ޝީން (ހަތްވަނަބައި)
ގަޑީގެ ކަށި ހިގަމުން ދާވަރަކަށް ރޭގަނޑު ދުވާލަށް ބަދަލް ވަމުން ގޮސް ޝީން އާއި އަލޫކްގެ ނަން ވެސް ލޯބިވެރިންގެ ލިސްޓުގެ އެންމެ ކުރިއަށް އަރައިފިއެވެ.
ރަގަޅު ފުރުސަތަކަށް ބަލަ ބަލަ ހުރި އަޔާޒް ކައިރިން އަލޫކް ކުރި ހޯދައިފިއެވެ..
****************************************
އާ ދުވަހަކަށް އަރައިއިގެން އައި އިރުގެ ދޯދިތަށް އަޔާޒްގެ ކޮޓަރި ތެރެއައް ފޭދިގަނެއްޖެއެވެ.
ކަންނެއްގޮތަކަށް އަޔާޒް ތެދުވެ ފާހާނާއަށް ވަދެއްޖެއެވެ.
ޜޭގައި އަޔާޒް ވިސްނުމަށްފަހު ނިންމީ މިއަދު ކޮންމެސް ގޮތަކުން އޭނަގެ ހިތުގެ ހާލް ޝީންއަށް އެންގުމަށެވެ.
ހުދުކުލައިގެ ގަމީހަކާއި އެއްކޮއް ގަދަ ނޫލުލައިގެ ޓައި އެއް ކަރަށް ހެޔޮވަރުކޮއްލަމުން ލޯގަނޑުކައިރީގައި ހުއްޓިލިއެވެ….
ޢަދި ތުނިކޮށް ކޮށާލެވިފަވާ ތުބުޅީގައި އަތްހާާކާލަމުން ކޮޓަރިން ނިކުތެވެ.
ތިރިއަށް ފައިބައިގެން އައިސް ކާކޮޓަރިއަށް ވަންއިރު އެތަނުން ޝީން ފެނުމުން އަޔާޒްއަށް ހުއްޓެވުނެވެ.
“އަޔާ!!!!!!
ހާދަ ލަހުން މިއަދު އޮފީހައަށް ތިދަނީ””
އިއޮތް 10 ޖަހަނީ”
“އާދޭ ސައިބޯން”
ޝީން އެބުރިލިގަޑީގައި އަޔާޒް ފެނުމުން ޝީން ބުނެލިއެވެ.
“މިއަދު ތަންކޮޅެއް ކަންނެއްވީ”
އަޔާޒް އައިސް ގޮޑީގައި އިށީދެލަމުން ބުނެލިއެވެ.
އަހަރެން އެބައަންނަން ފޮތްތައްހިފައިގެން “އަޔާޒް ކައިރީ ހުރި ތައްޓައް ފެން އަޅައިދިނުމައްފަހު ޝީން އެހެން ބުނެ ހިގައިގަތެވެ.
ފޮތްތަކާއި އަތްދަބަސް ހިފައިގެން އައި އިރު އަޔާޒް ސައިބޮއި ނިމިގެން ތެދުވަނީއެވެ.
“ހިނގާދާން “ޝީން ފެނުމާއެކު އަޔާޒް އަތުކުރީއޮތްގަޑިއަށް ބަލައިލަމުން ބުނެލިއެވެ.
“ވަރަށް ވަރުގަދަ ޕުރެޒެންޓޭޝަން އަކަށް ރެޑީވެގެން މިދަނީ “ސޯ ވިޝް މީ ލަކް ގާރލް!!!
އަޔާޒް ކާރު ސްޓާޓް ކޮއްލަމުން ފުންނޭވާއެއްބޭރުކޮއްލަމުން ބުނެލިއެވެ.
ގުޑް ލަކް އަޔާ!
ޝީން ހިނިތުން ވެލަމުން ބުނެލިއެވެ..
ކޮލެޖް ކައިރީ މަގުގެ އެއްފަރާތެއްގައި ކާރު ޕާކް ކޮއްލާފައި އަލޫކް ފައިބާތަން ފެނުމުން ޝީން ކޮލެޖް ދޮރުމަތީގައި މަޑުކޮއްލިއެވެ..
ކޮލެޖް ތެރެއައް ވަދެގެން އަންނަ ޝީން އާއި އަލޫކް ފެނުމުން ޒާނާ އެދިމާލަށް ދިޔައެވެ.
“ޙައެ ހައޭ ވަރަށްގުޅޭ އިނގޭ”.
ދިމާކޮއްލާ ކަހަލަ ގޮތަކަށް ޒާނާ ބުނެލިއެވެ.
އަލޫކް އާއި ޝީންގެ ގުޅުމުގެ ވާހަކަ ހަމައެކަނި އެނގޭފަރާތަކީ ޒާނާއެވެ.
އެއީ އަލޫކް ބޭނުންވީ ގޮތެވެ.
ނަމަވެސް ޝީން އެވާހަކަ އަޔާޒް އަށް ސިއްރެއްނުކުރާނެއެވެ.
ޝީން ބޭނުންވަނީ އަޔާޒް އަށް އަލޫކް ތައާރަފް ކޮއްދިނުމައްފަހު އެވާހަކަ ބުނާށެވެ.
ސަބަބަކީ އަޔާޒް އަކީ ޝީންއަށް ޖެހޭ ކޮންމެ ކަމެއްގައި އެހީތެރިވާ އޭނަގެ އެއްމެގާތް އެކުވެރިޔާކަމަށްވާތީއެވެ.
އަޔާޒް އޮފީސް ނިންމާލާފައި ގެއަށް އައިސް ވަދެވުންއިރު ހުރީ ވަރަށް ވަރުބަލިވެފައެވެ.
ޓައީ ދޫކުރަމުން މައްޗައްއަރައިގެން ދިޔައީ ދެފަހަރަކު މަންމައަށް ގޮވާލަމުންނެވެ.
ރަސްމީހެދުން ބާލާފައި ފާހާނާއަށް ވަދެ ފެންވަރާލައިގެން ނިކުންތަނާ ޝީން ގުޅުމުން ވަރަށް އަވަސް ކޮއްލަމުން ކަޅުކުލައިގެ ޓީޝާޓަކާއި މަޑު ނޫކުލައިގެ ކަކުލާ ހިސާބަށް އަންނަ ސޯޓެއްލައިގެން ގަޔައް ސެންޓް ކޮޅެއްޖަހާލުމަށްފަހު ސިޑިން ތިރިއަށް ފޭބިއެވެ..
“”ހާދަ އަވަސް އަރުވާލާފަ “އަނެއްކަ ބޭރަށް ދަނީތަ؟
އަޔާޒް މާބާރަކަށް ސިޑިން ފައިބާތަން ފެނި ނަފީސާ ބުނެލިއެވެ.
މިއަދު ޝީން ތަންކޮޅެއް ލަހުން ނިމޭތީ ގެއަށް އައިސް ވަދުންތަނާ ގުޅީ އެހެންވެ މިދަނީ”
އަޔާޒް މަންމައަށް ޖަވާބު ދިނުމަށްފަހު ގަރާޖް ގައި އިން ސައިކަލަށް އަރާ ސުޓާރޓް ކޮއްލިއެވެ.
ކޮލެޖް ދޮރުމައްޗައް ސައިކަލް މަޑުކޮއްލުމަށްފަހު އަޔާޒް ޝިންއަށް ގުޅާލިއެެވެ.
ޢެތާއިންއިރު ކޮލެޖްއިން ނިކުމެގެންދާ އެތަތްއަންހެންކުދިންގެ ނަޒަރު އަޔާޒް އަށް ހުއްޓެމުންދިޔައެވެ.
ޝީން އާއިއެއްކޮށް ނިކުމެގެން އައި ޒާނާ އަށްވެސް އަޔާޒް ފެނުމާއެއްކޮށް ފިޔަވަޅު މަޑުޖެހުނެވެ.
ކޮންފަދަ ރީތި މިސާލެއްހެއްޔެެވެ.
ކައިރިއަށްއައިސް މަޑުކޮއްލަމުން ޝީން ޒާނާއަށް އަޔާޒް ތައާރަފްފުކޮއްދިނެވެ.
އަތާއިއަތްގުޅިގެންދިޔަވަގުތު އަޔާޒް ހިނިތުން ވެލިއެވެ.
ޒާނާއަށް އެސްފިޔަވެސް ޖަހާލަން ހަދާންނެތުނުކަހަލައެވެ
މާތްރަސްކަލާންގެ އެޒުވާނާ މުއްސަދި ކުރައްވާފައި ވަނީ ހަމައެކަނި އެފުރިހަމަ ސިފައިން އެކަންޏެއްނޫނެވެ. އެހިތްހެޔޮ މިޒާޖަކީވެސް އެފުރިހަމަކަން އެތައްގުނައަކަށް ދައްކައިދިންކަމެކެވެ
“ދަނީ އިގޭ ” ޝީން ޒާނާގައިގައި ޖަހާލަމުން ބުނެ ސައިކަލުފަހަތަށް އެރިއެވެ.
ޝީންމެންގޮސް ކުރިމަތިން ގެއްލުން އިރުވެސް ޒާނާގެ ދެލޯ އަދިވެސް ދުށުމަށް އެދުނީ އެރީތި ތަސްވީރެވެ.”
“ހާދަ ރީއްޗެވެ.”ހާދަ ފުރިހަމައެވެ”
ޒާނާއަށް ހިތާހިތުން ކިޔާލެވުނެވެ.
“އަޔާ!!!! އަހަރެން އެބެއް އަޔާ ގާތު ވަރައް ބޮޑުވާހަކައެއް ބުނަންވެފަ “އެކަމް މިގަޑިއަކު ނޯޫން އިނގޭ” ވަރައް ހަމަޖެހިލައިގެން ދެއްކޭކަހަލަ ވާހަކައެއް”
ޝީން ވަރައް ހަމަޖެހިލައިގެން އިދެ ބުނެލިއެވެ.
“އަނެއްކަ ކޮންކަހަލަވާހަކައެއް”
ޢަޔާޒް ވަރައް ހަމަޖެހޭގޮތް ދައްކާލަމުން ބުނެލިއެވެ. ޢޭރު އަޔާޒްގެ ހިތް ނޭގޭ ބާރުމިނެއްގައިތެޅެއެވެ.
އަޔާ ވަރައް ސަޕްރައިޒް ވާނެކަންނޭގެ”
ޝީން އަޔާޒްެގެ ބޮލުގެ އިސްތަށިގަނޑާ ކުޅެލަމުން ބުނެލިއެެވެ.
ޢެހެންތަ!!
މާރަގަޅަކަށްނު ތިވީ އަހަރެންވެސް ޝީން ގާތު ވަރައް ބޮޑުވާހަކައެއް ދައްކަންވެފަ އެބައޮތޭ!!
9އަށް ރެޑީވޭ އިނގޭ” އަޔާޒް މިއަދު އެކަހަލަ ފުރުސަތަކައް ބޭނުންވެ ބުނަންނުކެރި ހުންނަތާ ކިތަންމެ އިރެކެވެ.
ގެ ކައިރިއަށް އާދެވުމާއެކު ޝީން އެތެރެއަށް ވަދެގެން ދިޔައެވެ.
ކޮޓަރިއަށް ވަދެ ހަމަޖެހިލިތަނާ ޝީންގެ ފޯން ރިންގްވާންފެށިއެވެ.
“ހަލޯ ލޫކް!!!!
މިރޭ ބިޒީތަ؟؟
އަލޫކް ގުޅުމާއެކު ޝީން ބުނެލިއެވެ.
ނޫން ބިޒީއެއްނޫން!!
ކިހިނެއްވީ؟؟
އަލޫކް ކޮފީ ޖޯޑުން ކޮފީ ކޯވަރެއް ބޯލަމުން ބުނެލިއެވެ.
އަހަރެން މިއުޅެނީ އަހަރެންގެ ބެސްޓްފުރެންޑަށް ލޫކް އިންޓުރޮޑިއުސް ކޮއްދޭން ވެގެން
މިރޭ 9 ޖަހާއިރު ލޫކްއަށް އާދެވިދާނެތަ އަހަރެން ބުނާ ތަނަކަށް”
ޝީން އެހެން ބުނެލުމުން އަލޫކް ހާސްވާ ގޮތްވިއެވެ.
އަހަރެން ބުނީމެއްނު އެއްވެސް މީހެއްގާތު ނުބުނާށޭ.
އަލޫކްގެ ހަގީގައް އެއްވެސް މީހެއްގެ ފަރާތުން ޝީންއަށް އެގެން އަލޫކް ބޭނުމެއް ނުވެއެވެ.
ވަގުތު އައިސް ޖެހުމުން އަލޫކް ހުރިހާ ވާހަކައެއްވެސް ޝީން އަށް ކިޔައިދޭނެއެވެ
ޕުލީޒް ލޫކް!!
އަޔާ ނުކިޔާނޭ އެއްވެސް މީހެއްގާތު”
ޝީން މާވަރަށް ކިޔަންފެށުމުން އަލޫކް އެކަމާ އެއްބަސްވީ ޢޭނަ ޝީން ދެކެ ވާ ލޯބިންނެވެ.
ދުވަހަކުވެސް ޝީން ގެއްލެން އަލޫކް ބޭނުމެއްނުވެއެވެ.
“އަޔާ ދާތަނެއް އެގުނީމަ އަހަރެން މަސެޖް ކުރާނަން އޭރަށް ލޫކް އަވަހަށް އަންނައްޗޭ”
ގަޑި ކައިރި ވަމުންދާވަރަކައް އަޔާޒް ހިތުގެ ހިގުން އަވަސްވަމުން ދިޔައެވެ.
މިރެއަށް ތައްޔާރުވުމުގެ ގޮތުން އަޔާޒް ލީ ކަނޑުނޫކުލައިގެ ޓީޝާޓަކާއި ކަޅު ޖީންސެކެވެ.
ފަން ކަޅުކަންގަދަ އިސްތަށިގަނޑު އެއްވަރު ކޮއްލަމުން އަޔާޒް ލޯގަނޑުބަލާލިއެވެ.
ސިކުނޑީގައި އެބުރެމުން ދިޔައީ މިރޭ ޝީން އާއި ދައްކާނެ ވާހަކަ ތަކެވެ.
ސިޑިން ތިރިއަށް ފޭބިއިރު ޝީން ސިޓިންގް ރޫމް ސޯފާގައި ވަރައްރީތިވެލައިގެން އިނެވެ.
“ދެމީހުން ހާދަ ރީތިވެލައިގެން ކޮންތާކައް ދަނީ”
ދެމީހުން އެކުގައި ހިގައިގަތްތަން ފެނި ނަފީސާ ބުނެލިއެވެ.
ޢެބައަންނަން މަންމާ އަޔާޒް އެހެން ބުނެލުމުން ނަފީސާ އިތުރައް އެއްވެސް އެއްޗެއްނުބުނީ އެގުޅަމަކީ ޝީން އެގެއަށްއައި އެންމެ ފުރަތަމަ ދުވަހުންފެށިގެންވެސް ނަފީސާ ދެކަމުންއައި ހުވަފެނެކެވެ.
ގަޑިން ރޭގނޑު ނުވައެއްޖެހި އިރު ޝީންއާއި އަޔާޒް ތިބީ ނަން މަޝްހޫރު ރެސްޓޯރެންޓެއް ކައިރީގައެވެ.
އަޔާޒްގެ އަތުގައި ހިފައިލައިގެން ޝިން އެތެރެއަށް ވަދެގެންދިޔައިރު އެތައްބައެއްގެ ނަޒަރު އެދެމީހުންނަށް ހުއްޓެމުންދިޔައެވެ.
އެއިން އެއްވެސް ކަމަށް ފަރުވާލެއްނެތި ދެމީހުން ގޮސް މޭއްޒެއްގެދޮށުގއި އިށީންދެލިއެވެ.
ތަނުގެ ފަނޑުއަލިކަމުގައި އެތަން ހީވަނީ އަޔާޒް ބޭނުންވާގޮތަށް ތައްޔާރު ކޮއްލާފައިއޮތްހެނެވެ.
ގޮޑީގައި އިށީނދެލެލުމައްފަހު ކާނޭއެއްޗަކައް އޯޑަރ ދިނުމަށްފަހު ދެމީހުން ހަމަޖެހިލިއެވެ.
ފަނޑު އަލިކަމުގައި މިރޭ ޝީން ހީވަނީ ޕަރީއެއްހެންނެވެ.
އެހާވެސް ފުރިހަމައެވެ.
ލާފައިވާ މަޑު ގުރީން ކުލައިގެ ހެދުން ހަށިގނޑައް ހިފިފައިވާގޮތުން ޝީންގެ ލޫޅާފަތިކަމާއި ރީތިބައްޓަން ފާޅުވެއެވެ.
މުށިކުލައިގެ އިސްތަށިގަނޑު ފަހަތައް ދޫކޮއްލާފައިވާއިރު ނިންމައްޗައް އެއްފަރާތައް އިސްތަށިކޮޅެއް ވައްޓާލާފައިއޮތެވެ.
ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮއްލައިގެން އިދެ އެރީތި ދެލޮލުން ބަލައިލާ ކޮންމެފަހަރަކު އަޔާޒްގެ ހިތްދީވާނާކޮއްލައެވެ.
އަޔާ އަހަރެން ބުނަން އުޅުންވާހަކަ އަކީ!!!
މަޑުކޮއްބަ ޝީން”
އަޔާޒް ޝީންގެ ވާހަކަ ހުއްޓުވާލިއެެވެ.
އަޔާޒް ބޭނުންވީ ޝީން ލޯބިވާ ވާހަކަ ބުނުމުގެ ކުރިން އަޔާޒްގެ ހިތް ޝީންއަށް ހުޅުވާލުމަށެވެ.
ރެސްޓޯރެންޓައް ވަދެފައި އެންމެ ފުރަތަމަ ކަމަކަށް ޝީން އަލޫކް އަންނަންވީތަން މެސެޖް ކޮއްލިއެވެ.
ހޫމމް… ދެން ބުނެބަލަ އަޔާ!!
ޝީން އަހަރެން މިވާހަކަ ބުނަން އުޅޭތާ ވަރައް ގިނަދުވަސް ވެއްޖެ.
އަހަރެން ބުނަން އުޅުނީ …. އަހަރެން.” އަޔާޒްގެ ވާހަކަ މެދު ކަނޑާލީ ވެއިޓަރު ކާއެއްޗެހި ގެނައުމުންނެވެ..
ހުމމމް ދެން ކިޔާބަ”
ވެއިޓަރ ދިޔުމުން އަނެއްކާވެސް ޝީން ބުނެލިއެވެ…
ޝީން އަހަރެން ޝީންދެކެ ވަރައް ލޯބިވޭ…
އަޔާޒް ވަރައް ހިއްވަރު ކޮއްފައި އެހެން ބުނެ ޝީން އަށް ބަލާލެވުނެނެވެ.
ޝީންގެ ހިނިތުން ވެފައިވާ މޫނު ފެނުމުން އަޔާޒްގެ ހިތައް ހަމަޖެހުން ލިބުނެވެ.
ނުނިމޭ
6 Comments!
Comments are closed.
V reethi ⚘⚘⚘⚘
Thank you shiyaa ?
Masha allah ??
Thank you 🙂 ?
V reethi vaahaka eh ekamaku mi part ves haadha kurey
Adhi vesss kurutha… miadhu bai thankolheh dhigukoh mi liyuny ekam… thank you 🙂