Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހަތިޔާރު (ނިމުމުގެ ފެށުން: ހަތަރުވަނަ ބައި)

Jaishan Level 110 Stories
March 16, 2014 4 Mins Read
11 Comments

އިރަމް

އިސްމާއިލް ފުރަތަމަ ބުނި ގޮތުންވެސް އަހަރެންގެ ގޮހޮރު އެނބުރުން ކަހަލައެވެ. ލިވީވެސް އަހަރެންނާއި ކައިރިއަށް ޖެހުން ކަހަލައެވެ. ނަމަވެސް އަހަރެންނެއް ނޭނބުރެމެވެ. އަހަރެން ވިސްނަމުން މިދަނީ ދެން މި ހާލަތު ކުޅެވިގެން ދާނެ ގޮތަކާއި މެދުގައެވެ.  ހަމަގައިމުވެސް އެއިން ހުދު ބްލީޗް ވަސް ދުވާ ކޮޓަރިއެއްގައި ތިބުން އެޖެންޑާގައި އެބައޮތް ކަންނޭނގެއެވެ. ނަމަވެސް އަހަރެންނަށް ނަފްރަތުގެ ރަތް ކުލަ ފެނުނީ ޝަހުދު ފެނުމުންނެވެ.

     އަހަރެން އަތް ފޯރާ ފަށުގައި އޭނާ ހުރި ނަމަ ހަގައިމުވެސް މިހާރު އޭނާގެ ބޯ ނައްޓާކީމުހެވެ. ހިނިތުންވީ ދެނެވެ. އަތުން ތުންފަތް ވީދާލެވޭނެ ނަމަ މިހާރު އަހަރެން އޭނާގެ ތުންފަތުން ހިނިތުންވުން ވީދާލީމުހެވެ. ނަމަވެސް އޭނާއަށް ނަސީބެވެ. އަހަރެންނާއި ދުރުގައި ހުރި ކަމެވެ.

   އިސްމާއިލް އައިސް އަހަރެމެން ދެމީހުންގެ ކުރިމައްޗައް ހުއްޓުނެވެ. ލިވީ ވަގުތުން އަހަރެންގެ އަތުގައި ހިފިއެވެ. ލިވީ ކިތަންމެ ވަރުގަދަޔަސް އިސްމާއިލް ދެކެ ބިރު ގަނެއެވެ. އަހަރެންނަށް ބިރުގަންނަ ވަރަށް ވުރެ ބޮޑަށް ވަނީ ފޫއްސެވެ. “މަރުހަބާ ޕާރޓީއަށް!” ދެއަތް ފުޅާ ކޮށްލުމަށްފަހު އިސްމާއިލް ބުންޏެވެ. އަހަރެންނަށް ހަމަ ފޫހިވެގެން މޫނު އަނބުރާލެވުނީއެވެ. “އޯހް.. ލެޓް މީ ގެސް. އަހަރެމެން މިއީ ހާއްސަ ގެސްޓުން؟” އަހަރެން މަލާމާތައް ބުނީމެވެ.

   އިސްމާއިލް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެއެވެ. “ބައްޕަ ބުނީމެއްނު ކަމެއް ކުރަން ދޯ.” އަހަރެން ވަގުތުން އަޑު އައި ދިމާލަށް ބަލާލީމެވެ. ވެއިޓް… ވަޓް؟ ވަޓް؟ ޝަހުދް؟ އަހަރެންނަށް އަދި ހަމަ ގަބޫލު  ނުކުރެވެއެވެ. ގަމާރެއްހެން ބަލަން ހުރީއެވެ. “އޯހް ދެޓްސް ރައިޓް.” އިސްމާއިލް އަހަރެން ހުރި ގޮތް ފެނުމުން ބުންޏެވެ. އެއާއި އެކު އަނެއްކާވެސް ފެއްޓެވެ. “އެއީ އަހަރެންގެ ދަރި.” އޭނާ ހިނިއައިސް ބުންޏެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ. އަހަރެންނަށް ކުޑަ ވަގުތު ކޮޅެއް ހަޖަމު ކުރަން ބޭނުމެވެ.

   “މިހާރު ހަމަގައިމުވެސް އެނގިއްޖެ ކާކުގެ ފަރާތުންކަން އޭނާއަށް އެހާ މޮޅަށް މަކަރު ހަދަން އެނގުނީ.” ލިވީ އެންމެ ފަހުން ބުންޏެވެ. އަހަރެން އަނގަ ހުޅުވައިން ހުރެ ލިވީއަށް ބަލާލީމެވެ. ގަބޫލު ނުކުރެވިގެންނެވެ. ލިވީއަކީ އެގޮތަށް އަނގަތަޅަން ކެރޭ ކުއްޖެއްވެސް ނޫނެވެ. ރަނގަޅަށް ވިސްނަންޏާ އެހެން މޮޅު އަނގައެއް އޮންނާނީ އަހަރެން އެކަންޏެވެ. ޝެނިން އެއަށްވުރެ ލަދު ގަންނާނެއެވެ. ގޯސް އެއްޗެއް ބުނެވިދާނެތީއެވެ. ހަގީގީ ބޭނުމަކީ އެއީ ކަމުގައިވިޔަސް ވެސްމެއެވެ.

    ލިވީގެ ލޯ ނޫކުލައިން ވަނީ ދިއްލިފައެވެ. ބޭނުން ކުރަން އުޅެނީ ފެނެވެ. ލިވީގެ ވަރުގަދަ ބައެވެ. އެހެން އެއްޗެހި ބޭނުން ކުރެވުމުގެ ކުރިން ލިވީއަށް އެނގުނީ ފެން ބޭނުން ކުރާށެވެ. އެހެންކަމުން އޭނާ އެއަށް ވަރުގަދަ ވާނެއެއް ނޫން ހެއްޔެވެ؟. އެހެން އެލެމެންޓް ތައް ހުރިކަން އެނގުނީ ފަސްވަރަކަށް މަސް ކުރިންނެވެ.

    އަންނަން އުޅުން އެކައްޗެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނަށް ފެނުނީ އެތިކޮޅުކޮޅެވެ. ހިނގިލެއް އަވަސް ކަމުންނެވެ. ފުރަތަމަ ފެނުނީ ގާރޑުތައް ދުވަމުން އައި ތަނެވެ. ނަމަވެސް އިރުކޮޅަކުން ފެނުނީ އެންމެން ހުއްޓުން ތަނެވެ. ހީވަނީ ގަދަކަމުން ހިފަހައްޓާ ހެންނެވެ. ވަމުން ދާ  ކަމެއް އެނގުނީ ދެނެވެ. ލިވީއެވެ. ލިވީ އެ ހިފަހައްޓާލަނީ ހުރިހާ މީހުން އޭނާ އެކަންޏެވެ. އެމީހުން ގަދަކަމުން ގުޑަން ބޭނުން ވެފައި ތިބިކަން އެނގެއެވެ. ނަމަވެސް އެއިން އެކަކަށްވެސް އެންމެ އިނގިއްޔެއްވެސް ގުޑުވާ ނުލެވެއެވެ.

    އަހަރެންނަށް ލިވީގެ ނޭފަތުން އަންނަ ލޭ ފެނުނީ ދެނެވެ. އެއީ ރަނގަޅު ނިޝާނެއް ނޫނެވެ. މާނައަކީ ބޭނުން ކުރެވޭ ވަރަށް ވުރެއް ގިނައިން ބޭނުން ކުރާތީއެވެ. އާއެކެވެ. އަހަރެމެންނަކީ ގޮވަން ކައިރިވެފައިވާ ބޮން ތަކެއް ކަހަލަ ބައެކެވެ. އެމީހުން އަހަރެންނަށް ހެދި ގޮތެވެ. “ލިވީ…. ހުއްޓާލަ.” އަހަރެން މަޑުން ބުނީމެވެ. ނަމަވެސް ހައްތާ ބާރު ވިކަހަލައެވެ. ހުރިހާއެންމެ ބިންމައްޗައް އިނދަ ޖެހިލިއެވެ. “ތެ…ދެއް.. އެހެން ނޫ..ނީ  ނޭނގޭނެ… އިރަމް. ބައްޕައަށް ވީގޮތެއް.” އިސްމާއިލް ވާހަކަ ނުދެއްކޭ ހާލު އުނދަގުލުން ބުންޏެވެ. އަހަރެން ވަގުތުން ތުރުތުރު އަޅައިގަތެވެ.

   ލިވީ މަޑުމަޑުން ބާރުތައް ދެރަކޮށްލަމުން ދިޔައެވެ. “ދެޓްސް ރައިޓް. އަހަރެންނަށް އެނގޭ އިރަމްގެ ބައްޕައަކީ ކާކުކަން.” ވާހަކަ ދެއްކޭ ވަރު ވުމުން އިލްޔާސް ބުންޏެވެ. އަހަރެންނެއް ނުވިސްނަމެވެ. ދުއްވައިގަތީއެވެ. ގައިގެ ހުރި ހުރިހާ ބާރެއް ލުމަށްފަހު އިލްޔާސްގެ ގިރުވާނުގައި ހިފީމެވެ. އެއަށްްފަހު އޭނާ ތަޅުވާލީމެވެ. “ކީކޭ. އަދި އެއްފަހަރު ބުނެބަލަ ތިބުނި އެއްޗެއް.!” އަހަރެން ހަޅޭ ލަވައިގަތީމެވެ.

   “މަށެއް ނޫން ބުނާނީ. އިރަމްގެ މަންމަ ބުނާނީ އެއީ ކާކުކަން.” އޭނާ އެއްކަލަ ވިހަ ހިނިތުން ވަމުން ބުންޏެވެ. އަތުގައި ހުރި ބާރެއް ލުމަށްފަހު އަހަރެން އޭނާގެ އަނގަމަތީގައި ޖެހުމަށްފަހު ފޮޅުވާލީމެވެ. އޭނާ ބިމުގައި ޖެހުމާއި އެކު ތެދުވިއެވެ. އަނގަމަތި ވަނީ ފަޅައިން ގޮހެވެ. ލޭ އާދޭއެބައެވެ. “އެހެންވީމާ ދާން ވީނުން މަންމަ ކައިރިއަށް ދޯ.” ވިހަކޮށް އޭނާ ބުންޏެވެ. އެއަށްފަހު އޭނާ ކުޅު ޖެހިއެވެ. ލެޔެވެ.

    އެއްޗެކޭ ނުބުނެ އޭނާ ހިނގައިގަތެވެ. އަހަރެން ހަމަ ބަލަން ހުރީއެވެ. ނަމަވެސް ކިރިޔާ އޮބާލާ ނޯބާލާ ވަރު ވުމުން އަހަރެންވެސް ހިނގައިހގަތީމެވެ. އަހަރެން އެސުވާލެއްގެ ޖަވާބެއް ހޯދާތާ މިހާރު އަށާރަ އަހަރު ވެއްޖެއެވެ. ނަމަވެސް ދުވަހަކުވެސް މަންމައެއް ޖަވާބެއް އަހަރެންނަކަށް ނުދެއެވެ. އަހަރެން މިއީ ކައިވެންޏެއް ނުކޮށް ހޯދާފައި ހުރި މީހެއް ކަމަށްވެސް ހިތައްއެރި ވަރެއް ނޭނގެއެވެ. ނަމަވެސް ޖަވާބު މިހާ ކައިރިން ލިބެން އޮތުމުން އަހަރެން އެ އަޑުއަހަން ތައްޔާރު ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް އަހަރެން ފަހަތަކަށް ނުޖެހޭނަމެވެ.

   އެއްގޮތަކަށް ހެދިފައިވާ ދޮރުތަކެއް ހުރަސް ކުރަމުން ދިޔައީމެވެ. ދެފަރާތުގައިވަނީ ހުދުފާރެވެ. އަޅި ދޮރު ތަކެވެ. އަހަރެމެން މި ހިނގަނީ ދެފާރުގެ ދެމެދުގައިވާ ހިމަ ގޯޅިންނެވެ. ފަސްވަރަކަށް ދޮރު ހުރަސްކުރުމަށްފަހު އެހެން ދޮރު ތަކެކޭ އެއްފަދައިންވާ ދޮރެއް ކައިރިއަށް މަޑު ކުރެވުނެވެ.

    ޖީބުން ކާޑެއް ނެގުމަށްފަހު އިސްމާއިލް ތަޅަށް ލެއްވިއެވެ. ވަގުތުން ދޮރު ހުޅުވުނެވެ. އަހަރެން ބަލަން ބޭނުމެވެ. އެންމެ ފުރަތަމަވެސް ހައިރާންވީ ކޮޓަރީގެ ކުލަ ފެނިފައެވެ.  މަޑު ދަނބަކުން ދަވާދު ލެވިފައިވާއިރު އަހަރެން ހުރި ހިސާބުން އެއްވެސް ހުދުކުލައެއް ނުފެނެއެވެ. އިސްމާއިލް ވަނެވެ. ލިވީއާއި އަހަރެންވެސް ވަނީމެވެ. ޝަހުދުވެސް ފަހަތުން އައި ކަންނޭނގެއެވެ. ނަމަވެސް އަހަރެން އެވަރަކަށް ސަމާލުކަމެއް ނުދެމެވެ.

    އަހަރެން އެތެރެއަށް ވަނީމެވެ. ފާރާއި ކައިރީ މެދުގައި ބޮޑު އެނދެއް ހުރި އިރު ނައިޓްސްޓޭންޑެއްގައި މާޓުކުރިއެއްވެސް ހުއްޓެވެ. އަހަރެންނަށް ނޭނގޭނަމަ މިއީ ހަމަ އާދައިގެ ގެއެއްގެ ކޮޓަރިއަކަށް އަހަރެންނަށް ގަބޫލު ކުރެވޭނެއެވެ. ކުޑަދޮރެއް އިންނަމައެވެ. ކުޑަދޮރެއް ނެތެވެ. ބޭރުން ލައިޓް އަންނާނެ ވަރުގެ ކުޑަ ހޮރެއްވެސް ނެތެވެ. ހަތަރު ފާރާއި ދޮރެކެވެ. ފާހާނަ ކަންނޭނގެއެވެ.

   އަހަރެމެންނަށް ފުރަގަސް ދީގެން ހުރި އަންހެންމީހާ ފެނުނީ ދެނެވެ. އެތައް ހާސް މީހުންގެ ތެރެއިންވެސް އަހަރެންނަށް އެނގޭނެއެވެ. “މަންމަ….؟” އަހަރެންގެ އަޑު އައީ ކުޑަކޮށެވެ. ގިސްލުމެއް ހެންނެވެ. މަންމަ ވަގުތުން ފަހަތައް އެނބުރުނެވެ. އެއީ ހަމަ މީގެ ދެތިން މަސް ދުވަސް ކުރިން އަހަރެން އެންމެ ފަހުންވެސް ދެކުން މަންމައެވެ. ނަމަވެސް ކުޑަކޮށް މުސްކުޅި ވައްތަރު ޖަހައެވެ. ލޯކައިރީ ހުރި ރޫތައް ވަނީ އިތުރު ވެފައެވެ. ލޯ ވަނީ ރަތް ވެފައެވެ.

   ބަލާކަށް ނުހުރެވުނެވެ. އަހަރެންގެ ފައިގައި ހުރި ކުޑަ ބާރުކޮޅު ލުމަށްފަހު ގޮސް މަންމަ ގައިގައި އޮޅުލައިގަތީއެވެ. ލޯ ފުސްވިއެވެ. ނަމަވެސް އަހަރެން ހައްތާވެސް ބާރައް ހިފީއެވެ. މަންމަގެ ކޮނޑުގައި އަހަރެން ކޯ އަޅާލީމެވެ. މަންމަ އަހަރެންގެ ބޮރަކަށީގައި ވައްބޮޅަށް ފިރުމަމުން ދިޔައެވެ. ދެން ކުކުރާލިއެވެ. އަހަރެންނަށް އެހާ ހިސާބުން ނިމުނީއެވެ. އަހަރެންނަށްވެސް ރޮވުނީއެވެ.

   ކިހާއިރަކު ދެމީހުން އެއްޗެކޭ ނުބުނެ ފުރާނައަށް ހިފަހައްޓާހެން އެކަކު އަނެއްކަކުގެ ގައިގައި ހިފަހައްޓައިގެން ތިބީމެވެ. އިސްމާއިލް ކަރު ކެހިލަން ދެނެވެ. އަހަރެން ދުރުވެލީމެވެ. ނޭފަތުން ފެން އަންނަނީއެވެ. ނޭފަތް އެތެރެއަށް ދަމާލަމުން ޓީޝާޓުން ފޮހެލީމެވެ. “ސޯ.. ދިމާވެއްޖެ އެންނުން ދޯ. ކިޔައިދީބަލަ ފިޔާޒާ، އިރަމްގގެ ބައްޕަގެ ވާހަކަ.” އިސްމާއިލް އަހަރެންނަށް އިޝާރާތް ކުރަމުން ބުންޏެވެ. އޭނާ އެންމެ ހިނދުކޮޅެއްވެސް ނުނަގައެވެ.

    މަންމަ ވަގުތުން އަހަރެންނާއި ފުރަގަސް ދިނެވެ. އެތައް އިރެއް ވަންދެން މުޅި ކޮޓަރި ހަމަހިމޭން ވިއެވެ. އޭސީގެ މަޑު އަޑު ފިޔަވައެވެ. ނަމަވެސް އެއަޑުވެސް މިހާރު ގަދަކަމުން އަހަރެންނަށް ހީވަނީ ފްލައިޓެއްގައި އިންނަ ހެންނެވެ. އެ ހަމަހިމޭންކަން އަހަރެން ބިރުގަންނަވަނީއެވެ. “ތިހުރި ޖަނަވާރަކީ އިރަމްގެ ބައްޕައަކީ.” މަންމަ އެންމެ ފަހުން ބުންޏެވެ. ފަހަތުން މީހަކު ނޭވާއެއް އެތެރެއަށް ދަމާލިއަޑު ބާރަށް އިވުނެވެ. ނަމަވެސް އަހަރެންގެ ކަންފަތަށް ހީވަނީ ގުގުރި ޖެހުމުގެ އަޑު އިވޭ ހެންނެވެ. “ކީކޭ؟” އަހަރެންނަށް ބުނި އެއްޗެއް އަޑު ނީވުނީކީއެއް ނޫނެވެ. ގަބޫލު ކުރަން ބޭނުން ނޫނީއެވެ.

   މަންމަ އަހަރެންނާއި ދިމާލަށް އެނބުރުނެވެ. “އާން ދަރިފުޅާ. އެމީހަކާ އަހަރެން އިނީ ފުރަތަމަ. އެ ހައިވާނަށް ލިބިފައިވާ ދަރި ތިޔަކީ. ދަރިފުޅ…..” އަހަރެން އަޑެއް ނާހަމެވެ. އަޑެއް ނީވެއެވެ. މިހާރު ކަންފަތަށް އިވެނީ ތޫނު އެއްޗެއްގެ އަޑު ބާރުވަމުން އަންނަ ކަހަލަ އަޑެކެވެ. އިސްމާއިލާއި ދިމާލަށް އަހަރެން ބަލާލީމެވެ. އޭނާ ނިތް އަރުވާލީއެވެ. “ވަޓް…؟؟ އޭނަ އެއީ މަ ކޮއްކޮ؟” ޝަހުދުވެސް ވަދެފައި ހުރީތާއެވެ. އޭނާ ސުވާލު ކުރީ އަމުރެއް ހެންނެވެ.

    އަހަރެންގެ މޭބޮޑުކުރަން ފައްޓައިފިއެވެ. މަޑުމަޑުން ތިރިވީމެވެ. ބަނޑުގައި ހުރި ހުރިހާ އެއްޗެއް މައްޗައް އަރަން ބިރު ދައްކަނީއެވެ. އެންމެފަހުން ހޮޑުލެވުނީއެވެ. “މިހާރު…!” އިސްމާއީލް ހަޅޭލަވައިގަތެވެ. ދޮރުން ވަދެގެން ދުވަމުން އައި މީހުންތައް ފެނުނީ މާ ފަހުންނެވެ. އަހަރެން ތެދުވަންވީއިރަށް ދެމީހަކު އައިސް އަހަރެން ހިފަހައްޓައިފިއެވެ. ކަރަށް ކުޑަ އިންޖެކްޝަނެއް ޖެހީވެސް އަހަރެންނަށް ނޭނގި ހުއްޓައެވެ. އޭރު ލިވީ އޮތީ މީހެއްގެ އަތް މަތީ ހޭނެތިފައެވެ.

   ހޭނެތެން އަހަރެން އިރުކޮޅެއް ނަގާނެއެވެ. އަހަރެންގެ ޑިފެންސް ދެންތިބި މީހުންނަށް ވުރެ ވަރުގަދައިއެވެ. “މިހާރު ފިޔާޒާގެ ބޭނުން ނިމުނީ އިނގޭ.” އެއާއި އެކު ބަޑި ނެގުމަށްފަހު މަންމަގެ ބޮލަށް ބަޑި ޖެހިއެވެ. އަހަރެންނަށް ހަޅޭވެސް ނުލެވިފައި ހުރީއެވެ. މަޑުމަޑުން އަނދިރި ވަމުން ދިޔައެވެ. އަހަރެންނަކަށް ރޯކަށް ނޭނގުނެވެ. އައްސި އަރާފައި ހުރީއެވެ. މަންމަ ވެއްޓެމުން ދިޔަތަން އަހަރެންނަށް ފެނުނެވެ. ނަމަވެސް މަންމަ ބިންމަތީގައި ޖެހުމުގެ ކުރިން އަހަރެންގެ ލޮލަށް އަނދިރިވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ފިކްޝަން

Share Article

Follow Me Written By

Jaishan

Level 110 Stories

Other Articles

Previous

ލޯތްބަށްޓަކައި… (ހަތަރުވަނަ ބައި)

Next

ހިތަކުން ހަމަ ނުފިލާނޭ – 2

Next
March 17, 2014

ހިތަކުން ހަމަ ނުފިލާނޭ – 2

Previews
March 16, 2014

ލޯތްބަށްޓަކައި… (ހަތަރުވަނަ ބައި)

11 Comments!

  1. sham says:
    March 16, 2014 at 4:08 pm

    ithurah kithah part onnaane? vrh salhi ingey 😉

    1. Jaishan says:
      March 16, 2014 at 5:16 pm

      Adhi Thin Varakah Bai Hen Heevany
      Thank You Varah Bodah

    2. Jaishan says:
      March 16, 2014 at 11:32 pm

      Iraadha kurehviyyaa…

  2. sham says:
    March 16, 2014 at 5:50 pm

    avahah up kohdheychey 😉

  3. UNEY says:
    March 27, 2014 at 3:56 am

    keep it up….

    1. Jaishan says:
      March 28, 2014 at 12:04 am

      Thank You Uney

  4. favat says:
    March 28, 2014 at 2:45 am

    kobaa kihaa dhuvaheh adhi nagaaane , upload kohbe avahah

    1. Jaishan says:
      March 28, 2014 at 5:06 am

      Sorry

  5. Jaishan says:
    March 28, 2014 at 5:08 am

    Alhuganduge exam fesheythyve nuliyevuny
    Ekamu nimun haa avahakah hurihaa baeh eky up kohdheynan
    sorry

  6. iff says:
    April 2, 2014 at 12:30 pm

    m dyn to read the remaining part.. when can u upload

  7. Jaishan says:
    April 2, 2014 at 1:33 pm

    April 10 ga nimun haa avahakah up koh dheynan
    Eyrun vaahaka ekkoh baakee bai up koohdheynan
    Thank You iff 🙂

Comments are closed.

Next Episodeހަތިޔާރު (ނިމުމުގެ ފެށުން: ފަސްވަނަ ބައި)←


All Right Reserved!