ???? Livaan v foni dho. Eysh ah vure bodah aslu zeev ah dho engeynee. Hehe. ? ? ? ? vvvv happyvehje dear ge comebt kiyaalaafa ingey dhooni ??????? keep waiting inge. Vvv ufaavehje sweet kamun coment ???????? ly dear

  10. Xxxx says:
    April 16, 2018 at 5:21 pm

    Woooww… Waiting. Waiting. V. Reethi mi baives.. ❤️?

    1. eysh says:
      April 16, 2018 at 7:01 pm

      Loabi loabi Xxxx dear ??? v ufaavehje dear ge coment kiyaalaafa ingey. Thank u so much dear friend. U r so sweeet. Vvv happy vey comnt kohllaathee ingey dear. ?????????ly so much ??????????

  11. Shafa says:
    April 16, 2018 at 5:56 pm

    Wowww…Masha Allah vv reethi mi parts…thank you balive ulhemunvs story upkohlla dhineema..I really appreciate u..shafakahllah..??waiting for the next part and gud luck??❤??

    1. eysh says:
      April 16, 2018 at 7:06 pm

      My dear sweeet sweeet Shafa dhooni. My dear friend ge coment kiyaalaafa eysh vvvv bodah happy vehje dear ???????????????? u r so sweeet nd kid dear. Like family. ?? thigothah support dheythee haadha ufaavey eysh dear. Thank u so much ?????????????ly so much dear ? ? ? ? ? ? ? ?

    2. eysh says:
      April 16, 2018 at 7:07 pm

      *kind

  12. Pinky shifoo says:
    April 16, 2018 at 6:17 pm

    Wow ❤️❤️❤️… Mi part vx Maasha Allah v v v reethi ???… Hama heevany vaahakaige thereyga ulheveyhenn ???… Last part ge comment ge reply kiyaalaafa I was SPEECHLESS ??????… V v v v v v happy vi ??????❤️❤️❤️… Thank you soooooo much for the lovely reply eysh ???❤️❤️❤️… Avas shifaa akah edhen eysh ah ???… Lots of love and take care ❤️❤️❤️????????????… That reply was one of the sweet reply which I got from a writer ❤️❤️❤️????????????

    1. eysh says:
      April 17, 2018 at 8:14 am

      My dear sweet friend shifoo dhooni.. ??? so happy to c ur coment dear. Asluvestha dear. So happy to kno that. ??? Alhey m so so so happy to kno that dear. ????? thank u dhoonee. Insha Allaah thikudhinge dhuaa aa ekee haalu mihaaru thankolheh ragalhu. ???????????? v happy vey thigothah support libeythee. Eysh ufalaa eku liyelevey. Every day part eh genes dheveytho eysh try kuraanan Insha Allaah bodu kame dhimaa nuvanyaa. ??????????? bodukoh heelaigen meenee ????? keep supporting ingey thigothah story nimendhen ves. Luv u so much. Eysh reyga balive ulheythee rply koh nulevunee fahun publish vefa huri coment thakah. ?????????????

  13. Shaa says:
    April 16, 2018 at 6:23 pm

    Wow haadha ryhchey mibaives… Avahah anehbai kiyaalan beynunvany… V molhu igey n khonme baehves hama ehvanaey buneveyny… Thikuraa masahsakathah hama ahssaribahaa saabas dhen…??????????

    1. eysh says:
      April 16, 2018 at 7:13 pm

      Alhey my sweeet friend Shaa dear ge coment kiyaalaafa eysh meenee haadha haply vefa ey dear ????????? vvv ufaavey thigothah support dheythee dear. Abadhuves keep supporting like that ingey dear ????????????? enme happy vanee appreciate kuraathee. Vvv ufaavehje. Keep waiting ingey dear. Ly ? ? ? ? ? ? ? ? ? ? ? ? ?

  14. Ree? says:
    April 16, 2018 at 6:26 pm

    Stroy kuriyah dhaa goiy ree ah varah kamu dhey?? mi story mee mihaaru one of my fav story ah ves vehje ehaaves reethi really appreciate your great work keep it up??? next part ves avaha up kohla dhechey ly??

    1. eysh says:
      April 16, 2018 at 7:17 pm

      Finally my sweeet sweeeet friend ree dhoonige coment kiyaalan libijje eysh ah. ??? alhey “one of my fav story” ethankolhu kiyaalaafa melt my heart. V happy vehje ?????? vvvv happy vey thigothah appreciate kuraathee dear ????????? eysh ah neynge bunaane ehcheh ves happy vegen. Insha Allaah soon upkohleveytho balaanan dear. ??????????? ly so much ???????

  15. Shif says:
    April 16, 2018 at 6:33 pm

    Alhe story vvv salhi…nxt part ah kehmadhuvefa inge…

    1. eysh says:
      April 16, 2018 at 7:20 pm

      My sweeeet sweeeet friend shif dhoonee thank u dear ?????????? vvvv ufaavefa eysh meenee. Thigothah support dheythee really happy ???????? keep waiting ingey ??????????? ly so much dear ????????

  16. Aleena anii says:
    April 16, 2018 at 7:31 pm

    Get well soon dhoonyaaa..?Baliikohh ulhayyiiruwx story up kohladhaythyy hama thiikuraa hiewarahh saabas.. ❤️ wrhh wrhh wrhh reethii mii part wx.. Livaan zivaa dheke engry bird wefa abadhu huhhtas??.. Zivaa ahh care kuraanan iingayy.. Aee ehhme salhii thankolhakyy.. As always i say siifakurun wrhh reethii.. Wrhh inthiizaar kurewayyy story ehh mee.. N eysh your a great writer.. Keep going like this.. Gud nyt.. Nd again get well soon.. ??

    1. eysh says:
      April 17, 2018 at 12:54 pm

      My dear friend Loabi loabi Aleena anii dhooneee haadha loabi loabi sweeet comnt ekey mee ???? eysh ah hama hurevunee eh noon rply nukoh. Ekam ves busy vegen phone aa hisaabah naadhevunee. Vvvv ufaavehje eysh thihaa loabi sweet friend eh libuneema ???????? u r so sweet kind nd cute . Eysh ah neyngey hama bubaane ehcheh ves happy vegen goss. ???????????? v happy appreciate kuraathee dear. ” u r a grt writer” mithankolhu kiyaalaafa eysh hama ufalun goss bunaane ehcheh ves neynge. ???????? liyaan abadhu angrybird vefa dho dear. But he is really sweet nd caring. I love him tooo ????????? keep waiting ingey dear. U r like my family member for me now ??????? ly so much

  17. Click a shot ? says:
    April 16, 2018 at 7:52 pm

    Yes yes…finaally…thank u so much eysh…..hama mi story ah inthizaaru kureveni abadhuves…..mi part hama as ususally varsh salhi….keep it up….thikahala writers esfiya ga thibeythi varah ufaavey…readers happy kohdeythi adhi enme bodah…i reslly aplreciate that…keep it up eysh….my support is always with you….keep calm and just write..lol…love you eyyshh….???????❤❤❤❤❤❤❤❤❤❤❤❤❤

    1. eysh says:
      April 17, 2018 at 1:00 pm

      Alhey my sweeet sweet loabi loabi friend ge coment haadha loabi ey ??? eysh meenee bunaane ehcheh ves neyngifa sweet kamun ?????? eysh v beynun vi avahah rply kuran cmnt thah sweet kamun. Hama time kolheh libey irah mi rply kohllee ??????? eysh haadha ufaavey thihaa supportive v ma thihaa appreciate kuraathee. U r so sweet kinf and cute for me. ???????? dear men kahala kudhin comnt kohllaathee eysh haadha bodakah ufaavey.. “my suport is always with u” mithankolhu kiyaalaafa vvvv bodah ufaavehje ???? u r like family member now ????? keep waiting. Love u tooo ???????????

  18. Any says:
    April 16, 2018 at 7:54 pm

    Wow v nice mi part ves eysh loabikolhu balivytha so sad ??avas shifayakah edhen??❤??????

    1. eysh says:
      April 17, 2018 at 1:04 pm

      My loabi loabi friend Any dhooni v lasvehje dho eysh ah rply dhevunuleh ?? eysh v beynun vi coment seeeeet kamun hama hurevunee ehves noon rply nukoh ???? timekolheh libey irah mi aee dhuvelaafa hehe thank u dear ???? vvvv happy vey thigothah support dheythee. Vvv hihvaru libey eysh ah kuriyah dhaan ????????? Insha Allaah mihaaru v boduthan ok. U r like my family member now. Vvv loabivey ???????? keep waiting ingey thigothah ????????

  19. Friends says:
    April 16, 2018 at 8:24 pm

    Stry hama vvv furihama but jumula thah huri gothun vv udhaguvey kiyan dear.next time ragalhu kohlahchey.N GWS deae.waiting 4 nw part. -salaam-???

    1. eysh says:
      April 17, 2018 at 1:09 pm

      Finally my sweeeeet sweeeet friend friends dhooni ge coment ah ves eysh ah mi rply kureveny ??? yes dear eysh ah ves v undhagoovi kiyan formet gellifa ineema. Eysh akah neynge vefa in gothehves. Dhen faharakun ragalhu kohllaanan insha Allaah. Eysh v bodah happy vey ragalhu kohllan jehey thankolhu kolhu ves thigothah loabikoh buneladhineema. Eyrun eysh ah ves libey ithuru kuri erumakah vaanee. ??? vvvvv happy dear ge coment kiyaalaafa ingey. Keep waiting dear. Luv u so much ?????????? thank u so much dear for the suport. ????

    2. eysh says:
      April 17, 2018 at 1:13 pm

      One morething dear. Friends dear ge faraathun abadhuves eysh ah v rangalhu hiyaaluthah libemun dhaakan ufalaa eku faahaga kohllan. Eysh kuri ah dhiumah libey v bodu hihvareh aslu eiee. Vvvvv bodah thanks ingey sweeety ???????

  20. Nish says:
    April 16, 2018 at 9:24 pm

    V reethi

    1. eysh says:
      April 17, 2018 at 1:11 pm

      Sweeeet sweeet Nish dhoonee eysh v happy vehje dear ah story kamudhiyaeema ? ? ? and coment kohlleema ves v bodah happy ????????????? keep waiting ingey dear. Luv u so much ???????

  21. sheen says:
    April 16, 2018 at 9:35 pm

    Reehchey reehchey hama soni vettey varuvey huvaa.. thihira romantic kamehthaa dhw..hehehe..sifakurun hama 100.. Love you ~♡♡♡♡♡~

    1. eysh says:
      April 17, 2018 at 1:32 pm

      My sweeeeet sweeeet friend sheeen dhoonee haadha loabi coment ekey ??? eysh vvvv happy vefa mihiry ingey dear hehe. Eysh vvvvv loabivaa kuhjjeh thee ?????????? keep waiting ingey thigothah. Sifakurumah 10o dhineema giruvaan kolhah jahaalaifin ingey dear ???????? u r like my family member now keep waiting nd supporting like that akways ingey dhoonikolhu ???????? ? ???????? ?

  22. lotus says:
    April 16, 2018 at 9:36 pm

    hei dear.. just answrin yo question.. i finahd schl last year but i m grl who luvx studyin readin n writin so schl ga noolhunas schl ga onna evnt thaka dhevenee hama… hehehe.. avas shifaa aka edhen n hopin to read the nxt part soon???

    1. eysh says:
      April 17, 2018 at 1:46 pm

      Owh lotus dhooonee u r so sweeet. Asluves eysh ves schl dheke v bodah loabivey. ?? thank u for letting me kno dear. Insha Allaah mihaaru v bodah ragalhu haalukolhu. Next part innaane upkohllaafa kiyalahchey dear ???????????

  23. Shafa says:
    April 16, 2018 at 10:52 pm

    When story up kurany..story kiyaahithun hama nunidhigen miulheny…waiting waiting..hama take ur own time and upload the story..I will give support always..insha allah..keep going like this hama..hope u will be..gud luck ..ly..❤?????

    1. eysh says:
      April 17, 2018 at 1:51 pm

      Alhey Shafa dhoonikolhoo vvv happy vehje thihaa wait kuraathee story ah dear. ?????? eysh haadha goahey dho dhoonige nidhikolhuves nagaalevijje viyya hehe. “I will give support” mithankolhu kiyaalaafa eysh vvvvv bodah happy vegen ? migothah hevilaafa meenee. So so happy mu sweeet friend u r like a family memeber love u so much ??????????

  24. Rish says:
    April 17, 2018 at 12:57 am

    Thi nimmaali v v v kiyaahithun hutaa. Mi part kiunuvaruves neyngey hama reethikamun. Hithah arani dhen kihineh baayey vaani. Aneh part kiyaahithun hureveneekeenoon haadha kiyaahivaa story yekeymi v v v salhi igey eysh. Eysh balivi vaahaka buneema rish haadha dheraviyey. Insha allah eysh ah avas shifaayaka adhen adhi dhuaves kuran. Dhen eysh ah bunelan othi thikuraa bura masahkatha assaribahaa saabas dhen. Mi story eysh thi gendhaagoi v v v v v v salhi adhi ahaame furihama.anme ufaavani komme dhuvahaku genesdheythi v v v ufaavey eysh vareh nei hama you are the best my dear. Story hama mivareh ney ahaaves habeys eysh. Thanks eysh mihaareethi story ah fonuvadheytheeve v v v ufaavey. Dear thanks

    1. eysh says:
      April 17, 2018 at 2:08 pm

      Alhey my loabi loabi friend Rish dhoooneee ???? coment loabikamun eysh ah neyngunu hama bunaane ehchehves “mi part kiyunu varuves neyge” mithankolhu kiyaalaafa melt my heart dear. V bodah happy vehje. Eysh dhekeny thee hama eysh ge family kuhjeh gothah ????? dhn vaa gotheh balan hingaa nextpart thah kiyan dho. Insha Allaah mihaaru eysh v bodah ragalhuvehje ??? eysh haadha loabiva kuhjekey thee. Dhera nuvahchey ingey dear. “U r the best” ethankolhu kiyaalaafa eysh ufaavegen ????? alhey thee haadha loabi kuhjekey ehaa sweet ehaa cute coment ves. U r like my family member dear. Vvv loabivey ?????????? v ufaavehje seriouskoh. coment ah rply kohllaa hithun eysh ah hurevunee eh ves noon. Bxy koh ulhen jehigen mi las v rply ingey dear. V happy ves thihaa understand vaathee. Luv u dhoonikolhu ??????????

  25. sheen says:
    April 17, 2018 at 8:13 am

    Alhey magey loabivaa eysh ge haalu kihinehtha mihaaru.. avahah rangalhu vegen next part up kollaa… waiting ga.. ekamves balive ulhemun up nukohdhevunas okay.. understand vey alhugandumenah. And eysh ah furihama sih’hatheh dhevvai kuraamasahkaiythakugai barakaaiy levvumah edhi dhu’aa kuran.. gws. Love u one of my best writer eysh darling.. ~ ♡♡♡♡♡ ~

    1. Shafa says:
      April 17, 2018 at 9:38 am

      Yeah dhw we should always understand others situation also..shafavs Miey hama konme dhuvahakuvs vv bxy koh ulhey meeheh..hama ithurah kuran beynunvaa kanthahthahvs dhey nukurevi…shafavs bxykoh ulheytheeve story up kuraa gadeega kiya nuleveny??..ehn v ma shafa hama appreciate kuran eysh vs hama eha bxy koh ulhemunvs story upkohdheytheeve??..we should be together as a team?..without being a team we can’t do anything..hama gaimuvs ekaku ekanyeh ehkamehvs nukureveyne..aharumen readersge v bodu supporteh libeythee eysh vs story liyefa konme dhuvahakuvs story upkohlla dheny..rangalhu kohlla dheyn jehey kanthah thah rangalhu rangalhu kohlla dhineema eiy aharumennahvs libey kuri erumeh adhi hama eyge ithurun writer ah libey kuri erumeh????..ehn veema abadhuvs eysh ah shafage support libeyne abadhuvs?..insha Allah
      ..abadhuvs dhegotheh nuve thigothah dhemihunnane kameh uhmmeedhu kuran?..ly and waiting for the next part..❤???

    2. eysh says:
      April 17, 2018 at 2:18 pm

      My loabi loabi sheen dhoonee loabivaa ??? eysh mihaaru iraadhakureviyya v bodah ragalhu bali ??? ragalhu nuvanee upkohlleveijje mihaaru. Hehe alhey haadha happyvey thihaa understand v ma eysh ge readers “one of my best writer” buneema vvvv ufaavehje. Kepp supporting ingey thigothah dear. Dear eysh ah thikohdhin dhuaa eysh ge hithun dhuvahakuves filaa nudhaane. Vvvv bodah ufaavehje. So glad to be a friend of urs. Love u so much dear ????????????

    3. eysh says:
      April 17, 2018 at 2:58 pm

      Mu sweeeet sweeeet shafa dhoonikolhoo haadha happy veyey thihaa understand v ma. Asluvess eysh akee vs v bxy koh ulhey kuhjeh. V interest hunna kameh v ma mikan feshee aslu. Aslu mihaaru adhi maa bodah interest vey bec of the support i get frm readers. readers ge support libeythee kuriah mi dheveny. Eysh v bodah appreciate kuran readers thikohdhevva bura masakkathah hama. Shafa dhooni thibunaahen liyaa meehaa ithurah mortivate vanee suporters thibeythee like u guys. Mertive coments libey kamah vanyaa amilla nafsaa dheytherey onna yageen kan ithuruvey. Nulibey kamah vanyaa yageen kan gelli nuliyevey faharu annaanee. Ehenveema eysh hama v appreciate kuran thikohdhey bura masakkaiy. Thi libey positive coments thakakee hageegathuga liyuntherikan v bodah kuri araigen dhaane kameh. Insha Allaah dear dhegotheh nuve migothuga huredheynan. Vvv ufaavehje dear ge comnt kiyaalaafa. Abadhuves support dheynamey buneema eysh mihuree ? migothah heelaigen. Luv u so much ??????????

  26. eysh says:
    April 17, 2018 at 8:37 am

    Alhey haadha loabi loabi coment thakeh ebahuttey.. ??? eysh meenee rply kohllaahithun kehmadhuvefa. Ekam eysh kuda kameh jehigen thikudhinge coment thakah rply kohllaanan ingey free velaafa. Rply kudakoh lasvedhaanethee mi bunelee ingey loabivaas? ? ? v happy vefa meenee. ???

  27. Shinaash@? says:
    April 17, 2018 at 9:11 am

    Wow❤❤❤mi part ves vvvv reethi??next part ge inthizaaru ga❤❤

    1. eysh says:
      April 17, 2018 at 3:01 pm

      Shinaasha dhoonee haadha ufaavehjjey dear ge comnt eh anehka ves kiyaalan libuneema ?????????? v happy vey thigothah support dheythee dear. Next part upkohllaifin. Avahah kiyaalaa dhoonee. ??????? rply las v ma v bodah sry ingey eysh hama bxy kamun time kolheh libey varakun rply kuramun midhanee ?????????

  28. Jilee says:
    April 17, 2018 at 1:07 pm

    Alhe livaan eha avahah nice nukurahchey. I mean I would like to see more of his arrogant side. ? but story varah reethi nge. And feel better soon.

    1. eysh says:
      April 17, 2018 at 3:04 pm

      Jilee dhooni livaange character eysh ah ves v kamudhey. Ehaa avahah nice nukuran v dho ???? kuriyah oiythaa balaanan genesdheveytho balaanan ingey ebai ithurah. V happy vehje dear like vaakan enguneema. So happy. Next part thah ves kiyaalahchey. Eysh ge rply las v bxy koh ulhen hadhaigen. Ekam hama rply kohllaa hithun hurevunee eh noon ???????? luv u dear ??????

Comments are closed.

Next Episodeކެތްކުރާނަން އުއްމީދުގައި 8←


All Right Reserved!